” ލެމަންގްރާސް ރެސްޓޯރެންޓް ގެ ޓޭބަލްއެއްގައި ހައިކަލް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ ލުހުޝާން އަންނާނެ އިރަކަށެވެ. ފޯނާއި ކުޅެން އިން ހައިކަލް ސިހިގެން ދިޔައީ ކައިރީ ހުރި މީހަކު ފެނުމުންނެވެ. ” އަހަ… ހައިކަލްތަ… ބަޑީ ކޮންތާކު އުޅެފަ ތިއައީ … ” ކައިރީ ހެވިލާފައި ހުރި ލުހުޝާން ފެނުމުން ހައިކަލް އަށް ބަލަން ހުރެވުނީއެވެ. ގަބޫލުކުރަންވެސް ދަތިވެފައެވެ. ” ލުހުޝާން …” ހައިކަލް އަށް މަޑުމަޑުން ބުނެވުނެވެ. ހައިކަލްގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނެވެ.އެ […]
ލައުހާ ގިސްލަމުން ހުރިހާވާހަކައެއް ހައިކަލް އަށް ކިޔައިދެމުން ދިޔައިރު ހައިކަލް އަށް ވެސް ހަމަ ރަގަޅަށް ވަނީ ރޮވިފައެވެ. ލައުހާ އެފަދަ ގޮތަކަށް އުޅެފާނެކަމަށް ހައިކަލްއަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. ހައިކަލްގެ ހިތުގައި ލުހުޝާންއާއި މެދު ނަފްރަތުގެ ހުޅު ރޯވެގެން ދިޔައެވެ. ހައިކަލް މަޑުމަޑުުން ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލައުހާ ރޯތަން ބަލަން ހައިކަލް އަށް ކެތެއްނުވާނެތީއެވެ.އެހެނަސް ދެން އިތުރަށް އެތާ މަޑުކުރަށް ވެއްޖެޔާ ހައިކަަލް ގެ ހިތް ބޭޒާރުވެދާނެތީއެވެ. ހައިކަލް ދިޔަ މަންޒަރު ބަލަން […]
ފާހާަނަ ކައިރިއަށް ވެއްޓިފައި އޮތް ލައުހާ ފެނިފައި ހައިކަލް ގައިން ހީބިހި ނަގައިގަތެވެ.. ދުވެފައި ގޮސް ލައުހާ ނަގައި ލައުހާއަށް ގޮވަން ފެށުނީ ބޭއިހްތިޔާރުގައެވެ. އެހެނަސް ހައިކަލްގެ ހިތުގަިއވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ހައިކަލް އަށް މިކުރެވެނީ ރަގަޅު ހީއެއްބާވައެވެ.އެކަން އެހެން ވެއްޖެއްޔާ ލައުހާއަށް ކުރާނެ އަސަރު ހިތަށް އަރާފައި ހައިކަލްގެ ލޯ ކަރުނުން ފުރުނެވެ… ހައިކަލް އަވަސްއަވަހަށް ލައުހާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ލައުހާ ކާރަށް އަރުވައި ކާރު ސްޓާޓްކޮށްލިއެވެ. ހައިކަލް ކާރުގެ ދުވެލި […]
” ލައުހާ… ތި ދެލޮލުން ބޭކާރު ގޮތުގައި މި އަގުބޮޑު ޖަވާހިރުތަށް ބޭކާރުކޮށް ނުލާ..” ހައިކަލް ދެންމެބުނި ޖުމްލަ ލައުހާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.. ހަމަ އެޖުމްލައެވެ…މީގެ އަހަރުތަކެއް ކުރިން އަޑުއިވުނު އެބަސްތަކެވެ..ކުރީން ވެސް އެ ބަސްތަކުން ލައުހާގެ ހިތަށް ލުޔެއް ގެނެސްދިނުމަށް މަސައްކަތްކުރީ ހަމަ އެއިންސާނާއެވެ…އަޖައިބެކެވެ..ހަމަ ހަގީގަތުގައިވެސް ހައިކަލް އަށް ލައުހާ ނޭނގޫނީ ބާއެވެ..ނޫނީ ނޭނގޭ ކަމަށްހަދަނީ ބާވައެވެ..ލައުހާ ހިތުގައި އެތަށް ހިޔާލްތަކެއް އެނބުރެމުން ސުވާލުތަށް ގިންވަމުން ދިއައެވެ… ” ލައު… އަހަރެން ވަރަށް އަވަހަށް […]
” ލައުހާ” ހައިކަލް އަށް ބުނެވުނެވެ. “މިތާ މަގު މެދުގަ ކީއްތިކުރަނީ..މޮޔަވީތަ…” ލައުހާގެ ކޮޑުގައި ހިފައި ތަޅުވައިގަތުމުން ލައުހާއަށް ވާނުވާ އެގެންފެށިއެވެ.. ހައިކަލް ގައިގައި ބައްދައިގަތެވެ..ރޮމުން ދިޔައިރު މަޑު ގިސްލުމެއްވެސް ލައުހާގެ ހުއްޓެވެ… ހައިކަލް އަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ…ހައިކަލް ލައުހާ ގަޔާ ދުރުކުރަން މަސައްކަތްކުރިއެވެ..މަގުމައްޗަށް ވެފައި މީހުންގެ ލޯތަށް އަމާޒުވަމުން ދާތީވެސް މެއެވެ..އެހެނަސް ލައުހާ ވެއްޓެއް ދިޔަހެން ހީވެގެން ހައިކަލް ބަލާލިއިރު ލައުހަގެ ވަނީ ދެލޯމެރޮފައެވެ… “ލައުހާ… ލައުހާ..” ހައިކަލް ހާސްވެފައި ލަައުހާއަށް ގޮވަމުން […]
ލައުހާގޮސް ޑްރެސިން ޓޭބަލްގެ ވަތްގަނޑު ހުޅުވާލައި ސިޓީ އުރައެއް ނެނގިއެވެ..ލައުހާ އެ ސިޓީ ލުހުޝާންގެ އަތަށް ދިނެވެ… ” ހަދާންވޭތަ އެރޭ އަަހަރެން ލުހުޝާން ކައިރީ ވާހަކައައެއް ބުނަން ބޭނުންވިކަން… ތިއީ އަަހަރެން ބުނަން އުޅުނު ވާހަކަ އަކީ…” ލުހުޝާން އެސިޓީ އުރަ ކެނޑުމަށް ފަހު އޭގައިވާ ލިޔުމަށް ބެލިއެވެ… ކޮންމެވެސް ކަހަލަ ރިޕޯޓެކެވެ..އޭގައި އޮތް އެއްޗެއް ފެނުމުން ލުހުޝާން ގަނޑުވި ކަހަލައެވެ…އެއްފަހަރު ލައުހާގެ މޫނަށް އަނެއް ފަހަރު އެ ރިޕޯޓަށް ބަލަމުން ދިޔައީ މިއީ ހުވަފެނެއް […]
“އެހެންތަ…ހީނުކުރާތި އަހަރެން ތިމަޅީގައި އަލުން ޖެހޭނެކަމަށް…ކުށެއް ނުކުރަމޭ އަދި ކިޔައެއްނު..އިން ދުވަހުން ފެށިގެންވެސްއަހަންނަށް ލައުހާ ހަދަމުން ދިޔައީ ދޮގު…އަހަންނަށް އިނގޭ ލައުހާ އަހަންނާ ކައިވެނީ ކުރީ މަޖްބޫޜުވެގެންކަން…ހެހެހެ…. ލޯބިވެޔޯ…”ލައުހާގެ އަތުގެ މުލަތްދަނޑީގައި ހިފައި ދަމަމުން ގަޮސް ލައުހާ ލުހުޝާންގެ ކޮޓަރިއަށް ވެއްދިއެވެ.. ޑްރެސިން ޓޭބަލް މަތީގައި އޮތް ސިޓީ އުރަނަގައި އޭގައި ހުރި ފޮޓޯތަށް ލައުހާގެ އަތަށް ދިނެވެ…ލުހުޝާން ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ…އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ދިޔައީ އަތުން ފައިން ގޯހެއް ހަދަން ބޭނުން […]
ލައުހާގެ ހާލަތު ހައިކަލް އަށް ވިސްނެން ފެށިއެވެ…ކޮންފަދަ ނިކަމެތި ކަމެއް ޖެހިފައިވާ ކުއްޖެއް ހެއްޔެވެ…ހައިކަލް ގެ ހިތުގައި ލައުހާއަށް ޓަކައި ހަމްދަރްދީ އިތުރުވިއެވެ..” ލާއުހާ މިގޭގައި އުޅެންވީނު…ބޭނުން ދުވަހަކަށް އުޅެވިދާނެ..ލައުހާއަށް ކަމަކަށް ދަތިވަންޏާ އަހަރެން ގާތު ބުނަންވީ..ވީއާރ ފްރެންޑްސް ރައިޓް..” ހައިކަލް ސަލާން ކުރުމަށް އަތް ދިއްކޮށްލަމުން ލައުހާއަށް ބަލަން އިނެވެ.. އެއަތުގައި ހިފާނީ ހޭ ނޫނީ ނުހިފާނީހޭ ލައުހާ ހިތަށް އަރަމުން ދިޔައެވެ… ހިފަން ނުހިފަން ހުރެފައިވެސް ލައުހާ މަޑުމަޑުން ހައިކަލްގެ އަތުގައި ހިފިއެވެ…އެނޫން ގޮތެއް […]
ލައުހާގެ މިހަރަކާތުގެ ސަބަބުން ހައިކަލްއަށް ލިބުނީ ކުއްލި ސިހުމެެކެވެ..ޖެހިބުދެން ހެން ހިރިލާން ވެސް ނޭނގިފައި ހައިކަލް އަށް އިނދެވުނެވެ..ހައިކަލްގެ ހިތްބުނާކަހަލައެވެ.. “އަޖައިބެއްފަދަ އަންހެންކުއްޖެކެވެ… މިކުއްޖާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް ހެއްޔެވެ..”ހައިކަލްގެ ހިތް ނުތަނަވަސް ވިއެވެ..ހައިކަލް ލައުހާގެ ކޮނޑުގައި ހިފާ މަޑުމަޑުން ލައުހާ ގަޔާ ދުރުކޮށްލިއެވެ..ކަރުނައިން ފުރިގެންވާ ދެލޮލުން ލައުހާ ހައިކަލް އަށް ބަލަން އިނެވެ..”ކިހިނެތް އަހަރެންގެ ނަން އެނގުނީ…ލައުހާ…ލައުހާ ދޯ ކިޔަނީ…އަހަރެން ދަންނަންތަ..” ލައުހާ އަށް އިނދެވުނީ ހަައިކަލްއަށް ބަަލަހައްޓައިގެންނެވެ..ހައިކަލް އަށް ލައުހާ ނޭނގެން ވީ […]