ދެވުނީ ވޭނޭ 68
“ކޮން ކްލާސް މޭޓެއް؟ ކޮން ކަހަލަ ހަނދާންތަކެއް އާވީ؟” ޒަވިއަން އެހިއެވެ. “ވަރަށް އަންކޮމްފޮރޓެބަލް ހަނދާންތަކެއް. އެހާ ރަނގަޅަކަށް ސާފެއް ނޫން. ފަހަރެއްގައި ދެވަނަ ފަހަރަށް ދިމާވިއްޔާ އެނގިދާނެ ކަންނެ އޭނާ ކުރި ކަންކަން. އެ ކްލާސްމޭޓަކީ ނާއިލް. ބުންޏަސް ޒެވް އަށް ނޭނގިދާނެ ކަންނެ.” އަރީން ބުނެލިއެވެ. އެ އަޑު އަހައިފައި ޒަވިއަންގެ ދެލޯ މުދުނަށް އެރިއެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން އުޅޭ ފަދަ ގޮތަކަށް ދަތްކުނޑި ވިކާލިއިރު އެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ނުރުހުމުގެ އަސަރުތަކެވެ. އަރީން ހުރީ ޒަވިއަނަށް މިއައި ކުއްލި ބަދަލު ފެނި ފާޑަކަށް ބިރުގެންފައެވެ. އެ ތޫނު ނުރައްކާތެރި ނަޒަރަކީ އަރީނަށް އޮޅިފައިވާ އެއްޗެއް ނޫނެވެ.
“ދެން އޭނާ މިތަނަށް އައިއްޔާ ސެކިޔުރިޓީ އަށް ގުޅާތި. ރީން އަށް ތި ޙާލު ޖެއްސީ ނާއިލްމެން. އެއީ ރީނަށް ވަރަށް ގެއްލުން ދީފަ ހުރި ފިރިހެނެއް” ޒަވިއަން ބުނެލިއެވެ. އަރީން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އޭރު ވެސް ހިތުގެ ތެޅުމުގެ އަޑު ސާފުކޮށް އިވެން ހުއްޓެވެ. ޒަވިއަނަށް މިކަން ފާހަގަ ވުމުން އަރީންގެ މޭގައި އަތް އަޅާލިއެވެ.
“ހަމަ އެހާ ބިރުގެންފައިތަ ތި ހުރީ؟ އަހަރެން ނޫޅެމޭ ރީނަށް ގޮތެއް ހަދާކަށް.” ޒަވިއަން މަޑުމަޑުން އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަރީން ޒަވިއަންގެ ގައިގައި ބައްދާލައިފިއެވެ. “އާނ. ބިރުގަންނާނެއްނު ކުއްލިއަކަށް ޑެތް ސްޓެއަރ އެއް ދިނީމަ. ބައެއް ފަހަރު ތި ދެލޯ ކަނޑީގެ މިޔަހާ ތޫނޭ.” އަރީން ބުނެލިއެވެ.
“އައިމް ސޮރީ. އަދި ވެސް ރުޅި ކޮންޓްރޯލް ކުރާކަށް ނޭނގޭ. ރީން ކުރިމަތީގައި މިހާ ހަމަޖެހިގެން ހުރެވެނީ ވެސް.” ޒަވިއަން އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން ބުނެލިއެވެ.
“ކަލޯ ގަޔާ ސަޓަންޏާ. ސުބުޙާނައް ﷲ. އަހަރެންގެ ލޮލުގެ ފެނުމަށް ނުބައި ގޮތެއް ވީތަ؟ ކިރިޔާއޭ ހާޓް އެޓޭކެއް ނުޖެހުނީ.” ޒަވިއަނަށް ސިހިފައި ދުރަށް ޖެހިލެވުނީ ލީވާންގެ އަޑު އިވުމުންނެވެ. އޭރު ދޮރުގައި ލެނގިލައިގެން މޭގައި ދެއަތް އަޅާ ދެލޯ ބޮޑުކޮށްލައިގެން ލީވާން ހުރީ ފުރޭތައެއް ފެނުނު ފަދައިންނެވެ. އެހާ ވެސް ޑްރާމާ ބޮޑެވެ.
“ޕިސްޕިސް. ކަލޭ ހާދަ ޑްރެމެޓިކް ވެގެން ކީއްތަ ތި ކުރަނީ؟” ޒަވިއަން ކައުންޓަރު ވަށާލައިފައި ނުކުންނަމުން އެއްޗެހި ކިޔައިގަތެވެ. އަރީން ކައުންޓަރުން ފުންމާލައިގެން ގޮސް އޭނާގެ ދަބަސް ނަގައިފިއެވެ. އަރީން ހުރީ ލީވާނަށް އެ މަންޒަރު ފެނުނު ކަން އެނގުމުން ލަދުގެންފައެވެ.
“ޒެވް އެންޑް ރީން. ދެ މީހުން އެކަކު އަނެކަކުގެ ގައިގައި ބައްދައިގަނެގެން ހުރި މަންޒަރު ފެނުނިއްޔާ ނުސިހޭނެތަ؟ ބްރޯ ރީންގެ ހަނދާންތައް ދިޔައިމަ އޭގެ ނާޖާއިޒު ފައިދާ ނަގަނީތަ؟” ލީވާން ފާޑަކަށް ލޯ އަޅާލަމުން ބުނެލިއެވެ. ޒަވިއަން ފުން ނޭވާއެއް ލަމުން އިސްތަށިގަނޑަށް އަތް މަހާލައިފިއެވެ.
“ކަލޭ އަށް ކަމެއް ސިއްރު ކުރާކަށް ފަސޭހައެއް ނުވާނެ. ރީންގެ ހަނދާންތައް މަޑުމަޑުން އެނބުރި އަންނަން ފަށައިފި. ރީން އަހަރެންނަށް ހުއްދަ ދިނީމަ އޭ ގާތްވީ. އަހަރެމެން މިއީ ދެން އިނދެގެން އުޅޭ ދެމަފިރިންނެއްނު. މައްސަލައެއް އެބަ އޮތްތަ ކިތަންމެ ގޮތަކަށް އުޅުނަސް. އިލެވެން މުސްކުޅި ވާ އިރު ވެސް ކުއްޖަކު ނުހޯދަ ހުރެގެން އެހެން މީހުންނަށް ފާޑުފާޑުގެ ގޮތްގޮތަށް ބަލާނެ ކަމެއް ނެތް.” ޒަވިއަން ބުނެލިއެވެ. މިއާއި އެކު ލީވާން އަނެއްކާވެސް ދެލޯ ދެ ކާށި ކިބައަށް ހަދާލައިފިއެވެ. އޭނާ އަށް އެކަން ނަގައިގަންނަން ވަގުތުކޮޅެއް ނެގިއެވެ.
“އެކްސިޑެންޓުވީ ރޭގައި ކަންތައް ވީ ގޮތް ހަނދާން އެބަހުރިތަ؟” ލީވާން އަރީންގެ ކުރިމައްޗަށް އަރަމުން އެހިއެވެ. އަރީން ހަމައެކަނި ބޯ ހޫރާލީއެވެ. “އެ ވާހަކަ ދައްކާނެ ކަމެއް ނެތް. ވަގުތާއި އެކު އެ ކަންކަން ހަނދާނަށް އަންނާނެ. ދެން ހިނގާ ގެއަށް ދާން. އެންޑް ޔޫ. ރީންގެ ހަނދާންތައް އެނބުރި އަންނަން ފެށިކަން އެހެން އެކެއްގެ ގާތު ވެސް ބުނެގެން ނުވާނެ.” ޒަވިއަން ގޮސް އަރީންގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.
“މިރޭ އަންހެނުން ގާތު އޮންނަންތަ ކުރިން މަސައްކަތް ނިންމާލަން ތި އުޅެނީ؟ ޒެވް ދިޔައިއްޔާ އަހަރުން ވެސް ގެއަށް ދާނީ.” ލީވާން ހަށަން ބަނދެލަމުން ބުނެލިއެވެ. ލީވާންގެ ވާހަކަ ހުރި ގޮތުން އަރީން އިތުރަށް ރަކިވީއެވެ. “އަމްމް. އަހަރެން ގޮސްފާނަން ޓެކްސީއެއްގަ. ޒެވް ދާން ވީނުން އިލެވެން އާއި އެއްކޮށް. ކުރަންޖެހޭ ކަންކަން ނިންމާފަ ގެއަށް އާދެވޭނެއްނު.” އަރީން ޒަވިއަންގެ އަތް ނައްޓުވާލަމުން ބުނެލިއެވެ.
“ކިހިނެއް އެނގޭނީ އޭރަށް ވާއިރަށް ރީން ނިދަން ނާރާނެ ކަމެއް. އަހަރެން ބޭނުމެއް ނޫނޭ މިރޭ އެހާ އަވަހަކަށް ނިދާކަށް. ވީ ޝުޑް މޭކް އަޕް ފޯރ ދި ޓައިމް ވީ ލޮސްޓް. އެ ސޮރު ދައްކާ ވާހަކަ އަހާނެ ކަމެއް ނެތް.” ޒަވިއަން އަރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ލީވާނަށް ހިންދިރުވާލެވުނީ ޒަވިއަން މިހާ ރޮމޭންޓިކް ވެދާނެ ކަން ދުވަހަކު ޚިޔާލަށް ވެސް ގެނެވިފައި ނުވުމުންނެވެ. އެހާ ފާޅުގައި އެ ކަހަލަ ވާހަކައެއް ބުނަން ކިރިޔާ ވެސް ފަސް ނުޖެހެއެވެ. އަރީންގެ ޙާލަކީ ތޯއެވެ. އޭނާ ލަދުން ވިރެނީއެވެ.
“އެހެންޏާ ވެސް ޒެވް ނާންނަނީ ހެންނެއް އަހަރެން ނުނިދަމެއްނު. ދެން ވެސް އަހަރެން ދޫކޮށްލާފައި މަސައްކަތަށް ދޭބަލަ. އަހަރެން ބޭނުމެއް ނޫން ޒެވް ޑިސްޓްރެކްޓް ކުރާކަށް.” އަރީން ތުންފަތުގައި ދަތް އަޅާލަމުން އެދުނެވެ. ޒަވިއަން ކުއްލިއަކަށް އަރީން ގާތަށް ޖެހިލަމުން އެ ފިޔާތޮށި ކުލައިގެ ތުންފަތް ލޯބި ކޮށްލައިފިއެވެ. އެހެނަސް އެ އަތުން ދުލެއް ނުކޮށްލައެވެ. ލީވާން ފަކީރު ލޯމަތީ އަތް އަޅާލަމުން އަނެއް ފަރާތަށް މޫނު އަނބުރާލައިފިއެވެ.
“ބްރޯ. ހަމަ އެހާ ކެތްނުލަވަނީތަ؟ ނިކަން މަށާ މެދު ވިސްނާލައިފައި ވިޔަސް އެ ކަހަލަ ކަންކަން ސިއްރުން ކޮށްބަލަ. އަނެއްކާ ޒެލީ އަށް ފެންނަ ހިސާބެއްގައި ތިޔަހެން ނޫޅޭތި.” ލީވާން ޒަވިއަންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. “އިލެވެން ކަޑަކުރާށޭ އެހެން ހެދީ. އޭރުން ކޮންމެވެސް ދިމާލަކުން ކުއްޖަކު ހޯދަފާނެއްނު. އަހަރެމެން ތިން މީހުންގެ ތެރެއިން އަންހެން ކުއްޖަކު އެ ކަހަލަ ގޮތަކަށް ހަޔާތަށް ގެނެސްފަ ނެތީ ބްރޯ އޭ. ތިރީސް އަހަރު ވާށޭ މިހާރު ތި އުޅެނީ. އެ ގައިނާ އެއްތޯ ޗައިނާ އެއްގެ މަތިން އަދިވެސް ހަނދާން ނައްތާ ނުލެވެނީތަ؟ އެއީ ކޮން ޒަމާނެއްގެ ކަމެއްތަ؟” ޒަވިއަން ލީވާންގެ ބުރަކަށީގައި ޖަހާލަމުން ބުނެލިއެވެ.
“އަހަރެން އެކަމުން އަރައިގަތްތާ މިހާރު ހައެއްކަ އަހަރު ވެދާނެ. އަހަރެން އެކަންޏެއް ނޫނޭ ކައިވެންޏަކަށް ނުގޮސް މި ހުރީ. އިއްސޭ ވެސް އެ ހުރީނުން ހިތުގައި ޖެހިފަ. އަހަރެން ހިޔެއް ވެސް ނުކުރަން ސުމައްޔާ އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަށް. އެކަމަކު ދެން ބައެއް އަންހެނުންގެ ގޮތް ދޯ. އައިނާ ވެސް އަހަރެންނަށް ތަފާތު ގޮތަކަށް ވިޔަސް ހަމަ އެފަދައިން އަހަރެންގެ އިހުސާސްތަކާއި ކުޅެލީ ވިއްޔާ.” ލީވާން ރައްދުގައި އެހެން ބުނެލީ ޒަވިއަންގެ ކަންފަތްދޮށުގައި ވައި އަޑުންނެވެ.
“ޝަޓް އަޕް. ސުމީ އާއި އައިނާ އާ އަޅާކިޔާނެ ކަމެއް ނެތް. އެ އަންހެނާ އަށް ވުރެ ސުމީ އަކީ މާ ރަނގަޅު މީހެއް. އިތުރު ވާހަކަ ނުދައްކާ މަސައްކަތަށް ދޭ. މި އަންނަނީ ރީން ގެއަށް ލާފަ.” ޒަވިއަން ނުރުހުންތެރިކަމާއި އެހެން ބުނެލީ ހަމައެކަނި ލީވާނަށް އިވޭ ވަރަށެވެ.
“ސުމައްޔާ އާއި ދިމާލަށް އެއްޗެއް ބުނެގެން މި ޒެވް އެހާ ރުޅިއަންނަން ޖެހޭތަ؟ ރީންގެ އެންމެ ގާތް އެކުވެރިޔާ އަށް ވިއްޔޭ ކިޔާފަ އޭނާ ދިފާއު ކުރަން ޖެހޭތަ؟ އިއްސޭ އަކީ ވިއްޔާ އަހަރެމެންގެ ޒަމާންވީ މިތުރަކީ.” ހިތާހިތުން ލީވާން އެހެން ބުނެލަމުން ބޭކަރީއިން ނުކުމެއްޖެއެވެ. “ޒެވް ނުދަނީތަ. ލެޓްމީ ގޯ. ޓެކްސީއެއް ހޯދާކަށް އުނދަގުލެއް ނުވާނެ.” އަރީން އަތަށް ދަމާލަމުން ބުނެލިއެވެ.
“ނޫނޭ. ރީން ގޮވައިގެން އައީ ވެސް އަހަރެންނެއްނު. އެހެންވީމަ ދާންވާނީ ވެސް އެކުގައި. ލައިކް އައި ސެއިޑް ބިފޯރ، ޔޫ އާރ އިން ޑޭންޖާރ. ކިހިނެއް ރީން އެކަނި ފޮނުވާލާފަ އަހަރެން ހަމަނޭވާ ލާނީ. އެއަށްވުރެ ލޯބިވޭ ވިއްޔާ. އައިމް ރިއަލީ އޮބްސެސްޑް ވިތް ޔޫ ހަނީ.” ޒަވިއަން އަރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. އަރީން ތުންފަތުގައި ދަތް އަޅާލަމުން އިސް ޖަހާލައިފިއެވެ. ބޭކަރީ އިން ނުކުމެ އެތަން ތަޅުލައިފައި ކާރާއި ހަމައަށް ދެވޭންދެއް ޒަވިއަން އެހާ ގާތުގައި ހުއްޓެވެ. މަގުގައި އުޅުނުހާ ބައެއްގެ ނަޒަރު އެމީހުންނަށް އަމާޒުވެފައި ހުރިކަން އެނގުމުން އަރީނަށް ހީވީ ލަދުން މަރުވެދާނެ ހެންނެވެ.
ކާރު ދުއްވައިފައި ދެވަނަ ފިޔަވައްސަށް އެރިއިރު އަރީން އިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. “ދެމީހުން މާ ސިއްރު ސިއްރުން ކޮން ވާހަކައެއްތަ ދެއްކީ؟” އަރީން އެހިއެވެ. “އެއީ… އެއީ ވަރަށް ކޮންފިޑެންޝިލް ކަންތައްތަކެއް ވީމަ. ސޮރީ.” ޒަވިއަން ބުނެލިއެވެ. “އޯވްހް. އަދި އެއް ސުވާލު. މިހާރު ކީއްވެ ޖަންނާ ނުފެންނަނީ؟ ފަލަކާއި އެކު އައްޔަނު ކުރެވުނު ހަށިފާރަވެރިއެކެއްނު އެއީ. އައި މިސް ހާރ. ވަރަށް ހިތްހެޔޮ އެކުވެރި ކުއްޖެއް އެއީ.” އަރީން ފުން ނޭވާއެއް ލުމަށްފަހު ބުނެލިއެވެ. މިއާއި އެކު ޒަވިއަނަށް ސިހިފައި ބުރެކި ޖައްސާލެވިއްޖެއެވެ. އަރީނަށް އެ ހިތްދަތި ވަކިވުމުގެ ވާހަކަ ބުނާނެ ގޮތެއް ވިސްނުމަކަށް ނައެވެ. އަނިޔާވެރި ގޮތަކަށް މަރާލެވިފައި އޮތް ޖަންނަތުގެ ސޫރަ އެ ލޯ މައްޗަށް ސިފަވުމުން ޒަވިއަން ފެންކަޅިވިއެވެ.
“ޖަންނާ… ޖަންނާ ދެން ނާންނާނެ.” ކާރު ދުއްވާލަމުން ޒަވިއަން ބުނެލީ އެހެންނެވެ. “އެއީ ކީއްވެ. އެހެން ޖޮބެއް ލިބުނީތަ؟” ވާނުވާގައި އިނދެ އަރީން އެއްސެވެ. މިއާއި އެކު ޒަވިއަންގެ މެޔަށް ބާރުވެގެން ދިޔައެވެ. އަސްލު ޙަޤީޤަތް ވަންހަނާ ކޮށްފިނަމަ ފަހުން ހަނދާންތައް އެނބުރި އަންނަ އިރު މާ ބޮޑަށް ދެރަވެދާނެތީ އޭނާ ބިރުގަތެވެ. “ނޫން. ރީން އެކްސިޑެންޓްވި ރޭ…. އެ ރޭ… ޖަންނާ ނިޔާ..ނިޔާވެއްޖެ.” އަރުބެދެމުން ދިޔަ ޙާލު ޒަވިއަނަށް އެ ވާހަކަ ބުނަން އުނދަގޫ ވިއެވެ. މި ވާހަކަ އިވިފައި އަރީންގެ ދެލޯ ބޮޑުވިއެވެ. ނިތްކުރިން ތިކިތިކިލާފައި ދާހިއްލަން ފެށިއިރު އޭނާގެ އަތްފައި ފިނިވެ އިނގިލިތައް ތުރުތުރުލަމުން ދިޔައެވެ. ފަހު ފަހަރަށް އެ މޫނު ދެކިލާނެ ފުރުސަތެއް ނުލިބި އެ ހިތްހެޔޮ މިތުރުގެ ޖަނާޒާ ނިމިގެން ދިޔަކަން އިޙުސާސްވުމުން އެ ދެލޮލަށް ބޮނޑިވެފައިވީ ކަރުނަތައް އިންޒާރަކާއި ނުލާ އޮހިގަތެވެ. އަނގަމަތީ އަތް އަޅައިގެން ރޮމުން ދިޔަ އަރީންގެ ހާލަތު ފެނި ޒަވިއަންގެ ހިތް ކުދިކުދިވިއެވެ. އެއް އަތުން އަރީންގެ ކަނދުރާގައި އަތް އަޅުވާލަމުން ގެނެސް މޭގައި ޖައްސާލީ ހިތްވަރު ދޭން ބުނާނެ އެއްޗެއް ހިތަށް ނައުމުންނެވެ.
ގެއާއި ހަމައަށް އާދެވުމުން ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އަރީން ކާރުން ފޭބިއެވެ. “މިރޭ ކައިގެން ހަމަޖެހިލައިގެން އަވަހަށް ނިދާލާ.” ޒަވިއަން ކާރުގެ ވިންޑްސްކްރީން ތިރިކޮށްލަމުން ބުނެލިއެވެ. އަރީން ބޯ ޖަހާލަމުން ގޮސް ގޭޓު ހުޅުވައިފައި އެތެރެއަށް ވަނެވެ. އިސްޖަހާލައިގެން ހުރެ ގޭތެރެއިން ސިޑި ބަރިއާއި ދިމާލަށް ދަނިކޮށް އާފިޔާ ގޮވާލައިފިއެވެ.
“ރީން. ދަރިފުޅާ ކިހިނެއްވީ. ނުރޮއި ހުއްޓާލާފަ ވީގޮތެއް ބުނެބަލަ.” އަރީންގެ ޖަވާބެއް ނުލިބުމުން އާފިޔާ އައިސް އޭނާ އާއި އަރާ ހަމަކުރިއެވެ. “ބޭކަރީގައި ސާފުކުރަން އުޅެނިކޮށް ލޮލަށް އެއްޗެއް އެޅުނީ. އައި ޑްރޮޕް އަޅާލީމަ ރަނގަޅު ވެދާނެ.” އަރީން ގަދަކަމުން ހިނިތުންވެލައިފައި ސިޑިން މައްޗަށް އަރައިގެން ދިޔައީ އާފިޔާގެ އިތުރު ސުވާލަކަށް ޖަވާބެއް ދޭނެހާ ހިތްވަރު ނެތުމުންނެވެ.
ފުރަތަމަ ފުލޯ އަށް އަރައިފައި އަރީން މިސްރާބު ޖެހީ އަޒާޔާގެ ކޮޓަރި ހުރި ދިމާލަށެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ބޮކި ދިއްލާލި ވަގުތު އެ ތަނުން ލޯމައްޗަށް ސިފަވެގެން ދިޔައީ މާޒީގެ ތަސްވީރުތަކެވެ. ކިޔަވަން އުޅުނު ދުވަސްވަރު އެ ކޮޓަރި ހުރި ތަރުތީބަށް އެއްވެސް ބަދަލެއް ނައިސް ހުރިކަން އެނގުމުން މާޒީގެ ފޮނި ހަނދާންތަކުގެ ރާޅުބާންޏެއް އައިސް އޭނާ ވަށާލައިފިއެވެ. އެ ހިމޭން މާހައުލުގެ ތެރެއިން އަޒާޔާގެ މަޖާ ސަކަރާތާއި ހިތްގައިމު ހުނުމުގެ އަޑު މިއަދުވެސް އޭނާގެ ކަންފަތްދޮށުގައި ގުގުމަމުންދާ ކަހަލައެވެ.
“ކިހިނެއްތަ މި ވަނީ؟ ކީއްވެގެންތަ އަޒާ އާއި ޖަންނާ ނިޔާވީ؟ ޒެވް އަހަރެން ނުރައްކަލެއްގަ ހުރި ވާހަކަ ބުނީ ކީއްވެގެންތަ؟ އަނެއްކާ އަހަރެންގެ ފުރާނަ ނަގާލަން ބޭނުންވެގެންތަ އެކްސިޑެންޓް ކޮށްލީ؟ އެމީހުން އަޒާ… އަޒާ މަރާލީތަ؟ ޖަންނާ…. ޖަންނާ އަކީ ވެސް ހަމަ އެފަދަ މާރޑާ ވިކްޓިމް އެއްތަ؟ އާހް… ވައި ކާންޓް އައި ރިމެމްބާރ ދި ޑީޓެއިލްސް؟ ކޮން ތަނަކު ބާ އެ ހާދިސާތައް ހިނގީ؟ އެތަނަކަށް ދިޔައިއްޔާ އެނގޭނެ ބާ؟” ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އަރީން އެނދުމަތީގައި އިށީނެވެ. ސިކުނޑިއަށް ބާރުލަމުން ދިޔަ ވަރަކަށް ބޮލުގެ ރިހުން ވޭންދެނިވި ވަމުން ދިޔައެވެ. އަނެއްކާވެސް އޭނާގެ ނޭފަތުން ހޯސްލައިފައި ލޭ އޮހޮރިގަތެވެ. އަރީން ކަރު މައްޗަށް ޖަހާލަމުން ނޭފަތުގައި އަތް އަޅައިގެން ހުރެ މޭޒުމަތީގައިއޮތް ޓިޝޫ ބޮޑިން ޓިޝޫއެއް ނެގިއެވެ. ލޭތައް ސާފުކޮށްފައި އިތުރު ޓިޝޫއެއްގެ ކުރި އޮޅާލައިފައި ނޭފަތަށް ޖަހާލިއެވެ. ދެން އިތުރަށް މަޑުކުރަން ނުހަދާ ކޮޓަރިން ނުކުމެއްޖެއެވެ.
ސުމައްޔާމެން ހުޅުމާލެ އައީ ރޭގަނޑު ނުވައެއް ޖެހި ފަހުންނެވެ. އިޙުސާނު ގެއަށް ގޮސް ހަމަޖެހިލައިގެން ބޭރަށް ނުކުތީ ނައުރީނާއި ބައްދަލުކޮށްލަން ދިއުމުގެ ނިޔަތުގައެވެ. ވަރުބަލިވިއެއް ކަމަކު ނައުރީންގެ ޝަކުވާތައް އިތުރަށް އަޑުއަހަން ބޭނުން ނުވާތީ ނަމަކަށް ދަނީއެވެ. އޭނާ އިންތިޒާރު ކުރަމުން ދަނީ އެ މަސްދުވަސް ފާއިތުވާނެ އިރަކަށެވެ.
ގޯރމެޓް ކިޔާ ރެސްޓޯރެންޓުގެ ޕްރައިވެޓް ރޫމަށް ވަދެގެން އައި އިޙުސާނު ފެނި ނައުރީނަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ނިދަން ލާ ކަހަލަ ޓީޝާޓެއްލައިގެން ޑޭޓަކަށް އައުމުން އޭނާ ރުޅި ނައިއްޔާ ދެރައެވެ. ދެ ގަޑި އިރު ވަންދެން އޭނާ އިޙުސާނަށް ދައްކަން ރީތިވެގެން އައި އިރު ބަދަލުގައި ފަރުވާކުޑަ ކަން ފެނުމުން އޭނާ ހިތްހަމަ ނުޖެހުނެވެ.
“ގިނަވެގެން ތިރީސް މިނެޓް މި ތަނުގައި މަށަށް ހުރެވޭނީ. ލަސްނުކޮށް ތިޔަ ކުރަން އުޅޭ ކަމެއް ކުރޭ.” އިޙުސާނު ފޯނު ނަގާ އެއާއި ކުޅެން ފަށަމުން ބުނެލިއެވެ. “ސެން! ކީއްވެގެންތަ އެހާ ވަރަށް އަހަރެން އިގްނޯ ކުރަނީ. ތި ފޯނު ބާއްވާފައި ނިކަން އަހަންނާއި ދިމާއަށް ބަލާލަބަ.” ނައުރީން އިޙުސާނުގެ އަތުގައި ހިފަމުން ބުނެލިއެވެ. އިޙުސާނު ވަގުތު އެ އަތް ފޮޅުވާލީ ޖަރާސީމެއް ޖެހުނު ފަދައިންނެވެ.
“ސޮރީ. އަހަރެންނަށް އެހާ ކޮމްފޮޓަބަލް އެއް ނޫން އަންހެނުން އަހަރެންގެ ގައިގަ އަތް ލަންޏާ. އިގްނޯ ކުރާކަށް ނޫނޭ އުޅެނީ. ވަރަށް ބިޒީ ކޭހެއް ނަގައިގެން އުޅުނީމަ ވަގުތު ނުވީ. އެންޑް އައި ޑޯންޓް ޑިޒާވް ޓު ލުކް އެޓް ޔޫ. އަހަރެންނަށް އަދިވެސް ނައުރީން ދެކެ ލޯތްބެއް ނުވެވޭ.” އިޙުސާނު އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. އެ ވާހަކަ އަހައިފައި ނައުރީނަށް ފާޑެއްގެ ގޮތެއް ވިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އޭނާ އަށް އިނދެވުނީއެވެ. ލޯބިވާ މީހާ ދިމާލަށް ތިމަންނަ ކަލޭ ދެކެ ލޯތްބެއް ނުވެޔޭ ބުނާ އަޑު އެހުމަކީ ހާދަ ވޭންދެނިވި ކަމެކެވެ.
ތިރީސް މިނެޓް ހަމަވުމާއި އެކު އިޙުސާނު އެ ތަނުން ނުކުމެގެން ދިޔައެވެ. ނައުރީންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ އިޙުސާނު ދޮރު ޖަހާލި އަޑު އިވުމުންނެވެ. “ހައު ކުޑް ހީ ބީ ސޯ ހާޓް ލެސް؟ އެއްވެސް ވަރަކަށް އަހަރެންނަކަށް ސަމާލުކަން ނުދޭ.” ނައުރީން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. ބޯ ގޮވާވަރު ވެފައި އިނުމުން އޭނާ ފޯނު ނަގާ އެންމެ ފުރަތަމަ ޖެހުނު މީހަކަށް ގުޅާލައިފިއެވެ.
“ހަލޯ ނޫރީ. ޙާލު ކިހިނެއް؟” އެކޮޅުން ވާހަކަ ދެއްކީ ލީވާނެވެ. “ޙާލު އެހާ ރަނގަޅެއް ނޫން. ބިޒީ ނޫނިއްޔާ ހުޅުމާލޭގެ ގޯރމެޓް ރެސްޓޯރެންޓަށް އާދެވިދާނެތަ؟” ނައުރީން އެހިއެވެ. “މި ނިމެނީ. އިރުކޮޅަކުން އެބަ ދަން.” ލީވާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ނައުރީން ކުރިމަތީގައި ހުރި ކާއެއްޗެހިނަށް ނަޒަރު ހިންގާލިއެވެ. އެ ނާސިގޮރެން ކިތަންމެ މީރު ވައްތަރު ޖެހި ނަމަވެސް އޭނާ ހުރީ ކާހިތް ކެނޑިފައެވެ. އެ އިސްރާފު ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ގޯރމެޓް ރެސްޓޯރެންޓު ތެރެއަށް ވަދެފައި އޭނާ ހޯދާލީ ނައުރީން މެސެޖު ކޮށްފައި އިން ސްލޮޓެވެ. އެ ތަނަށް ވަދެ ދޮރު ޖަހާލަމުން އޭނާ ގޮސް ނައުރީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
ފަނޑު އޮރެންޖް ބޮއްކެއް ދިއްލާލައިފައި ވާ އިރު އެތަނުގައި ފެތުރިލައިފައި ވަނީ ފިނިފެންމަލުގެ މީރު ވަހެވެ. ހިތުގެ ބައްޓަމަށް ހުރި އުއްބައްތިތަކާއި ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކުން އެ ތަން ފަޅުފިލުވާލެވިފައި ވުމުން ލޯބިވެރިއަކަށް ޚާއްޞަ ކޮށްލެވިފައިވާ ކަން ހާމަވެއެވެ. ލީވާން ހައިރާންވީ ނައުރީން އޭނާ މި ތަނަށް ގެނެއުމުންނެވެ. އޭނާގެ ނަޒަރު ނައުރީނަށް ހުއްޓުނު ވަގުތު ލީވާން ނޭވާލާން ވެސް ހަނދާން ނެތުނު ކަހަލައެވެ.
މެރޫން ކުލައިގެ ވިދާ ފޮތީގެ އަތްދިގު ހެދުމެއް ލައިގެން ހުރި އިރު ވަރަށް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލް ކޮށްލެވިފައިވާ އިރު މެރޫން ކުލައިގެ ބޮޑު ދައްޗެއް އެއްފަރާތަކަށް ޖަހައިފައި އިނެވެ. ރަތްކުލައިގެ ފަށަކުން އެ ދޮން ކަނދުރާ ފަޅުފިލުވާލެވިފައި ވާއިރު ހަމަ އެކުލައިގެ ކަންފަތު މުންޖެއް ލައްވައިފައި ހުއްޓެވެ. ލުއި ގޮތަކަށް މޭކަޕް ކުރެވިފައިވާ އިރު އެ މޫނުގެ ރީތިކަން ދެގުނަވެފައިވިއެވެ.
“ކީއްވެގެންތަ އެހާ ވަރަކަށް ތި ބަލަނީ. މޫނުގައި އެއްޗެއް ހުރީތަ؟” ނައުރީން އެހިއެވެ. ލީވާނަށް ހަމަބިމަށް އާދެވުނީ ދެނެވެ. “އެއްޗެއް ހުރެގެންނެއް ނޫން. އިންސާނާގެ ތަބީއަތުގައިވާ ކަމެއް ދޯ އެއީ ރީތި އެއްޗެހިނަށް ބެލުމަކީ. މިއީ ކީއްކުރަން ރެޑީ ކޮށްފަ ހުރި އެއްޗެއް؟” ލީވާން ނައުރީނާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. މި ވާހަކައިން އެކަނިވެސް ނައުރީންގެ މޫނުމަތި އުޖާލާވެއްޖެއެވެ. އެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ.
“އަސްލު ސެން އަށް ރެޑީ ކުރީ. އޭނާ ބަލާވެސް ނުލާ އިނދެފަ ތިރީސް މިނެޓް ވީމަ ހިނގައްޖެ. ރީއްޗަށް ވާހަކަ ދައްކަނީ އެއްވެސް ނޫނޭ. އައީ ވެސް ނިދަންލާ އަންނައުނުގައި. އަހަރެން އެހާ ވަރަށް ސެން އަށް ޓަކައި ތައްޔާރު ވިޔަސް އެކަމުގެ އަގުވަޒަންކުރާކަށް ހަމަ ނޭނގުން. އޭނާ އަށް ވުރެ ވާން ވެސް މަށަށް މާ ރަނގަޅު.” ވަރަށް އަސަރާއި އެކު ނައުރީން އެހެން ބުނެލި ގޮތުން ވެސް ލީވާންގެ ހިތަށް ފާޑެއްގެ ގޮތެއް ވިއެވެ.
“ދެން އަޅާ ނުލާ. އޭނާ އެހެން މީހެއް ދެކެ މާ ވަރުގަދަ އަށް ލޯބިވެވިފަ އެ ހުރީ. ބްރޭކް އަޕްވި ދުވަސްކޮޅު ވިއްޔާ ނޫރީ އާއި ގުޅުނީ. ދެން ވެސް ހިނގާބަލަ މި ކާން. މިހާރު ވެސް މީނި ކުޅުދިޔާވެފަ.” ލީވާން ސަމްސަލެއް ނަގައިފައި ކާން ތައްޔާރު ވެލިއެވެ. “އެހެންވިއްޔާ ކާން ފަށާ. އަހަރުން ނެތް ކާހިތެއް.” ނައުރީން އޭނާގެ ތަށި ދުރަށް ޖައްސާލަމުން ބުނެލިއެވެ.
“އައްދެ. ތީތި ކަޑައޭ އިނގޭ. މްމްމް. މި ރަހަބަލައިފިއްޔާ ނޫރީ ދެވަނަ އޯޑަރަކަށް ވެސް ޖަހާނެ. ހާދަ މީރޭ.” ލީވާން ބަތް ސުވާއެއް ނަގާ ކާލަމުން ލީވާން ބުނެލިއެވެ. އެއަށްފަހު އިތުރު ސަމްސަލެއް ނަގާ ނައުރީންގެ އަނގަޔާއި ކައިރި ކޮށްލިއެވެ. ނައުރީން ފާޑަކަށް ބަލައިލަމުން އަނގަ ހުޅުވާލިއެވެ.
“އަޅެ މީރެއް ނޫންތަ؟” ލީވާން އެހިއެވެ. ނައުރީން މީރޭ ކިޔާ އަމިއްލަ ތަށިން ކާން ފަށައިފިއެވެ. ކިތަންމެ މޫޑު އޮފްވެފައި ހުއްޓެއް ކަމަކު ލީވާން އެކަމަށް އެދެމުން ދަނިކޮށް ނުކައި ހުންނަން އޭނާ ބޭނުން ނުވީއެވެ. ނައުރީންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވުމުން ހިތްހަމަޖެހިފައި އިނދެ ލީވާން ވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. އެހެނަސް އޭނާގެ ކަތި ނަޒަރު އަމާޒުވެފައި ހުރީ ނައުރީނަށެވެ.
ކައި ނިމުމުން ފެން ބުއިމަށް ފަހު ވެސް ލީވާންގެ ނަޒަރު ނައުރީންގެ މޫނުން ވަކިވާ ގޮތެއް ނުވިއެވެ. “މާޝާ ﷲ. ޔޫއާރ ބްރެތްޓޭކިންގ.” ނައުރީންގެ މޫނުމައްޗަށް ވައްޓާލެވިފައިވާ އިސްތަށިކޮޅު ރީތި ކޮށްލަމުން ލީވާނަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. މިއާއި އެކު ސިހިފައި ނައުރީންގެ އަތުން ސަމްސާ ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ. ދެ ނަޒަރު ބައްދަލުވުމާއި އެކު ނައުރީންގެ ހިތް އަވަސްވެއްޖެއެވެ. މިހާރަކަށް އައިސް ލީވާންގެ ގާތުގައި އުޅެވޭއިރު ނައުރީނަށް މިކަހަލަ ގޮތްގޮތް ވެއެވެ. އަނެއްކާ އެ ހިތުގެ މިސްރާބު ބަދަލު ވަނީ ހެއްޔެވެ؟ ނައުރީނަށް ކަޅި އުކެމުން ދިޔައީ ލީވާންގެ ފިރިހެންވަންތަ ސޫރައަށެވެ.
މަސައްކަތް ނިންމައިފައި އައި ކަން އެނގެނީ ލައިގެން ހުރި ކޯޓު ފަޓުލޫނުގެ ސަބަބުންނެވެ. އިއްތިފާގަކުން އޭނާ އަށް ވެސް ލެވިފައި ހުރި މަޑު ރަތްކުލައިގެ ގަމީހެކެވެ. އަތްކުރި އޮޅާލައިފައި ހުރުމުން ފުފިފައި ހުރި އަތުގެ ނާރުތަކުން ރަމްޒުކޮށްދެމުން ދިޔައީ އެ މުލައްދަނޑީގެ ބާރުގަދަ ކަމެވެ. އޭނާގެ ފަން އިސްތަށިގަނޑު މިއަދު އޮތީ ނިއްމައްޗަށް ވައްޓާލައިފައެވެ.
“ވާން… އަހަރެ…ން” ނައުރީނަށް ލީވާންގެ ސާފު ދެލޮލުން ފާހަގަވަމުން ދިޔައީ ލޯބިކަން ފުރަތަމަ ފަހަރަށް ދެނެގަނެވުމުން ވާހަކަ ދައްކަން އުނދަގޫވިއެވެ. މި ފެންނަ މަންޒަރަކީ ކުށްހީއެއްކަން ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
ހާސްކައްޓަށް އަރައިފައި ހުރި ނައުރީން ފެނި ލީވާނަށް ތުންފަތުގައި ދައިގަނެވުނެވެ. “ހެހެ.. ކިހިނެއްވީ އެހާ ހާސްވާން؟ ނޫރީ އަށް ހުޝާމަދު ކުރާ މީހުން މަދެއް ނޫނެއްނު. އަހަރެން ހީކުރީ އެ ކަހަލަ ތައުރީފަށް ހޭނިފައި ކަމަށް ހުންނާނީ.” ލީވާން ނައުރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ހެހެ.. ކުޑަކޮށް ޒޯން އައުޓްވީ ދެން ހިނގާ ދޯ ގެއަށް. އަހަރެން ކުރިން ބިލް ދައްކާފަ އޮންނާނީ.” ނައުރީން ނުތަނަވަސްކަން ފުހެލަމުން ބުނެލިއެވެ. ލީވާން ނައުރީނާއި އެކުއެކީހެން ތެދުވިއެވެ. އެހެނަސް އަދިވެސް އެ ހިތުގެ ތެޅުން މަޑެއް ނުވިއެވެ.
ޖެހިގެން އައި ދުވަހެވެ. ތައްޔާރުކޮށް ނިމޭ ވަރަކަށް ކޭކުތައް ފިނިކުރި ބިއްލޫރި ކެބިނެޓަށް ލަމުން އަރީން ދިޔައީ ފޫހިކަމެއް ނެތިއެވެ. ދޭއް ޖަހަންވާއިރަށް އެ ހުރިހާ ކަމެއް ކޮށް ނިންމާ ލެވުނީ ކިރިޔާއެވެ. އޭނާ އެ ފިހާރަ ހުޅުވަނީ ދޭއް ޖަހާއިރަށެވެ. މިހާރު ކުޑަ އޯޑަރު ތަކަށް ކޭކު އަޅައިދިނުމަކީ ވެސް އޭނާ ކުރާ ކަމެކެވެ.
“ކޮން ނަމެއް ކިޔާ ބޭކަރީއެއްތަ އެ ހަރުފަ ހުޅުވައިގެން އެ އުޅެނީ؟” ޝައުލާ އެހިއެވެ. އޭނާ އުޅުނީ ޔޫލީނަށް ގުޅައިގެންނެވެ. “ސްވީޓްލިންގް. ބޭބީ ގާލް އަނެއްކާ އެ ތަނަށް ދާން އުޅޭނެ ކަމެއް ނެތް. އެއީ ޑައިމަންޑް ސްކައި އެޝޫރަންސް އާ ވިއްދާފަ ހުޅުވާފަ ހުރިތަނެއް. ޒެވް އަށް ބަސްޓު ވެދާނެ. އަދިވެސް އޭނަ ދޫކޮށްލާކަށް ނުވޭތަ؟ މިހާރު އެނގެއެއްނު އެއްވެސް ގޮތަކުން ޝަލް އަށް ޒެވް ނުލިބޭނެކަން.” ޔޫލީން ވިސްނައިދޭން އުޅޭ ކަހަލަ ރާގަކަށް ބުނެލިއެވެ.
“މަށަށް އެނގެޔޭ ޒެވް ނުލިބޭނެ ކަން. އެކަމަކު މަ ވަކި ބޭނުމެއް ނޫން އެ ހަރުފައަށް ޒެވް ލިބޭކަށް. މަށަށް ނުލިބުނު އުފަލެއް އޭނާއަށް ލިބުނަކަ ނުދޭނަން. މިއަދު ގޮސްފައި އިންޒާރެއް ދިނީމަ މައިތިރިވެދާނެއްނު. އެކްސިޑެންޓުވެގެން ވެސް މި ** މަރުވާކަށް ނޫޅުނޭ.” ޝައުލާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. ފޯނު ކަނޑާލައިފައި އޭނާ ގޮސް ޓެކްސީ އެއް ހޯދައިފައި އެޔަށް އަރައިފިއެވެ.
ސްވީޓްލިންގް ކައިރިއަށް ކާރު ހުއްޓާލުމުން ޝައުލާ އެއިން ފައިބައިގެން ދިޔައީ ނުހަނު ބާރަށް ހިނގައިފައެވެ. އެ ބޭކަރީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަން އިރަކު އެހެން އެއްވެސް ކަސްޓަމަރަކު ނެތެވެ. ނުލަފާ ގޮތަކަށް ހީނލަމުން އޭނާ ބޭކަރީގައި ބަންދު ބޯޑު އަޅުވާލިއެވެ.
ކުއްލިއަކަށް އައިސް ބޭކަރީގެ ތެރެއަށް ވަދެގަތް ޒުވާން އަންހެން ކުއްޖާ ފެނި އަރީނަށް އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. ހަމަ ހުރެފައި އޭނާގެ ފިހާރަ ހުޅުވައިފައި ހުރިކަން އަންގައިދޭ ބޯޑު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ލައިގެން ހުރި އަންނައުނުން ހީވަނީ މެޓު ގާލާއަށް އަރަން ތައްޔާރުވެފައި ހުރި ހެންނެވެ. ގަދަ ފިޔާތޮށި ކުލައިގެ ގަޔަށް ބާރު މަތިކޮޅެއް ލައިގެން ހުރި އިރު މޭމަތިވެސް ހުރީ ހާމައަށެވެ. ތިރިން ލައިގެން ހުރި ބުރިއަށް ބާރު ޖިންސު އިރައިގެން ނުގޮސް ހުރީތީ ވެސް އަރީން ހުރީ އަޖައިބުވެފައެވެ. ވަރުގަދަ އަށް މޭކަޕް ކޮށްލައިފައި ހުރި ލޭޔަރެއް ވެސް ފާހަގަވާން ހުއްޓެވެ.
“ހަހް. ކަލެއަށް ފިހާރައެއް ހުޅުވުނީމަ ހިތް އާސްމާނަށް އަރުވައިގެން ދޯ ތި ތެޅެނީ. ހަނދާންތައް ދިޔައިމަ މައެ މަތިން ހަނދާން ނެތުނީމަތަ އެހާ ވަރަށް ތި ބަލަނީ؟ ތިޔަހެން މާ އުފަލުގައި އަބަދަކު ނޫޅެވޭނެ. ޒެވް އާއި ވަކިވާން ދެކޮޅު ހަދަންޏާ އަނެއްކާ ވެސް ކަލެއަށް ހަމަލާއެއް ދޭނަން. މިހާރު އެހެރަ ކުޑަކުއްޖާއަށް ތޮޅެލަން ވީތަ؟” ޝައުލާ ކައުންޓަރު ބިއްދޮށަށް ވަދެފައި އަރީންގެ ހެދުމުގައި ހިއްޕެވެ. މި ނުދަންނަ އަންހެނާގެ އުޅުން ހުރި ގޮތް ފެނި އަރީން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. މިއީ އަނެއްކާ އިހުގެ ދުޝްމަނެއް ބާއޭ އޭނާ ހިތަށް އެރިއެވެ.
އަރީން އެއްޗެއް ނުބުނުމުން ޝައުލާ އެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލައިފިއެވެ. އޭރު އަރީން ނެތް ހިތްވަރުލައިގެން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބޮލުގައި ރިއްސަމުން ދާކަން ސިއްރު ކުރެވޭތޯއެވެ. ނޭވާ ހިއްލަން އުޅޭހެން ހީވުމުން އޭނާ ބިރުގަތެވެ. އަމިއްލަ ނަފްސު ބޭޒާރު ވެދާނެ ކަމުގެ ބިރުބޮޑުވުމުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޝައުލާގެ އަނިޔާވެރި އުޅުން ލޯމައްޗަށް ސިފަވަމުން ދިޔަ ވަރަކަށް އޭނާގެ މެޔަށް ބާރު ވަމުން ދިޔަހެން ހީވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.







Mi part ves v reethi Masha allah
curiously waiting for next part
Heyonuvaane saula haadha goahey dhw hithuga rahumeh kulhuneh neih
Reen n Zev dhuru nukurache
Aslu noory aa maa gulhey leevaan
Isse and sumy ves gulhuvachey
Kuhverinah adabu dhee
Emmenah insaafu libeyni dhuvahege intizaaru ga
Reen haadha brave
Zelee ah gotheh nuhadhachey
Mi part kiyaafa rovijje 😭
Really appreciated your hard work 🥰
Haadha curious kohlaafa thi nihmaaly
When next
Miayee varah interesting kamaa eku kiyaa vaahaka eh
I’m delighted to hear that 🥰🥰
Zev and reen dhen dhuruvaane hen heeveytha 😏😏
Yhh, nooree and eleven are truly made for each other 🥹🥹
I’m also waiting for that day of justice 😄😄
IA next Monday
Shukran Cutie girl ✨✨
Wow wow wow. Mi part ves vrh kamudhey ingey.
Heyyyy.Xev haadha rom vejjey mihaaru. Alhe dhen anna ep ga Leevaan aa Naureen gulhuvabala. Mihaaru rmmredhevenee edhemeehun gulhen. Leevaan hama molhey dhww Nau gr hiy hama jassaalan.
Mi shaulaa gandakah ves neynguneh nu maithiri vaakah. Haadha foohivey eyna dheke. U eyna describe koh dheefa ingoiyy vrh salhi.
BTW Eid ah U break eh nagaanan tha ????
Next ????
Luv U. Tc..
I’m overjoyed to hear that 🥰🥰
Hehe, xev aan vrh rom vejje 🫣🫣
Leevan and naureen gulheyne dhuvahakah I ves mi inthizaaru kuranee 😄😄
Dhw, mihaa dhuvas vaa iru ves maithiri nuvey 😒😒
Nope, no break 😉😉
IA next Monday
Shukran xxx_dodo_xxx ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Mi part ves vrh reethi MA!
Pis Pis Xev ulhey gothun I’m also getting shy😳😳
Glad that Naureen realized that Eleven loves herr.
That shaula witch anihka Reen fahathun ulhen feshee tha? Xev come check on your wife!
Whn nxt???
Luv u 💗
Glad to know 🥰🥰
Hehe, xev kairee hamajehilan buney 😭😭
Keehkuraany adhives areen ah undhagoo nukosheh nuhurevey 😒😒
IA next Monday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Omg. Vrh reethi. Ibaaraaiyy kurun that. Plus what’s “AASMAANU”. I really ddnt understood.
Xev n Leevaan n Isse akee 3 mithurunno. Ekamaku e 3 meehun ves 3 meehunnah kanthah sirru kurey dhww.
Mi shaulaa fahe e ulheny kon moya eh araigen tha????
Ekkala Naail kobaatha mihaaru. Eyna ge role nimunee tha ???
Emme fahun hurihaa Kamehameha ge aslu libeyni kon irakun baa???
Sooo exited. 6 days left for Eid.
Lysm & tc gurrll
I’m so happy to hear that 🥰🥰
Hiy othy aasmaanuga ey eii meehehge bodaa kamaa kiburu verikan bodu vumun bune ulhey ehcheh.
Yehhh, life become so complicated tht they started keeping secrets 🫠🫠
Naail ge role adhi nunimey 😶😶
Hurihaa kamehge truths hoadhan areen’s full memory recover vun muhimmu 😣😣
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Okay okay . Vrh reethi.
Whenn nexxttt????
Tc…..
Eid ga ves story kiyaalan libeyne tha???
Busy eh nuvaanetha???
I’m ecstatic to hear that 🥰🥰
IA next Monday
Yep, eid viyas vaguthu hoadhaigen vhk submit kohleveythoa balaanan 😄😄 tho I can’t guarantee that it’s gonna be uploaded right away 😔😔
Shukran Leeshaa ✨✨
Lyt darl 🫰🏻🫰🏻
WOOOOOW v reethi MA
Alhey eleven ah ves bust veedhw zev romantic kan
Omg e shaula anehkaa ves aii dhww reen ah undhagoo kuran
Alhey leave her alone let her live with zev
Shaula akah kithehme gotheh hadhaafakaaves zev eh nulibeyneyey
Alhey isse ar sumo ar alun gulhuvaidhehchey!!! rose!!!
Happy early Eid mubaarik gurlll
CW4THENEXTP
TC
I’m delighted to hear that 🥰🥰
Aan, e shaula ah hajamu nuvee reen ufaluga huryma 😒😒
Isse and sumee getting together is up to them 😖😖
🌟 Early eid mubarak 🌟
Shukran Sheex ✨✨
Nice
Shukran DINO ✨✨
Oh mihaaru engijje AASMAANU akee kon ehcheh Kan. Thx Rosie.
Ur welcome 😄😄
Wow White Rose!!!!!
Haadha reecheyy mi ep. MA.
Hedhe. Dhen mihaaru Leevaan ves bites nagaakah nuveytha????
Kon irakun baa Leevaan ah Naureen libeynee. Mi vaahaka ehaa avahakah nimeyne henneh hiyeh nuvey. Hurihaa Kamehameha hallu libeyne tha dhw story nimey iruga.
Anyways TC.
Thx White Rose fr the ep.
Early EID MUBAARAK.
I’m overjoyed to hear that 🥰🥰
Leevaan ah nauree libeyne baa mi in dhuvahakun 🤔🤔
Let’s see whether all problems get solved or not 😏😏
🌟 Early eid mubarak to you asw 🌟
Shukran Demon ✨✨
Oh hi ur back.
Mi part vrh vrh reethi maashaa Allah.
When next???
Lysm….
Glad to know 🥰🥰
IA next Monday
Shukran Caspian ✨✨
Lyt darl 🫰🏻🫰🏻
Heyyy. Kobaa next ???
When is it Gurrll ???
Tc
…
It’s submitted
Shukran Gurrllyyy ✨✨
Kbr nxt ep???
Pending ga
Shukran 🥀 ✨✨
Was it today. Next ep.
It’s not on the first page.
Y ?????
I aimed for today, pending ga adhi iny 🥀🥀🥀
Shukran xxx_dodo_xxx ✨✨
އޭ ވަރަށް ރީތި.
ކޮބާ އަނެއް ބައި
😄😄 ސަބްމިޓް ކޮށްލާފަ ވީ
✨✨ ޝުކުރަން ފާތިމަތު ރާޔާ
Why is it taking forever 😭
Dunno 😭😭
Shukran raajiha ✨✨
is next ep still pending
Yep 🥀🥀
Shukran pumpkin ✨✨
Still 💔😭 Haadha laheyyy
Hmmm, vrh lasvey eba aan 🫠🫠
Shukran Shaba_17 ✨✨
Adhi vx pending ga?
Haadha las vey eba
Yhhh, hama pending ga 🥀🥀
Shukran ✈️ ✨✨
Admin ah msg kohlaba
I did and now its uploaded 😄😄
Shukran Anonymous ✨✨