‘ޓޭސްޓްސް’ ރެސްޓޯރެންޓްއިން ޗޮކްލެޓް ކޭކެއް ހިފައިގެން ނުކުތް ޒުވާނާއަށް ވަނީ ގިނަބައެއްގެ ލޯތައް އަމާޒު ވެފައެވެ. ހިތްގައިމު ހިނިތުންވުމެއް މޫނުމަތީގައިވިއިރު އޭނާގެ ޖާދޫގައި ޖެހެމުން ދިޔަ ޒުވާން އަންހެންކުދިންގެ ހިތްތައް ކަތިލެވެމުން ދިޔައެވެ. އަވިއައިނަކުން ލޯ ފޮރުވާލެވުފައިވިއިރު ދިގުކޮށްފައިވާ ތުބުޅިން ހަތަރެސްކަން ބައްޓަމުގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ. ލައިގެންހުރި ކަކުލާ ހިސާބަށްއަރާ ކަޅު ކުރުތާއާއި ފައިކުރި ކުރު ޖިންސުގެ ސަބަބުން ސުންނަތަށް ލޯބިކުރާ ޒުވާނެއްކަން ހާމަވެއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑު ވަނީ ކަންފަތާއި ހަމައަށް ދިގުކޮށްފައި، […]
ދިރި އުޅުމަކީ ކޮބާކަން އެނގުމަށްވުރެ އަހަރެން ކުޑައެވެ… ފުރާވަރުގެ ދުވަސްތައް ގުނަމުން ދިޔައީ އުފަލާ މަޖަލުގައެވެ. އެކުވެރިންނާއި އެކު މަޖާކޮށް ބޭރަށް ގޮސް ހަދަމެވެ. ‘ކޮމިޓެޑް ރިލޭޝަންޝިޕް’ އަކީ އަހަރެން ދަންނަ ކަމެއް ނޫނެވެ. އަހަރެންނަށް އާދަވެފަ ވަނީ އޭރަކު ކަމުދާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާލާފައި ފޫހި ވީމަ ގުޅުން ކަނޑާލުމަށެވެ. ވާހަކަ ދައްކާ ދުވަސްކޮޅުގައި އެމީހުނާ އެކީ ބޭރަށް ގޮސްވެސް ހަދަމެވެ. ފާފަތަކަށް ވެސް އަރައި ގަނެވޭލެއް މަދެއް ނޫނެވެ. ފާފަ އަކަށް އަރައި […]