“ބޭނުމީ ރާއްޖެއަށް ދާން…” ވާހަކައިގެ ތެރެއިން މަލާ ބުނެލި ޖުމްލައިން ދުޖާނާއަށް ހީވީ ކާމޭޒު މަތީގައި ބޮމެއް ގޮއްވާލިހެނެވެ. ދުޖާނާގެ މޫނުމައްޗަށް އެރި ކުލަވަރު މާ ރީއްޗަށްވެސް މަލާއަށް ފެނުނެވެ. “މަންމާ… މަންމަ ދޫކޮށްލަނީ އެއް ނޫނޭ… މަންމަ ވެސް ގޮވައިގެން ދުވަސްކޮޅަކަށް ދާން ބޭނުންވަނީ…” މަލާގެ ޖުމްލައިން ދުޖާނާގެ މޫނުމައްޗަށް ވެރިވި މާޔޫސްކަން ފިލައި މޫނުމަތިން ހިނިތުންވުމެއް ފެނިލިއެވެ. މަލާ ވާހަކަ ދެއްކީ ލޫތުއާ އޭނަ މަޝްވަރާކޮށްފައި ވާ ގޮތަށެވެ. ދެމީހުންވެސް ބޭނުންނީ މާލިކް ލޫތުއަށް […]
ކަންތައް ހިނގައިދިޔަގޮތް ކިޔައިދީ ނިމުން އިރު ދުޖާނާއާ ލޫތަށްވެސް ހުރީ ރޮވިފައެވެ. ދެމީހުންވެސް ސިއްސައިގެން ދިޔައީ ފަހަތުން އަޑުފައްގަޑެއް އިވިގެންނެވެ. ލޫތު ފަހަތަށް ބަލާލިއިރު މަލާ އޮތީ ވެއްޓިފައެވެ. ކައިރީގައި ކޮފީ ތަށި ތަކަކާއި ތަބަކެއް ތެޅިފައި އޮތެވެ. ދުޖާނާއާ ލޫތަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ. އެހިސާބަށް ފޯރިއިރު މަލާގެ ޚަބަރު ހުސްވެއްޖެއެވެ. ދެމީހުނަށްވެސް މަލާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީކަން ޔަޤީންވިއެވެ. މޫނުގައި ފެން ހާކައިގެންވެސް މަލާ ހޭނޭރުމުން ހަސްފަތާލަށް ގެންދިޔައީ ލޫތުގެ ކާރުގައެވެ. ދުޖާނާ ބޭރުގައި […]
ޓެރެސްއިން ދުޖާނާއާ ދިމާވުމުން ލޫތު ހިތްހަމަ ޖެހުނީ ދިގު އިންތިޒާރެއް ކުރަން ނުޖެހުމުންނެވެ. ވަގުތުން ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށް ދުޖާނާ ގާތުގައި ބުނެލިއެވެ. ލޫތު ދުޖާނާއަށް ކިޔައިދޭންފެށީ އެންމެ ކުޑައިރުގެ ވާހަކަތަކެވެ. މަލްހާ އާއި މާލިކްގެ ވާހަކަތަކެވެ. ކައިވެނި ކުރުމަށްފަހު ދިމާވި ހާދިސާއެވެ. އަހުސަމްގެ ފަރާތުން ޔައުޤޫބަށް އެނގިގެން ކިޔާދިން ވާހަކަތަކެވެ. ރޭގައި މަލާގެ މޫނު ފެނުނު ވާހަކައެވެ. އެހިސާބުން ދުޖާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ދުޖާނާގެ ސިކުނޑި ވެގެން އުޅޭ ގޮތް ދެނެގަތްކަމުގެ ހެއްކަކަށް […]
މަޑުމަޑުން ކައިރީގައި އިށީންދެލާފައި ޖަންނަތަށް ބަލާލިއެވެ. އެވަގުތު ޖަންނަތުގެ ލޯ ހުޅުވާލުމާއެކު އެހާ ކައިރިން ލޫތު ފެނުމުން ސިހިގެން ދިޔައެވެ. ލޫތު އަވަސްވެގަތީ ކައިވެންޏަށްފަހު އަދާ ކުރަން ޖެހޭ ސުންނަތްތައް އަދާކޮށްލުމަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނުކުމެފައި ޖަންނަތުއަށްވެސް އެގޮތަށް ކަންތައް ކުރުމަށް އެންގިއެވެ. ޖަންނަތުއަށް ވަގުތުން އެއީ ކޮން ނަމާދެއް ކުރަންކަން އެނގުނެވެ. ކައިވެނިކުރެވެން އުޅޭތީ އޭނާވަނީ ވަރަށް މައުލޫމާތު ސާފުކޮށްފައެވެ. ކައިވެންޏަށް ފަހު ކުރާ ދެރަކުއަތުގެ ސުންނަތް ނަމާދަކީ ސަޙާބީ ބޭކަލުންގެ ފަރާތުން އައިސްފައިވާކަމެކެވެ. […]
“ ސަރ.. އިޓްސް އިމްޕޯރޓެންޓް…. އިޓްސް އެބައުޓް ޔުއާރ ވައިފް މަލާ..” ޔައުޤޫބް މަލާގެ ނަން ބުނެލުމާއެކު ލޫތުގެ ހުރިހާ ސަމާލުކަމެއް ޔައުޤޫބްއަށް ލިބުނެވެ. ޔައުޤޫބް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ލޫތު އެރީ އެގޭގެ ޓެރެސްއަށެވެ. ފަރުވާތެރިކަމާއެކު ޔައުޤޫބްގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ލޫތުގެ މޫނަށް ތަފާތު ކުލަވަރުތައް އަރަމުން ދިޔައެވެ. ފޯނުން ޔައުޤޫބްއާއި ވާހަކަ ދައްކާ ނިމުނު އިރު އެތާ ހުރި ސޯފާއެއްގައި ލޫތުއަށް އިށީންދެވިއްޖެއެވެ. ފޯނު ޖީބަށް ލުމާއެކު ބޮލުގައި ދެއަތުން ހިފައި […]
ރަންކިޔަން ހަމަޖެހިފައިވި ދުވަހުގައިވެސް ޖަންނަތު ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް ކުރިއަށް ގެންދާށެވެ. ހެކިވެރިން އައުމުން ގަނޑުކޮޅެއްގައި ރަނުގެ އަދަދު ޖަހާލުމަށްފަހު ދިން އިރު ޖަންނަތުގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. ކުއްލިއަކަށް ކައިވެނި ކުރެވެން މިއުޅެނީ ކާކުތޯ ބަލަން ބޭނުންވިއެވެ. ނަމަވެސް ދުޖާނާ ގާތުގައި އަހާލާނެ ހިތްވަރެއް ނުލިބުނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ލޫތު އާއި ޖަންނަތުގެ ކައިވެނިކުރެވުނެވެ. ޖަންނަތުއަށް ވަލީ ދިނީ ގާޒީއެވެ. އެކަމާއި ޖަންނަތު ސުވާލުކުރުމުން ހުރިހާ ދުވަސްތަކުގައި ޖަންނަތުއަށް ސިއްރުކުރެވިފައިވާ […]
ދެހަފްތާ ވަންދެން ވިސްނުމަށްފަހު ލޫތު “ރޯޔަލް” އަށް ދިޔައީ ދުޖާނާއަށް ޖަވާބެއް ދިނުމަށެވެ. ލޫތު ކައިވެންޏަށް އާބަސް ބުނުމުން ދުޖާނާގެ މޫނުމަތި އުޖާލާވެ ހިނިތުންވެލިއެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ. ލޫތު އަކީ ދަރިއަކަށް ހަދަން އެންމެ ހިތްހަމަ ޖެހޭ ޒުވާނާކަމަށް ބުނެ ތަޢުރީފުގެ ބަސްތައް އޮއްސިއެވެ. “އެކަމް މަންމަ ޖަންނަތު އާއި ބެހޭގޮތުން ކިޔައިދޭން އެބަހުރި ވާހަކަތަކެއް… ޖަންނަތު އަކީ އަސްލު މަންމަ އެޑޮޕްޓް ކުރި ދަރިއެއް… ޖަންނަތުގެ މާޒީ………” “މާޒީ އެނގުން މުހިއްމެއްނޫން.. މިހާރު […]
“ކައިވެންޏެއް ކުރަން ވިސްނާތީ ވަރަށް އުފާވެއްޖެ… އަބަދު މާޒީގައި ހިފަހައްޓައިގެން ދިރިއުޅުން ކުރިއަކަށް ނުދާނެ… ޔޫ ޝުޑް މޫވް އޮން މައި ސަން… މަންމަ މި އެދެނީ ވަރަށް ބޮޑު ކަމަކު.. އޮފިޝަލީ މަންމަގެ ދަރިއަކަށް ވެގެން މިގެއަށް ދިރިއުޅުން ބަދަލުކުރުމަށް މި ހުށައަޅަނީ… ލުޢައްޔުއަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް… މަންމަ އެތައް ފަހަރަކު ދެކެފިން ތި ދެކުދިން އުޅޭ ގޮތް.. ބައްޕައަކާ ދަރިއެއްހެން ހީވަނީ ހަމަ. މަންމަގެ ޖަންނަތު އާއި ކައިވެނިކުރަން ވީނު…؟؟” ދުޖާނާ އެންމެ […]
މަލާ އެންމެފަހުން ފެނުނު ދުވަހު ހިނގި ހާދިސާއަށްފަހު މަހެއް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުތަށް ލޫތު ހޭދަކުރީ މޯލްގައެވެ. މަލާ އާއި ވާހަކަ ދައްކަން ގަދަ އަޒުމެއްގައެވެ. ދިމާވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ދިމާވުމުން ދައްކާނެ ވާހަކަ ސިކުނޑީގައި ފުރިހަމައަށް ރާވާލިއެވެ. ކަންތައް ވީ ލޫތު އުއްމީދުކުރި ގޮތަކަށް ނޫނެވެ. މަހެއް ފާއިތުވެގެން ދިޔައިރު އެންމެ ދުވަހަކުވެސް މަލާ ފެނިނުލިއެވެ. އެވަރުންވެސް ލޫތު ބޭނުންވީ އިތުރަށް މަސައްކަތް ކުރަންށެވެ. އޭނާއަކީ ކަންކަމުގައި އެހާ އަވަހަށް […]