Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 2

Shiu 💞🌸 Level 110 Stories
May 5, 2020 4 Mins Read
1 Comment

ލޫތުއަށް ލިބިފައިވަނީ އާދަޔަ ޚިލާފު ރީތި ކަމެކެވެ. ހުދު ދޮނެއް ލިބިފައިވިއިރު މުށި ކުލައިގެ ކަޅިއެކެވެ. ފަންފަން ކަޅުކުލަގަދަ އިސްތަށިގަނޑެވެ. ލޯބިކަމުން ގޮސް މަގުމައްޗަށް ނެރެވޭ ވަރެއް ނޫނެވެ. މީހުންގެ ލޯތައް އަމާޒުވެ އެސްފީނާއެއް ޖެހިދާނެތީ މަލްހާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ގިނަފަހަރު ނުއުމާނު ލޫތު ގޮވައިގެން ބޭރަށް ނުކުންނަންވެސް ހުރަސްއެޅެއެވެ. މީހަކު ލޫތުގެ ފޮޓޯއެއް ނެގިކަން އެނގުނަސް ހިތްހަމަ ނުޖެހެވެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ލޫތު ގެންގުޅެން ފަށައިގެން އަހަރެއް ވާން އުޅެނިކޮށް މަލްހާ ބަލިވެ އިނެވެ. މި ޚަބަރު ވީ މާލިކު އާއި މަލްހާއަށް ބަޔާން ކުރަން ދަތިވި އުފަލެއް ލިބުނު ޚަބަރަކަށެވެ.

ބަލިވެ އިނުމުން ދިމާވި އުނދަގޫތަކާއެކުވެސް މަލްހާ މަސައްކަތްކުރީ ލޫތުއަށް ދޭންވާ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދިނުމަށެވެ.
ބަނޑަށް ދުވަސްވަމުން ދިޔަވަރަކަށް ބަރުހެލިވެ ގޭތެރޭ މަސައްކަތްތައް ކުރަންވެސް އުނދަގޫވިއެވެ. ނުއުމާނުގެ ދެމަފިރިންވެސް ވަނީ މުސްކުޅިވެ ހިނގާބިގާވެ އުޅެން އުނދަގޫވެފައެވެ. އެހެންކަމުން މާލިކް ދެކުއްޖަކު ގޭތެރޭ މަސައްކަތްކުރަން ހަމަޖެއްސިއެވެ. އެހެންނަމަވެސް ލޫތުގެ އެއްވެސް ކަމެއް އެހެން މީހަކާއި ހަވާލުކުރަން މަލްހާ ނުރުހުނެވެ.
ނުޢުމާނުގެ ދެމަފިރިން މުސްކުޅި ބަލީގައި ނިޔާވީ މަލްހާ ވިހަން ކައިރިވެފައިވަނިކޮށެވެ. އެދެމަފިރިންގެ ވަކިވުން ވީ މުޅި ‘ކޮޓޭޖް’ އަށް ހިތާމަވެރިކަން ގެނުވި ޚަބަރަކަަށެވެ.
މާލިކްގެ ހިނިތުންވުން މަދުވެ އޮފީހުގެ މަސައްކަތާ ދުރުވިއެވެ.
މާލިކްގެ ހަނދާނަށް އަންނަން ފެށީ ކުޑައިރުއްސުރެ މަންމަ އާއި ބައްޕަ ދިން ލޯތްބެވެ. ޢެކީގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ. ކޮންމެ ކާމިޔާބީއެއް ހިފައިގެން ގެއަށް އަންނައިރު އެމައިންބަފައިންގެ އުޖާލާވާ މޫނެވެ.
ކާމިޔާބު މީހަކަށް މާލިކަށް ވެވުނީ މައިންބަފައިންގެ މަސައްކަތުންނެވެ. ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ހާލު މަންމަ އާއި ބައްޕަ މާލިކަށް ކިޔައްވައިދިނުމަށް އުޅުނު ގޮތް ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟
މަލްހާގެ ހާލަކީ ތޯއެވެ؟ ދުވަހަކު މަންމައެއްގެ ލޯބި ނުލިބޭ މަލްހާއަށް މަންމައެއްގެ ލޯބި ދިނީ އުމެއިރާއެެވެ. މާލިކް އާއި ކައިވެެނި ކުރުމަށްފަހު އެދެމަފިރިންވެސް މަލްހާ ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މިއަދު އެ މަންމަ އާއި ބައްޕަ ވަކިވުމުން އޭނާގެ ހިތަށް އެކަނިވެރިކަމުގެ އިހްސާސް ވިއެވެ. ބަލިވެ އިނީއްސުރެ އުމެއިރާގެ ލޯބި ދެގުނަވިއެވެ. ބަނޑު ބޮޑުވަމުން ދިޔަވަރަކަށް މަލްހާގެ ބަނޑަށް ތަދުވެ އުނދަގޫވެއެވެ. އެވަގުތު ކޮޅުގައިވެސް އުމެއިރާ މަލްހާގެ ބަޑުގައި ލޯބިން ފިރުމާދީހަދައެވެ. ދަރިފުޅު ތޮޅެލުމުގެ އިހްސާސް ވުމާއެކު އުމެއިރާގެ ކޮޓަރިއަށް ދުއްވައިގަންނަނީ އެ މުސްކުޅި މަންމައާއި އުފާވެރިކަން ހިއްސާކުރަން އެދޭތީއެވެ. ދަރިފުޅު އުރާލާ ހިތުން އެވާހަކަ ދައްކާއިރު އުމެއިރާގެ މޫނުމަތިން ފެންނަ އުފާވެރިކަން ފެނި މަލްޙާއަށްވެސް ހިނިތުން ވެވެއެވެ. އެންމެ ފަހުން ދުނިޔެ ދޫކޮށް ދާން ޖެހުނީ ފުރަތަމަ މާމަ ދަރިފުޅު ލޮލަށްވެސް ނުފެނިއެވެ.

ތުއްތު ލޫތުއަށްވެސް މިކަމުން ފުން އަސަރުތަކެއް ކުރުވައި މިޒާޖަށްވެސް ކޮންމެސް ވަރެއްގެ ބަދަލުތަކެއް އައެވެ. ޔަތީމްޚާނާއެއްގެ މާހައުލު ‘ކޮޓޭޖް’ އާއި ހާދަ ތަފާތެވެ. މަންމަ އާއި ބައްޕަ އެެއްގެ ލޯބީގެ އިތުރުން މާމަ އާއި ކާފަގެ ލޯބިވެސް ލިބުނެވެ. އުމެއިރާ ބަލިވެ އުޅުނަސް ލޫތުއަށް ކާންދީ ހަދައެވެ. ލޫތުއާއި އެކީ ސަކަރާތް ޖަހައި ހަދައެވެ. އަމިއްލަ ދަރިއަކަށް އަޅާލާވަރަށް ލޫތު އަށް އަޅާލާ ހެދިއެވެ. ނުއުމާނަށް ކިރިޔާ ހިނގޭއިރުވެސް ގޯތިތެރޭގައި އޮންނަ ބަގީޗާ ތެރޭގައި ލޫތު ގޮވައިގެން ހިނގާލާ ހަދައެވެ. ލޯބިން އުރާލައެވެ.
ދޭތެރެއަކުން މާމަ އާއި ކާފަ މަތިން ހަނދާންވެ ލޫތުއަށް ރޮވޭގޮތް ވެއެވެ.
މަލްހާ އާއި ލޫތުއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން މާލިކް ނިންމީ ބޭރު ޤައުމަކަށް ގޮސް ދުވަސް ކޮޅެއް ހޭދަކޮށްލުމަށެވެ.
މެލޭޝިއާ އަށް ގޮސް ހިތް ފަސޭހަ ހިސާބަކުން މާލިކް ގެއެއް ކުއްޔަށް ނަގައިގެން ހުރިހާ ވަގުތުތައް އާއިލާއަށް ހުސްކޮށްލިއެވެ. މަލްހާ އާއި ލޫތު ގޮވައިގެން ރީތި ތަންތަން ބަލައިލަން ދިޔުމާއި ޕިކްނިކްތަކަށް ދާން ފެށުމުން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނުކަން މާލިކަށް އިހްސާސް ވިއެވެ.
ލޯބި ލޯބި މަލާ ދުނިޔެއަށް އައުން ވީ އެ ކުޑަ އާއިލާ އިތުރަށް އުފާވެރިވި ސަބަބަކަށެވެ. ލޫތުގެ ހިނިތުންވެސް ނުފިލައެވެ.
އަލަތު ދަރިފުޅު ފެނިލުމާއެކު މާލިކްގެ ހިތަށް ބުނެދޭން ނޭނގޭ އިހްސާސެއް ކުރުވިއެވެ. ލޫތު ދަރިއެއްގެ ގޮތުގައި ދެކުނު ނަމަވެސް މަލާ އަކީ އޭނާގެ އަލަތު ދަރިފުޅެވެ. އެދަރިފުޅަށް އިންތިހާށް ލޯބި ދީ ހިމާޔަތް ދިނުމަށް ހިތާހިތުން އަޒުމު ކަނޑައެޅިއެވެ.

މާލިކްގެ އުފާވެރި އާއިލާ ރާއްޖެ އެބުރި އައީ މަލާއަށް އަހަރެއް ފުރުމުންނެވެ. ދުވަސްތައް ފާއިތުވަމުން ލޫތު އާއި މަލާ ފުރާވަރަށް އެރިއިރު ދެކުދިންވެސް ވީ މައިންބަފައިންގެ ހިތުގެ ފިނިކަމަށެވެ. ތޫނު ފީލި ދެކުދިންނެވެ. އަބަދުވެސް މުޅި ސުކޫލުން ރަންވަނަ ތައް ހާސިލުކުރުމުގައި ފެއިލްއެއް ނުވެއެވެ. އަޚްލާގް ރަނގަޅުވެފައި ދެކުދިންވެސް ދީނަށް ލޯބިކުރެއެވެ. ދަރިންނަށް ދެވުނު ތަރުބިއްޔަތާއި ދޭތެރޭ މަލްހާގެ އިތުރުން މާލިކްވެސް ފަޚުރުވެރިވެއެވެ.
ކުދިން ކުޑައިރުއްސުރެ ބަންދު ދުވަސްތަކުގައި އޮފީހަށް ގެންދިޔުން މާލިކް އާންމު ކަމަކަށް ހެދިއެވެ. މާލިކް ގަބޫލުކުރާގޮތުގައި ކުޑައިރުއްސުރެ އެކުދިން އެކަމަށް ހާނުވަން ޖެހޭނެއެެވެ. ބޮޑުވަމުން އަންނައިރު މަސައްކަތުގެ މާހައުލު ކިޔައިދީ ދަސްކޮށްދޭންފެށީ މަލްހާގެވެސް އެދުމުގެ މަތިންނެވެ.
ނަތީޖާއެއްގެ ގޮތުން އޯލެވެލް ނިމުމާއެކު ލޫތު ބޭނުންވީ އިތުރަށް ކިޔަވަން ބޭރު ގައުމަކަށް ދާންށެވެ. މަލްހާ ވަގުތުން އެކަމާ ދެކޮޅު ހެދިނަމަވެސް މާލިކްގެ އެތައް ނަސޭހަތަކަށްފަހު އެކަމާ ޤަބޫލުވީ ހިތާ ދެކޮޅަށެވެ.
ލަންޑަނަށް ލޫތު ފުރަން ތައްޔާރުވިއިރު މަލާ ސިއްރުން ކަރުން އޮއްސިއެވެ. ވާނީވެސް އެހެންތާއެެވެ. އެދެކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކުދެކެ އިންތިހާއަށް ލޯބިވެއެވެ. އަބަދުވެސް އުޅެމުން އައީ ވަރަށް އެކުވެރިކޮށެވެ. މަލާގެ މާޔޫސްވެފައިވާ މޫނު ފެނުމާއެކު ލޫތުގެ ޅަހިތުގައިވެސް ރިހުމެއް އުފެދެއެވެ. އަބަދުވެސް ގުޅާނެކަމަށް ބުނެ މަލާއަށް ހިތްވަރުދީ ލޯބިން ބައްދާލައެވެ.
4 އަހަރު ވަންދެން ބޭރުގައި ހުރުމަށްފަހު ލޫތު އެބުރި އައިއިރު ވަނީ މުޅިން ތަފާތު ވެފައެވެ. 20 އަހަރުހެން ހީވެސް ނުވެއެވެ. ބަލާބެލުމަށް ހަރުދަނާވެފައި އެތައް ގުނައެއް ސްމާރޓެވެެ. ސަރޕްރައިޒެއް ދިނުމަށް ލޫތު ރާއްޖެ އައީ އެކަކަށްވެސް ނާންގައެވެ.
‘ކޮޓޭޖް’ އަށް ވަންއިރު މުޅި ގޭތެރެ ވަނީ ހަމަހިމޭން ވެފަައެވެ. އެހަމަ ހިމޭންކަމުން ލޫތުއަށް އުނދަގޫވިއެވެ. ގެއަށްވަދެ މާގިނަ އިރު ނުވަނީސް މަލާއަށް ލޫތު ފެނި މަލްހާ އާއި މާލިކް އަށް އެޚަބަރު ދިނެވެ. މާލިކް އާއި މަލްހާ ލޫތު ފެނުމުން އުފަލުން އޮޅުލާ ހެދިއެވެ. ނަމަވެސް މަލާ ހުރީ ދުރުގައެވެ. ލޫތު ބަލާލުމުންވެސް އަނގައިން ނުބުނެ އިސްޖަހާލީ ލަދުރަކި ގޮތަކަށް ހީލަމުންނެވެ.
މަލްހާ ލޫތުގެ ކޮލުގައި ބޮސްދެމުން އެންމެފަހުން ރޯން ފެށުމުން ލޫތު މާލިކަށް ބަލާލީ ސުވާލުން ފުރިފައިވަގޮތަކަށެވެ. މާލިކްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން ކޮންމެވެސް ބޮޑުކަމެއް ސިއްރު ކުރާކަން ލޫތުއަށް ވަގުތުން ނަގައިގަނެވުނެވެ.
މާލިކް ލޫތު އާއި ވަކިން ބައްދަލު ކޮށްލުމަށްފަހު މަލްހާގެ ބަލި ހާލަތު އޮޅުން ފިލުވައި ދިނެވެ. އަބަދު ވަރުބަލިވެފައި ދޭތެރެއިން މޭގައި މާގަދަޔަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބްލަޑް ކެންސަރ ޖެހިފައިވާކަން އެނގުނުކަމަށް ބުނެލިއިރު މާލިކްގެ ލޮލުން ކަރުނަ ހިލުނެވެ. ލޫތުގެ ކިޔެވުމަށް ބުރުއަރައިފާނެތީ މަލްހާ ސިއްރުކުރަން އެދުނުކަމަށާއި މަލްހާ ރަނގަޅުވާނެ ކަމުގެ އުއްމީދު އޮތްކަމަށް ބުނެލީ ބައްދާލާފައެވެ. މާލިކް ގިނަވަގުތުގައި މަލްހާ އާއި އެކު ވަގުތު ހޭދަ ކުރަން ބޭނުން ވުމާއެކު މާލިކްގެ ވިޔަފާރި ލޫތު އޯވަރޓޭކް ކުރީ މާލިކްގެ އެދުމުގެ މަތިންނެވެ. ދަރިފުޅުގެ ގާބިލްކަމާއިމެދު އޮތް އިތުބާރެއްގެ ބޮޑުކަމުން އެފަދަ ބޮޑު ފިޔަވަޅެއް ނަގަން މާލިކް ޖެހިލުމެއް ނުވިއެވެ. ފުރަތަމަ ދުވަސްކޮޅުގައި މީހުންގެ ފާޑުކިޔުން އަމާޒުވިނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޫތުގެ ކުޅަދާނަކަން ފެނި މީހުންގެ ދޫތައް ބަންދުވިއެވެ.
‘ކޮޓޭޖް’ ދޫކޮށްފައި ލޫތު ދިޔައިރު ‘ކޮޓޭޖް’ އަކީ އުފާވެރި މާހައުލެކެވެ. ނަމަވެސް އެތައް ކަމެއް ބަދަލުވެފައިވިއިރު ، ޚާއްސަކޮށް މަލާގެ މިޒާޖަށް އައިއްސަ ހުރި ބަދަލުން ލޫތު ހައިރާން ވިއެވެ. އަބަދުވެސް ވަރަށް ބިޒީވެގެން އުޅޭއިރު ކުރީގެ ޅަގޮތް ގަނޑު އެއްކޮށްހެން ވަނީ ކެނޑިފައެވެ. ޅަ އުމުރުގައި ބައްޕަގެ އެހީގައި އަމިއްލަ ދީނީ ޗެނެލްއެއް ހުޅުވައިގެން އުޅޭތީ ހަރުދަނާ ވީކަމުގައި ލޫތު ދެކުނެވެ. އެހެންނަަމަވެސް ލޫތު އާއި ކުރިން އޮތް ގުޅުން ނުބާއްވަނީ ކީއްވެ ކަމެއް ލޫތު ވިސްނާ ވިސްނާ ނޭނގުނެވެ. ވާހަކަވެސް ދައްކަނީ ކޮންމެހެން ވާހަަކަ ދައްކަން ޖެހޭކަހަލަ ހާލަތެއް އައުމުންނެވެ. ލޫތު ފެނުމުން ހުންނަނީ އަބަދުވެސް ލަދު ގަނެފައެވެ.

މަލްހާގެ މެޔަށް ތަދެއް އަރައިގެން މާލިކް އޭނާގެ ކާރުގައި މަލްހާ ހޮސްޕިޓަލަށް ގެންދަނިކޮށް އެކްސިޑެންޓް ވި ޚަބަރު ވީ ‘ކޮޓޭޖް’ އަށް ލިބުނު ބިރުވެރި ޚަބަރަކަށެވެ. ގޭގައި މަސައްކަތްކުރަން އުޅުނު ނޯކަރުންވެސް ހިތާމައިގެ ފުން ކަނޑަކަށް ގެބުނެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..[3]

Next

ތީ އޭ އުފަލަކީ…(11)

Next
May 5, 2020

ތީ އޭ އުފަލަކީ…(11)

Previews
May 5, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..[3]

One Comment

  1. UmmuYau says:
    May 5, 2020 at 1:44 am

    Hello again ?
    Here’s part two الحمد لله
    Kamudhaane kamah ummeedhu kuran.
    Next part ga maazeege part nimeyne ✨

Comments are closed.


All Right Reserved!