Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރާއޭ.. ( 12 ވަަނަ ބައި)

writer Level 310 Stories100 Comments
November 18, 2014 3 Mins Read
10 Comments

ހަވީރުގެ ވަގުތެވެ. ލައުހާ އިނީ ހައިކަލް އަންނާނެ އިރަކަށް އިންތިޒާރުކުރާށެވެ. ހައިކަލްގެ ކިބައިން މާފަށް އެދެން ލައުހާ ބޭނުންވާތީވެސް މެއެވެ. ދޮރުން މީހަކު ވަދެގެން އައިކަމުގެ އިހްސާސެއް ލައުހާއަށް ފެނުނެވެ. ދޮރުމަތީގައި ހުރި ހައިކަލް ފެނުމުން ލައުހާ އުފާވިެއެވެ. އެދިމާލަށް ހިގަނއިގަންނަށް ފިޔަވަޅުނެތި ތަނާހެން ހައިކަލްގެ ފަހަތުގައި ހުރި މީހަކު ފެނުމުން ލައުހާއަށް ހުއްޓުނުން އެރިއެވެ. ހީވަނީ ލައުހާގެ ފައިގައި މީހަކު ހިފައިގެން ހުރިގެންނެވެ. ކުރިމަތިން ފެންނަން ހުރި މަންޒަރު ގަބޫލުކުރަން ދަތިވެފައި ލައުހާއަށް ހުރެވުނީއެވެ. އެއްފަހަރު ހައިކަލްއަށް އަނެއްފަހަރު ލުހުޝާން އަށް ބަަލަން ހުރެވުނެވެ.
ހައިކަލްއަށް ލައުހާއަށް ވީގޮތް ރަގަޅަށްވެސް ފެނުނެވެ. އެކަމަކު ވެސް އެއްވެސް ބަހެއް ނުބުނެ ހައިކަލްގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލުހުޝާން އާއި ލައުހާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. ހައިކަލް އެދެމުދައި ހުރުމުން ވާހަކަ ދައްކަން އުދަނގޫ ވާނެކަން އެނގޭތީވެސް މެއެވެ. އަދި އެތާގައި މަޑުކުރާނެ ހިތްވަރެއް ނެތުމުން ވެސް މެއެވެ.
ހައިކަލް ދިޔުމުން ލުހުޝާން ލައުހާއާ ކައިރިއަށް ޖެހިލިއެވެ. ލައުހާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ލައުހާ ކޮޓަރި އަށް ދިޔުމަށް ހިނގައިގަތެވެ. އެހެންނަމަވެސް ލުހުޝާން ލައުހާއަށް ވުރެ މާ ހުރިޔާރައެވެ. ލައުހާގެ އަތުގައި ހިފިއެވެ. ކުރިއަށް ނެނގި ފިޔަވަޅު ވެސް ހުއްޓުނެވެ. ލައހާ ލުހުޝާން އާއި ދިމާލަށް ބަލާލިއެވެ.އެދެލޮލުން ފެންނަނީ ރުޅިވެރިކަމެވެ. ކަރުނައިގެ ތެރެއިން ޝަކުވާ ފާޅުވާން ހުއްޓެވެ. ” ދޫކޮށްލާ ލުހުޝާން …. އަހަންނަށް ތަދުވެ..” ލައުހާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” ނޫން ލައު… ތިހެން ނުބުނޭ… އަހަރެން ދައްކަން އުޅޭ ވާހަކަތަށް އަޑު އަހާލަބަ… ޕްލީސް..” ލުހުޝާން ވަރަށް އާދޭހައި އެކު ލައުހާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ.
” ޚީއްކުރަން…. ތީ އެދުވަހު އަހަރެން އެހާ އާދޭސް ކުރިއިރު ވެސް އަޑު އެހި މީހެއްތަ… ނޫން… އެއްވެސް ވަރަކަށް ނާހާ…ދެން ކީއްކުރަން ވަކީން އަހަރެން އަހަންވީ…” ލައުހާގެ އަޑޫތަންކޮޅެއް ބާރު ވަމުން ދިޔައެވެ. ކޮޓަރިގައި އޮތް ހައިކަލް އަށް ދެމީހުން ދައްކަމުން ގެންދިޔަ ވާހަކަތަށް ރަގަޅަށް ވެސް އަނޑު އިވެމުން ދިޔައެވެ. ފެެންކަޅިވެފައިވާ ހާލު އެ ވާހަކަތަށް އަޑު އެހުން ނޫން އެހެން ގޮތެއް ހައިކަލް އަށް ނެތެވެ. ލައުހާ އަށް ޓަކައެވެ. ލައުހާގެ ބަނޑުގައި އޮތް ދަރިފުޅަށް ޓަކައެވެ.
ލުހުޝާން ލައުހާއަށް އެތަށް ގޮތަކުން ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ” ލައު.. ޕްލީސް އެންމެ ފަހަރަކު ނަމަވެސް އަޑު އަހާލަބަ… ދެމީހުން ދަރިފުޅަށް ޓަަކައި … ހެޔޮނުވާނެ…”
” ހެހެހެ… ލުހުޝާން ހަދާންވޭތަ އެއްދުވަހު ހަމަ ތިގޮތަށް އަހަރެން އާދޭސް ކުރި ހަދާން…ހަދާންވޭތާ އަހަރެންގެ ބަޑުގައި ވަނީ ލުހުޝާން ގެ ދަރިއެކޭ ބުުނުމުން އަހަންނާއިމެދު ކަންތައްކުރި ގޮތް… ހަދާންވޭތަ މިދަރިފުޅަކީ ތިމަންނަގެ ދަރިއެެއް ނޫނޭ ބުނެ އިންކާރުކުރި ގޮތް.. ހަދާންވޭތަ..” ލައުހާ ކިތަންމެ ހިތްވަރު ކޮށްގެން ކުރި ކަމުގައި ވިޔަސް ލައުހާއަށް ގިސްލެވެން ފެށުނެވެ. އަދިވެސް ލައުހާ ލުހުޝާން ދެކެ ލޯބިވެއެވެ. ” އަހަންނާއި ދިމާލަށް ނުކިޔާ އެއްޗެތް ނެތްތާނގަ ތިމާގެ އަމިއްލަ ދަރިއާ ދިމާލަށް ވެސް ނުކިޔާ އެއްޗެތް ނެތް… ” ލައުހާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިނަމަވެސް އިތުރަކަށް ކުރިއަށް ގެންދާނެ ހިތްވަރެއް ނެތެވެ.އަޑު ތުރުތުރު އަޅަމުންދިޔައިރު އެދެފަޔަކު އިތުރަށް ކޮޅަށް ހުންނާނޭ ހިތްވަރެއްވެސް ނެތެވެ. އެހިތަށް ކޮށްފައިވަނީ ކޮންފަދަ އަސަރެއްކަމެއް އެކަކަށް ވެސް ތަސައްވުރު ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. މަޑުމަޑުން ސޯފާއަށް ލައުހާ ތިރިވިއެވެ. އިތުރަށް ކޮޅަށް ހުންނަން ވެއްޖެއްޔާ ވެއްޓިދާނެކަމަށް ހީވުމުން ކަން ނޭނގެއެވެ.
” ލައު… ޕްލީސް އަހަންނަށް މާފުކޮށް އެންމެ ޗާންސެއް ދިބަ…ހެޔޮނުވާނު…އަހަނަން ކުރެވުނު ކަންތަކުގެ އަދަބު ތިގޮތަށް ނުދީ… އަަހަންނަށް ގަބޫލުކުރެވުނީ އަހަރެން މަންމަ އަހަންނަށް ދެއްކި ވާހަކަތަށް… އެ ފޮޓޯތަކާއި ވީޑިޔޯތަށް… އެކަމަކު އަހަންނަށް މިއަދު ހުރިހާ ހަޤީޤަތެއް ފަޅައި އަރައިފި… ހައިކަލް ނެތްނަމަ އަހަންނަށް ހުރެވުނީ ކުށްހީއެއްގެ ތެރޭގައި ކަން ޔަޤީން… އަހަންނަށް އެންމެ ފުރުސަތެއް ދީ… ދެން ދުވަހަކުވެސް ލައުހާއަށް ދެރަގޮތެއް ނަހަދާނަން… ލައު… ޕްލީސް… ” ލުހުޝާން އަށް ހަމަ ރަގަޅަށްވެސް ވަނީ ރޮވިފައެވެ. މިހާވަރަށް އަންހެންކުއްޖަކާ ހެދި ފިޑިވާނެއެކޭވެސް ލުހުޝާން ދުވަހަކުވެސް ހިޔެއް ނުކުރެެއެވެ. އޭނާ ލޯބިވީ ހަމައެކަނި ކުއްޖާއަށް ނުހައްްގުން އެފަދަބޮޑު އަދަބެއް ދެވުނީތީ އަމިއްލަ ނަފްސާއި މަލާމަތް ކުރެއެވެ. ލުހުޝާން އަކީ ލައުހާ ރައްކާތެރިކަން ދޭން ހުރި މީހަކަށް ވެފައި އެހެން ބަޔެއްގެ ޝިކާރައަކަށްވެސް އިއްފަތްތެރިކަން ނަގާލެވުނީވެސް ހުދު ލުހުޝާންގެ މޮޔަކަމުން ކަމަށް ވެސް ލުހުޝާން ގަބޫލުކުރެއެވެ. ލައުހާގެ ކިބައިން އެތަށް ގޮތަކުން މާފަށް އެދެމުން ދިޔައެވެ.އެންމެ ފުރުސަތެއް ދޭތޯ އާދޭސް ކުރަމުން ގެންދިޔައެވެ. އެއްފަހަރު ނަމަވެސް އިތުބާރުކުރުމަށް ބުނަމުން ދިޔައެވެ. ލައުހާ އިނީ ބުދެއްހެން ބަސް ހުއްޓިފައެވެ. ހަރަކާތެއް ނެތިއެވެ. ހައިކަލްއަށް ލައުހާ މިގޭގައި ހުުރުމުން އުދަގޫވީހެއްޔެވެ. ލައުހާގެ ހިތުގައި ހައިކަލްއާއި މެދު ޝަކުވާތަށް ގިނަވަމުން ދިޔައެވެ.
” ލުހުޝާން… އެންމެ ރަގަޅު… އަހަރެން ލުހުޝާން އެދޭގޮތަށް ކަންތައް ކޮށްދީފާނަން… ތި ގެޔަށް ވެސް ގޮސްދާނަށް… ތި ބޭނުންވެގެން އުޅޭގޮތަށް އުޅެވެސްފާނަށް… އެކަމަކު ދެނެއް ލުހުޝާން އަށް އެހާ އިތުބާރެއް ނުކުރެވޭނެ…” ލައުހާ އަޑުގައި އެއްވެސް ދިރުމެއް ނެެތެވެ. ލައުހާއަށް ވިސްނުނީ ލައުހާ މީހަކާއި އިދެގެން އުޅުނު ކަން އެގުމުން ހައިކަލް ލައުހާ މަތިން ފޫހިވީކަމަށެވެ. ލައުހާގެ ބޭނުން ހައިކަލްގެ ހަޔާތުން ކެނޑުނީ ކަމަށެވެ. ހުރިހާ ފިރިހެނުންވެސް އެހާ އަމިއްލަ އެދުން ބޮޑީ ކީއްވެހޭ ލައުހާ ހިތާއި ސުވާލުކުރަމުން ދިޔައެވެ. އެހިތަށް ވިސްނައި ދެމުން ދިޔައެވެ…

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ޔާރާއޭ.. ( 11 ވަނަ ބައި)

އެލީޝާ
Next

އެލީޝާ (15ވަނަބައި)

Next
އެލީޝާ
November 22, 2014

އެލީޝާ (15ވަނަބައި)

Previews
November 18, 2014

ޔާރާއޭ.. ( 11 ވަނަ ބައި)

10 Comments!

  1. me says:
    November 18, 2014 at 6:45 pm

    Thanks writer…. Avahah ninmaa…

  2. Leesh says:
    November 18, 2014 at 9:02 pm

    thanks for update avahah up kohlahchey plspls pls

  3. hiyaalu says:
    November 18, 2014 at 10:39 pm

    kurin genesdheefa huri baithakeh mie..aa bai thakeh gensdheebala nikan…pis pis pis pis

  4. shau says:
    November 19, 2014 at 5:13 pm

    kn iraku 13 up kuranee???

  5. Eve says:
    November 19, 2014 at 6:04 pm

    Anekkaa ves ahareh kollaafa fashagen up kolla… hivvaru ebahuri v salaam

  6. foohi says:
    November 21, 2014 at 9:42 pm

    alhe dhen kon iraku tha vahaka thakuge next episode up kurany??? ahareh fahun tha??

  7. athoo says:
    November 23, 2014 at 4:34 pm

    writer, mi bai varah kamudhey. mi vaahakaige chapters thah varah dhigu vaanetha? mi buney, chapters thah varah gina vaanehey?

  8. sam says:
    November 29, 2014 at 1:59 pm

    haadha lahey……… mihaaru kihaa dhuvaheh vejje… plz avas

  9. update says:
    March 1, 2015 at 9:57 am

    nuwiyehnun thikameh!!:@

  10. thifoo says:
    April 29, 2015 at 11:18 pm

    Mivaahaka dhen upload nukuraneetha. Haadha dhuvaheh vehjey inthizaar kuraatha

Comments are closed.


All Right Reserved!