Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 25 ވަނަ ބައި

wish
wish Level 2100 Login10 Stories
July 23, 2026 6 Mins Read
2 Comments

އެވަގުތު ޔޫލީގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި އޮތް ކާރެކެވެ. އެއީ މާންގެ ކާރެވެ! ކާރުގެ ބިއްލޫރިގަނޑު ހުރީ ކުޑަކޮށް ތިރިކޮށްފައެވެ. ކާރުގެ އެތެރޭގެ ފަޑު އަނދިރިކަމުގެ ތެރެއިން، މާންގެ ތޫނު ދެލޯ ސީދާ ޔޫލީއަށް އަމާޒުވެފައި ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާ އެ މަންޒަރު ދުށްކަން ޔޫލީއަށް ޔަގީންވިއެވެ.

މާން އެސްފިޔަޖަހައިލުމެއް ނެތި ފުން ނަޒަރަކުން ޔޫލީއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު، ކާރުގެ ބިއްލޫރިގަނޑު މައްޗަށް އުފުލައިލިއެވެ.

ރިލްވާންގެ މޫނުމަތިން ފެނުނު ކުލަވަރާއި، އޭނާގެ ނާތަހުޒީބު އަމަލުގެ ސަބަބުން ޔޫލީގެ ހިތުގައި އުފެދުނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. ޔޫލީގެ މުޅި ހަށިގަނޑުގައި ގަދަ ރުޅީގެ ސަބަބުން ތުރުތުރެއް އެފެދުނެވެ. އަދި އަވަސްއަވަހަށް އަތުގެ ނުފުށުން ތުންފަތް ފޮހެލިއެވެ.

“ޔޫލީ… އައި އެމް ސޯ ސޮރީ… އަހަންނަށް… އައި ލޮސްޓް ކޮންޓްރޯލް… އައި ލަވް…” ރިލްވާން ހާސްވެފައި ހުރެ އަތް ހިއްލާލަމުން މައާފަށް އެދުނެވެ.

“ޝަޓް އަޕް… ލަދެއް ނުގަނޭތަ؟!” ޔޫލީ ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު ތުރުތުރުލަމުންދިޔައެވެ. “ކަލޭ ތިއީ ކޮން ކަހަލަ މީހެއް؟ ރިލްވާން! އަހަންނަކީ މީހެއްގެ އަންބެކޭ. ދެން ދުވަހަކުވެސް އަހަރެންގެ ގައިގާ އަތް ނުލާތި”

“އަތްބެކޭ؟” ރިލްވާން މަލާމާތުގެ ހިނިތުންވުމަކާއިއެކު ދިފާއުގައި ވާހަކަދެއްކިއެވެ. “ޔޫލީ، އަމިއްލަ ނަފުސަށް އޮޅުވާނުލާ. ޔޫލީއަކީ އޭނާގެ އަންބެއްގެ ގޮތުގައި މާން ބަލައެއްނުގަނޭ. ހީ ވިލް ނެވަރ ސީ ޔޫ އޭސް ހިސް ވައިފް… އޭނާގެ ހިތުގައި ވަނީ…”

ރިލްވާންގެ ޖުމުލަ މެދުކެނޑުނީ، މަގުގެ އަނެއްފަރާތުގައި އޮތް މާންގެ ކާރުގެ ކުރިމައްޗަށް ކުއްލިއަކަށް ހަލުވި ފިޔަވަޅުތަކެއްގައި އައި ޒޯޔާ ފެނުމުންނެވެ.

“ސީ ފޮ ޔުއަރސެލްފް ޔޫލީ” ރިލްވާން މަލާމާތުގެ ރާގުގައި އިތުރުކޮށްލިއެވެ.

ޒޯޔާ އައިސް ކާރުގެ ދޮރު ހުޅުވާލުމަށްފަހު، ކުރީ ސީޓަށް އަރައި އިށީނުމާއިއެކު، މާން ބާރު ދުވެލީގައި ކާރު ދުއްވައިލިއެވެ. އެ މަންޒަރު ބަލަން ހުރި ޔޫލީގެ ހިތަށް ތޫނު ކައްޓެއް ހެރުނު ކަހަލައެވެ.

*****

މާންގެ އަތް ކާރުގެ ސްޓިއަރިންގްގައި ބާރުކޮށްލެވުނީ ހިތުގައި އުފެދިފައިވީ ހައިޖާނުގެ ސަބަބުންނެވެ. އެ ބާރުގަދަ މުލައްދަޑީގެ މަސްގަނޑު ފުފި ނާރުތައް ހާމަވެގެން ދިޔަ މަންޒަރު ފެނި ޒޯޔާގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

މާންގެ ނަޒަރު މަގަށް ހުއްޓިފައިވީ ނަމަވެސް އޭނާގެ ލޮލުގެ ކުރިމަތީ އަދިވެސް ސިފަވަމުން ދިޔައީ އެ މަންޒަރެވެ. ޔޫލީ ހުރީ ގޭގައިވެސް އޭނާ ލައިގެންހުރި ހެދުމުގައެވެ. ގަޔަށްބާރުކޮށް ހުރި ކޮރޮޕް ޓޮޕް ކޮޅުން އޭނާގެ ބަޑުގެ ބައެއް ހާމައަށް ފެންނަން ހުއްޓެވެ. ލައިފައި ހުރި ކަކުލަށް ވުރެ އިންޗިއެއް މައްޗަށް ހުރި ޖީންސް ފޮތީގެ ސޯޓުން އޭނާގެ ދޮން ހިމަ ފައިވަނީ ފެންނާށެވެ. އެ ހާލަތުގައި ހުރި ޔޫލީއާއި ރިލްވާންގެ އެ ގައިގޯޅި ކަން މާންގެ ވިސްނުން އޮޅުންބޮޅުން ކޮށްފިއެވެ. ރިލްވާންގެ އަތުގެ ތެރޭ ޔޫލީވީ އިރު ރިލްވާންގެ އަތްވަނީ ޔޫލީގެ ހާމަކޮށް އޮތް އުނަގަނޑުގައި ވަށާލައިފައެވެ. ދެ ތުންފަތް ލާމެހިފައިވީ މަންޒަރުން އޭނާގެ ސިކުނޑި ހާސްވިއެވެ. ‘ އެ އަންހެން ކުއްޖާގެ ހާދަ ގޮތެއްނެތެވެ. އެ އެއްޗެހީގައި އޭނާ އެމީހާގެ ކުރިމައްޗަށް އެ ދިޔައީ ގައިމު އެ ދެމެދުގައި ގުޅުމެއް އޮންނާތީ ނޫންހެއްޔެވެ. އެ ކަމަށް އޭނާ ދެކޮޅު ހެދި ނަމަވެސް އެ މަންޒަރުން އެކަން ރަގަނޅަށް ފާޅުވެ އެނގިއްޖެއެވެ. އޭނާ މިއީ ކައިވެންޏެއް ކަމަށް ގަބޫލުނުކުރިޔަސް، އަދި އަހަންނަކީ ފިރިއެއްގެ ގޮތުގައި ބަލައިނުގަތް ނަމަވެސް، މި ގުޅުމަށް ކޮންމެވެސް ވަރެއްގެ އިހުތިރާމެއް ކުރަންޖެހޭނެ ނޫންހެއްޔެވެ.’ މާންގެ ހިތުގައިވީ ނުތަނަވަސްކަމެވެ. އޭނާ ޔޫލީ ކުށްވެރިކޮށް ޔޫލީގެ ދެކެ އިންތިހާ ރުޅިއައި ނަމަވެސް، އޭނާގެ ހިތް ރޮމުންދިޔައެވެ. އޭނާ ޔޫލީ ދެކެވާ ސާފު ތެދުވެތި ލޯބީގެ ސަބަބުންނެވެ. އޭނާ ވަނީ އެ ލޯބި ހިތުގައި ފޮރުވާފައެވެ.

“މަންނު އައި އެމް ސޮރީ .. މި ގަޑީގަ ޓެކްސީ އަކަށް ނާރަންވެގެން. ކާރު ހަލާކުވި ވާހަކަ ބުނީވެސް ވަރަށް ލަހުން، އެހެންވެ މާން ގާތު ބުނީ  ބަލާ އަންނަން.” ޒޯޔާ މަޑުމަޑުން މާންގެ އަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“ގައިގާ އަތް ނުލާވެސް ވާހަކަ ދެއްކޭނެ. މިއީ އެހާ ބޮޑު ކަމެއްނޫން.” ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން މާން، ޒޯޔާގެ އެ ބީހުމުގެ ސަބަބުން ކުޑަކޮށް ސިހުނެވެ.

“އޯ ސޮރީ.. ޔޫލީއާއި ރިލްވާންތަ އެތާ ތިބީ؟ އަހަންނަށް ހީވި އެމީހުންހެން… މަންނުއަށް ފެނުންތަ؟”

“ނުދެކެން” މާންގެ ޖަވާބު ކުރެވެ. އޭނާ އެ ވާހަކަ ޒޯޔާއާއި ދައްކާކަށް ބޭނުމެއްނުވެއެވެ.

“އަސްލުވެސް އެތާ ތިބީ އެ ދެމީހުންހެން ހީވަނީ.. އެއީ މަންނު ވައިފްއެއްނު.. ތި ހިތުގައިވަނީ ހަމައެކަނި ޔޫލީ.. އެކަމަކު އެ ހިތުގައި މާންގެ ނަން ވޭބާ؟” ޒޯޔާގެ ދުލުން ބޭރުވި ކޮންމެ ލަފުޒަކީ މާންގެ ބަލިކަށިވެފައިވާ ހިތަށް ޖެހި ވިހަ ތީރެއް ފަދައެވެ.

ތެދެކެވެ. އެއީ މާންގެ ހިތުގައިވެސް ވާ ސުވާލެކެވެ. ޔޫލީގެ ހިތުގައި އޭނާވޭބާވައެވެ. އެ ހިތުން މާންއަށް ޖާގައެއް ލިބޭނެ ހެއްޔެވެ.

ޒޯޔާ ގެއަށް ލުމަށްފަހު، މާން އެނބުރި ގެއާއި ދިމާއަށް މިސްރާބުޖެހީ، ހިތް ކުދިކުދިވެފައިވާ ހާލުގައެވެ. ގެއަށް އައިސް ކާރު ޕާކުކޮށްލުމަށްފަހު، އޭނާ ކާރުގެ ސްޓިއަރިންގްގައި ބޯޖަހާލައިގެން އިރުކޮޅަކު އިނެވެ. އޭނާ ފުން ނޭވާއެއްލުމަށްފަހު ކާރުން ފައިބައިގެން އައިސް ގޭގެ ދޮރު ހުޅުވައިލިއެވެ.

އޭނާ ސިޑިން އަރައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޔޫލީ އިނީ އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން، ކަރުނުން ފުރިފައިވީ ދެލޮލާއިއެކުގައެވެ. މާން ފެނުމާއިއެކު، އޭނާ އަވަސްއަވަހަށް އެނދުން ތެދުވެ މާންއާއި ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.

“މާން! މަޑުކޮށްބަލަ… އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ” ޔޫލީ ކަންބޮޑުވެފައިވީ އަޑަކުން ބުނެލިއެވެ. “މާންއަށް ތި ހީވަނީ އަދި..”

“އަހަރެން އެއްވެސް އިތުރު ތަފްސީލެއް، ނުވަތަ ބަހަނާއެއް އަޑުއަހާކަށް ބޭނުމެއް ނެތް” މާން ޔޫލީގެ ޖުމުލަ މެދުކަނޑާލިއެވެ. އޭނާގެ އަޑުގައިވީ ފުން ނަފުރަތާއި ފިނިކަމެކެވެ. “ޔޫލީގެ ދުލުން ބޭރުވާ ދޮގުތަކުން އަހަރެން މިހާރު ފޫހިވެއްޖެ. ޔޫލީއަށް ދުވަހަކުވެސް ތެދެއް ބުނެވޭހެންނެއް ހިއެއްނުވޭ.”

“ނޫން މާން! އަހަރެން މި ބުނަނީ ތެދަށް.. އެ ފެނުނު ގޮތަކަށް ނޫން ކަންތައް ހިނގީ…” ޔޫލީ ދިފާއުގައި އަނެއްކާވެސް ވާހަކަދައްކަން އުޅުނެވެ.

“ދެން ކިހިނެއް؟” މާން ކުރިއަށް ފިޔަވަޅެއް އަޅަމުން، ޔޫލީގެ މޫނަށް ސީދާ ބަލައިލިއެވެ. އޭނާގެ ދެލޮލުން ރުޅިވެރިކަމުގެ އަލިފާން ފާޅުވަމުންދިޔައެވެ. “އެފަދަ ބޭއަދަބީ، ލަދުކުޑަ ހެދުމެއްލައިގެން، މެންދަމުގެ ވަގުތު އޭނާގެ ކުރިމައްޗަށް ތިދިޔައީ ދެން ކޮން މަގްސަދެއްގަޔޯ؟ ގަޔަށް ބާރު ކްރޮޕް ޓޮޕަކާއި، ބަނޑާއި ފައި ހާމައަށް އޮތް ކުރު ސޯޓެއްލައިގެން ތި ނުކުތީ އޭނާއަށް ދައުވަތުދޭން ނޫން ދެން ކޮންކަމަކުހޭ؟ ޔޫލީ ހަމަ އެކަމަށް ބޭނުންވެގެން، އަމިއްލައަށް ދައުވަތުދީގެން ހުރީ …. ޔޫލީގެ ގޮތެއް ނެތްކަން މިރޭ ސާބިތުވެއްޖެ”

މާންގެ އެ ހަރުކަށި، ވިހަގަދަ ބަސްތަކުން ޔޫލީގެ ހިތް ކުދިކުދިވިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ތަނަށް ދިޔަ މަގުސަދު ހަނދާނަށް އައެވެ. އެހެންކަމުން އޭނާ ފަހަތަށް ޖެހުމުގެ ބަދަލުގައި މާންއާއި ދިމާއަށް ފިޔަވަޅެއް ކުރިއަށް އެޅިއެވެ.

“ގޮތެއް ނެތޭ؟؟ މީ އަބަދުވެސް އަހަރެން ހެދުން އަޅާ ގޮތޭ.. އޭގެ މާނަ އަކީ ދެން ހުރިހާ އެންމެން އަހަރެން ގައިގަ އަތްލާށޭތަ؟؟؟ އަހަރެން މިއީ ދޮގުހަދާ މީހާއޭ؟ އަހަރެން ކޮން ދޮގެއްތަ ހެދީ؟؟” ޔޫލީ ހަޅޭއްލަވައިގަތެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔަ ނަމަވެސް، މޫނުމަތިން ފެންނަމުންދިޔައީ ނުގުޑާފަދަ ސާބިތުކަމެކެވެ. “މާންއަށް ހީވަނީ ދުނިޔޭގެ އެންމެންނަކީވެސް މާން ކަހަލަ މަކަރުވެރި، ދޮގުވެރިން ކަމަށްތަ؟ އަހަރެން ނޫން މިތަނުގައި ދޮގުހަދައިގެން އުޅެނީކީ… މާންއަށް އެންމެން ދޮގުވެރިންނަށް ވެގެން ތިއުޅެނީ، އަމިއްލައަށް ސިއްރުން ލޯބިވެރިޔާ ގޮވައިގެން ގުޅުން ހިންގަމުންދާތީ…. ތިމާ އަމިއްލައަށް އުޅެވޭ ގޮތުން އެހެން މީހުންގެ ބޮލުގައި ހަޑި އިލްޒާމު އަޅުވަން ތިއުޅެނީ”

“ޔޫލީ….” މާން ހަރުކަށި އަޑަކުން ބާރަށް ގޮވައިލިއެވެ.

“ކީއްވީ؟ ހަގީގަތް ބުނީމާ އަޑުއަހަން ކެތްނުވީތަ؟” ޔޫލީ ފަސްޖެހުމެއް ނެތް ރާގަކަށް ޖަވާބުދިނެވެ. “މަގުގެ އަނެއްފަރާތުގައި މާންގެ ކާރު އޮތްއިރު، އޭގެ ތެރެއަށް ޒޯޔާ އަރައިގެން ދިޔަ މަންޒަރު އަހަރެންގެ އަމިއްލަ ލޮލުން ދެކުނިން.. މެންދަމުގެ ވަގުތު، ލޯބިވެރިޔާ ގޮވައިގެން ސިއްރުން ބުރުޖަހަންދާ މީހަކު، އަހަރެންގެ ގޮތެއް ނެތިގެން އެ ވާހަކަދައްކާނެ ޖާގައެއް ނޯންނާނެ”

ކޮޓަރިތެރެއަށް ވެރިވެގެންދިޔައީ ނޭވާ ހާސްކުރުވާފަދަ ނުތަނަވަސްކަމެކެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައިވީއިރު، އެކަކުވެސް އަނެކަކަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ. ޒުވާބުގެ އަލިފާންގަނޑު ދިޔައީ ދުވަހަކުވެސް ނުނިވޭނެ ފަދައިން މުޅި މާހައުލުގައި ރޯވަމުންނެވެ.

މާންގެ ދަތްކުނޑިވިކި، މުޅި މޫނު ރުޅިން ރަތްވެގެންދިޔައެވެ. ޔޫލީ އޭނާގެ ބޮލުގައި އެފަދަ ހަޑި އިލްޒާމެއް އަޅުވައި، އަމިއްލަ ކުށް ފޮރުވަން އުޅުމުން އޭނާގެ ކެތްތެރިކަން މުޅިން ކޮޅުންލައިފިއެވެ. އޭނާ ޔޫލީއާ މާ ކައިރިއަށް ޖެހިލަމުން، ހަރުކަށި އަޑަކުން ރައްދުދިނެވެ.

“ޒޯޔާއާއިއެކު އަހަރެން ގުޅުމެއް ހިންގަނީއޭ؟” މާންގެ އަޑުން ފާޅުވަމުންދިޔައީ ރުޅިވެރިކަމެވެ. “ތި ދައްކަނީ ކޮން ކަހަލަ ތާކުންތާކުނުޖެހޭ ވާހަކައެއް؟ އާނ! ޔޫލީއަށް ފެނުނީ ހަމައެކަނި ޒޯޔާ އަހަރެންގެ ކާރަށް އެރި މަންޒަރު. އެކަމަކު… އެކަމަކު އަހަރެންގެ ލޮލުން ދުށީ ކޮން މަންޒަރެއްކަން އެނގޭތަ؟”

މާން ޔޫލީގެ ދެލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ، އޭނާގެ އަޑުގެ ބާރުމިން އިތުރުކޮށްލިއެވެ. “އައި ސޯ ޔޫ އިން ހިސް އަރމްސް .. ކިސިންގ ހިމް! އަހަރެން އަމިއްލަ ލޮލުންނޭ ފެނުނީ! ސޯ ހަގީގަތުގައި ނަހަމަ ގުޅުމެއް ހިންގަނީ ކާކުކަން މިރޭ ވަރަށް ސާފުކޮށް އެނގިއްޖެއެއްނު”

“މާން…” ޔޫލީގެ އަޑު ތުރުތުރުލައިގަތެވެ. މާން އެ މަންޒަރު އެހާ ސާފުކޮށް ދުށްކަން އެނގުމުން އޭނާގެ ހިތަށް ސިހުން ލިބުނެވެ.

“އިތުރަށް އެންމެ ލަފުޒެއްވެސް ބުނާނެ ކަމެއް ނެތް!” މާން ޔޫލީއަށް ފަސްއެނބުރި، ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ހިތް ވަނީ ކުދިކުދިވެފައެވެ. ޔޫލީދެކެ ވީ ސާފު ލޯބީގެ ބަދަލުގައި މިފަދަ ހިތްދަތިކަމެއް ލިބުމުން އޭނާ އިތުރަށް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ.

“އައި ޑިޑް ނޮޓް ކިސް ހިމް! ޒޯޔާ ތި އަތުތެރޭ ނޯވޭތަ؟” ޔޫލީ ބާރަށް ހަޅޭއްލަވައިގަތެވެ.

ކޮޓަރިން ނުކުންނަން ހިނގައިގަތް މާން ފަސްއެނބުރި ބަލައިލިއެވެ.

“އަހަރެންގެ ލޮލަށް ފެނުނު މަންޒަރު ދޮގުކުރަންވީ؟ ޔޫލީއަށް އަހަރެން އިތުބާރު ކުރާނީ ކިހިނެއް؟ އަހަންނާއި ޒޯޔާއާއި އަޅުވައިކިޔުމުގެ ބޭނުމަކީ ކޮބާ ޔޫލީ؟” ޔޫލީގެ ދެލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ، އެތައް ސުވާލެއް ކޮށްލުމަށްފަހު މާން ކޮޓަރިން ނުކުތެވެ.

ޔޫލީ އެނދުމައްޗަށް ވެއްޓިގަނެ، ބާލީހުގައި މޫނު ފޮރުވައިލަމުން ބާރަށް ރޮއިގަތެވެ. ‘އެ ފޮޓޯ އަހަރެންވެސް ދޮގު ކުރަންވީތަ؟’ އެ އަޑު އިވޭނެ މީހަކު ނެތް ނަމަވެސް މަޑުމަޑުން ޔޫލީ ބުނެލިއެވެ.

ޔޫލީގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ކޮޓަރީގެ ތެރޭގައި، އަމިއްލަ ނަފްސާ ވާހަކަދައްކަމުންދިޔައިރު އޭނާގެ އަޑުގައިވީ ނަފުރަތާއި ވޭނެވެ.

” ‘ހީ ސްޓޯލް މައި ފަސްޓް ކިސް’… އަހަރެން ހީކުރީ އެއީ ތެދުވެރި އެކުވެރިއެއް ކަމަށް. އެކަމަކު… ފިރިހެނުންނެއް ރަނގަޅެއް ނުވާނެ. އިތުބާރު ކުރަން ހެޔޮވެސް ނުވާނެ!” ޔޫލީ ކަރުނުން ފުރިފައިވީ ހާލު، ބާލީހުގައި ބާރަށް ބައްދާލަމުން ދަތްކުނޑިވިކާލިއެވެ. “ދެން ހުރީ އެ ބީސްޓްގަނޑު… އޭނާ ބޭނުން ވަރަކަށް ޒޯޔާއާއި އެކީ އުޅެއުޅެފައި އައިސް، އެހެރީ އަހަންނާއި ދިމާލަށް ކިޔާ އެއްޗެހި! ހީވަނީ ހަމަ އަހަރެން ބޭނުންވެގެން ހިނގި ކަމެއްހެން މިއީ. ދައްކާ ވާހަކައެއް އަޑުވެސް އަހާ މީހެއް ނޫނޭ… ބޮޑު ފުރޭތަގަނޑު!”

*****

ދުވަސްތައް މާޒީގެ ސަފުހާތަކާއި އެކުވެގެންގޮސް، މާންއާއި ޔޫލީގެ ދެމެދުގައި ހިނގި ހަނގުރާމައަށް ހަފުތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. އެރެއަށްފަހު، ދެމީހުންގެ ދެމެދުގައި އެންމެ ލަފުޒެއްގެ މުއާމަލާތެއްވެސް ނުހިނގައެވެ. އެއް ފުރާޅެއްގެ ދަށުގައި، އެއް ގެއެއްގައި ދިރިއުޅެމުންދިޔަ ނަމަވެސް، ދެމީހުންވެސް ދިޔައީ އެކަކު އަނެކަކަށް ފިލައިގެން، ވީހާވެސް ދުރުމިން ބެހެއްޓުމަށް ނުހަނު މަސައްކަތް ކުރަމުންނެވެ.

މާން ގޭގައި އުޅޭ ވަގުތު ވަރަށް މަދެވެ. ގޭގައި އުޅޭ މަދު ވަގުތުކޮޅުގައި ނާއިލްއާއި ވާހަކަދައްކާލައި، އާދައިގެ ގޮތަކަށް އުޅެވޭތޯ އޭނާ ބަލައެވެ. އެ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ބޮޑު ހަމަނުޖެހުން ނާއިލްގެ ކުރިމަތީގައި ފޮރުވައި، ސިއްރުކުރުމަށް އޭނާ އިންތިހާއަށް މަސައްކަތް ކުރަމުންދިޔައެވެ. ގޭގައި ގިނަވަގުތު ނޫޅެވޭތީ، އޭގެ ބަހަނާއަކަށް އޭނާ ދައްކަނީ އޮފީހުގެ ބުރަ މަސައްކަތްތަކެވެ. މާން ގެއަށް އަންނަނީ ދަންވަރުގެ މެންދަމުން އޮއްސި، މުޅި ދުނިޔެ ހިމޭންވާ ފަހުންނެވެ. ސޯފާގައި އޮށޯވެލައިގެން ނިދުމަށްފަހު، ހެނދުނު ޔޫލީ ހޭލުމުގެ ކުރިން އޭނާ ގެއިން ނުކުމެގެން ހިނގައިދެއެވެ.

ޔޫލީވެސް މާންއާއި ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ކެއްކުމުގެ ކަންކަން އުދަގޫކަމުން އޭނާ ގިނައިން ކައިއުޅެނީ މިހާރު ބޭރުންނެވެ. ގޭގައި ހުންނަ ދުވަހެއްގައި ވިއްޔާ ޕާނެއްގައި ޖޭމް ޖަހައިލައިގެން ކާލަފާނެއެވެ.

މިޔަދުވެސް އޭނާ އެ އިނީ ޝިފްނާއަށް އާދޭސް ކޮށްގެން އޭނާއާއިއެކު މެންދުރު ކެއުމަށް ރެސްޓޯރެންޓްއެއްގައެވެ.

“އަހަރެން ޔޫއަށް އިންޓްރޮޑިއުސް ކޮށްދޭން ބޭނުންވާ މީހަކު އެބަ އާދޭ އިނގޭ..” ޝިފްނާ އުފާވެރި މޫނަކާއިއެކު، ބޮޑު ސިއްރެއް ހާމަކުރާ ފަދަ ރާގަކަށް ބުނެލިއެވެ. އޭނާގެ އަޑުގައިވީ އުފާވެރިކަމެކެވެ.

“ޝިފް .. ޔުއަރ ބޯއިފްރެންޑް؟؟” ޔޫލީގެ މޯޅިވެފައިވާ މޫނުމައްޗަށް ކުއްލިއަކަށް ޝައުގުވެރިކަމުގެ ކުލަވަރު ވެރިވެގެންދިޔައެވެ.

” ނޮޓް އިޔެޓް.. އެކަމަކު އައި ވޮޑް ލަވް ހިމް ޓު ބީ.. ޔޫ އަށް ފެނިފަ ހުރި މީހެކޭ އެއީ” ޝިފްނާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

“ކާކުތަ؟” ޔޫލީ ވިސްނައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “ޑޯންޓް ޓެލް މީ އިޓްސް ރިލްވާން!”

“ނޯ… ނޯ… އެކަމަކު ކީއްވެތަ އޭނާދެކެ ކުއްލިއަކަށް ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ؟” ޝިފްނާ ހައިރާންވެފައި އަހައިލިއެވެ.

“ހާއި ޝިފޫ”

ފަހަތުން އިވުނު ފިރިހެންވަންތަ އަޑަށް ޔޫލީ މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ.

***ނުނިމޭ***

ވާހަކައިގެ މިބައިވެސް ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަން.

ތިޔަ ކުޔުންތެރިންގެ ހިޔާލްތަކަށް އަބަދުވެސް މަރުހަބާ ކިޔަން. ވާހަކަ ކިޔާލާފައި ކޮމެންޓެއް ކޮށްލާނެކަމަށް އުންމީދުކުރަން.

-ވިޝް-

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ދުރުވާން ޖެހުނަސް

Next

ހިމޭން 12

Next
July 23, 2026

ހިމޭން 12

Previews
July 23, 2026

ދުރުވާން ޖެހުނަސް

2 Comments!

  1. Koklila modi says:
    July 23, 2026 at 10:40 pm

    Finally kiyaalevijje varah reethi. Rilwaan mi ves zoyaage puppet eh dho. Maan and yooli ge misunderstandings avaha clear vaane nama. Dhemeehun ves loabivaairu ulhen jehey gotbun vara dhera

    1. wish wish says:
      July 23, 2026 at 11:53 pm

      Koklila modi varah ufaa vehje comment kohlyma .. adhi thihaa shauguverikamaa eku mi vaahaka kiyaathy varah ufaa vehje ingey… maan and yooly ge hithuga mi ohnany loabi dho .. hehe … ingidhaane thaa dho dhen vaa gotheh …

Comments are closed.



All Right Reserved!