ނޭދެން ވަކިވާކަށް 11 ވަނަ ބައި
“އަދި އަހަރެންނަށް މިކަން ގޯސްކޮށް ކުރެވިއްޖެއްޔާ.. ދެނޯ؟” މާންއާއި ދިމާއަށް ބަލާލުމެއްނެތި ޔޫލީ އެހިއެވެ.
“ގޯސްކޮށް ކުރެވޭނެ،” މާން ބުންޏެވެ.
އެ ބުނި ބަހަށް ޔޫލީ ވަގުތުން މާންގެ ލޮލަށް ބަލާލިއެވެ.
“ކީކޭ؟”
“ޔޫ ވިލް މޭކް މިސްޓޭކްސް” ވަރަށް ހަމަޖެހިލައިގެން އިނދެ މާން ބުންޏެވެ. “ދެން ވިސްނުންތެރިކަމާއެކު އެކަންކަން އިސްލާހުކުރާނީ” އޭނާގެ ވާހަކަ ދެއްކުމުގައި އެއްވެސް ނުރުހުމެއް ނެތެވެ.
” ޔަގީން މިފަހަރު އަހަރެން މަރުވާނެ.” އަނގައަށް ގޮތެއް ހަދާލަމުން ޔޫލީ ބުނެލިއެވެ. ނަމަވެސް އޭނާއަށް ކުރިމަތިކުރުވި ގޮންޖެހުން ބަލާގަނެ އޭނާ ބޯ ޖަހާލިއެވެ.
****
މެންދުރުގެ ވަގުތެވެ. އޮފީސްތެރެ ފެންނަނީ ވަރަށް ފަޅު ކޮށެވެ. ނުހަނު ފަރުވާތެރިކަމާއެކު އިސްޖަހާލައިގެން އިނދެ ޔޫލީ ލިޔެކިއުންތައް މުތާލިއާ ކުރަމުން ދިޔައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ހަވާލުވެފައިވާ ޒިންމާތައް ތަރުތީބުކޮށް، މަސައްކަތްތައް ރާވާ ހިންގާނެ ތާވަލެއް އެކުލަވާލުމަށެވެ.
” މި ބީސްޓްއާއި ހެދި ހަމަ ނޭވާވެސް ނުލެވުނީއޭ” “ވަރަށް ފޫހިވޭ ދެން.. ކާންޓް އީވަން އެސްކޭޕް ފްރޮމް ދިސް.. އެ ފުރޭތަ އެ ހުންނަނީ އަވަލާފަ ވިއްޔާ” ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަމުން އޭނާ ދިޔަ ނަމަވެސް މަސައްކަތުގެ ތެރެއިން ދޭތެރެއަކުން އެކި ކަހަލަ ގޮތް ގޮތަށް މާންއާއި ވިއްދާ މަޑުމަޑުން ކުދި ކިޔާލައެވެ. އޭނާގެ އަތުގައިވި ގަލަމުގައި ބައެއްފަހަރު ދަތް އަޅާލައެވެ. ދޭތެރެއަކުން ބޯ ހިއްލާލާ ޔޫލީއަށް ބަލަމުން ދިޔަ މާންގެ މޫނުގައި ވަނީ ބުނެދޭން ނޭންގޭފަދަ ހުވަފެނީ އަސަރުތަކެކެވެ. އޭނާއަށް ޔޫލީ ކިޔާ އެއްޗެއް ފަހުމްވާގޮތެއް ނުވެއެވެ. ޔޫލީ އެ ވާހަކައެއް ދައްކާލެއް މަޑުކަމުންނެވެ. ނަމަވެސް ތުންފަތް ތަޅުވާލި ގޮތުން ބީސްޓް އޭ ބުނިކަން އޭނާއަށް އެނގުނެވެ. މިއަދު ތަންކޮޅެއް ކުރިންވެސް ޔޫލީ ވަނީ އޭނާއާއި ވިއްދާ އެހެން ބުނެފައެވެ. ޔޫލި އެ ކިޔާ އެއްޗެއް އެ ކިޔަނީ އޭނާއަށްކަން ދެނެގަންނަން އެ ވަރު ފުދެއެވެ. ޔޫލީގެ މައުސޫމް ޅަ އަދާތަކުން މާންގެ ތުންފަތްމައްޗަށް ހިނިތިންވުމެއް ވެރިވެފައިވިއެވެ.
ކުއްލިއަކަށް އިސްއުފުލާލި ޔޫލީ އަށް ބަލާލެވުނީ ސީދާ މާންގެ ލޮލަށެވެ. ‘މި ބީސްޓް އަށް މީނީ ކިހިނެއްވެފާތަ؟ މީނަ ލަންޗް އަށް ވެސް ނުދަނީތަ؟ އަހަންނާ ދިމާއަށް ބަލަހައްޓައިން މި އިންނަނީ ޔަގީން އަހަރެން މަސައްކަތް ކުރޭތޯ ކަށަވަރުކަން.’
“ވިއާރޑް” ހިޔާލްތަކުގައިވި ޔޫލީ އަށް މި ބަސް ދުލުން ބޭރުކޮށްލެވުނެވެ. އޭނާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު ޔޫލީ ދެލޯ ބޮޑުކޮށްލަމުން އަމިއްލަ ދުލުގައި ދަތް އަޅާލިއެވެ.
މާންގެ ނަޒަރު ކުޑަ ހިދުކޮޅަކަށް ޔޫލީގެ މޫނަށް އަމާޒުވެލިއެވެ. ” ވިއާރޑް؟” އަދި ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ވަކިކޮށްލާ ސިސްޓަމްއަށް ނަޒަރު ސީދާ ކޮށްލަމުން ލަސްލަހުން މަޑުމައިތިކަމާއެކު އެ ބަސް ތަކުރާރު ކޮށްލިއެވެ.
“އަމިއްލައަށް ވާހަކަ ދައްކާ މީހަކަށް ބަލަހައްޓައިގެން ހުރުމުން އަހަރެން ވިއާރޑް ވާނަމަ……… ތިއީ ވެސް މުޅިއަކުން ނޯމަލް މީހެކޭ ނުބުނެވޭނެ ދޯ؟” އަނެއްކާވެސް ޔޫލީގެ މޫނަށް ނަޒަރު ސީދާ ކޮށްލަމުން މާން ބުނެލިއެވެ.
‘ ދަ ބީސްޓް ހަރޑް؟؟؟ އަގެއިން އައިމް ބަސްޓަޑް؟؟ އޯ ނޯ…. އަނެއް ކަންތައް މި ޖެހުނީ ‘ ޔޫލިގެ ސިކުނޑީގައި ވަގުތުން ބިރުވެރިކަން އުފެދުނެވެ.
” އަހަރެންގެ އަމަލުތަކަށް ސަމާލުކަން ދޭން ހަދައިން.. ޔޫ އަރ ގެޓިން ޑިސްޓްރަކްޓަޑް” މާން އިތުރު ކޮށްލިއެވެ. އޭނާގެ މަގްސަދަކީ ޔޫލީ އޭނާގެ އެ އަމަލު މަތިން ހަދާން ނެތުމެވެ. ވީ ވެސް އެހެންނެވެ. މާން އަށް ޔޫލީ އެނގޭ ފަދައެވެ. ވަގުތުން އެ އަންހެންކުއްޖާގެ ލޯ ވިދާލިއެވެ. ރުޅިވެރިކަމުންނެވެ. ތުންފަތުގައި ދަތް އަޅާލަމުން ޔޫލީ އެ އިހްސާސް ފޮރުވާލަން މަސައްކަތް ކުރިއެވެ.
އާ .. އެހެންޔާއެވެ. އޭނާ ހެދުނުއްސުރެ އެ އިނީ އެ މަސައްކަތެއްގަ ވިއްޔާއެވެ.
“އެކްސްކިއުސް މީ … އައި ވޮޒަންޓް ޑިސްޓްރަކްޓަޑް” ރުޅިވެރިކަމުގެ ފުން ނޭވާއެއް ދޫ ކޮށްލަމުން ޔޫލީ ބުނެލިއެވެ. އިހްސާސްތައް ފޮރުވާލަން މަސައްކަތް ކުރި ކަމުގައި ވިޔަސް ކެހިދިނީ އޭނާގެ އަތުގެ ތެރޭ ބޮޑިކޮށްލުވުނު ކަރުދާހެވެ. މާންއަށް އެ މަންޒަރު ފެނި ތުންފަތް އެއް ފަޅިން ދެމިލީ އިހްތިޔާރަކާ ނުލައެވެ.
ކުޑަކޮށް މަޑުޖެހިލާ ދެތިން އަވަސް ނެވާ އަކަށް ފަހު ސީދާ މާންގެ ލޮލަށް ޔޫލީ ބަލާލިއެވެ. ހީވީ ހަގުރާމައެއްގެ ފަހު މަރުހަލާއަށް ތައްޔާރުވެލިހެންނެވެ.
މިއީ އަދި ހަގުރާމައިގެ ފެށުންކަން އެ މައުސޫމް ކުއްޖާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
” ތި ބޭފުޅާގެ މައުލޫމާތައްޓަކާ ބުނެލަން … އަހަރެން ވާހަކަ ދެއްކީ ތި ފޮނި މީހާ ގަޑަކާ ނޫން.. އަދި ކޮންމެ މީހަކާ ވާހަކަ ދެއްކި ނަމަވެސް އަހަރެންގެ މަސައްކަތަކަށް ފަރުވާ ކުޑައެއްވެސް ނުކުރަން .. ތިހެން ބުނާކަށް.. ސޯ ލީވް މީ އެލޯން..” އަޑު މާ ބާރު ނުކުރި ކަމުގައި ވިޔަސް އެ އަޑުގައި ޝަކުވާއެއް ވާފަދައެވެ.
ޔޫލީ ސިސްޓަމްއަށް ނަޒަރު ހިންގާލާ ކީބޯޑުގެ ފިތް ތަކަށް އޮބަން ފަށާފިއެވެ. އޭނާގެ ހަރަކާތް އަވަހެވެ. އަދިވެސް އެ ރުޅިވެރިކަން އޭނާގެ ހަށިގަނޑުގައި ވެއެވެ. ‘ މިފަހަރު މި ބީސްޓް އަށް ވަރުގަދަ ލަޑެއް ދޭނަން.’ ޔޫލީގެ ސިކުނޑީގައި އުފެދެމުން ދިޔައީ މާން އަށް އުދަގޫ ކޮށްލާނެ ގޮތެކެވެ.
މާންވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އެ ހިތުގައި ރިއްސާލިއެވެ. އެ އަންހެންކުއްޖާގެ އަޑުގައިވި އަސަރުންނެވެ.
***ނުނިމޭ***
ވާހަކައިގެ މި ބައި ވެސް ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން. ވާހަކަ ކަމުދިޔަ ނަމަ ކޮމެންޓެއް ކޮށްލަދެއްވާ.
ޔޫލީގެ ދެވަނަ ހަމަލާއަށް ވާނީ ކޮންކަމެއްބާ؟ މިފަހަރު ޔޫލީގެ މަގްސަދް ހާސިލްވާނެބާ؟ ތިޔަ ކިޔުންތެރިންގެ ހިޔާލަކީ ކޮބާ؟
ވާހަކައިގެ މި ބައި ތަންކޮޅެއް ކުރުކޮށް ގެނެސްދެވުނީތީ މާފަށް އެދެން. އެހެންކަމުން މި ހަފްތާގަ އަދި އެއް ބައި ކިއުންތެތިންނަށް ކިޔާލަން ލިބޭނެ.
ވާހަކަ ކިޔާ ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ
-ވިޝް-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Vrh Salhi.
mi v reethi, im hoping for more new episodes.
Thank you for the lovely comment. 😊 and yes hama vaahaka kuriah gengosdheynan .. normally part eh hafthaa aku genesdheynan .. vaahaka ah thiya kuraa inthizaarah heyo hithun shukuriyya 😊
Vara reeti mi vaahaka.
Aney baa kon iraku gennanee?
Avas vaane thz
Thank you for the lovely comment Kujja 😊 mi hafthaa ga adhi eh part genesdheynan … Alhugadu vaahaka publish kuran fonuvaany konme Thursday aku …. Mee mi hafthaage episode.. namaves alhugadu dhannavaafaa vaa fadhaain mi baai thankolheh kurukoh genesdhevunythy kiyun therinnah mi hafthaaga adhi eh baai genesdheynan … thi dhehvaa tharuheebah hurihaa kiyuntherinnahves shukuriyyaa
Nice
Next part Avas kollabaaaaaaa
Thank You for the lovely comment Falak 🙂 . Next part publishing ah fonuvaala dheynan Monday ga .. Thiya kurahvaa inthizaarah Shukuriyyaa
Vrh salhi
Thank You for the lovely comment 😊
Vrh Reethi MA
Thank You for the lovely comment 😊
Very nice
Thank You for the lovely comment 😊
Omg, I love this
Thank You for the lovely comment 😊
Reethi. Waiting for the next parrrrrrrtttttt.
Mi ulhey maan a yooli aa emmefahun vaanee kannnege.
Maaaaaahin ves dho……????????
Thank you Dhim for the sweet comment. Varah ufaa vehje thihaa varah vaahaka ah vadhelaafa hureema…. Monday ga mihafthaage bonus episode publishing ah fonuvaaalanan . Inthizaaru kohlahvaa.. maan aa yooly dho hingaa balamaa 😊 Maahin ge fenilun thah ves hama ebahuri kuriahhh ingeyyy… hama kuriah hurii part thakah inthizaaru kohlaaa 🥰🥰