Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 4

Shiu 💞🌸 Level 110 Stories
May 8, 2020 3 Mins Read
2 Comments

“ކޮންގްރާ ލިޓިލް މޮމީ…”މޫނުކައިރި ކޮށްލާ މަލާގެ ޖަންބުކުލަ އަރަމުން ދިޔަ ކޮލުގައި ބޮސްދީފައި ވައި އަޑުން ލޫތު ބުނެލިއެވެ. ދެލޯ ބޮޑު ކޮށްލުމާއެކު މަލާއަށް އިސްއުފުލާލެވުނެވެ. މިދުވަހަށް ހާދަ އިންތިޒާރެއް ކުރެވިއްޖެއެވެ. އުފަލުން ހީލާފައި ލޫތުގެ ކަރުގައި ބައްދާލުމާއެކު ބެލެންސްނުވެގެން ދެމީހުންވެސް އެނދުމައްޗަށް ވެއްޓުނެވެ. އެއާއެކު މުޅި ކޮޓަރިތެރޭގައި ދެމީހުންގެ ހުނުމުގެ އަޑު ހިފާލިއެވެ.
ލޯބިން އުޅެމުން އައި ދެމަފިރިންގެ ހަޔާތަށް ހަރީފު މޫސުމް އައިފަދައެވެ. ލޫތު އޮފީހުގެ ގިނަ މަސައްކަތްތައް ގޭގައި ކުރަންފަށައި މަލާއަށް ވަގުތު ހުސްކުރިއެވެ. މަލާގެ ކޮންމެކަމެއް ލޯބިން ކޮށްދޭން ފެށިއެވެ. ލޯބިން ދޭ ހަދިޔާތައް އިތުރުކުރިއެވެ. ނިދާގަޑީގައި މަލާގެ ތުނިތުނި ބަޑުގައި ލޯބިން ބޮސްދީ ހަަދައެވެ. ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުނެއެވެ. ލިބެން އުޅޭ ކުޑަކުޑަ ދަރިފުޅަށްޓަކައި އެތަކެއް އުއްމީދުތަކުން ދެމަފިރިންގެ ހިތްތައް ދިޔައީ ފުރެމުންނެވެ.

މަލާގެ ބަޑު ބޮޑުވަމުން ދިޔަ ވަރަކަށް މަލާގެ ރީތިކަންވެސް އިތުރުވިއެވެ. މޫނުގައި އިތުރަށް މަސްޖަހާލައި ކުޑަކޮށް ފަލަވާންފެށިއެވެ. ހަށިގަނޑުގެ ބައްޓަން ރީތިވެ އަންހެންވަންތަކަން އިތުރުވިއެވެ. ހަންގަނޑުވެސް އޮމާންވެލައި އަލިވިއެެވެ. ލޫތުގެ ތައުރީފްތައް ކޮންމެ ދުވަހަކުހެން މަލާއަށް އޮއްސާލައެވެ. ކޮންމެ ދުވަހަކު ލޫތުގެ ލޮބުވެތި އަދާތަކުން މަލާ ހެއްވާލައެވެ. ލޯބިވާކަން އެކި ގޮތްގޮތުން ހާމަކޮށްދެއެވެ. މަލާގެ ހިތުގައިވެސް ލޫތުއަށްޓަކައިވާ ލޯބި ކޮންމެ ދުވަހަކު އިތުރުވާހެން ހީވެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މަލާގެ ބަނޑަށް ފަސްމަސް ފުރުނު ދުވަހެވެ. ހޮސްޕިޓަލް ވެއިޓިންގރޫމްގެ ގޮޑިއެއްގައި އިށީންދެގެން މަލާ އާއި ލޫތު ތިބިއިރު ދެމީހުން ވާހަކަ ދައްކަމުން ދިޔައީ ދަރިފުޅުގެ ޖިންސާއި ބެހޭގޮތުންނެވެ. މަލާ ފިރިހެން ކުއްޖެއް ބޭނުންވިއިރު ލޫތު ބޭނުންވީ އަންހެންކުއްޖެކެވެ. މަލާ ބުނީ ފިރިހެންކުއްޖެއް ބޭނުންވަނީ ލޫތު އާއި އެއްވަރަށް ‘ސްމާރޓް’ ކުއްޖެއް ބޭނުންވާތީކަމަށެވެ. ލޫތު ބުނަމުން ދިޔައީ އަންހެން ކުއްޖަކަށް އުއްމީދު ކުރެވެނީ މަލާ ކަހަލަ ލޯބި ކުއްޖަކަށް އެދެވޭތީކަމުގައެވެ. ދެމީހުން އެކަމާއި ބަހުސް ކުރި ކަމުގައިވިޔަސް އެކަކު އަނެކަކު ހިތުގެ އަޑިން ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް އުފާވާނެކަން ޤަބޫލުކުރެއެވެ.
ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު އެތާ ތިބި އެންމެންގެ ލޯ އެދެމަފިރިންނަށް ހުއްޓެއެވެ. މަލާއަށް އެކަމުގެ ސަބަބުން އުނގޫވެސް ވިއެވެ. އެހާ ނިވާވެގެން އުޅޭއިރުވެސް ބޭރުގައި މާގިނައިން އުޅުމަކީ މަލާ ކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ލޫތު އާއި އެކީ ބޭރަށް ނުކުމެލާ މަދު ދުވަސްތަކުގައިވެސް އަންހެންކުދިންގެ ލޯތައް ލޫތުއަށް ހުއްޓޭތަން ވަނީ ފެނިފައެވެ. ލޫތުގެ ރީތިކަމާއެކު ލިބިފައިވާ މުއްސަނދިކަމަކީ އެތައް އަންހެންކުދިން ލޫތުއަށްޓަކައި ފިދާވާ ސިފަތަކެވެ. އައުރަ ނިވާނުކޮށް އުޅޭ އަންހެންކުދިންގެ ސަބަބުން ހަލާކުވެގެން ދާ ފިރިހެންކުދިންގެ އަދަދު މަދެއް ނޫނެވެ. އެހެންވިޔަސް މަލާ ލޫތުއަށް އިތުބާރުކުރެއެވެ. الله އަށްޓަކައި ލޯބިވާކަމުގައި ވަނީނަމަ ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެކަހަލަ ހަރާމްގުޅުމެއް ބާއްވަން ލޫތުއަކަށް ނުކެރޭނެއެވެ. އެއީ ލޫތު الله އަށް ބިރުވެތިވާތީއެވެ.

ދެމަފިރިންގެ އިންތިޒާރަށް ނިމުމެއް އައީ ސްކޭންރޫމް އިން މަލާގެ ނަން ގޮވާލުމުންނެވެ.

“ހިއަރ އިޒް ޔުއަރ ބޭބީ މަލް.. ބޭބީ އިޒް ފައިން.. الحمد لله..” ސްކޭން ކުރަން ހުރި ޑރ. ނައިނާ ސްކްރީނުން މަލާގެ ދަރިފުޅު ދައްކާލިއެވެ. ނައިނާއަކީ މަލާގެ ކުޑައިރުގެ އެކުވެރިއަކަށްވެފައި ބަލިވެއިނީއްސުރެ ފަރުވާ ހޯދަމުން އައީ ނައިނާގެ ފަރާތުންކަމުން އެދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ.
“ނައި… ކޮންކަހަލަ ބޭބީއެއް މަލްއަށް ލިބޭނީ؟” ސްކޭންކޮށް ނިމި އަތަށް ރިޕޯރޓް ލިބުނުއިރުވެސް ބޭބީގެ ޖިންސު ނޭނގުމުން މަލާ ސުވަލުކޮށްލިއެވެ.
“ ބޭބީ އޮތްގޮތުން ނޭނގުނު ބޭބީގެ ޖެންޑަރއެއް .. ނެކްސްޓައިމް ދޯ إن شاء الله ….” ނައިނާ މަލާގެ ގައިގައި ކުޑަކޮށް ބައްދާލާފައި ބުނެލުމުން މަލާވެސް ޝުކުރުއަދާކުރަމުން ބައްދާލިއެވެ. ސްކޭން ރޫމްއިން މަލާ ނުކުންއިރަށް ލޫތު ކެތްމަދުވެފައި މަލާގެ އަތުގައި ހިފާލިއެވެ. މަލާ ހީލާފައި ކަންތައް ވީގޮތް ކިޔަދިނެވެ.
“ ބޭބީ ބޭނުން ވީ ސަރޕްރައިޒެއް ދޭންތަ؟….” ލޫތު ގެއަށް ވަދެވުމާއެކު މަލާގެ ބަޑުގައި ފިރުމާލަމުން ޅަ އަޑަކުން އަހާލުމުން މަލާވެސް ހޭން ފެށިއެވެ.

ރޭގަނޑުގެ ކެެއްކުމުގައި ދެޚާދިމުން އުޅުނުއިރު މަލާ ބަދިގޭގެ ގޮނޑިއެއްގައި އިށީންދެލައިގެން އެމީހުނާ ވާހަކަ ދައްކަން އިނެވެ. ދޭތެރެއަކުން އެހީއެއްވެސް ވެދެއެވެ. ޢެއްވެސް ބޮޑާކަމެއް ނެތެވެ. އަބަދުވެސް މަސައްކަތުގައި އުޅޭ މީހުނާއި ގާތް އެކުވެރިކަމެއް ބާއްވައެވެ. އެމީހުންގެ ފެންވަރު ހަނދާންކޮށްދޭކަށް އެއްވެސް ވަރަކަށް ނޫޅެއެވެ. މަލާގެ އެކުވެރި ހިތްހެޔޮ މިޒާޖުގެ ސަބަބުން އެންމެންގެ ހިތްތަކުގައި މަލާއަށް ލޯބިވެއެވެ.

މަސައްކަތް ނިންމާލުމަށްފަހު އެމީހުންގެ ގެއަށް ދިޔުމުން މަލާ ކޮޓަރިއަށް ވަނެވެ. އޭރު ލޯގަނޑު ކުރިމަތީގައި ލޫތު ހުރީ އަތުކުރީގައި ގަޑި އަޅާށެވެ.

“ޒަވްޖީ ތަނަކަށް ދާންތަ؟ ކާން ރެޑީކޮށްފަ މިއައި..” ލޫތު ބޭރަށް ދާ އެެއްޗެހިލައިގެން ރީތިވާން ހުރިއިރު މުޅި ކޮޓައި ތެރޭގައި ‘ފްރެޝް މަސްކް’ގެ މީރުވަސް ހަރުލާފައި ހުއްޓެވެ.
“ޔެސް ލަވް….. ކުއްލިއަކަށް ކަމެއް ދިމާވެގެން… ވަރަށް ފަހުން ޓްރެއިނިންގ ދޭންފެށި ކުއްޖެއް.. ހީޒް އޮންލީ ނައިންޓީން.. އެކަމް ވަރަށް އިންޓެލިޖެންޓްވެފަ އިންޓްރެސްޓް ހުރީމަ ބިޒްނެޒްއެއް ސްޓާރޓް ކުރަން ހެލްޕްވިން.. ފަހުންތަންކޮޅެއް ގިނައިން ދިމާވެފަ އެނގުނީ ވަރަށް އެކަނިވެރި ކުއްޖެއްކަން.. އޭނަ އެކްސިޑެންޓެއް ވެގެން ގުޅާނެ އިތުރުމީހަކު ނެތިގެން އެގުޅީ… ވިލް ބީ ބެކް ސޫން އިނގޭ މައި ލަވް… އައިއްސަ ކާނީ…” ލޫތު އަވަސް އަރުވާލާފައި މަލާގެ ނިތުގައި ބޮސްދިނުމަށްފަހު ނުކުމެގެން ދިޔައެވެ.

ކަންތައް ވީގޮތުން ލޫތުއަށް އަވަހަށް ދެވޭގޮތެެއް ނުވިއެވެ. އެކްސިޑެންޓްވެފައި އޮތް އަހުސަމްގެ ހާލު ތަންކޮޅެއް ސީރިއަސްއެވެ. އެކަނި ހިނގެނީ ތަންކޮޅެއް އުނދަގުލުންނެވެ. ހަލާކުވެ މަށައިގެން ގޮސްފައި ހުރި ތަންތަން ބެންޑޭޖްކޮށްފައި ހޮސްޕިޓަލްއިން ދޫކޮށްލިއިރު ބާރަޖަހައިފިއެވެ. އަހުސަމްގެ އެޕާރޓްމެންޓަށް ލައިދިނުމަށްފަހު ގެއާ ދިމާލަށް މިސްރާބު ޖެހިއިރު ނިކަމެތި ކުއްޖަކަށް އެހީ ވެވުނީތީ ލޫތު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ގޭތެރެއަށް ވަދެ އަވަސް ހިނގުމެއްގައި ލޫތު ކޮޓަރިއަށްވަނީ މަލާ އިންތިޒާރުގައި ނުނިދާ ހުންނާނެކަމުގެ ޔަގީންކަމާއެކުއެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމާއެކު ލޫތު ދިޔައީ ސިހިގެނެވެ. މުޅި ކޮޓަރިއަށް އޮތީ ތޫފާނެއް އައިސްފައެވެ. ސޯފާގެ ކުޝަންތައް ކާރޕެޓްމައްޗަށް އުކާލެވިފައިވިއިރު ހުދުކުލައިގެ ކާރޕެޓްގައި ކޮންމެވެސްވަރަކަށް ލޭ ހުރުމުން ލޫތުގެ ސިކުނޑިއަށް ނުރައްކާތެރިކަމުގެ އިންޒާރެއް ލިބުނެވެ. މުޅި ކޮޓަރީގައިވެސް މަލާގެ އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. ފާޚާނާ އާއި ބެލްކަނި ބެލުމަށްފަހު މަލާއަށް ގޮވަމުން މުޅި ގޭތެރެ ހޯދަން ފެށިއިރު ލޫތު ހީވީ މޮޔައަކުހެނެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

އަބަދުވެސް މިހިތުގާ ވެޔޭ (11)

Next

ވަކިވެ ދިޔަޔަސް (4)

Next
May 8, 2020

ވަކިވެ ދިޔަޔަސް (4)

Previews
May 8, 2020

އަބަދުވެސް މިހިތުގާ ވެޔޭ (11)

2 Comments!

  1. Shiu says:
    May 8, 2020 at 11:41 am

    Part 4 is here الحمد لله
    Ummeedhu kuran kamudhaane kamah ?
    Mee liyamun dhaa story eh veema readers can give some good ideas ingey kuriah gendhaane gothakaamedhu ?

  2. LAZY_QUEENY says:
    May 8, 2020 at 2:15 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part.. N next part avahah up kohdhehchey ngey… Anyway Story is awesome.. ?????

Comments are closed.


All Right Reserved!