ކޮއްކޮގެ ރައްޓެއްސަކަށް ހިތް ކިޔައިފިކަން ދުޖާނާ ގާތުގައި ހާމަކުރަން ކެރޭނީވެސް ކިހިނެއްހެއްޔެވެ؟ ލޫތު އޭނާއަށް ހަމަޖެހިފައިވާ ތަނަވަސް ކެބިންގައި އިން އިރު ޚިޔާލުގައިވަނީ މުޅިންވެސް އެހެންކަންކަމެވެ. ދެފަހަރަކު މަލާ އާއި ބައްދަލުވުމުން އުއްމީދުތައް އާލާވެ ހުވަފެންދެކެން ފެށިއްޖެއެވެ. އޭނާ އެކޭ ލޯބި ހޯދަން އުޅޭ “ޓީނޭޖް” ކުއްޖެކޭ ތަފާތެއް ނެތޭ ހިތަށް އެރުމުން ލޫތުއަށް އަމިއްލަ ނަފްސަށް ހީލެވުނެވެ. ދުބާއީ ދޫކޮށް އެންމެ ހިނދުކޮޅަކަށްވެސް ދާން ބޭނުންނުވާތީ ރާއްޖޭގައި އޮތް މީޓިންގއަކަށް ލޫތު އެޓެންޑް ވީ ވީޑިއޯ […]
މަލާ ލޫތުއަށް ބަލާލީ ސިހިފައެވެ. އެންމެ މިނިޓެއްވެސް ބޭކާރުކޮށްލަން ބޭނުންނުވެފައި ހުރި ލޫތުގެ ދުލުގައި ތަޅެއް ލެވުނުކަހަލައެވެ. އެހާ ދުވަސްކޮށްލާފައި އެހާ ގާތުން މަލާ ފެނުމުން ބަލަން ހުރެވުނީއެވެ. އެހެންވިޔަސް މަލާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ޚައިރާންކަމެވެ. “ކޯއްޗެއް ތި ހޯދާލަނީ؟” ކުރެވެމުން ދިޔަ އިހްސާސްތައް ފޮރުވަމުން މަލާ އާދައިގެ ގޮތަކަށް އަހާލުމާއެކު ކައުންޓަރާއި ދިމާލުން ބާރު އަޑެއް އިވިފައި ހަޅޭކުގެ އަޑު އިވުނެވެ. ދެމީހުންގެ ނަޒަރު ކައުންޓަރާއި ދިމާލަށް ހުއްޓުނުއިރު މަލާގެ މުވައްޒަފުންގެ ތެރެއިން އެކަކު […]
އޭގެ އަނެއް ދުވަހު އިރު އެރުމާއެކު ލޫތު ރެޑީ ވެލައިގެން މަލާ ފެނުނު މޯލްއަށް ދިޔައެވެ. ނަމާދުކޮށްލަން ފިޔަވައި އެތަނުން ދުރުނުވާށެވެ. ކޮންމެވެސް ގަޑިއަކު މަލާ އަންނާނެ ނޫން ހެއްޔެވެ؟ އިންތިޒާރުގެ ވަގުތުތަށް ގުނަމުން ގޮސް ހަވީރުވެގެން ދިޔައިރުވެސް މަލާގެ ޚަބަރެއް ނުވުމުން އެތަނުގެ މުވައްޒަފެއް ކައިރި އަހައިގެން މަލާ އަންނަ ގަޑި އޮޅުން ފިލުވޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އެމީހުން ބުނި ގޮތުގައި މަލާ ދޭތެރެއަކުން ވަދެލަނީއެވެ. ވަކި ދުވަހެއް ކަނޑައަޅައިގެން އަންނަނީއެއް ނޫނެވެ. […]
މައިނަސް ވަން ޑިގްރީގައި ފިނިކަން ހުރިއިރު ވެސް އެކުދިންނަށް އެކަން އިހްސާސް ނުވާ ކަހަލައެވެ. ވަދެގެން ވަކި ހިސާބަކަށް ދެވުނުތަނާ ސްނޯބޯލްއަކުން ލޫތު ގައިޖެހުނެވެ. “ޔޭ… އިޓްސް ލޫ… “ ސްނޯބޯލް އައި ދިމާލަށް އަމްރު ދުއްވައިގަތް އިރު އަމްރު އާއި އެއް އުމުރެއްގެ ފިރިހެން ކުއްޖެއް ހެވިފައި ބަލަން ހުއްޓެވެ. ކުޑައިރުވެސް ފިރިހެންވަންތަކަމެއް ލިބިފައިވާ ރީތި ފިރިހެން ކުއްޖެކެވެ. މުށިކުލައިގެ ބޮޑު ދެލޮލުން ބަލާލީ މައުސޫމްކޮށެވެ. ކައިރީގައި ޒުވާން ފިރިހެނެއް ފިރިހެންކުއްޖާގެ އަތުގައި ހިފާލައިގެން ހުރިއެވެ. […]
“އިރުކޮޅެއްގެ ތެރޭ މިދަނީ” ފިހާރައިން ނުކުންނަން އުޅެނިކޮށް ލޫތުގެ ކަންފަތުގައި ޖެހުނީ ޖާދުވީ ރީތި އަޑެކެވެ. ފަށުވިކޮށް އިނގިރޭސި ބަހުން ވާހަކަ ދެއްކިޔަސް އެއަޑަކީ ލޫތުއަށް އޮޅޭނެ އަޑެއް ނޫނެވެ. ސިހިފައި ލޫތުއަށް އަޑު އައި ދިމާލަށް ބަލާލެވުނީ އެއީ ކާކުކަން ޔަޤީންވެގެންނެވެ. ކަޅުކުލައިގެ އަބާޔާއަކާއި ކްރީމް ކުލައިގެ ޝޯލްއެއްގައި އެހެރީ މަލާއެވެ. އެމޫނު ލޫތުއަކަށް ނޯޅޭނެއެެވެ. ކްރީމްކުލައިގެ ޝޯލްތެރެއިން މަލާގެ ކުޑަ ވަށް މޫނު ފެންނައިރު އާޝޯހު ވާހާ ރީއްޗެވެ. ބޮޑު ދެލޮލުގައި އައި ލައިނާ […]
ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ލޫތު ދިޔައީ ސިހިގެނެވެ. މުޅި ކޮޓަރިއަށް އޮތީ ތޫފާނެއް އައިސްފައެވެ. ސޯފާގެ ކުޝަންތައް ކާރޕެޓްމައްޗަށް އުކާލެވިފައިވިއިރު ހުދުކުލައިގެ ކާރޕެޓްގައި ކޮންމެވެސްވަރަކަށް ލޭ ހުރުމުން ލޫތުގެ ސިކުނޑިއަށް ނުރައްކާތެރިކަމުގެ އިންޒާރެއް ލިބުނެވެ. މުޅި ކޮޓަރީގައިވެސް މަލާގެ އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ފާޚާނާ އާއި ބެލްކަނި ބެލުމަށްފަހު މަލާއަށް ގޮވަމުން މުޅި ގޭތެރެ ހޯދަން ފެށިއިރު ލޫތު ހީވީ މޮޔައަކުހެނެވެ. ***************** ދުބާއީގެ މަގުތަކުގައި މަޑުމަޑުން ހިނގާލާފައި ‘ދަ ޕާރމް’ ހޮޓެލަށް ވަތް ޒުވާނާގެ […]
“ކޮންގްރާ ލިޓިލް މޮމީ…”މޫނުކައިރި ކޮށްލާ މަލާގެ ޖަންބުކުލަ އަރަމުން ދިޔަ ކޮލުގައި ބޮސްދީފައި ވައި އަޑުން ލޫތު ބުނެލިއެވެ. ދެލޯ ބޮޑު ކޮށްލުމާއެކު މަލާއަށް އިސްއުފުލާލެވުނެވެ. މިދުވަހަށް ހާދަ އިންތިޒާރެއް ކުރެވިއްޖެއެވެ. އުފަލުން ހީލާފައި ލޫތުގެ ކަރުގައި ބައްދާލުމާއެކު ބެލެންސްނުވެގެން ދެމީހުންވެސް އެނދުމައްޗަށް ވެއްޓުނެވެ. އެއާއެކު މުޅި ކޮޓަރިތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު ހިފާލިއެވެ. ލޯބިން އުޅެމުން އައި ދެމަފިރިންގެ ހަޔާތަށް ހަރީފު މޫސުމް އައިފަދައެވެ. ލޫތު އޮފީހުގެ ގިނަ މަސައްކަތްތައް ގޭގައި ކުރަންފަށައި މަލާއަށް ވަގުތު […]
މަލްހާގެ މެޔަށް ތަދެއް އަރައިގެން މާލިކް އޭނާގެ ކާރުގައި މަލްހާ ހޮސްޕިޓަލަށް ގެންދަނިކޮށް އެކްސިޑެންޓް ވި ޚަބަރު ވީ ‘ކޮޓޭޖް’ އަށް ލިބުނު ބިރުވެރި ޚަބަރަކަށެވެ. ގޭގައި މަސައްކަތްކުރަން އުޅުނު ނޯކަރުންވެސް ހިތާމައިގެ ފުން ކަނޑަކަށް ގެބުނެވެ. މާލިކްގެ ދެމަފިރިންގެ ހާލު ބޮޑުވެ މަލާ އާއި ލޫތުއަށް ބައްދަލު ކުރުމުގެ ހުއްދަ ލިބުމުން އައިސީޔޫ އަށް ވަންއިރު އެދެމަފިރިން ބާއްވައިފައިވަނީ ޖެހިޖެހިގެން ދެ އެނދުގައެވެ. ކެތްކޮށްލައިގެން ހުރި މަލާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ މާލިކް […]
ލޫތުއަށް ލިބިފައިވަނީ އާދަޔަ ޚިލާފު ރީތި ކަމެކެވެ. ހުދު ދޮނެއް ލިބިފައިވިއިރު މުށި ކުލައިގެ ކަޅިއެކެވެ. ފަންފަން ކަޅުކުލަގަދަ އިސްތަށިގަނޑެވެ. ލޯބިކަމުން ގޮސް މަގުމައްޗަށް ނެރެވޭ ވަރެއް ނޫނެވެ. މީހުންގެ ލޯތައް އަމާޒުވެ އެސްފީނާއެއް ޖެހިދާނެތީ މަލްހާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ގިނަފަހަރު ނުއުމާނު ލޫތު ގޮވައިގެން ބޭރަށް ނުކުންނަންވެސް ހުރަސްއެޅެއެވެ. މީހަކު ލޫތުގެ ފޮޓޯއެއް ނެގިކަން އެނގުނަސް ހިތްހަމަ ނުޖެހެވެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ލޫތު ގެންގުޅެން ފަށައިގެން އަހަރެއް ވާން އުޅެނިކޮށް މަލްހާ […]