Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 3

Shiu 💞🌸 Level 110 Stories
May 7, 2020 3 Mins Read
3 Comments

މަލްހާގެ މެޔަށް ތަދެއް އަރައިގެން މާލިކް އޭނާގެ ކާރުގައި މަލްހާ ހޮސްޕިޓަލަށް ގެންދަނިކޮށް އެކްސިޑެންޓް ވި ޚަބަރު ވީ ‘ކޮޓޭޖް’ އަށް ލިބުނު ބިރުވެރި ޚަބަރަކަށެވެ. ގޭގައި މަސައްކަތްކުރަން އުޅުނު ނޯކަރުންވެސް ހިތާމައިގެ ފުން ކަނޑަކަށް ގެބުނެވެ.
މާލިކްގެ ދެމަފިރިންގެ ހާލު ބޮޑުވެ މަލާ އާއި ލޫތުއަށް ބައްދަލު ކުރުމުގެ ހުއްދަ ލިބުމުން އައިސީޔޫ އަށް ވަންއިރު އެދެމަފިރިން ބާއްވައިފައިވަނީ ޖެހިޖެހިގެން ދެ އެނދުގައެވެ. ކެތްކޮށްލައިގެން ހުރި މަލާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ މާލިކް އާއި މަލްހާގެ ހާލު ހަމަ ލޮލުން ފެނުނީމައެވެ. ބައިވަރު ހޮޅީތަކެއް ގުޅާފައި ހުރިއިރު ދެމީހުންވެސް ނޭވާލަނީ އުނދަގުލުންނެވެ. މަލްހާ ހޭވެސް ނާރާ އޮތްއިރު މާލިކްގެ ދެންމެ ދެންމެ ދުނިޔެދޫކޮށް ހިނގައިދާނެހެން ހީވެއެވެ.

މަލާ މަލްހާ ކައިރި މަޑުކޮށްލި އިރު ލޫތު މަޑުކޮށްލީ މާލިކް ކައިރީގައެވެ. ލޫތު ފެނުމާއެކު މާލިކް ނޭވާ އަވަސްވެ އޮކްސިޖެން މާސްކް ނައްޓައިލިއެވެ. މާލިކްގެ އެންމެފަހު ވަގުތުކަމަށް ލޫތުއަށް އިހްސާސްވެ ހިތް މަޑުޖެހިލިއެވެ. އެންމެފަހު ފަހަރަށް ލޫތުގެ އަތުގައި ހިފާލުމަށްފަހު މާލިކް އެދުނީ މަލާ އާއި ކައިވެނިކުރުމަށެވެ. އަދި ލޫތުއަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއްކަމަށާއި މަލާ ހަވާލުކުރުމަށް އެހެން އެއްވެސް މީހަކަށް އިތުބާރުނުކުރެވޭނެކަމަށް ބުނެލިއެެވެ. ލޫތު ސިހިފައި މަލާއަށް ބަލައިލެވުނު އިރު މަލާއަށްވެސް އެއަޑު އިވުނުކަން ޔަޤީންވިއެވެ. އެހެންނަމަވެސް މަލާގެ މޫނުމަތިން ސިހުނުކަމުގެ އަސަރެއްނެތެވެ. އިސްދަށަށް ޖަހައިގެން ހުރިއިރު މަލާއަށް އާ ވާހަކަތަކަކަށް ނުވިކަން ހާމަވިއެވެ. އެދުވަހުގެ ރޭގަނޑެއްގެ ވަގުތުގައި މަލްހާ ދުނިޔެދޫކޮށް ދިޔައީ ލޯބިވާ ދެކުދިންނާއި ވާހަކަވެސް ނުދެއްކިއެވެ.

ހަފްތާއެއްފަހުން މާލިކް ދުނިޔެދޫކޮށް ދިޔައިރު މަލާ ލޫތު އާއި ކައިވެނި ކޮށްފިއެވެ. އެއީ މައިންބަފައިންގެ އެދުމަށެވެ.

މަލާގެ ދީނީ ޗެނަލް “ހަމަ އެކަނި ދީން – އިސްލާމް ދީން” އިން ދީނުގެ ތަފާތު ވާހަކަތަށް ގެނެސްދިނުމުގައި މަލާ އަބަދުވެސް ސަމާލުކަމެއް ދެއެވެ. ތައުހީދުގެ ޕްރޮގްރާމްތަކާއި ބިދުޢައަށް މީހުން ހޭލުންތެރި ކުރުމަށް އިސްކަމެއް ދެއެވެ. ޗެނެލްގެ ސަބަބުން އެތައް ބަޔަކު ދީނަށް ހޭލުންތެރިވެ ޖާހިލުގެ ގޮތްގަޑު ދޫކޮށްލައެވެ. ޝިރުކާއި ފާފަތައްކޮށް ބިދުޢަވެރި އަމަލުތައް ކުރަމުން އަންނަ މީހުން އެކަމަށް ލޯހުޅުވި ޝުކުރުގެ މެސެޖްތައް ކުރުމުން މަލާއަށް އިތުރު ހިތްވަރު ލިބެއެވެ.
ބައެއް ސިޔާސީކަންކަމަށް ފާޑުކިޔައި ކޮރަޕްޝަންގެ އަމަލުތައް ކުށްވެރިކުރުމާއި ރިބާފަދަ ކަންކަމުގެ ނުބައިކަން އާންމުންނަށް ހާމަކޮށްދޭތީ ޗެނަލްގެ މަސައްކަތް ހުއްޓާލުމަށް ‘އެނޮނީމަސް’ ފަރާތްތަކުން އިންޒާރުގެ މެސެޖް ލިބުނެއްކަމަކު މަލާގެ އަޒުމަކަށް ގުޑުމެއް ނާރައެވެ. އިންޒާރުތަކާއެކު މަލާ ދިޔައީ ޗެނެލް އިތުރަށް ވަރުގަދަކޮށް ޕްރޮގްރާމްތައް އިތުރުކުރަމުންނެވެ.

ކިޔަވައިގެން އައިސް ތިބޭ މޮޅު މީހުން ރުފިޔާއަށް ހެއްލި ހައްޤާއި ބާތިލް އޮޅުވާލާތީ މަލާ އެކަމަށް ފާނޑުކިޔައި މީހުން އެކަމަށް ހޭލުންތެރި ކުރެއެވެ. އެހެންކަމުން ޕްރޮގްރާމްތައް ހުށައަޅައި ދިނުމަށް މަލާ އަބަދުވެސް ހަމަ ޖައްސަނީ ސިޔާސީ ނުފޫޒު ނުފޯރައި ފައިސާއަށް ނުވިކޭކަހަލަ ރަނގަޅު އިލްމުވެރިންނެވެ.

ބޭބެ ކޮއްކޮ ގޮތުގައި ކުޑައިރުއްސުރެ އުޅުމުން ފުރަތަމަ ދުވަސްކޮޅުގައި އުނދަގޫވިޔަސް މާގިނަ ދުވަހެއްނުވެ މަލާ އާއި ލޫތުގެ ހިތުގައި އެކަކު އަނެކަކަށް އާވިންދެއް ޖަހަންފެށިއެވެ. މަލާގެ ލަދުރަކިކަން ލޫތުގެ ހިތާ ކުޅިލިއެވެ. މަލާގެ ރީތި ސޫރައަށް ފިރިހެނެއްގެ ނަޒަރުން ފުރަތަމަ ފަހަރަށް ބަލަން ފެށުނެވެ. އެމައުސޫމް ކުއްޖާގެ ކޮންމެ އަދާއެއް ކަމުދިޔައެވެ.

ދީނަށް ލޯބިކުރާ ކުއްޖަކަށްވުމުން މަލާ ކައިވެނީގެ މައުލޫމާތު ހޯދީ ސުންނަތުންނެވެ. ފިރިމީހާއަށް ލޯބިން ‘ޒަވްޖީ’ ފަދަ ނަންތައް ކިޔަންފެށުމުން ލޫތުގެ ހިތް ލޯބިންފުރުނެވެ. މަލާގެ އުމުރުން އެންމެ 18 އަހަރަށްވެފައި ޅަގޮތެއް ހުރުންވީ ލޫތުގެ ހިތުގައި ލޯބި އިތުރު ވިކަމަށެވެ. ކެއްކުމުގައި ނޯކަރުން އުޅޭއިރުވެސް މަލާގެ އަތުން ލޫތުއަށް މީރު އެއްޗެހި ހަދައިދެވޭތޯ ބަލައެވެ. ލޫތު އޮފީސް ނިންމާލާފައި އަންނަންވާއިރަށް މަލާވެސް މަސައްކަތް ނިންމާލުމަށްފަހު ތާޒާވެ ރީތިވެލައިގެން ހިނިތުންވުމަކާއެކު ބައްދަލު ކުރެއެވެ. މަލާގެ ޗެނަލް ހިންގަނީ ‘ކޮޓޭޖް’ ގެ އިމާރާތުގެ ފްލޯރ އެއްގައި ކަމުން މަލާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހައެވެ.
މާލިކްގެ ނިޔާވުމަށްފަހު ލޫތު، ރާއްޖޭގެ އެކި ހިސާބުތަކަށާއި ބޭރު ޤައުމުތަކަށްވެސް ވިޔަފާރި ފުޅާކުރިއެވެ. ކޮންމެ ބްރާންޗަކަށް ހެޑެއް ޚިޔާރުކޮށް ހުރިހާ ހިސާބެއްގެ ވިޔަފާރިތައް ބަލަހައްޓަމުން ދިޔައީ ކުޅަދާނަކަމާއެކުގައެވެ. ވިޔަފާރިއެއް ފަށަން ބޭނުންވެ ނުފެށިފައިވާ ފަރާތްތަކަށް އެހީ ދިނުމާއިއެކު ޚާއްސަ ޓްރެއިނިންގ ތަކެއްވެސް ބާއްވަން ފެށިއެވެ. މިކަންކަމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކުގެވެރިންނާއި ގުޅުން ބަދަހިވެ މުޅި ރާއްޖޭގައި ލޫތުގެ ނަން މަޝްހޫރުވެ ޤަދަރުހިފޭ ފަރާތަކަށްވިއެވެ. ޚާއްސަކޮށް އަންހެންކުދިންގެ ހިތްތަކުން ލޫތުއަށް ޖާގަދެވިފައިވަނީ އެހެން ފަރާތެއްގެ ހައްގެއްކަން އެނގޭ ހާލުއެވެ.

***********

‘ކޮޓޭޖް’ގެ ކައިރީގައި ކާރު ޕާރކް ކޮށްްލުމަށްފަހު ލޫތު ކާރުން ފޭބިއިރު އެއްއަތުގައި ބޮޑު ރަތްކުލައިގެ ފިނިފެންމާ ބޮކޭއަކާއި ކޭކު އޮތެވެ.

ކޮޓަރިއަށް ވަދެ ތާޒާވެލައިގެން ލޫތު އެނދުމަތީގައި އިށީންދެލީ މަލާގެ އިންތިޒާރުގައެވެ. އަންގާވެސް ނުލައި އެގަނޑީގައި އައުމުން މަލާ ހުންނާނީ އޮފީސްބައިގައި ކަން އެނގޭތީއެވެ.

އެޕާރޓްމެންޓެއް ވަރުގެ ބޮޑު ކޮޓަރީގެ ފަރުނީޗަރުތައް ހުދުކުލައިން ހުރުމުން ޝާހީގޮތެއް ހުއްޓެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް ސާފުތާހިރުކަން ހާމަވެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ފޯނާއި ކުޅެންއިން ލޫތުގެ ސަމާލުކަން ދޮރަށް ހުއްޓުނެވެ. ކަޅު އަބާޔައެއް ލައިގެން ހުރި މަލާގެ މޫނުވެސް ވަނީ ފޮތިކޮޅަކުން ފޮރުވާލެވިފައެވެ. ހަމައެކަނި ލޯ ފެންނަން ހުރިއިރުވެސް އެހާ ލޯތްބެވެ.
މޫނު ފޮތިކޮޅު ނަގަމުން މަލާ ލޫތު އާއި ދިމާލަށް ހިނގައިގަތީ ސައިޑްޓޭބަލް މަތީގައި އޮތް ބޮކޭ އާއި ކޭކް ފެނި ހިނިތުންވަމުންނެވެ.

“މަލް، މައި ލަވް، މައި ވައިފް…. ކަމް ހިއަރ” މަލާގެ އަތުގައި ހިފާލަމުން ލޫތު ކުޑަކޮށް ދަމާލަމުން ކައިރީގައި އިށީންނަން އިޝާރާތް ކޮށްލިއެވެ. ލޫތު މަލާގެ މޫނަށް ބަލަންފެށިގޮތަށް ނަޒަރު ވަކިކޮށް ނުލުމުން މަލާ ލަދުން އިސްޖަހާލިއެވެ. މަލާގެ މޫނު ރަތްވެގެން ދިޔުމާއެކު ލޫތުއަށް ހީލެވުނެވެ. ކައިވެނިކޮށްގެން ހަތަރު އަހަރުވިއިރު މަލާގެ ލަދުވެތިކަމަކީ ލޫތުއަށް އެންމެ ކަމުދިޔަ އެއްސިފައެވެ.
“ކޮންގްރާ ލިޓިލް މޮމީ…”މޫނުކައިރި ކޮށްލާ މަލާގެ ޖަންބުކުލަ އަރަމުން ދިޔަ ކޮލުގައި ބޮސްދީފައި ވައި އަޑުން ލޫތު ބުނެލިއެވެ. ދެލޯ ބޮޑު ކޮށްލުމާއެކު މަލާއަށް އިސްއުފުލާލެވުނެވެ. މިދުވަހަށް ހާދަ އިންތިޒާރެއް ކުރެވިއްޖެއެވެ. އުފަލުން ހީލާފައި ލޫތުގެ ކަރުގައި ބައްދާލުމާއެކު ބެލެންސްނުވެގެން ދެމީހުންވެސް އެނދުމައްޗަށް ވެއްޓުނެވެ. އެއާއެކު މުޅި ކޮޓަރިތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު ހިފާލިއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

ވަރަށް ލޯބިވޭ

Next

އަމާނީ

Next
May 7, 2020

އަމާނީ

Previews
May 7, 2020

ވަރަށް ލޯބިވޭ

3 Comments!

  1. LAZY_QUEENY says:
    May 7, 2020 at 6:53 pm

    Vvvv reethi mi part vx… Whn is next part… Curiously waiting for next part ngey.. N shiu you are so talented.. Maashaallah…. Next part thankolheh avahah up kohdhehchey… Waiting for next part

    1. Shiu says:
      May 7, 2020 at 7:55 pm

      Thank you so much dear ?
      Varah ufaavejje kamudhiyaima
      Avahah up kohdheveytho try kuraanan ?

  2. Shiu says:
    May 7, 2020 at 10:29 pm

    Mee liyamun dhaa story eh veema readers can give some good ideas ingey kuriah gendhaane gothakaamedhu ?
    Eyrun Shiu use kollaanan ideas thah إن شاء الله
    Heekuran mi story kamudhaane kamah… ?

Comments are closed.


All Right Reserved!