Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 74

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
June 11, 2026 8 Mins Read
24 Comments

“ޑޯންޓް އަންޑައެސްޓިމޭޓް މީ. އެ ހެކީގެ ކޮޕީ އަހަރެންގެ އަތުގައި އެބަހުއްޓޭ. ހާސްނުވޭ. ހެއްކެއް ލިބުނިއްޔާ އެންމެ ފުރަތަމަ ވެސް އަހަރެން އެކި ކޮޕީތަކޭ ހައްދަނީ. ކަމެއް ދިމާވާނީ ބުނެފަކާ ނޫނެއްނު. ދެން މި ބުނާ ވާހަކަ އިތުރު އެހެން މީހަކަށް އެނގިގެން ނުވާނެ. ޤަބޫލުކުރަން ދަތިވިޔަސް މިއީ ތެދު ވާހަކައެއް.” ސުމައްޔާ އަތް މައްޗަށް ނަގަމުން ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެންގެ އަސްލު ނަމަކީ ސުމައްޔާ އެއް ނޫން. އަހަރެން އުފަންވި ދުވަހު ކިޔުނު ނަމަކީ ހައުލީ ހިޝާން. ބައްޕަ އަށް އަހަރެން އުފަންވި ތާރީޚާއި ނަން ބަދަލުކޮށްގެން އިތުރު އައިޑެންޓިޓީ އެއް އުފައްދަން ޖެހުނީ އަހަރެން އުމުރުން އެއް އަހަރުގައި މަންމަ ނިޔާވުމުން. މަންމަގެ ނަމަކީ ސިލްވިޔާ. އެއީ ސަގަރޭގެ ކޮއްކޮ. އެ ދެމެދުގައި ހަމަނުޖެހުމެއް ހިނގިކަން އެނގެނީ. މާބޮޑު ތަފްސީލެއް ބައްޕަ ނުދޭ. ސަގަރޭ އަހަރެންގެ މަންމަ މަރާލަން ބޭނުން ކުރީ އަޒާޔާ މަރާލަން ވެސް ބޭނުން ކުރި ޑްރަގްތައް. ސޭމް ޕެޓަރން އެންގްރޭވްޑް އޮން ރައިޓް ހޭންޑް. އެހެންވެ އެހާ ފަސޭހައިން އެއް ކަލްޕްރިޓެއް ކަން ދެނެގަނެވުނީ. އެ ރޭ ގޭގައި އަލިފާން ރޯ ކޮށްލައިފައި ސަގަރޭ ފިލައިގެން ދިޔައީ. މުޅިގެ އަނދާ ހުލިވި ޙާދިސާ އަކަށް ވެފައި އޮތުމުން ޢަލީ އަހުމަދު ލައްވާ ސްޓްރިންގް ތަކަށް ދަމައިގެން އެ ގޭގައި ތިބިހާ ބަޔަކު ނިޔާވި ކަމަށް ނިންމީ. ސަގަރޭ އަކަށް ނޭނގޭނެ ބައްޕަ އަހަރެން ގޮވައިގެން ސަލާމަތްވީ ކަމެއް.” ސުމައްޔާ ދެން ފެށި ވާހަކައިން އެ ތަނުގައި ތިބީ އެހެން އެންމެންނަށް ހީވީ ވަރުގަދަ ޝޮކެއް ދިން ހެނެވެ. ލިބުނު ކުއްލި ސިހުމާއެކު މުޅި މާހައުލު ހިމޭންވެގެން ދިޔައިރު، ހިނދުކޮޅެއްގެ ތެރޭގައި އެންމެންގެ ހަމްދަރުދީން ފުރިގެންވީ ނަޒަރުތައް ސުމައްޔާއަށް ހުއްޓިގެން ދިޔައެވެ.

“އަހަރެންނަށް މަޢާފުކުރޭ. އަމިއްލަ ގޭގެ ފުރާޅު ދަށުގައި މިހާ އަނިޔާވެރި ކަންތައްގަނޑެއް ހިނގާއިރު އެ މީހުން ހުއްޓުވަން ޖެހޭނެ މީހަކީ އަހަރެން.” ނައުރީން ތެދުވެގެން ގޮސް ސުމައްޔާގެ އަތުގައި ހިފާލިއެވެ. “ނޫރީއަށް ނޭނގެންޏާ އެކަން ހުއްޓުވޭނެތަ؟ އައިން ސުރެ އަބަދުހެން މަޢާފަށް އެދޭއެބަ. މިހިރަ ރީންގެ ޓްރެޑިޝަނަށް އަމަލު ކޮށް އެހެން މީހުން ކުރާ ކަންކަމަށް މަޢާފަށް އެދޭނެ ކަމެއް ނެތް. މިހާރު ވިސްނަންވީ ރެޑް ހޭންޑެޑް ކޮށް އެ މީހުން އަތުލައިގަނެވޭނެ ގޮތެއް ހޯދަން.” ސުމައްޔާ ބުނެލިއެވެ.

“ތި ކަމެއް ނުވާނެ. ކުއްލިއަކަށް ގޮސް ރެޑް ހޭންޑެޑް ކޮށް އަތުލައިގަނެވޭނެ ވަރުގެ ކަމެއްގައި އެމީހުން ނޫޅޭނެ. ކޯޓު އަމުރެއް ހޯދައިގެން މިކަން ވާނީ.” ސުމައްޔާ އަށް ރައްދެއް ދިނީ ޒަވިއަނެވެ. “ކޯޓު އަމުރެއް ހޯދަން މަދުވެގެން ދުވަހެއް ނަގާނޭ. އެ ތަނުގައި ވެސް ޢަލީ އަހުމަދަށް ވިކިފަ ތިބޭނެ ބަޔަކު ވެދާނެ. ކިތަންމެ ބައިވަރު ހެކިތަކެއް ހުއްޓަސް ކޯޓު އަމުރު ލިބެން ވާއިރަށް އެމީހުން މި ޤައުމުން ރައްކާވެދާނެ. ތިޔަ ކަހަލަ ބޮޑު ރިސްކެއް ނެގޭތަ؟” އިޙުސާނު ބުނެލިއެވެ.

“ނެތޭ އެހެން ގޮތެއް. ދެން އަހަންނަށް ދޯ. ލީވާންގެ އެހީގައި އަހަރެން ބޮޑަށް މަސައްކަތް ކުރީ. ޢަލީ އަހުމަދަށް މަސައްކަތް ކުރާ ބޮޑުންގެ ހުރިހާ ތަފްސީލެއް ހޯދިފަ ހުންނާނީ. މި އޮތީ އެ މީހުންގެ ފަތިފުށުގެ ކުރު ޚުލާސާއެއް” ޒަވިއަން ޕްރޮޖެކްޓަރުން އަޅުވާލީ އެ ގުރޫޕްގެ މައުލޫމާތުތައް ވަކި ކޮށްގެން ހަދައިފައިވާ ޝޯޓް ނޯޓްތަކެވެ. ކޮންމެ މީހެއްގެ ފޮޓޯގެ ދަށުން އެ މީހެއްގެ މައިގަނޑު ޒާތީ މަޢުލޫމާތާއި ޢަލީ އަހުމަދުގެ އެދުމަށް ކޮށްފައި ހުރި ކަންކަން ލިޔެފައި ހުއްޓެވެ. ކޮންމެ މީހަކަށް ވަކި ކުލައެއް ބޭނުންކޮށްފައި ހުރުމުން ހަނދާނުގައި ބަހައްޓަން ފަސޭހަގޮތެއް ހުއްޓެވެ. ފުލުހުންނަށް ވުރެ މި ކަންކަން ހޯދާލަން ލީވާން އާއި ޒަވިއަން މޮޅެވެ.

“ވޯވް. ކިހިނެއް؟ ކޮންއިރަކު؟ ކޮން ތަނަކުން؟ މިހުރިހާ މައުލޫމާތެއް؟” އަނގަމައްޗައް ޖަހައިގެން އިނދެ އިޙުސާނު ވިސްނުމަށް އައި ލަފުޒުތައް ކިޔަން ފެށިއެވެ. “ރީން ހޮޓެލަށް ދިޔަ ފަހުންނޭ މަށަށް ހަމަ ވިސްނުމެއް ލިބޭ ވަރުވީ. އޭގެ ފަހުން ކުރި މަސައްކަތް މިއީ. އަމިއްލަ މޮޔަ ކަމަށް މިހާރު މަލާމާތް ކުރެވޭ. ފެބްރިކޭޓް ކޮށްފަ ހުރި ހެކިތަކެއްގެ މައްޗަށް ބަރޯސާވެ ރީން އަށް ނުހައްޤު އަނިޔާތަކެއް ދެވުނީމަ އަމިއްލަ ނަފްސަށް ނަފުރަތު ކުރެވުނު. އެއީ މޯޓިވޭޝަން ލިބުނު ގޮތަކީ. މައި ބްރޯ އިލެވެންގެ ހެކިން ސްކިލްސް އެންމެ ވަރުގަދައަށް ބޭނުން ކުރި އެކައްޗަކީ. ދެން ބަޔަކު ހޯދާފަ އެ މީހުން ލައްވާ ބައެއް އިތުރު މައުލޫމާތު ހޯދީ.” ޒަވިއަން ބުނެލިއެވެ.

ޒަވިއަނަށް ފަހު އަރީން އޭނާ އަށް އެނގިފައިވާ ކަންކަން ހިއްސާ ކުރިއެވެ. ހުރިހާ ކަމެއް ސާފުވުމުން އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. “ދެން ޖެހޭނީ މައްސަލަ އޯޕަން ކުރަން. މަންމަމެން އެއްބަސް ކުރުވަން ޖެހޭނީ. ސުމީ ޖެހޭނެ ސުމީގެ ބައްޕަ ގާތު އަހައިގެން ސައްބިސް އަހަރު ކުރިން ހިނގައިދިޔަ ހާދިސާގެ ހުރިހާ ކަމެއް އޮޅުން ފިލުވަން. އެ ކަން ވެސް ނެގިއްޔާ ކިތަންމެ ގިނަ ކަނެކްޝަންތަކެއް ހުއްޓަސް ސަގަރޭ އަކަށް ސަލާމަތެއް ނުވެވޭނެ.” ޒަވިއަން ފަހު ކަމަކަށް ބުނެލިއެވެ. ސުމައްޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“އެހެންވީމަ ސަގަރޭ ދޯ މި ހުރިހާ ކަމެއްގެ ފެށުމަކީ. ޢަލީ އަހުމަދު ވެސް މިވީ ޕަޕެޓަކަށް.” ލީވާން ބުނެލިއެވެ. “އަސްލު އަހަރެމެން އެންމެން މިއަށް ވުރެ ކުރިން އެއްބައިވިނަމަ މި ކަން ހޯދުނީސް. ދެން ދުވަހަކުން ހިނގާ އެ ގުރޫޕް ގަނޑު ހައްޔަރުކުރަން ހަދާނެ ގޮތެއް ހޯދަން.” އަރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ތިއީ ތެދު ވާހަކައެއް. ދެން ހިނގާ ނިންމާލަން. މާދަން ހުކުރެއްނު. އެހެންވީމަ މާދަން ރެއަށް ވާން ވާއިރަށް ސުމީ އަށް ބައްޕަ ގާތުން މައުލޫމާތު ހޯދޭނެއްނު.” ޒަވިއަން ތެދުވެގެން ގޮސް އަރީންގެ އަތުގައި ހިފާލިއެވެ.

ދެން ތިބި މީހުން ނުކުތުމުން ޒަވިއަންމެން ވެސް ނުކުންނަން މިސްރާބު ޖެއްސެވެ. އެހެނަސް ބޭރަށް ނުކުތުމުގެ ބަދަލުގައި ޒަވިއަން ދޮރު ލައްޕާލީއެވެ. އެއަށްފަހު ކުއްލިއަކަށް އަރީންގެ ކޮނޑުގައި ހިފާ ފާރުގައި ޖައްސާލައިފިއެވެ. ސިހިފައި އަރީނަށް ޒަވިއަންގެ މޭގައި އަތް އަޅާލެވުނެވެ. “ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ ރީން މި ކެބިނަށް އައި ދުވަސް މަތިން.” ޒަވިއަން އަރީންގެ ދަތްދޮޅީގައި ހިފާލަމުން ބުނެލިއެވެ. ދެމީހުންގެ ދެމެދުގައި ވަނީ އިންޗިއެއްގެ ދުރުމިނެވެ. “އާނ. ކިހިނެއްތަ ހަނދާން ނެތޭނީ. އެއީ ވިއްޔާ މީހަކު ފުރަތަމަ ފަހަރަށް އަހަރެންގެ ތުންފަތް ގައިދު ކޮށްލި ދުވަހަކީ. ލީވާން ބުނެގެން އައިމަ ކޮށްލި ކަންތައް.” ލުއި ހުނުމަކާއި އެކު އަރީން ބުނެލިއެވެ. “ސަބަބު ވައްޓާލާފައޭ ތިބުނީ. އެ ވަގުތުކޮޅު ރީއިނެކްޓް ކޮށްލީމަ ހަނދާންވެދާނެ.” ޒަވިއަން އަރީންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. “ވަޓް އެ ވޮންޑަފުލް އެކްސްކިއުޒް. ޖަސްޓް އެޑްމިޓް ޔޫ އާރ ސްޓާރވިންގ ޓު ޓޭސްޓް މީ.” އަރީން އެއް މިޔައަކުން ހީނލިއެވެ.

“މި ރީންމެން ހާދަ ތަތް ވެއްޖޭ. މި އަންނަނީ. އަތުގައި ހިފާ ދަމައިގަތީމަ ނޫނީ ނާދެވޭނެ ތޯއްޗެ.” އިރުގަނޑެއް ވަންދެން ލިފްޓުގައި މަޑު ކުރުމަށް ފަހު ސުމައްޔާ އެއިން ފޭބީ އެމީހުން ނައިސް ލަސްވުމުންނެވެ. ފަހަތުން އިޙުސާނު ވެސް ދިޔައެވެ. ލީވާން ކޮނޑު އަރުވާލަމުން ގްރައުންޑް ފުލޯ އަށް ދާން ފިތަށް އޮބާލައިފިއެވެ.

ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަންނަމުން އޭނާ އަރީންގެ ނަމުން ގޮވާލިއެވެ. ސިހިފައި އަރީނަށް ދުރަށް ޖެހިލެވުނީ އެ އަޑަށެވެ. އެހެނަސް ޒަވިއަން ހުއްޓާކަށް ނޫޅުނެވެ. ސުމައްޔާ ބޯ ހޫރާލަމުން ގޮސް ޒަވިއަން ދުރަށް ޖައްސާލަމުން އެ ދެމެދަށް ވަނެވެ. އިޙުސާނު ފާރަށް ލެނގިލައިގެން ހުރީ ހިނިއައިސްފައެވެ.

“ގެއަށް ދެވެންދެއް ވެސް ކެތްކޮށްލައިގެން ނުހުރެވޭތަ؟ ދެން ވެސް އާދެބަލަ.” ސުމައްޔާ ތުން ދަމާލަމުން ބުނެލިއެވެ. “ކިހިނެއްވީ؟ އެއީ އަހަރެންގެ ވައިފީއޭ. އެކަހެރި ކޮށް ތިބެފަ ކަމެއް ކޮށްލިޔަސް މައްސަލައަކަށް ވޭތަ؟ ބްރޯ ޖީއެފް ކައިރީ ބުނެބަލަ މި ކަހަލަ ކަންކަމުގެ ދެމެދަށް ނުވަންނަން.” ޒަވިއަން އިޙުސާނަށް ކަޅި އަޅާލަމުން ބުނެލިއެވެ. އޭރު އަރީން ފަކީރު ލަދުން ވިރެނީއެވެ. އެ ދޮން މޫނު ހީވަނީ ރަތް ޓޮމާޓޯ އެއް ހެނެވެ.

“އެހެންވެޔޭ އަދި ވެސް މެރީ ކުރަން އުޅޭލެއް ލަސް ވާހަކަ ބުނީ. ރީން އަކީ ސަންތީގެ ބެސްޓީ އެއްނު. ޑޯންޓް ބީ ޖެލަސް.” އިޙުސާނު އައިސް ސުމައްޔާގެ އަތުގައި ހިފާ ދަމައިގަންނަމުން ބުނެލިއެވެ. “އުންމަތުލް ވަބާ! މަ ނޫޅެމޭ ޖޭ ވެގެންނެއް. އަވަހަށް ގެއަށް ދާން ވެގެންނޭ.” ސުމައްޔާ ހަށަން ބަނދެލަމުން ބުނެލިއެވެ. “އެހެންވިއްޔާ ދިޔައިމަ ވީނުން ކޮންމެހެން އަހަރެންގެ ވައިފީ ގޮވައިގެން ތިރިއަށް ދާން ވާޖިބުތަ؟” ޒަވިއަން ވަކި ސުމައްޔާ އަކަށް ދުލެއް ނުކުރިއެވެ. “ރީން އަކީ ފުރަތަމަ އަހަރެންގެ ބެސްޓީ. ތިއީ އަދި މާ ފަހުން އައިސްގެން އުޅޭ މީހެއް.” ސުމައްޔާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“ދެން ހުއްޓާލާ. ހިނގާ ގެއަށް ދާން. މާ ލަސްވެއްޖެއްނު.” އަރީން ޒަވިއަންގެ އަތަށް ދަމާލަމުން ބުނެލިއެވެ. ޒަވިއަން ހިނގައިގަތީ ދެނެވެ.

އެޕާޓްމަންޓު ދޮރުމަތީގައި ހުއްޓި ހުރި ޔަޒާންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ދޮރުގެ ބެލް ޖަހާލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ކޮންމެ ފަހަރަކު އަތް ހިއްލާލާފައިވެސް މާޔޫސްކަމާއެކު އަތް ތިރިކޮށްލެވެނީއެވެ. މި ހައިޖާނެއްގެ ތެރޭގައި ހުއްޓާ ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލައިފިއެވެ.

“އަހަނ ދަރިފުޅާ. ކިހިނެއް ވެފަ ތި ހުރީ. ބެލް އަޅާލި ނަމަ އެއްނު ދޮރު ހުޅުވަން އެނގޭނީ.” އަފްޒަލް ޔަޒާނަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އެތެރެއަށް ވަންނަން ފުރުސަތު ދިނެވެ. “ތި ދަނީ ވަރަށް މުހިންމު ކަމަކުތަ؟ ބައްޕަ އަށް މިތާ މަޑުކޮށްލެވިދާނެތަ؟ އެބައޮތް… ވާހަކައެއް ބުނަ..ންވެފަ” ޔަޒާން ދެފަރާތަށް ކަޅި ހިންގަމުން ބުނެލިއެވެ. ދުރުގައި ހުރި ޔަނާލް އެ ދިމާލަށް އައީ ޔަޒާންގެ ކިބައިން މިފެންނަ އާދަޔާޚިލާފުކަމުގެ ސަބަބުންނެވެ.

“ނޫނޭ. ފަހުން ވެސް ދެވިދާނެ. ކޮން ކަހަލަ ވާހަކައެއް ބުނަންތަ؟ އަނެއްކާ އެންމެ ފަހުން މީހަކާ އިންނަން ނިންމީތަ؟” އަފްޒަލް ލާނެތް ގޮތަކަށް ޔަޒާންގެ ކޮނޑުގައި ޖަހާލިއެވެ. ޔަޒާން ހިންދިރުވާލިއެވެ. ގެންފައި ހުރި ބިރުގެ ސަބަބުން ނުބުނެ ދާން ވެސް ހިތަށް އަރަމުން ދިޔައެވެ. އެހެނަސް އަރީންގެ އަސަރުގަދަ މޫނު ލޯމައްޗަށް ސިފަވުމާއި އެކު އެ ޚިޔާލު ދޫކޮށްލެވުނެވެ.

“ބައްޕާ. އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ…” އިސްޖަހާލަމުން ޔަޒާން ވާހަކަ ދައްކަން ފެށިއެވެ. ލީޒާގެ ވާހަކައިން ފެށިގެން ހިނގައިދިޔަ ހުރިހާ ކަމެއްގެ ތަފްސީލު އޭނާގެ މައިންބަފައިންނާ ހިއްސާ ކުރަމުން ދިޔައީ އިސްޖަހާލައިގެން ހުރެއެވެ.

“ހުރި ގޮތް ކުޑަ ކަން. މިއީތަ އަހަރެމެން ދިން ތަރުބިއްޔަތަކީ. ޒިޔާ… ދެން އަހަރެންގެ މިތުރާއި ހަތަރުކަޅި ހަމަކުރަން ކެރޭނީ ކިހިނެއްތަ؟ ރީން… އެ ފަކީރު ބޮލުގައި މައްސަލައިގެ ތުހުމަތު އެޅި އަބުރު ކަތިލެވިގެން ދިޔަ އިރު ވެސް ކަލެއަށް އެނގުނީ ދެއަތް އުރާލާފަ ބަލަން ހުންނަންތަ؟ އަމިއްލަ އާއިލާ އަށް ކެހިދީފަ ޔަޒާނަށް މުހިންމުވީ އިހަށް ކުރެވުނު ކުށަށް ފަސްއަޅަންތަ؟” އަފްޒަލް އައި ރުޅިން ޔަޒާން ގިރުވާނުގައި ހިފާ ފާރަށް ގަންނަވާލަމުން ތަޅައިގަތެވެ. އަނެއްކޮޅުން ޔަނާލް ރޮއިރޮއި އަވަދިވަނީއެވެ. ފަރުދާގެ ފުރަގަހުގައި ހުރެ، ބަނޑުއަޅައި ވިހޭ ދަރިފުޅު ހިންގި ޖަރީމާތައް އެނގުމުން އެ މައި ލަގޮނޑިއަށް ކެތްނުވީއެވެ.

ޔަޒާން އިތުރު ވާހަކައެއް ނުދައްކާ ހިމޭނުން ހުރީއެވެ. އަރީން ބުނިހެން ފުރުސަތު އޮއްވާ ކުށް ޤަބޫލުކުރިނަމަ މިހެން ނުވީހެވެ. ކުރެވުނު ކުށް ވަންހަނާ ކުރަން އުޅެގެން ކުރެވުނީ ފާފައިގެ މައްޗަށް ފާފައެވެ. އަމިއްލަ އަތުން ފުނޑުފުނޑުކޮށްލެވުނީ ލޯބިވާ ކޮއްކޮގެ މުޅި ދިރިއުޅުމެވެ.

ޒަވިއަންމެން ގެއަށް ދިޔައިރު ސޯފާގައި ޒިޔާދާއި އާފިޔާ ތިބީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލާށެވެ. “ދެކުދިން މިރޭ ހާދަ ލަސްވީ. އަނެއްކާ ކިހިނެއްވީ؟” އާފިޔާ އެއްސެވެ. އަރީން ޒަވިއަނަށް އަވަސް ނަޒަރެއް ދިނެވެ. “މަންމާ. ބައްޕާ. ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބައޮތް.” ޒަވިއަން ސޯފާގައި އިށީންނަމުން ވާހަކަ ދައްކަން ފެށިއެވެ. އެ މީހުންގެ ރޭވުން ހިއްސާކުރަމުން ދިޔަ އިރު ދެމީހުންނަށް ވެސް ތިބެވުނީ އަޖައިބުވެފައެވެ. އަމިއްލަ ދަރިން މިހާ ކުޅަދާނަވެދާނެ ކަން އެމީހުންގެ ޚިޔާލަށް ވެސް ގެނެވިފައި ނެތެވެ.

“ނޫން. ކިތަންމެ މޮޅު ޕްލޭނަކަސް އިތުރު ނުރައްކަލަކަށް ހުށަހެޅޭނެ ކަމެއް ނެތް. އެ ކަންކަމުގެ ފަހަތުގައި ތިބި ބޮޑުންނަށް އަދަބު ދިނުމަކީ އަދި މިހާތަނަށް އެކަކަށް ވެސް ކުރެވިފައިވާ ކަމެއް ނޫން.” ޒަވިއަން ކޭސް އޯޕަން ކުރަން އެދުމުން ޒިޔާދު އެކަމަށް ދެކޮޅު ހެދިއެވެ. “އެކަމަކު އެމީހުން އެހެން އުޅެން ދޫކޮށްލީމަ އަނެއްކާ ވެސް މި ކުށްތައް ތަކުރާރެއްނު ވާނީ. ބައްޕާ. މިހާރު ޒެލީއަށް ބެހެން ވެސް އެމީހުން މަސައްކަތް ކުރެޔޭ. އެ ކުއްޖާ ރައްކާތެރިކުރުމުގެ ނަމުގައި، ހަތަރު ފާރުގެ ތެރޭގައި ބަންދުކޮށްލުމަކީ އެ މައުސޫމް ކުއްޖާގެ ހިތުން އުފާވެރިކަމުގެ ނޫރު ނިވާލުން ފަދަ ކަމެއްނު. އިތުރު ހަމަލާ އެއް އަޔަކަ ނުދީ އުމުރަށް އެ މީހުން މައިތިރި ކޮށްލެވޭނީ މި ކޭސް އަލުން ނަގައިގެންނޭ. ބިރުވެރިކަމެއްގެ ތެރޭގައި އަހަރެމެންގެ އުމުރު ނަގާލަންވީ ކީއްކުރަން؟” އަރީން އާދޭހުގެ ކަޅިއެއް އެއްލިއެވެ.

“އެ ތެދެއް. މިހާރު ކިތައް ފަހަރު އެ މީހުންގެ ސަބަބުން އަހަރެމެންނަށް ގެއްލުން ލިބިއްޖެތަ؟ ޒެވްގެ ރޭވުން ހީވޭ ކާމިޔާބު ވެދާނެހެން.” އާފިޔާ ޒިޔާދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޒިޔާދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އެންމެ ރަނގަޅު. މި ކަން ކާމިޔާބު ކުރަން އެމީހުންގެ ނުލަފާކަން ފެށުނު ގޮތް ދަރިފުޅުމެންނަށް އެނގުން މުހިންމު. އެއީ ބައްޕަ ރިސޯޓު ވިޔަފާރި ފަށާ ކާމިޔާބު ވާން ފެށި ދުވަސްކޮޅު. އޭރު ބްރޭންޑް ނަމަކީ ސަންޝައިން. ރީއްކޮގެ ބައްޕަހެން އެހެން މިތުރަކު ވެސް މަސައްކަތުގައި ވަރަށް އިސްކޮށް އެހީވެ އުޅުނު އޭރު. އެ ނުލަފާ ބްލޫ ވޯޓާސް އިން ޕްރެޝަރު ކޮށް އިންޒާރު ދިނީމަ ވެސް އަހަރެމެން އަޅައެއް ނުލަން. ދެކޮޅަށް ބުނަން އަހަރެމެންނަށް ކަމެއް ކޮށްލިއްޔާ ފުލުހުންނަށް ރިޕޯޓު ކުރާނެ ވާހަކަ. އެހެން ހުއްޓާ އެމީހުން ކޮށްލީ ހީވެސް ނުކުރާ ވަރުގެ ކަމެއް.” ޒިޔާދު އެންމެ ފަހުން އެއްބަސްވެ ވާހަކަ ދައްކަން ފެށިއެވެ.

“ކޮން ކަމެއް؟” ޒަވިއަން އެހިއެވެ. “ސަންޝައިންގެ ސީއީއޯ އަށް ހުރި އަހަރެމެންގެ ގާތް މިތުރާއި އޭނާގެ މުޅި އާއިލާ މަރާލީ. އެއީ ރީން އާއި އަޒާ އަށް އަހަރު ނުފުރޭއިރު. ޒެވް ކުޑަވީމަ ހަނދާން ނުހުންނަނީ. އެކަމަކު އޭރު ހިޝާން ވަރަށް ގުޅޭނެ ޒެވް އާ.” ހިޝާން އޭ ބުނުމުން އަރީންގެ ހަނދާނަށް އައީ ސުމައްޔާ މަތިންނެވެ. އޭނާގެ ބައްޕަގެ އަސްލު ނަމަކީ ހިޝާން ކަމަށް މިރޭ ސުމައްޔާ ބުންޏެވެ. އެހެނަސް ޔަގީން ނުވާތީ އެއްޗެއް ނުބުނެ އަޑުއަހަން އިނީއެވެ.

“ހަނދާންވާ ގޮތުން އެއީ 2009 ވަނަ އަހަރު. ހުރިހާ ކަމެއް ވެ ނިމުނު ފަހުން އަހަރެމެންނަށް އެނގުނީ. އަފްޒަލާއި ބައްޕަ ހުޅުމާލޭގައި އުޅުނެއް ކަމަކު ހިޝާން އުޅުނީ ވިލިނގިލީގައި. އެއް ރެއަކު އެމީހުން ގޭގައި ބަންދުކޮށްލާފަ އަލިފާން ރޯކޮށްލީ. ވަރަށް އެކަހެރި ހިސާބެއްގައި ހުރި ގެއަކަށް ވީމަ މީހުންނަށް އެނގޭ ވަރުވީ އަނެއް ދުވަހު. އޭރު… އޭރު މުޅި ގެ ހުރީ ބިމާ ހަމަވެފަ. ފުލުހުން ވަދެފަ ބެލި އިރު ނާނދަ އޮތީ ހަމައެކަނި ހިޝާންގެ އަންހެނުން ސިލްވިޔާގެ ހަށިގަނޑު. ދަގަނޑު ފޮށިގަނޑެއް ކަހަލަ އެއްޗެއް ދަށުގަ އޮތީމަ ޖިސްމަށް އިތުރު ގެއްލުމެއް ނުލިބި އޮތީ. ސިލްވިޔާގެ އޮޓޮޕްސީ ހަދައިފައި ބެލި ބެލުމުން އެނގުނީ ގަސްތުގައި ބަޔަކު އޭނާ މަރާލީކަން. ހުރީ އެޒްނެލިން އާއި އޮރިންޑިއޯ އިންޖެކްޓް ކޮށްފަ. އެނގެއެއްނު އޭގެ އަސަރު ކުރިއްޔާ އަވަސް ފަރުވާ ނުދެވިއްޖެ ނަމަ ސަލާމަތް ނުކުރެވޭނެ ކަން. މަރު ވާނީ ކަން. އަޒާ ގޮތަށް ސިލްވިޔާގެ ކަނައަތުގައި ވެސް ރޮނގުތަކެއް ކަނޑާ ނަގާފަ ހުރި. އެ މައްސަލަ ކްލޯޒްވެގެން ދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބި.” އެ ވާހަކަތައް ކިޔައިދީ ނިމުނު އިރު ޒިޔާދު ހުރީ ފެންކަޅިވެފައެވެ. އާފިޔާގެ ލޮލުން ވެސް ކަރުނަ އޮހޮރެމުން ދިޔައެވެ.

އަނެއްކޮޅުން ޒަވިއަނާއި އަރީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެެ. ސުމައްޔާ އާއި މިކަންތައް ވެސް ގުޅިފައި އޮތުމުން އަޖައިބުވެފައެވެ. ތަގުދީރުގައި ކަންތައް ވެގެން ދިޔަ ގޮތް ނިކަން ދެކި ބަލާށެވެ. ވަކިވި ކަމަށް ޒިޔާދު ދެކުނު އެކުވެރިޔާގެ އަންހެން ދަރީގެ ގާތް އެކުވެރީންނަށް ވެސް މިވީ އަފްޒަލާއި ޒިޔާދުގެ ދަރިންނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޒަވިއަން އެހެން ބުނެފައި އަރީންގެ އަތުގައި ހިފާލަމުން ގޮސް މަތީ ބަޔަށް އަރައިފިއެވެ. ޒިޔާދުމެން ގާތުގައި ސުމައްޔާގެ ވާހަކަ ނުބުނީ ސުމައްޔާ އެކަން ސިއްރު ކުރަން އެދިފައި އޮތުމުންނެވެ. ކޮޓަރިއަށް ވަދެވުމުން އަރީން ޒަވިއަންގެ ގައިގައި އޮޅުލައިގަތެވެ. “އައި ފީލް ސޯ ބޭޑް. އެހާ ދުވަސް ވާންދެން ސުމީގެ… ގާތް އެކުވެރިޔާގެ މަޤާމުގައި ހުއްޓެއް ކަމަކު ސުމީ އުޅެމުން ދިޔަ ޙާލެއް ނޭނގުނު. އެ ފަ..ކީރު ބަލަން ޢަބްދުއްރަޙްމާންބޭ ހާދަ ޙާލެ…އްގައޭ އުޅެން ޖެހޭނީ. އެހެން އެންމެންނަށް ސިއްރުން އެހެން އައި..ޑެންޓިޓީ އެއް އުފައްދައިގެން ކުޑަ ކުއްޖަކު ބެލުމަކީ ފަ..ސޭހަ ކަމަކަށް ނުވާނެ. އަދި އެ ވެސް މަން..މަ އަކާ ނުލާ. ހާދަ ވަރަކަށް ޓްވިސްޓްތައް އައިސްފިއޭ. މި ސަގަރޭ ހާދަ… އަނިޔާވެރިއޭ. އަމިއްލަ ގޭންގް ހިމާޔަތްކުރުމުގެ ނަމުގައި ކިތަށް ލާއިންސާނީ ޖަރީމާ ހިންގައިފިތަ؟” އަރުބެދެމުން ދިޔަ ޙާލު އެހެން ބުނެލި އިރު އަރީންގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

“އެއީ ރީންގެ ކުށަކުން ވީ ކަމެއް ނޫނެއްނު. އެ ޝައިޠާނީ މަރުފަލި ގޭންގު މީހުންތައް އެހެން މީހުން ވިޔަފާރީގެ މައިދާނުގައި ކާމިޔާބު ވާތީ ނުހައްޤުން އެ މުއްސަނދިކަން އަތުލައިގަންނަން ހިންގި އަނިޔާވެރި ކަންތައްތަކުގެ ނަތީޖާއެއްނު. ހަމަ ފައިސާ އާއި ހެދި ބޫތު ކައިފަ ތިބި ޖަނަވާރުން ތަކެއް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މީހުންގެ އަނިޔާވެރިކަމަށް ނިމުމެއް ގެނެވޭނެ. އަހަރެންނަށް އިތުބާރު ކުރޭ.” ޒަވިއަން އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

އެޕާޓްމަންޓަށް ވަދެވުމާއެކު ސުމައްޔާގެ ނޭފަތުގައި ހިފާލީ ބަދިގޭ މޭޒުމަތިން ދުވި ރޭގަނޑުގެ ކެއުމުގެ ހިތްގައިމު ވަހެވެ. ލަސްނުކޮށް ގޮސް ގޮނޑި ދަމާލައިފައި އިށީންނަމުން އޭނާ ކާން ފެށިއެވެ. އޭރު އޭނާ ވިސްނަމުން ދިޔައީ ޢަބްދުއްރަޙްމާންގެ ދުލުން ބޭނުންވާ ވާހަކަ ނެރޭނެ ގޮތަކާއި މެދުގައެވެ. ގައިމު ވެސް ފަސޭހައެއް ނުވާނެއެވެ. ސިލްވިޔާގެ ވާހަކަ އެ ދުލުން ނެރެވުނީ ވެސް އެތައް ދުވަހެއް ފަހުންނެވެ. ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް އޭނާ މަންމަ އަށް އިންސާފު ހޯދުމަށް ކަނޑައެޅި މަޤްސަދު ހާސިލު ކުރެވޭނީ އެ ކަން ކޮށްގެންނެވެ.

ކައި ނިމުމުން ސުމައްޔާ ތަށި ދޮވެލުމަށް ފަހު މޭޒުމަތި ސާފު ކޮށްލިއެވެ. ބަދިގެ ނިންމާލުމަށް ފަހު ސުމައްޔާ ގޮސް ޢަބްދުއްރަޙްމާން އުޅޭ ކޮޓަރި ދޮރު މަތީގައި ހުއްޓުނެވެ. އެއަށްފަހު ތަޅުގައި ހިފާ އަނބުރާލީ ނިދީތޯ ނޫންތޯ ބަލާށެވެ. އެތެރެއަށް ވަތް އިރު ކޮޓަރި ތެރޭގައި ވަނީ އޮރެންޖް ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލި ކަމެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި އެނދު ހުސްކޮށް ހުރުމުން، ސުމައްޔާ ކުރިއަށް ހިނގާލައިފައި ގޮސް ފާޚާނައިގެ ތަޅުގައި ހިފާލިއެވެ. އެ ތަން ހުޅުވައިފައި ހުރުމުން ސުމައްޔާގެ ދެބުމަ ގާތް ވިއެވެ. މި ވަގުތު ކޮޓަރީގައި ނެތިއްޔާ ޢަބްދުއްރަޙްމާން އުޅޭނީ ކޮން ތަނަކު ބާއޭ އޭނާ ހިތަށް އެރިއެވެ. ސުމައްޔާ ކޮޓަރިން ނުކުންނަމުން ޢަބްދުއްރަޙްމާންގެ ނަންބަރަށް ގުޅާލައިފިއެވެ. ކޮޓަރީގެ ތެރެއިން ފޯނު ރިންގުވާ އަޑު އިވުމުން އޭނާ އަނބުރާ އެތެރެއަށް ވަނެވެ.

“އަޅޭ. ފޯނު ބާއްވާފަ މިއޮއް ދަން ވަގުތު ބައްޕަ ކޮން ތަނަކަށް ތަ އެ ދިޔައީ.” ސުމައްޔާ މޫނުގައި އަތް އަޅާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. ހާސްވެގެން މުޅި މީހާ އަނެއް އަތަށް އަޅައިފިއެވެ. ބައްޕަ އަށް ގޮތެއް ވީ ބާއޭ އޭނާ ހިތަށް އެރިއެވެ. ފާޑުފާޑުގެ ނުބައި ޚިޔާލުތަކުން އޭނާގެ ސިކުނޑި ހިސޯރުކޮށްލުމުން ސުމައްޔާ އިސްތަށިގަނޑަށް އަތް ލައްވާލަމުން ވާން ކޮށްލައިފިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަމަހިމޭންކަން 

Next

ލޯބިން ބުނާތީ 20

Next
June 11, 2026

ލޯބިން ބުނާތީ 20

Previews
June 11, 2026

ހަމަހިމޭންކަން 

24 Comments!

  1. 🥀 says:
    June 11, 2026 at 1:25 pm

    Mi part ves vrh reethi MA!
    Sumee dhn Reen men nah time kolheh dheeba dhwww 😅😅
    Xev vs ulhey goi dhw Reen fakeeru ladhun halaaku vefa🙈🙈
    Sumee ge dad ah gotheh nahadhahcheyyy!
    Whn nxt???
    Luv u 💗

    1. White rose White rose says:
      June 13, 2026 at 4:29 pm

      I’m overjoyed to hear that 🥰🥰
      Hehe, sumee doesn’t like sharing her bestie I guess 🤣🤣
      IA next Monday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  2. shav shav says:
    June 11, 2026 at 1:58 pm

    Wowowow 👏👏👏
    Mi part ves hama perfect.
    Sumayya miothi emmenaa huriha gothakun gulhifathaa dhw. This is very unexpected 😭.
    Love the story sm 🫶 this is one of my fav stories hama.
    When next?
    Keep up the good work girl.
    Lots of love 🫶💗

    1. White rose White rose says:
      June 13, 2026 at 4:28 pm

      I’m thrilled to hear that 🥰🥰
      Yhh, hurihaa enmen kahala gothakah gulhifa 🙃🙃
      IA next Monday
      Shukran shav ✨✨
      Lyt darl 🫰🏻🫰🏻

  3. pumpkin says:
    June 11, 2026 at 2:13 pm

    so curious vege
    finaaly on path to justice
    alheyy sumi dad ah dherah gotheh vi nudhechee

    1. White rose White rose says:
      June 11, 2026 at 8:54 pm

      Yhh, let’s hope this time they succeed 🙃🙃
      Sumee dad ah gotheh vaane baa 🤔🤔
      Shukran pumpkin ✨✨

  4. Exxo says:
    June 11, 2026 at 2:39 pm

    Wow wow vrh vrh salhi mi Bai vx Maashaa Allah .
    When next ?????
    Soooo curious.
    Lysm & tc

    1. White rose White rose says:
      June 11, 2026 at 8:55 pm

      Glad to know 🥰🥰
      IA next Monday
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  5. xxx_dodo_xxx says:
    June 11, 2026 at 3:28 pm

    Heyyyyyyyy.
    Mi Bai vx vrh salhi. Ibaaraaiyy kurunthah hama 1 vanaiga ulheny. Vrh kiyaa hithun kiyaa levijje. Vrh salhi.
    Emme fahun Yazaan evaahaka bunee dhww. Rhen gotheh neiyy viyyaa.
    N emmennah Sumee ge real identity injury dhww. Vrh surprised vefa e thibee.
    Alheyy Sumee ge dad ah gotheh nahadhacheyy.
    When next ??????
    Take good care.
    Luv u.

    1. White rose White rose says:
      June 11, 2026 at 8:56 pm

      I’m delighted to hear that 🥰🥰
      Yhh, yazaan finally accepted his mistakes and decided to repent 😌😌
      Sumy ge dad eh gotheh veythoa noon thoa balan jeheyni, stay tuned 😄😄
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  6. Leeshaa says:
    June 11, 2026 at 3:30 pm

    Beautiful Beautiful. Good like always.
    Vrh salhi. Baraaabaru.
    Sumee ge Das ah kihineh eveeeee. Pls save him anywhere he is.
    Here’s my positive thinking: Sumees dad hid to Sumee cz uts Sumee’s birthday.
    Anyways TV.
    Love youuuuu.

    1. Futtaki says:
      June 11, 2026 at 5:43 pm

      I thought like that tooo… Itz sumy ge b day dhwww.. Hopefully, these bw ppl didnt kidnap him..

    2. White rose White rose says:
      June 11, 2026 at 8:57 pm

      I’m ecstatic to hear that 🥰🥰
      Sumy ge dad ah vee gotheh neynge adhi 🫠🫠
      Sadly, it’s not her birthday 🥀🥀
      Shukran Leeshaa ✨✨
      Lyt darl 🫰🏻🫰🏻

    3. White rose White rose says:
      June 11, 2026 at 8:59 pm

      Let’s stay positive abt him being left unscathed 😬😬
      But, its not her birthday ingey 🥀🥀
      Shukran Futtaki ✨✨

  7. BLOSSOM says:
    June 11, 2026 at 3:46 pm

    omg i did not expect such a shock, now everything is making more sense

    1. White rose White rose says:
      June 11, 2026 at 8:59 pm

      Hehe, everything is connected dhww 😅😅
      Shukran BLOSSOM ✨✨

  8. Anonymous says:
    June 12, 2026 at 12:43 pm

    Mihaaru nimenee dho story
    How many episodes

    1. White rose White rose says:
      June 12, 2026 at 9:53 pm

      It’s going towards the end, around 9 more episodes left 😒😒
      Shukran Anonymous ✨✨

  9. Your fav bab Your fav bab says:
    June 12, 2026 at 2:00 pm

    Heyyyy loveeee!!!
    This part was awesome! enjoyed reading it sm💗
    Finally they’ve decided to corporate! IA ali mageh fennaane!
    So sryy cx of my busy dang schedule can’t leave a proper comment😫
    Lysssm 💗

    1. White rose White rose says:
      June 13, 2026 at 4:30 pm

      I’m thrilled to hear that 🥰🥰
      Yehh, enme fahun hurihaa enmen ekuga masahkaiy fashaifi 😌😌
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  10. DINO says:
    June 12, 2026 at 7:51 pm

    Oh O was right ✅️
    Sumee told about her real identity.
    This prt was nice.
    Sumee ge dad ah dhwra gotheh nahadhachey fahu vaguthu. Pls.

    1. White rose White rose says:
      June 12, 2026 at 9:54 pm

      Yhhh, she finally revealed her identity 😌😌
      Fahu vaguthu dhw gina faharu sad twist eh annaany 😒😒
      Shukran DINO ✨✨

  11. Gurrllyyy says:
    June 14, 2026 at 2:22 pm

    Mi part vx vrh reethi. MA.
    If 9 episodes left. It’ll b like tital 83 eps right.
    Finally this story going to an end. 🥰🥰
    I’m so excited to read the last eps. Those r my fav of every story. ” The Ending “.
    Lysm. Take care.

    1. White rose White rose says:
      June 14, 2026 at 2:58 pm

      Glad to know 🥰🥰
      Yeah, around 83 orr 84
      Shukran Gurrllyyy ✨✨
      Lyt darl 🫰🏻🫰🏻

Comments are closed.

Next Episodeދެވުނީ ވޭނޭ 75←


All Right Reserved!