Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 27 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
July 30, 2026 6 Mins Read
12 Comments

މާހިންއާއި އެހާ ގާތުގައި، ދެމީހުން އެކަނި ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ހިތުގެ އެ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރަމުން އޭނާ ހިނިތުންވެލިއެވެ.

“ކޮން ފިލްމެއްތަ ޝިފޫ ބަލާނީ؟ ނުބުނާތި ރޮމާންސްއެކޭ… ޕްލީސް!” މާހިން އޭނާގެ އާދައިގެ މަތިން ލާނެތް ސަކަ މިޒާޖެއްގައި، ސޯފާގެ ކައިރީގައި މަޑުކޮށްލަމުން އަހާލިއެވެ.

“އައި ޑޯންޓް މައިންޑް… މާހިން ބޭނުން ފިލްމެއް އެންމެ ރަނގަޅު” ޝިފްނާ އޭނާގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވާލަމުން، ސޯފާގައި ހަމަޖެހިލިއެވެ.

ޝިފްނާ ސޯފާގައި ހަމަޖެހިލުމުން، މާހިން ޓީވީ ހުޅުވާލުމަށްފަހު ފިލްމެއް އެޅުވިއެވެ. އަދި ބަދިގެއަށް ގޮސް އެކި ކަހަލަ ލުއިކާނާއާއި ދެ ތިން ދަޅު ހިފައިގެން އައިސް، ޝިފްނާއާއި ޖެހިގެން ސޯފާގައި ހަމަޖެހިލިއެވެ. އެރޭގެ ވަގުތުތައް ފާއިތުވެގެންދިޔައީ ދެމީހުންގެ މެދުގައި ދެކެވުނު މަޖާ ވާހަކަތަކާއި، ސަކަރާތާއި ހުނުމުގެ ތެރޭގައެވެ. މާހިންގެ ސަކަ މިޒާޖުގެ ސަބަބުން ޝިފްނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ލިބެމުންދިޔައެވެ.

ދަންވަމުން ދިޔުމުގެ ސަބަބުން، ޝިފްނާ ގެއަށް ލައިދިނުމަށްޓަކައި މާހިން ކާރުގައި ދިޔައެވެ. ދެމީހުންގެ މެދުގައި އޮތް ހަމަހިމޭންކަން މުގުރާލަމުން މާހިން ބުނެލިއެވެ.

“ދެން ފަހަރަކުން ޝުޑް އިންވައިޓް ޔޫލީ، ދޯ؟”

މާހިންގެ އެ ޖުމުލައާއިއެކު، ޝިފްނާގެ މޫނުމަތީގައިވި ހިނިތުންވުން ކުޑަކޮށް ފަނޑުވެގެންދިޔައެވެ. ‘މާހިން އަހަރެންނާއިއެކު އެކަނި ވަގުތު ހޭދަކުރަން ބޭނުން ނުވަނީބާއެވެ؟ އަހަރުމެން ދެމީހުންގެ މެދަށް އަބަދުވެސް ޔޫ ގެންނަން އެ ބޭނުންވަނީ ކީއްވެގެންބާއެވެ؟’ ޝިފްނާގެ ހިތުގައި އުފެދުނު ބުނެދޭން ނޭނގޭ ހަސަދައާއި ޝަކުވާގެ ސަބަބުން، އެ ހިތުގައި މަޑު ރިހުމެއް އުފެދިގެންދިޔައެވެ.

ނަމަވެސް، އޭނާގެ ހިތަށް ވިސްނައިދެމުން، އާދައިގެ މަތިން ހިނިތުންވެލާފައި އަހާލިއެވެ. “އެއީ މާންގެ ޕްލޭސްއެއްނު… ޔޫލީ ވިސިޓް ކުރާނެއެއްނު؟”

“ނޯ… ޝީ ޑަސް ނޮޓް” ފާޑެއްގެ ގޮތެއް މޫނަށް ހަދާލަމުން މާހިން ބުނެލިއެވެ. “މާންވެސް މިހާރު އެތަނަށް އަންނަނީ ވަރަށް މަދުން… އެ މަސްތައް މިސްވެގެން ބައެއް ފަހަރު އައިސް އެ އެއްޗިސްއަށް ބަލަހައްޓައިން ހުންނާނެ”

“އަސްލުތަ؟” ޝިފްނާ ވިސްނުމެއްގެ ތެރެއަށް ގެބެމުން ބުނެލިއެވެ. “އެއޮއް ރީތި ޕެންޓްހައުސް މާން ޔޫލީއަށް ދައްކާވެސް ނުލާތަ؟ ކޮންކަހަލަ ފިރިއެއް އެއީ؟”

“ޝިފޫ ގާތު އަހަރެން ބުނިންދޯ އެދެމީހުންގެ ގުޅުމުގެ ހަގީގަތް ބަލާލަބަލާށޭ…” މާހިން ކާރު ދުއްވަން އިނދެ، ޝިފްނާއަށް ބަލާލަމުން ބުނެލިއެވެ. “މާ ސްލޯ މީހެއްވިއްޔާ ތީ!”

” އެވާހަކަ ޔޫ މާ ބޮޑަށް ނުދައްކައޭ… އަދި މިހާރު މާންގެ ވާހަކައެއް ނުދައްކާ އެއްގޮތަކަށްވެސް… ނޭނގެ ދެން، ނައު ޝީ އިސް ވެރީ ސީކްރެޓިވް.”

ވާހަކައިގެ އެ ހިސާބަށް ދިޔައިރު، މާހިންގެ ކާރު ގޮސް މަޑުކޮށްލީ ޝިފްނާގެ ގޭގެ ކުރިމައްޗަށެވެ.

“އަހަރުމެން ޔޫ ގޮވައިގެން އެ ގެއަށް ދާންވާނެ” ޝިފްނާ ކާރުގެ ދޮރު ހުޅުވާލަމުން، އެހެން ބުނެލާފައި ގެއަށް ވަންނަން ހިނގައިގަތެވެ.

މާހިންގެ ތުންފަތްމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

*****

ޔޫލީއާއި މާންގެ ކައިވެންޏަށް ހަމަސް ފުރުނުއިރު، އެ ދެމެދުގައި އޮތް ގުޅުން ވަނީ މުޅިން ހީނަރުވެ، ފިނިވެފައެވެ. އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެމުންދިޔަ ނަމަވެސް ދެމީހުންގެ މެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ދިމާވާ މަދު ފަހަރުތަކުގައިވެސް ބަދަލުކޮށްލެވެނީ ފިނި، ދުރު ނަޒަރެކެވެ. އެއަށްފަހު އެކަކު އަނެކަކާއި ވީހާވެސް ދުރަށް ޖެހިލައި އެކަހެރިވެއެވެ. ވާހަކައެއް ދައްކާލަން ޖެހޭ މަދު ފަހަރެއްގައިވެސް، ބަހުގެ ހަމަލާތަކުގައި ހުންނަނީ ޖެއްސުމާއި ފާޑުކިޔުމުގެ ރާގެވެ.

ރިލްވާންގެ އެ އަމަލަށްފަހު ޔޫލީ އޭނާގެ ފޯނު ކޯލުތަކަށް ޖަވާބު ނުދިން ނަމަވެސް، ރިލްވާންގެ ފަރާތުން އަންނަ އުނދަގޫތަކަކަށް ނިމުމެއް ނާދެއެވެ. ދުވާލަކު އެތައް ފަހަރަކު ފޯނު ރިންގުވެއެވެ. ނުވިތާކަށް، އެކި ކަހަލަ ދިގު މެސެޖުތައް ފޮނުވައި، އާދޭސްކޮށް، ލޯބި ހުށަހަޅަމުން ދިޔައެވެ. ޔޫލީގެ ހިތް ކުދިކުދިވަނީ މާންއާއި ގުޅުވައިގެން ރިލްވާން ފޮނުވާ މެސެޖުތަކާއި ފޮޓޯތަކުގެ ސަބަބުންނެވެ.

މާންއާއި ޒޯޔާ އެކުގައި އޮފީސް ތެރޭގައާއި، ބޭރުން ދިމާވާ ތަންތަނުން ނަގާފައިވާ ފޮޓޯތައް ފޮނުވުމަކީ ރިލްވާންގެ އާންމު ކަމަކަށް ވެއްޖެއެވެ. އެ ފޮޓޯތަކުން މާ ބޮޑު ގައިގޯޅި މަންޒަރުތަކެއް ނުފެނުނު ނަމަވެސް، މާންގެ ގާތުގައި ޒޯޔާ ހުންނަ ތަން ފެނުމުން ޔޫލީގެ ހިތުގައި ހަސަދައާއި ވޭނުގެ ރިހުމެއް އުފެދެއެވެ.

މި ހުރިހާ ހިތްދަތިކަމެއްގެ ތެރެއިން ޔޫލީއަށް ލިބޭ ހަމައެކަނި ލުޔަކީ މާހިންއާއި ޝިފްނާއެވެ. ފާއިތުވި ދުވަސްތަކުގައި އެދެމީހުންގެ ބައްދަލުވުންތަކާއި ލަންޗްތަކުގައި ޔޫލީ ބައިވެރިވާ މިންވަރު ވަނީ އިތުރުވެފައެވެ. ޝިފްނާގެ މަޖާ ވާހަކަތަކާއި މާހިންގެ ސަކަ މިޒާޖުގެ ސަބަބުން، ޔޫލީގެ ޒަހަމްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބެއެވެ. މާންއާއި އޭނާގެ ދެމެދުގައި އޮތް ގުޅުމުގެ ހަގީގަތް އޭނާ އަދިވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝިފްނާއަކާއި ހިއްސާއެއް ނުކުރެއެވެ. އަމިއްލަ ދިރިއުޅުމުގެ ހާލަތު ހާމަކުރަން އޭނާ ޖެހިލުންވަނީއެވެ.

އެ ބައްދަލުވުންތަކުގެ ތެރެއިން، މާހިންގެ ފަރާތުން ފެންނަ އާދަޔާހިލާފު އަޅާލުމާއި އޯގާތެރިކަން ޔޫލީއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ. ޔޫލީ ދެރަވެފައި އިންނަ ވަގުތުތަކުގައި މާހިން ދައްކާ ވާހަކަތަކާއި، އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭން މާހިން ކުރާ މަސައްކަތްތަކަށް ޔޫލީ ހިތުގެ ފުން މިނުން ޝުކުރުވެރިވެއެވެ. ނަމަވެސް، ޔޫލީގެ މައުސޫމް ހިތަށް ހީވެފައިވަނީ މާހިންގެ އެ ހާއްސަ އަޅާލުން ގުޅިފައިވަނީ، އޭނާއަކީ މާންގެ އަންހެނުން ކަމުގައިވީތީ، ބޭބެގެ އަނބިމީހާއަށްޓަކައި މާހިންގެ ހިތުގައި އޮތް ގަދަރާއި އިހްތިރާމާއި ކަމުގައެވެ. އެ އަޅާލުމުގެ ފުރަގަހުގައި ފޮރުވިފައިވާ މާހިންގެ ހަގީގީ ޖަޒުބާތުތަކުގެ އެއްވެސް ހިލަމެއް ޔޫލީއަކަށް ނުވެއެވެ.

ނާއިލްގެ ކުންފުންޏަށް ދިމާވެފައިވާ ބޮޑު މާލީ އަދި އިދާރީ މައްސަލަތަކުގެ ސަބަބުން މުޅި ކުންފުނި ބަނގުރޫޓުވުމުގެ މަގުމަތީގައި ވަނިކޮށް، މާން ވަނީ އެ ހާލަތު ބަދަލުކުރުމަށް އަމިއްލައަށް އިސްނަގައި، މުޅި މައްސަލައިގެ ތެރެއަށް ވަދެފައެވެ. މާންގެ ޝަހުސިއްޔަތަކީ ނާކާމިޔާބީއަށް ބޯލަނބާނެ ޝަހުސިއްޔަތަކަށް ނުވުމުން އޭނާ ދަނީ އެ ކުންފުނި ސަލާމަތްކުރަން ހިންދެމިނުލާ މަސައްކަތް ކުރަމުންނެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އައު “ރީސްޓްރަކްޗަރިންގ” ޕްލޭނެއް އެކުލަވާލައި، ބޭކާރު ހަރަދުތައް ކަނޑާލުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ. ނާއިލްގެ ކުންފުންޏަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އައު އިންވެސްޓަރުންނާއި ބައްދަލުކޮށް، ދިގު މުއްދަތުގެ ޕާޓްނަޝިޕްތަކެއް ހެދުމުގެ މަޝްވަރާތައް މާން އިސްވެ ހުރެ ދަނީ ކުރަމުންނެވެ. އޭނާގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްލާފައިވަނީ މި ތޫފާނުން އެ ކުންފުނި ސަލާމަތްކުރުމަށެވެ.

މި ކަމުގެ ތެރެއިން މާންއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް ބިޒްނަސް ޕާޓްނަރުން މާންގެ މި ނިންމުންތަކާއި ދެކޮޅު ހަދައި، އޭނާގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ބޯޑު މީޓިންގްތަކުގައި ހޫނު ބަހުސްތަކެއް ހިނގައި، މާންއާއި ޕާޓްނަރުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންނަމަވެސް، މާންގެ ހަރުދަނާކަމާއި ޖެހިލުންކުޑަ ގޮތްތަކުގެ ސަބަބުން، ކުންފުނީގެ ގެއްލުންތައް މަޑުމަޑުން ކުޑަވެ، ކުރިއެރުމުގެ ކޮޅުމަތި ފެންނަން ވަނީ ފަށާފައެވެ.

މާން އެ ކުންފުނި ސަލާމަތްކުރުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ސަބަބުން ޔޫލީގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބެއެވެ. އެ ކުންފުންޏަކީ އޭނާގެ ބައްޕަގެ މުޅި އުމުރުގެ ބުރަ މަސައްކަތް ކަމަށް ވުމުން، މާންގެ އެ އެހީތެރިކަމަށްޓަކައި ޔޫލީ ހިތާހިތުން އުފާކުރިއެވެ. އެހެންނަމަވެސް މާންގެ މައްޗަށް ފުރިހަމައަށް އިތުބާރުކުރާކަށް އޭނާގެ ޒަމީރެއް އެއްބަހެއް ނުވެއެވެ. މާންގެ ކޮންމެ ހެޔޮ އަމަލެއްގެ ފުރަގަހުގައިވެސް މަކަރުވެރި ރޭވުމެއް ނުވަތަ އަމިއްލަ އެދުމެއް ވެދާނެކަމުގެ ބިރުވެރިކަން ޔޫލީގެ ހިތުން ފިލައިގެން ނުދެއެވެ. ފާއިތުވި ދުވަސްތަކުގައި ލިބުނު ހިތްދަތިކަމާއި، އުފެދުނު ވޭނުގެ ސަބަބުން، ޔޫލީގެ ހިތުގައި މާންގެ މައްޗަށް އޮތް ރުޅިވެރިކަމާއި ނަފުރަތުގެ އަލިފާންގަނޑު ތާޒާކަން މަތީވިއެވެ. ޒަހަމްވެފައިވާ އެ ހިތް އަދިވެސް ގޮވަމުންދިޔައީ މާންއަށް ދުވަހަކުވެސް މާފު ނުކުރުމަށެވެ.

އެ ފުން ޚިޔާލުތަކުގައިވީ ޔޫލީ ސިހުނީ ފެން ޖަގު ކެކި ނިމިގެން އިވުނު ތޫނު އަޑަށެވެ. މުޅި ގޭތެރެއަށް ރޭގަނޑުގެ ހަމަހިމޭންކަން ވެރިވެފައިވާއިރު، ބަދިގޭގެ ފަނޑު ބޮކީގެ އަލީގައި އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ޔޫލީއަކީ އެއްވެސް އިރެއްގައި ކައްކަން ދަންނަ ނުވަތަ ބަދިގޭގެ މަސައްކަތްތަކަށް ފަރިތަ ކުއްޖެއް ނޫނެވެ. ގޭގައި އަބަދުވެސް ކަންކަން ކޮށްދޭނެ މީހުން އުޅޭތީ، އޭނާއަށް ބިސްގަނޑެއް އަޅާލުންވެސް ވީ ބޮޑު އިމްތިހާނަކަށެވެ. ބަނޑުހައިވެފައި ހުރުމުން، އަމިއްލައަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަން ނިންމައިގެން އޭނާ ތަވާއަށް ތެޔޮކޮޅެއް އަޅާ، އުނދުން ރޯ ކޮށްލިއެވެ. އަދި ބޯތައްޓަކަށް ބިހެއް ތަޅާލައި، ގިރަން ފެށިއެވެ.

އޭނާގެ ހިޔާލުތައް އަނެއްކާވެސް ދަތުރުކޮށްލީ މާންއަށެވެ. ޔޫލީގެ ސަމާލުކަން ވަނީ މުޅިން ގެއްލިފައެވެ. ތަވާގެ ތެޔޮގަނޑު މާބޮޑަށް ހޫނުވެ، އޭގެން ދުން އަރަން ފެށިކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

ހިޔާލުތަކަށް ގެއްލިފައި ހުރެ، ޔޫލީ ގިރާފައި ހުރި ބިސްތަށި އެ ހޫނު ތެޔޮގަނޑުގެ ތެރެއަށް އޮއްސާލިއެވެ.

ވަގުތުން ބާރު އަޑަކާއިއެކު ތެޔޮތައް ބުރައިގެން ގޮސް، ތަވާގެ ތެރޭގައި ބޮޑު އަލިފާންގަނޑެއް ހިފައިގަތެވެ!

“އާހް!” ޔޫލީއަށް ހަޅޭލވައިގަނެވުނެވެ. ހާސްވީލެއް ބޮޑުކަމުން އޭނާ ފަހަތަށް ޖެހިލާ ކުރާނެ ނުކުރާނެ ކަމެއް ނޭނގި ބޯ ހާސްވިއެވެ. ނޭވާ ހުއްޓޭ ފަދަ ބިރުވެރިކަމެއް އޭނާ ވަށާލިއެވެ. އޭނާ އަތްދިއްކޮށްލީ ކައިރީގައި ހުރި ފެން ތައްޓަށެވެ. އެ އަލިފާންގަނޑު ނިއްވާލުމަށެވެ. އެ ހޫނު ތެޔޮ އަލިފާންގަނޑަށް ފެން ތަށި ދިއްކޮށްލިއެވެ.

“ޔޫލީ! ”

ފަހަތުން އިވުނު ބާރު، ހަރުކަށި އަޑާއިއެކު، ވަރުގަދަ އަތަކުން ޔޫލީގެ އަތުގައި ހިފާ ފަހަތަށް ދަމާލިއެވެ. ޔޫލީ ގޮސް ތަތްވީ މާންގެ ފުޅާ މޭތެރޭގައެވެ. މާން ލަސްކުރުމެއް ނެތް ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ޖެހިލައި، ކައިރީގައި އޮތް ތަވާގެ މަތިގަނޑު ނަގާ، ހުޝިޔާރުކަމާއިއެކު ތަވާގެ މަތީގައި އެޅިއެވެ. އަދި ވަގުތުން އުނދުން ނިއްވާލިއެވެ. އަލިފާންގަނޑު ވަގުތުން  ނިވުނެވެ.

ބަދިގެތެރެއަށް ދުމުގެ އަސަރު ފެތުރިގެންދިޔައިރު، މުޅި މާހައުލަށް ވެރިވީ ނޭވާ ހުއްޓޭ ފަދަ ހަމަހިމޭންކަމެކެވެ.

ޔޫލީގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ބިރުގަތްވަރުން އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. އޭނާއަށް ހުރެވުނީ އަދިވެސް މާންގެ އަތުގެ ހިމާޔަތުގެ ތެރޭގައެވެ. މާންގެ ފުން، ބަރު ނޭވާގެ އަޑު ޔޫލީގެ ކަންފަތްދޮށުން އިވެމުންދިޔައެވެ.

މާން މަޑުމަޑުން ޔޫލީގެ ކޮނޑުގައި ހިފާ، އޭނާއާ ދިމާއަށް އަނބުރާލިއެވެ. މާންގެ ދެލޮލުން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ.

“މޮޔަވީތަ؟” މާންގެ އަޑު ނުހަނު މަޑު ނަމަވެސް، އެ އަޑުގައިވީ ނުތަނަވަސްކަމާއި ހަރިކަށިކަމުން ޔޫލީގެ ހިތިގައިވި ބިރުވެރިކަން އިތުރުވިއެވެ. އަދި ބޭއިހްތިޔާރުގާ އޭނާގެ މޫނު އެ މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. އިސާހިތަކު މަޑު ގިސްލުމެއްގެ އަޑު އިވުނެވެ.

“ހޫނު ތެލަށް ފެން އަޅަން އުޅުނީ ކީއްވެޔޯ؟ ކަމެއްވީނަމަ ކިހިނެއް ހަދާނީ؟” މާން ހަމަޖެހެން މަސައްކަތް ކުރަމުން އަހާލިއެވެ.

އެދެމެދުގައިވީ ގާތްކަމުން މާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ޔޫލީގެ ރުއިމުގެ އަޑު ބާރުވުމުން މާންއަށް މަޑުމަޑުން އޭނާގެ ގައިގާ އަތް ވަށާލައި ބައްދާލެވުނެވެ.

“އަހަރެންނަކަށް ކައްކާކަށް ނޭންގެ އޭ.. ހުރިހާ ކައްކާ މީހުންތައް ފޮނުވާލީ އަހަރެން މަރާލާކަށްނު؟” ގިސްލަމުން ޔޫލީ ބުނެލިއެވެ.

އެ މައުސޫމް، ޅަ އަދާއިން މާންގެ ނިދާފައިވި ހިއްސުތަކެއް ހޭލައްވާލި ފަދަ އިހްސާސްއެއްކުރެވުނެވެ. އެ ރީތި އަންހެންކުއްޖާ އޭނާގެ އަތުގެ ހިމާޔަތުގެ ތެރޭގައި ވީއިރު، އޭނާގެ ކަރުނުން ދިޔައީ މާން ލައިގެން ހުރި ތުނި ގަމީސް ތެމެމުންނެވެ. ޔޫލީގެ ހޫނު ކަރުނައިގެ ތެތްކަން މާންގެ މޭމައްޗަށް އިހުސާސްވާން ފެށުމުން، އޭނާގެ ކެތްތެރިކަން ކޮޅުންލައި، ހިތް އަތުނުވާހާ ބާރަށް ތެޅެންފެށިއެވެ. އެ ކަރުނައިގެ ސަބަބުން އޭނާގެ ހިތުގައި ޔޫލީއާއި މެދު އުފެދިފައިވީ ނަފްރަތުގެ އަލިފާންގަނޑުވެސް ނިވެމުންދިޔަފަދައެވެ. އެ އަންހެންކުއްޖާ އޭނާގެ ސިކުނޑިއަށް ބާރުފޯރުވުމަށް ހަމަ ކުޅަދާނައީއެވެ.

މާން މަޑުމަޑުން އޭނާގެ އެއްއަތް އުފުލާލައި، ޔޫލީގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލަމުން، އޭނާގެ މޫނު މޭގައި އިތުރަށް ބޮޑިކޮށްލިއެވެ.

“ޝްޝްޝް… ދެން ހުއްޓާލާ .. ” މާންގެ ބަރު އަޑުގައި ބުނަން ނޭނގޭފަދަ ދަމާބާރެއްވާ ކަހަލައެވެ. އެ އަޑުގައިވި ޖާދުވީ އަސަރުން އޭނާއަށް ޔޫލީގެ މި ގާތްކަމުން ކުރާ އަސަރު އަންދާޒާކޮށްލަން އުނދަގުލެއްނުވިއެވެ.

މާންގެ ހޫނު ނޭވާއާއި އޭނާގެ އަޑުގައިވީ ޖާދުވީ އަސަރާއިއެކު ޔޫލީގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އޭނާގެ ގިސްލުމުގެ އަޑު މަޑުމަޑުން ކެނޑި، މާންގެ މޭމަތިން މޫނު މަޑުމަޑުން އުފުލާލެވުނެވެ. ދެމީހުންގެ ނަޒަރު ސީދާވެގެންދިޔަ ހިނދު، ދެމީހުންގެ ދެލޮލުންވެސް ފެންނަން ހުރީ ބުނެދޭން ނޭނގޭފަދަ ފުން، އަސަރުގަދަ ޖަޒުބާތުތަކެކެވެ. މާންގެ މުށި ކުލައިގެ ލޮލުގެ ތެރެއަށް ޔޫލީ ގެބެމުންދިޔަ އިރު ދުނިޔޭގެ އެއްވެސް ކަމަކާއިމެދު ވިސްނުމުގެ ބާރު ނެތްފަދައެވެ.

މާންގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ކަރުނައިން ފުރި، ވިދަމުންދިޔަ ޔޫލީގެ މައުސޫމް ނޫ ދެލޮލަށެވެ. ކަރުނައިގެ ސަބަބުން އޭނާގެ ނޫ ކުލައިގެ ކަޅީގެ ކުލަ ގަދަ ކަމަށް ދައްކައެވެ. އެ ދެލޮލުން ފެންނަމުންދިޔަ އިހުސާސްތަކުން މާންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އެއް އަތުން ޔޫލީގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލަމުން އަނެއް އަތް މަޑުމަޑުން އުފުލާލައި، އިނގިލިތަކުގެ ކުރިން ޔޫލީގެ ކޯތާފަތްމަތިން ތެމިފައިވާ މުތީތަކެއްފަދަ ކަރުނަތައް އޯގާތެރިކަމާއިއެކު ފޮހެދޭން ފެށިއެވެ. އޭނާގެ އިނގިލިތައް ޔޫލީގެ ކޯތާފަތުގައި ބީހުމާއިއެކު، ޔޫލީގެ ތުންފަތުން މަޑު ‘އާހް’ އެއްގެ އަޑު ނިކުތެވެ. އަދި ބޭއިހްތިޔާރުގައި ލޯ މަރާލެވުނެވެ.

“އަހަރެން ޔޫލީ މަރާލަން ބޭނުމެއްނުވާނެއެއްނު… ތި ހަށިގަނޑުގައި ކުޑަކޮށްވެސް ކޫރެއް އެޅޭކަށް އަހަރެން ނޭދެން…” މާން ނުހަނު މަޑުން އިންތިހާއަށް އަސަރާއިއެކު ބުނެލިއެވެ. އޭނާގެ ނޭވާގެ ހޫނުކަން ޔޫލީގެ މޫނަށް އެޅެމުންދިޔައީ ދެމީހުންގެ މެދުގައިވާ ދުރުކަން މުޅިން ނައްތާލަމުންނެވެ.

މާން މަޑުމަޑުން ގުދުވެލައި، އޭނާގެ ނިއްކުރި ޔޫލީގެ ނިއްކުރީގައި ޖައްސާލިއެވެ. ދެމީހުންގެ ނޭވާގެ އަޑު އެކުވެ، ހިތުގެ ތެޅުން އެކަކު އަނެކަކަށް އިހުސާސްވަމުންދިޔައެވެ. މާން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިއްސުތައް ހަމައަކަށް އަޅުވާށެވެ. އެ ލޯބިވެތި ބީހުމާއި މާންގެ ފަރާތުން ކުރެވެމުން ދިޔަ އިހުސާސްގެ ސަބަބުން ޔޫލީގެ ހިތުގައިވާ ހުރިހާ ޝަކުވާތަކާއި، ނަފުރަތުގެ ފާރުތައް ވަގުތީ ގޮތުން ނަމަވެސް ފަޑުވެގެން ދިޔަ ކަހަލައެވެ. ނޫނީ ޔޫލީގެ ސިކުނޑީގައި އެ އިހުސާސްތަކަށް މިވަގުތު ޖާގައެއްނެތީ ކަމުގައިވެސް ވެދާނެއެވެ. މާންގެ އަތުގެތެރޭގައި އޭނާ ވިރެމުންދިޔައީ މަޑު ފުއްކޮޅެއް ފަދައިންނެވެ.

“މާން…” ޔޫލީގެ ތުންފަތުގެ މަޑުމަޑު ހަރަކާތަކާއިއެކު މާންގެ ނަން ނުކުތީ ވަރަށް މަޑުން، ނޭވާގެ އަޑާއިއެކުގައެވެ.

އެ އަޑުން މާންގެ ކެތްތެރިކަން މުޅިން ކޮޅުންލިއެވެ. އޭނާ ޔޫލީގެ އުނގަނޑުގައިވި އަތް އިތުރަށް ބާރުކޮށްލަމުން، ޔޫލީ އޭނާގެ މޭގައި އިންތިހާއަށް ބޮޑިކޮށްލިއެވެ. އަދި ޔޫލީގެ ކޯތާފަތުގައި ހިފަހައްޓާލައިގެން ހުރެ، މަޑުމަޑުން އޭނާގެ ތުންފަތް ޔޫލީގެ ނިއްކުރީގައި ޖައްސާލާ ބޮސްދިނެވެ. އެ ބީހުމުގައިވީ އިންތިހާ ދަރަޖައިގެ ލޯތްބާއި ރައްކާތެރިކަން ޔޫލީގެ ހިތުގެ އެންމެ ފުން މިނަށް އަސަރުކުރުވިއެވެ.

ޔޫލީގެ ދެއަތް ބޭއިހްތިޔާރުގައި އުފުލި، މާންގެ ފުޅާ ކޮނޑުގައި ވަށާލެވުނެވެ. އޭނާގެ އެ ހަރަކާތުގައިވީ މަސްތުކަމުގެ ސަބަބުން އޭނާގެ ވިސްނުން އޮޅުންބޮޅުންވެފައި ވީވަރު ހާމަވެއެވެ. އެވަގުތު ދެމީހުންނަށްވެސް މުޅި ދުނިޔެ އެކީ ހުއްޓުނުފަދަ އިހުސާސެއްވިއެވެ.

***ނުނިމޭ***

ވާހަކައިގެ މި ބައިވެސް ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން.

ހުރިހާ ކިޔުންތެރިންވެސް އަޅުގަނޑުގެ ފޭސްބުކް ޕޭޖް Stories by WISH އަށް ފޮލޯ ކޮށްލުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

ވާހަކައަށް ތިޔަކުރައްވާ އިންތިޒާރަށް އަދި މި ވާހަކަ އަށް ދެއްވާ ތަރުހީބަށް ޝުކުރިއްޔާ.

ވާހަކައިގެ ފުރަތަމަ އެޕިސޯޑްތައް ޕޯސްޓްކޮށްލުމުން، ބައެއް ލޯބިވާ ކިޔުންތެރިން ވަނީ އަޅުގަނޑާ ބެހޭގޮތުން ތަފާތު ސުވާލުތައް ކުރައްވާފަ. އެހެންކަމުން، އަޅުގަނޑާ ބެހޭގޮތުން އޮޅުންފިލުއްވަން ބޭނުންފުޅުވާ އާންމު ސުވާލުތައް މި ޕާޓްގެ ކޮމެންޓް ސެކްޝަންގައި ކޮށްލެއްވުން އެދެން.

މީގެއިތުރުން، ކުރިއަށް އޮތް އެޕިސޯޑުގެ ކުރިން މާންގެ ވަރަށް ހާއްސަ ސަޕްރައިޒެއް ކިޔުންތެރިންނަށް ލިބިގެންދާނެކަމުގެ އުފާވެރި ހަބަރުވެސް ހިއްސާކޮށްލަން

-ވިޝް-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

އާއެކޭ ލޯބިވޭ… ފަންސާސް ހަތަރުވަނަބައި (ލޯބި ބުނެދިން އެ ހިމޭންކަން )

Next

ހިތުގެ މަގުތައް-2

Next
July 30, 2026

ހިތުގެ މަގުތައް-2

Previews
July 30, 2026

އާއެކޭ ލޯބިވޭ… ފަންސާސް ހަތަރުވަނަބައި (ލޯބި ބުނެދިން އެ ހިމޭންކަން )

12 Comments!

  1. Koklila modi says:
    July 30, 2026 at 5:32 pm

    Finally varah reethi ekam maa kuree.suprise ge inthizaarugai midhani page follow kohlN

    1. wish wish says:
      July 30, 2026 at 5:49 pm

      Thank you koklila modi for the awesome comment. Anhaa mee hama hurihaa part ehves genesdhey varu Wish… kuru hen heevee dho kiyaa hithun inn varun☺️ page follow kohlahchey koklila modi… varah bodah thanks

  2. Anonymous says:
    July 30, 2026 at 6:56 pm

    Awwn mi part vx varah varah reethi maashaa allah…
    How older u and kn atoll eh??

    1. wish wish says:
      July 30, 2026 at 7:11 pm

      Thank you for the lovely comment … I am going to be 33 soon … And I am from Kaafu Atoll 😊

  3. Aami says:
    July 30, 2026 at 7:05 pm

    Varah varah reethi

    1. wish wish says:
      July 30, 2026 at 7:13 pm

      Thank you Aami for the lovely comment … comment kohlaathy hama varah ufaa vey… ummeedhu kuran abadhuves hiyaal comment ge zareeaa in hissaa kohlaane kamah ☺️

  4. Koklila modi says:
    July 30, 2026 at 10:20 pm

    Aan vedhaane kiyaa hithun huhtaa nimuneeves ehnv kuru hen hy vi dho. Follow kohlaifin fb page

    1. wish wish says:
      July 30, 2026 at 10:30 pm

      Hehheheh yaeh ehenveema kuriah huri part thakah inthizaaru kohlan vaanee 😊… thank you for the FB follow koklila modi 🥰 Thikahala kituntherinnaky liyuntheringe kuri erun

  5. Nayaa Nayaa says:
    August 1, 2026 at 10:53 am

    omggg!! this is the best story im currently reading on esfiya. so good Masha Allah! keep going, wish you all the very best💕

    i have a theory about maahin and shifna inge.. varah salhi vaane dho ekamuge thereyga if maahin really falls for shifna but shifna finds out maahin aslu shifna use kury kan yooly aa kairi vaan.. and then he’ll definitely yearn😍 anyway let’s see dho dhen vaa gotheh.. so excited for the next episode!

    1. wish wish says:
      August 1, 2026 at 11:11 am

      Awwwwn… 🥹❤️ Thank you so, so much for this loabi loabi comment, Nayaa. You honestly made my day! It makes me so happy to see the love you’re giving this story. 🥺💖

      And about Maahin and Shifna… I absolutely love your theory! 👀 It’s really interesting, but I can’t say whether you’re right or wrong just yet. 🤭 You’ll have to be a little more patient and let the story unfold.

      I’m already so excited to see your reaction to the next episode. Thank you for being here and supporting my story—it truly means the world to me. 🫶🏻❤️

  6. BlackOrchid says:
    August 1, 2026 at 11:17 am

    Vaahaka kiyumakee meege kurin alhugandu kuraa hiyvi kameh noon. ekamaku mi vaahaka kiyan feshi hisaabun huttaa nulevun inge. varah nice.

    1. wish wish says:
      August 1, 2026 at 11:29 am

      Awwlheyy.. ❤️ Haadha loabi loabi comment ekey, BlackOrchid. ☺️ Varah ufaa vehje thi comment fenunyma.
      Wish ge vaahaka ah thi dhehvaa loaibaa tharuheebah hithuge funminun shukuriyyyaa. 💖 Mi fadha comments thah libuneema varah ufaavey ingey.
      Vaahaka kiyun hama kuriyah gendhan Vaane… In Sha Allah, Wish ves vaahaka liyun kuriyah gendhaanan, 🤍✨

Comments are closed.

Next Episodeނޭދެން ވަކިވާކަށް 28 ވަނަ ބައި←


All Right Reserved!