ގާތުގާވުމަށް ހިތް އެދެނީ (16)
ހޮސްޕިޓަލް ގައި ބަރާބަރު ތިން ދުވަސް ހޭދަ ކުރުމަށްފަހު ޒިވްޔާ ގެއަށް އައީ ހަތަރުވަނަ ދުވަހުގެ މެންދުރުފަހުއެވެ. ވޭތުވެދިޔަ ތިން ދުވަހު ވެސް ޒަޔާން ގެ ފަރާތުން ޒިވްޔާ އަށް ވަނީ ގާތް ކަމެއް ލިބިފައެވެ. އެހެން ކަމުން ނިވެމުން ދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ވަނީ ޒިވްޔާގެ ހިތުގައި ރޮއެވެފައެވެ. ހަމައެހެންމެ ލައިހާ އަށް ވަނީ ރިޔާންގެ ގައިން ތަފާތުކަމެއް ފެނިފައެވެ. އެކަމާ އޭނާ އުފާފައުޅުވެސް ކުރެއެވެ. ހޮސްޕިޓަލް ތެރޭގައި އުޅުމުގެ ތެރެއިން ނުޒްހަތް އަށް ވަނީ ޔުލީން އަދި ޔޫއާން ގެ ގުޅުންވެސް އިނގިފައެވެ. އެންމެންނާ ހިލާފަށް ޒަޔާން ދަނީ އޭނާ ކުރިއަށް އޮތް ޕްލޭން ރާވަމުންނެވެ. ލައިހާ ހާސިލް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންވެސް ޒަޔާން ހުރީ ތައްޔާރަށެވެ. ޒަޔާން އެކޭ އެއްފަދައިން ރިޔާން ވެސް ވަނީ ލައިހާ ހާސިލް ކުރުމަށް މަސައްކަތް ފަށާފައެވެ.
ރޭގަނޑުގެ ވަގުތެވެ. އެންމެން ވެސް ކައިނިމުމުން ޔުލީން އަދި ނުޒްހަތް ތަށިތައް ނެގަމުން ދިޔައިރު ޒިވްޔާ ހުރީ މޭޒުމަތި ސާފުކޮށްލާށެވެ. އަރޫޝާގެ މަރަށް ދެހަފްތާ ވަރުވެފައިވުމުން މިހާރު ކޮންމެސް ވަރަކަށް މީހާ ވަނީ ހަމައަކަށް އެޅިފައެވެ. އެހެންނަމަވެސް އަދިވެސް އެތެރެ އެތެރެ އިން އޭނާ ހިތާމަ ކުރެއެވެ. ރިޔާން ސޯފާގައި ޓީވީބަލަން އިން އިރު އަދްހަމް ވެސް ފޯނުހިފައިގެން އެތާއިނީ މީހަކާ ފޯނުން ވާޙަކަ ދައްކާށެވެ. ހުރިހާ ކަމެއް ކޮށް ނިންމާލުމަށް ފަހު ޔުލީން ރިޔާން ކައިރި އަށް އައީ ރިޔާން ގެ ފޯނު ބަލައެވެ. އޭނާގެ ފޯނުގައި ބެލެންސް ނެތުމާއެކު މިރޭ ޔޫއާން އާއެކު ބޭރަށް ދާން ހަމަޖެހިފައިވުމުން ޔޫއާން އަށް ގުޅާލުމަށް ރިޔާން ފޯނު ގެންދިޔައެވެ. ޓީވީ އަށް ގެއްލިފައި އިނުމުން ރިޔާންވެސް ކޯޑް އަޅާލާފައި ފޯނު ޔުލީން އަތަށް ދިނެވެ. ޔޫއާން ގެ ނަންބަރު ޑައިލް ކޮށްލަމުން ޔުލީން ތަންކޮޅެއް ދުރަށް ޖެހެލިއެވެ. ޔޫއާން އާއެކު ވާހަކަ ދައްކަން ހުރެފައި އެންމެފަހުން ޔުލީން ފޯނުކަނޑާލީ ޔޫއާން އިރުކޮޅަކުން އަންނަ ވާހަކަ ބުނުމުންނެވެ. ފޯނުދޭން ދާން ހިނގައިގަނެފައި ވެސް ޔުލީން ހުއްޓުން އެރީ ހިތަށް އައި އެއްޗަކުންނެވެ. އެހެންކަމުން ފުރަތަމަ ވެސް ބަލައިލީ ކޯލް ހިސްޓްރީ އެތަނުން އޭނާ ހޯދަން ބޭނުން ވި އެތި ނުފެނުމުން ދެން ވަދެލީ ގެލެރީއަށެވެ. ތަންކޮޅެއް ވަކިން ލަވް ޖަހާފައި އިން ފޯލްޑާ ފެނުމުން ޔުލީން ގެ ހިތަށް ފުރަތަމަ ވެސް ވަނީ ލައިހާ ގެ ނަމެވެ. އޭނާ ގެ ހިތްތެޅެލީ ހިތަށް އެރިއެއްޗަކުންނެވެ. ދެލޯމަރާލަމުން ޔުލީން އެ ފޯލްޑާ ހުޅުވާލުމާއެކު މީހާ އަށް ލިބުނު ޝޮކްގާ ފާރުގާލަތް ގަނެލެވުނެވެ. އޭގެތެރޭގައިވާ އެކިދުވަސް މަތިން ނަގާފައިވާ ލައިހާގެ ކޮންމެ ފޮޓައަކީ ނޭނގިނަގާފާ ވާ ފޮޓޯތައް ކަން އިނގެއެވެ. ލިބުނު ހައިރާންކަމަށް ވުރެ ލިބުނު އުފާ ޔުލީން އަށް ބޮޑެވެ. އެހެންހުއްޓާ ކައިރިން އިވިގެން ދިޔަ ރިޔާން ގެ އަޑާއެކު ޔުލީން ސިއްސާގެން ދިޔައެވެ. ” ދޮންބޭ …. މީ..” ރިޔާން އަށް ފޯނުދައްކާލަމުން ޔުލީން ބުނެލިއެވެ. ” ތީލައީ ގެ ޕިކްސް އެއްނު ” ރިޔާން ޗޮކެއް ކަނޑާލަމުން ބުނެލިއެވެ. ” ހޫމް އިނގެއޭ .. އެކަމް ލަވް ޖަހާފައި އިނީމާ އަނެއްކާ އަހަރެން މިހީކުރަނީ ރަނގަޅައްތަ ؟ ” ލާނެތް ހިނިތުންވުމަކާއެކު ޔުލީން ބުނެލިއެވެ. ” ހޫމް ، އައިލަވްހާ ” އެންމެ ފަހުން ރިޔާން ބުނެލިއެވެ. ” އަޅެވާވް ” ޔުލީން ބުނެލިއެވެ. ” ވަރަށް އަވަހަށް ޕްރޮޕޯސް ވެސް ކުރަންކަމަށް ” ދެޖީބަށް އަތްޖަހާލަމުން ރިޔާން ބުނެލިއެވެ. ” އޯހް ގަދަ ލަސްކުރާނެ ކަމެއް ނެތް ” މިހެން ބުނެ ޔުލީން ރިޔާން އަތަށް ފޯނުދެމުން އަމިއްލަ ކޮޓަރިއަށް ވަނެވެ.
ސިޓިންރޫމް އިން އެންމެން ދިޔުމާއެކު ނޫރީން ކޮޓަރިއަށް ވަނީ ކާއެތިކޮޅު ހޫނުކޮށްލާފައެވެ. އެއިރު ފުން ވިސްނުމެއްގައި ޒިޔާދުއިން އިރު އަތުގައި އޮތް ފޮތަށް ސަމާލުކަން ދޭހެނެއް ހިއެއް ނުވެއެވެ. ” ޒިޔާދު ކިހިނެއް ވެފާ؟” އެނދުމަތީ ޖައްސާލަމުން ނޫރީން އަހާލިއެވެ. ” އެއީ ، އަހަރެން މިހިތަށް އަރަނީ މިހާރު ލައިހާ ބޮޑުވެއްޖެ އެންނު އަނެއްކާ އަހަންނަށް ހީވަނީ ލައިހާ އާއި ޒަޔާން އާދެމެދު ގުޅުމެއްވާހެން ” އޭނާގެ ހިތުގެ އަޑު ޒިޔާދު ނޫރީން އަށް އިއްވާލިއެވެ. ” އާން އެކަމް އަހަރެމެން މިކަމާ ނުބެހުނީ އާ ރަނގަޅުވާނީ އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމަކަށް ލައިހާ އަށް ބާރުއަޅާކަށް އެއީ އަންހެން ކުއްޖެއް އަނެއްކާ ހުރި ހަމައެކަނި ދަރި އަހަރެން ބޭނުންވޭ ލައިހާ އުފަލުގާ ހުންނަން ، ލައިހާ ބޭނުން ބާވެރިއެއް ހޮވަން އަހަރެން ބޭނުމީ ” ނޫރީން އިއްވާލިއެވެ. ” އާން ތީއަހަރެން ވެސް ހިތަށް އަރާ އެއްޗަކީ ” ހިނިތުންވެލަމުން ޒިޔާދު ބުނެލިއެވެ.
ގޭގެ ބެލްކަނީގައި ޒަޔާން އިނީ ލައިހާގެ ތަސްވީރަކަށް ބަލާށެވެ. ތުންފަތުގައިވާ ހިނިތުންވުމުން އެކަނި ވެސް އޭނާ އަށް ލައިހާ ކިހާ މުހިންމުކަން ވިސްނޭނެއެވެ. އެހެންއިނދެފައި ޒަޔާން އޭނާގެ ބައްޕަ ގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. އެކޮޅުން ސަޢީދު ފޯނުނެގުމުން ޒަޔާން ވާހަކަ ދައްކަން ފެށިއެވެ. ” ބައްޕާ މިކޮޅަށް އަންނާކަށް ނުވޭތަ ؟ ” އިރުކޮޅަކުން ޒަޔާން އަހާލިއެވެ. ” އަދިދެވޭނެ ދުވަހެއް ނޭނގެ ދަރިފުޅާ ، ދެން ނުހާއްކޮ އަށް ޗުއްޓީ ލިބުނީމާ ތާ ދެވޭނީ ” ސަޢީދު ބުނެލިއެވެ. ” އާން މައްސަލަ އެއް ނެތް ” ޒަޔާން ބުނެލިއެވެ. ” ކޮބާ ވަޒީފާއަކަށް ވަދެފިން ތަ ؟ ” ސަޢީދު އަހާލިއެވެ. ” އަދި ނުވަންނަން ، އެކަމް ތަނަކަށް ފޯމް ލާފާވާނީ ” ޒަޔާން ބުނެލިއެވެ. ދެބަފައިން ވާހަކައިގައި އެތައް އިރަކު ތިބުމަށް ފަހު ވަކިވެލީ ތަންކޮޅެއް ލަސްވެފައި ހުރުމުންނެވެ.
ކޮޓަރިއަށް ދާންވެގެން މިސްރާބުޖެހި ޒަޔާން ހުއްޓުން އެރީ ބަދިގެތެރޭގައި މީހަކު އުޅޭހެން ހީވާތީއެވެ. އެހެންކަމުން ސިއްރު ފިޔަވަޅުތަކެއް ގައި ބަދިގެއަށް ވަންއިރު ފުޅިއަކަށް ފެންއަޅަން ލައިހާ ހުއްޓެވެ. ހަމައެކަނި ނިދަންލާ ކުރުޓޮޕް ކޮޅާ ހަރުވާލެއް ގައި ލައިހާ ހުރި އިރު ބޮލުގައި ބުރުގަލެއް ވެސް ނެތެވެ. އެހާދަންވުމުން އެންމެން ނިދާފައި ވާނޭޓީ ލައިހާ ބުރުގާ ނާޅާ ކޮޓަރިން ނިކުތީ ނިކަން އަވަސްކޮށްލާފައި ކޮޓަރިއަށްވަންނަން ކަމަށެވެ. ހާމަ އަށް އޮތް ލައިހާގެ ދޮންކަނދުރާފެނުމުން ޒަޔާންގެ ހިތުގައި ޝައިތޯނީ ވަސްވާސް ތައް އެނބުރެން ފެށިއެވެ. އެތްމިޔަކަނިން ހީލަމުން ޒަޔާން ލައިހާ ކައިރިއަށް މިސްރާބުޖެހިއިރު ޒަޔާން އަށް ފުރަގަސްދީގެން ހުރި ލައިހާ އަކަށް މިކަމެއް ނޭނގުނެވެ. މަޑުފިޔަވަޅުތަކެއްގައި ޒަޔާން ގޮސް ފަހަތުން ލައިހާގައިގައި ބައްދާލަމުން އޭނާގެ ދެއަތް ލައިޙާގެ ބަނޑުގައި ވަށާޅި އޭނާގެ ދެއަތް ވެސް ހައްޔަރުކުރަމުންނެވެ. ލިބިނު ސިހުމުގާ ލައިހާ އަށް ހަޅޭލަވާގަންނަން އުޅުނުނަމަވެސް އޭނާގެ އަނގައިގާ ޒަޔާން އަތްއަޅާލިއެވެ. ލައިހާ ގެ ކޮނޑުގައި ދަތްދޮޅިވިއްދާލަމުން ލައިހާގެ ކަނދުރާއަށް ޒަޔާން ބޮސްދިނެވެ. ލައިހާގެ ލޮލުން ކަރުނަ އަންނަމުން ދިޔައިރު އޭނާ ދިޔައީ ޒަޔާންގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ. ލައިހާ ގަދަހަދަން ފެށުމުން ޒަޔާން ކައިރި އަށް ރުޅިއަންނަގޮތްވިއެވެ. އެހެންކަމުން ލައިހާ އަތްދަނޑިމައްޗަށް އުފުލާލަމުން ޒަޔާން މިސްރާބުޖެހީ އެންމެ ކައިރީ ހުރި ލައިހާ ގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަނުމަށްފަހު ޒަޔާން ލައިހާ ފާރުކައިރި ބަހައްޓާފައި ފާރާ އޭނާއާދެމެދު ލައިހާ ފިއްތާލިއެވެ. އެއިރު ވެސް ލައިހާ ދިޔައީ ގަދަހަދަމުންނެވެ. ” ބުނަން އަހަރެން ބޭނުންވާގޮތަށް ކަންތައް ވެދިޔަދީ އެހެންނޫނީ މާރީއްޗެއް ނުވާނެ ” ޒަޔާން އިންޒާރެއް ދިންފަދައެވެ. ” ނޫން … ނޫން އަހަރެން ދޫކޮށްލާ ” ކުރަކިވެފައިވާ އަޑާއެކު ލައިހާބުނެލިއެވެ. އެތްމިޔަކަނިން ހީލަމުން ޒަޔާން ލައިހާލައިގެން ހުރި ޓޮޕް ކޮޅު މޭމަތިން ވީދާލިއެވެ. އެއާއެކު ލައިހާ އަށް ހަޅޭލަވާގަނެވުނެވެ. މޭމަތީ ދެއަތް ހުރަސްކޮށްލަމުން އެތަނުން ދުއްވާގަންނަން ލައިހާ އުޅެގަތެވެ. އެހެންނަމަވެސް އޭނާގެ ނަސީބު ދެރައީއެވެ. ކުރީބައިގައި ޒަޔާން ލައިޙާގެ އަތުގައި ހިފާލަމުން އޭނާ ކައިރިއަށް ގެނައެވެ. ނަމަވެސް ގަދަހަދަން އުޅުމުގެ ތެރޭގައި ލައިހާ ޒަޔާންގެ އަތުގައި ދަތްއަޅާލަމުން އަވަސްއަވަހަށް ދުރައްޖެހިލަމުން ފިހިގަނޑުއަތަށް ނެގިއެވެ. އޭނާކައިރި އަށް ޒަޔާން އައުމުން އޭނާގެ ގައިގައި ފިހިގަނޑުން ތަޅާންފެށީ އައިސްފާ ހުރި ރުޅީގެ ސަބަބުންނެވެ. ލައިހާގެ އަތްދަށުން ސަލާމަތް ވަމުން ޒަޔާން އެކޮޓަރިން ދިޔައީ ލައިޙާ އަށް ކަޅިއަޅާލަމުންނެވެ. ޒަޔާން ކޮޓަރިން ދިޔުމުން ލައިހާ ދުވެފައި ގޮސް ދޮރުތަޅުލަމުން ދޮރުދޮށަށް ވެއްޓިގަތެވެ. މީހާގެ ލޮލުން ކަރުނައައީ ހިލަހިތެއް ގެ ވެރިއެއްގެ ހިތްވެސް މަޑުވާނެ ގޮތަށެވެ. ގިނައިރު ރުޔުމުގެ ސަބަބުން ލައިހާ އަށް މާނެވާ ލެވުނެވެ. އެއިންގޮތަށް އިންދާ އޭނާއަށް ނިދުނެވެ.
ފަތިހު ބަންގިއަށް ލައިހާ އަށް ތެދުވެވުނީ ދުރުގައި އޮތް ފޯނު އެލާމް ވާ އަޑަށެވެ. ރޭގެ ހާދިސާމަތިން ހަނދާންވުމުން ލައިހާ ގެ ލޮލުން ކަރުނަހިލުނެވެ. އެހުރިގޮތަށް ގޮސް ފާހަނަ އަށް ވަންނަމުން ފެންމާގަނޑުދޮށުގައި ހުރެގެން ހިތްފުރެންދެން ރޯލިއެވެ. ޒަޔާން އަތްލިހުރިހާތަނެއް އެތައް ފަހަރަކު ދޮވުނެވެ. ނަމާދުކޮށްގެން އެނދުގައި ލައިހާ އޮވެލީ ބޭރަށް ނިކުންނަން ބޭނުންނުވެގެންނެވެ. ދިހައެއް ޖަހާލާކައްހާއިރު ނޫރިން ލައިހާ ކައިރި އަށް ދިޔައިރު ލައިހާ އަށް އޮވެވުނީ ނިދާފައެވެ. ފަތިހު ތެދުވެ ކޮޓަރި ތަޅުހުޅުވާ ލައިހާ މިއަދު ތަޅުލާފައި ހުރުމުން ނޫރީން ހައިރާންވިއެވެ. ދޮރުގައި ޓަކިޖަހާލަމުން ލައިޙާ ދޮރު ހުޅުވާލީ އިރުކޮޅެއް ފަހުންނެވެ. ” ދަރިފުޅާ އާދޭ ސައިބޯން މިއަދު ބައްޕަ ބިސްނަސް ކަމަކު ރަށަކަށް ދާން އެއުޅެނީ ބައްޕަ އާއެކު މަންމަ ވެސް ދާން ، ޒަޔާން ވެސް ވީ އިންޓަވިއުއަކަށް ގޮސް އަވަހަށް އާދޭ ސައިބޯން ” ނޫރީން ބުނެލިއެވެ. ލައިހާ ވަކިން ބޮޑަށްކަންބޮޑުވީ ގޭގާ އޭނާ އާ ޒަޔާން އެކަނިވުމުންނެވެ. ”ދަރިފުޅު ބަލީތަ ؟” ލައިހާގެ ރަތްވެފައިވާ ދެލޯ ފެނުމުން ނޫރީން އަހާލިއެވެ. ” ނޫން ހަމަ ނިދިނުލިބޭތީވެ ” ލައިހާ ދޮގެއް ހަދާލިއެވެ. މިހެން ބުނެ ތައްޔާރުވެލައިގެން ދާނަން ކަމަށް ބުނަމުން ލައިހާ ނޫރީން ފޮނުވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Salaam readers ❤️
Hope u like this part ❤️
And vrh bodah swry up kurevunuleh las kamun dhimaavikuda masala Akaa eky 16vana part up kohlan kudakoh lasvee
Swry to keep u a readers wait❤️
Next part ISA soon ❤️
Stay safe and tvgc ❤️
masha allah hama vvv reethi ingey mi prt vx sisoo… alhe e zayaan gandu!!! ughhh i hate him sooooooooooooo much!!!!!!!!! eyna alhe ladhehvx nuganeytha? cheedi!!! yuck yuck yuck!!! just yuck!! alhe dhn riyaan and laihaa avahah gulhuvabala sisyy gandaa… ma mihaaru eba biru gane mi zyaan gandu ulhey gothun.. huvaa… anyways hama vvv salhi ingey ki prt vx as always sisooo.. waiting for the nxt prt..
whn nxt…??..curiously waiting..
ss nd tvgc sisyyy..
lyssssssssssssmmm
vrh salaam ingey…
ey ey eyyyyyyyyyy adhi eh vhk bunan handhaan nethunee ey… mi ulheny Z lhiyanbe ah magey salaam ingey 😉 enme muhinmu bai nulaaviyya mi cmnt kurevunee.. hahahahaha lol 😉 ok dhn dhanee ey… uniform thah dhonnan alhaaafa mi aee… fen laan dhaan vejje.. bye..
In reply to Nayaa
Thank uuu sooo much naayuuu❤️❤️
Glade to knows it ngey sweetie❤️❤️
Dhw zayaan ladu nuganaathy eh nu evahthrah uleynee ????
Hahahaa dhoons waitu for the right momen❤️❤️❤️❤️??
Juss waitu ISA u won’t be disappointed❤️❤️?
Thank xxx again ❤️❤️
Next ISA vrh avaha sub kohlaana waitu kohlaa
Lyyyymmmmm❤️❤️❤️
Tvgc and stay safe
Yea Salaam ❤️
Ahahahah hadhaan nethunu baa dhw ???❤️❤️❤️❤️thikiyaaly yea ISA bunaana ngey heehhe eyy dhw muhinmu bayaky❤️❤️❤️
Yea byess ♥️♥️♥️