ޔާރާއޭ.. ( 11 ވަނަ ބައި)
” ލެމަންގްރާސް ރެސްޓޯރެންޓް ގެ ޓޭބަލްއެއްގައި ހައިކަލް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ ލުހުޝާން އަންނާނެ އިރަކަށެވެ. ފޯނާއި ކުޅެން އިން ހައިކަލް ސިހިގެން ދިޔައީ ކައިރީ ހުރި މީހަކު ފެނުމުންނެވެ.
” އަހަ… ހައިކަލްތަ… ބަޑީ ކޮންތާކު އުޅެފަ ތިއައީ … ” ކައިރީ ހެވިލާފައި ހުރި ލުހުޝާން ފެނުމުން ހައިކަލް އަށް ބަލަން ހުރެވުނީއެވެ. ގަބޫލުކުރަންވެސް ދަތިވެފައެވެ.
” ލުހުޝާން …” ހައިކަލް އަށް މަޑުމަޑުން ބުނެވުނެވެ. ހައިކަލްގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނެވެ.އެ ސުވާލުތަކުގެ ޖަވާބު ހައިކަލް ހޯދުމަށް ބޭނުންވެއެވެ. ކައިރީގައި ހުރި ގޮނޑީގައި ހަމަޖެހިލަމުން ލުހުޝާން ހައިކަލްއާއި އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ.
” މިހާރު މާލޭގައިތަ އުޅެނީ… ކޯސް ނިންމާފަ އައީ ދޯ… އަހަރެން ހީކުރީ ހައިކަލް ދެން އެކޮޅުގައި މަޑުކޮށްލާނީ ކަމަށް… އަންކަލް ކައިރީ…”
“އެކޮޅުގައި ދެން މަޑުކޮށްގެން ހުރުމަކުން އަހަންނަށް ކުރާނެ މާކަބޮޑު ފައިދާއެއް ނޯންނާނެކަން ލުހުޝާންއަށްވެސް އެނގޭނެ..އެހެން ނޫނަސް އަހަރެން ބޭނުން ވަނީ މިކޮޅުގައި އަހަރެންގެ މައިންބަފައިންގެ ގޭގައި އެ ހަދާންތަކާއި އެކު އުޅެން… ” ހައިކަލްވެސް ހަމަޖެހިލައުގެން ލުހުޝާން އާއި ވާހަކަ ދައްކަމުން ގެންދިޔައެވެ .ހައިކަލް އާއި ލުހުޝާން ދިމާވެފައިވަނީ މެލޭޝިއާއިންނެވެ.އޭރު ހައިކަލް އުޅުނީ ޑަކްޓަރީކަމުގެ ކޯސް ހެދުމުގައެވެ. ލުހުޝާންވެސް އުޅުނީ ބިސްނަސް މެނޭޖްމަންޓް ކޯހެއް ކިޔެވުމުގައި މެލޭޝީއާގައެވެ. ބީރައްޓެހި ގައުމެއްގައި އުޅެނިކޮށް ދެމީހުން ބައްދަލުވީ ރެސްޓޯރަންޓް އަކުންނެވެ.އެއިރު ލުހުޝާން އުޅުނީ ބިލް ދައްކަން ބެލި އިރު ވޮލެޓް ގެއްލިގެންނެވެ.އެވަގުތު ލުހުޝާން އަށް އެހީތެރިވެދިނީ ހައިކަލް އެވެ. އެދުވަހުގެ ފަހުން ހައިކަލް އާއި ލުހުޝާންގެ ގުޅުން ބަދަހިވިއެވެ. އެހެންނަމަވެސް ވަރަށް ކުއްލި ގޮތަކަށް ލުހުޝާން ރާއްޖެއަންނަން ޖެހުނުފަހުން އެކަކު އަނެކަކާ ދިމާނުވެ ވަނީ ގުޅުން ކެނޑިފައެވެ. އެހެނަސް އިއްތިފާގުން ނަމަވެސް މިއަދު މިވަނީ ދިމާވެފައެވެ.
ހައިކަލް އަށް ލުހުޝާން ފެނުމުން މިއަދު އެހާ އުފާލެއް ނުވެއެވެ.އެހެން ނުވާން ވީ ސަބަބެއްވެސް ނެތެވެ. ހައިކަލް އެހާ ލޯބިވާ އަންހެން ކުއްޖާއަކީ ލުހުޝާންގެ އަންހެނުން ކަން އެނގުމުން އެހިތުގައި ލުުހުޝާން އާއި މެދު ވަނީ ހިތްހަމަނުޖެހުމާއި ޝަކުވާ އުފެދިފައެވެ.އެހެނަސް ލައުހާގެ ފިރިމީހާއަކީ ކޮންމެ މީހަކަށް ވިޔަސް މިއަދު ހައިކަލް ކޮންމެވެސް ގޮތެއް ނިންމަން ބޭނުންވެއެވެ. ލައުހާ އަށް ޓަކައެވެ.
” ހައިކަލް މެރީ ކޮށްގެންތަ ތިއުޅެނީ..” ހައިކަލްއާއި ސުވާލުކޮށްލިއެވެ
“އުހުން…ލުހުޝާން މެރިޑް ދޯ…” ހައިކަލްވެސް ޖަވާބު އެނގޭ ހާލު ސުވާލެއްކޮށްލިއެވެ.ހައިކަލްގެ މިސުވާލާއި އެކު ލުހުޝާންގެ މޫނުމައްޗަށް އައި ކުލަވަރު ހައިކަލް އަށް ހަމަ ރަގަޅަށް ވެސް ފެނުނެވެ.
“ހޫމް… މެރީ ކޮށްގެން އުޅުނީ.. އެކަމަކު މިހާރު ޑިވޯސްޑް… މިހާރު މިއުޅޭ އަންހެންވެރިންގެ ގޮތެއްވެސް ނޭނގޭނެ ބުނާކަށް… ކިތަންމެ މައުސޫމް ސޫރައެއްގައި ހުއްޓަސް ފަރުދާގެ ފަހަތުގައި ފޮރުވިފައި ހުންނާނީ މަކަރު… މިހާރު ފޫހިވެސް ވެއްޖެ..” ލުހުޝާންގެ އަޑުގައި އެކުލެވިގެންވަނީ މާޔޫސްކަމެވެ.އެކަމަކު ފޮރުވިފައިވާ ނަފްރަތުވެސް ހައިކަލް އަށް ސިއްރެއްނުވިއެވެ. ލުހުޝާން އަށް ވާހަކަ ދެއްކުމަށް ފުރުސަތުދީގެން ހައިކަލް މަޑުން އިނެވެ.” އެއީ… އަނެއްކާ ކިހިނެތް ވީ..”
“މަށަކަށްނޭނގެ…އޭނަ މަށަށް ބޭވަފާތެރިވީ…އެހެން ފިރިހެނުން ކައިރިއަށް ދާންފެށީ..އަހަރެން ރާއްޖެއިން ބޭރުގައި ހުއްޓައި މަންމަ ގުޅާފަ ބުނީ.. އަހަންނަށް ލޮލަށް ފެނުނު ތަސްވީރުތަކުންވެސް…. ދެން ނޭނގެ… ” ލުހުޝާން ފޫހިކަން އެކުލެވިގެންވާގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ
” މަށަށް އެނގޭ ގޮތުގައި ލައުހާއަކީ ތިކަހަލަ އަންހެނެއް ނޫން…އެއީ އެއަށް ވުރެ މާ މާތް އަންހެން ކުއްޖެއް… ތިފަދަ ގޮތަކަށް ލައުހާ އާއި މެދު ވާހަކަތަށް ދައްކަމުން ގެންދާއިރު އެއްފަހަރުވެސް ވިސްނާލިންތަ މިކަމުގެ ހުރި ދޮގުތެދު… އެފަކީރު ވަރިކޮށް ބިކަކޮށްލި އިރުގަ ހިތަށް އެރިތަ އެއީ އެއްވެސް ކުށެއްނެތް ކުއްޖެކޭ…” ހައިކަލްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔަކަހަލައެވެ. ލުހުޝާން ގަބޫލުކުރަންވެސް ދަތިވެފައި ހައިކަލްއަށް ބަލަންއިނެވެ.
“ހައިކަލް އަށް އެނގޭތަ ލައުހާ..؟ “ލުހުޝާންއަށް ލިބިފައިވާ ހައިރާންކަމުން ކޮށްލެވުނީ ސުވާލެކެވެ.
“އާން… އެނގޭ… އަހަންނާއި ލައުހާއާއި ދިމާވީ ލުހުޝާން އެފަކީރު ހާލުގައި ޖައްސާއި އެއްލާލި ދުވަހު… އެއްވެސް ރަހުމެއް ނެތި މިނިކާވަގު ތަކެއް އެ ކުށެއްނެތް ކުއްޖާއަށް ހަމަލާދެމުން ދަނިކޮށް…މީހެއްގެ ފަރާތުން އެހީއަކަށް އެދިގޮވަމުން ދަނިކޮށް…. އެކަމަކު އަހަންނަށް ލައުހާ ފެނުނުއިރު ވާކަމެއް ވެނިމިއްޖެ… އެ މިނިކާވަގު ތަކުންގެ ކަރުހިއްކުން ފިލީމަ އެއޮތް ހާލަށް ދޫކޮށްދިޔައީ.. ލުހުޝާންވެސް އެއްވެސް ރަހުމެއްނެތި ދޫކޮށްލިގޮތަށް…” ހައިކަލްގެ އަނޑު ތުރުތުރު އަޅަމުންދިޔައެވެ.” އަހަރެން ލައުހާ އަށް ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ދިނީ… މި ދެލޮލުން އެތަށްފަހަރަކު ރޯތަން ފެނިއްޖެ..މޮޔައަކުފަދައިން އޭނާ ލުހުޝާންއަށް ބޭނުންވޭ… އެއްވެސް ކުށެއްނެތި އެހެންވާންވީ ކީއްވެތޯވެސް ރޮއެ ސުވާލުކޮށް ހަދާ… ލުހުޝާން ގެ ދަރިފުޅަށް ޓަކައި ކިރިޔާވެސް ހިތްވަރުކޮށްފައި އެއުޅެނީ …އެކަމަކު އެހަބަރު ލުހުޝާން އަަށް އިވުމުން ކަންތައްތައް ތިކުރާ ދުރު ހިލޭ މީހެއްވެސް ކަންތަން ނުކުރާހާ ގޯސް ކޮށް އަމިއްލަ ދަރިފުޅަށް ވެސް އިންކާރު ތިކުރީ… އެވެސް އިވުނު ވާހަކައެއްގެ ދޮގުތެދު ބެލުމެއް ނެތީސް..” ލުހުޝާން އިނީ ބަސް ހުއްޓިފައެވެ. ހަމަ ހަޤީގަތުގައިވެސް ލައުހާގެ އިއްފަތްތެރިކަމާއި ބަަޔަކު ކުޅޭލީހެއްޔެވެ.އަމިއްލައަށް ކަންތަށް ކުރެވުނު ގޮތާއިމެދު މޮޔަ ހީވާ ގޮތްވެއެވެ.އެވާހަކައިގެ ހަޤީގަތް އެނގެން ލުހުޝާން ކިތަންމެ ހާވެސް ބޭނުމެވެ. ލުހުޝާންގެ ދަރިފުޅަށްޓަކައެވެ.
“ބަލާ މިވީޑިޔޯއަށް އެއިރުން އެނގޭނެ މިބުނާ ވާހަކަތަކުގެ ދޮގުތެދު…” ހައިކަލް ފޯނު ނަގައި ވީޑިޔޯއެއް ޕްލޭކޮށްލިއެވެ.
އެވީޑިޔޯގައި ފެންނަނީ ދެމީހަކު ވާހަކަ ދައްކަމުން ދިޔަތަނެވެ. މެދު އުމުރުގެ އަންހެނަކާއި ތަންކޮޅެއް ލުހުޝާން މެނާ އެއް އުމުރެއްގެ ފިރިހެނެކެވެ. ކޮންމެވެސް ކަމަކާ ދެބަސްވެ އަރާރުން ވާމަންޒަރެވެ. އެ ވީޑިޔޯއިން އެފެންނަ މީހާ ފެނުމުން ލުހުޝާން ހުރީ ބަސް ހުއްޓިފައެވެ. އެއީ ލައުހާއާއި އެކީ ނަގާފައިވާ ފޮޓޯތަކުގައި ހުރި މީހާއެވެ. ދެންހުރީ ލުހުޝާން ގެ މަންމަައެވެ. އެދެމީހުން އަރާރުވަމުން ގެންދިޔައީ ލައުހާއާއި އެކީ ނަގާފައި ހުރި ފޯޓޯތަކާއިމެދުގައެވެ. އެމީހާ ބުނާވަރަށް ލާރި ނުދީފިނަމަ ލުހުޝާންއަށް ހުރިހައި ހަގީގަތެއް ކިޔައިދޭނެކަމެވެ.ލައުހާގެ އެއްވެސް ކުށެއް ނެތްކަމާއި އެއީ ދެމީހުން ރޭވިރޭވުމެއްކަން އެދެމެދު ދެކެވޭ ވާހަކަތަކުން ހާމަވެއެވެ.
ލުހުޝާން އަށް ހަދާނަށް އައީ ކުރީ ދުވަހެއްގައި ލުހުޝާން އަތުން އެއްލައްކަ ރުފިޔާ ނެނގި ހަދާނެވެ.ކީއްކުރަންތޯ އެހުމުން ބުނީ ރައްޓެއްސެކަށް ވަރަށް ބޮޑަށް ބަލިވެގެން ބޭރާށް ދާން ޖެހޭތީ އެކަމަށް ކަމަށެވެ. ހައިކަލް އާއި ދިމާލަށް ލުހުޝާން ބަލައިގެން ހުރީ ސުވާލުން ފުރިގެންވާ ގޮތަކަށެވެ.އަހާ ކަހަލައެވެ. މިއީ ކޮން ގޮތަކުން ހޯދި އެއްޗެއް ހެއްޔެވެ.
” ލައުހާއަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އަހަރެން ނިންމީ ތިކަމުގެ ހަޤީޤަތް ހޯދަން.. އަހަންނަށް ލުހުޝާން އޭ ބުނުމުން ފުރަތަމަ ވެސް ޝައްކުވި އެއީ ތި ލުހުޝާން ކަމާއިމުދެ… ދެން އަހަރެން ވަރަށް ވިސްނިން ތިކަމާ… އެކި މީހުން ކައިރީ އަހައި އޮޅުން ފިލުވިންލުހުޝާން ގެ އެޑްރެސް… ދެން އެދުވަހު ތިގެއަށް ދާން އުޅުނު މަގުމަތީގައި ފެނުނީ ލުހުޝާން ގެ މަންމަ… ތިމީހަކާ ވާޙަކަ ދައްކަން ހުއްޓައި.. އެވާހަކަތަށް އަޑުއިވުމުން އެނގުނު ވެގެން މިއުޅޭ ގޮތް …އެހެންވެ ލުހުޝާން އަށް އަންގަން ބޭނުންވީ” ހައިކަލް ކުރުގޮތަކަށް ވީކަންތަށް ކިޔައިދިނެވެ. ލުހުޝާން އިނީ ލުހުޝާންގެ މަންމަ އެފަދަ ކަމެއް ކޮށްފާނެކަން ގަބޫލުކުރަނެވެސް ދަތިވެފައެވެ.
“ކޮބާ ލައުހާ… އަހަންނަށް ލައުހާއާއި ބާއްދަލުކުރެވިދާނެތަ…” ލުހުޝާންގެ ހައިކަލްގެ ގާތުގައި އެހިއެވެ.
” އެބަހުރި…އެކަމަކު އަހަރެން ބޭނުމެއް ނޫން ލައުހާއަށް ދެން އެކަހަލަ ކަމަކާއި ކުރިމާތިވާކަށް… ލައުހާއަށް ޑޮކްޓަރުންވަނީ މާބޮޑަށް ވިސްނައި ނެހެދުމަށް އަންގާފަ… އެހެންނޫނީ.. މައިމީހާ އާއި ދަރިފުޅަށްވެސް ގެއްލުން ވުމުގެ ފުރުސަތުބޮޑު… ”
” ޕްލީސް ހައިކަލް..އެންމެ ފަހަރަކު ނަމަވެސް ލައުހާއާއި ބައްދަލުކުރުމަށް އަހަންނަށް ފުރުސަތު ދީ…އާދޭސް ކޮށްފައި ބުނަން…”
ހަވީރުގެ ވަގުތެވެ. ލައުހާ އިނީ ހައިކަލް އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ. ހައިކަލްގެ ކިބައިން މާފަށް އެދެން ލައުހާ ބޭނުންވާތީވެސް މެއެވެ. ދޮރުން މީހަކު ވަދެގެން އައިކަމުގެ އިހްސާސެއް ލައުހާއަށް ފެނުނެވެ. ދޮރުމަތީގައި ހުރި ހައިކަލް ފެނުމުން ލައުހާ އުފާވިެއެވެ. އެދިމާލަށް ހިގަނއިގަންނަށް ފިޔަވަޅުނެތި ތަނާހެން ހައިކަލްގެ ފަހަތުގައި ހުރި މީހަކު ފެނުމުން ލައުހާއަށް ހުއްޓުނުން އެރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



your story is nice, keep it up!!!@