Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް – މާންގެ ފޮތުން ގަނޑެއް

Listen to this story Audio · 1:05 Powered by Esfiya Voice
0:00 1:05

މިއީ މާންއަށް ޔޫލީއާއި ރިލްވާން މަގުމަތިން ފެނުނު ރޭ، މާން އޭނާގެ ފެހި ފޮތުގައި އޭނާގެ ހިތުގެ ޒަހަމްތަކަށް ފަރުވާއެއް ލިބޭތޯ ދޫކޮށްލާފައިވާ ޅެމެކެވެ.

*********

ހައްގު ތެދެކޭ މީ ބުނާ، ހިތްވަނީ އަދު ފިސްވެފާ
ގަސްތަކުން ނޫނޭ އިނގޭ، ހިތުގައި ތިނަން އަދު ލިޔެވުނީ
ނަފްސު ނެތް ބާރެއް މަގޭ، ބޭނުން ވިޔަސް ދުރުގާ ވުމަށް
ހަތުރު ކަމު ހީކޮށް ކަލާ، ހިތްދަތި ކަމޭ މިހިތަށް ދެނީ
މަކަރު ދޮގު ހެދުމުން ކަލާ، މިހިތަށް މަގޭ ކެތް ވާނެހޭ
އަބަދުއަބަދާ ބޭވަފާ، އަމަލުންނެ ހިތް އަދު ރޮއްވަނީ
ނަމަކު ވީ ކައިވެންޏެކޭ، ގަދަރެއް ނުކޮށް ހެޔޮ ވާނެހޭ
ގަދަރު ނެތް ފިރިއެއްކަމަށް، އަމަލުން މަށަށް ތިޔަ ދައްކަނީ
ނަޒަރު ހިނިތުންވުން ކަލާ، މައުސޫމު ވީ ކުށްހީއެކޭ
މަކަރު ހީލަތްތެރިކަމުން، މިހިތަށް އަސަރު އަދު ފޯރަނީ
އަމަލު ދެއްކީ ބޭވަފާ، ނަފްރަތުގެ އަލިފާން ރޯވިޔޭ
އަތުތެރޭ ޔޫލީ ވުމުން، ވީ ބޭވަފާ ނުފިލާ ވަނީ

*********
މާންގެ މި ހާއްސަ ހަދިޔާ ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދިޔަ ކަމަށް އުންމީދުކުރަން.

-ވިޝް-

Comments (2)

  1. Koklila modi

    Wow wish hama lhenverikamah ves ehaa molhey dho varah asaru gadha.

    1. wish
      Koklila modi

      Awwn… Shukuriyyaa koklila modi, varah ufaa vehje thikahala loabi comment eh kohlyma… haassa koh mi kan kamakee Wish ah hama mulhin aaa kan kan veema… Adhi hama varah varah ufaavey konme post akah koklila modi comment kohlaathy… comment ah inthizaaru ves kurevey hama ingey ☺️ mi lhemakee Maan ge hiy hissaa kuraa ekuveriyaa aa hissaa kohfaa vaa lhemeh ingey ehenveema Maan ge haalathah ves visnan vaane 🤣

Comments are closed.