Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި (ބާރަވަނަ ބައި)

xaaahy Level 110 Stories
April 3, 2014 9 Mins Read
5 Comments

ހެނދުނުގެ ސައިގަޑީގައި އެކަކުވެސް ރޭގެ ހާދިސާއާ ބެހޭގޮތަކުން ވާހަކައެއް ނުދައްކައެވެ. އެކަމަކު ކޮންމެ މީހެއްގެ މޫނުމަތިންވެސް ނުރުހުމުގެ އަސަރު ފާހަގަވާންހުއްޓެވެ. ” ދަނީ އިނގޭ……” ޝައުފް ތެދުވަމުން ބުނެލިއެވެ. ލަޔާލް އާއެކޭ ބުނެލިއެވެ. އެމީހުން އޮފީހަށް ދިއުމުން ގޭގަ ތިބީ ހަމައެކަނި އަންހެންވެރިންނާ ގޭގަ ގެންގުޅޭ ނޯކަރުންނެވެ. ސައިބޮއި ނިމިގެން ލަޔާލް ތެދުވަނިކޮން ގޭގެ ބެލްޖަހާލި އަޑުއިވުނެވެ.
”ޑެލިވެރީ ބޯއީ އައީ ކަންނޭނގެ…….” ފަރީޝާ ތެދުވަމުން ބުނެލިއެވެ. ފަރީޝާގެ ފަހަތުން ލަޔާލްވެސް އެދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމުން ދިރުމަތީ ހުރީ ފާއިޝްއެވެ. ” ފެނިލަންވެގެން…..” ފާއިޝް އެހެން ބުނެލި އަޑު ރަނގަޅަށްވެސް ލަޔާލްއަށް އިވުނެވެ.
” މިގެއަށް ތަރުކާރީއެއް ބޭނުމެއް ނޫން……ބައިވަރު ތަރުކާރީ އެބަހުރި…..” ލަޔާލް ޖެއްސުމަށް ބުނެލިއެވެ.
” އައީދޯ ފަހަތުން………..އެނގޭ އަންނާނެކަންވެސް…….އަހަރެން ބުނެގެންނޭ ތަރުކާރީ ގެނައީ………ލަޔާލް ނުޖެހޭނެ އެކަމާ ވިސްނާކަށް…….” ފަރީޝާ ލަޔާލްއަށް ބުނެލިއެވެ. ” ތިގޮތް ހުއްޓާލަން ވެއްޖެ…….ފިރިމީހާއަށް ވަފާތެރިވާން ދަސްކުރަންވާނެ…..” ލަޔާލް އެހެން ބުނުމުން ފަރީޝާ ޖަހައިލީ ހިނިގަނޑެކެވެ. ” އަހަރެމެންނަށް އިރުޝާދު ދޭނެކަމެއްނެތް……މިއީ މީހަކާ ބެހޭ ކަމެއް ނޫން……..” ފާއިޝް ބުނެލިއެވެ. ރޯސަން ދޮރާށިން ވަދެގެން އަންނަތަން ފެނުމުން ފަރީޝާ ތަރުކާރީ ކޮތަު ރޯސަން އަށް ދިއްކޮއްލިއެވެ. ”މިގެންދޭ ބަދިގެއަށް……..ރޯސަން ވަރަށް މީރުކޮށް ލަޔާލް މެޑަމްއަށް ރިހަ ކައްކާދޭތި ތި ތަރުކާރީން……..” ފަރީޝާ ރޯސަންއަށް ބުނެލިއެވެ. ރޯސަން ބޯޖަހާލަމުން އެތެރއަށް ވަދެގެން ދިޔައެވެ. ފާއިޝްވެސް ބޭރަށް ދިޔައެވެ. ފަރީޝާ ލަޔާލްއަށް ބަލާލުމެއްނެތި އެތެރެއަށް ދިޔައެވެ.

ލަޔާލް ގޮސް ކޮޓަރިއަށް ވަދެ ގޮނޑީގައި އިށީނެވެ. ” މެޑަމް………..މެޑަމް……” ރޯސަން ދުވެފައި އައިސް ލަޔާލްގެ ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. ރޯސަންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ”ކިހިނެއްވީ؟” ލަޔާލް ތެދުވަމުން އަހާލިއެވެ. ” ސޯފީ މެޑަމް……..” ރޯސަން ހުއްޓާލިއެވެ. ލަޔާލް ރޯސަންގެ ފަރާތުން އިތުރު ޖަވާބަކަށް އިންތިޒާރުކުމެއްނެތި ސޯފީގެ ކޮޓަރިއަށް ދުއްވައިގަތެވެ. ސޯފީގެ ކޮޓަރިއަށް ވަދެ ބަލާލި އިރު ސޯފީ ތަޅުންމަތީ ވެއްޓިފައި އޮތެވެ.
” މަންމާ……” ސޯފީ އޮތް ގޮތް ފެނުމުން ލަޔާލްއަށް ގޮވާލެވުނެވެ. ”ރޯސަން އެމްބިއުލެންސަށް ގުޅާބަލަ……..” ލަޔާލް ހަޅޭއްލަވައިގަތެވެ. ސޯފީ އަތުގައި ހިފާ ވިންދު ބަލާލިއެވެ. ވިންދު ޖަހައެވެ. ނޭވާވެސް ލައެވެ. ސޯފީގެ މޫނުގައި ތަޅަމުން ލަޔާލް އެތައް ފަހަރަކު ގޮވަމުން ދިޔައިރުވެސް ސޯފީގެ ފަރާތަކުން ޖަވާބެއް ނައެވެ. ރޯސަން އެމްބިއުލެންސަށް ގުޅިތާ މާގިނައިރެއްނުވެ އެމްބިއުލެންސް އައެވެ. ގޭގަ ތިބި ނޯކަރުންގެ އެހީގައި ސޯފީ އެމްބިއުލަންސަށް ލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ސޯފީ ގެންގޮސް ވެއްދީ އަވަސްފަރުވާދޭ ބަޔަށެވެ. ލަޔާލް މޯބައިލުން އަވަހަށް ޝައުފްގެ ފޯނަށް ގުޅައި އެ ޚަބަރު ދިނެވެ.

ލަޔާލް ސޯފީގެ އިންތިޒާރުގައި އަވަސްފަރުވާދޭ ބައިގެ ބޭރުގައި ހުއްޓެވެ. ހޮސްޕިޓަލްގައި ބަލިމީހުން ވަރަށް ގިނަ ދުވަހެކެވެ. މަގުތަކުގައި ހިނގާލެވެންވެސް ނެތެވެ. އަވަސްފަރުވާދޭބަޔާ ކައިރީގައި ހުރީ ޕްރައިވެޓް ކޮޓަރިތަކެކެވެ. ލަޔާލް ބަލަ ބަލާހުއްޓައި ޕްރައިވެޓް ކޮޓަރިއަށް ވަންނަން އެއައީ ހާޝިމްއެވެ. ހޮސްޕިޓަލްގައި ބަލިމީހުން ލައްވާ ކަހަލަ ގައުނެއް ލައިގެން ހުރިއިރު ބަލިކަމުން އަމިއްލަ ހާލަތަށް ހިނގައިވެސް ނުލެވެއެވެ. ކައިރީގައި ދެފިރިހެނަކު ހާޝިމްގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ލަޔާލް އެދިމާލަށް ހިނގައިގަނުމަށް ނެގި ފިޔަވަޅު ހުއްޓާލަން ޖެހުނީ ފަހަތުން ޝައުފް ގޮވާލި އަޑަށެވެ.
” ޑޮކްޓަރ ކީކޭ ބުނީ…….” ލަޔާލް ކައިރީ ޝައުފް އަހާލިއެވެ. ” އަދި ވަކި އެއްޗެއް ނުބުނޭ……..” ލަޔާލް ބުނެލިއެވެ. އެވަގުތަކީ އަވަސްފަރުވާދޭ ބައިން ޑޮކްޓަރ އިގުބާލް ނުކުތްވަގުތެވެ.
” ޑރ. މަންމަ ކިހިނެއްތޯ…….” ޝައުފް ކެއްތެރިކަން ކުޑަގޮތަކަށް އަހާލިއެވެ.
” ރަނގަޅު…………ހޭވެސް އަރައިފި………އެކަމަކު މިހާރު ނިދާ އިންޖެކުޝަނެއް ޖަހާފަ އެއޮތީ…….ސޯފީ ކައިރީ ތިބެ ބާރަށް ވާހަކަ ނުދައްކާތި……” ޑރ އިގްބާލް ބުނެލިއެވެ. ޝައުފް ޑޮކްޓަރގެ ހުއްދައާއި އެކު ކޮޓަރިއަށް ވަނެވެ. ލަޔާލް އަނެއްކާވެސް ހިނގައިގަނީ ހާޝިމް އޮތް ކޮޓަރިއާ ދިމާލަށެވެ. އެކޮޓަރީގައި ދެތިން ފަހަރު ޖަހާލުމުން މީހަކު އައިސް ހުޅުވައިފިއެވެ. އޭރު އެނދެއްގައި ހާޝިމް އާފަލެއް ކާން އިނެވެ. ދޮރުމަތީ ހުރި ލަޔާލް ފެނުމުން ބޭއިޙްތިޔާރުގައި ހާޝިމްއަށް ދެއަތް ނަގައި އޭނަގެ ކައިރިއަށް އައުމަށް އިޝާރަތް ކުރެވިއްޖެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަމިއްލަ ދަރިފުޅު ދެކެ އޭނާވެސް އިންތިހާއަށް ލޯބިވެއެވެ. އެދަރިފުޅު ބަލާ ބޮޑުކުރަން އޭނާވެސް ބޭނުންވިއެވެ. ނަމަވެސް އޭރު ހާލަތު ހުރި ގޮތުން އެކަމަށް ތަން ނުދިނީއެވެ. ލަޔާލް ގޮސް ހާޝިމް ކައިރިއަށް ހުއްޓުމުން ހާޝިމް ލަޔާލްގެ އަތުގައި ހިފާލިއެވެ.
”ދަރިފުޅާ……..” ހާޝިމް އަސަރުން ފުރިފައިވާ ގޮތަކަށް ގޮވާލިއެވެ.
ލަޔާލް ބޭނުންވީ ފުރުސަތުގެ ބޭނުން ހިފައި ހުރިހައި ސުވާލެއް ކޮއްލާށެވެ. ” ތި އަހަރެން ބައްޕަކަމަށް ވަނީނަމަ އަހަރެން ދޫކޮއްފައި ދިޔައީ ކީއްވެ؟ އަހަރެން ދެކިލަށް މިއޮތް ހާދުވަހު ނައީ ކީއްވެ؟” ލަޔާލްއަށް އަހާލެވުނެވެ.
” މިތާ އިށީނދޭ…..ދަރިފުޅަށް ބައްޕަގެ ލޯބި އެންމެ ބޭނުންވި ދުވަހު އަހަރެން އެހެން ބަޔަކު އަތަށް ދީފައި ދާންޖެހުނީ މަޖުބޫރުން……ވިހެއުމުގެ ތެރެއިން މަންމަ މަރުވުމުން އާއިލާގެ އެކަކަވެސް ދަރިފުޅު ބަލައިދޭކަށް އެއްބަހެއް ނުވި……….އަހަރެންގެވެސް ބަލިހާލަތު ހުރި ގޮތުން އެހެން ބަޔަކާ ހަވާލްކުރީ އެމީހުން ރަނގަޅަށް ބަލާނެކަމުގެ އުއްމީދުގަ……….ދަރިފުޅަށް ވެވެންޏާ ބައްޕައަށް މަޢާފްކޮއްދޭތި……..” ހާޝިމް ލަޔާލްގެ އަތްތިލައަށް ބާރުކޮއްލިއެވެ.
ލަޔާލްގެ ހިތް ހާޝިމްއަށް ޓަކައި ހަމްދަރުދީއިން ފުރުނެވެ. ބައްޕަގެ މަޖުބޫރުން އޭނަ ދޫކޮއްފައި ދިޔަޔަސް އޭނަ ހާޝިމް ދޫކޮއްފައި ދާކަށެއް ބޭނުމެއް ނޫނެވެ. ހާޝިމްއަށް މިއަދު އޭނަގެ އޯގާތެރިކަން ބޭނުންވެއެވެ.
”ދެން އެހެންވީއިރު ޝިފާނާއާ އަކްމަލް ކޮބާ…….” ލަޔާލް އަހާލިއެވެ.
” އެމީހުން އެބައުޅޭ ވަރަށް އުފަލުގައި……..އަހަރެންގެ ގޭގަ……….” ހާޝިމް ބުނެލިއެވެ. އަދި ލަޔާލްއަށް ވަސިއްޔަތާއި ބެހޭ ގޮތުން ބުނެދިނެވެ. އެއީ ލަޔާލްއަށް އެނގިފައިވާ ކަންތައްތަކެއް ނޫނެވެ. އަވަސްއަރުވާލާފައި ޝިފާނާ ލަޔާލްއަށް ކައިވެންޏަށް ބާރުއެޅީ މިހެންވެކަން ވިސްނުނެވެ. ފައިސާގެ ދަހިވެތިކަމުގައި އިންސާނުން ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟
” ބައްޕާ…….މިވަގުތު އަހަރެން ގޮސްލަނީ……….މިއުޅެނީ ޝައިފްގެ މަންމަ ބާއްވައިގެން……..ފަހުން އަންނާނަން…..”’ ލަޔާލް ހާޝިމްގެ އަތުން ދޫކޮއްލަމުން ބުނެލިއެވެ. ލަޔާލް ޕްރައިވެޓް ރޫމުން ނުކުމެގެން ދިޔައިރުވެސް ހާޝިމްއަށް ބަލަން އިނދެވުނެވެ. ހާޝިމްހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ލަޔާލްއަށް ހުރިހައި ހަގީގަތެއް ކިޔައިދެވުނީމައެވެ.

ލަޔާލްއަށް އަވަސްފަރުވާދޭބަޔަށް ދެވުނު އިރު ސޯފީ ސްޓެޗާރ އެއްގައި ޕްރައިވެޓް ރޫމަކަށް ބަދަލްކުރަން އުޅެއެވެ. އެ ރޫމަށް ބަދަލްކުރެވުމުން ލަޔާލްއަށް ސޯފީ ގޮވާލައި ކައިރިއަށް އައުމަށް އެދުނެވެ.
” ލަޔާ………..މިއީ އާކިފް އިންނަ ކޮޓަރީގެ ތަޅުދަނޑި……..އޭނައަށް ކާންދީ ހަދަން ލަޔާލް ދާންވާނެ………އާކިފްއަށް ދޭންޖެހޭ ބޭސް ހުންނާނެ މަންމަގެ އަލަމާރީގަ…..އާކިފްގެ ފަރާތުން ކަމެއް ފާހަގަ ވަންޏާ ޑރ.އަންވަރުއަށް ގުޅާތި…” ރަންކުލައިގެ ތަޅުދަނޑި ފައްޗެއް ދިއްކޮއްލަމުން ސޯފީ ބުނެލިއެވެ. ލަޔާލް އެތަޅުދަނޑި ފަތީގައި ހިފީ އުއްމީދުތަކަކާއި އެކުއެވެ. އޭނަގެ ހިތުގައި އެވާ ސުވާލްތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބިދާނެ ކަންނޭނގެއެވެ.
” މަންމައަށް ކިހިނެއްވީ؟” ޝައުފް ސޯފީގެ އަތުގައި ހިފާލަމުން އަހާލިއެވެ. ” އެއްކަމެއްވެސް ނުވޭ…..އެއްކަލަ ގޮތަށް ބޯ އަނބުރައިގަތީ ހީވަނީ ރޭގެ ނުކާއި ހުރީމަ ކަންނޭނގެ…….އަނެއްކޮޅުން ހެނދުނު ވަރަށް ކުޑަކޮން ސައިބޮވުނީވެސް……ޑޮކްޓަރ ކައރީ ބުނެގެން ދޫކޮއްލެވޭނެ ގޮތެއް ހަމަޖައްސަބަލަ………މިތާ އޮންނަ ހިތެއް ނުވޭ………..” ސޯފީ ޝައުފްއަށް ބުނެލިއެވެ. ޝައުފް ރޫމުން ނުކުމެ ޑޮކްޓަރ އިން ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ޝާންއާއި ފަރީޝާ އައުމުން ލަޔާލް ގެއަށް ދިއުމަށް ހިނގައިގަތެވެ.

ލަޔާލްގެ ހިނގުންވަނީ އަވަސްވެފައެވެ. ހަމަ އެއާ އެއްވަރަށް ހިތުގެ ތެޅުންވެސް ވަނީ އަވަސްވެފައެވެ. ފުރުސަތުގެ ބޭނުން ހިފަން ބޭނުމެވެ. އާކިފްއަށް އެހެން ވީގޮތް އޮޅުން ފިލުވުމަށް އޭނާ ވަނީ ކެއްމަދުވެފައެވެ. އާކިފް ހަމަ ހުރެފައެއް މޮޔައެއް ނުވާނެއެވެ. އެއީ ހޭޖެހޭ މީހަކު ގަބޫލްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ގެއަށް ވަދެވުމާއި އެކު ލަޔާލްގެ މިސްރާބު ހުރީ އެ ކޮޓަރިއާއި ދިމާލަށެވެ. ދޮރު ހުޅުވާލުމާއި އެކު ކަނެއްގައި އިން އާކިފްއަށް ބަލާލެވުނެވެ. ރެއާ މިއަދާ ވަކި ތަފާތެއް ނެތެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ އިންތިހާއަށް ބިރުވެރިކަމެވެ. ދާތިކިތަކުން މުޅި މޫނުމަތި ބަބުޅަމުން ދިޔައެވެ. މަޑު ކުކުރުމެއްގެ އަޑެއް އޭރު ނުކުމެއެވެ.
” އާކިފް………ބަލާބަލަ…..” ލަޔާލް އާކިފް ކުރިމަތީ އިށީންނަމުން ގޮވާލިއެވެ.
” އާކިފް…….” ލަޔާލް އަނެއްކާވެސް ގޮވާލިއެވެ. ކަކުލުގައި ބޯޖަހާލައިގެން އިން އާކިފް ސިއްރު ސިއްރުން ބަލާލިއެވެ. އާކިފްގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.
” އާކިފް……….ބަލަ މިއީ ލަޔާލް……..އާކިފްގެ ލަޔާލް……….” ލަޔާލް މޭގައި އަތްޖައްސާލަމުން ބުނެލިއެވެ. އާކިފްގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން ވީ އިތުރެވެ. ދެލޯ ބޮޑުކޮއްލައިގެން އިދެ ބަލަން ފެށިއެވެ. ” އަހަރެން މަތިން ހަނދާން އެބަހުރިތަ……؟” ލަޔާލް އާކިފް ކުރެ އަހާލިއެވެ. އާކިފް މި ފަހަރު ބޯހޫރުވާލިއެވެ. ލަޔާލް ލިބުނީ ޝޮކެކެވެ. އާކިފް އެންމެ ކުޑަމިނުން އޭނަ މަތިން ހަނދާންވެސް ނެތީހެއްޔެވެ؟
” އާކިފް……..ތިހެން ނުބުނޭ………..ބުނޭ ހަނދާން އެބަހުއްޓޭ………އާކިފް ކިހިނެއް އަހަރެން މަތިން ހަނދާން ނައްތާލާނި……ބުނީމޭނު އަހަރެން މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމޭ……..އާކިފް ބަލާލަބަ އަހަރެންގެ މޫނަށް……” ލަޔާލް ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮވެންފެށިއެވެ. މިއޮއް ހުރހައި ދުވަހު އޭނަ ޢާކިފް މަތިން ހަނދާންކުރުމުގައި މުޅި އުމުރު ހޭދަކުރި ފަދައިން އާކިފްއަށް އެވަރު ނުވީމަ އެކަމާ ޝަކުވާ ކުރަންފެށުނެވެ. އާކިފް އެންމެ ފަހު ވަގުތު އޭނައަށް ކުރި ވައުދުގެ މަތިން އެތައް ފަހަރަކު ހަނދާން ކޮއްދެމުން ދިޔަ އިރު ލަޔާލް އަކީ މީހެއްގެ އަނބެއްކަމެއް ހަނދާނެއް ނެތެވެ.
ލަޔާލް ސިހުނީ ފަހަތުގައި މީހަކު އުޅޭހެން ހީވެގެންނެވެ. ފަހަތް ބަލާލި އިރު އެއްވެސް މީހެއް ނެތެވެ. ކިލައިން ފުސްވެފައިވާ ކުޑަދޮރު ކައިރިން މީހަކު ހުރަސްކޮއްލިކަން އެނގުނެވެ. ދެލޯ ފޮހެލަމުން އާކިފްގެ އަތުން ދޫކޮއްލުމަށްފަހު ލަޔާލް އެދިމާލަށް ހިނގައިގަތެވެ. ބަގީޗާ ތެރޭ ފެންހޮޅިއަކުން ފެންޖަހަން ރޯސަން ހުއްޓެވެ. ލަޔާލް އެކޮޓަރިން ނުކުންނަން ފެށުމުން ރޯސަން ބުނެލިއެވެ.
” މިއަދު ސޯފީ މެޑަމް އާކިފްއަކަށް ކާކަށް ނުދޭ…….” ރޯސަން އެހެން ބުނުމުން ލަޔާލް ގަޑިއަށް ބަލާލިއެވެ. މިހާރު ގަޑިން އެގާރަ ޖަހަނީއެވެ. މިހާރުވެސް މާބޮޑަށް ލަސްވެއްޖެއެވެ. ލަޔާލް ބަދިގެއަށް ވަދެ އާކިފްއަށް ކާއެއްޗެހި ހިފައިގެން ގޮސް އާކިފްއަށް ކާންދިނެވެ. މާބޮޑު ދެކޮޅު ހެދުމަކާއި ނުލައި ލަޔާލްގެ އަތުން އާކިފް ކައިހެދިއެވެ. ބޭސްދޭން ޖެހޭނެތީ ލަޔާލް ސޯފީގެ ކޮޓަރިއަށް ބޭސްބަލާ ވަނެވެ. ސޯފީ ބުނިގޮތަށް އަލަމާރި ހުޅުވާލި އިރު ހެދުންތައް ކައރީ ބޭސްފުޅިއެއް ހުއްޓެވެ. ފުޅީގެ ބޭރުގައި މާކަރަކުން ބޭސްދޭންވާ ގޮތް ލިޔެފައި އިނެވެ. ލަޔާލްއަށް ފުޅިއަށް ބަލާލިއެވެ. އޭގައި އޮތީ އެންމެ ގުޅައެކެވެ.
އާކިފްއަށް ބޭސްދިނުމަސްފަހު ކޮޓަރިއަށް ވަދެ ހަމަޖެހިލިތަނާ ދެމީހަކު ސިއްރު ސިއްރުން ވާހަކަ ދައްކާ އަޑު އިވުނެވެ. ލަޔާލް ކުޑަދޮރު ހުޅުވާލުމަށްފަހު ބަލާލިއެވެ. ބަގީޗާ ގަސްތައްތެރޭ މިއަދުވެސް ފަރީޝާއާ ފާއިޝް ހުއްޓެވެ. މިފަދަ އެއްވެސް މަންޒަރެއް އިމްލީއަށް ނޫނީ ޝާންބެއަށް ފެންނަ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ލަޔާލް ފޯން ނަގައި އެދެމީހުންގެ ފޮޓޮއެއް ނެގިއެވެ. އިމްލީއަށް ދައްކައިގެން އެ އަނދިރި ގަނޑުން އިމްލީ ސަލާމަތް ކޮއްދެވިދާނެއެވެ.

އިމްލީ ގެއަށް އަންނާނެ ވަގުތަކަށް ލަޔާލް އިންތިޒާރުކުރަމުން ދިޔައެވެ. އެހެން ހުއްޓައި ޝައުފް ގުޅާ ލަޔާލް ގާތު ހޮސްޕިޓަލަށް އައިސް ދިނުމަށް އެނދުނެވެ. ލަޔާލް ތައްޔާރުވެލައިގެން ދަމުން އާކިފްއަށް ދޭންޖެހޭ ބޭސްފުޅި އޭނަގެ އަތްދަބަހަށް ލައިފިއެވެ. ހޮސްޕިޓަލްގެ ބޭސްފިހާރައިންވެސް އެގަނެވިދާނެއެވެ. ލަޔާލް ގޭތެރެއިން ނުކުތް ތަނާހެން އަޑު އިވުނީ އާކިފްގެ ކޮޓަރިން ރުއިމާ ހަޅޭކުގެ އަޑެވެ.

ލަޔާލް ގޮސް އެކޮޓަރީގެ ދޮރުހުޅުވާލިއެވެ. އޭރު އާކިފް ހުރީ ކޮޅަށް ތެދުވެއެވެ. އޭނަގެ ހަތަރެސްފައިގަ ޖަހާފައި ހުރި ޗޭނުތައް ނެއްޓޭތޯ އޭނަ މަސައްކަތް ކުރަމުން ދިޔައެވެ. އާކިފްގެ މޫނުމަތިން ފެނިގެން ދަނީ އިންތިހާއަށް ރުޅިވެރިކަމެވެ. ލަޔާލް ހާސްވެއްޖެއެވެ. ޑރ.އަންވަރުއަށް ގުޅާލުމުން ކުޑަ އިރުކޮޅެއް ތެރޭގައި ޑރ.އަންވަރު އަތުވެއްޖެއެވެ. ޑރ.އަންވަރު ފެނުމުން އާކިފްގެ ހަރަކާތްތައް އިތުރަށް އަވަސްކޮއްލައިފިއެވެ. ހީވަނީ ދެންމެ ދެންމެ އެ ޗޭނުތައް ނައްޓާލާފާނެ ހެންނެވެ. ޑރ. އަންވަރު އޭނަގެ ދަބަހުން އިންޖެކްޝަނެއް ނަގައި އާކިފްއާ ކައިރިވަމުން ދިޔައެވެ. އަދި އާކިފް އަތުގައި ހިފާ ބޭންދުމަށްފަހު އެ އިންޖެކްޝަން އާކިފްގެ އަތަށް ޖަހައިފިއެވެ. އާކިފް މަޑުން މަޑުން އިނދެ އިންގޮތަށް ނިދައިފިއެވެ.
” ޑރ….އާކިފް ކިހިނެއްވެގެންތޯ އެހެން އެއުޅެނީ……….” ލަޔާލް ހާސްވެފައި ހުރެ އަހާލިއެވެ.
” އާކިފްއަށް ބޭސްދިނީ ކާކު؟” އަންވަރު ހިތްހަމަ ނުޖެހި އަހާލިއެވެ. ” އަހަރެން…….” ލަޔާލް އަވަހަށް ބުނެލިއެވެ.
”ކިތައް ގުޅަ ދިނީ…….” އަންވަރު އަނެއްކާވެސް އަހާލިއެވެ. ” އެންމެ ގުޅައެއް……” ލަޔާލް ބުނެލިއެވެ. ” ނުބައިކޮންނު ތިދިނީ……….އޭގެން ހާފްދޭން އިންނާނި……..އޯވާރ ޑޯސްވީމަ އެހެން އުޅެން އެފެށީ……………” އަންވަރު ރުޅިވެރި ރާގަކަށް ބުނެލިއެވެ. ލަޔާލް އަތްދަބަހުން ހުސްވެފައިވާ ބޭސްފުޅި ނެގިއެވެ. އަންވަރު އެބުނީ ތެދެކެވެ. ފަޑުކޮން ބައިގުޅަ ޖަހާފައި އެބަ އިނެވެ. މާރަނގަޅަށް އެވަރު ނުބަލާ ލަޔާލްއަށް އެއްގުޅަ ދެވުނީއެވެ. ލަޔާލް ވަރަށް ބޮޑަށް ހާސްވިއެވެ. ބިރުން ހުރެ އަންވަރުގެ ކިބައިން މަޢާފަށް އެދެން ފަށައިފިއެވެ.
” ތިކުރީ ވަރަށް ވިޔާނުދާކަމެއް……….އެހެންވާނި ސޯފީވެސް ވެއްޖެ ޒިންމާ ނުނެގޭ މީހުންނަށް ޒިންމާ ހަވާލްކުރަން……ތަނެއް ދޮރެއް ބަލައިވެސް ނުލާ……އަހަރެންގެ މަސައްކަތުން އާކިފް ވަރަށް ބޮޑުތައް ރަނގަޅުވަމުން ދަނިކޮން ތިހެން ހެދީމަ ……….” އަންވަރު ހުއްޓާލިއެވެ. ލަޔާލް މަޢާފަށް އެދި އެދި ހުއްޓައި އަންވަރު ނުކުމެގެން ދިޔައެވެ. އަންވަރުގެ ފަހަތުން ނުކުމެ ލަޔާލްވެސް ހޮސްޕިޓަލަށް މސްރާބު ޖެހިއެވެ.

ސޯފީ އޮތް ރޫމަށް ދިއުމުގެ ކުރިން ލަޔާލް ބޭނުންވީ އެ ބޭސްފުޅި ގަންނާށެވެ. އެހެން ނޫނީ ފަހަރެއްގައި ހަނދާންނެތުދާނެތީއެވެ.
” މިބޭސް އެބަހުރިތަ…………މިއީ ސައިކެޓްރިކް ޕޭޝަންޓުންނަށް ދޭބޭހެއް…….” ލަޔާލް ބޭސްފުޅި ދައްކާލަމުން އަހާލިއެވެ.
ފާމަސިސްޓު ބޭސްފުޅި ނަގަމުން ހޭންފެށިއެވެ. ” މިއީ ސައިކެޓްރިކް ޕޭޝަންޓުންނަށް އެކަނި ދޭއެއްޗެއް ނޫން…….މިކެވިދާނެ މަށަށްވެސް………” އެމީހާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ލަޔާލް ހީކުރީ އެމީހާ ސަމާސާ ކުރަނީ ކަމަށެވެ. ” މިބޭސް އެހެންނެއް ނުކެވޭނެ……އޯވާ ޑޯޒް ވެދާނެ……..” ލަޔާލް ބުނެލިއެވެ. އެމީހާ ކުރިއަށް ވުރެ ބާރަށް ހިނިގަނޑެއް ޖަހާލިއެވެ.
” މޮޔަ ވާހަކަ ނުދައްކަބަލަ………އަހަންނަށް ބޭސްކިޔަވައިދޭން ތިއުޅެނީ……….މިއީ މަލްޓި ވިޓަމިންއެއް………..މި ކިތައްމެ ވަރަކަށްވެސް ކެވިދާނެ……….ކުޑަކުދިންވެސް މިބޭސް ބޭނުންކުރޭ…….” އެމީހާ ކުރިއަށް ވުރެ ބާރަށް ހޭންފެށިއެވެ. ލަޔާލް ވަރަށް ބޮޑަށް ހައިރާންވިއެވެ. އެފުޅި ގަނޑަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. ކުޑަ ގޮޅިއެއްގެ ތެރޭގައި މަލްޓި ވިޓަމިން ލިޔެފައި އިނެވެ.
ލަޔާލް ބޭސްފުޅިއަށް ފައިސާ ދައްކަމުން ވިސްނާލިއެވެ. އާކިފްގެ އެ ހާލަތުގެ ފަހަތުގައި މުޅި އާއިލާއިން ބައިވެރިވަނީ ބާއެވެ؟ އެހާ ބޮޑު ލަނޑެއް އާކިފްއަށް އެމީހުން ދޭންޖެހެނީ ކީއްވެ ހެއްޔެވެ؟ ލަޔާލް ބޭނުންވަނީ ސާބިތު ކަމާއި އެކު އެކަމާ ކުރިމަތި ލައި އެ ހަގީގަތް ހޯދާށެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނަގެ ހިތުގައި ޝައުފްއަށް ދެވުނު މަގާމަށްވެސް ވަނީ ބަދަލްތަކެއް އައިސްފައެވެ. އާކިފްގެ ހާލަތަށް ހަމްދަރުދީ ވެވޭ ކޮންމެ ފަހަރަކު އޭނަގެ ހިތުގައި އާކިފްގެ ނަން އިތުރަށް ފެވިގެން ދެއެވެ.

ސޯފީ އޮތް ރޫމަށް ވަދެވުނު އިރު ސޯފީއަށް އޮތީ ނިދިފައެވެ. ސޯފީގެ އެނދުގައި ބޯއަޅާލައިގެން ޝައުފް އޮތެވެ. ލަޔާލްގެ ފިޔަވަޅު އަޑަށް ޝައުފް ތެދުވެ ބަލާލިއެވެ. ޝައުފް ތެދުވެ ބޭރަށް ހިނގައިގަންނަމުން ލަޔާލްއަށްވެސް ބޭރަށް އައުމަށް އިޝާރަތްކޮއްލިއެވެ. ޝައުފް ގޮސް ހުއްޓުނީ ހޮސްޕިޓަލްގެ ގާރޑެންގެ އޭރިއާގައެވެ.
” ޑރ.އަންވަރު ގުޅި……..ލަޔާ އެހާ ފަރުވާ ކުޑަކުރާކަށް ނުވާނެ……..މަންމަ ކިހާ ހިތާމައެއް ކުރާނެ އާކިފްބެއަށް ކަމެއް ވެއްޖެއްޔާ……….” ޝައުފް ދެޖީބަށް އަތްޖަހާލަމުން ބުނެލިއެވެ. ލަޔާލް ވީ އިތުރަށް ފޫއްސެކެވެ. އޮޅުވާލަން މަސައްކަތް ކުރާވަރުންނެވެ. އެ ވަގުތު ބޭސްފުޅި ނަގައި ދައްކާފާނަމޭ ހިތަށް އެރިއެވެ. ނަމަވެސް އޭނަގެ ނަފްސު އެކަމާ ހުރަސް އެޅިއެވެ. ހުރިހައި ހަގީގަތެއް އެނގިގެން ނޫނީ އެކަމާ ގުޅޭ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ.
” އަހަންނަށް މަޢާފްކޮއްދީ……ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުވާނެ އަހަރެންގެ ފަރާތަކުންނެއް……….” ލަޔާލް އިސްޖަހައިގެން ހުރެ ބުނެލިއެވެ. ” ހިނގާ އެތެރެއަށް ދާން……..މަންމަ އެކަނި އޮންނާނި……” ޝައުފް ކައިރިވެލަމުން ލަޔާލްގެ އަތުގައި ހިފާލިއެވެ.
” އަހަރެން އެބަ އަންނަން ބައްޕަގެ ކައިރިއަށް ގޮސް……” ލަޔާލް ބުނެލިއެވެ. ޝައުފް ލަޔާލްގެ މޫނަށް ބަލާލިއެވެ.
ލަޔާލް ހާޝިމްގެ ކޮޓަރިއަށް ހިނގައިގަތެވެ. ޝައުފް ދިޔަގޮތަށް ސޯފީ ކައިރިއަށް ދިޔައީއެވެ. ހާޝިމް އޮތް ރޫމަށް ވަތްއިރު ނަރުސްކުއްޖަކު ހާޝިމްގެ ބީ.ޕީ ބަލަން އުޅެއެވެ. ލަޔާލް ގޮސް ހުއްޓެމުން ނަރުސްކުއްޖާ ކައިރީ ކިހިނެއްތޯ އަހާލިއެވެ.
” މިހާރު ރަނގަޅު……..އެކަމަކު ބީ.ޕީ ބޭސް ބޭނުންކުރަންޖެހޭނެ ގަވައިދުން……” އެކުއްޖާ ބުނެލިއެވެ.
” ކަންތައް ހުންނަ ގޮތަށް ވިސްނެނީ…..” ހާޝިމް ލަޔާލްއަށް ބަލާލަމުން ބުނެލިއެވެ. ލަޔާލް ގޮސް ހާޝިމްގެ ކައިރީ އިށީންނަމުން އަހާލިއެވެ.
” ބައްޕަގެ ހުރިހައި ކަމެއް ބަލަހައްޓަނީ ކޮންބައެއް؟”
” ނޯކަރުން ތިބޭނެ………އެމީހުން ހުރިހައި ކަމެއްވެސް ކޮއްދޭނެ…..” ހާޝިމް ބުނެލިއެވެ.
” ބައްޕާ ލަޔާއަށް ކަމެއް ކޮއްދީބަލަ………..ލަޔާއަށް އެނގޭ ބައްޕަ ނޫން މީހަކު މިކަމުގައި އެހީވާން ނެތްކަން…….” ލަޔާލް ހާޝިމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ހާޝިމް މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. ލަޔާލް އޭނަގެ ކައިރީ އެހީއަކަށް އެދުމުންނެވެ. ” ބުނޭ….” ހާޝިމް ލަޔާލްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
” ސައިކެޓްރިސްޓެއް ހޯދައިދީބަލަ………..މިބުނީ ގެއަށް ގޮސް ބަލިމީހަކު ބަލައިދޭނެވަރުގެ………” ލަޔާލް ބުނެލިއެވެ.
” ތިގޭގަ އެކަހަލަ ކުއްޖަކު ހުންނަނީތަ؟” ހާޝިމް އަހާލިއެވެ. ” އާން……..ބައްޕާ އަހަރެން ބޭނުން އޭނައަށް އެހީވާން…………ޝައުފްގޭ އެއްވެސް މީހަކު އޭނާއަކަށް އަޅައެއް ނުލާނެ………” ލަޔާލް ބުނެދިނެވެ. އާކިފްގެ ހާލަތު ލަޔާލް ހާޝިމްއަށް ކިޔައިދިނެވެ.
” ދަރިފުޅު ކޮން ހައިސިއްޔަތަކުން އެކުއްޖާއަށް އެހީވާން ތިއުޅެނީ………އެގޭ މީހުންގެ ނުރުހުމުގައި ތިކަން ކުރަން އުޅެނިކޮން ކަމެއް ގޯސްވެއްޖެއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނި ދަރިފުޅަށް؟” ހާޝިމް އަހާލިއެވެ.
ލަޔާލް ތެދަށް ބުނަން ފަސްޖެހުނެވެ.. ” އެއީ ހަމަ އިންސާނިއްޔަތުގެ ސަބަބުން……..އޭނަގެ އެހާލަތު ފެނި އަހަރެން ހިތުގައި ހަމްދަރުދީ އުފެދުނީ……އިރާދަކުރެއްވިއްޔާ ކަމެއް ގޯހެއް ނުވާނެ………..”’ ލަޔާލް ދިނީ ޔަގީންކަމެވެ. ހާޝިމްގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުންޏެވެ. ލަޔާލް އެނބުރި ސޯފީ އޮތް ރޫމަށް ދިޔައިރު ޝައުފްގެ އިތުރުން ޝާން އަދި ޑޮކްޓަރ ވެސް ހުއްޓެވެ.
” މަންމަ ދޫކޮއްލަން އުޅެނީ…” ސޯފީއަށް އިޝާރަތްކުރަމުން ޝާއުފް ބުނެލިއެވެ. ސޯފީ ދޫކޮއްލުމުން އެމީހުން ގެއަށް އާދެވުނު އިރު އިރުއޮއްސެން ކައިރިވެއްޖެއެވެ.

މިރޭ ގޭތެރޭގައި ވަނީ އާދަޔާ ހިލާފް ހަމަހިމޭންކަމެކެވެ. ކާމޭޒުދޮށަށް އައިސް ކައި ހެދީވެސް ލަޔާލްއާ ޝައުފް އެކަންޏެވެ. ސޯފީއަށް ކާންގެންދަން ޖެހުނީ އޭނަގެ ކޮޓަރިއަށެވެ. ރޭގަނޑުގެ ކެއުމަށް އިންސާފްކުރަމުން ދިޔައިރު ޝައުފް ހީހީފައި ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ލަޔާލް ޝައުގުވެރިކަމެއް ނެތެވެ. އަދި އެކަމަށް ސަމާލްކަމެއްވެސް ނުދެއެވެ.
” ކިހިނެއްވެފަ؟’ ލަޔާލް ފާޑަކަށް އިންނަން ފެށުމުން ޝައުފް އަހާލިއެވެ. ” ކަމެއް ނުވެ……….ކުޑަކޮން ބޮލުގައި ރިއްސަނީ…….” ލަޔާލް އަވަހަށް ބުނެލިއެވެ. ” އެހެންތަ ބޭބެއަށް ކާންދީފަ އައިސް އަވަހަށް ނިދާލާތި……..” ޝައުފް ބުނެލިއެވެ. ”ޝައުފް ނުދާނަންތަ ބޭބެއަށް ކާންދޭކަށް………..” ލަޔާލް އަހާލިއެވެ. ” ހިނގައިދާނަން ލަޔާ ބޭނުމިއްޔާ……..” ޝައުފް އެއްބަސްވިއެވެ.

އާކިފްގެ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އިސްޖަހާލައިގެން އިން އާކިފް ބަލާލިއެވެ. މިވީހާ ތަނަށް ދުވަހަކުވެސް އޭނައަށް ލަޔާލްގެ ފަރާތުން ލިބޭކަހަލަ އެހީތެރިކަމެއް ނުލިބެއެވެ. އެހާ އޯގާތެރިކަމާއި އެކު ވާހަކައެއް މީހަކު ނުދައްކައެވެ. ލަޔާލް އަކީ ކާކުކަން އާކިފްއަށް ނޭނގުނު ނަމަވެސް ލަޔާލް އޭނަ ކައިރިއަށް އަންނަ ކޮންމެ ވަގުތަކު ކޮންމެވެސް ވަރެއްގެ ހިތްހަމ ޖެހުމެއް ލިބިގެން ދެއެވެ. ލަޔާލް ތަބަށް ހިފައިގެން އައިސް އާކިފްގެ ކައިރިއަށް ހުއްޓުނެވެ. ލަޔާލް އަތުގައިވާ ތަލުދަނޑި ފައްޗަށް ބަލާލަމުން އާކިފްގެ އަތުގަ ޖަހާފައިވާ ޗޭނުގަނޑުގައި އިން ތަޅަށް ބަލާލިއެވެ. އެ ތަޅުދަނޑިން ތަޅު ހުޅުވަން ތައްޔާރުވެލިތަނާ ފަހަތުން ޝައުފް ގޮވާލި އަޑު އިވުނެވެ.
” ނޫން ލަޔާ……..ތި ނައްޓާނެ ކަމެއް ނެތް………އޭނަ ލަޔާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ………ސަމުސަލުން އޭނައަށް ކާންދީ……..” ޝައުފް އެހެން ބުނެލި އަޑަށް އާކިފްއަށް އައި ބަދަލް ލަޔާލްއަށް ފާހަގަ ވިއެވެ. އާކިފް އެއަޑަށް ސިހިގެން ދިޔައެވެ. ޝައިފް ދޮރުމަތީ ހުރިތަން އާކިފްއަށް ފެނުމުން ވަރަށް އަދަބުވެރިކަމާއި އެކު ކައި ނިންމާލިއެވެ ލަޔާލް ތެދުވެގެން ދާންފެށުމުން އާކިފް ލަޔާލްގެ އަތުގައި ހިފައި ނުދާށޭ ބޮލުން ބުނެލިއެވެ. ލަޔާލް އާކިފްގެ އަތް ގަދަކަމުން ނައްޓާލައި އެތަނުން ދިއުމަށް ހިނގައިގަތެވެ.
” ޝައުފް ކީއްވެ އެތެރެއަށް ނުވަދުނީ……..ކާގަޑީގަ ބޭބެއާ ވާހަކަ ދައްކާލާ ހަދާނަމަ އޭނަ ކިހާ ހިތްހަމަ ޖެހޭނެ……..” ލަޔާލް ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ” އަހަރެން ނުވޭ އެތަނަށް ވަންނަ ހިތެއް………އެތަން ކިހާ ހަޑި………” ޝައުފް ފޫހި ގޮތަކަށް ބުނެލިއެވެ. ލަޔާލް ތަށިތައް ހިފައިގެން ގޮސް ބަދިގެއަށް ވަނެވެ. ޝައުފް ވަނީ އޭނަގެ ކޮޓަރިއަށެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނުގެ ސަޔަށް ފަހު އާކިފްއަށް ސައިދީ ހެދުމަށް ފަހު ސޯފީގެ ހުއްދަ ލިބިގެން ލަޔާލް ހާޝިމްގެ ކައިރިއަށް ދިޔައެވެ. ” ބައްޕަ ދޫކޮއްލަނި ކޮންދުވަހަކު؟” ލަޔާލް ހާޝިމްގެ ކައިރީ ހުއްޓެމުން އަހާލިއެވެ. ” ނޭނގެ……ވަކި ދުވަހެއް ނުބުނޭ………..ދަރިފުޅު ކަމަކުތަ ތިއައި………” ހާޝިމް އަހާލިއެވެ. ” ނޫން ބައްޕަގެ ހާލުބަލާލަން އައީ………ފަރުވާ ކުޑަނުކޮށް ބޭސްކައިހަދާތި އިނގޭ…….” ލަޔާލް ހާޝިމްގެ ކައިރީ ބުނެލިއެވެ.

ލަޔާލް ހޮސްޕިޓަލުން އައިސް ވަތްވަގުތަކީ އިމްލީ ފާއިޝްގެ ސައިކަލުގައި އައިސް ހުއްޓުނު ވަގުތެވެ. ސްކޫލް ޔުނީފޯރމްގައި ހުއްޓަސް ސްކޫލުން ނިމިގެން އައި ވައްތަރެއް ނުޖަހައެވެ. އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ލަޔާލް އިމްލީއަށް ބަލަން ހުރެވުނެވެ. އިމްލީ ސިޑިން އަރައިގެން ދާންފެށުމުން ލަޔާލް ކުއްލިއަކަށް ހަނދާންވިއެވެ. އިއްޔެ ނެގި ފޮޓޯ އިމްލީއަށް ދައްކާލުމަށް ބޭނުންވިއެވެ.

އެހެން ނަމަވެސް އޭގެ ކުރިން ފަރީޝާއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ.
” ކީއްކުރަން މިތަނަށް……..” ފަރީޝާ ފުރަގަސްދީގެން އަލަމާރި ކައިރީ ހުރެ ލަޔާލް ކައިރީ އަހާލިއެވެ. ”’ އެއްޗެއް ދައްކާލަން ވެގެން……… އޭގެ ކުރިން ޖެހޭނެ އަހަރެން ދައްކާ ވާހަކަ އަޑުއަހަން………” ލަޔާލް ބުނެލިއެވެ. ” ލަޔާލް ދައްކާ ބޭކާރު ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން…….” ފަރީޝާ ކުރު ޖަވާބެއް ދިނެވެ. ” އެކަމަކު ޖެހޭނެ އަޑުއަހަން…….ފަރީޝާގެ ތި ކުޅިގަނޑު ޖެހޭނި ހުއްޓާލަން………އަހަރެން ޝާންބޭ ކައިރީ ހުރިހައި ވާހަކައެއް ކިޔައިދީފާނަން……..” ލަޔާލް ބޭނުންވީ ފަރީޝާ ބިރު ގަންނުވާލާށެވެ. ” އަހަރެން ބުނީމަ މާ ރަނގަޅެއް ނުވާނެ……….އޭގެ ކުރިން ފަރީޝާ ގޮސް އަމިއްލައަށް ބުނެ މަޢާފަށް އެދެން ޖެހޭނެ………..” ލަޔާލް ބުނެލިއެވެ.
”އޯހް……..އަހަރެން ކުރަން ޖެހޭ ކަންތައް ލަޔާލް ތަ ކިޔައިދޭނި………….ނޫނީ އަހަރެން ޖެހޭތެ ލަޔާލް ބުނާ ގޮތަށް ކަންތައް ކުރަން………ލަޔާލް ވަކި ކުޑަ ކުޅީގަނޑެއްތަ ތިކުޅެނީ……..މާތާހިރޭނުން އަމިއްލައަށް ގޮސް ފިރިމީހާ ގާތު މަޢާފަށް އެދުނިއްޔާ……….” ފަރީޝާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
” އަހަރެންތަ؟” ލަޔާލް ހައިރާންވިއެވެ. ފަރީޝާ ކިޔަން އުޅެނީ ކީކޭކަމެއް ލަޔާލްއަކަށް ނުވިސްނެއެވެ. ” ގޮސް ފިރިމީހާ ކައިރީ ބުނޭ އާކިފް އަކީ ތިމަންނަގެ ކުރީގެ ލޯބިވެރިޔާއޭ………އެހެންވެއޭ މިއުޅެނީ މާ ހަމްދަރުދީއެއް ވެގެން…….” ފަރީޝާގެ އެ ޖުމްލައިން ލަޔާލްގެ ފައިދޮށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ފަރީޝާއަށް އެ ހަގީގަތް އެނގުނު ގޮތަކާއި މެދު ސުވާލް އުފެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)

Next

އާލިފް 6

Next
April 3, 2014

އާލިފް 6

Previews
April 3, 2014

ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)

5 Comments!

  1. xaaahy says:
    April 3, 2014 at 6:38 pm

    tommorow the next part
    xaaahy avs avhah mi genes dheny kiyuntherin idhigu inthixaareh gaa nubaithihban vegen
    keep reading
    🙂

  2. liuu says:
    April 3, 2014 at 9:20 pm

    ey haptootoo ………emme fhn layaal libeny aakif ah dhooooo

  3. liuu says:
    April 3, 2014 at 9:22 pm

    xaahyy…mi baivs varah salhi…..liuu ah hyvany emme fhn layaa libeyny aakifa hen…….dho????????????????ehn nahadhaa </3

  4. mink says:
    April 3, 2014 at 9:49 pm

    heyy, xaahy u ge blogg akah nuvadheve…… ae e kyve??????

  5. reen says:
    April 4, 2014 at 11:08 am

    nice

Comments are closed.

Next Episodeލޯތްބަށްޓަކައި ( ތޭރަވަނަ ބައި )←


All Right Reserved!