Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހީވޭ ގާތުގާއި ވާހެން ކަލާ 7

Star Fire Level 310 Stories
November 4, 2021 3 Mins Read
0 Comments

އަހަރެން އަވަހަށް ދުވެފައި ނިކުންނަން ދަނިކޮށް އަހަރެންގެ އަތުގައި މީހަކު ހިފިއެވެ. އަހަރެން ފަހަތަށް ބަލައިލިއިރު އެއީ އަހަރެންނާއި ދިމާއަށް ބަލައިގެން އިން އެއްކަލަ ފިރިހެންކުއްޖާ އެވެ. އެކުއްޖާ އަހަރެންނާއި ދިމާއަށް ބަލައި ލަމުން ބުނެލިއެވެ. ” އެޕޯލަޖައިޒް”  ބުނީ ކީއެއްނޫނެވެ. އަމުރު ކޮއްލީއެވެ. އަހަރެންވެސް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރާނަމެވެ. އެހެންވެ އަހަރެން ބުނެލީމެވެ. ” ނު….. ނުޖެހޭ މާފަށް އެ ދޭކަށް” އަހަރެން އެހެން ބުނި އިރު އެ ޒޯނބީ އިނީ އަހަރުމެން ނާއި ދިމާއަށް ބަލައިގެންނެވެ. ” މިތާގަ ކީއް މިވަނީ……. އީމާން ތީ ކޮން އަންހެން ކުއްޖެއް” އަހަރެން ޒޯނބީ އާއި ދިމާއަށް ބަލަން ހުއްޓައި ދޮރު ކައިރިން އަންހެން ކުއްޖެއް ގެ އަޑު އިވުނެވެ. އަހަރެން އަވަހަށް ދޮރާއި ދިމާއަށް ބަލައިލީމެވެ. ދޮރުކައިރީގައި ގައި ހަށަން ބަނދެގެ ހުރި އަންހެން ކުއްޖާ ހުރީ އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލައިގެންނެވެ. އެކުއްޖާ އެތެރެއަށް ވަންނަމުން ޒޯނބީ އާއި ދިމާއަށް ދިޔައެވެ. ” މީ… މީ… މި ކުއްޖާ މިއީ ޔާޝް ގެނައި ކުއްޖެއް” އަހަރެން ގެ އަތުގައި ހިފައިގެން ހުރި ފިރިހެން ކުއްޖާ ބިރެއް ފެނުނު ހެން އަހަރެންގެ އަތުން ދޫކޮށް ލަމުން ބުނެލިއެވެ. އެކުއްޖާ އެހެން ހެދުމުން އަހަރެން ގާތަށް ހިނިވެސް އައެވެ. ދެން އެ އަންހެން ކުއްޖާ އަހަރެންނާއި ދިމާއަށް ބަލަން ހުރުމަށްފަހު އަހަރެންނާއި ދިމާއަށް އައެވެ. އެ ކުއްޖާގެ މޫނު މަތީގައި ހުރި ސީރިއަސް ކަން ފެނުމުން އަހަރެން ހިންދިރުވައިލީމެވެ. އެކުއްޖާ އައިސް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. އަދި ބުނެލިއެވެ. ” ހާއި އަމް ޔަނާ ދޮންބެ ގެ ކޮއްކޮ” އެކުއްޖާ އައިސް ބުނެލި އެއްޗަކުން އަހަރެން ގެ ބޮލުގައި ސުވާލުމާކެ އުފެދުނުވެ. އަހަރެން އެކައްޗެކޭވެސް ނުބުނެ ހުރުމުން އެކުއްޖާ އަނެއްކައިވެސް ވާހަކަ ދައްކަން ފެށިއެވެ. ” އަމް…. ކޮން ނަމެއް ކިޔަނީ” ” މައިރާ ” އަހަރެން ވާނުވާގައި ހުރެ ނަން ބުނެލީމެވެ.” މައިރާ ދޮންބެ އާއި ދިމާވީ ކިހިނެއް ” އެކުއްޖާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ހީވަނީ އަހަރެން މީ ކޯޓަށް ހާޒިރު ކޮއްފައި ހުރި ކްރިމިނަލް އެއް ހެންނެވެ.” ދޮންބެ…. ދޮންބެ އަކީ ކާކު؟  ” އަހަރެން ވެސް ކުރީ ސުވާލެކެވެ.” ޔާޝް….. ޔާޝް ދޮންބެ ” އެކުއްޖާ ބުނެލިއެވެ. ދެން މި ޔާޝް އަކީ ކާކު ހެއްޔެވެ.” ޔާޝް އަކީ ކާކު ؟ ” އަހަރެން ހިތުތެރޭގައި އޮތް ސުވާލު ކޮއްލީމެވެ.” ޔޫ ގޮއް ޓު ބީ  ކިޑިން މީ….އެހެރީ ކުރިމަތީގައި އީމާން އާއި ޖެހިގެން ” އެކުއްޖާ އެންމެ ފަހުން ހަޅޭލައްވައިގަތެވެ. އަދި އެއްކަލަ ޒޯނބީ އާއި ދިމާއަށް އިޝާރާތް ކޮއްލިއެވެ.” އޯކޭ ލިސެން އައި ޑޯންޓް ނޯ ހޫ ދަ ހެލް އިޒް ޔާޝް….. އައި ޑޯންނޯ ހައު ދަ ހެލް އައި ގޮޓް ހިޔަރް އޯލްސޯ ” އަހަރެންވެސް އެ ކުއްޖާ ބުނި ހެން ބުނެލީމެވެ. އަހަރެން އެހެން ބުނުމުން އެ ކުއްޖާ ބުނެލިއެވެ.” އީމާން ” އެހެން ބުނުމުން އެ ފިރިހެން ކުއްޖާ ކުޑަގޮތަކަށް ކިޔައިދިނެވެ.” އޮހް ސޮރީ… ވާނުވާ ނޭންގި ހަޅޭ ލައްވައި ގަތީ….. ލެޓްސް ބީ ފްރެންޑްސް ”  އެކުއްޖާ މާފަށް އެދުނެވެ.” ފައިން ބައި މީ… އެން އިޓްސް އޯކޭ ” އަހަރެން ވެސް ކަންތަށް އިތުރަށް ބޮޑު ނުކޮށް އެއްބަސްވެލީމެވެ. އެކުއްޖާ ދެންތިބި މީހުންގެ ނަން ކިޔައިދިނެވެ.” މީ އީމާން….. ދެން އެ ހުރީ ދޮންބެ….. ދޮންބެ އަށް ކިޔަނީ ޔާޝް ” އަހަރެން  ޔާޝް  އާއި ދިމާއަށް ބަލައި ލަމުން ބުނެލީމެވެ.” އޮހް ހާއި ” އަހަރެން އެހެން ބުނުމުން އީމާން އައިސް އަހަރެން ގެ ކުރިމަތީގައި ހުއްޓި ލަމުން ބުނެލިއެވެ.” ހާއި އަހަރެންނަށް ކިޔަނީ އީމާން އޭސް ޔޫ ނޯ…… އަމް 16 އިޔާސް އޯލްޑް މާދަމާނޫން އަނެއް ދުވަހު އަހަރެންނަށް 17 ފުރޭނެ …… އެންޑް ޔޫ ” އީމާން އެއްފަހަރައި ހުރިހާ އެއްޗެއް ކިޔައި ލުމުން އަހަރެން ގާތަށް ހިނި އައެވެ. މި އީމާން މިއުޅެނީ ކޮން ކަމަކާ ލައިނުގަނެގެން ހެއްޔެވެ. އަހަރެން އެހެން ހިތަށް އަރުވައިލަމުން ޔާޝް އާއި ދިމާއަށް ބަލައިލީމެވެ.

 

(ޔާޝްގެ ނަޒަރުން)

 

ޔަނާ އާއި އީމާން އެއަންހެން ކުއްޖާ އާއި ވާހަކަދައްކަން ފެށުމުން އަހަރެންނަށް ހީވީ އަހަރެން މީ މިތާގައި ނެތް މީހެއް ފަދައިން ނެވެ. އެ އަންހެން ކުއްޖާ ވެސް ހީފައި ހުރެ އެ މީހުންނާއި ވާހަކަ ދައްކަމުން ދިޔައެވެ. ހީވަނީ ޒަމާންވީ ގާތް ރައްޓެހިން ތަކެއް އެއްތަން ވެގެން އުޅޭހެންނެވެ. އަހަރެން ޔަނާ އާއި އީމާން އަށް ބަލައިލީމެވެ. އަހަރެންގެ ހިތް އެރިއެވެ. ޔަގީނެވެ. މި ދެމީހުންގެ ދޭތެރޭގައި ކޮންމެވެސް ކަމެއް ހިނގާ ހެން… އެހެން  ނޫންނަމަކު ޔަނާ އީމާން އެކުއްޖާގެ އަތުގައި ހިފައިގެން ހުރުމުން އެހާ ރުޅި އަންނާންވީ ސަބަބަކީ ކޮބައިހެއްޔެވެ. ދެން އީމާން އެވެ. އީމާން ވެސް ޔަނާ އަށް އެކުއްޖާ އަތުގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން އެހާ ކަންބޮޑު ވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ. ހުރެބަލަ އަހަރެން ކައިރީ ނުބުނެ އެއްނު ތި އުޅެނީ ކުޅި ދައްކާލާނަން ތި ދެ މީހުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ނުދައްކާލަފިއްޔާ މަގޭގެ ނަމަކަށްވެސް މުޙައްމަދު  ޔާޝް ފާރިސް އެއް ނުކިޔާނެވެ. އަހަރެން އެހެން ހިތަށް އަރުވައިލަމުން އެ މީހުންނާއި ދިމާއަށް ބަލައިލީމެވެ. އެއިރު އެއްކަލަ ކުއްޖާ ވެސް ހުރީ އަހަރެން ނާއި ދިމާއަށް ބަލައިގެންނެވެ. 

( ނުނިމޭ ) 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ވަކިވެދިޔަޔަސް…(6)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ހަވަނަ ބައި)

Next
November 4, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށްޑިހަ ހަވަނަ ބައި)

Previews
November 3, 2021

ވަކިވެދިޔަޔަސް…(6)



All Right Reserved!