Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 8

Shiu 💞🌸 Level 110 Stories
May 26, 2020 4 Mins Read
3 Comments

އޭގެ އަނެއް ދުވަހު އިރު އެރުމާއެކު ލޫތު ރެޑީ ވެލައިގެން މަލާ ފެނުނު މޯލްއަށް ދިޔައެވެ. ނަމާދުކޮށްލަން ފިޔަވައި އެތަނުން ދުރުނުވާށެވެ. ކޮންމެވެސް ގަޑިއަކު މަލާ އަންނާނެ ނޫން ހެއްޔެވެ؟
އިންތިޒާރުގެ ވަގުތުތަށް ގުނަމުން ގޮސް ހަވީރުވެގެން ދިޔައިރުވެސް މަލާގެ ޚަބަރެއް ނުވުމުން އެތަނުގެ މުވައްޒަފެއް ކައިރި އަހައިގެން މަލާ އަންނަ ގަޑި އޮޅުން ފިލުވޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އެމީހުން ބުނި ގޮތުގައި މަލާ ދޭތެރެއަކުން ވަދެލަނީއެވެ. ވަކި ދުވަހެއް ކަނޑައަޅައިގެން އަންނަނީއެއް ނޫނެވެ. ލޫތު އިތުރަށްވެސް ސުވާލުކުރުމުން ބުނީ އާންމުކޮށް ވަދެލަނީ ހަވީރުގެ ވަގުތުގައި ކަމެވެ.
މަލާގެ އިންތިޒާރުގައި މުޅި ދުވަސް ހޭދަކޮށްލުމަށްފަހު އެޕާރޓްމެންޓަށް ވަން ލޫތުގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. މަލާ ފެނުމުން ކުރެވުނު އުއްމީދުގައި ހިތުގައި ރޯވި ހުޅުކޮޅު މަޑުމަޑުން ނިވެމުން ދިޔަކަހަލައެވެ. މަލާ ލޫތުއަށް ފެންނަން ބޭނުން ނުވަނީ އޭވެސް ލޫތުގެ ހިތަށް އެރިއެވެ.
ދުބާއީގައި ދެމަހެއްހާ ދުވަސް ހޭދަވެގެން ދިޔައިރު ލޫތުއަށް މަލާ ފެނިފައިވަނީ އެންމެ ފަހަރަކުއެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ދުޖާނާގެ ގެ “ރޯޔަލް” އަށް ދިޔުމަށް ލޫތުއަށް ދޭތެރެއަކުން ދައުވަތު އަރުވައެވެ. ލޫތު ވީ ދުޖާނާ މާ ހިތްހަމަ ޖެހޭފަދަ ޒުވާނަކަށެވެ. ދުޖާނާގެ ހިތްހެޔޮކަމާއި އެކު ލޫތުވެސް ދުޖާނާގެ ދައުވަތުތައް ޤަބޫލުކޮށް “ރޯޔަލް”އަށް ގޮސްލާ ހަދައެެވެ. ލުޢައްޔު އާއި އައްޔާޝް ދެކެ ދުޖާނާ ވާ ލޯބި ލޫތުއަށް ވަނީ މި ދުވަސްތަކުގައި ފެނިފައެވެ. އެ އާއިލާގެ އުފާވެރިކަން އިންތިހާއެވެ.
ލޫތު ބޭނުންވަނީ އެކަހަލަ އާއިލާއެކެވެ. އެހެން ކައިވެންޏެއް ކުރުމަށް ޔައުޤޫބް ދިން ނަސޭހަތްތައް ހަނދާންވިއެވެ. އުމުރުގެ ޒުވާން ދުވަސްތައް ނަގާނުލުމަށެވެ. މި ހުރިހާ ދުވަހު މަލާއަށް އިންތިޒާރުކޮށްފައި މަލާ ދުނިޔޭގައި ހުރިކަން ޔަޤީންވުމުން އެހެން އަންހެން ކުއްޖަކާމެދު ވިސްނަން ލޫތު ބޭނުންވެސް ނުވަނީއެވެ. ލޫތުގެ ހަނދާނަށް އައީ މަލާ އާއި ބައްދަލުވި ކުޑަ ވަގުތުކޮޅެވެ. މަލާގެ މޫނު މައްޗަށް އެރި ކުލަވަރެވެ. ދެން ވިސްނަންފެށީ އެކީގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. މަލާގެ ލަދުރަކި ހިނިތުންވުންތަކެވެ. ލޮބުވެތި އަދާތަކެވެ. ލޫތުގެ ޙިދުމަތުގައި އަބަދާ އަބަދު ހުންނަ ގޮތެވެ. ދެމީހުންގެ ސަކަރާތްތަކެވެ. ކުޑައިރު ލޫތު ބަލިވުމުން މަލާ ދެރަވެ ރޯން ފަށައެވެ. އެކަމުންވެސް މަލާގެ ހިތުގައި ލޫތުއަށްވާ ލޯބި ހާމަވެއެވެ. އުމުރުގެ ހުރިހާ ދުވަހެއް ހޭދަވީ މަލާއި އެކުގައެވެ. އެންމެ ކުޑައިރުގެ ހަނދާންތަކުން ފެށިގެން ކައިވެނީގެ ފަހުގެ ހަނދާންތައްވެސް ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.

ލޫތުގެ ހަޔާތަށް އައި މި ތޫފާނުގެ އަސްލަކީ ކޮބާކަމެއް އަދިވެސް ހޯދިފައެއް ނެތެވެ. މަލާގެ ވަކިވުމަށްފަހުގައި ޗެނަލްގެ މަސައްކަތް އެއްކޮށް ހުއްޓި ލޫތު ވިޔަފާރިއަށް ވެސް ފަރުވާކުޑަ ކުރެވުނެވެ. ނަމަވެސް މާލިކްގެ ބުރަ މަސައްކަތް ފެނަށް ދުއްވާލަން ލޫތު ބޭނުން ނުވާތީ ދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިއަށް ސަމާލުކަންދިނެވެ. އެއަށްފަހު ލޫތު މަސައްކަތްކުރީ ވިޔަފާރީގެ މަސައްކަތުގައި އަވަދިނެތި އުޅޭށެވެ.

އައްޔާޝް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ދުޖާނާ ލޫތު އާއި ބެހޭގޮތުން ސުވާލުކުރަމުން ދިޔައެވެ. އައްޔާޝްއަށް ލޫތު އާއި ބެހޭގޮތުން މާ ބޮޑު އެއްޗެެއް ނޭނގުނެވެ. ލޫތުގެ މަންމަ އާއި ބައްޕަ އެކްސިޑެންޓެއްގައި މަރުވިކަން އެނގެއެވެ. ކައިވެނީގެ މައުޟޫއަށް ވާހަކަ ދައްކާފައި ނުވާތީ އައްޔާޝް ނިންމީ ލޫތު އަދި ކައިވެންޏެއް ނުކުރާކަމަށެވެ.
ލޫތުގެ ހަޔާތާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ އޭނަ އެހާ ގަޔާވާ ވާހަކަތަކަކަށް ނުވާހެން ހީވާތީ އައްޔާޝްއަށް ވެސް އޮޅުންފިލުވަން ނުކެރެނީއެވެ. އައްޔާޝްއަށް އެނގުނު މިންވަރަކަށް ކިޔައިދެމުން ދިޔައިރު ދުޖާނާ ލޫތުއަށް ޝައުޤުވެރިވިއެވެ. ސިއްރުވެރި ޒުވާނަކަށްވެފައި ލޫތުގެ ލޮލުން އިންތިހާއަށް ހިތާމަވެރިކަން ދުޖާނާއަށް ވަނީ ފެނިފައެވެ. އެކަނިވެރި ހަޔާތެއް ޒުވާނަކު ހޭދަކުރަން ބޭނުންވާނީ ކިހިނެއްހެއްޔެވެ. ލޫތުއަށްވެސް އާއިލާއެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. ލޫތު ފެނުމާއެކު ދުޖާނާ ބޭނުންވީ ލޫތު އޭނާގެ ދަރިއަކަށް ހަދާށެވެ. ހިޔާލަށް ގެނެވުނީ އޭނާގެ އަންހެން ދަރިފުޅު ޖަންނަތު އާއި ލޫތެވެ. އެންމެ ގުޅޭ ޖޯޑަށް ވާނޭކަން ޔަޤީނެވެ.

ޖަންނަތުއަކީ ރީތިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އަންހެންވަންތަ އެތައް ސިފަތަކެއް ލިބިފައިވާ ރީތި ހުސްކުރި އަންހެންކުއްޖެކެވެ. މީހުންގެ އެސްފީނާގެ ބިރަށް ޖަންނަތު މޫނު ބުރުގާ އަޅުވަންވެސް ދުޖާނާ ބޭނުންވެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު އައްޔާޝް ބޭރަށް ދިޔުމުން ތަށިތައް ނެގުމުގައި ނޯކަރުންނަށް އެހީވަމުން ދިޔަ ޖަންނަތުއަށް ދުޖާނާ އެންގީ މުހިއްމު ވާހަކަ އެއް ދައްކާލަން ބޭނުން ކަމަށެވެ. ޖަންނަތު ކިޔަމަންތެރިކަމާއެކު އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
ކާގެ ތެރެއިން ބޮޑު ކޮޓަރިއަށް ނުކުމެ ސޯފާގައި ދެމައިން އިށީންދެލިއެވެ.
ދުޖާނާ ވަރަށް ލޯބިން ޖަންނަތުއަށް ބަލާލާފައި ހިނިތުންވެލައިގެން ހުރެ ވާހަކަ ފެށިއެވެ.
“ މަންމަ ވަރަށް އިންތިޒާރުކޮށްފިން ދަރިފުޅު އަމިއްލައަށް ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނަންދެން.. ވަރަށް ވަގުތުވެސް ދެވިއްޖެ.. އުމުރުން ތިރީސް އަހަރުވެގެން ދާއިރު ކަމުދާ ކުއްޖަކު ނުފެނިގެންނޭ ކިޔާފަ ކައިވެނި ނުކޮށް ހުރުމަކީ ރަނގަޅުކަމެއް ނޫން… ދަރިފުޅުގެ ކައިވެންޏަށް އައި އެތައް ޕްރޮޕޯސަލްއެއް ރިޖެކްޓް ކޮށްލެވިއްޖެ.. އޭގެތެރޭގައި މަންމަގެ ވަރަށް ގާތް މީހުންގެ ދަރިންވެސް ހިމެނޭ.. ބުނެބަލަ .. އަދިވެސް ތައްޔާރެއް ނޫންތަ؟ މަންމަ ހޯދަދެންތަ ނިކަން ރަނގަޅު ބައިވެރިއެއް؟” ދުޖާނާ ވާހަކަ ދެއްކީ އަރަބި ބަހުންނެވެ. އާއިލާ ތެރޭގައި އަރަބި ބަހުން ވާހަކަ ދެއްކިނަމަވެސް މެހެމާނަކު ހުންނަ ގަޑީގައި އެންމެންވެސް ވާހަކަ ދައްކައި އުޅެނީ އިނގިރޭސި ބަހުންނެވެ.
ދުޖާނާ ވާހަކަ ދައްކަމުން ދިޔައިރު ޖަންނަތުގެ މޫނަށް ބަލަމުން ދިޔައީ ޖަންނަތުގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ދިރާސާކުރަން އުޅޭފަދައިންނެވެ.
ޖަންނަތު އިސްޖަހާލައިގެން ހެދުމުގެ ފަސްބަޔާއި ކުޅެލަ ކުޅެލައި އިން އިރު އޭނަގެ ބޮޑު ދެލޮލުން ނުތަނަވަސްކަން ފެނިލިއެވެ.
“ މަންމެ އެއްްވެސް ވަރަކަށް ފޯސް ކުރާކަަށް ބޭނުމެއް ނުވޭ” ޖަންނަތުގެ މޫނަށް ވެރިވި ނުތަނަވަސްކަމުން ދުޖާނާގެ ހިނިތުންވުން ފަނޑުވިއެވެ.

“އައިމް ރެޑީ… މަންމަ އަޅުގަނޑަށް ބައިވެރިއަކު ހޯދައިދީ… މިފަހަރު ރިޖެކްޓެއް ނުކުރާނަން…” ޖަންނަތު އޭނަގެ މަންމަގެ އެދުމަށް އެއްބަސްވެލިއެވެ. ދުޖާނާގެ މޫނުމަތި އުޖާލާވެ ހިނިތުންވުން ފުޅާވެލިއެވެ. ޖަންނަތުގެ އަތުގައި ހިފާލާ ކައިރިއަށް ގެނެސް ނިކަން ލޯބިން ބައްދާލިއެވެ. ހުރިހާ ކުދިންގެ ތެރެއިން ޖަންނަތު ދެކެ ލޯބިވެވެނީ ހުރި އެންމެ އަންހެން ކުއްޖާއަށް ވީމަ ކަންނޭގެއެވެ. ޖަންނަތު ބަލިވިޔަސް ދުޖާނާގެ ހިތް ތެޅިގަންނަނީ ނުބައި ގޮތަކަށެވެ. އަބަދުވެސް ޖަންނަތުގެ ކަންތައްތައް ވަރަށް ގާތުން ބެލެއެވެ. މާޒީ ހަނދާންވާ ކޮންމެ ފަހަރަކު ޖަންނަތުއަށް ސިއްރުކޮށްފައިވާ ކަންތައް އެނގިދާނެތީ ހިތް ބިރުގަނެފައި ހުރެވެއެވެ. މާޒީގައި ވެދިޔަ ކަންތައް އެނގުމަށްފަހު ޖަންނަތު ދުޖާނާއަށް ނަފްރަތުކުރާނޭކަން އޭނާއަށް ޔަޤީނެެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އެތައް ފަހަރަކު ހަޤީޤަތް ހާމަކުރަން ދުޖާނާގެ ދޫ ހަރަކާތްކުރިއެވެ. ނަމަވެސް ފަސްޖެހެވެނީ ކީއްވެކަމެއް ޚުދު އޭނާ އަކަށްވެސް ނޭނގެއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު ހަވީރުގެ ގިނަ ވަގުތުތައް ލޫތު ހޭދަކުރަމުން ދިޔައީ މަލާ ފެނުނު މޯލް ކައިރީގައި ބުރުޖެހުމުގައެވެ. އެއީވެސް އޭގެތެރެއިން ދުވަހެކެވެ. ލޫތު ހުރީ އަބާޔާ ފިހާރަ ތެރޭގައެވެ. އިންތިޒާރުގެ ވަގުތުތަކަށްފަހު ފިހާރައިން ނުކުތުމަށް އަޅާލި ފިޔަވަޅާއެކު ފިހާރަތެރެއަށް ފަރިހިނގުމެއްގައި ވަދެގެން އައި މަލާ ފެނި ލޫތުގެ ހިތް އުފަލުން ނަށައިގަތްކަހަލައެވެެ.

މަލާ އެފިހާރަތެރެއަށް ވަދެ މުވައްޒަފުންނާއި ވާހަކަ ދެއްކީ އަރަބި ބަހުންނެވެ. ވާހަކައިގެ ތެރެއިން ރީތި ހިނިތުންވުމެއް އެމީހުނަށް ހަދިޔާ ކޮށްލައެވެ. ލޫތުއަށް އަރަބި ބަސް އެނގޭތީވެ މަލާ އެމީހުނާއި ސުވާލުކުރަނީ އެތަނުގެ ސޭލްސް އާއި ބެހޭގޮތުންކަން އެނގުނެވެ. ދުވަސްތަކަކަށްފަހު މަލާގެ ހިތްގައިމު އަޑު އިވެން ފެށުމާއެކު ލޫތުއަށް އަޑުއަހަން ހުރެވުނެވެ.

ލޫތު އެތަނުގައި އަޅުވާފައި ހުރި އަބާޔާއެއްގެ ފަހަތު ނިވާވެލައި ސިއްރުން މަލާއަށް ބަލާލިއެވެ. މިއަދުވެސް ހުރީ ކަޅު އަބަޔާއެއްގައެވެ. ސްޓައިލިޝް ގޮތަކަށް އަޅާފައި ހުރި މަޑު ފިޔާތޮށިކުލައިގެ ޝޯލް މަލާ އާއި ނުހަނު ގުޅެއެވެ. މުވައްޒަފުންނާއި ވާހަކަ ދައްކަން އިރުކޮޅަކު ހުރުމަށްފަހު މަލަ ފިހާރަތެރޭގައި ހިނގަން ފެށިއެވެ. ކުޑަކޮށް ތަރުތީބު ގެއްލިފައި ހުރި ނިޤާބްތަކެއް ތަރުތީބުކޮށްލިއެވެ. އެންމެފަހުން ލޫތު އާއި ދިމާލަށް މަލާ އަންނަން ފެށުމުން ލޫތު މަލާއަށް ފެނިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މަލާ ކުރިމަތީގައި ހުއްޓުނެވެ.
މަލާ ލޫތުއަށް ބަލާލީ ސިހިފައެވެ. އެންމެ މިނިޓެއްވެސް ބޭކާރުކޮށްލަން ބޭނުންނުވެފައި ހުރި ލޫތުގެ ދުލުގައި ތަޅެއް ލެވުނުކަހަލައެވެ. އެހާ ދުވަސްކޮށްލާފައި އެހާ ގާތުން މަލާ ފެނުމުން ބަލަން ހުރެވުނީއެވެ. މަލާގެ މޫނުމަތިން ފެންނަނީ އިންތިހާއަށް ޚައިރާންކަމެވެ.

“ކޯއްޗެއް ތި ހޯދާލަނީ؟” ކުރެވެމުން ދިޔަ އިހްސާސްތައް ފޮރުވަމުން މަލާ އާދައިގެ ގޮތަކަށް އަހާލުމާއެކު ކައުންޓަރާއި ދިމާލުން ބާރު އަޑެއް އިވިފައި ހަޅޭކުގެ އަޑު އިވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

އިމްތިޙާން 9

Next

ހިތް ކަލާޔަށް އެދޭތީ..11

Next
May 26, 2020

ހިތް ކަލާޔަށް އެދޭތީ..11

Previews
May 26, 2020

އިމްތިޙާން 9

3 Comments!

  1. Shiu says:
    May 26, 2020 at 7:12 pm

    Mifaharu varah las vejje dho? Sorry readers ? : (
    Will update the next part soon إن شاء الله ?

  2. ?Aashko?? says:
    May 27, 2020 at 2:09 pm

    V reethi mi part ves keep it up.
    Ly sis

    1. Shiu 💞🌸 says:
      May 27, 2020 at 2:12 pm

      Love you more ?

Comments are closed.

Next Episodeއިންތިޒާރު 9←


All Right Reserved!