ދެވުނީ ވޭނޭ 69
“ހަހް. ކަލެއަށް ފިހާރައެއް ހުޅުވުނީމަ ހިތް އާސްމާނަށް އަރުވައިގެން ދޯ ތި ތެޅެނީ. ހަނދާންތައް ދިޔައިމަ މައެ މަތިން ހަނދާން ނެތުނީމަތަ އެހާ ވަރަށް ތި ބަލަނީ؟ ތިޔަހެން މާ އުފަލުގައި އަބަދަކު ނޫޅެވޭނެ. ޒެވް އާއި ވަކިވާން ދެކޮޅު ހަދަންޏާ އަނެއްކާ ވެސް ކަލެއަށް ހަމަލާއެއް ދޭނަން. މިހާރު އެހެރަ ކުޑަކުއްޖާއަށް ތޮޅެލަން ވީތަ؟” ޝައުލާ ކައުންޓަރު ބިއްދޮށަށް ވަދެފައި އަރީންގެ ހެދުމުގައި ހިއްޕެވެ. މި ނުދަންނަ އަންހެނާގެ އުޅުން ހުރި ގޮތް ފެނި އަރީން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. މިއީ އަނެއްކާ އިހުގެ ދުޝްމަނެއް ބާއޭ އޭނާ ހިތަށް އެރިއެވެ.
އަރީން އެއްޗެއް ނުބުނުމުން ޝައުލާ އެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލައިފިއެވެ. އޭރު އަރީން ނެތް ހިތްވަރުލައިގެން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބޮލުގައި ރިއްސަމުން ދާކަން ސިއްރު ކުރެވޭތޯއެވެ. ނޭވާ ހިއްލަން އުޅޭހެން ހީވުމުން އޭނާ ބިރުގަތެވެ. އަމިއްލަ ނަފްސު ބޭޒާރު ވެދާނެ ކަމުގެ ބިރުބޮޑުވުމުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޝައުލާގެ އަނިޔާވެރި އުޅުން ލޯމައްޗަށް ސިފަވަމުން ދިޔަ އިރު އޭނާގެ މެޔަށް ބާރު ވަމުން ދިޔަހެން ހީވިއެވެ.
ޑައިމަންޑް ސްކައި އެޝޫރަންސާއި ޖެހިގެން ހުރި ސްވީޓްލިން ބޭކަރީ ކުރިމަތީގައި ހުއްޓި ހުރި ފިރިހެން މީހާގެ މޫނުމަތީގައި ވަނީ މަސްހުނި ކުލަވަރެކެވެ. ހާސްކަމާއި، މާޔޫސްކަމާއި، ފަސްޖެހުމުގެ އަސަރެކެވެ. އެތެރެއަށް ވަންނަން ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއެކު، ނޭނގޭ ބާރަކުން އޭނާ ފަހަތަށް ދަމައިގަންނަ ކަހަލައެވެ. އެންމެ ފަހުން، އެތެރެއަށް ވަންނާނެހާ ހިތްވަރު ހަށިގަނޑުގައި ނެތުމުން، އޭނާ އެ ތަނާ ދުރަށް ހިނގައިގަތެވެ.
އަރީން އެތަން ހުޅުވީއްސުރެ ކޮންމެ ދުވަހަކު އޭނާ އާދެއެވެ. އެހެނަސް އަދި އެންމެ ފަހަރަކު ވެސް އެތެރެއަކަށް ނުވަދެއެވެ. ދުރުދުރުން އަރީންގެ އުޅޭނޫޅޭ ގޮތް ބަލާލައިގެން ހިތްހަމަޖައްސާލަނީއެވެ. އެންމެފަހުން ގާތުން އަރީންގެ ހާލު ބަލާލީ ސާޖަރީއަށް ފަހު ހޭއެރުމުގެ ކުރިންނެވެ.
ވަކި ހިސާބަކަށް ހިނގައިފައި ގޮސްފައި އޭނާ ހުއްޓުނެވެ. އަތުގައި އޮތް ކޮތަޅުގެ އަތްގަނޑަށް ފިތާލުމަށް ފަހު އެނބުރި ކުރިއަށް ހިނގައިގަތެވެ. ސްވީޓްލިން ތެރެއަށް ވަން ވަގުތު އޭނާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ.
“ހެހެހެ. ބިރުގަންނަން އެނގިއްޖެދޯ!” ޝައުލާ ހޭން ފަށަމުން އަރީންގެ މޫނުގައި ހިފާލިއެވެ. އަރީން ސިއްރު ސިއްރުން ކައުންޓަރު ދަށުގައި އިން ބަޓަނަކަށް ފިތާލައިފިއެވެ. އެ ވަގުތު އެއްކަލަ މީހާ އައިސް ޝައުލާގެ ކޮނޑު ކަށިގަނޑުގައި ހިފާ ދަމައިގަންނަމުން އެ ތަނުން ނެރުނެވެ. އެއާއެކު އައި ސެކިޔުރިޓީއިން ޝައުލާ އާއި ހަވާލުވިއެވެ.
ޝައުލާ ނެރެލި ވަގުތު އަރީން އޭނާގެ ދަބަހުން އިންހޭލަރ ނަގާ ޖަހާލައިފިއެވެ. އެހެނަސް މުޅިއަކުން ހަމައަކަށް ނޭޅެއެވެ. އޭނާގެ ކަތި ނަޒަރު އަމާޒުވެފައި ވަނީ ކައުންޓަރު ކުރިމަތީގައި ހުއްޓުނު ޔަޒާނަށެވެ. ހަނދާންތަކެއް ގެއްލިގެން ދިޔަ އިރު ވެސް އެ ދުވަހުގެ ކުލަތައް ސިކުނޑީގައި ބިންވަޅު ނެގިފައިވާތީ އަރީނަށް ހިތާ ހިތުން ޝަކުވާ ކޮށްލެވުނެވެ.
“ރީއްކޯ… ކިހިނެއް؟” ޔަޒާން އެ ކޮތަޅު ދިއްކޮށްލަމުން ބުނެލިއެވެ. “ރަނގަޅު. ކީއްކުރަން ތި އައީ؟” އަރީން ފަރުވާކުޑަ ރާގެއްގައި އެހިއެވެ. އަރީންގެ ފަރާތުން ފެނުނު އެ ދުރުކަމާއި ފިނިކަމުން، ޔަޒާންގެ ހިތަށް ތޫނު ތީރެއް ހެރުނު ފަދަ އިހުސާސެއް ކުރެވުނެވެ. އަންހެން ކުއްޖަކާ ޖެހި އަމިއްލައަށް ހެދުނު ގޯސްތަކާއި މެދު ވިސްނުނު ވަރަކަށް އަރީންގެ އެ ނުރުހުން ޙައްޤު ކަމަށް ޤަބޫލުކުރެވުނެވެ. އެކަންތަކުގެ ތެރެއިން އަރީނަށް އަދި ނޭނގޭ އެއް ކަމެއް އެބަ އޮތެވެ. އެ ތަފްސީލު އަރީނަށް އެނގޭ ދުވަހަކުން މިހެން ކުރިމަތިލާނެ ފުރުސަތެއް ވެސް ނުދީފާނެއެވެ.
ޔަޒާން އިތުރު އެއްޗެއް ނުބުނެ ފަސްދީފައި ނުކުންނަން ހިނގައިގަތެވެ. އަރީން އަވަސް އަވަހަށް ގްލާސް ކެބިނެޓުން ޔަޒާނަށް އެންމެ މީރު ވައްތަރުގެ ކޭކެއް ނަގާ ޕެކްކޮށްލައިފިއެވެ. “ދޮ… ޔަޒާން.” ދޮރާއި ހަމައަށް ނުދެވެނީސް އަރީން ގޮވާލައިފިއެވެ. “އަން. އިޓްސް ރެޑްވެލްވެޓް.” އެ ކޮތަޅު ދިއްކޮށްލަމުން އޭނާ ބުނެލިއެވެ. ޔަޒާން ލަސް ފިޔަވަޅު ތަކެއްގައި ގޮސް އޭގައި ހިއްޕެވެ. ޔަޒާން އެ ހިފައިގެން ބޭކަރީ އިން ނުކުތް މަންޒަރު ބަލަން ހުރި އަރީންގެ ހިތުގައި ވަނީ ބަޔާންކުރަންދަތި އިހުސާސެކެވެ.
“ޝައުލާއޭ؟ މަ އެ ވަރަށް އިންޒާރު ދިނީމަވެސް އެ އަންހެނާއަށް މައިތިރިވާން ނޭނގުނީތަ؟ އިލެވެން. ބޭކަރީ އަށް ޚާއްސަކޮށް ހަތަރު ޖާނުން ވަރުގަދަ ފާރަވެރިން އައްޔަނު ކުރޭ. ކަސްޓަމަރުން ބިރުގަތަސް މަށަށް ވަރިހަމަ. ދެން އިތުރަށް މިކަމުގައި ރީންގެ އެދުން އިސްކުރުމުގެ ވިސްނުން ދޫކޮށްލާނަން.” ޒަވިއަން މޭޒުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލަމުން ހަޅޭއްލަވައިގަތެވެ. އެއަށްފަހު ގޮނޑިން ތެދުވެ ދުން ޖަހައިފައި ނުކުމެގެން ދިޔަ އިރު އޭނާ ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ.
ޝައުލާ ބަންދުކޮށްފައި ހުރި ބްލެކް ރޫމަށް ވަދެފައި ޒަވިއަން ދޮރު ތަޅުލިއެވެ. އެއާއެކު ގޮނޑީގައި އިން ޝައުލާ އަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ޒަވިއަން ވިދުވަރެއްހާ ހަލުވިކޮށް ގޮސް ޝައުލާގެ ކަނދުރާގައި ހިފާ ފާރުގައި ޖައްސާލިއެވެ. “ބުނޭ. ކޮން އަތަކުން އަހަރެންގެ އަންހެނުން ގައިގައި އަތްލީ؟” ދަތްކުނޑި ވިކާލަމުން ޒަވިއަން ބުނެލިއެވެ. “އަރީން އަރީން. ޒެވް ހަމަ ރަނގަޅަށް ވެސް މޮޔަވެފަ. އެ ***” ޝައުލާ ޒަވިއަންގެ އަތް ނައްޓުވާން މަސައްކަތް ކުރަމުން އަޑަށް ބާރުލައިފައި ބުނެލިއެވެ. “ކޮން އަތަކުންހޭ އަހަރެންގެ އަންހެނުންނަށް އަނިޔާ ކުރީ.” ޒަވިއަންގެ އަތުގެ ހޫނު ހަމަލާއެއް ޝައުލާގެ މޫނަށް ދެފަހަރަކު އެރިއެވެ.
“މި އަތުން. ކިހިނެއްވީ؟ މަ ބޭނުމީ އެ…” ޝައުލާ ކަނައަތުން ޒަވިއަންގެ މޫނުގައި ފިރުމާލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. މިއާއި އެކު ޒަވިއަން އެ އަތުގައި ހިފާ އަނބުރާލިއެވެ. ކަށިގަނޑު ބިންދައިގެން ދިޔަ އަޑާއެކު މުޅި ކޮޓަރި ތެރޭގައި ގުގުމާލީ ޝައުލާގެ ތޫލި ހަޅޭކުގެ އަޑެވެ.
“ޒެވް.. އޭތް ދޮރު ހުޅުވަބަލަ.” ލީވާނަށް ބްލެކް ރޫމް ހުރި ހިސާބަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. ސައުންޑް ޕްރޫފްކޮށްފައި ހުރުމުން އެތެރޭގައި ކިތަންމެ ވަރުގަދަ ކަންތައްގަނޑެއް ހިނގިޔަށް މީހަކަށް ހިލަމެއް ނުވާނެއެވެ. ޑަބަލް ތަޅުދަނޑި ހޯދައިގެން އެތެރެއަށް ވަތް ވަގުތަކީ ޒަވިއަން ޝައުލާގެ އަތް އަނބުރާލި ވަގުތެވެ. ލީވާން ދުވެފައި ގޮސް ޒަވިއަން ދުރަށް ޖައްސާލިއެވެ. “ޓޭކް ދެޓް ** އައުޓް” ލީވާން އެތަނުގައި ހުރި މީހަކަށް އެންގިއެވެ.
“ޒެވް! ހިނގާ އޭނާގެ ހުރިހާ ކަމެއް ރިޕޯޓު ކުރަން. މި ވަރުން ދަންޏާ އަތު ނުޖެހޭ ހިސާބަށް މައްސަލަ ގޯސްވެދާނެ.” ލީވާން ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. “ގޮޅިއަކަށް ލާ އިރަށް ނުކުންނަ މީހަކު ފުލުހުންނާ ހަވާލުކުރުމުގެ ބޭނުމެއް ކޮބާ. އެ ޢަލީ އަހުމަދުގެ ވާގިވެރިން އެ ތަނުގައި ތިބިހާ ހިނދަކު މަށެއް އޭނާ ފުލުހުންނާ ހަވާލެއް ނުކުރާނަން. އެއް އަތް ބިންދާލާފަ އެ އޮތީ. ދެން އެ ** ކޮންމެވެސް ވަރަކަށް މައިތިރިވެދާނެ” ޒަވިއަން ބުނެލިއެވެ.
ޑިޔުޓީ ނިމޭ ވަގުތު ފަހަނައަޅައި ދިޔަ ނަމަވެސް ސުމައްޔާ ގެއަށް ނުގޮސް އިނީ ކުރަން ހުރި މަސައްކަތް ނުނިމޭތީއެވެ. އިޙުސާނު ފިޔަވާ ދެން ތިބި މީހުން ވެސް ގެއަށް ހިނގައްޖެއެވެ. އިޙުސާނު ގިނަ ފަހަރު ގެއަށް ދާނީ ޓީމުގެ އެހެން ހުރިހާ މެންބަރުން ދާ ފަހުންނެވެ.
ސުމައްޔާގެ ޙަރަކާތްތައް މަޑުޖެހިލީ ފަހަތުން މީހަކު އޭނާގެ ކަނދުރާ އާއި ހިސާބުން ދެއަތް ވަށާލުމުންނެވެ. އެ ބީހުމުގައި އެކުލެވިގެންވީ ފަރިތަކަމާއި އޯގާތެރިކަމުން، އެއީ އިޙުސާނުކަން ދެނެގަންނަން އޭނާއަށް ހިނދުކޮޅެއްވެސް ނުނެގިއެވެ.
އިޙުސާނުގެ އަތް ނައްޓުވާލަމުން ސުމައްޔާ ގޮނޑިން ތެދުވެއްޖެއެވެ. “ކަލޭ ކިހިނެއް ވެގެންތަ ތިއުޅެނީ؟ އޭނ. ކިތަށް ފަހަރު ބުނެގެންތަ އަޑު އިވޭނީ އަހަރެންގެ ގައިގަ އަތް ނުލާށޭ. ތި ވާނީ ލޯބިވެރިޔާ އަށް ބޭވަފާތެރިވުމަށް. ނައުރީނަށް މި ކަން އަންގައިފަ އޭނާގެ ހިތްފަޅާލަން ހަމަ އެހާ ބޭނުންތަ؟” ކަޅި އަޅާލައިގެން ހުރެ ސުމައްޔާ ބުނެލިއެވެ.
“އަހަރެން ބޭނުންވެގެންނެއް ނޫނޭ ނައުރީނާއި ގުޅުނީ. ސޫމޯ ބުނެގެން އެކަން ކުރީ. އަހަރެން ކުރިން ވެސް މިހާރު ވެސް އަދި މުސްތަޤުބަލުގައި ވެސް ލޯބިވާނީ ސޫމޯ ދެކެ. އެހެން އަންހެން ކުއްޖަކު ހަޔާތަށް ގެންނާކަށް ބޭނުމެއް ނޫން. ކިހާ ދުވަހެއް ވާންދެން މިހެން އަހަރެން ދުރަށް ޖައްސާނަންތަ؟ ސުމައްޔާ އަހަރެންގެ ހިތަށް ތިޔަ ދެނީ ކިހާ ވަރެއްގެ ވޭނާއި ކެކުޅުމެއްކަން އެނގޭތަ؟ އަހަރެންނަށް ރަނގަޅަށް ނިދެނީއެއް ނޫން. ކެވެނީއެއް ނޫން. ހެޔޮނުވާނެ އަހަރެންނާއި ގުޅޭ. އޭރުން ސުމައްޔާ ބުނި ގޮތަކަށް އަހަރެން އިސްލާޙު ވާނަން.” މޭޒުގައި ދެފަރާތުން އަތް އަޅުވާލަމުން ނިކަން އަސަރާއި އެކު އިޙުސާނު ބުނެލިއެވެ. މިހާރު ވާހަކަތައް އިވިފައި ސުމައްޔާގެ ހިތުގައި ކޮށި ދައްޗެއް އަޅުވާ ޒަޚަމު ކަހަލައެވެ.
“ކޮންމެހެން މާ ހިތާމަވެރި އެކްޓެއް ޖައްސައިގެން އަހަރެން ހައްލަން އުޅޭނެ ކަމެއް ނެތް. އަމިއްލަ އަށް ނުކައި ނުބޮއި އަރާމު ނުކޮށް އުޅެފަ މަ ބޮލަށް މައްސަލަ ކަނޑާލަން ނުވިސްނާ. އަހަރެންނަށް ކަމުދާ ކަހަލަ މީހެއް ނޫން ތިއީ. ކަލެއަށް ނޭނގުނަސް އަހަރެން މިހާރު މި އުޅެނީ އެހެން މީހަކާ ރައްޓެހިވެގެން. އަހަރެންގެ މިންގަނޑަށް ފެތޭ ފިރިހެނަކާއި ރައްޓެހިވެގެން. ނަމަކީ ޔޫޝައު. އޭނާގެ ނަންވެސް ކަލޭގެ ނަމަށް ވުރެ ރީތި. މަސައްކަތް ކުރަނީ ފައިނޭންސްގެ ދާއިރާގަ. ކަލެއަށް ވުރެ މާ ބޮޑު އާމްދަނީ އެއް އޭނާ އަށް ލިބޭ. ތި އާއިލާއެއް ނެތް ގޮތެއްފޮތެއް ނެތް މައިންބަފައިން ލިބިފަ ހުރި ފިރިހެނަކާއި އެކު އުޅުމަށް ވުރެ އެ ކަހަލަ މީހެއް މާ ރަނގަޅު ވާނެ.” ހިތް މަތީ ގާގަނޑެއް ބާއްވަމުން ސުމައްޔާ ވިސްނުމަށް އައި ގޮތަކަށް ވާހަކައެއް ހަދާލީ އިޙުސާނުގެ އަނގަބަންދުވާނެހެންނެވެ. މިހާ ވަރު ކޮށްގެން ވެސް އިޙުސާނުގެ ނަފުރަތު އަމާޒު ނުވާތީ ސުމައްޔާ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ.
“ސޫމޯ! ހައު ކުޑް ޔޫ؟” ތުރުތުރު އަޅަމުން ދިޔަ ޙާލު އިޙުސާނު ސުމައްޔާގެ ކޮނޑުގައި ބާރަށް ހިފާލަމުން މޫނާއި ގާތްވެލިއެވެ. އެ ހޫނު ނޭވާ އެޅުމުން ސުމައްޔާގެ ހިތް އަވަސްވާން ފެށިއެވެ. “މިހާރު އަނެއްކާ މަށަށް ހެރޭސް ކުރަން ފެށީތަ؟ ހުރި ގޮތްކުޑަކަން ބަލާބަލަ. ނާއިލް ޖަލަށް ލީ ހެން ކަލޭ ވެސް ބަދުނާމުކޮށްފަ ކޯޓަށް ގެންދަންވީތަ؟ ވާހަކަ ހަދާލައިގެން މަށަށް ކަލޭ ބައްދާލުމަކީ ނުލާހިކު ފަސޭހަކަމެއް.” ސުމައްޔާ ނެތް ހިތްވަރު ލައިގެން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވަމުން ބުނެލިއެވެ. މޫނުމަތިން ނުރުހުންތެރިކަން ދެއްކިއެއް ކަމަކު އެ ހިތް ދިޔައީ އަޑުވީއްލާ ރޮމުންނެވެ. އިޙުސާނުގެ އަމަލުތައް މިރޭ ހުރި ގޮތުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ މިއީ ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.
ސުމައްޔާގެ ވާހަކަތަކުން އިޙުސާނު ހަނދާން ކުރަން ބޭނުން ނުވާ ޙަޔާތުގެ ސަފުޙާތައް އަލުން ހުޅުވުނު ކަހަލައެވެ. ދެ ކަންފަތުގައި އަތް އަޅާ ބާރު ކޮށްލެވުނު އިރު އެ ހިތްވަރުގަދަ ފިރިހެނާގެ ލޮލުން ކަރުނަ އޮހޮރޭން ފެށިއެވެ.
***
މިރޭ ވެސް އިޙުސާނަށް ހޭލެވުނީ އޭނާގެ މަންމަ އާއި ބައްޕަ ހަޅޭއްލަވާ އަޑަށެވެ. ބިއްލޫރި ފުޅިއެއް ތަޅައިގެން ދިޔަ އަޑު އިވި އޭނާ އަށް ކަންފަތް މަތީގައި އަތް އަޅާ ބާރު ކޮށްލެވުނެވެ. އެންމެ ހަތް އަހަރުގެ އިޙުސާނަށް އޭނާގެ މައިންބަފައިންގެ ފަރާތުން އަބަދުވެސް ފެންނަނީ މި ކަހަލަ ކަމެކެވެ. އަބަދުވެސް ދެމީހުން އެކަކު އަނެކަކަށް ބަހުގެ ހަމަލާ ދީ ގޭގައި ހުރި ފަރުނީޗަރުތައް ހަލާކުރާ އަޑު އިވޭނެއެވެ. އިހުގައި އޭނާ ބެލި މާމަ އުމުރުން ހަ އަހަރުގައި ނިޔާވުމަށް ފަހު އޭނާ އަށް އަޅާލާނެ މީހަކު ނުވެއެވެ. ކާން ލިބޭނީ ވެސް ގޭތެރޭގެ އެހެން ހުރިހާ މަސައްކަތެއް ކުރިއްޔާއެވެ. އެ ވެސް ކިރިޔާ ބަނޑުފުރާނަ މުއްތިކޮށްލެވޭނެ ވަރުގެ ޕާން ފޮއްޗަކާއި ދަޅުމަސް ކޮޅެކެވެ. ލާން ގެންގުޅޭ އަންނައުނު ކަންފަތިވެގެން ދިޔައިރު ވެސް އިތުރު އެއްޗެއް ގަނެދޭކަށް ބައްޕަ މަސައްކަތެއް ނުކުރެއެވެ. މަދަރުސާ އަށް ދާއިރު އެ ޅައުމުރުގައި ވެސް އިޙުސާނަށް ކުރިމަތިލާން ޖެހެނީ އެހެން ކުދިންގެ މަލާމާތާއި އެވެ.
ދެ މީހުން އެކަކު އަނެކަކަށް އަވަގުރާނު ގޮވަމުން ދިޔަ އަޑު އިވުމުން އޭނާއަށް ބޯ ހޫރާލެވުނެވެ. ދޮރު ކައިރިއަށް ގޮސް އެ ކޯޅުން ބަލަން ހުރިއިރު އެ ޅަ ހިތް ވަނީ ބިރުން ހަލާކުވެފައެވެ. އެހެން ދުވަސް ދުވަހަށް ވުރެ މިއަދު ރުޅިގަދަވެފައި ހުރިކަން ފާހަގަވުމުން އެ ފަކީރަށް ހިންދިރުވާލެވުނެވެ. އޭނާގެ މަންމަ، ބައްޕަ އާއި ދިމާލަށް ވަޅިއެއް ހިފައިގެން އައި މަންޒަރު ފެނި އިޙުސާނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަނެއްކޮޅުން ބައްޕަ ތަޅައިގެން ގޮސް އޮތް ރާފުޅިއެއް އަތަށް ހެޔޮވަރު ކޮށްލައިފިއެވެ.
“މިއަދު މަ އަތުން ކަލޭ މަރުވާނެ.” އިޙުސާނުގެ މަންމަ އޭނާގެ ބައްޕަގެ މެޔަށް ވަޅި ހަރާލީ އޭނާ ބަލަބަލާ ހުއްޓައެވެ. ބައްޕަ ހަޅޭއްލަވައިގަންނަމުން އޭނާގެ މަންމަގެ ކަނދުރާ އަށް އެ ފުޅި މަޅާލިއެވެ. އިސާހިތަކު މުށިގަނޑު މަތީގައި ކޯރު ހެދުނީ ރަތްކުލަ ގަދަ ލެއިންނެވެ. އިޙުސާނަށް މިކަން ބަރުދާސްތު ކުރަން ދަތިވެ ހޭނެތިގެން މުށިގަނޑު މައްޗަށް ދެމުނެވެ.
ހޭވެރިކަން ލިބި އިޙުސާނަށް ތެދުވެވުނީ ހެނދުނު ވީ ފަހުންނެވެ. ސިޓިންރޫމުގައި އޮތް ދެ ފުރާނަނެތް މަސްގަނޑު ފެނި އޭނާ އޯކަށް ދެމުނެވެ. އިޙުސާނު އިތުރަށް ގޭގައި ނުހުންނަން ވެގެން ނުކުމެގެން ދިޔައީ ދުވެފައެވެ. އެހީއަށް އެދި ދުވަމުން އޭނާ ރަށުތެރެއަށް ނުކުތެވެ. ގިނަ ބަޔަކު އިޙުސާނު ފެނުމުން އަޅައިނުލާ ދަނީ އެއީ ރަށު އެންމެން ނަފުރަތު ކުރާ ޖައުފަރާއި ސަމުހާގެ ދަރިއަކަށް ވުމުންނެވެ. އޭނާގެ ގޮވުންތައް އަހައި ފަހަތުން ދިޔައީ ހަސްފަތާލުން ޑިޔުޓީ ނިމިގެން ނުކުތް ޑަކުޓަރެކެވެ.
އެ ޑަކުޓަރާއި އެކު އިޙުސާނު ގޯތިތެރެއަށް ވަދެ އިޝާރާތް ކުރީ ގެއަށް ވަންނާށެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އިޙުސާނުގެ ޙާލަތު ފެނި ކަމެއް ގޯސްވެއްޖެކަން އޭނާއަށް ޔަޤީން ކުރެވުނެވެ. އެ ފިރިހެން މީހާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅު މަތީގައި ހުއްޓި ގަނޑުވެފައި ހުރީއެވެ. ޑަކުޓަރަށް ހަމަ ބިމަށް އާދެވުނީ އިޙުސާނު ގޮވާލުމުންނެވެ. އޭނާ ފުލުހުންނަށް ގުޅާ އެ ވާހަކަ އެނގިއެވެ. އިސާހިތަކު ޚަބަރުތަކުގައި އެ ވާހަކަ ލިޔެވި ވައިގައި ހިފީ ދުވަހަކު ވެސް ނުދެކޭ ޒާތުގެ މައްސަލަ އަކަށް ވުމުންނެވެ. އިޙުސާނު ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް ގެނބިގެން ދިޔައީ އެހާ ޅަ އުމުރުގައި އެ ކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި އުޅެން ޖެހުމުންނެވެ. ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ އަކަށް ގެންދެވި އެކަމަށް ފަރުވާދެމުން ދާތާ ފަސް އަހަރު ވެގެން ދިޔައިރު ވެސް ކުރިއެރުމެއް ނުލިބެއެވެ. އޭނާއަށް އެކަމުން އަރައިގަނެވުނީ ހަތެއްގައި އުޅުނު އިރު ޒަވިއަނާއި ލީވާނާއި ދިމާވުމުންނެވެ.
***
އިޙުސާނަށް ވެގެން ދިޔަ ގޮތުން ސުމައްޔާ އަށް އިސްޖަހާލެވުނެވެ. “އައިމް ސޮރީ. ކީއްވެތަ އަބަދު އަހަރެންގެ އަނގައިން އެ ކަހަލަ ވިހަ ލަފުޒުތަކެއް ނެރޭ ވަރަށް ގާތްވަނީ؟ އަހަރެން އެހާވަރަށް މަސައްކަތް ކުރާ އިރު ވެސް އިޙުސާނު އަހަރެންގެ މަތިން ފޫހި ކުރުވާން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ވިޔަކަ ނުދޭ. އެ ހިތުގައި އަހަރެންނާއި މެދު ނަފްރަތު އުފައްދާން ދެން ކީއްތަ ކުރާނީ؟ އިއްސޭގެ ފުރާނަ ނަގާލަން ތައްޔާރަށް ބަޔަކު އެބަތިއްބޭ. އެމީހުންގެ ޝަރުތަށް އަމަލު ނުކުރިއްޔާ ލަވް ހަފޫޓު އަޑީގައި ވަޅުލާން އެމީހުން ތިބީ ތައްޔާރަށޭ.” ހިތާހިތުން އެހެން ބުނެވުނު އިރު ސުމައްޔާ އަށް އިޙުސާނަށް އަވަސް ނަޒަރެއް ދެވުނެވެ.
ފުން ނޭވާތަކެއް ލުމަށްފަހު އިޙުސާނު އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ކުރިއަށް ޖެހިލަމުން ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. “ސުމައްޔާ! އަހަރެންގެ ހިތަށް ތިވަރުގެ ނުޙައްގު އަނިޔާއެއް ދެނީ ކޮން ކުށެއް ކޮށްގެންތަ؟ ދެ އަހަރު.. ދެ އަހަރު ދުވަސްވާންދެން ލޯބިވާ ކަމަށް ބުނެ އެހާ ގާތުން އުޅެފަ ތިޔަހެން ދުރަށް ޖައްސާލަން ޖެހޭތަ؟ ހެރޭސްމަންޓޭ. ރިޕޯޓު ކުރުމުގެ ކުރިން ޙަޤީޤީ ހެރޭސްމަންޓަކީ ކޮން އެއްޗެއްކަން ދައްކާލަދޭންވީތަ؟” އިޙުސާނު ސުމައްޔާ ގެންގޮސް އޭނާގެ ކެބިނަށް ވައްދާ ދޮރު ލޮކްކޮށްލަމުން އެ ހިތުގައި ރޯވަމުން ދިޔަ ޖަޒުބާތުތައް ފާޅުކޮށްލިއެވެ. ސުމައްޔާ ހުރީ ބުއްދި ގޯސްވާ އަތަށް އަޅައިފައެވެ.
“ދޫކޮށްލާ! މިބުނީނުން ދޫކޮށްލާށޭ! މިތަނަށް މީހުން އެއްކުރަން ހަޅޭއްލަވައިގަންނަންވީތަ؟” ސުމައްޔާ ތުންފަތުގައި ދަތްކުނޑި ވިކާލަމުން އިންޒާރެއް ދިނެވެ. އެހެނަސް އިޙުސާނު ހުރީ ދޫކޮށްލާ ކަހަލަ ވިސްނުމެއްގައެއް ނޫނެވެ. ދެރަޔާ ހިތާމަޔާއި ރުޅި އެކުވެގެން ދިޔަ އެ ހިތުގައިވީ ހޫނު އިޙްސާސް ފާޅުކުރަމުން ދިޔައީ ޝައިތާނާގެ ވަސްވާހަށް ހެއްލިގެން ހުރެއެވެ. އޭނާގެ ހަރަކާތްތައް އަވަސްވެފައި ބާރުގަދައެވެ. ސުމައްޔާ އޭނާ އަށް ބިރުދައްކަން ކެބިނަށް ވަތް ރޭ ހަދާލި ގޮތަށް މޭޒުމައްޗަށް ތިރިކޮށްލައިފިއެވެ. ހޭންޑް ލޮކް އަޅުވައިފައި ހުރުމުން ސުމައްޔާ އަށް ސަލާމަތްވެވުނީއެއް ނޫނެވެ. ދެފައިން ހަމަލާއެއް ދީފާނެތީ އިޙުސާނު ހުރީ އޭނާގެ ފައި އަޅުވާ ހައްޔަރުކޮށްލައިގެންނެވެ. ހިތްނުތަނަވަސް ވެފައި ހުރި ވަރުން އަމިއްލަ އުކުޅުތަކުގެ މަތިން ހަނދާންނެތުނު ކަހަލައެވެ.
ސުމައްޔާ އަށް މި ވަމުން ދާ ގޮތް ރެއަކާ ލުމުން ހީވީ ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވި ހެންނެވެ. އިޙުސާނުގެ ހޫނު ނޭވާ މޫނަށް އެޅުމާއި އެކު ސުމައްޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ ދެލޮލުގައިވީ ވޭނީ އަސަރު ފެނި އިޙުސާނަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ވަގުތުން ސުމައްޔާ ދޫކޮށް ދުރަށް ޖެހިލައިފިއެވެ. އަމިއްލަ އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލެވުނު އިރު ކުށްވެރިކަމުގެ އިޙުސާސް ކުރެވެމުން ދިޔައެވެ.
“ސޮރީ. އަހަރެން.. އައި ކުޑުންޓް ކޮންޓްރޯލް މައިސެލްފް.” އިޙުސާނު ލަސްލަހުން އެހެން ބުނެލީ ހާސްވެފައި ހުރެއެވެ. “ކޮންޓްރޯލް؟ މިހާރު ކަލެއަށް އިހުސާސްވޭތަ އަހަރެންނަށް ކަލޭ ކަމުނުދާ ސަބަބު؟ އެހެން ކުއްޖަކާ ރައްޓެހިވެގެން ތި ބޭވަފާތެރިވަނީ. ކިހިނެއް އެނގޭނީ ރައްޓެހިވެގެން އުޅުނު އިރު ކަލޭ މިހެން އެހެން އަންހެނުންގެ ފަހަތުން ނޫޅޭ ކަމެއް. ކަލޭ ތިކިޔާ ލޯތްބެއް ނާކާމިޔާބު ވީމަ އަހަރެންގެ ރިލޭޝަން ހަލާކުކޮށްލަން މިހެން ހަދަން ޖެހޭތަ؟ ލޯޔަލްޓީ އަކީ ކޮން އެއްޗެއްކަން ނޭނގޭ ރަނޑު ފިރިހެނެއް ތީ. ނަސީބެއް މަށަށް ތި ކަހަލަ ބަޑ* ފިރިހެނަކާ ކައިވެނިނުކޮށް ގުޅުން ކަނޑާލެވުނުކަން.” ސުމައްޔާ ގޮސް އިޙުސާނުގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވީއްލާލަމުން އަސަރާއި އެކު ބުނެލިއެވެ. އަމިއްލަ ނަފްސާއި މެދު ވިސްނުމަށްވުރެ އެ ނާޒުކު ޙާލަތުގެ ފައިދާ ނަގައި އިޙުސާނު ހިތް މުޅިން އަނެއްކޮޅަށް އަނބުރާލަން އޭނާ އަޒުމް ކަނޑައަޅައިގެން ހުރި ކަހަލައެވެ. ދެން އޭނާ ފަސްދީފައި އެ ކެބިނުން ނުކުތެވެ. ސުމައްޔާގެ ފަހަތުން އިޙުސާނު ވެސް ދިޔައެވެ.
“އަހަރެން އެހެން އަންހެނަކާ ގާތެއް ނުވަމޭ. ޓްރަސްޓް މީ. ނައުރީނާއި ވެސް މިހެން ކައިރިއެއް ނުވަން. އެންމެ ކުޑަމިނުން އެ ލޮލަށް ނަޒަރު ހުއްޓާނުލަން.” ސުމައްޔާގެ އަތުގައި ހިފާލަމުން އިޙުސާނު ބުނެލިއެވެ. ސުމައްޔާ ޗޮކެއް ކަނޑާލަމުން އެ އަތް ފޮޅުވާލައިފައި ނުކުމެގެން ދިޔައެވެ. އިޙުސާނު ސުމައްޔާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުއްޓުން އަރާފައި ހުރެވުނީއެވެ.
ސުމައްޔާ ސްޓޭޝަނުން ނުކުމެފައި ދަބަހުގައި އޮތް އަވިއައިނު ނަގާ އަޅާލިއެވެ. އަނދިރީގައި އެ އަޅައިގެން ހުންނަން އުނދަގޫވި ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. ލަސްލަހުން ހިނގައިފައި ސްޓޭޝަން ބިއްދޮށުން ލައިގެން ދިޔައީ އެ ފަރާތު ގޮނޑުދޮށާއި ދިމާލަށެވެ. ހިފެހެއްޓުމެއްނެތި އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު އެ ހިތުގައިވީ ޝަކުވާއެވެ. ލޯބިވާ ފަރާތާއި ގުޅިގެން އަމިއްލަ ދިރިއުޅުމެއް ފަށަން އޭނާ އެދޭ މިންވަރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ކައިވެންޏަށް ކަނޑައެޅި ދުވަސް ގާތް ވެފައި ވަނިކޮށް މިފަދައިން ވަކިވާން ޖެހުމުން އެ ހިތަށް ލިބެމުން ދިޔަ ވޭން ސުމައްޔާ އަށް ބަޔާންކުރަން ދައްޗެވެ.
ނައިޓް ކުލަބުގައި އެކި މީހުން ނަށާ ސަކަރާތް ޖަހަމުން ދިޔަ ވަގުތު އެ ތަނުގެ ތެރެއަށް ވަދެގެން އައި ޝައުލާ ދިޔައީ ދުރަށް ޖެހޭށޭ ކިޔާ އެހެން މީހުންނާއި ދިމާއަށް ހަޅޭއްލަވަމުންނެވެ. ޔޫލީން އެ ދިމާލަށް ގޮސް ޝައުލާގެ އަނގަމަތީގައި އަތް އެޅީ އެ މީހުންގެ ނުރުހުމުގެ ނަޒަރު އަމާޒުވާން ފެށުމުންނެވެ.
“ކިހިނެއްވީ އެހާ ހިތްހަމަނުޖެހިފަ ތި ހުރީ.” ޝައުލާ އެއްފަރާތަކަށް ގެންގޮސްފައި ޔޫލީން އެހިއެވެ. “އަހަންނަށް ދީ ނާއިލްގެ ރޫމް ތަޅުދަނޑި. އެ **އެއްފަދަ ** އެކްސިޑެންޓް ކޮށްލެވުނީ ވެސް އޭނާގެ މަސައްކަތުންނެއްނު. އޭނާ އަށް މަޖުބޫރު ކުރުވައިގެން ވިޔަސް އެބަ ޖެހޭ އެ ހަރުފަ އަށް ބިރު ދައްކަން. މަށަށް އެކަނި އެ ޒަވިއަން ފަހަނައަޅައި ދިއުމަކީ ނުވާނެ ކަމެއް.” ޝައުލާ މަޑުމަޑުން ބުނެލިއެވެ.
“ކިހިނެއް އޭނާ އަށް ބްލެކްމެއިލް ކުރަނީ؟” ޔޫލީން އެހިއެވެ. ޝައުލާ ނަގާ ދައްކާލީ އޭނާގެ ފޯނެވެ. “އެއީ ނިކަން މަޝްހޫރު ގޮލައެކެއްނު. މަސައްކަތް ކުރަނީ ވެސް ބްލޫ ވޯޓާސްގައި ލީގަލް ޑައިރެކްޓަރެއްގެ ގޮތުގައި ވިއްޔާ. އޭނާ ނަހަލާލު ގުޅުމެއް ހިންގާ މަންޒަރު ފެނިއްޖެނަމަ އެ ވާހަކަ ވަރަށް ވައިގަ ހިފާނެއްނު.” ނުލަފާ ގޮތަކަށް ހީނލަމުން އޭނާ ބުނެލިއެވެ.
“އަތުގައި ޕްލާސްޓަރެއް އަޅައިގެން އެވަރުގެ ކަމެއް ވޭތަ؟ އަތަށް ކީއްކުރީތަ؟” ޔޫލީން ޝައުލާގެ ކަނައަތުގައި އަޅުވައިފައި އޮތް ޕްލާސްޓަރުގައި ހިފާލަމުން އެހިއެވެ. “އާން ވާނެ. އައި ނީޑް ރިވެންޖް. އައިމް ޓެކިން ރިވެންޖް ފޯރ ދިސް.” ޝައުލާ ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. “ބޮއެގެން ހުއްޓަސް އެ އިންސްޓިންކްޓް ޓްރިގަރ ކުރެވޭނީ ވަކި ޑްރަގް އަކުން. އާދެ މަށާ އެއްކޮށް.” ޔޫލީން އެހެން ބުނެފައި ދިޔައީ އެންމެ ބިއްދޮށުގައި ހުރި ރޫމަކަށެވެ. ކޮޓަރި ތެރެއިން ސިއްރު ބަޔެއް ހުޅުވާލިއެވެ. އެއަށްފަހު ފާޑެއްގެ ފުޅިއަކާއި ސިރިންޖެއް ނެގިއެވެ. “މީގެ ފަސް އެމްއެލް އޭނާގެ ހަށިގަނޑަށް އިންޖެކްޓް ކުރޭ. އެއަށްވުރެ ގިނަ ނުކުރާތި. އޭރުން ނުކުންނަ ނަތީޖާ މާ ރީއްޗެއް ނުވާނެ. މީގެ ސައިޑް އެފެކްޓްސްގެ އަސަރު ގަދަކަން ފެންނާނެ. މިއީ ސެކްސައިން ކިޔާ އިލީގަލް ޑްރަގެއް. ދި ވަން ވީ ޔޫޒްޑް އޮން އަރީން.” ޔޫލީން ބުނެލިއެވެ.
“އާނ ދެން ހެވޭ. ގިނައެއް ނުކުރާނަމޭ.” ޝައުލާ ޔޫލީން އަތުން އެ އެއްޗެހި ޖަހައިގަތެވެ. ޝައުލާ ދިޔަ މަންޒަރު ބަލައިފައި އޭނާ ބޯ ހޫރާލީ ޝައުލާގެ މި އުޅުން އަދިވެސް ބަދަލުކުރަން ނޫޅޭތީއެވެ.
ޝައުލާ ތައްޔާރު ވެލައިގެން ގޮސް ނާއިލްގެ ރޫމަށް ވަދެ ތަޅުލިއެވެ. އޭރު މަސްތުވަމުން ދިޔަ ނާއިލަކަށް މި ކަމެއް ނޭނގެއެވެ. ފުރުސަތުގެ ބޭނުން ހިފާ އޭނާ އެ އިންޖެކްޝަން ނާއިލްގެ ހަންގަނޑަށް ހަރާލައިފިއެވެ. އެއަށްފަހު ފަހަތަށް ޖެހިލަމުން އޭނާ ލައިގެން ހުރި ތުނި އަންނައުނު ބާލަން ފެށިއެވެ. ވަކި ހިސާބަކުން ކެމެރާ ސެޓްކޮށްލުމަށް ފަހު ޝައުލާ ނާއިލްގެ ގާތަށް ގޮސް އޭނާގެ ގަމީސް ބޭލުވިއެވެ.
ޑްރަގްގެ އަސަރު ކުރަން ފެށިކަން ޝައުލާ އަށް ޔަގީންވީ ނާއިލް އޭނާގެ އެތެރެއިން ލާ އެއްޗެހި ދަމައިގަތުމުންނެވެ. އެއަށްފަހު ޝައުލާ އެނދުމައްޗަށް ވައްޓާލަމުން އޭނާގެ ގައިމައްޗަށް ނާއިލް އަރައިފިއެވެ.
ފަތިސްވުމުގެ ކުރިން ޝައުލާ އެނދުން ތެދުވެގެން އައިސް ކެމެރާ އޮފް ކޮށްލައިފިއެވެ. އެއަށްފަހު އެ ވީޑިއޯ އޭނާގެ ލެޕަށް ފޮނުވާ ކްލައުޑުގައި ވެސް ސޭވް ކޮށްލައިފިއެވެ. ނާއިލް ދެލޯ އުނގުޅަމުން ތެދުވީ ޝައުލާ އެ ވީޑިއޯ އެޑިޓްކޮށް ނިންމާލި ފަހުންނެވެ.
ހޭލެވުނު އިރު ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުން ނާއިލް ސިހުނެވެ. ފުންމައިގެން ތެދުވެ އޭނާ އެއްޗެހި ފެނޭތޯ އެކި ދިމަ ދިމާލަށް ނަޒަރު ހިންގާލިއެވެ. އޭނާ އަށް ގޮނޑިއެއްގައި ހަމަ އެ ޙާލުގައި އިން ޝައުލާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ރޭގައި ހިނގައިދިޔަ އެއް ކަމެއް ވެސް އޭނާގެ ހަނދާނަކު ނެތެވެ. އެ ޑްރަގްގެ އަސަރު ހަމަ އެހާ ވަރުގަދައީއެވެ.
“ކަލޭ ކިހިނެއް މި ތަނަށް ވަނީ؟ އެއްޗެހި ލައިގެން އިނދެބަލަ މުޑުދާރު އަންހެނާ.” ނާއިލް ބުނެލިއެވެ. ޝައުލާ ވަކި އެއްޗެއް ނުބުނެ ގޮސް ނާއިލްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ނާއިލް ޝައުލާގެ ގައިގައި އަޅާ ކޮށްޕާލިއެވެ. އޭނާ ވެއްޓުނީ އެނދުމައްޗަށެވެ. އަތް ވިދުނު ގޮތަކުން ޝައުލާ އަށް ވޭނީ އާހެއް ބޭރުކޮށްލެވުނެވެ.
“ރޭގަ އަހަރެންގެ ބޭނުން ކޮށްފަ މިއަށް ވުރެ ގާތްވެފަ މިހާރު ކީއްކުރަންތަ ދުރަށް ޖެހެނީ؟ މައެ އަތަށް ނުބެހި ހުރޭ.” ޝައުލާ ވައަތުން ޕްލާސްޓަރު ރަނގަޅު ކޮށްލަމުން ބުނެލިއެވެ. އަދި ތެދުވެ ނާއިލް އެނދުމައްޗަށް ވައްޓާލަމުން އޭނާގެ ބަނޑުމަތީގައި އިށީނެވެ. ސިހިފައި ހުރި ވަރުން ނާއިލަށް ހަރަކާތެއް ކޮށްލާން ނުކުޅެދުނެވެ. ޝައުލާ ނާއިލްގެ ހަށިގަނޑުގެ އެތަން މިތަނުގައި ވަސްގަނެ ބޮސް ދޭން ފެށުމުން ނާއިލްގެ ރުޅިގަނޑު ހަމަައިން ނެއްޓިއެވެ. ޝައުލާ ނަގާ ދުރަށް ހޫރާލަމުން އޭނާ ބިންމަތީގައި ހުރި އަންނައުނު ލާން ފެށިއެވެ.
“ހެހެހެ. ކަލޭ ހީކުރީތަ މި ތަނުން ރައްކާވީމަ އެ ނިމުނީއޭ. ނޫނޭ. ދެން މަ ބުނާ ކަމެއް ކުރަން ތައްޔާރުވޭ. މިއަދު ހަވީރު ޖެހޭނެ ޒައިލީން ކިޑްނެޕް ކޮށްފަ މަރާފަ ވަޅުލަން ކަލޭ މަށަށް އެހީވާން. އެހެންނޫނީ މި ހިނގައިދިޔަ ކަންތައް މުޅި ދުނިޔެއަށް ފަޅާއަރުވާލާނަން. ރޭގައި ކަލޭ އުޅުނު ގޮތުގެ ވީޑިއޯ މަ އަތުގައި އެބައިން. މިކަމަށް އެއްބާރުލުން ނުދެވެންޏާ އެ ވީޑިއޯ ވައިރަލް ކޮށްލާނަން.” ޝައުލާ އޭނާގެ އަންނައުނު ލަމުން އިންޒާރެެއް ދީފިއެވެ.
“މިއިދޯ ކަލޭ އަހަރުން ގާތަށް ވަދެގަތް ސަބަބަކީ. ސުންޕާ އަންހެނާ. ހަމަ މިހާރު އެ ޑިލީޓު ކޮށްލަންވީ. އެހެންނޫނީ…” ނާއިލް ގޮސް ޝައުލާގެ ކަރުގައި ހިއްޕެވެ. “އެހެންނޫނީ؟؟” މަލާމާތުގެ ރާގަކަށް ޝައުލާ އަކުރުތަކަށް ދަމާލިއެވެ. ނާއިލް ޝައުލާގެ ކަނދުރާއިން އަތް ދޫކޮށްލީ ދެން ކުރެވޭނެ ކަމެއް ނެތް ކަން އިޙުސާސްވުމުންނެވެ.
ހަވީރު ކުޑަކުދިންނަށް ޚާއްޞަ މައިދާނެއްގައި ފަލަކް އުޅުނީ ޒައިލީން ފޫހި ފިލުވައިދޭށެވެ. ސީސޯ އަށް އަރައިގެންނާއި ސްލައިޑަށް އަރައިގެން ކުޅިވަރު ޖަހަމުން ދިޔައިރު އެ ހިސާބުގައި ގުގުމާލައިފައި ވަނީ ކުޑަކުދިން ހީނ ސަކަރާތް ޖަހާ އަޑެވެ. ޒައިލީން ގާތުގައި ފަލަކް ހުރީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭށެވެ.
“ފަލަކް ދައްތީ އައިސްކްރީމް. ކޮއްކި ބޭނުން އައިސްކްރީމް.” ފަލަކްގެ ފައިގައި ހިފަހައްޓާލަމުން ޒައިލީން އެދުނެވެ. ފަލަކް ޒައިލީންގެ އަތުގައި ހިފާލައިގެން ލުއިކާނާ ވިއްކާ ސްޓޭންޑާއި ދިމާލަށް މިސްރާބު ޖެހީ އައިސްކްރީމް ގަންނާށެވެ.
“ވަން ބްލޫބެރީ އައިސްކްރީމް.” އެކޮޅުން ގޮވާލުމުން ފަލަކް އޭނާގެ ވޮލެޓް ނަގައިފައި ދިހަ ރުފިޔާ ދިނެވެ. އެއަށްފަހު އައިސްކްރީމް ތަށި ނަގައިފައި ޒައިލީނަށް ދޭން އެފަރާތަށް އެނބުރުނެވެ. އޭރު އެ ތަނުގައި ޒައިލީން ޖެހުނުތާ ލަކުނު ވެސް ނެތެވެ.
”މިތާ ހުރި ކުޑަ ކުއްޖާ ދިޔަ ތަނެއް އެނގޭތަ؟” ހާސްކަމާއެކު ފަލަކް އެތަނުގައި ތިބި މީހުންނާ ސުވާލުކުރަން ފެށިއެވެ. “ދެންމެ އަތުގައި ޕްލާސްޓަރެއް އަޅައިގެން ހުރި އަންހެނަކު އައިސް އެ ކުއްޖާ އުރާލައިގެން އެދިމާލަށް ހިނގައިގަތްތަން ދުށިން” އެތަނުން މީހަކު އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެ ޖުމުލައާއެކު ފަލަކްގެ މޭގަނޑު އަވަސްވެ، ހިތް ބިރުގަންނަން ފެށިއެވެ. ލިބުނު ސިހުމާއި ޒައިލީނަށް ޓަކައި ހިތުގައި އުފެދުނު ކަންބޮޑުވުމާއެކު އޭނާ އެ ދިމާލަށް ދުއްވައިގަތީ ހަމަހޭވެރިކަން ކުޑަވެފައިވާ ފަދަ ގޮތަކަށެވެ.
– ނުނިމޭ –
ބަރަކާތްތެރި އަޟްޙާ އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރީންނަށް އަރިސްކުރަން.
✨ تقبل الله منا ومنكم ✨
🌟 عيد مبارك 🌟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Eid mubaarak
Vrh reethi mi part vx
Hurihaa part eh vx miaee last yr in fashaign hama kiyamun…up kuraavarakun….knmme week aku vx eba kiyan ekm comment nukureveny.vrh reethi hurihaa part eh vx…esifiya in mihaathanah kiyey enmme reethi vaahaka miee…masha allah vrh reethi …keep it up gurl luv u sm…tcc.
EID MUBARAK TO YOU TOO✨💕
Owhh, I’m super Delighted to hear that 🥹🥹
This really made my day 😄😄
Shukran Shiuny ✨✨
Lyt darl 🫰🏻🫰🏻
🌟 عيد مبارك 🌟
EYYY zaileen ah gotheh nahadhahcheyy
I will be so off if something happened to her
I love her
aree and zev might get sad too
don’t do anything to her plsssss
when next???
I also luv zely a lot, let’s hope she’s not harmed 😒😒
IA next Friday
Shukran diva_gurly ✨✨
nice mi part ves
varah curiouskofa eyenimunee
pls keep zaileen safe
very sad for what happen between sumo and issey
shaula adhives libune aniya kuda vegen dho eolhenee
wating for nxt part
eid mubarak
Hehe, I have a strange obsession to end with cliffhangerz 😅😅
Let’s hope Zaileen gets saved b4 its too late 😬😬
Dhww, their condition truly breaks my heart – sumee & isse 💔💔
Shukran pumpkin ✨✨
Love it.
Shukran Exxo ✨✨
Mi part ves varah reethi. Subuhaanallahi! Zavian mee rulhi aruvan heyo nuvaa varu meeheh. I didnt even remember yazaan mathin. Seriously shaula ! Kuda kujjaku maraalan thiulhenee firiheneh fahathun moyavegen. ihsaan ge maazy haadha sad ey. Curiosly waiting for the next part??
Eid mubarak 🥰🥰
Real, xev’s temper is notorious 😬😬
Aaeyy, kudakujjakah ves rahumu nukuraa anheneh 😒😒
Dhw, isse didn’t have a proper childhood 🥺🥺
Shukran Miss rose ✨✨
🌟 عيد مبارك 🌟
Mi part ves v reethi Masha allah
Heyonuvaane zelee faakerah gothah nuhadhachey
Haadha goahey dhw shaula hithuga rahumeh kulhuneh neih
Mi part kiyaafa rovijje hama
Sumy n isse gulhuvachey
Zev n reen ves dhuru nukurache
Emmenah Justice libeyne dhuvaheh ge intizaaru ga
When next
Haadha curious kohlaafa thi nihmaaly
Really appreciated your hard work 🥰
Eid Mubarak ❤️
Miayee varah kiyaa hithun kiyaa vaahaka eh
Glad to know 🥰🥰🥰
Can’t promise her complete safety 😒😒
Aan e shaula ah rahum kuraakah neynge 😖😖
I’m also waiting for the day they will get justice.
Shukran Cutie girl ✨✨
Heyy white Rose 😊..Mi part ves vrh Reethi MA! 😍
Aadheys kohfa Mi buny zely fakeerah gotheh nuhdhaathi! Reen aa xev moya vedhaane…Hama rovihjje ihsaan ge maazy Haadha Sadd eyy 😭..Sumee and issey gulhuvahchey they both are made for each other 😞😔… Reen and xev vx dhuru nukuraathi… I’m so curious for the next part.. Comment nukuriyas baraabarah kiyan ingey… Mee my fav story mhr Mi site ga kiyaa story thakuge therein… Mhr maa bodah comment Dhigu vehje dhw Hehe 😅 When’s next?
I appreciate your hard work keep it up ✨✨✨
Lysm and Tc 💗✌🏻
✨ عيد مبارك ✨
I’m overjoyed to hear that 🥰🥰
I’m sorry, but its up to shaula on wht happens to zely rn 😬😬
Sumee and isse gulhen alhugandu ves enme beynumy 🥺🥺
Issoke, I personally luv longer comments 😄😄
Shukran Shaba_17 ✨✨
Lyt darl 🫰🏻🫰🏻
Mi part ves vrh reethi MA!
Yaxaan and Reen ge gulhun rangalhu vaanee Kon dhuvahakun baa ey hithah araa
Xev ge temper OMG! E shaula witch Xeli ah gotheh hedhi kn ingey hisaabun Xev eyna maraalan vs fas nujeheyne dhw. Shaula ge nulafaa kn fenifa hama kos vejje! Eyna dhuvahaku vs islaahu nuvaane dhw
I never knew Ihsaan ulhunee ehaa hih dhathi childhood eh kameh. Sumee dhn esorah thihen nahadhaa. Heyo nuvaane!
Whn nxt???
Luv u 💗
Eid Mubarak 🌙
I’m delighted to hear that 🥰🥰
Yazaan areen buni hen kuri kushah ehbasve adhabu libiganna dhuvahakun e gulhun rangalhu vaane kanne 😬😬
Fr, zely ah gotheh hadhaaliyya eyna ge zamaan dhiyai 🤣🤣
Dhww, sirun viyas e haqeeqiay thah kiyaidheyne nama 🫠🫠
IA next Friday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Glad to know 🥰🥰🥰
Can’t promise her complete safety 😒😒
Aan e shaula ah rahum kuraakah neynge 😖😖
I’m also waiting for the day they will get justice.
Shukran Cutie girl ✨✨
wallaahi! Zev e shaula ge ath bindhaalee😱 shows how much he loves his wify tho😁!
Alhey sumy then heyo nuvaane isse kairi buney😭😭 e fakeeru vaanu vaaga e haalah dhoonukurey😭 got me in tears e bai kiyunu iru!
Shaula alhe maraalan jehey ehcheh! Bidhifa oth athakaa eku vx mychakah neyge dhw madun hunnaakah! Adhi naail fakeeru blackmail kuraa goth nikan balaaba😫!
Zaileen alhe kuda kujjekey! don’t let them harm her!!
You ate this part diva💅💅
When next?
Lysm💖💖
Eid mubarak too darling..
I’m ecstatic to hear that 🥰🥰🥰
Yhh, xev loves areen a lot now 🥹🥹
Dhww, sumee biru kandaalaafa e vhk bunaane nama 🫠🫠
Aan aiy bindhunyma ves huttaakah engeny eh noon 😒😒
Let’s see whether zely is left unscathed or not 😬😬
IA next Friday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
Omg. Breathtaking.
When next ????
Tc…
IA next Friday
Shukran xxx_dodo_xxx ✨✨
Mi shaulaa akee fahe boegen thelhey echeh. Hama huvaa mi bunee haaadha goahey dhww.
Naail vx Shaula ah vuren rangalhu vaane kanne.
Xeliiiii. !!!!!!
Noooo.
Xeli ah gotheh nahadhahcheyy. Plzzzz.
Oh ekkala Yazaan dhww e ulheny.
Ly…
Aan, vrh nubai anheneh mi Shaula akee 😒😒
Ahh, I can’t promise abt zely’s complete safety 😖😖
Shukran Leeshaa ✨✨
Lyt darl 🫰🏻🫰🏻
V reethi mi part MA
Alhey e shaula hama rangalheh nuvaane tha
ACHEEEDHI SHAULAAAA
Alhey sumo pls don’t keep ur words inside ur heart its breaking You!!
Alhey isse kuran ulhunu kanthah dhw
Aaah I’m blushing
WHATTTTTTTTT NO zaliiii ah gotheh nahadhahchey
Zev ar reen maruvaane
Pls ekujjaa dhookohla pls
CW4THENEXTP
EID MUBAARAK ROSE
TC LY
Shaula rangalhu vumaakee vaane kameh hen heenuvey 😔😔
Dhww, sumee is breaking apart in sadness 🫠🫠
We can only hope for zely’s safety 😒😒
Shukran Sheex ✨✨
Lyt darl 🫰🏻🫰🏻