Skip to content
އެސްފިޔަ

ހުވާ ކޮށްފާ ބުނަން ލޯބި ވޭ 3

ކޮފީ ހިފައިގެން އައިސްފިއެވެ . އަދި އަހަރެން 2 މީހުން ސިގިރެޓް ރޯ ކުރީމެއެވެ . ލައްކަ ވާހަކަތައް ދެއްކުމަށް ފަހު އަހަރެން އޮފީހަށް ލަރާ ލާދީފިއެވެ . ނަމަވެސް ލަރާ އެހެން ބުންޏަކަސް އަހަރެންނަކަށް އެ ހަދާން ތަކާ ދުރުވެވޭނެ އެއްވެސް ގޮތެއް ނޭގެއެވެ  . ހިތް މަޖުބޫރު ކުރުވަނީ އަދިވެސް އޭނަ އާ އެކު އުޅުމަށެއެވެ . މި ހިތް ކުދި ކުދި ވެފައި އޮތަކަސް އަހަރެން ގެ ހިތް އެކަކަށް ވެސް ނޭގޭނެ ތާއެވެ.

**************

. ރެޔާ ދުވާލު އަހަރެން މި އިންތިޒާރު ކުރަމުން ދަނީ އޭނަށް ޓަކައެވެ .

އަހަންނަށް ބައެއް ފަހަރު މިއީ ކުން ހީ އޭ ވެސް ހިތައް އަރައެވެ . ނަމަވެސް އަހަރެން އޭނަ އަށް ޓަކައި އެ ތަކެއް ދުވަހެއް ޤުރުބާން ކުރީމެއެވެ . އޭނަ ދެކެ އިންތިހާ އަށް ލޯބި ވާ ވަރު އަންގައި ދިނުމަށް ޓަކައި އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ކުރީމެއެވެ . ކުރިން ގެން ގުޅުނު ގޯސް އެކުވެރިން އެއްކޮށް ދޫކޮށް ލީމެއެވެ . އަންހެން ކުދިންނާ ވާހަކަ ދެއްކުން ވެސް އެއްކޮށް ދުރު ކުރީމެއެވެ . އެ ދުވަސް ވަރު އަހަރެން ސިގިރޭޓް އާ އެއްކޮށް ދުރުވީމެއެވެ . ނަމަވެސް އޭނަ ދުރުވި ފަހުން އަނެއްކާ ވެސް ކުރިން އުޅުނު ކަހަލައިގެ ދިރިއުޅުމަކަށް މަޑު މަޑުން ދާން ފަށާފި ކަހަލައެވެ .

އަހަރެން ގެ އެކުވެރިޔާ އަދި އަދި އަހަރެން ގެ ސްކޫލް ދުވަސް ވަރުން ފެށިގެން އަހަރެން ބަލަމުން އަންނަ ލަރާ  ވެސް އަހަންނަށް ވަރަށް ނަސޭހަތް ތެރި ވެދެއެވެ . ތިހެން ނޫޅުމަށް އަދި ރަގަޅު މީހަކަށް ވުމަށް އެދެއެވެ . އެކަމަކު އަހަރެން އޭނަ ދެކެ އިންތިހާ އަށް ލޯބިވެއެވެ . އެކަނި ވާ އިރު އިރު އަހަރެން ރޮވެއެވެ . . ނަމަވެސް އަހަރެން އެކަން ސިއްރު ކުރަން އުޅުނަސް ލަރާ އަށް އެކަން އެގެއެވެ . އަހަރެން ގެ ލޮލުން އަހަރެން ރޮއެފައި ހުރި ކަން ބުނެއެވެ .

އަހަރެންގެ ގިނަ ވާހަކަ އިގޭނީ ލަރާ އަށެއެވެ . އަހަރެން ގެ ދިރިއުޅުމުގައި ހުރިހާ ވާ ކަމެއް ލަރާ އަށް އަންގަމުން ދަމެއެވެ . ދުވަހަކު ވެސް ނުވާ ވަރަށް އަހަރެން އޭނަ ދެކެ އިންތިހާ އަށް ލޯބިވެއެވެ .  އެތަކެއް  ދުވަހު އަހަރެން އެކަނި އިދެ ވާހަކަ ވެސް ދެއްކެއެވެ . ބަލާ މީހުންނަށް ހީވަނީ މޮޔައެއް ހެންނެއެވެ . ނަމަވެސް އަހަރެން މި ވެއްޓިފައި އޮތް އަދަވަޅުން ސަލާމަތް ވެވެން އޮތީ އޭނަ އައިމައެވެ . ކޮންމެ ދިރިއުޅުމުގައި ވެސް މިކަހަލަ ކަންކަން .ވެސް އަންނާނެ ކަން އިގެއެވެ . ނަމަވެސް އަހަރެން ނަށް މިވަނީ ހީވެސް ނުވާ ކަހަލައިގެ ކަމެއް ދިމާ ވެފައެވެ .

މި މާ ހައުލަކީ ވެސް ވަރަށް ހަލަބޮލި މާ ހައުލެކެވެ . ނަމަވެސް އޭނަ މަތިން ހަދާން ނައްތާ ލުމަކީ ވަރަށް ވެސް އުދަގޫ ކަމެކެވެ .

ދުވަސް ތަކެއް ފަސް

އާ ދުވަހަކަށް އިރު އަރާފިއެވެ . އަހަރެން ވެސް އުޅެމުން ދިޔައީ  އޮފީހަށް ދިޔުމަށް ތައްޔާރު ވާށެއެވެ . ތައްޔާރު ވަނިކޮށް ފޯނު ވައިބްރޭޓް ވާ އަޑަށް އަހަރެން ގެ ފޯން ބަލާލީމެއެވެ . އެއީ އަހަރެން އުއްމީދު ކުރާ އަދި އަހަރެން ގެ އެންމެ ލޯބިވާ މީހާއެވެ . އަހަރެން ގެ ލޯބިވާ މީހާއެވެ .

އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެއެވެ .

އަހަރެން ؛ ހަލޯ

ލޯބި ވެރިޔާ ( ނަން ހާމަ ކުރަން ބޭނުންމެނޫން ) : ހަލޯ ( ދެރަވެފާ )

އަހަރެން : ކިހިނެއް ވީ ؟

ލޯބިވެރިޔާ : އަހަންނަށް މާފް ކުރޭ … އަހަރެން ތި ލޮއިއްބަށް އެޅުނީ ހުރަހެއް އަދި އަހަރެން ގެ ހިތުގައިވަނީ ތި ނަން އެކަމް އަހަރެން ގެ މައިންބަފައިން މިހާރު އޯކޭ އެއް ނޫން …

އަހަރެން : އޭ ކީއްވެ ؟

ލޯބިވެރިޔާ : ނޭންގެ … އަހަރެން މި އުޅެނީ އެހެން މީހަކާ އިންނަން ..

އަހަރެންގެ ކަންފަތަޢް އެ އަޑު ޖެހުމުން އަހަންނަށް ލިބުނީ އެހެން ކަހަލަ ހިތްދަތި ކަމެއެވެ . އިތުރަށް ވެސް ލިބުނީ އެހެން ހިތް ދަތި ކަމެއެވެ . އެއީ ތަޤުދީރެއެވެ .

4 ވަނަ ބަޔަށް އިންތިޒާރު

Comments (1)

  1. raaee raaisha

    Keeve tha thihaa short kon thi kianee. Thikahala Gotha liuneema ehaa kiaahi nuvey. Nun ehaa reeche. Anekaa anekolhun ehaa mistakes gina. Mihaa fool story adhi raaii dhuvahakuves not deaden. So I hope you will not continue this story. Vaahaka Lian neyngenyaa nuliaaneenu. This vure maa salhi stories kiaafin. I hate this story. 4 th part up nukuraathi. Ladhun boohalaaku, mihaaru ulhey exhihina vaahaka Lian dono vaathi

Comments are closed.