ދެވުނީ ވޭނޭ 73
ވަކި ހިސާބަކުން އަރީނަށް ހުއްޓާލެވުނީ ބޮލުގައި ރިއްސައިގަތުމުންނެވެ. ލަސްލަހުން ކައިރީގައި އޮތް ގޯޅިއާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. “ރީން. ކިހިނެއްވީ؟ ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށީ ދޯ! ވެއިޓް.” ސުމައްޔާ އަށް އެއީ އަރީން އެކްސިޑެންޓްވި ހިސާބު ކަން ރެއަކާލީ ދެނެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އަރީންގެ އަތުގައި ހިފައިގެން އަނބުރާ އައި ކޮޅަށް ދާން މިސްރާބު ޖަހައިފިއެވެ.
“ނޫން. ސުމީ. އިހަށް މަޑުކޮށްލާ. އަހަރެންނަކަށް ނުހިނގޭނެ. ރަނގަޅަށް ތަންތަނެއް ނުފެނޭ. ފުސް ހަނދާންތަކެއް އާވަނީ.” އަރީން ސުމައްޔާ ހުއްޓުވާލިއެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ އަރީންގެ އަތުގައި ހިފާލަމުން ސުމައްޔާ އެތަނުގައި ހުރި އަށްޓެއްގައި ޖައްސާލިއެވެ. ނިތްކުރިން ދާތިކިތިކި ބަބުޅަމުން ދިޔައިރު އޭނާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ލޯ މައްޗަށް އެ ރޭގެ ބިރުވެރި މަންޒަރުތައް ސިފަ ވަމުން ދިޔައިރު ނާއިލްގެ ވާހަކަތައް ކަންފަތަށް އިވެމުން ދިޔަ ކަހަލައެވެ. އެ ކަންކަން ހަނދާންވަމުން ދިޔަ ވަރަކަށް އަރީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
***
“ހުއްޓާލާ. އަހަރެން އެކަންޏެއް ނޫނޭ އެކަން ކުރީ. ނިކަން ވިސްނާލަބަލަ ކިހިނެއްތޯ އަހަރެންނަށް އެންމެ ފުރަތަމަ އެ އެޕާޓްމަންޓަށް ވަދެވުނީ؟ އެރޭ އަހަރެމެންނަށް އެ ތަނަށް ވަންނަން ކުޑަދޮރު ހުޅުވާފައި ދިޔައީ އަރީގެ ދޮންބެ ޔަޒާން. އެ ޒައިތޫނި ޕާކު ތެރޭ ހުރެފަ ހަތްގަޑިއިރު ފަހުން އެތެރެ ހަށީގެ ގުނަންވަންތައް ވިރުވާލާ ޑްރަގް އޮރިންޑިއޯ އިންޖެކްޓް ކުރީ ވެސް އޭނާ. ރޭ ވުމުން ސީދާ ވަޅިން ހަމަލާ ދީ، ޑެތް ޑްރަގް އިންޖެކްޓް ކުރީ ސަގަރޭއަށް ވިޔަސް ޔަޒާންގެ އަތެއް ވެސް ވޭ އަޒާޔާ މަރާލުމުގަ. ބައްޕަމެން ފުރަތަމަ އުޅުނީ ވެސް އެ އަޒާޔާ މަރާލާކަށް ނޫން. އަރީ މަރާލަން. އަހަރެން ރާވައިގެން އަރީގެ ބަދަލު އަޒާޔާ މަރާލީ. ކީއްވެ ކަން އެނގޭތަ؟ އަރީ ދެކެ އަހަރެން އިންތިހާއަށް ލޯބިވާތީ. މިހާރު ހިތް ފުރިއްޖެތަ؟” ނާއިލް ދެއްކި ވާހަކަ އަރީންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ހަށިގަނޑުގެ ހުރިހާ ހިއްސުތަކަށް ސިހުން ގެނުވި ހޮނުގުގުރިއެއް ފަދައިންނެވެ. އަރީންގެ މޫނުމަތިން ލޭގެ ކުލަ ފިލައި، ކަފަކޮޅެއްހެން ހުދުވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ ބިރުވެރިކަމުގެ ތެރެއިން ދެލޯ ފުރިގެން ބަންޑުންވި ކަރުނައިގެ ކޮންމެ ތިއްކަކުން އޭނާގެ ހިތްދަތިކަން ސިފަކޮށްދެމުން ދިޔަ ކަހަލައެވެ. ކަރުތެރޭގައި ތާށިވި ގިސްލުމުގެ އަޑާއެކު، އަރީން މޭގައި ދެއަތް ވިއްދާ ބާރުކޮށްލީ އެތެރެއިން އުފެދުނު ރިހުމަށް ކެތްނުކުރެވިގެންނެވެ. އަނެއްކޮޅުން ސުމައްޔާ ހުރީ ބިރުން ގޮސް މޭގަނޑު އަނގައަށް އަންނަވަރު ވެފައެވެ. ހާސްކަމުގެ ތެރޭގައި ދެއަތަށް ތެޅިފޮޅެމުން ދިޔައިރު، އޭނާގެ ސިކުނޑި ވަނީ މުޅިން ސުމަކަށް ގޮސްފައެވެ.
“ރީން ހަމަޖެހިބަލަ. ފުންކޮށް ނޭވާއެއް ލާ.” ސުމައްޔާ އަރީންގެ ބުރަކަށިމަތީ ފިރުމަމުން ބުނެލިއެވެ. “ސުމީ… ދޮންބެ…” ރޮވޭވަރުން އަރީނަށް އެއްޗެއް ބުނަން އުނދަގޫވިއެވެ. “ދޮންބެ އަށް ކިހިނެއް ވީ؟” ސުމައްޔާ އެހިއެވެ.
“ސުމީ… އަހަރެންގެ ދޮންބެ… އަޒާ މަރާލަން އެހީވި ތިންވަނަ މީހަކީ ޔަ..ޒާން ކަމަށް އެރޭ ނާއިލް ބުނި. ދޮންބެ އޯ ކުޑަދޮރު ހުޅުވާފަ ދިޔައީ. ދޮން..ބެ އޯ އޮރިންޑިއޯ އިން…ޖެކްޓް ކުރީ.. ވަޓް އިފް… އިޓްސް ޓްރޫ.” ނޭފަތް ދަމަމުން އަރީން ބުނެލިއެވެ. “ކީކޭ؟ ރީންގެ ދޮންބެ އޭ؟ އެކަމަކު އަހަރެންނަށް ހާދަ ހީނުވޭ. އެއީ އަނެއްހެން ރަނގަޅު މީހެކެއްނު. ނާއިލް ތި ދެބޭންގެ މެދުގައި އިތުރު މައްސަލައެއް ޖައްސަން ދޮގު ވެސް ހަދައިފާނެއްނު. އޭނާ އަށް އެނގެނީ ކަންނެ ތި ދެބޭންގެ ގުޅުން ހީނަރުކަން. އެކަހަލަ އެއްޗެއް ކިޔައިގެން ރީން ހައްލަން އުޅޭހެން ހީވަނީ.” ސުމައްޔާ އަށް އަރީން ބުނި އެއްޗެއް ޤަބޫލުކުރަން އުނދަގޫ ވިއެވެ.
“އަހަރެން ބޭނުން ސީދާ ދޮންބެ ގާތަށް ގޮސް އަހާލަން. އަހަންނަކަށް ނުނިދޭނެ… އެކަން ކުރީ ދޮންބެ ނޫންކަން ޔަޤީންކޮށްފަ މެނުވީ ހަމަނޭވައެއް ނުލެވޭނެ.” އަރީން ފުން ނޭވާތަކެއް ލަމުން ބުނެލިއެވެ. ސުމައްޔާ އަރީންގެ ދަބަސް އަތުލައިފައި އިންހޭލަރ ނަގާ ޖަހައިދިނެވެ.
އެޕާޓްމަންޓު ދޮރުގައި ބެލް އަޅާލުމުން މާ އިރުތަކެއް ނުވަނީސް ދޮރު ހުޅުވާލައިފިއެވެ. ނައުރީން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ނޭފަތް އެތެރެއަށް ދަމާލެވުނީ ދުވަމުން ދިޔަ ކާތަކެތީގެ މީރު ވަހުންނެވެ. އޭޕްރޯނެއް އަޅާލައިގެން ކަނައަތުން ދޭފަތެއް ހުރި ލީވާން ފެނި ނައުރީނަށް އަނގަ މައްޗަށް ޖަހާލެވުނެވެ. ހުދު ކުލައިގެ ގަމީހުގެ އަތް ކުރި މައްޗަށް އޮޅާލެވިފައިވީ އިރު، ފުފިލައިފައިވީ ނާރުތަކާއި އެކު އެ މުލައްދަނޑީގެ ބާރުގަދަ ކަން ހުރީ ހާމަވާށެވެ. ލީވާނަށް ކައްކަން އެނގޭ ކަމެއް އޭނާ އަށް ކުރިއަކުން ނޭނގެއެވެ.
“އިހަށް ސޯފާގައި މަޑުކޮށްލާ. މި ނިމޭނީ. ޒެވް ގާތު އާދޭސް ކުރީމަ ވެސް އަށް ގަޑި ސާޅީސް ވީ ފަހުން ގެއަށް ދިޔަޔަކަ ދިނީ. އެހެންވެ ކުޑަކޮށް ލަސްވީ.” ލީވާން ނައުރީން ގާތު އެހެން ބުނެލައިފައި އަނބުރާ ބަދިގެއަށް ވަނެވެ.
ލީވާން ފިހުނު ކުކުޅު ކޮޅު ކޮށާލުމަށް ފަހު ސްޕެގެޓީ އަޅައިފައި ހުރި ދެ ތަށި މަތީގައި ރީއްޗަށް އަތުރާލިއެވެ. ހިތްހަމަޖެހޭ ވަރުވުމުން އޭނާ އޭޕްރޯން ބޭލުމަށް ފަހު ބަދިގެ ތެރެ ސާފު ކޮށްލިއެވެ. އެއަށްފަހު ދެ ތަށި ގެނެސް މޭޒު މަތީގައި ބެހެއްޓިއެވެ. ބިއްލޫރި ދެ ތައްޓަށް އައިސް ކިއުބް އާއި ސްޕްރައިޓް އެޅުމަށް ފަހު އެ ވެސް ގެނެސް ބެހެއްޓީ މޭޒުމަތީގައެވެ.
“ޗިކެން އަލްފްރެޑޯ؟ ވާވް. ވާން ހާދަ މޮޅޭ ކައްކަން. އެ ދުވާ ހިތްގައިމު ވަހުން އެކަނި ވެސް އެނގޭ މި ވަރަށް މީރުވާނެކަން.” ނައުރީން އެއަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ދެމީހުން އެ ކާން ފެށީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މިއަދު ލީވާން އިނީ ނެގި މަޑުވެފައި ކަހަލަ ގޮތަކަށެވެ. އެހާ ވާހަކައެއް ނުދައްކައެވެ. ކޮންމެވެސް ކަމަކާ މެދު ފުންކޮށް ވިސްނަމުން ދާ ކަހަލައެވެ.
“މިއަދު ހާދަ ކަޓާފައޭ. ކިހިނެއްވީ؟” ކައި ނިމިގެން ސޯފާގައި ޖައްސާލަމުން ނައުރީން އެހިއެވެ. “އެބައޮތް މުހިންމު ވާހަކައެއް ދައްކަން ވެފަ. ނޫރީއަށް މިކަން ޤަބޫލުކުރަން އުނދަގޫ ވެދާނެ.” ލީވާން މަޑުމަޑުން ބުނެލިއެވެ. “އަނެއްކާ ކޮން ކަހަލަ ވާހަކައެއްތަ؟ އެހާ ދުރުދުރުން ނުފަށަ ސީދާކޮށް ބުނޭ.” ނައުރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“ނޫރީގެ ބައްޕަ އާއި ކޮއްކޮ އަކީ ތި ހީކުރާ ކަހަލަ ބައެއް ނޫން. ތަފްސީލު އަނގަބަހުން ބުނެދިނިއްޔާ ޤަބޫލުކުރަން އުނދަގޫ ވާނެ. މިއީ އާދައިގެ ވާހަކައެއް ނޫން. މި ރަނގަޅަށް ބަލާފަ ޚިޔާލު ހުރިގޮތް ހިއްސާ ކުރޭ.” ލީވާން ނައުރީންގެ އަތަށް ލައިދިނީ ޓެބްލެޓެކެވެ. ނައުރީން ޚިޔާލެއް ފިކުރެއް ނެތި އޭގައި ހުރި ކްލިޕް ތަކުން ފުރަތަމަ އެއްޗަށް އޮބާލިއެވެ.
ފަހަރަކު ލިޔުމަކާއި ކްލިޕަކާއި ފޮޓޯއެއް ބަލަމުން ދިޔަ ވަރަކަށް ނައުރީން މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ދެލޯ ފެންކަޅިވެ މުޅި މީހާ ދާހިއްލައިފިއެވެ. ދެއަތް ތުރުތުރު އަޅަމުން ދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ ވެސް އެ އަތުން ޓެބްލެޓް ސޮހިގެން ވެއްޓިދާނެހެންނެވެ. “ނޫން. ބުނޭ މިއީ ދޮގެކޭ.” ނައުރީނަށް ބޯހޫރާލެވުނީ މައުސޫމް ކަމަށް ދެކުނު ބައްޕަ އާއި ކޮއްކޮގެ އަނދިރި ފަރާތް ހާމަވެގެން ދިއުމުންނެވެ. އޭރު ނައުރީންގެ ސާފު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.
“އެހެންވެޔޭ ބުނީ ޤަބޫލުކުރަން އުނދަގޫ ވެދާނެ. މިއީ ދޮގެއް ނޫން. އެމީހުންގެ ސަބަބުން ކުށެއް ނެތް ފުރާނަތަކެއް މި ދުނިޔެއާއި އަލްވަދާޢު ކިޔައިފި. އެމީހުންގެ އަނިޔާވެރިކަމުގެ މަޅީގައި ބެދުނު އެތައް ބަޔަކަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތައް ލިބިއްޖެ. އޭގެ ތެރޭގައި އަޒާޔާ، އަރީން، ސުމައްޔާ އަދި އިޙުސާނުގެ އިތުރުން ގިނަ ބަޔަކު އެބަހުރި. ކިހިނެއް ހަދަން ނޫރީ ތި ވިސްނަނީ؟” ދެއަތް މޮޑެމުން ސުވާލު ކުރިއިރު ލީވާން ހުރީ ފާޑަކަށް ދާހިއްލައިފައެވެ.
“އަހަރެން ކީއްތަ ކުރާނީ. މި ކަހަލަ ކުށްވެރިންނަށް އަދަބު ދޭނީ ކޯޓަކުންނު. ވާން އަށް އެނގޭ އިރު ވެސް ފުލުހުންނަށް ރިޕޯޓު ނުކޮށް ތި ހުންނަނީ ކީއްވެގެންތަ؟ މިހާ ދުވަސް ވާއިރު މި ކަހަލަ ކަމެއް ރިޕޯޓު ނުކޮށް ހުންނާތީނުން ކުށްކުރާ މިންވަރު އިތުރުވަނީ. އިގްނޮރެންސް ޑަޒަންޓް ސޯލްވް އެނީތިންގ.” ނައުރީން ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. ލީވާނަށް ހީނލެވުނީ ނައުރީންގެ ވިސްނުން ހުރީ ރަނގަޅަށް ކަން އެނގުމުންނެވެ. “އަހަރެމެން މި އުޅެނީ މި މީހުން އަތުލައިގަންނަން. ނޫރީ ބޭނުންތަ އެހީވާން؟” ލީވާން އެހިއެވެ.
“އާން. މިހާރު ބިރު ވެސް ގަނޭ މި.. މި މީހުންނާއި އެއް ފުރާޅެއް ދަށުގައި އުޅެން. ގެއިން މޫވް އައުޓް ވާން ބޭނުމީ. ގޭގައި ހުއްޓާ… ދެން ކޮށްލާނީ ކޮން ކަހަލަ ނުރައްކާތެރި ކަމެއް ކަން ލަފާކޮށްލަން ދަތި.” ކަރުނުން ފުރިގެންވީ ދެލޮލުން ނައުރީން ބަލާލީ ހިމާޔަތަކަށް އެދޭ ފަދަގޮތަކަށެވެ. “މި ހުރިހާ ދުވަހަކު ބަދަލު ނުވެ ހުރެފަ ކުއްލިއަކަށް ދިޔައިމަ ސަކަރާތް ވެދާނެ. މިކަން އެމީހުންނަށް އެނގުނަކަ ނުދެއްޗޭ. އެކްޓް ލައިކް ނަތިން ހެޕެންޑް. އެމީހުން ނޫރީއަށް ގެއްލުމެއް ނުދޭނެ.” ލީވާން ނައުރީންގެ އަތުގައި ހިފާލަމުން ލޯތްބާއި އެކު ބުނެލިއެވެ.
“ކިހިނެއް އެހެން ހަދާނީ؟ ނުކެރޭނެ… އަހަރެން ބިރުގަނޭ. އެހެންވެ މި ބުނީ މޫވް ވާން ބޭނުމޭ.” ނައުރީން ލީވާންގެ މެދު ހަށީގައި ބައްދާލަމުން ބުނެލިއެވެ. “އެހެންވިއްޔާ ވަގުތީގޮތުން މިގެއަށް އަންނަން ވީނުން. ލިއު އެކަނި އިތުރު މީހަކަށް އުޅޭނީ. ގޭގެ ގެސްޓް ރޫމް ރެޑީ ކޮށްލެވިދާނެ.” ލީވާން ޚިޔާލެއް ދިނެވެ.
“ހިނގާ ދެން ގެއަށް ދާން. އެހެން ދުވަހަކުން މޭރީ ބްރައުނަށް ދާނީ.” ސުމައްޔާ އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އެހެން ދުވަހަކުން އާނ އެތަނަށް ދާނީ. އެކަމަކު އިހަށް އަހަރެން ބޭނުމީ ޔަޒާން އުޅޭ އެޕާޓްމަންޓަށް ގޮސްފަ އެ ވާހަކަ އޮޅުން ފިލުވަން.” އަރީން ތެދުވަންނަމުން ބުނެލިއެވެ. ކާރެއް ހޯދައިގެން ޔަޒާން އުޅޭ އެޕާޓްމަންޓަށް ދާން މިސްރާބު ޖެހިއިރު އަރީން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ސުމައްޔާ އަރީންގެ އަތުގައި ހިފާލައިގެން އިނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ.
އެޕާޓްމަންޓު ކުރިމަތީގައި ހުއްޓިލައިފައި އަރީން ފުން ނޭވާއެއް ލިއެވެ. ސުމައްޔާ ބެލް އަޅާލިއެވެ. އިރުކޮޅެއް ފަހުން އެޕާޓްމަންޓުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ދޮރު ހާކޮށްލައިފައި ބަލައިލި ޔަޒާންގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އޭނާ އެ ތަނަށް ބަދަލުވި ފަހުން އަރީން ޒިޔާރަތް ކޮށްލި ފުރަތަމަ ފަހަރަކީ މިއެވެ.
“އަނހަ ރީން. ކޮބާ ކިހިނެއް؟” އެތެރެއަށް ވަންނަން ފުރުސަތު ދެމުން ޔަޒާން އެހިއެވެ. “ޔަޒާން! އަޒާ ނިޔާވި ރޭ! އެރޭ… އެރޭ ކޮން ތާކަށް ދިޔައީ؟” ދެއަތް މުއްކަވާލަމުން އަރީން އެހިއެވެ. މި ސުވާލު އިވިފައި ޔަޒާން ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.
ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާ އަށް އެ ވަރު ކޮށްލަން އެހީވި ވާހަކަ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ މިހާރު ވެސް އެ ގުޅުން ވަނީ ހީނަރުވެފައެވެ. އޭގެ މައްޗަށް މި ކަން އައުމުން އަރީން އޭނާ އަށް ނަފުރަތު ކުރަން ފަށައިފާނެއެވެ. އޭނާ އެކަމުގައި ބައިވެރިވީ ނާއިލްމެން ބިރުދެއްކުމުންނެވެ. އޭނާ ލީޒާ އާއި އެކު ގުޅުން ހިންގަމުން ދަނިކޮށް ނަގައިފައިވާ ވީޑިއޯއެއް ވައިރަލް ކޮށްލާނެ ކަމުގެ އިންޒާރު ދިނުމުން އޭނާ އަށް ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނީއެވެ. އޭނާ ގާތަކު އެރޭ އަޒާޔާ މަރާލާނެ ވާހަކައެއް ނުބުނެއެވެ. ހަމައެކަނި ބުނީ އަޒާޔާގެ ކައިރިން ސޭފްއެއްގެ ކޯޑު ހޯދަން މަސައްކަތް ކުރާނެ ވާހަކައެވެ.
“ޔަޒާން އާއި އޭ މި ވާހަކަ ދައްކަނީ. އަޒާ ނިޔާވި ރޭ ކޮން ތާކަށް ހެއްޔޭ ދިޔައީ.” އަރީންގެ އަޑު މިފަހަރު އައީ ނިކަން ބާރަށެވެ. އޭނާ ޔަޒާންގެ ގަމީހުގައި ހިފާ ތަޅުވާލަމުން އެހިއިރު އެ ދެލޯ ފެންކަޅިވެއްޖެއެވެ. ސުމައްޔާ މި މަންޒަރު ދެކެން ބޭނުން ނުވުމުން އެޕާޓްމަންޓުން ނުކުމެ ދޮރު ލައްޕާލިއެވެ. “އަހަރެންނަށް މަޢާފުކުރޭ.” ހިމޭންކަމުގެ ސްކޫތަކަށް ފަހު ޔަޒާން ބުނެލިއެވެ.
އަރީނަށް ދެލޯ ބޮޑުކޮށްލެވުނީ ޔަޒާން ބުނި ޖުމްލަ އިވިފައެވެ. “ނޫން. ހެޔޮ ނުވާނެ. އެރޭ އަޒާ ނިޔާވިއިރު އެތާކު ނޫން ދޯ ހުރީ. ދޮންބެ.. އެވަރުގެ އަނިޔާވެރި ކަމެއް ނުކުރާނެ.. އެކަމު ނާއިލް ބުނީ ޔަޒާން އޭ އިތުރު މީހަކަށް ހުރީ. އެއީ ދޮގެއް ދޯ!” އަރީންގެ އަޑު މަޑުމަޑުން ފޭދިގެންދިޔައެވެ. “ދޮންބެއަށް މާފު ކުރޭ. ނާއިލް.. ނާއިލް އެބުނީ ތެދު ވާހަކައެއް.” ޔަޒާންގެ ކިބައިގައި އިސްއުފުލާލާނެހާ ހިތްވަރު ނެތެވެ. މި ވާހަކަ އަހައިފައި ބަޔާންކުރަންދަތި ބިރުވެރިކަމަކުން އަރީންގެ ހިތް ވަށާލިއިރު، ކޮޅަށް ހުންނާނެ ބާރުވެސް ދެކަކުލުން ދޫވީ ފަދައެވެ “ކީއްވެ. ކީއްވެތަ އެ ވަރުގެ ނުބައި ކަމެއް ކުރީ. ޔަޒާނަށް ހަމަ ނޭނގެނީތަ އެ ހާދިސާގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން އަޑި އަޅާލިކަން. ނޭނގެނީތަ އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަން. އަމިއްލަ ކޮއްކޮ ބޮލުގައި އެ އަނިޔާވެރި އަމަލުގެ ބަދުނާމު އެޅުނަސް ޔަޒާނަށް ވަރިހަަމަ ދޯ. ތިއީ އަޅެ ފަހެ ކޮންކަހަލަ ދޮންބެއެއް ތަ؟” އަރީން ދަތްޕިލަ ޖައްސާ ބާރު ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ. އޭރު އެ ސިކުނޑީގައި އެތައް ޚިޔާލެއް ދައުރުވަމުން ދިޔައެވެ. އޭނާ ދެން ޒަވިއަންގެ އާއިލާ އާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަޒާޔާ މަރާލުމުގަ އަމިއްލަ ދޮންބެ ބައިވެރިވިކަން އެނގޭ ހިސާބުން އަނެއްކާވެސް ޒަވިއަން އޭނާގެ ކުރީގެ މިޒާޖަށް ބަދަލުވެދާނެ ކަމުގެ ބިރު އެ ހިތުގައި އުފެދުނެވެ. އެމީހުންގެ ގުޅުން ރަނގަޅު ވިތާ އަދި މަހެއް ވެސް ނުވެއެވެ. ޒަވިއަނާއި އެކު ލޯބިން ދިރިއުޅުމަކީ ހަމަ އެހާ އުނދަގޫ ކަމެއް ހެއްޔެވެ؟
“ދޮންބެއަށް މަޖުބޫރުވީ. ލީޒާ އާއި ގުޅުން ހިންގަނިކޮށް ނަގައިފައި އޮތް ވީޑިއޯ އެއް ވައިރަލް ކޮށްލާނަމޭ ބުނީމަ އެކަމަށް އެއްބަސްވާން ޖެހުނީ. ދޮންބެ އަށް މާފު ކުރޭ.” ޔަޒާން އަރީންގެ ފައިބުޑަށް ތިރިވަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ. “މަޖުބޫރުވީއޭ! ތި ކަހަލަ ކަމެއްގައި ހިފާފަ ޖެހޭތަ މައުސޫމް ފުރާނައެއް ނަގާލަން އެހީވާން. އަމިއްލަ ކޮއްކޮގެ އުފާވެރިކަމާއި ޅަ އަންހެން ކުއްޖެއްގެ ފުރާނަ އަށް ވުރެ ޔަޒާނަށް މުހިންމީ ކުރެވުނު ކުށަކަށް ފަސްއަޅާ ފޮރުވުންތަ؟ އޭރު ވެސް އަހަރެން ބުނީމެއްނު އަމިއްލަ ކުށަށް އެއްބަސްވެ އަދަބު ލިބިގަންނާށޭ. އެހެންނަމަ މި ކަހަލަ ދުވަހެއް ދެކެން ނުޖެހުނީސް. އަހަރެންގެ މާފު ހޯދަން ބޭނުމިއްޔާ ކުރި ކުށްތަކަށް އެއްބަސްވޭ. އެ ހާދިސާގެ ޙަޤީޤަތް އަލިކަމަށް ގެންނަން ތައްޔާރުވޭ.” އަރީން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.
ޔަޒާން ތުންފަތުގައި ދަތް އަޅާލިއެވެ. އަރީންގެ މޫނުމަތީގައިވީ މަސްހުނި އަސަރުތައް ފެނި އެ ހިތުގައި ރިއްސާލިއެވެ. “އެންމެ ރަނގަޅު. އަހަރެން… އަހަރެން ރީންގެ އެދުން ފުރިހަމަ ކޮށްދޭނަން. ކުށަށް އެއްބަސްވާނަން. ކުށް ވަންހަނާ ކޮށްގެން ކުރިއެރުމެއް ނުލިބޭނެ ކަން މިހާރު އެނގިއްޖެ. ރީންގެ މާފު ލިބޭނެ އެހެން ގޮތެއް ނެތިއްޔާ އަހަރެން ބޭޒާރު ވާން ޖެހުނަސް މައްސަލައެއް ނެތް.” ޔަޒާން އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އަހަރެމެން މި މައްސަލަ ނެގީމަ ތި ބުނި އެއްޗެއްގެ ތެދުކަން އަންގައިދޭތި.” އަރީން އެހެން ބުނެފައި އެ އެޕާޓްމަންޓުން ނުކުތެވެ. އެއާއި އެކު ހިތުގައި އުތުރި އަރަމުން ދިޔަ ހުރިހާ ޖަޒުބާތެއް ބަންޑުންވެ، ބާރަށް ރޮއިގަނެވުނެވެ. ފާރުގައި ބުރަކަށި ޖައްސާލަމުން އޭނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ހަގީގަތުގެ ހިތިކަން އޭނާގެ ހިތް ކުދިކުދި ކުރަމުންދިޔައެވެ.
ސުމައްޔާއަށް އެޕާޓްމަންޓުން ނުކުތް އަރީންގެ ނާޒުކު ހާލަތު ފެނި މުޅި މީހާ ފިނިވެގެން ދިޔައެވެ. ނާއިލް އެ ހާމަކުރި ހަގީގަތުގެ ތެދުކަން އަރީންގެ މޫނުމަތިން ފެންނަމުންދިޔަ ކޮންމެ އަސަރަކުންނާއި ކަރުނަތަކުން ސާފުކޮށް ބުނެދެމުން ދިޔަ ކަހަލައެވެ. ބުނާނެ ވަކި އެއްޗެއް ނޭނގި ދައްކާނެ ވާހަކައެއް ސިކުނޑިއަށް ނައިސްފައި ހުރި ސުމައްޔާ އަށް ދެއަތް މުށްކަވާލެވުނެވެ. އެއީ އަރީންގެ ދޮންބެ ކަމުގައި ވިޔަސް، ސުމައްޔާގެ ހިތުގައި ނަފުރަތުގެ ހުޅު ރޯވެއްޖެއެވެ. އަނިޔާވެރި ދޮންބެއެއްގެ ސަބަބުން ވަކިވެގެން އެ ދިޔައީ ދެމީހުންގެ ވެސް އެންމެ ގާތް އެކުވެރިޔާގެ ފުރާނައެވެ. އަމިއްލަ ލެއަށް ވެހުރެ، އުފަން ކޮއްކޮގެ މުޅި ދިރިއުޅުން ނަރަކައަކަށް ބަދަލުކޮށްލަން ޔަޒާނަށް ކެރުނީ ކިހިނެއްބާއޭ ސުމައްޔާ ހިތަށް އެރިއެވެ.
“ދެން ހިނގާ ގެއަށް. އޭނާ އެ ކަހަލަ ކަމެއް ކުރި ސަބަބު… އެނގޭތަ؟” ސުމައްޔާ ކުރިއަށް ޖެހިލަމުން އަރީންގެ ކޮނޑުގައި ހިފާލިއެވެ. “ބްލެކްމެއިލް ތްރޫ އެ ސެކްސް ޓޭޕް.” އަރީންގެ އަޑުގައި އެއްވެސް ދިރުމެއް ނެތެވެ. “ދެޓް ** ** **! އެ ވަރުގެ ކަމަކާތަ މައުސޫމް އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އަމިއްލަ ދެއަތުން ރީންގެ ދިރިއުޅުން ސުންނާފަތިކޮށްލީ؟ **** ކަވާރޑް. މަ ދެއަތުން…” ސުމައްޔާ އައި ރުޅިން އެޕާޓްމަންޓު ދޮރުގައި ތަޅައިގަންނަން ދިމާކޮށްލިއެވެ. “ނޫން. ދެން.. ދެން ހިނގާ ދާން. އަހަރެން… ބޭނުމެއް ނޫން ދެން އޭނާގެ ކުރިމައްޗަށް އަރާކަށް.” އަރީން ސުމައްޔާގެ ގައިގައި ބައްދައިގަންނަމުން އެދުނެވެ. އެހެނަސް މިރޭ ސުމައްޔާ ހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަރީން ދުރަށް ޖައްސާލަމުން ބެލް އަޅާލައިފިއެވެ. ލަހެއް ނުވެ ޔަޒާން ދޮރު ހުޅުވާލައިފިއެވެ.
އަރީން އަދިވެސް ނުދަނީއޭ ހިތާ ދޮރު ހުޅުވާލި ޔަޒާންގެ މޫނުން ތަރި ބުރައިގެން ދިޔައީ ސުމައްޔާ އަތުން ހޫނު އެތިފަހަރެއް ވީއްލާލުމުންނެވެ. ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. ސުމައްޔާގެ ރުޅިވެރި ހަމަލާތަކަށް މަރުހަބާ ކިޔަމުން ދިޔައީ އަމިއްލަ ކުށުގެ ބަރުދަން ސާފުކޮށް ވަޒަންކުރެވޭތީއެވެ. ބަދަލުގައި އޭނާއަށް ހައްގީ އެއަށްވުރެ ކޮޅެއްނެތް ބޮޑު އަދަބެއްކަން ޔަޒާންގެ ހިތްވެސް ގަބޫލުކުރަނީއެވެ.
ދުރުގައި ހުރި އަރީނަށް އެ މަންޒަރު ދެކެން ކެތްނުވެގެން ދުރަށް ހިނގައިގަތީއެވެ. ކޮންމެހެން އެ އަނިޔާވެރިޔާ ދިފާއުކުރަންވީ ސަބަބެއް ނެތެވެ. ޚުދު އޭނާ ވެސް ބޭނުމީ ޔަޒާނަށް އޭނާ ކުރި އަނިޔާވެރި ކުށުގެ ބަދަލު ދޭށެވެ. އެ ހިތުގައި ޔަޒާނަށްޓަކައި އޮތް ކުލުނާއި ލޯބީގެ ކުނޑިފުއްތައް ވަޔަށް ބުރައިގެން ގޮސް ނަފުރަތުގެ ނުރައްކާތެރި ވިހަ މުޅި ހަށިގަނޑުގައި ފެތުރިގަތް ކަހަލައެވެ. ބޭބެއެއްގެ ސިފައިގައި މިއަދު އެ ހުރީ ގާތިލެކެވެ.
އިރުގަނޑެއް ފަހުން ސުމައްޔާ ނުކުމެ އަރީންގެ އަތުގައި ހިފާލަމުން ދުން ޖަހައިފައި ގޮސް ލިފްޓަށް އަރައިފިއެވެ. އަދިވެސް އެ ލޭގައި ހުޅު ފެތުރިފައިވީ ރުޅިވެރިކަމަށް ފަނޑުކަމެއް ނާންނަކަން ހާމަވެއެވެ. އިތުރު ވާހަކައެއް ނުދައްކާ ޓެކްސީ އެއް ހޯދައިފައި އެރިއެވެ. އެރީއްސުރެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ސުމައްޔާގެ އަތުގައި އަރީން ހިފާލިއެވެ. “ސުމީ… އަހަރެން…” އަރީން ލަސްލަހުން ވާހަކަދައްކަން ފެށިއެވެ. “ޑޯންޓް. އަރީނަކަށް ނުޖެހޭ މަޢާފަށް އެދޭކަށް. ހީ ރުއިންޑް ޔުއަރ ލައިފް. އައި ޑިޑް ދެޓް ޓު އެވެންޖް ޔޫ އެންޑް އަޒާ.” ސުމައްޔާ އެ ފަރާތަށް އެނބުރެމުން ބުނެލިއެވެ. އެއަށް ރައްދެއް ދެވެން ވާއިރަށް ގެއާއި ހަމައަށް އާދެވިއްޖެއެވެ. އެންމެ ފުރަތަމަ ކާރުން ފޭބީ ސުމައްޔާ އެވެ.
“ދޭ. ގެއަށް ގޮސްފައި ހަމަޖެހިލައިގެން ނިދާލާ.” ސުމައްޔާ އަރީންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އަރީން ވަކި އެއްޗެއް ނުބުނެ ގޮސް ގޭޓު ހުޅުވާ އެތެރެއަށް ވަނެވެ.
އަރީން އެތެރެއަށް ވަނުމުން ސުމައްޔާ ފައިމަގުގައި މިސްރާބު ޖެހީ އަމިއްލަ ގެއަށް ދާށެވެ. އޭރު އެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. އަރީންގެ ޙާލާއި މެދު ވިސްނެމުން ދިޔަ ވަރަކަށް ސުމައްޔާ ފެންކަޅިވަމުން ދިޔައެވެ. އަބަދުހެން އެ ނިކަމެތި ކުއްޖާ އަށް ދިމާވަނީ ދެރަ ކަންކަމެވެ. މުޅިން ވެސް އެ ސުންޕާ ބްލޫ ވޯޓާސްގެ އަނިޔާވެރިކަމެވެ. އެ މީހުންގެ މައިގަނޑު އަމާޒަކަށް އެ ތިން އެކުވެރިން ހަދައިފައިވާ ކަހަލައެވެ. ބައްޕަމެން އެހާ ވަރަކުން އަމިއްލަ ވިޔަފާރިއެއް ނުފެށިނަމަ މި ހިތްދަތި ކަމާއި ކުރިމަތިލާން ނުޖެހުނީސް ހެއްޔެވެ؟
ވިސްނުމަކަށް ގެއްލިފައި ހުރެ ހިނގަމުން ދިޔައިރު އުޅޭ އެޕާޓްމަންޓު ފަހަނައަޅައި ދެވުނު އިރު ވެސް ސުމައްޔާ އަށް އެކަން ރެއަކާ ނުލިއެވެ. އޭނާއަށް ހަމަ ބިމަށް އާދެވުނީ ދެވަނަ ފިޔަވައްސަށް ދާން އަޅައިފައިވާ ބްރިޖެއްގެ ކައިރިއަށް އާދެވުމުންނެވެ. ނިތްކުރީގައި އަތުން ޖަހާލަމުން އޭނާ އަނބުރާ އަނެއްކޮޅަށް ދާން ހިނގައިގަތެވެ. އެހެނަސް ހިނގާ ހިނގާ ދެފައި ވާޅުވެފައި ހުރުމުން ސުމައްޔާގެ ޚިޔާލު ބަދަލުވެ ގޮސް ބެންޗެއްގައި އިށީނެވެ. އެހެން އިންދާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ނަގާ ބަލައިލި އިރު ގުޅަމުން ދިޔައީ އިޙުސާނެވެ. އޭނާ ގުޅީ ސުމައްޔާ ހުރި ތަނެއް ބަލާށެވެ. އެ ވާހަކަ ބުނުމުން މި ދަނީއޭ ކިޔާ ފޯނު ކަނޑާލައިފިއެވެ. އެއާއި އެކު އަނެއްކާވެސް ޚިޔާލުގެ ކަނޑެއްގައި ސުމައްޔާގެ ނަފްސް ބެހިގެން ދާން ފެށިއެވެ.
ވިސްނުމަކަށް ގެއްލިފަ އިން ސުމައްޔާ ސިހުނީ އިޙުސާނު ސައިކަލުގެ ބަރުގޮނު އަޅާލި އަޑަށެވެ. “މިއަދު މޭރީބްރައުނަށް ގޮސްފަ ރީން އަހަރެންގެ ސަންތިއަށް ކިހިނެއް ހެދީތަ؟” ސައިކަލަށް އަރަން އައި ސުމައްޔާގެ އަތުގައި ހިފާލަމުން އިޙުސާނު އެހިއެވެ. “މޭރީބްރައުނަކަށް ނުދެވޭ. އަހަރެންނަށް ނޭނގުމެއްގެ ތެރެއިން ދެވުނީ ރީން އެކްސިޑެންޓްވި ދިމާއިން ލައިފައި. ދެން… ރީން ހަނދާންނުވެ ހުރި ކަންކަން މިއަދު ހަނދާންވީ އެންޑް… އަޒާ. އަޒާ މަރާލުމަށް ކޮޓަރިއަށް ވަތް ތިން މީހުންގެ ތެރެއިން ކާކުކަން ނޭނގި ހުރި މީހާ… އެއީ. އެއީ ރީންގެ ދޮންބެކަން އެނގުނީ. ރީން. ޝީ ވޯޒް ސޯ ހާޓް ބްރޯކެން.” ސުމައްޔާ އިޙުސާނުގެ ގާތަށް ޖެހިލަމުން ވައި އަޑުން އެ ވާހަކަ ބުނެލިއެވެ. އިޙުސާނު ސިހުނު ވަރުން ސައިކަލުން ނުވެއްޓުނީ ކިރިޔާއެވެ.
“ކީކޭ. އަސްލުތަ؟ ރީންގެ އަމިއްލަ ދޮންބެއޭ. އެއީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްތަ؟ ކްރޭޒީ ****!” އިޙުސާނަށް ބުނެވުނެވެ. “އާނ. ރީން ބުނީ ސެކްސް ޓޭޕަކުން ބިރު ދެއްކީ އޯ. އައްޗީޑި. ހިތަށް ވެސް ނާރާ ޔަނާއްތަ އާއި އަފްޒަލްބޭގެ ދަރިއަކު… ފާފައިގެ މައްޗަށް ފާފަކުރާއިރު ބިރެއް ވެސް ނުގަންނަނީ ކީއްވެ ބާއޭ ހިތަށް އަރާ.” ސުމައްޔާ ސައިކަލަށް އަރަމުން ރައްދުގައި ބުނެލިއެވެ.
“ދެން އެ ވާހަކަ ނިންމާލަމާ. ނޯ މޯރ ޑިސްޓްރެކްޝަންސް ފޯރ ދި ނައިޓް.” އިޙުސާނު ސައިކަލު ދުއްވާލަމުން ބުނެލިއެވެ. “ކޮންތާކަށް މި ދަނީ؟ ކުރިން ނުވެސް ބުނަމެއްނު މިރޭ ޑޭޓަކަށް ދާ ވާހަކައެއް.” ސުމައްޔާ ހައިރާންވެފައި އިޙުސާނުގެ ގަމީހުގައި ހިފާލިއެވެ. “ނުބުނެވޭތަ؟ އެހެން ވިޔަސް މިރޭ ނުގޮހެއް ނުވާނެ.” އިޙުސާނު ނޭނގޭ ކަމަށް ހަދަމުން ބުނެލިއެވެ.
އިޙުސާނު ގޮސް ސައިކަލް ޕާކު ކޮށްލީ އައިސެޓޯ ކައިރީގައެވެ. ސުމައްޔާ އިޙުސާނުގެ ފަހަތުން އެ ފިހާރައިގެ ތެރެއަށް ވަނެވެ. “ސަންތި ކޮން އެއްޗެއް ނަގާނީ؟” އިޙުސާނު އެހިއެވެ. ސުމައްޔާ އެތަނުގައި ހުރި ވައްތަރުތަކަށް ފުން ނަޒަރެއް ދިނުމަށް ފަހު އިޝާރާތް ކޮށްލީ ތިރަމިސޫ ފްލޭވާރ އަށެވެ.
“ވަން ތިރަމިސޫ އެންޑް ވަން ޑަބަލްޗޮކް. މީޑިއަމް ސައިޒް.” ކައުންޓަރު ކައިރިއަށް ޖެހިލަމުން އޭނާ ބުނެލިއެވެ. އެއަށްފަހު ލާރި ދައްކައިފައި ދެ ތަށި އައިސްކްރީމް ހިފައިގެން ނުކުތެވެ. ސުމައްޔާ އަތަށް ތިރަމިސޫ ފްލޭވާ ތަށި ދިނުމަށް ފަހު އިޙުސާނު ހިނގައިގަތީ ކުރިމަތީގައި އޮތް ގޮނޑުދޮށާއި ދިމާލަށެވެ. ދެމީހުން ގޮސް އިށީނީ އެއްފަރާތުގައި އެކަހެރިކޮށް ހުރި ޖޯއްޔެެއްގައެވެ.
ދެމީހުން އެކަކު އަނެކަކާއި ސަމާސާ ކުރަމުން އައިސްކްރީމް ކަމުން ދިޔައީ ވަށައިގެންވީ މާޙައުލަށް ސަމާލުކަން ނުދީއެވެ. އެ ވަގުތުކޮޅު އެ ދެމީހުންނަށް ޚާއްސަވެފައިވާ ކަހަލައެވެ.
“މި ޑަސްބިނަށް ލާފަ އާދެބަ.” އިޙުސާނު ހުސް ތަށި ސުމައްޔާ އަށް ދެމުން ބުނެލިއެވެ. “އަނބުރާ ދަމުން ވެސް ލެވިދާނެއްނު.” މޫނަށް ވައްތަރެއް ޖައްސާލަމުން ސުމައްޔާ ބުނެލިއެވެ. އެހެނަސް އިޙުސާނު ކުރެއް ނުކުރިއެވެ. އެންމެ ފަހުން ސުމައްޔާ ޖޯލިން ތެދުވީ އިޙުސާނު ގޮތްދޫ ނުކުރުމުންނެވެ. ހިތާހިތުން އެ ސޮރަށް ކުދި ކިޔަމުން އޭނާ މިސްރާބު ޖެހީ ދުރުގައި ހުރި ޑަސްބިނާއި ދިމާލަށެވެ.
ސުމައްޔާ ދިއުމާއި އެކު އިޙުސާނު ދުވެފައި ގޮސް ދޮންވެލިގަނޑު މަތީގައި ހިތެއް ކުރަހާލިއެވެ. އެއަށްފަހު މެދުގައި ހުއްޓިލަމުން މޫދަށް ނަޒަރު ހުއްޓާލިއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.
ސުމައްޔާ އެނބުރި ހިނގައިގަތް އިރު އިޙުސާނު ޖޯލީގައި ނެތުމުން ހައިރާންވިއެވެ. އެ ސޮރު ފެނޭތޯ ފަރާތް ފަރާތަށް ކަޅި ހިންގަމުން ކުރިއަށް ދަނިކޮށް ފެނިއްޖެއެވެ. އެވަގުތު މޫދުން ރެދަން ކަނޑަމުން ދިޔައެވެ. އެ ބަލަނީ އޭ ހިތާ ސުމައްޔާ ވެސް ތިރިއަށް ފައިބައިގެން ދިޔައެވެ. ޖާދުވީ ގޮތަކަށް ނޫކުލައިން ދިއްލެމުން ދިޔަ ރެދަން ފެނި ސުމައްޔާގެ މޫނުމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. އެ ހިތްގައިމު ގުދުރަތީ އަޖައިބުގެ ފުރިހަމަކަމުން މިރޭ ހިނގައިދިޔަ ކަންތައްގަނޑު މަތިން ހަނދާން ނެތޭ ގޮތްވިއެވެ.
ސުމައްޔާ އައިސް ކުރެހި ހިތަށް އެރިކަން އެނގުމުން އިޙުސާނު އެ ފަރާތަށް އެނބުރުނެވެ. އެއަށްފަހު އެއްފައިމައްޗަށް ތިރިވެ އޭނާގެ އަތުގައި އޮތް މަހުމާ ފޮށި ހުޅުވާލިއެވެ. އެތެރޭގައި އޮތް ރިހިކުލައިގެ އަނގޮޓި ސުމައްޔާ އަށް ފާހަގަ ކުރެވުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން އިޙުސާނު އޭނާއަށް ކައިވެނި ހުށަހެޅި ރޭ އޭނާއަށް ދިން އަނގޮޓިއެވެ. ޒައިލީންގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޒަވިއަންގެ ޕްރައިވެޓް ރިސޯޓަށް ދިޔަ ދަތުރުގައި އޭނާއަށް ލިބުނު ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ހަދިޔާއެވެ. އެ ފަހަރު ގޮތް ބޮޑުކޮށްލަމުން ރިސޯޓުގެ އަތިރިމަތި އެއްކޮށް ޖަރީކޮށްފައި އޮތެވެ.
“މަރްޔަމް ސުމައްޔާ ޢަބްދުއްރަޙްމާން. ސުމައްޔާ އާއި ވަކިވާން ޖެހުނު ރެއަކީ އަހަރެންގެ ހިތް ފޮތިފޮތިވެގެން ދިޔަ ރެއެއް. ސުމައްޔާއާއި ވަކިން އެ ހޭދަވި މަސް ދުވަސް ތެރޭގައި އަހަރެންނަށް އިހުސާސްވީ މީގެ ކުރިން ދުވަހަކުވެސް އިހުސާސްނުކުރެވޭ ފަދަ ފަޅުކަމެއް. އަހަރެންގެ ހިތުގައި މިވާ ފުން ޖަޒުބާތަށް ލޯބި ފަދަ އާދައިގެ ލަފްޒެއް ނުދެވޭނެ. އިޓްސް އޭން އެޑިކްޝަން. އަ ބިއުޓިފުލް ޔެޓް އަ ޑޭންޖަރަސް އޮބްސެޝަން ދެޓް ރުއިންޑް މީ ޑިއުރިންގް އަވަރ ސެޕަރޭޝަން. މި ހިތުން ސުމައްޔާ ނޫން އެހެން އަންހެން ކުއްޖަކަށް ޖާގައެއް ނުދެވޭނެ ކަން ޔަޤީން ކުރެވިއްޖެ. އިތުރަށް ދުރުގައި ވަގުތު ހޭދަކުރާކަށް ބޭނުމެއްނޫން. އެހެން ބަޔަކަށް މި ދެމެދަށް ވަންނަން ފުރުސަތު ނުދީ އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ތިއީ އަހަރެންގެ ޙައްޤަކަށް ހަދަން. އަހަރެންނަށް އެ ފުރުސަތު ދީ ކައިވެނި ކުރާނަންތަ؟” ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެ އިޙުސާނު އަސަރާއި އެކު ބުނެލިއެވެ.
ސުމައްޔާ ފުޅާ ހިނިތުންވުމަކާއި އެކު އޭނާ ވައަތް ދިއްކޮށްލިއެވެ. އިޙުސާނު އެ އަތުގެ ކަށި އިނގިލީގައި އަނގޮޓި އަޅުވާލަމުން ތެދުވެ ސުމައްޔާ ގައިގައި ބައްދާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ. “ކައިވެނީގެ ގިނަ ކަންކަން ހަމަޖައްސާފައެއްނު މިހާރު އޮންނާނީ. އިތުރަށް ވާންޖެހޭ ތައްޔާރީތައް ފަނަރަ ދުވަހުން ނިންމާލެވިދާނެ. އެހެންވީމަ ލަސްނުކޮށް މެރީކުރަން ހިނގާ. މިހެން ގިނަ ދުވަސްތަކެއް އޮޔާލުމަކީ އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރެވޭ ކަމެއް. އައި ކާންޓް ރެސިސްޓް ޔޫ މައި ސަންތީ. ކައިވެނިކޮށް ހުރިހާކަމެއް ހުއްދަ ކޮށްލެވޭނެ ދުވަހަކަށް ހާދަ އިންތިޒާރު ކުރެވެޔޭ. ޒެލީ ފެނިފެނި އަހަރެން ވެސް އަމިއްލަ ދަރިއެއް ބޭނުން ވެއްޖެ.” ސުމައްޔާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އިޙުސާނު ބުނެލިއެވެ. މިއާއި އެކު ސުމައްޔާ ލަދުން ވިރިގެން ދިޔަ ކަހަލައެވެ. ދެ ކޯތާފަތަށް ރަތް ކުލަ ފާއްދާލައިފައި ވީ އިރު އެ ހިތުގެ ވިންދު އަވަސް ވެއްޖެއެވެ.
ކޮޓަރިއަށް ވަދެ ދަބަސް ސޯފާ މައްޗަށް އެއްލާލާފައި އަރީން ނުކުތީ ބެލްކަންޏަށެވެ. އޭނާ ގޮސް އުނދޯލީގައި އިށީނދެއްޖެއެވެ. އެ ސިކުނޑި ހަލަބޮލި ވެފައިވަނީ މިރޭ އެނގިގެން ދިޔަ ޙަޤީޤަތުގެ ސަބަބުންނެވެ. އެތައް ގަޑިއިރެއްވީ އިރު ވެސް އެތެރެއަށް ވަންނާކަށް ޚިޔާލެއް ނުކުރެއެވެ. ދަންވި ދަންވިހެން ޖެހެމުންދިޔަ ވައި ބާރުވެ، ތުނިކޮށް ވެހެން ފެށި ވާރޭ ބޯކެރިއަށް ބަދަލުވެއްޖެއެވެ. އެހެނަސް ވެހެމުންދިޔަ ބޯވާރެއަށްވުރެ އަރީންގެ ހިތަށް ކުރަމުންދިޔަ އަސަރު މާ ފުންވެފައި ވިއެވެ.
ބޭރުން ޒަވިއަންގެ ކާރު ފެންނަ ވަރު ވީ ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. ވާރޭގެ ސަބަބުން މަންޒަރު ފުސްވެފައިވީ ނަމަވެސް އެއީ ޒަވިއަންގެ ކާރުކަން ދެނެގަންނާކަށް އަރީނަށް އުނދަގުލެއް ނުވިއެވެ. ހިތް ނުތަނަވަސް ވެގެން ދިއުމާއި އެކު އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޒަވިއަން އައިސް އެތެރެއަށް ވަނުމުން އެ ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ. ފިނިވެގެން އެ ތުންފަތް ތުރުތުރު އަޅަމުން ދިޔަ އިރު ވެސް އަރީން އެތެރެއަށް ވަންނަން ޚިޔާލެއް ނުކުރެއެވެ. ބުރުގާ ނާޅާ ހުރުމުން އޭނާ އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައެވެ.
“ރީން. ތި އޮއް ފިންޏަށް ބަލި މީހާ ބެލްކަނީގަ ކިހިނެއް ވެފަ ތި އިނީ؟ އާދެ އެތެރެއަށް.” ޒަވިއަން ގޮސް އަރީން ނަގާ އުރާލައިފިއެވެ. ކޮޓަރިއަށް ވަދެ އަރީން ލެދަރ ސޯފާ ބާއްވާލުމަށް ފަހު އެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މޫނުގައި ޝަބްނަމް ތިކިތަކެއް ފަދައިން ފެން ހަރުލައިފައި ހުރި ގޮތުން ހިތް ދަމައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ. އެ ފިޔާތޮށި ކުލަ އަރަމުން ދިޔަ ތުންފަތް ފެނި ޒަވިއަންގެ ހިއްސުތައް ހޭލާން ފެށިއެވެ. ލަސްލަހުން އެ މޫނާއި ހަމައަށް ގުދުވެލަމުން ޒަވިއަން އޭނާގެ ހިތުގެ އެދުން ތަކަށް އިޖާބަދިނެވެ. އަރީން ސިހުނު ވަރުން ފަހަތަށް ޖެހެވުނެވެ. އެހެނަސް ޒަވިއަން އިތުރަށް ގާތް ވެލަމުން އަރީންގެ އިސްތަށިގަނޑަށް އަތް މަހާލައިފިއެވެ. އޭނާގެ އަނެއް އަތް އަރީންގެ ކަނދުރާގައި އަޅުވާލައިފިއެވެ. މި ކަމަށް ދެކޮޅު ހަދަން އަރީނަށް ވެސް އުނދަގޫވިއެވެ. ހީފިލުވާލުމުގެ ނިޔަތުގައި އޭނާ ޒަވިއަނާއި އިތުރަށް ގާތް ވެލައިފިއެވެ.
“މިހާރު ފިނިހޫނުމިން އެއްވަރު ވެއްޖެތަ؟” ޒަވިއަން ދުރަށް ޖެހިލީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ރަކިވެފައި ހުރި ވަރުން އަރީންގެ ދޮން މޫނަށް ވަނީ ޖަންބު ކުލަ އަރައިފައެވެ. ދައްކަން މުހިންމު ވާހަކައެއް އޮތް ކަން ވެސް ހަނދާނުން ކައްސާލި ކަހަލައެވެ. ހަމަ ބަލަހައްޓައިގެން ހުރީއެވެ. އެ އަސަރުގަދަ ދެލޮލުގެ ޖާދުލުގައި ޖެހިފައެވެ. އެހެން ހުއްޓާ ޒަވިއަން އަނެއްކާވެސް އަރީންގެ މޫނާއި ހަމައަށް ގުދުވެލުމުން އޭނާ ދެލޯ މަރާ ތަގުޅި ކޮށްލައިފިއެވެ.
“ދީސް ރެޑް ޗީކްސް އަރ ރުއިނިންގ މައި ސޭނިޓީ. އިތުރަށް ގާތްވެލަން ބޭނުމީ. އެކަމަކު އަދި އޮފީހުން އައި ގޮތަށް ދޯ މި ހުރީ. އެބަ އަންނަން ފެންވަރާލައިގެން. މި މޫސުމުގަ އެންމެ ބޮޑު އެންޖޯއިމެންޓެއް ލިބޭނީ ކޮން ކަމަކުން ކަން އެނގެއެއްނު. ފަހަރެއްގަ ދެވަނަ ކުއްޖެއް ވެސް ހޯދިދާނެ.” އަރީންގެ ކަންފަތް ދޮށަށް ގުދުވެލަމުން ޒަވިއަން ލާނެތް ރާގަކަށް ބުނެލިއެވެ. އަރީންގެ ގައިގައި ވީހާ ލޯލިތައް ކޮޅަށް ޖެހުނު ކަހަލައެވެ. ޒަވިއަންގެ ލާނެތް ސަމާސާ ތަކުން އޭނާ ރަކި ނުވާ ފަހަރެއް ނުދާނެއެވެ. އެހާ ފިނި، ރުޅިގަދަ މީހެއް ގޮތަށް ދެކުނު މީހަކު މިހެން ސަމާސާ ކުރިއްޔާ އަޖައިބު ނުވެ ހުންނާނެ ހެއްޔެވެ؟
“އައިލް ޓޭކް ދެޓް އޭޒް އެ ޔެސް.” ޒަވިއަން ދުރަށް ޖެހިލަމުން ބުނެލިއެވެ. ފާޚާނާ އަށް ވަދެ ދޮރު ލައްޕާލި އަޑަށް އަރީނަށް ހަމަހޭވެރިކަން ލިބުނު މީހެއް ފަދައިން ތެދުވެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ބާލީހަކަށް މޫނު ގަންބާލަމުން ކުޑަކޮށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު އަރީން ގޮސް ވޯޑްރޯބަށް ވަނީ ތެތް ހެދުން ބަދަލުކުރާށެވެ. ނިދާ ހެދުމަކާއި ހަރަވާޅެއް ލުމަށް ފަހު އޭނާ އެ ތަނުން ނުކުތެވެ. ދެން ގޮސް އިށީނީ ސޯފާގައެވެ. އެހެން އިނދެގެން ނިޔަފަތި ހަފަމުން ދިޔަ އިރު އަރީން ވިސްނަމުން ދިޔައީ ޔަޒާންގެ ވާހަކަ ބުނާނެ ގޮތަކާއި މެދުގައެވެ. އެންމެ އެއްޗެއް ގޯސް ކޮށް ބުނެވުނަސް ޒަވިއަން ކޮންޓްރޯލުން ނައްޓަފާނެއެވެ.
މާ ލަސްތަކެއް ނުވެ ފެންވަރާލައިގެން ޒަވިއަން ނުކުމެއްޖެއެވެ. އަރީން ފުން ނޭވާއެއް ލައިފައި ތައްޔާރު ވެލީ އެ ވާހަކަ ހިއްސާ ކުރާށެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އޭނާ އަނގަ ހުޅުވާލިއެވެ. “މިރޭ އެކްސިޑެންޓް ވީ… ދުވަހުގެ ހަނދާންތައް އެނބުރި އައިސްފި. އެންޑް… އަޒާ މަރާލުމުގަ ނާއިލް އާއި ސަގަރޭގެ އިތުރުން ބައިވެރިވީ… އަހަ..ރެންގެ ދޮންބެ ޔަ..ޒާން. އަހަރެންނަށް މަޢާފުކުރޭ.” އަރީން ދެލޯ މަރާ ތަގުޅިކޮށްލައިގެން އިނދެ އެ ވާހަކަތައް ދުލުން ބޭރުކޮށްލީ ޒަވިއަނާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ ބުނަން ނުކެރުމުންނެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔަ ގޮތުން ވެސް އަރީން ހާސް ކައްޓައް އަރައިފައި ހުރި މިންވަރު ހާމަވަމުން ދިޔައެވެ.
“ކީކޭ؟” ޒަވިއަން އައިސް އަރީނާއި އަރާ ހަމަކުރަމުން އަޑަށް ބާރުލައިފައި އެއްސެވެ. އަރީން އެރޭ ކަން ވީގޮތް ތަފްސީލުކޮށްދޭން ފެށިއެވެ. އެ ކަންކަން ކިޔައިދެމުން ދިޔަ ވަރަކަށް ހީވީ ޒަވިއަންގެ އަލިފާން ރުޅިގަނޑަށް ޕެޓްރޯލް އެޅެމުން ދިޔަ ހެންނެވެ. ކެތް ނުވެގެން ޒަވިއަން ދުރަށް ގޮސް ހޫނު އެތިފަހަރެއް ވީއްލާލީ ފާރަށެވެ. ޖެހިލެއް ބާރު ކަމަށް ފާރަށް ގުޑުން އަރައިގެން ދިޔައެވެ. އަތް މެށި ލޭ އައެއް ކަމަކު އޭނާގެ ފަރުވާލެއް ނެތެވެ. ޒަވިއަންގެ މި އަމަލުން އަރީންގެ ހިތް ގުޑައިގެން ދިޔައެވެ. އޭނާއަށް ހީކުރެވުނު ފަދައިން ޒަވިއަން ބަދަލުވަނީތާއޭ ހިތަށް އެރުމުން ދެލޯ ފެންކަޅިވި އެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ މޫނުމަތީގައި އަތް އަޅާލި ވަގުތު ހޯސްލައިފައި އެ ދެލޮލުން ކަރުނަ އޮހިގަތެވެ.
“ދެޓް ނާއިލް ޑެވިލް. ހުވާ މިކުރި. މާދަން އޭނާގެ އަނގައިން ލޭ ރަހަ ލައްވާލަދޭނަން. އަބަދުހެން ޖެހޭތަ އަހަރެންގެ އަންހެނުން ރޭޕް ކުރަން މަސައްކަތް ކުރަން. ދެން ޔަޒާން. ރީންގެ ދޮންބެ އަށް ވިޔަސް އޭނާ ވެސް ޖެހޭނެ އަދަބު ލިބިގަންނަން. އަޒާޔާ މަރާލުމުގަ ބައިވެރިވި އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެ.” ދަތްކުނޑި ވިކާލައިގެން ހުރެ އެހެން ބުނެލި އިރު ޒަވިއަންގެ މޫޑު ހުރީ ވަރަށް ގޯސް ވެފައެވެ. އަރީނަށް މި ރުޅި ބޭލިދާނެ ކަމުގެ ބިރަށް އޭނާ އިތުރަށް ވާހަކަ ނުދައްކާ ގޮސް އެނދުގައި އޮށޯތެވެ.
ރޮއިރޮއިފައި އަރީން ސޯފާއިން ތެދުވީ އިރުކޮޅެއް ފަހުންނެވެ. ގޮސް ބޮކި ނިވާލަމުން ފަހު އެނދުގައި އޮށޯތެވެ. ޒަވިއަން އޭނާ އަށް ފުރަގަސްދީގެން އޮތުމުން އޭނާ ހީކުރީ އެ ހުރީ އަރީން ދެކެ ރުޅިއައިސްފައި ކަމަށެވެ. “އަހަރެންނަށް މަޢާފުކުރޭ. ތި ރުޅި މަޑުކޮށްބަ.” މަޑުމަޑުން އަރީން ބުނެލީ ޒަވިއަން އެ ގޮތް ގަނޑު ދޫކޮށްލާނެ ކަމުގެ އުންމީދުގައެވެ.
އަރީންގެ އަޑު ކަންފަތުގައި ޖެހުމުން ޒަވިއަން އެ ފަރާތަށް އެނބުރެލިއެވެ. އަރީންގެ ރަތްވެ ދުޅަވެފައިވާ ދެލޯ ފެނި އޭނާގެ ނޭވާ ކަރުތެރޭ ތާށިވެގެން ދިޔަ ކަހަލައެވެ. ކުށްވެރިކަމުގެ އިހުސާސުން ހިތް ފިތިގެން ދިޔަ ކަހަލައެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އަރީން ގެނެސް މޭގައި ޖައްސާލިއެވެ. “މަޢާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ރީން ނުކުރަމެއްނު. އައިމް ނޮޓް މޭޑް އެޓް ޔޫ. އައިމް މޭޑް އެޓް ދޯސް **** ފޯރ ބްރޭކިންގ މައި ވައިފް ވިތް ގިލްޓް، ބިޓްރޭޔަލް އެންޑް ޓްރައުމަރ. ފޯރ ޓްރެޕިންގ ޔޫ އިން އަ ކޭޖް އޮފް ގިލްޓް ދެޓް އޭޓް އަވޭ ޔުއަރ ސެލްފް ކޮންފިޑެންސް. ފޯރ ޓަރނިންގ މީ އިންޓު އަ މޮންސްޓަރ. އައިމް ސޮރީ. މާ ބާރަށް އަހަރެންނަށް ވާހަކަ ދެއްކުނީ. ނުރޮއި ހުއްޓާލާ. ޕްލީޒް.” ޒަވިއަން އަރީންގެ ކޯތާފަތް ތެންމަމުން ދިޔަ ކަރުނަތައް ފުހެމުން އެދުނެވެ. އެ އަޑު އިވިފައި އަރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
“އަޅޭ. ތި އޮއް އަތުން ލޭ އަންނަނީނުން. މަޑުކުރޭ.” އަރީން ޒަވިއަންގެ އަތްދަށުން ދެމިގަނެގެން ގޮސް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައެވެ. ނިކަން ފަރުވާތެރިކަމާ އެކު އަރީން ޒަވިއަންގެ އަތް ސާފުކޮށް ބޭސް އަޅަމުން ދިޔައީ ހަސްފަތާލެއްގައި ކަން ކުރާހާ ފުރިހަމައަށެވެ. އަރީންގެ މޫނަށް ކަޅި ޖަހާ ނުލާ ބަލަން ޒަވިއަނަށް އިނދެވުނީ އާވާރާ ވެފައިވާ މީހެއް ފަދައިންނެވެ.
“ރީން މެޑިކަލް ދާއިރާގެ ކޯހެއް ހަދައިގެންތަ ތި ހުރީ؟ ހާދަ މޮޅޭ އަތުގައި ބޭސް އަޅައިދޭން.” ޒަވިއަން ބެންޑޭޖް މަތިން އަތުގައި ފިރުމާލަމުން ބުނެލިއެވެ. “ހެހެހެ. ކެނެޑާގަ އަނެއްހެން އެކަނި އުޅޭތީ ހެދިން ބޭސިކް ކޯހެއް. އެހެން ނޫންނަމަ އަހަރެންގެ މުޅި ހަށިގަނޑުގައި ފަރުވާ ނުދެވި ޒަޚަމުތައް ލަކުނަށްވެފަ އެއްނު ހުންނާނީ. މިހާރު ވެސް ސާޖަރިތައް ކޮށްފަ ހުރި ވަރުން ސޫރަ ހުތުރުވެއްޖެ.” އަރީން ފަސްޓް އެއިޑް ބޮކްސް ހިފައިގެން އެނދުން ތެދުވަންނަމުން ބުނެލިއެވެ. އެ ވާހަކަ އިވިފައި ޒަވިއަނަށް ހީވީ މެޔަށް އަފުނޯސް ކަށިތަކެއް ހަރާލި ހެންނެވެ.
“އަހަރެން… އަހަންނަށް މާފުކުރޭ. މައި ޑޭމްން ޓެމްޕަރ. އަރީން ފެންނަ ކޮންމެ ފަހަރަކު އަބަދުހެން ޝައިޠާނާ ބޮލަށް ސަވާރުވެފަ އޭރު ހުންނަނީ. އެހާ ވަރަށް އަނިޔާ ކުރި އިރު ވެސް ރީން އަހަރެންނާއި ދެކޮޅަށް އެއްޗެއް ނުބުނެ ހުރީ ކީއްވެގެންތަ؟ އަހަރެންނަށް ހަމަ ވިސްނުން ލިބޭތޯ ބަދަލުގައި ހަޅޭއްލަވައިގަތްނަމަ. ނޫނީ އަހަރެންނަށް ވެސް ހަމަލާއެއް ދިންނަމަ. ޔޫ ޝުޑް ހޭވް ޓޯރން މީ އެޕާރޓް އިންސްޓެޑް އޮފް ޕްރޮޓެކްޓިންގ އަ **** ލައިކް މީ. އެންޑް ޔޫ އާރ ބްރެތްޓޭކިން އޭޒް އޯލްވޭސް. އަ ސާޖަރީ ސްކަރ ޑަޒަންޑް ފޭޑް ޔުއަރ ބިއުޓީ.” ޒަވިއަން އިސްޖަހާލަމުން މަޑުމޮޅި ރާގެއްގައި ބުނެލިއެވެ. އެ ސިކުނޑީގައި އަރީންގެ ޙަޔާތުގައި ލިޔެވުނު ވޭނީ ސަފުޙާތައް ކުރެހިގެން ދިޔައީ ކުށްވެރިކަމުގެ އިޙުސާސުން މުޅި މީހާ ހަފުސްކޮށްލަމުންނެވެ. އަރީން ޖަޒުބާތީ ގޮތަކަށް ހީނލަމުން ޒަވިއަންގެ މޫނުގައި ހިފާލިއެވެ.
“ނޭނގެތަ އޭރު ވެސް އަހަރެން ޒެވް ދެކެ ލޯބިވީ ކަމެއް. ކިހިނެއްތަ ލޯބިވާ މީހަކަށް އަނިޔާއެއް ދޭނީ. ސުމީ ކިޔާނެ މިއީ ކަނު ލޯތްބޭ. ހުއްޓާލާފަ ޒެވް އާއި ގުޅުން ކަނޑާލާށޭ. ދޭ ވިލް ނެވަރ އަންޑަރސްޓޭންޑް ދެޓް ލަވިންގ ޔޫ ވޮޒް ނެވަރ ސަމްތިންގ އައި ކުޑް ކޮންޓްރޯލް، އީވަން އިފް އިޓް ބަރންސް މައި ވޯލްޑް ޓު އޭޝަސް. އައި ނޯ ޔޫ ހޭޑް އެވްރީ ރައިޓް ޓު ބީ މޭޑް އެޓް މީ. ޓު ޔޫ، އައި ވޮޒްންޓް ދަ ޕާސަން ހޫ ލަވްޑް ޔޫ. އައި ވޮޒް ނަތިންގ ބަޓް އެ ރުތްލެސް މާޑަރަރ ހޫ ސްޓޯލް ޔޯ ސިސްޓަރސް ލައިފް” އަރީން ބުނެލިއެވެ. މި ރައްދު އަހައިފައި ޒަވިއަންގެ ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ދަތުރުކޮށްލައިފިއެވެ. “އަހަރެންނަށް ތިހާ ރަނގަޅު ކުއްޖަކު ޙައްޤެއް ނުވޭ. ހިނ…” ޒަވިއަން ދުރަށް ޖެހިލަމުން ބުނެލިއެވެ.
“އަބަދު ތިޔަހެން ކިޔަންޏާ ވެސް މި ހިތަށް އުނދަގޫ ވެޔޭ. އެ ދުވަސްތައް މަތިން ހަނދާން ނައްތާލާފަ ކުރިއަށް ދިޔައިމަ އަހަރެންގެ ހިތަށް ފިނިކަން ލިބޭނީ. ޕްރޮމިސް. ދެޓް ޔޫ ވިލް ނެވަރ ސޭ ދެޓް އެގެއިން. އެ ހަނދާންތަކަށް ފަސްއަޅާފަ އެކުގައި އާ ހަނދާންތަކެއް އުފެއްދީމަ ވީނުން.” އަރީން ޒަވިއަންްގެ ގައިގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ޒަވިއަން އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން އެ އިސްތަށިގަނޑުގައި ވަސްގަތެވެ. އެ ދެމެދަށް ވެރިވި ހިމޭންކަމުގެ ތެރެއިން ޒަވިއަންގެ ހޫނު ނޭވާ އަރީންގެ ކޮނޑުމައްޗަށް އެޅެމުން ދިޔައެވެ. މުޅި ކޮޓަރިއަށް ރަސްކަން ކުރަމުންދިޔަ ކަނު އަނދިރިކަމާއި މެންދަމުގެ ފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހިތުގެ ވިންދު އެ ދެމެދުގައިވީ ގާތްކަން އިތުރުކޮށްދެމުން ދިޔައެވެ. ޒަވިއަންގެ އަތުގެ ހިމާޔަތުގައިވީ އަރީންގެ ނަފްސަށް ވަނީ ހަމަޖެހުން ލިބިފައެވެ.
ޖެހިގެން އައި ދުވަހެވެ. ރޭ ވުމުން ބޭކަރީ ތަޅުލައިފައި އަރީން ދިޔައީ ޑައިމަންޑް ސްކައި އެޝޫރަންސަށެވެ. ޒަވިއަންގެ ކެބިނަށް ވަދެވުނު އިރު އެހެން މީހުން ހަމައެވެ. އަރީން ގޮސް އިށީނީ ޒަވިއަން ކައިރީގައި ހުރި ހުސް ގޮނޑީގައެވެ. އިށީނުމާއި އެކު ޒަވިއަން އޭނާގެ އަތުގައި ހިފާ ގާތަށް ޖެހިލަމުން ނިތުގައި ތުންފަތް ޖައްސާލައިފިއެވެ. “ރެޑީތަ؟” ޒަވިއަންގެ ސުވާލަށް އަރީން ރައްދުގައި ބޯ ޖަހާލީއެވެ.
“ވަޓް އިން ދަ ވޯރލްޑް. މިވަނީ ކިހިނެއް. އަނެއްކާ މަ ދެލޮލުގައި މައްސަލައެއް ހުރީތަ؟” އިޙުސާނު ބިރެއް ފެނުނު ފަދައިން ޒަވިއަންމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ނިކަން ޑްރާމާ ބޮޑު ގޮތަކަށެވެ. “ރީން ރިކަވަރޑް އޯލް ހަރ މެމޮރީސް އެންޑް ޑިސައިޑެޑް ޓު އެކްސެޕްޓް ހިމް. މި ދެމީހުންގެ އުޅުން އަލަތު ދެމަފިރިންނަށް ދޫނުކުރޭ. އައި މަސްޓް ސޭ އިޓްސް ކުއައިޓް އިރިޓޭޓިންގ” ސުމައްޔާ ރައްދުގައި ބުނެލީ ޒަވިއަނަށް ލޯއަޅާލަމުންނެވެ.
“އޭނ… ހަމަ ހުވާތަ؟ ތި ދެމީހުން އަސްލަށް ވެސް…” އިޙުސާނު ލޯ ބޮޑުކޮށްލައިގެން ހުރެ އެއްސެވެ. “ޔެސް. އެވްރީތިން ޔުއަރ ޑާރޓީ މައިންޑް ކޭން އިމޭޖިން އިޒް ޓްރޫ.” ޒަވިއަން ރައްދުގައި ބުނެލިއެވެ.
“ބެކް ޓު ދި އޮރިޖިނަލް ސަބްޖެކްޓް. ބްލޫ ވޯޓާސް އާއި ދެކޮޅަށް ހުރި މައްސަލަތައް މިހާރު އެކި މީހުންނަށް އެކި ވަރަކަށްނު އެނގެނީ. އެމީހަކަށް އެނގުނު މިންވަރަކުން ކަންކަން ހިއްސާ ކުރޭ. ޕަޒްލްގެ ބައިތައް ގުޅުވާލެވުނީމަ މި ޕްލޭން ކާމިޔާބު ކުރެވޭނީ. ފުރަތަމަ ސުމައްޔާ ފަށާ.” ޒަވިއަން ބުނެލިއެވެ. ސުމައްޔާ އޭނާގެ ލެޕު ނަގާ ޕްރޮޖެކްޓަރާއި ކަނެކްޓް ކޮށްލިއެވެ. ފަހަރަކު ކަމެއް ހިއްސާ ކުރަމުން ދިޔައިރު އެހެން މީހުން ތިބީ އާޝޯހުވެފައެވެ. އޭނާ އެކަނިން އެހާ ބައިވަރު މައުލޫމާތު ހޯދައިފައި ވުމުންނެވެ.
“ވެއިޓް. އިއްސޭ ސަލާމަތް ކުރަން ވިޔަސް އެ ރޭ ލިބުނު ހުރިހާ ހެއްކެއް ރިޒޭމެންނާ ހަވާލު ކުރީމަ ދެން ކިހިނެއް ވާނީ. ކޯޓުގައި އަނގަބަހުން އެކަނި ކިޔައިދީގެން ފަސޭހައެއް ނުވާނެ ކޭސް ކާމިޔާބު ކުރާކަށް. ވީ ނީޑް ހާރޑް އެވިޑެންސް.” ލީވާން އަނގަ ޗޭ ކޮށްލަމުން އެހެން ބުނެލީ ސުމައްޔާ އެ ހެކިތައް ރިޒޭ އަށް ދިން ވާހަކަ ބުނުމުންނެވެ. “ބްރޯ! މަ ފުރާނަ ސަލާމަތް ކުރުމަށް ވުރެ މުހިންމީ އެ ހެކިތައް ތަ؟” އިޙުސާނު ލީވާންގެ އިސްބޯދަށުގައި ފުއް ޓައްކެއް ޖެއްސެވެ.
“ޑޯންޓް އަންޑައެސްޓިމޭޓް މީ. އެ ހެކީގެ ކޮޕީ އަހަރެންގެ އަތުގައި އެބަހުއްޓޭ. ހާސްނުވޭ. ހެއްކެއް ލިބުނިއްޔާ އެންމެ ފުރަތަމަ ވެސް އަހަރެން އެކި ކޮޕީތަކޭ ހައްދަނީ. އައި އޭމް ވަން ސްޓެޕް އަހެޑް. ކަމެއް ދިމާވާނީ ބުނެފަކާ ނޫނެއްނު. ދެން މި ބުނާ ވާހަކަ އިތުރު އެހެން މީހަކަށް އެނގިގެން ނުވާނެ. ޤަބޫލުކުރަން ދަތިވިޔަސް މިއީ ތެދު ވާހަކައެއް.” ސުމައްޔާ އަތް މައްޗަށް ނަގަމުން ވާހަކަ ދައްކަމުން ދިޔައެވެ.
ސުމައްޔާ ދެން ފެށި ވާހަކައިން އެ ތަނުގައި ތިބީ އެހެން އެންމެންނަށް ހީވީ ވަރުގަދަ ޝޮކެއް ދިން ހެނެވެ. ލިބުނު ކުއްލި ސިހުމާއެކު މުޅި މާހައުލު ހިމޭންވެގެން ދިޔައިރު، ހިނދުކޮޅެއްގެ ތެރޭގައި އެންމެންގެ ހަމްދަރުދީން ފުރިގެންވީ ނަޒަރުތައް ސުމައްޔާއަށް ހުއްޓިގެން ދިޔައެވެ.
– ނުނިމޭ –
Decided to write this one longer hope u like the surprise
14 Comments!
Comments are closed.






Wow wow wow soooo good.
Nd reallllllllyyyyyyyyy!!!!!!!!!!!!!!!!!
YAZAAAAANNNN. Y is he so heart less. That brattttt is gonna get revenge laterrrr. Ekamaku dheyyyyynnnn aneffaharu Yazaan aa hedgi namaves Reen aa Xev aa vaki nukuraatho. But if Xev finds out. Sure it’s creeepyyyyy. Xev might even make him be buried alive😬😬😬
But mi Bai vrh vrh reeethi ingey.
Lysm & tc.
I’m delighted to hear that 🥰🥰
Was yazaan taking part of the murder unexpected??
Xev ah mihaaru e kan engijjehnu 😄😄
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
MA… So so so nice mi prt vx…
Kiyaa numunu iru nuves engunu me ep ehn ep thakah vure double long kameh vx… You liyefa in thankolhu fenunyma mi balaali iru 16 mins kan inguny vx😭… I ah kurin vx hyviey yazaan ey naail buni myhaky… Hee yageenah.. Vrh curious vehje mihaaru.. Sumyge mom maary vx hama e Bluewaters gang myhun dhww????
Curiously waiting for the nxt prt
Whn nxt????
Tc.. Lyyy💙💚
I’m overjoyed to hear that 🥰🥰
Let’s see the details of the one who murdered sumy’s mum from the next ep 😄😄
IA next Thursday
Shukran Futtaki ✨✨
Lyt darl 🫰🏻🫰🏻
Oh this one’s greatest of all. Love it. Love it.
Heyyyyy it was unexpected. Never thought Yazaan will take part in.
Anyways Xev haadha Rom ey Evan eguneema ves.
Ly…
When next ???
Glad to know 🥰🥰
Ekakah ves yazaan ah suspect kuraakah neygunu dhww, ehenve areen men ehaa shock vee 😒😒
Hehe, xev’s obsessed with areen 🤭🤭
IA next Thursday
Shukran Leeshaa ✨✨
Lyt darl 🫰🏻🫰🏻
my darling this one is nice as always
curious
i am huge fan of urs
waiting foe nxt part🤍🤍
I’m delighted to hear that 🥰🥰
Shukran pumpkin ✨✨✨
Mi part ves vrh reethi MA! Love the surprise Soooo much! 💗💗
Yaxaan eyyy! I’m speechless! Evaruge kameh kuran heyo nuvaane!
Reen dhera vaane varu hithakah naaraatha? E kujjaa ge dhiriulhumey thi halaaku koh levunee! Heyo visnuneema dhn rangalhu
Ihsaan anekkaa vs propose kuree dhww😍😍
Xev ge damn temper vs mihaaru control vey dhw Reen fenna irah
Whn nxt???
Luv u 💗💗
I’m overjoyed to hear that 🥰🥰
Hehe, vrh unexpected dhww 😬😬 dhonbe ah ve hure kohli kanthah 😒😒
Yhh, engagement alun official kohlan vaanehnu 😅😅
Aan, zev does his best to explode from anger when areen’s close 😏😏
IA next Thursday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
love the surprise u gave
Shukran BLOSSOM ✨✨
Mi part ves varah reethi. Cheedi yazaan! Adhives anhen kudhinge fahathun ulheveythow balaa! Wow wow! Issey haadha romantic vejjey. But zev and reen is number one romantic couple. Sumayya kiyaidhinee kon vaahaka eh baa? Curiously waiting for the next part???
My sister reads this story when she has time . she had a baby so she is busy . the baby is now three months old . she made a guess that the third person was yazaan .
Lysm tc
Mi part ves varah reethi masha Allah
Subooh yazaan haadha goahey
Haadha curious kohlaafa thi nihmaaly
Mi part kiyaafa rovijje
Awwn leevan n nau romantic kan
Nau haadha dhera vejje family ge goiy iguneema
Waiting everyone to get Justice
Zev and reen cute kan Masha allah
Sumy n isse ves
They all are made for each other
Really appreciated your hard work 🥰
Kuhverinah adabu dhee
Miayee varah saugu veri kamakaa eku kiyaa vaahaka eh
When next