ހީވޭ ގާތުގާއި ވާހެން ކަލާ 8
އަހަރެން އެ ކުއްޖާ އާއި ދިމާއަށް ބަލަން ހުރީމެވެ. އެ ކުއްޖާ ވެސް ހުރީ އަހަރެން ނާއި ދިމާއަށް ބަލައިގެންނެވެ. ކުއްލިއަކަށް އީމާން ވާހަކަ ދަކަން ފެށުމުން އަހަރެން އަވަހަށް އެހެން ދިމާއަކަށް ބަލައިލީމެވެ.
(މައިރާގެ ނަޒަރުން)
އަހަރެން ޔާޝް އާއި ދިމާއަށް ބަލައިލީމެވެ. އެއިރު ޔާޝްގެ ނަޒަރުން ވެސް ވަނީ އަހަރެންގެ މޫނަށް ހުއްޓިފައެވެ. އަހަރެން އެހެންވެ އަވަހަށް އިސްދަށަށް ޖަހައިލީމެވެ. ބައެއް ފަހަރު އަހަރެން ގެ ހިތަށް އަރައެވެ. މި ފިރިހެނުންނަށް ލަދެއް ކިޔާ އެއްޗެއް ވެސް ހައްދަވާ ބާއެވެ. ނުވިސްނޭ ވަރުގެ ކުޑަކުދިނެއް ނޫން ވިއްޔާ ކޮންމެ މީހަކުވެސް ހަމަ އަހަރެން ފެންނައިރަށް އަހަރެންގެ މޫނު އެބަ ބަލައެވެ. ބަލަ އަހަރެންގެ މޫނު މީ ދުނިޔޭގެ ހަތް އަޖައިބު ތެރެއިން އެއް އަޖައިބު ހެއްޔެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. ހަމަ ބަލާބަލާ ހުއްޓައި ގޮސް ކަންކަށި މަތީގައި ޖަހާފައި މޫނުގާ ނިޔާގަނޑެއް އަޅާލަފާނަމެވެ. އަހަރެން ޔާޝް އާއި ދިމާއަށް ބަލައި ގެން ހުރެ ކުދި ކިޔަމުން ދަނިކޮށް އީމާން އަހަރެން ކައިރީ ބުނެލިއެވެ. ” މައިރާ… މިއަދު ހަވީރު ބިޒީތަ” ” ނޫން ކިހިނެއްވީ ” އަހަރެން ބުނެލީމެވެ.” ކަމެއް ނުވޭ ހިންގާލަން ދާންވެގެން ” “އާނ މައިރާ ވާނެ މިއަދު ހަވީރު ގަ މި ގެއަށް އަންނަން…” ޔަނާ ވެސް އީމާން އާއި ބައިވެރި ވެލަމުން ބުނެލިއެވެ. އެހެންވެ އަހަރެން ވެސް އެއްބަސްވެލަމުން ދަނީ ކަމަށް ބުނެ އެ ގެއިން ނިކުތީމައެވެ.
އަހަރެން ގޮސް ގެއަށް ވަތް އިރު މަންމަ ހުރީ ހަށަން ބަނދެގެންނެވެ. މިއޮތީ ކަންތަކާ ޖެހިފައެވެ. ދެން އަހަރެން ސަލާމަތެ ނުވާނެއެވެ. ” މަ….. މަންމާ” އަހަރެން ޖެހިލުން ވެފައި ހުރެ މަންމަ އަށް ގޮވައިލީމެވެ. ” މައިރާ ގެއަށް އަންނަ ވަރު ވެއްޖެ… އެހާ އަވަހަށް ތި އައީ ކީއްކުރަން އަދި އިރުކޮޅެއް ކޮއްލަފަ އައި ނަމަ” މަންމަ ރުޅިވެރި އަޑަކުން ބުނެލިއެވެ. އެއިރު މަންމަ ގެ މޫނު މަތީގައި ރުޅިވެރިކަން އިންތިހާއަށް ހުއްޓެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އައިސް އަހަރެން ނޮޅައިފާން ހެންނެވެ. އަހަރެން މަންމަގެ ފަހަތުން މީހަކު ހޭ އަޑު އިވުމުން ބަލައިލީމެވެ. މަންމަ ގެ ފަހަތުގައި ތިބީ އެއްކަލަ ދެ އިންބިލީހެވެ. މި ބުނީ ޒަލިއަން އާއި ޒެއިން ގެ ވާހަކައެވެ. އެ ދެ އިބިލީސް މަންމަ ގެ ފަހަތުގައި ތިބެ އަހަރެންނާއި ދިމާއަށް މަލާމާތް ކުރުމުގެ ގޮތުން ދޫ ދިއްކުރުމުން ދިޔައެވެ. މި ދެމީހުން އަހަރެންނާއި ދިމާއަށް ދޫ ދިއްކުރާނެ ކަމެއް ކަމެއް ނެތޭ ހުރެބަލަ ރަނގަޅު ލަނޑެއް ދޭނަން މި ދެމީހުންނަށް…. އަހަރެން ގެ ހިތަށް އެރިއެވެ. އެއިރުވެސް މަންމަ ދިޔައީ އަހަރެންނަށް ލެކްޗަރު ދެމުން ނެވެ.
ދިހަ މިނެޓް ފަސް
ޔަގީންނެވެ މިހާރު ދެ ގަޑީރު ވެދާނެ އެވެ. މި މަންމަ ވެސް ލެކްޗަރު ދޭން ފަށައިފިއްޔާ ދެން ނުވެސް ހުއްޓާނެއެވެ. ” މައިރާ ދޭ ހަމަ މިހާރު ތި ފެންވަރައިގެން ސައިބޯން އަންނަން….. ހުވާ އަދިވެސް ހީވަނީ ބޮޑު ބޭބީ ގަނޑެއް ހެން މިރޭ ވެސް މީހަކާ ދެވައިފިއްޔާ އަހަރެންނަށް މާމަ ކިޔާނޭ ދަރިޔަކު ލިބޭނެ ކަންނޭނގެ މާދަމާ” މަންމަ އަހަރެންނާއި ދިމާއަށް ކުދި ކިޔަމުން ބަދިގެއަށް ދިޔައެވެ. އަހަރެން ދެ ފަރާތަށް ބޯ ހޫރުވާ ލުމަށް ފަހު ސިޑިން މައްޗަށް އަރަން ދިޔައީމެވެ. މަންމަ ވެސް މިހާރު ހުންނަނީ އަބަދު ބޭޑް މައިންޑެޑް ވެފައެވެ. އަހަރެން ދެވަނަ ފަލޯ އަށް އެރިއިރު ރިޒްވާން ހުރީ ބެލްކަނިން ބޭރު ބަލަން ށެވެ. އަހަރެން ދެ ވަނަ ފަލޯ އަށް އެރި އިރަށް ރިޒްވާން އަހަރެންނާއި ދިމާއަށް އެނބުރި ލިއެވެ. ހީވަނީ އަހަރެން ނައިސްގެން ލަސްވެފައި ހުރި ހެންނެވެ. އަހަރެން އަޅައި ވެސް ނުލާ ކޮޓަރިއަށް ވަންނަން ދިޔައީމެވެ. ނަމަވެސް އެކަން ކާމިޔާބު ނޫވީ ރިޒްވާން އަހަރެން ގެ އަތުގެ މުލައްދަނޑީގައި ހިފީމަ އެވެ. އަހަރެން ރިޒްވާން ގެ އަތުން އަހަރެންގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރީމެވެ. އެކަން އަހަރެންނަކަށް ކާމިޔާބެ ނުވިއެވެ. ރިޒްވާން އަހަރެން ސޯފާ މައްޗަށް ވައްޓައި ލިއެވެ. އަހަރެން ސޯފާ މަތިން ތެދުވަން އުޅެނިކޮށް ރިޒްވާން އަހަރެންގެ އަތް ސޯފާގެ އަތްގަނޑު ގައި ޖެއްސުމަށް ފަހު އަހަރެން ގެ މޫނާއި ކައިރިވަން ފެށިއެވެ. ރިޒްވާން އަހަރެންނާއި ކައިރިވަން ފެށުމުން އަހަރެން ރިޒްވާން ގެ ބަންޑުގައި ކަކުލުން ޖެހީމެވެ. ރިޒްވާން އަށް ވީތަދެއްގެ ބޮޑު ކަމުން ބަނޑުގައި އަތް އެޅި އެ، އެ ދަނޑިވަޅި ބަލާފައި އަހަރެން އަވަހަށް ސޯފާ އިން ތެދުވުމަށް ފަހު ކޮޓަރިއަށް ވަންނަން ދުއްވައި ގަތީމެވެ. އަހަރެން ގޮސް ކޮޓަރި އަށް ވަނުމަށް ފަހު ދޮރުލައްޕަން އުޅުނީމެވެ. ނަމަވެސް އެކަން ނުވީ ރިޒްވާން އެއްއަތުން ދޮރުގައި ހިފަހައްޓައިގެން ހުރުމުންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ރިޒްވާން ގެ އަތަކާ އަތެކެވެ. އަހަރެންނަށް ވަށިޔަމެވެ. އެހެން ހިތަށް އަރުވައިލަމުން އަހަރެން ދޮރާއި ދޮރު ކަނީގެ ދޭތެރެއަށް ރިޒްވާން ގެ އަތް ފިއްތައިލީމެވެ. ރިޒްވާން އަވަހަށް އަތް ނެގުމުން އަހަރެން ކޮޓަރީ ދޮރު ލައްޕާފައި ތަޅުލީމެވެ. އަދި ތަންޑު ވެސް އެޅުވީމެވެ. ދޮރު ލެއްޕުމަށް ފަހު އަހަރެން ދޮރުގައި ބުރަކަށި ޖައްސައިލީމެވެ. ކުއްލިއަކަށް ރިޒްވާން ދޮރުގައި ޓަކި ޖަހަމުން ބުނެލިއެވެ. ” މައިރާ ކަމްއޯން އޯޕެން ދަ ޑޯރް ޔޫ ނޯ ޔޫ ކޭންޓް ހައިޑް ދެޔާ ފޮރްއެވާ… ޔޫ ހޭފްޓު ކަމް އައުޓް ސޫން އޯރް ލޭޓާ އަންޓިލް ދެން އަލްބީ ވެއިޓިން ފޯ ޔޫ….. އަދި އެއްވެސް މީހަކު ކައިރީ މިވާހަކަ ބުނެއްޖިއްޔާ އެއީ ނިމުނީ” ރިޒްވާން އެހެން ބުނަމުން އެންމެ ފަހުން ދިޔައީ އަހަރެންނަށް އިންޒާރެއް ވެސް ދީފައެވެ. އެއަށްފަހު ރިޒްވާން ގެ އަޑެއް ވެސް ނީވެއެވެ. އަހަރެން އަވަސް ކޮށްލައިގެން ފާހާނާއަށް ވަނީމެވެ. އަދި ށަވާ އޮން ކޮއްލީމެވެ. ށަވާ އިން ފޭބި ފިނި ފެންތަށް އަހަރެންގެ ހަށިގަނޑުގައި ޖެހުމާއެކު އަހަރެން ގެ ލޮލު ގައި އެއްވެފައި ހުރި ކަރުނަތަށް ފައިބަން ފެށިއެވެ. ދެން އަހަރެން ކީއް ހޭ ކުރާނީ މަންމަ ކައިރީ ބުނާކަށް ނުކެރޭނެއެވެ. މަންމަ އަހަރެން ދައްކާ ވާހަކަ ދުވަހަކުވެސް ގަބޫލު އެ ނުކުރާނެއެވެ. އެކަހަލަ ވިސްނުމެއް ގައި ހުރެ ފާހާނާއިން ނިކުތީމެވެ. ފެންވަރައި ނިމިގެން އަހަރެން ކަޅުކުލައިގެ ބޮޑު ހަރުވާޅެއް ލީމެވެ. އަދި އެ އާއި އެކު ހުދުކުލައިގެ ލެޓް މީ ގޯ ޖަހާފައި އިން އަތް ދިގު ޓީށާޓެއް ލީމެވެ. ބުރުގައި އަޅާ ލަމުން އަހަރެން ބެލްކަންޏަށް ނިކުތީމެވެ. ބެލްކަންޏަށް ނިކުތް އިރު ލަވައެއް ގެ ރާގު ވަރަށް މަޑުމަޑުން އިވުމުން ދިޔައެވެ. އެ ރާގު ގެ އަޑު އަންނަމުން ދަނީ ކޮން ތަނަކުން ތޯ އަހަރެން އަޑު އަހަން ހުރީމެވެ. އިރުކޮޅެއް ވަންދެން އަޑު އަހަން ހުރުމަށްފަހު އަހަރެން ޔާޝް މެން ގޭގެ ތިންވަނަ ފްލޯގެ ބެލްކަންޏަށް ބަލައިލީމެވެ. އެއީ ޔާޝް އެވެ. ޔާޝް އިނީ ގިޓާ ހިފައިގެން ނިކުމެ އެވެ. ޔާޝް ގިޓާ ކުޅެމުން ދިޔައީ ހީވަނީ ލަވެއް ވެސް ކިޔާހެންނެވެ. އަހަރެން އެހާ ދުރުގައި ހުރުމުން އަޑު ނީވެނީ ކަން ނޭނގެ އެވެ. އަހަރެން ގޮސް ބެލްކަނީ ގައި ހުރި ސޯފާގައި އިށިންދެގެން އިނދެ ޔާޝް ގިޓާ ކުޅެމުންދިޔަ އަޑުއަހަން އިނީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

