ރިޒްވާން އެހެން ބަލައިގެން އިނުމުން އަހަރެންނަށް އުނދަގޫވަން ފެށިއެވެ. އަހަރެން ސާރާ ކައިރިީގައި ދާން ހިންގާށޭ ބުނުމުން ސާރާ ބުނެލިއެވެ. ” މައިރާ……. އަމް…. ޗެންޖް އޮފް ޕްލޭންސް… މީ ދޮންބެ ވެސް އަހަރުމެން ދެމީހުންނާއި އެކު ދާނޭ ” ސާރާ އެހެން ބުނުމުން އަހަރެން އޮހް އޭ ބުނެލީމެވެ. މި ރިޒްވާން ގަނޑަކާ ހެދި ކިހާ ބޮޑު އުނދަގުލެއް ހެއްޔެވެ. ބަލަ އަހަރެން މީ ދޮން ބިޓެއް ތަ އެހާ ވަރަށް އަހަރެންނާ ދިމާއަށް ބަލަން  ވަރަށް ފޫހިވޭ އެއީ އަހަރެން ފިރިހެނުންނާ އެހާ ދުރުން އުޅޭ ކަމަކީ ވެސް…… އަހަރެން ބޭނުން ވަނީ އަދި ކިޔަވަން ހާހް ދެން ކީއްކުރާނީ ފިރިހެނުންގެ އާދަ ކާދަ އާއި ސަޤާފަތް ތަނަކުން އަންހެނެއް ފެންނަ އިރަށް ދެލޯ ކާއްޓަށް ހަދައިގެން ބަލަން ތިބެން އަހަރެން ހިޔާލީ ދުނިޔޭގައި އިނދެ މި ދުނިޔެ މަތީގައި ލެއްވި ހުރިހާ ފިރިހެނުންނަށް ކުދިކިޔަމުން ދިޔައީމެވެ. ކުއްލިއަކަށް ސާރާ ދާންހިނގާށޭ ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން މި އަންނަނީ އޭ ބުނެފައި ދިޔުމުން ސާރާ އާއި ރިޒްވާން ބޭރަށް ނިކުންނަން ދިޔައެވެ. އަހަރެން ކާގެއްށް ވަނުމަށް ފަހު ފްރިޖް ތެރެއިން ފެންފުޅި އެއް ނެގުމަށްފަހު އެއް ތަށި ފެންބުއީމެވެ. އަދި އަވަހަށް ބާރަށް ނިކުންނަން ހިންގައި ގަތީމެވެ. އަހަރެން ބޭރަށް ނިކުންނި އިރުގައި ސާރާ އާއި ރިޒްވާން ހުރީ ފިރިހެނެއް ކައިރީގައެވެ. ކުއްލިއަކަށް ރިޒްވާން އެ ފިރިހެން ކުއްޖާ ގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. ސާރާ ވެސް ރިޒްވާން އާއި ބައިވެރިވަމުން އެ ކުއްޖާގެ އަތުގައި އޮތް ގިޓާ އަތުލިއެވެ. ސާރާ އެ ގިޓާގެ ނަރުތަކާ ކުޅެމުން ދިޔަ ގޮތުން ހީވަނީ އެ ނަރުތަށް ކަނޑާލަން އުޅެންހެންނެވެ. އެހެންވެ އަހަރެން ވަރަށް ބާރަށް ހިނގާ ފައި  ގޮސް ސާރާ އަތުން ގިޓާ އަތުލީމެވެ އަދި ރިޒްވާން ގެ އަތުގައި ހިފާ އެ ކުއްޖާގެ ގިރުވާނުން ނެއްޓުވީމެވެ. އަހަރެން ރިޒްވާން ގެ އަތް ފޮޅާލުމުން ވެސް ރިޒްވާން އުޅުނީ އަނެއްކައި ވެސް އެކުއްޖާގެ ގިރުވާނުގައި ހިފަންށެވެ. ނަމަވެސް ރިޒްވާން އަށް އެކަން ކާމިޔާބު ނުވީ އަހަރެން އެ ފިރިހެން ކުއްޖާ ގެ ކުރިމައްޗަށް އެރުމުން ނެވެ. ރިޒްވާން އަހަރެންނަށް ބަލަން އިނުމަށް ފަހު އަނެއްފަރާތަށް ހިންގައިގަތެވެ. ސާރާ އަހަރެންގެ އަތުގައި ހިފާފައި ދަމައިގަތުމުން އަހަރެން އަވަހަށް އެ ކުއްޖާއަށް ގިޓާ ދިނީމެވެ. އަދި ސާރާ ހިފައިގެން ދިޔައީމެވެ. އަހަރުމެން އެ މަގު ހުރިގޮތަށް ހިންގާފައި ގޮސް ހުއްޓުނީ ޖޫގޯ ވިއްކާ ސްޓޯލް އެއް ކުރިމަތީގައެވެ. އަހަރެން އެ ސްޓޯލް ގަ އިން މީހާ ކައިރީ ބްލޫބެރީ ފްލޭވާރްޑް ޖޫގޯއެއް ހަދައިދިނުމަށް އެދުނީމެވެ. އެއިރު ސާރާ އާއި ރިޒްވާން ތިބީ އަހަރެންގެ ފަހަތުގައެވެ. އެމީހާ އަހަރެން ނަށް ޖޫގޯ ދިނުމުން އަހަރެން ހޭންޑް ބޭގް އިން ރުފިޔާ ނެގުމަށްފަހު ފައިސާ ދައްކަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން ރިޒްވާން އެމީހާއަތަށް ރުފިޔާ ދިނެވެ. ރިޒްވާން އެހެން ހެދުމުން އަހަރެން ދެބުމަ ގޮށް ޖަހާލަމުން ރިޒްވާން އަށް  ބަލައިލީމެވެ. އަހަރެން ގޮސް ރިޒްވާން ކުރިމަތީގައި ހުއްޓުމުން ރިޒްވާން ބުނެލިއެވެ. ” އިޓްސް މައި ޓްރީޓް” ރިޒްވާން އެހެން ބުނުމުން އަހަރެން ބުނެލީމެވެ. ” ލިސެން… ވީ އާރް ނޮޓް ފްރެންޑްސް ސޯ ކީޕް ޔޯރް ޓްރީޓް ވިތް ޔޫ….. އައި ނޯ އަމް ބައިން ރޫޑް….ސޯޕްލީސް ޑޯންޓް އެކްޓް ލައިކް ތީ އަހަރެންގެ ރައްޓެއްސެއް ކަމަށް” އަހަރެން އެހެން ބުނުމުން ރިޒްވާން ބުނެލިއެވެ. ” ވާވް…. ފަސްޓް ޓައިމް… ފޯދަ ފަސްޓް ޓައިމް އަ ގާލް ހޭސް ރިޖެކްޓެޑް މީ” ރިޒްވާން އެހެން ބުނުމުން އަހަރެން އައި ރޯލް ކޮށްލުމަށް ފަހު އެމީހާކައިރި ޗޮކްލެޓް ފްލޭވާޑް ޖޫގޯ އެއް ހަދައިދިނުމަށް ބުނީމެވެ. އަދި ކައުންޓަރު މަތީގައި ހުރި ބްލޫބެރީ ޖޫގޯ ނެގުމަށްފަހު ސާރާ އަތަށް ދިނީމެވެ. މި ރިޒްވާން ހިތަށް އަރަނީ ކީކޭހޭ…. އަހަރެން މީ ބިކާރިއެއްތަ އޭނަ އަހަރެންނަށް ޓްރީޓް ނުދީ ގެން އުޅޭ ކަށް… އަދި ފްލާރްޓް އެބަ ކުރޭ އެއްނު…. ފޯދަ ފަސްޓް ޓައިމް އަ ގާލް ހޭސް ރިޖެކްޓެޑް މީ އޭ…. އޭނައެއީ މާކު ރީތި މީހެއް ވާ ހުހް އަހަރެން ހިތާއި ހިތުން ކިޔާލީމެވެ. އަހަރެން ޖޫގޯ އަށް ފައިސާ ދެއްކުމަށް ފަހު ދިޔައީ ގެއާއި ދިމާލަށްށެވެ. އަހަރެން ހުރީ މިއަދު ސާރާ އެ ކުއްޖާއަށް ހަނގާ ކުރުމުން ވަރަށް ހިތްހަމަ ނުޖެހި ފައެވެ. އެހެންވެ އަހަރެން އަވަހަށް ގެއަށް އައީމެވެ. ގޭ އާއި ހަމައަށް އާދެވުމުން އަހަރެން އެއްކަލަ މިންޓް ގްރީން ކުލައެއް ލާފައި ދެބުރިއަށް ނަގާފައިހުރި ގެ ފެނުނެވެ. ބަލައިލަން ހިތްގައިމެވެ. ނަމަވެސް އިރު އޮއްސުމުން ދާތީ އެގެ ފެންނަނީ ކުޑަކޮށް ނާމާން ކޮށްށެވެ. ކުޑަކޮށް ށެއް ނޫނެ ވަރަށް ނާމާނެވެ. އަހަރެން އެހެންވެ އަވަހަށް ދުވެފައި ގެއަށްވެންނީމެވެ. 

 

(ނުނިމޭ) 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!