ލޯބި ވެރިޔާ ( ނަން ހާމަ ކުރަން ބޭނުންމެނޫން ) : ހަލޯ ( ދެރަވެފާ ) އަހަރެން : ކިހިނެއް ވީ ؟ ލޯބިވެރިޔާ : އަހަންނަށް މާފް ކުރޭ … އަހަރެން ތި ލޮއިއްބަށް އެޅުނީ ހުރަހެއް އަދި އަހަރެން ގެ ހިތުގައިވަނީ ތި ނަން އެކަމް އަހަރެން ގެ މައިންބަފައިން މިހާރު އޯކޭ އެއް ނޫން … އަހަރެން : އޭ ކީއްވެ ؟ ލޯބިވެރިޔާ : ނޭންގެ … އަހަރެން މި […]
ކޮފީ ހިފައިގެން އައިސްފިއެވެ . އަދި އަހަރެން 2 މީހުން ސިގިރެޓް ރޯ ކުރީމެއެވެ . ލައްކަ ވާހަކަތައް ދެއްކުމަށް ފަހު އަހަރެން އޮފީހަށް ލަރާ ލާދީފިއެވެ . ނަމަވެސް ލަރާ އެހެން ބުންޏަކަސް އަހަރެންނަކަށް އެ ހަދާން ތަކާ ދުރުވެވޭނެ އެއްވެސް ގޮތެއް ނޭގެއެވެ . ހިތް މަޖުބޫރު ކުރުވަނީ އަދިވެސް އޭނަ އާ އެކު އުޅުމަށެއެވެ . މި ހިތް ކުދި ކުދި ވެފައި އޮތަކަސް އަހަރެން ގެ ހިތް އެކަކަށް ވެސް ނޭގޭނެ ތާއެވެ. ************** . ރެޔާ ދުވާލު އަހަރެން މި އިންތިޒާރު ކުރަމުން ދަނީ އޭނަށް ޓަކައެވެ . އަހަންނަށް ބައެއް ފަހަރު މިއީ ކުން ހީ އޭ ވެސް ހިތައް އަރައެވެ . ނަމަވެސް އަހަރެން އޭނަ އަށް ޓަކައި އެ ތަކެއް ދުވަހެއް ޤުރުބާން ކުރީމެއެވެ . އޭނަ ދެކެ އިންތިހާ އަށް ލޯބި ވާ ވަރު އަންގައި ދިނުމަށް ޓަކައި އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ކުރީމެއެވެ . ކުރިން ގެން ގުޅުނު ގޯސް އެކުވެރިން އެއްކޮށް […]
ލޯ މަރާލިޔަސް އަހަންނަށް ފެނިގެން ދަނީ އޭނަގެ ސޫރައެވެ . އަޑު އިވެމުން ދަނީ އޭނަގެ އަޑެއެވެ . ކުރި މަޖަލެއެވެ . އަހަރެންނަކީ ވެސް ފިރިހެނަކީމެއެވެ . ނަމަވެސް އަހަރެންނަކަށް އެކަން ނުވާނެއެވެ ********************* އަހަރެންގެ ހިތް ވަނީ ކުދި ކުދި ވެފައެވެ . ހިތުގައި މިވާ ތަދު އަންގައި ދޭނީ ކިހިނަކުން ހެއްޔެ ؟ އޮފީހުގައި ވެސް އަހަރެން އެއްވެސް ވަރަކަށް މަސައްކަތް ކުރާ ހިތެއް ނުވެއެވެ . ނަމަވެސް ލާރި ހޯދަން އަހަރެން ދަނީއެވެ . ލާރި އާ ނުލާ ނޫޅެވޭނެ ކަން އިގޭތީ އަހަރެން ދަނީއެވެ . އަބަދުވެސް ބޭނުން ވަނީ އެދުގައި އޮވެގެން ރޯލާށެވެ . އެއީ އަހަރެން އެންމެ ބޭނުން ވާ އެއްކަމެކެވެ . ދެން ވިސްނީ އަހަރެންނަށް އެއްމެ އިތުބާރު ކުރެވޭ މީހަކު ކާރި ދެއްކުމަށެއެވެ . އެއީ އަހަރެންނާ އެކު ކިޔެވި ކުއްޖެކެވެ . އޭނަ ގެ ނަމަކީ ލާރާއެވެ . ލާރާ އަކީ އަހަރެން ގެ އެންމެ ގާތް އަދި ހުރިހާ ވެސް ސިއްރު ތަކެއް އެގިގެން ދާނެ އެކަކެވެ . އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެއެވެ . އަދި ލަރާ އަށް ގުޅީމެއެވެ . ލަރާަ : ހަލޯ … އަހަރެން : އޭ ލާރާ ވަރަށް ވެސް މުހިއްމު ކަމެއްގައި ބައްދަލު ކުރަން އެބަ ޖެހޭ އާ ދެވިދާނެތަ . ލަރާ : އާން މިދަނީ އެހެން ބުނުމަށް ފަހު ދެ މީހުން ފޯނު ބޭއްވީމެއެވެ އަހަރެން ނިކުތީ ލަރާ އެހެން ބުނުމުންނެއެވެ . މާ ލަސްތަކެއް ނުވެ ލަރާ އަހަރެން މަސައްކަތް ކުރަމުން އަންނަ އޮފިސް ދަށައް އައިސްފިއެވެ . އަހަރެން ލަރާގެ ސައިކަލުގެ ފަހަތަށް އެރީމެއެވެ . އަހަރެން އެރުމުން ލަރާ މިސްރާބު ޖެހީ ސޯލްޓް ކެފޭ އަދިމާލަށެއެވެ . މާލޭގެ ހަލަބޮލި މާހައުލުގައި އަދި ބައި ބޯ މަގުތަށް ހުރަސް ކުރުމަށް ފަހު އެހިސާބަށް އާދެވިއްޖެއެވެ . އަހަރެންނާއި ލަރާ ލިފްޓް އިން އެންމެ މައްޗަށް އަރަށް ދިޔާމެއެވެ . އެންމެ މައްޗައް އެރިއްޖެއެވެ . އިށީންނަމުން 2 މީހުން ކޮފީއަކަށް އޯޑަރު ކުރީމެއެވެ . ލަރާ : ހޭ މޭން ހާދަހާ ހާސްވެފާ އަހަރެން ؛ އާން މި އުޅެނީ އަހަރެންގެ އެކް ޖީއެފް މަތިން ހަދާން ވާ ވަރުން އަހަރެންނަކަށް ނޭންގެ ހަދަން ވީ ގޮތެއް . ލަރާ : އާހް ކަމޯން މޭން ތި ކަންތައް ދުރުވެބަލަ . މިޔޮށް ބޮޑު މާލޭގައި އަންހެން ކުދިން މަދުވެގެން ނެއް ނޫނޭމި އުޅެނީ އަހަރުމެން ފިރިހެނުންނަށް ތުރެން ގިނައީ އަންހެނުން އަހަރެން : އައި ނޯ މޭން އެކަމަކުވެސް އަހަރެން ހާދަހާ ލޯބި ވޭ ކޮފީ ހިފައިގެން އައިސްފިއެވެ . އަދި އަހަރެން 2 މީހުން ސިގިރެޓް ރޯ ކުރީމެއެވެ . ލައްކަ ވާހަކަތައް ދެއްކުމަށް ފަހު އަހަރެން އޮފީހަށް ލަރާ ލާދީފިއެވެ […]
ރެން އުމުރުން 20 އަހަރުގައި ވަރަށް ލޯބި ލޯބި އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީމެއެވެ . ވަރަށް ވެސް ލޯބިން އަހަރެން 2 މީހުން އުޅުނީމެއެވެ . އިރު އަރަނީ 2 މީހުން ވެސް ފޯނު ގައެވެ . ނިދެނީ ވެސް 2 މީހުން ފޯނުގައި ތިބެގެންނެވެ . އެކި އެކި މަޖާ ކުރުމުގައި އަހަރެން އުޅުނީމެއެވެ . އަހަރެން ގެ ހުރިހާ އިހުސާސް ތަކެއް ބޭރު ކުރަމުން ދިޔާމެއެވެ . އަދި އަހަރެން ކުޑައިރު […]
އަހަރެންނަކީ އުމުރުން 21 އަހަރު ގެ ޒުވާނެކެވެ . މި ވީ ހާ ދުވަހު އަހަރެން ގެ ދިރިއުޅުމުގެ އެއް ވެސް ކަމަކަށް ވިސްނާނެ ވަގުތެއް ނުވެއެވެ . އަހަރެން ޤަބޫލް ކުރާ ގޮތުގައި އަހަރެން ގެ ދިރިއުޅުމަށް ވިސްނަނީ އަހަރެން ގެ މައިންބަފައިންނެއެވެ . މި ވީ ކުޑަ ދުވަސް ކޮޅު އަހަރެން ގެ ދިރިއުޅުމަށް އެކި އެކި ކަހަލައިގެ ގޮންޖެހުންތައް އައެ. ނަމަވެސް އަހަރެން އެކަމަކަށް އެއްވެސް ކަހަލައިގެ އިހުސާސް ތަކެއް ނުވިއްއެއް ކަމަކު […]
އާދެ ! މިއީ ދިވެހިން .. ދިވެހިންނަކީ ދިވެހިން ގެ ގޮތް ތަކެއް އަދި ދިވެހިން ގެ އަމިއްލަ ސަގާފަތް ތަކެއް ބޭނުން ކުރާ ބައެކެވެ . ދިވެހިންނަކީ އެކަކު އަނެކަކަށް އެހީވާ ބައެކެވެ . ފަތުރުވެރި އެއްނަމަ އޭނައަށް އިހުތިރާމް ކޮށް އެ ފަތުރުވެރި އެއް ހިތް ހަމަ ޖައްސައިދިނުމުގައި އުޅެމުން ދެއެވެ . ނުދަންނަ މީހަކަށް ނަމަ ވެސް އެމީހަކަށް އެހީތެރި ކަން ދެމުން ދެއެވެ . އެއް ހަށިގަނޑެއް ގެ ވެރި ބައެކެވެ . ކުދި ޖަޒީރާ ރަށް ތަކަކަށް ބެހުނު ކަމުގައި ވިޔަސް އެމީޙުން ގެ އެކުވެރިކަން އިންތިހާ އަށް އޮވެއެވެ . ގޭ ކާރި މީހަކު މަރު ވި ކަމުގައި ވީނަމަވެސް އެ ހިތާމާގައި ބައިވެރި ވެއެވެ . ހީވަމުން ދާނީ އެ މަރު ވެގެން ދިޔައީ އެގެއިން މީހަކެއެވެ . އަދި ދޯނި އެހެލާއިރު ގަޔާއި ބާލާ ގަޑީގައި އަންހެން އަދި ފިރިހެން އެކަމުގައި ބައިވެރި ވެދެއެވެ . އަދި ގެޔެއްގައި ތެލީގައި ފުލުގައި އެއްޗެއް ކާތާލާގަޑީގައި އެ އަޑު އިވޭމީހަކު އެ ގެޔެކަން ލިބެން އޮތް އެއްޗެއް ހިފައިގެން އާދެއެވެ . އެއް ސަޖިދަ އެއް ޖަހަމުން އައި އަދި އެ ގޮތަކަށް އުޅެމުން އާދެއެވެ . ނަމާދު ނުކޮށް ފި ނަމަ އަދަބު ދިނުމުގެ ގޮތުން އެ ހަފްތާ އެއް ގެ ހުކުރު ދުވަހު މޫދު ނޭރެވޭ ގޮތް ހަދައެވެ . ކުޑަ ކުއްޖެ ވެސް އަދި ބޮޑު މީހަކަސް . އެ ކަންތައް ކުރަމުން އާދެއެވެ . މީގެ 1100 އަހަރު ކުރިން ވަނީ މި ކުޑަ ދިވެހި ރާއްޖޭގައި އިސްލާމް ދީން ޤަބޫލް ކޮށް ފައެވެ ނަމަވެސް ޒަމާންތައް ބަދަލު ވެގެން ހިގައްޖެއެވެ . މީހުން އުޅޭ ގޮތް ވެސް ބަދަލު ވެގެން ހިގައްޖެއެވެ . މިހާރު މާރާ މާރީ ހިގުން ގިނަ ވެއްޖެއެވެ . އެ ދުވަސް ތައް ހައްދު ފަހަނައަޅައި ހިގައްޖެއެވެ . އަހަރުމެން ތގެ ތެރޭގައި މަސްތުވާ އެއްޗިހި ގިނަ ވެއްޖެއެވެ . މީހުން ގެ ދިރިއުޅުމަށް ވެސް އައީ މީހުން ގެ ދިރިއުޅުމަށް ބަދަލު ތަކެއް އައިސް ފައެވެ . ލާ އަންނައުނަށް ވެސް ބަދަލު ތަކެއް އައިސް ފައެވެ . މިޒަމާނުގައި އަހަރުމެން އުޅެމުން ދަނީ އެ މީހަކު ބޭނުން ގޮތަށެއެވެ . މުސްލިމް ބައްޕަ އަކަށް އަދި މުސްލިމް މަންމަ އަކަށް ވެފައި އިސްލާމް ނަން ކިޔުމަށް ފަހު އެ މީހުން ބޮޑެތި ކުރަމުން ދަނީ ވަރަށް ވެސް އުފަލުން އެ މީހުން ނަށް ފަސޭހަ ވާ ކަމަށެއެވެ . އެކަމަކު ވެސް އަހަރުމެންނަށް ފެނިގެން ދަނީ އަހަރުމެން ގެ ކަންކަން ހުންނަ ގޮތުން އަހަރުމެންނަކީ މުސްލިމް ބައެއް ނޫން ކަން ހާމަ ވެގެން ދެއެވެ . އަދި އަހަރުމެން ގެ ކުޑަ އަށް ތިބޭ ކުދިންނަށް ދައްކަމުން ދަނީ ތަޅާ މަންޒަރު ތަކެއެވެ . އެ މީހުން ގެ ވިސްނުމުގައި ހުންނާނީ ތަޅާ މަންޒަރު ތަކެއެވެ . އަދި އެ މީހުން ނަށް ވިސްނި ގެން ދާނީ އެއީ ރަގަޅު ކަމެއް ގޮތުގައެވެ . ކޮންމެ އަކަސް އަހަރުމެން މައިންބަފައިން މިކަމަށް ވިސްނާލުން ރަގަޅު ވާނެއެވެ . އަހަރެން ގެ ދުޢާ އަކީ މި މުޖުތަމައަކީ އެއްބައެއް އަދި އެކަކު އަނެކަކަށް އެހީވާ ބައެއް ގެ ގޮތުގައި ލެއްވުން
އުމުރުން އެންމެ 2 އަހަރުގައި ސްކޫލް އަށް ވައްދައެވެ . އަހަރެން އެންމެ ފުރަތަމަ ސްކޫލް އަށް ދިޔަ ދުވަހު އަހަރެން ރުއީމެއެވެ . އަދި ނުވީތަކަށް އަހަރެން ގެ މަންމަ ކާރިޔަށް ދާން އެހާ ވަރަށް ވެސް ރުއީމެއެވެ . ސަބަބަކަށް ވަނީ އާ މާހައުލަކަށް ވުމުގެ ސަބަބުންނެއެވެ . ނަމަވެސް އާ އެކުވެރިން ތަކެއް ވެސް ލިބެމުން ދިޔައެވެ . 2 ދުވަސް ފަހުން އަހަރެން އެމީހުންނާ އެކުވެރި ވެއްޖެއެވެ . ނުލާހިކު މަޖަލުގައި އަހަރެން އުޅުނީމެވެ . ސްކޫލް ކިޔަވައިދޭ ގަޑި ދާ ގޮތެއް ވެސް ނޭގެއެވެ . ހިތް ގައިމު ދުވަސް ވަރެއެވެ . ޓީޗަރުން ނަކީ އަހަރުމެން ގެ 2 ވަނަ މައިންބަފައިންނެވެ . އެ ތަނުން ނުބާ އަދި ރަގަޅު ގޮތް އަންގައިދެއެވެ . އަދި މަޖަލުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދެއެވެ . 2015 ވަނަ އަހަރަކީ އަހަންނަށް އެންމެ ހިތް ދަތި ދުވަހެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ ކިޔެވުމުގެ ދުވަސް ވަރު ނިންމާލަން ޖެހޭ ދުވަސް ޖެހޭތީއެވެ . ނަމަވެސް އަހަރެން ބެލީ އަހަންނަށް ކުރެވުނު މަޖަލެއް ކުރުމަށެއެވެ . އެގޮތުން އަހަރެން ގެ އެކި ކަންކަމުގައި އުޅުމުގެ ސަބަބުން އަހަރެން ގެ ނަން އެމީހުން ގެ ތެރޭގައި ހިގިއެވެ . އަދި އަހަރެން ނަށް ލޭބި ލިބުނެއެވެ . ދެން އަހަރެން ނިކުތީ މުޖުތަމައުގެ ތެރެއަށެއެވެ . އެތަނުން ވެސް އަހަންނަށް ދިމާވާން ފެށީ ވެސް އެހެން ކަހަލަ އެކުވެރިން ތަކެކެވެ . ކޮންމެ މީހަކު ވެސް އެޑީ ނުވަތަ ޖެކް މި ނަން ތަކުން ގޮވަމުން ދެއެވެ . އަދި ސްކޫލް ދުވަސް ވަރު އެންޓެޓެއިނާ ގެ ނަމުން ވަނީ މަޝްހޫރު ކަމެއް ލިބިފައެވެ . އާދެ ! ސްކޫލް ދުވަސް ވަރަކީ ވަރަށް ވެސް މަޖާ އެހާމެ ހިތް ހަމަ ޖެހޭ ދުވަސް ވަރެއެވެ . އެކި ފަހަރު މަތިން އަހަރުމެން ސްކޫލް ގެ ފަރާތުން އެކި އެކި ކަންކަން ކުރުވައެވެ . ލޮބުވެތި ބެލެނެވެރިން ….. ތިޔަ ބެލެނެވރިން ނަކީ ޒިންމާ ދާރު ބައެކެވެ . ކޮންމެ ބެލެނެވެރިޔަކު ވެސް އެ މީހެއް ގެ ދަރިޔަކު އެންމެ މޮޅު މީހަކަށް ހަދަން ބޭނުން ވާނެއެވެ . 1 މަހާއި 15 ދުވަސް ވޭތުވެގެން ދިޔައިރު ތިޔަ ބެލެނެވެރިން އެ ކުދިން ނޫޅޭ ގޮތް ބެލިން ހެއްޔެއެވެ . އަދި އެކުދިން ގުޅިގެން އުޅުނީ ކޮން ކަހަލަ ކުދިންނާ ތޯ ބަލާލިން ހެއްޔެ ؟ ނަމާދު ކުރިތޯ ނުކުރިތޯ ބަލާލިން ހެއްޔެ ؟ ފޮތް ތައް ހަމަ ތޯ ބަލާލިން ހެއްޔެ ؟ ސްކޫލް ޓީޗަރުން ނަކީ 2 ވަނަ މައިންބަފައިންނެވެ . އެމީހުން ނަކީ އެމީހުންނަށް ދަސްވެފައި ހުރި އެއްޗެއް އެމީހުން ގެ ވިސްނުމުން އެ ކުދިންނަށް އުގަނައިދޭން ތިބި މީހުންނެވެ . އެމީހުން ގެ ފެންވަރުންނާއި އެމީހުން ގެ އަމަލުން ދައްކުވައި ދޭން ވީ ޓީޗަރުންނަކީ ކުދިން ގެ ނަމޫނާ ބައެއް ގެ ގޮތުގައެވެ . މާދަމާ އަކީ ހުރިހާ ސްކޫލް އެއްގައި ވެސް ކިޔަވަން ފަށާ ދުވަހެއެވެ . ހުރިހާ ޓީޗަރުން ވެސް ކުދިން ވެސް މާދަމާ އަށް ތައްޔާރު ތޯ ބަލާލުން މުހިއްމު . ﷲ ހުރިހާ ޓީޗަރުން ގެ މަސައްކަތުގައި ބަރަކާއް ލައްވާށި ޢާމީން
ްސްކޫލް ދުވަސް ވަރުން ފެށިގެން އަންނަނީ އަހަރެންނަށް އުދަގުލާ ދުއްތުރާ ކުރަމުންނެވެ . އަހަރެން އެކަމަށް ކެއްތެރިވީމެއެވެ . ކިލާހުގައި ވެސް އަހަންނަށް ޖެހުނީ ކެއްތެރިވާށެވެ އެތަކެއް އާދޭސް ކުރުމުން ވެސް އެ މީހުން އަންނަނީ އަހަންނަށް ހަދާނެ އެއްޗެއް ހަދަމުންނެވެ . ﷲ އިރާދަ ކުރެވިއްޖިޔާ 2015 ވަނަ އަހަރު ސްކޫލް ނިމްމާލީމެއެވެ . ********************************** އެދުވަހު އަހަރެން ހުރީ ވަރަށް ވެސް އުފަލުންނެވެ . ސަބަބަކަށް ވަނީ ދެން އަހަންނަކަށް އެމީހުން ގެ ދުއްތުރާ […]
އަހަރުމެންނަކީ އެއްބައެއް އަދި އެއް ހަށިގަނޑެއް ފަދަ ބައެކެވެ . އެއް ގުނަވަނެއްގައި ރިއްސާލާނަމަ މުޅި ހަށިގަނޑު އެ ވޭނުގައި ބައިވެރި ވެއެވެ . ދިވެހިންނަކީ މިކަހަލަ ބައެކެވެ . މީހަކަށް އެހީ އެއް ވާން އެއްބާރު ލައެވެ . އަހަރުމެން ގެ ކާބައިން ޒަމާނުގައި ދައްކުވައިދެނީ އަހަރުމެންނަކީ އެއްބައެއް ގެ ގޮތުގައެވެ . އެއް ގެ އެއްގައި ތެލީގެ ފުލުގައި ހާކާލައިފި ނަމަ އަވައްޓެރި މީހަކު އައިސް އެހީ ވެދެއެވެ . އަދި ދޯނި ފަހަރު […]