Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 16 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
June 4, 2026 6 Mins Read
6 Comments

ލިފްޓު ދެ ފްލޯ ދޭތެރޭގައި ހުއްޓުނެވެ. ތަނަށް ވެރިވީ ކަނު އަނދިރިކަމެވެ. ލިފްޓުގެ އެތެރޭގައިވާ އާދައިގެ ލައިޓުތައް ނިވި، ސިކުންތުކޮޅެއްގެ ތެރޭގައި ފަނޑު އިމަޖެންސީ ލައިޓްތައް ދިއްލިއްޖެއެވެ.
މުޅި ތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ.

“…ނޫން،” ޔޫލީގެ ދުލުން މަޑުމަޑުން ބޭރުވިއެވެ.

މާން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. އޭނާ ކޮންޓްރޯލް ޕެނަލްގައި ހުރި ފިތްތަކަށް ފިތަން ފެށީ ހާސްކަމެއް ނެތް ފަދަ ގޮތަކަށެވެ. އެއްވެސް ނަތީޖާއެއް ނުފެނުނެވެ. އަނެއްކާވެސް ފިތާލިއެވެ. އެކަމަކުންވާ ހަމަ އެއް ކަމެއްވެސްނެތެވެ.

“ކަރަންޓު ދިޔައީ،” މާން ބުނެލީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ބިރާއި ހާސްކަން ފޮރުވާލީ ކައިރީގައި ހުރި ޔޫލީއަށް އެކަމުން އިތުރު ހާސްކަމެއް ގެނުވާނެތީއެވެ.

” އެކަން ނޭނގިގެން މިއުޅެނީ؟؟ ..ތިބޭފުޅާ ތިހެން ބުނެލާއިރު ހީވަނީ މީ އަދައިގެ ކަމެއްހެން.. މީ ގަސްދުގައި މާން ކުރި ކަމެއްތަ؟” މާން އޭނާއަށް އެ ވަރަށް ޖެއްސުން ކޮށްފާނެބާއެވެ.

” ޔޫލީ.. އަޅެ އަހަރެންވެސް މިއުޅެނީ ވަގުތު ގިނަވެގެން ނޫނެއްނު ޔޫލީއާއިއެކު އަމިއްލަ އަށް މިތާ ތާށިވެ ހުންނާކަށް… ދެން އަހަރުމެން ދެމީހުނަށްވާ ވަރަށް ޔޫލީ ތިހިރީ ހާސްވެފަ .. އެހެންވީމަ އަހަރެން ހާސްވީމަ ކަމަކު ނުދާނެއެއްނު.. ކޮންމެވެސް އެކަކު ވާނެއެއްނު މިތަނުން ސަލާމަތްވެވޭނެ ގޮތެއް އޮތްތޯ ބަލަން” މާން މިހެން ބުނެލަމުން ފޯނު ނަގާ ސިގުނަލެއް ލިބޭތޯ ބެލިއެވެ. ނަމަވެސް އެއްވެސް ސިގުނަލެއް ނެތެވެ. “ހީވަނީ މަޑުކޮށްލަން ޖެހޭނެހެން އިރުކޮޅަކު” އޭނާ ބުނެލިއެވެ.

“ކިހާ ދެރަ.. މަންނުގެ ޒޯޔާއަށް ނުވީމަ” ޔޫލީ ފޫހި ގޮތަކަށް ތުންއަބުރާލަމުން ލިފްޓުގެ ބިތެއްގައި ލެނގިލިއެވެ. އޭނާގެ ތަދުވެފައިވާ ފަޔަށް ކުޑަ ލޮޅުމެއް އެރުމުން ތަދުވެގެން މޫނަށް ގޮތެއް ހަދާލެވުނެވެ. މާންއަށް އެކަން ވަގުތުން ފާހަގަވިއެވެ. ޔޫލީ ބުނި ޖުމުލަ ސާފުކޮށް އަޑު އިވުނު ނަމަވެސް ޔޫލީގެ މޫނަށް އެރި ތަދުގެ ކުލަވަރުން އޭނާ ހާސްވިއެވެ.

“އަދިވެސް ތަދުވޭތަ؟” މާންގެ އަޑު މިފަހަރު އިވުނީ ވަރަށް މަޑުމައިތިރިކޮށެވެ. މުޅިން ތަފާތު އޯގާތެރި ގޮތަކަށެވެ.

‘ މީ އަޅެ ކުލަ ބަދަލުވާ ބޯވައެއް ހެއްޔެވެ. އެއްއިރެއްގައި ހީވާނީ އަހަރެން ކާލަން އުޅޭހެންނެވެ. އަނެއް އިރެއްގައި މީނަ ވަރުގެ އަޅާލާ މީހަކު ނެތްހެން ހީވެއެވެ. އޭނާގެ ހިތުގައިވި ޝުއޫރުތައް ފޮރުވައިލާ ޔޫލީ ކުޑަކޮށް ބުމަ ގާތްކޮށްލިއެވެ. “ކުޑަކޮށް.”

“ފައި ރަގަނޅު ނުވަނީސް ތިހުރީ ހައި-ހީލްސްއަށް އަރާފަ” މާން ޔޫލީގެ އުސް ފައިވާނަށް ބަލާލަމުން ބުނެލިއެވެ.

“އޯ ގޯޑް! އަނެއްކާވެސް ފެށީ. އަހަރެން އަރާނެ އެއްޗެއް އެނގޭނީ އަހަންނަށް.. އަހަރެންގެ ކަންކަމާއި ބެހުމުގެ ހައްގެއް މާންއަކަށް ނޯންނާނެ،” ޔޫލީ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. އޭނާ ބޭނުންވީ މާންއާއި ދުރަށް ޖެހިލާށެވެ.

“ހައްގެއް ނޯންނާނެކަން އެނގޭ. އެކަމަކު އަހަރެންނަން އުނދަގޫވަނީ،” މާން މަޑުމަޑުން ބުންޏެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި ޔޫލީއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. “ތި ބޯހަރުކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ގެއްލުންވާއިރުވެސް ތި ހުންނަނީ ގޮތްދޫނުކުރަން.”

“އަހަރެންގެ ބޯހަރުކަމޭ؟ ބަލަ ދެންމެތަ ތި އިނގުނީ އަހަރެން ފަޔަށް ލިބިފައިވާ ގެއްލުން.. މިއަދު ހަތަރުދަމު އަހަރެން ލައްވާ އެތައް ހާސް މަސައްކަތެއް ކުރުވި އިރު ހަނދާނެއް ނެތްތަ؟” ޔޫލީގެ އަޑު ބާރުވިއެވެ.

ތެދެކެވެ. މާން އަސްލުވެސް އެކަން މަތިން ހަނދާނެއްނެތެވެ. ރިލްވާންއާއި އެކު ޔޫލީ ފެނުމުން އޭނާގެ ބުއްދިއަށް ވެސް އަސަރު ކުރެއެވެ.

ޔޫލީ ރުޅި އައިސްގެން މާންއާ ދުރަށް ޖެހިލަން ފިޔަވަޅެއް އެޅި ވަގުތު، މުޅި ލިފްޓަށް ބާރު ލޮޅުމެއް އެރިއެވެ. ލިފްޓު ކުއްލިއަކަށް ތިރިއަށް ވެއްޓުނުހެން ހީވި ސިކުންތުކޮޅުގެ ތެރޭގައި، ޔޫލީގެ ފައި ކަހާލައި އޭނާ ވެއްޓެން ދިޔައެވެ.

“ޔޫލީ!” މާންގެ އަޑު މުޅި ލިފްޓު ތެރޭގައި ގުގުމާލިއެވެ.

ޔޫލީ ބިންމަތީގައި ޖެހުމުގެ ކުރިން، މާން ހުޝިޔާރުކަމާއިއެކު ޔޫލީގެ އުނަގަނޑުގައި ހިފާ ބާރަށް އޭނާގެ ގަޔާއި ދިމާލަށް ދަމާލީ ވެއްޓުނަނުދީ ހިފަހައްޓާށެވެ. އެ ބާރުމިނުގައި އޭނާ އައިސް ޖެހުނީ މާންގެ ފުޅާ މޭމަތީގައެވެ. މާންގެ ބުރަކަށި ލިފްޓުގެ ބިތެއްގައި ޖެހި ފިތުނުއިރު، އޭނާ ހުރީ ޔޫލީގެ ނާޒުކު ހަށިގަނޑުގައި ބާރަށް ބައްދާލައިގެންނެވެ.

ދެމީހުންގެ ހިތުގެ ތެޅުން ވަނީ އާދަޔާ ހިލާފަށް އަވަސްވެފައެވެ. މާންގެ ހޫނު ނޭވާ ޔޫލީގެ މޫނަށް އެޅެމުން ދިޔައިރު، ޔޫލީގެ ހަށިގަނޑުގައި ތުރުތުރެއް އުފެދުނެވެ. އޭނާގެ ދެއަތުން ބޭއިހްތިޔާރުގައި މާންގެ ގަމީހުގެ ގިރުވާނުގައި ބާރަށް ހިފަހައްޓާލެވުނެވެ.

މާންދެކެ އޭނާ އިންތިހާ ނަފްރަތު ކުރެއެވެ. ނަމަވެސް އޭނާގެ މި ގާތްކަމުން ހަމަޖެހުމެއް ލިބެނީ ކީއްވެހެއްޔެވެ. މާންގެ އެ ބާރުގަދަ އަތުގެ ހިމާޔަތުގައި ހުރުމަށް ހިތް އެދެނީ ކީއްވެ ހެއްޔެވެ. މީ ކޮންފަދަ ބިރުވެރި އިހުސާސެއް ހެއްޔެވެ. “ދޫކޮށްލާ…” ޔޫލީ މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި ކުރިން ހުރި އަސަރެއްނެތެވެ. އެއްވެސް އަމުރުވެރިކަމެއް ގޮތްދޫނުކުރުމެއްނެތެވެ. އެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. އޭނާގެ އަތަކަށް، ނުވަތަ ހަށިގަނޑަކަށް މާންއާ ދުރަށްދާނެ ބާރެއް ނުލިބުނެވެ.

“ދޫކޮށްލަންވީ؟” މާންގެ އަޑު އިވުނީ ވަރަށް ބަރުކޮށް، ސިއްރުސިއްރުންނެވެ. އޭނާ ޔޫލީގެ މޫނަށް ބަލަހައްޓައިގެން ހުރީ ފުން ނަޒަރަކުންނެވެ. “ޔޫލީ ވެއްޓެން ދޫކޮށްލަންވީހޭ؟” އޭނާގެ މޫނު ޔޫލީގެ ކަންފަތާ ގާތްކޮށްލަމުން ބުނެލިއެވެ.

ޔޫލީ މާންގެ ދެލޮލަށް ބަލާލިއެވެ. އެ ނަޒަރުގައި ކުރިން ހުންނަ ހަރުކަށިކަމެއް ނެތެވެ. އެ މަޑު މުށި ކުލައިގެ ލޮލުގެ ތެރެއަށް އޭނާ ގަރަގުވާން ފެށިއެވެ. “އަހަރެން މާންދެކެ ފޫހިވޭ… މާންއަކީ ހިތްހަރު ބީސްޓެއް،” އޭނާގެ ހިތަށް ވިސްނައިދޭން ކުރި މަސައްކަތް ޝަކުވާގެ ރާގުގައި ދުލުން ބޭރުވިއެވެ.

“ބީސްޓެއް؟؟ހަމަ އެހާ އަހަރެން ހުތުރު؟” މާން ސަމާސާ ރާގެއްގައި ބުނެލިއެވެ. “ޔޫލީގެ ތި ބޯހަރުކަމާއި، ތި ދުލުގެ ވިހަކަމާއި، ތި ހުންނަ ގޮތްދޫނުކުރުން ދެކެ އަހަރެންވެސް ފޫހިވާން ބޭނުން. އެކަމަކު…. ތި އަންހެންކުއްޖާއަށް ގެއްލުމެއް ލިބެން މިހިތް ނޭދެނީ ކީއްވެ ކަމެއް ނޭނގޭ” ޔޫލީގެ އުނަގަނޑުގައި ހިފާ އިތުރަށް އޭނާ އާއި ގާތް ކޮށްލަމުން މަޑުމަޑުން މާން މިފަހަރު ބުނެލީ ކުރިޔާ ތަފާތު އެހެން އަސަރެއްގައެވެ.

މާންގެ ނަޒަރު ވަނީ ޔޫލީގެ ތުންފަތަށް އަމާޒުވެފައެވެ. މާންގެ މޫނު ޔޫލީގެ މޫނާ އިތުރަށް ގާތްކޮށްލިއެވެ. އޭނާގެ އެ ހަރަކާތަށް އިޖާބަދެމުން ޔޫލީއަށް ލޯ މަރާލެވުނެވެ. ލިފްޓު ތެރޭގައި ވަނީ ހަމައެކަނި އެދެމީހުންގެ އަވަސްވެފައިވާ ނޭވާގެ އަޑެވެ.

ކުއްލިއަކަށް ލިފްޓުގެ ލައިޓްތައް ދިއްލި، ލިފްޓު ހަރަކާތް ކުރަން ފެށިއެވެ. ދެމީހުން ސިހިފައި އެކަކު އަނެކަކާ ދުރަށް ޖެހިލިއެވެ. ޔޫލީ އަވަސް އަވަހަށް އިސްޖަހާލާ، އޭނާގެ ރަތްވެފައިވާ މޫނު ފޮރުވަން މަސައްކަތް ކޮށްލިއެވެ.

“ގެއަށް ދާން ހިނގާ،” ލިފްޓް ހުޅުވުމުން، ނަފްސު ހަމަ އަކަށް އަޅުވާލަމުން މާން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ކުރީގެ ހަރުކަށި، އަމުރުވެރި ގޮތެވެ. ނަމަވެސް އޭނާގެ ދެލޮލުން އަދިވެސް ފެންނަން ހުރީ އެ ޖަޒުބާތުތަކެވެ.

‘ މީ ކޮންފަދަ ކަމެއް ހެއްޔެވެ. އޭނާގެ ދެ ލޮލުންވެސް އަހަންނަށް ކެހިދެނީ ހެއްޔެވެ. އެހާ ވަރަށް އޭނާ އަހަންނަށް ގޯނާ ކުރަން، އަހަރެން ކުރީ ކީއް ހެއްޔެވެ. އެ ބީސްޓް އަހަރެންގެ އިހްސާސްތަށް އެފުށް މިފުށަށް ޖަހަނީ މި ކޮން ބޭނުމެއްގައި ހެއްޔެވެ.’ ޔޫލީއަށް ގަބޫލު ކުރާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތް ބުނަނީ އޭނާގެ ނަފުސު މާންއަށް ދޫ ކޮށްލާށެވެ. އެއީ ކީއްވެ ހެއްޔެވެ؟ ގައިމު އޭނާ މި ފިރިހެނާއަށް ނަފްރަތު ކުރޭ ނޫންހެއްޔެވެ. ހިޔާލުތަކުގައި ހުރެ ޔޫލީ މާންގެ ފަހަތުން ގޮސް ކާރަށް އެރިއެވެ.

****

މަގުގެ އަނެއް ފަރާތުގައި ހުރި ޒޯޔާއަށް އެދެމީހުން އެއްކޮށް ލިފްޓުން ނިކުމެގެން އައިސް ކާރަށް އަރައިން ދިޔަތަން ފެނުނެވެ. އޭނާގެ ލޯ ރުޅިވެރިކަމުން ރަތްވެފައިވާއިރު އޭނާގެ ދެއަތް، އިހްސާސްތައް ކޮންޓްރޯލް ކުރުމަށްޓަކައި މުށްކަވާލިއެވެ.

އަތްދަބަހުގެ ތެރެއިން ފޯނު ނަގައި އޭނާ މީހަކަށް ގުޅާލިއެވެ. ” ހަލޯ … އަޅެ އަހަރެން ކަލޭ ކައިރި ބުނީ އެ ދެމީހުން އެއްކޮށް ލިފްޓްގަ ތާށި ކުރާށޭތަ؟ އަހަރެން ބުނީ އެ ސުންޕާ އަންހެނާ މިތަނުން ބޭރު ކުރަން…” އޭނާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ އަވަސް ފިޔަވަޅުތަކެއްގައި އޮފީހުގެ އިމާރާތް ތެރެއަށް ވަދެ ލިފްޓަށް ފިތާލިއެވެ.

އޮފީހަށް ވެރިވެފައިވި ހިމޭންކަމުގެ ތެރޭ ޒޯޔާގެ “ހީލްސް” ތަޅުންގަނޑުގައި ޖެހިލާ ‘ޓޮއް ޓޮއް’ އަޑު މިއުޒިކެއް ފަދައިން ގުގުމާލާފައިވެއެވެ. އޭނާ މާންގެ ކެބިންގެ ދޮރުމަތީ ކުޑަ ހިނދުކޮޅަކަށް މަޑު ކޮށްލިއެވެ. ‘ އަޅެ އަހަރެންގެ ހިތް މި ބުނަނީ ދޮގެއް.. އެހެނެއް ނުވާނެ’ އޭނާއަށް އެ ހީވާ ހީވުން ކުށްހީ އަކަށް ވުމަށް ހިތާ ހިތުން އުންމީދުކުރަމުން އޭނާ ކެބިންގެ ތެރެއަށް ވަދެލިއެވެ. ބާރު ހިނގުމެއްގައި ގޮސް އޭނާ މަޑުކޮށްލީ ސީދާ މާންގެ މޭޒު ކައިރީގައެވެ. ވަގުތުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާ ހޯދަމުންދާ ސިއްރު އެ އޮތީ ކުރިމަތީގައެވެ.

މުޅި މި ހަފްތާ ތެރޭ ޒޯޔާ ހޯދަމުން އެދިޔައީ ފެހިކުލައިގެ އެ ފޮތެވެ. އެއީ މާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދުނިޔޭގެ ބުރަދަން ބޮޑުވެ، ހިތް ނުތަނަވަސްވާ ކޮންމެ ފަހަރަކު މާންގެ ހިތުގެ އުދާސްތައް އޮއްސާލާ ހަމައެކަނި ތަނަކީ އެއީއެވެ. ހިތުގެ ހަމަޖެހުން ބޮއްސުންލާ ޖަޒުބާތުތައް ހަމައިން ނައްޓައިން ދިޔުމުން ހިތުގެ ކެކުޅުންތައް ހިއްސާކުރާ ބައިވެރިޔާއެވެ. ފަށުވި އިބާރާތުންނެވެ. ޅެމުގެ އެހީގައެވެ. އެހެން މީހަކަށް އިއްވަން ބޭނުންނުވާ، ހިތުގައި ރައްކާކޮށްފައިވާ ފުން އިހުސާސްތަކެވެ.

އޭނާގެ އިނގިލިތައް ތުރުތުރުލަމުން ދިޔައިރު، މަޑުމަޑުން އެ ފޮތް އަތަށް ނެގިއެވެ. ފޮތުގެ ބޭރުގަނޑު ވަނީ ބޭނުންކޮށްފައިވާ ވަރުން ކުޑަކޮށް ބާވެފައެވެ. ނަމަވެސް އެއިން ފެންނަނީ އެ ފޮތަކީ ވަރަށް ބޮޑަށް ރައްކާތެރިކޮށް، ލޯތްބާއެކު ގެންގުޅެމުންދާ އެއްޗެއް ކަމެވެ. ބާރަށް ތެޅި ތެޅި އޮތް ހިތަކާއިއެކު އޭނާ ފޮތް ހުޅުވާލިއެވެ. ފުރަތމަ ސަފުހާތަކުގައިވަނީ އޭނާއަށް އެނގޭ ކަންކަމެވެ. މާންގެ އާއިލާއަށް ދިމާވި ހިތްދަތި ހާދިސާއެވެ. މާހިންގެ ސަބަބުން އުފުލަން ޖެހުނު ހިތާމައެވެ. މާންގެ ސާދާ އަތު ލިޔުމުންނެވެ. ބައެއް ސަފުހާތަކުގައި ރީތި ކުރެހުންތައްވެސްވިއެވެ. މާންގެ ދިރިއުޅުމުގެ މުހިންމު ކަންކަމާއި ގުޅޭ ގޮތުންނެވެ. އަވަސްއަވަހަށް އިތުރު ސަފުހާތައް އޭނާ އުކަން ފެށިއެވެ.

ޒޯޔާގެ ނަޒަރު އެ ސަފުހާއަށް ހުއްޓުމާއިއެކު، އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ފަދައެވެ. ނޭވާ ހިފަހައްޓާލެވުނު އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި، އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ.

އެއީ ހަމަ އެ އަންހެންކުއްޖާގެ ސޫރައެވެ. ފަންސޫރުން ކުރަހާލާފައިވާ އެ ކުރެހުމުން ފެންނަނީ ފުރިހަމަ ތަސްވީރެކެވެ. އެއްވެސް ކުލައެއް ނެތް ނަމަވެސް، އެ ފަންސޫރުގެ ރޮނގުތަކުން އެ މޫނުމަތީގައިވާ ކޮންމެ އަސަރެއް ވަނީ ދިރުވާފައެވެ. އޭނާގެ އެ ތޫނު ދެލޮލާއި، ކުޑަ ނޭފަތާއި، ހިނިތުންވެލަން އުޅޭ ފަދަ ގޮތަކަށް ހުރި ތުންފަތެވެ.

މާން އެ ކުރެހުން ފުރިހަމަކޮށްފައިވަނީ އިންތިހާ ދަރަޖައިގެ ފަރުވާތެރިކަމާއިއެކުގައެވެ. ހީވަނީ އެއިން ކޮންމެ ރޮނގަކީ މާންގެ ހިތުގެ ވިންދާ ގުޅިފައިވާ ރޮނގެއް ހެންނެވެ. އެއީ މާންގެ ހިތުގައި އެ ސޫރަވީ ގޮތްކަން ގައިމެވެ. އެއްވެސް އުނިކަމެއް ނެތް، ފުރިހަމަ ރީތި ކަމެކެވެ. އެ ސަފުހާގައި، އެ ކުރެހުމުގެ މަތިން ކަޅު ކުލައިގެ ގަލަމަކުން މާންގެ ހިތުގެ ހާލު އޮއްސާލާފައިވަނީ އަސަރުގަދަ ޅެންބައިތުތަކަކުންނެވެ. އޭނާގެ މުޅި ނަފުސު އެދި ގޮވަމުންދާ ހަގީގަތެވެ.

“ތިޔައީ މަގޭ މިހިތް އެދޭ މިތުރާ އިނގޭ މިކައުނުން،

ތިޔަ އާޝިގާގެ ލޯތްބަށް އެދެނީ އިނގޭ މިޖާނުން،

ތިޔަ ނަން ވެޔޭ މިހިތުގާ ވިދުވާލި ނަލަވި  އަކުރުން،

ތިޔަ ސޫރަ ވީ މިހިތުގާ ކުރަހާފަ ރީތި ކުލައިން،

ތިޔަ ލޮލުގެ ތޫނު ނަޒަރުން މިހިތޭ ޒަހަމް ވަނީ ދެން

ތިޔަ ލޯބިވެތި އަދާތައް ކުރަނީ އެ ސިކުނޑި ބޮއްސުން”

‘އެއީ ޔޫލީއެވެ. އަހަރެންގެ މި ޝައްކު ޔަގީންވެއްޖެއެވެ.’ އެ ފޮތުގެ އެއްވެސް ހިސާބެއްގައި އޭނާގެ ކުރެހުމެއް އަދި އޭނާއަށް ނިސްބަތްކޮށް ފަށުވި އިބާރާތެއްވެސް ނެތެވެ. އޭނާއާއި އެކު މާން ހޭދަކޮށްފައިވީ ދުވަސްތަކުގައިވެސް އެ ފޮތުގައި އޭނާ ހިމެނުން މުހިންމު ނުވީބާވައެވެ. އޭނާއަށް މާންގެ ހިތުން އެ ޖާގަ ނުލިބުނީތާއެވެ. އެކަމުން އޭނާއަށް ފުން އަސަރެއް ކުރިއެވެ. ޔޫލީދެކެ ކެތްކުރަން ދަތި ނަފްރަތެއް ވެވުނީ ވެސް، މާން އެ ފޮތުގައި އެ ވީ ކުޑަ ދުވަސްކޮޅުގެތެރޭ އެކިގޮތްގޮތަށް އޭނާ ސިފަކޮށްފައިވާތީއެވެ. އެކަމުންވެސް މާންގެ ހިތުގައި ޔޫލީއަށް ދެވިފައިވާ މަގާމު ސާފެވެ.

“އެ ސުންޕާ އަންހެނާ  މާންގެ ސިކުނޑިއަށް ވަދެ އޭނާގެ ތުއިކަން ފަތުރައިފި…” އޭނާ ހަސަދަވެރިކަމާއިއެކު ބުނެލިއެވެ.

ޒޯޔާގެ ސިކުނޑީގައި ނުލަފާ ރޭވުންތަކެއް އެނބުރެން ފެށިއެވެ. ޔޫލީ ބޭޒާރުކޮށްލާނެ ގޮތަކާ މެދު އޭނާ ވިސްނާލިއެވެ. މާންގެ ކުރިމަތީގައި ޔޫލީއަކީ ގޮތެއްނެތް މީހަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އަދި އެ ސުންޕާ އަންހެނާ މާންގެ ދިރިއުޅުމުން ބޭރުކޮށް މާންގެ ހިތުން އެ އަންހެނާ ފޮހެލާނީ ކިހިނެއް ހެއްޔެވެ؟

ޒޯޔާ ވަރަށް ފަރުވާތެރިކަމާއެކު އެ ފޮތް އޮތްގޮތަށް ބާއްވާލިއެވެ. އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ އަލިފާންގަނޑުގައި ހުޅުހިފިއެވެ. އޭނާ ކެބިންއިން ނިކުތުމަށް އަވަސް އަވަހަށް އެނބުރުނު ވަގުތު، ކުއްލިއަކަށް ކެބިންގެ ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ.

ޒޯޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އޭނާގެ ހިތް މޭގަނޑު ފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ.

***ނުނިމޭ***

މާންގެ ހިތުގައި ޔޫލީއަށް އުފެދިފައިވީ ލޯބި ހާސިލުވާނެބާ؟

މާން އާއި ޔޫލީގެ އާރޯވެ ތާޒާވަމުން ކުރިލި މި ގާތްކަމަށް ޒޯޔާގެ ޒަހަރުން އަސަރު ކުރާނީ ކިހިނެއްބާ؟

ތިޔަ ކިޔުންތެރިންނަށް ވަރަށް ހާއްސަ ހަދިޔާއެއް އަޅުގަނޑުގެ ފޭސްބުކް ޕޭޖްގައި ވާނެ…

ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓްގައި ހިއްސާކޮށްލަދެއްވާ.💬✨

ސުވާލުތަކުގެ ޖަވާބަށް ވާހަކައަށް އިންތިޒާރުކޮށްލައްވާ.

ވާހަކައިގެ މި ބައިވެސް ކަމުދިޔަކަމަށް އުންމީދުކުރަން.

ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރިއްޔާ.

-ވިޝް-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

އާއެކޭ ލޯބިވޭ ސާޅީސް ހަތްވަނަބައި (މޫސުމުގެ ބަރުބާދީ ކޮޅިގަނޑު)

Next

ތިޔަ ނަން މި ހިތުގާ 21

Next
June 4, 2026

ތިޔަ ނަން މި ހިތުގާ 21

Previews
June 4, 2026

އާއެކޭ ލޯބިވޭ ސާޅީސް ހަތްވަނަބައި (މޫސުމުގެ ބަރުބާދީ ކޮޅިގަނޑު)

6 Comments!

  1. Exxo says:
    June 4, 2026 at 3:09 pm

    Excellent.
    When next ????
    Still not thinking to spill some T about your self ?????
    Anyways tc n ly…

    1. wish wish says:
      June 4, 2026 at 5:48 pm

      Thanks for the lovely comment Exxo… Next episode next thursday ga publishing ah fonuvaanan.. week aku episode eh 🙂 Hehe.. Yaeh I would still like to keep my mug of T full… Take very good care and varah loabivey vaahaka baraabarah kiyaa kiyunthiriyeh veema Exxo akee… 🙂

  2. MAI says:
    June 4, 2026 at 4:49 pm

    VARAHREETHI

    1. wish wish says:
      June 4, 2026 at 5:49 pm

      Thank You for the lovely comment MAI 🙂

  3. Anonymous says:
    June 4, 2026 at 5:11 pm

    Keehve thw lasvanee eii episode in aneh episode ah??
    Kiyuntherin vrh dhigu inthizaareh kuran jehenee…
    Noony vedhaane maa kiyaahithun hunnaathee heevaa gotheh kamah vx….

    1. wish wish says:
      June 4, 2026 at 5:52 pm

      WISH buneleemehnu konme thursday ehga episode eh fonuvaalamey publishing ah… egothah hama mi kuriyah dhanee.. Kiyuntherinnah hafthaa eh ge inthizaaru dhigu vaakamah vanyaa vaguthu huri gothakah balaafa 2 episodes week akah publish kuran visnaanan.. ekamaku mee promise eh nun ingey.. WISH ah ves heevany maa bodah kiyaa hithun huhnaathy hen ehen evany.. 🙂

Comments are closed.

Next Episodeނޭދެން ވަކިވާކަށް 17 ވަނަ ބައި←


All Right Reserved!