ޔާޝް ގިޓާ ކުޅޭ ގޮތް ހާދަ ހިތްގައިމެވެ. އަހަރެން އެހެން އޮއްވައި ނިދުނެވެ.

އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެން ގެ ފަޔުގައި ހިފާފައި ދަމާ ހެން ހީވުމުންނެވެ. އަހަރެން ސިއްސައިގެން ގޮސް ކޮޅަށް ތެދުވީމެވެ. އަދި އަހަރެން ގެ ފަޔުގައި ހިފި މީހާއަށް ބަލައިލީމެވެ. އެއީ ސާރާ ގެ މަންމަ އެވެ. އަހަރެން ތެދުވުމާއެކު ސާރާ ގެ މަންމަ ބުނެލިއެވެ. ” ސައިބޯ ކަށްވެސް ނާންނަމެންނު ހިނގާ އަވަހަށް” ” އެހާ ބަނޑުހައެއް ނުވޭ ” އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. ނަމަވެސް ސާރާ ގެ މަންމަ ގަބޫލު ކުރާނެހެވެ. އަހަރެންގެ މަންމަ ވެސް މިވަރަކަށް ނޫޅެއެވެ.  އަހަރެން ގަޑި ބަލައިލާމެވެ. ގަޑިން 11:43 ކެވެ.” މިހާރު މެންދުރު ވީއެއްނު ދެން ފަހުން ކާނީ އަހަރެން މި ދަނީ ފާހާނާއަށް ” ސާރާ މަންމަ އަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން އަވަހަށް ފާހާނާއަށް ވަނީމެވެ.  އަހަރެން ފާހަނާގައި އިރުކޮޅެއް ވަންދެން ހުރުމަށް ފަހު ފާހާނާ ގެ ދޮރު ހުޅުވާ ލުމަށްފަހު ސާރާ ގެ މަންމަ ކޮޓަރީގައި ހުރިތޯ ބަލައިލީމެވެ. އަހަރެންގެ ނަސީބު ރަނގަޅު ކަމުން ސާރާ ގެ މަންމަ އެއްނެތެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން އަހަރެން ތިރިއަށް ފޭބީމެވެ. އަދި ބޭރަށް ނިކުންނަން ދިޔައީމެވެ. އަހަރެން ބޭރަށް ނިކުތް އިރު ރިޒްވާން އާއި އެހެން ދެ ފިރިހެންކު މަގުގެ އެއްފަރާތެއްގައި ވާހަކަދައްކަން ތިއްބެވެ. ރިޒްވާން ފެނުމުން އަހަރެންނަށް އެ އިންޒާރު މަތިން ހަންދާން ވިއެވެ. ރިޒްވާން އަށް ނުފެނި ގެއަށް ވަންނަން އުޅެނިކޮށް އަހަރެންނަށް މަގުގެ އަނެއް ފަރާތުން އައި ޔަނާ ފެނުނެވެ. ގެއަށް ވަންނަ މުގެ ބަދަލުގައި އަހަރެން ދިޔައީ ޔަނާ އާ ދިމާއަށްށެވެ. ” މައިރާ” ޔަނާ ބުނެލިއެވެ. ” ހެއި ޔަނާ ކޮންތާކު ތި އަންނަނީ” އަހަރެން ޔަނާ ކައިރީ އަހައިލީމެވެ. ” ގެ އަށް ގޮސްފަ މި އައީ” ޔަނާ އެހެން ބުނުމުން އަހަރެންނަށް އޮޅުނެވެ. “އެކަމް” އަހަރެން ޔާޝް މެން ގެއަށް ބަލައިލުމަށް ފަހު ޔަނާ އާއި ދިމާއަށް އެއްބުރި ލީމެވެ. ” މިތާކު ނޫން ދޯ ހިނގާ ޔާޝް ދޮންބެ މެން ގެއަށް” ޔަނާ އަހަރެންގެ އަތުގައި ހިފަމުން ބުނެލިއެވެ. އަހަރެންމެން ގޮސް ޔާޝް މެން ގެ އަށް ނުވަދެވެނީސް ރިޒްވާން އަހަރެން ނަށް ގޮވައިލިއެވެ. ” މައިރާ” ރިޒްވާން އަހަރެން ނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަރެން ބިރުން އަވަހަށް ޔަނާ ހިފައިގެން ޔާޝް މެން ގެއަށް ވަދެ ދޮރު ޖެހީމެވެ. ޔަނާ ހުރީ އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލައިގެންނެވެ. ” ވަޓް ވޯޒް ދެޓް މައިރާ……. މައިރާ ރިޒްވާން ދެކެ ހާދަ ބިރެއް ތި ގަންނާނީ…. މައިރާ ދޮންބެ ވެސް ސަލާމަތް ކޮއްދިނީމެންނު… ދެން ކުއްލިއަކަށް ރިޒްވާން ދެކެ ހާދަ ބިރެއް” ޔަނާ އެހެން ބުނުމުން އަހަރެން ކުޑަކޮށް ހާސް ވިއެވެ. ” މާބޮޑު ކަމެއް ނުވޭ….” އަހަރެން އެހެން ބުނުމުން ޔަނާ އަހަރެން ހިފައިގެން އެރީ އެ ގޭގެ ދެވަނަ ބުރިއަށްށެވެ. ޔަނާ އަހަރެން ހިފައިގެން ދިޔައީ ބެލްކަނިއަށްށެވެ. އެ ބެލްކަނި ވަރަށް ވެސް ބޮޑެވެ. ނަމަވެސް ފަޅުކަމެއް ހުއްޓެވެ. ބެލްކަނީ ގައި އެކަންޏެއް ނޫނެވެ. މުޅި ގޭގައި ވެސް ފަޅު ކަމެއް ހުއްޓެވެ. އަހަރެން ޔަނާ ކައިރީ އަހައިލީމެވެ. ” ޔަނާ މިގޭގަ ޔާޝް ގެ އިތުރުން އުޅެނީ ކޮންބައެއް” ” އަސްލު މި ގޭގައި އެޅޭނީ މަންމަ ، ބައްޕަ  ، ޔާނިއު ދޮންބެ، ޔާޝް ދޮންބެ އަދި އަހަރެން ” ޔަނާ އެހެން ބުނި އިރު އަޑު ވަނީ ކުރެހިފައެވެ.” ދެން ކޮބާ މިހާރު ތި ބުނާ ޔާނިއު ދޮންބެ އާއި ޔަނާ ގެ މަންމަ އަދި ބައްޕަ ” އަހަރެން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ޔާނިއު ދޮންބެ އުޅެނީ އަމިއްލަ ގެއެއްގަ އަހަރެން ވެސް އުޅެނީ ޔާނިއު ދޮންބެ އާ އެކީ…. މަ.. މަންމަ އާއި ބައްޕަ ދުނިޔެ އަކު ނެތް” ޔަނާ އެހެން ބުނުމުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ” އަމް ސޮރީ” އަހަރެން ބުނެލީމެވެ. ” ކީއްވެ މައިރާ ސޮރީ ވާންވީ އިޓްސް ނޮޓް ޔޯރް ފޯލްޓް…” ޔަނާ އެހެން ބުނެ ލުމުން އަހަރެން އިސްޖަހައިލީމެވެ. އަދި އެ އިން ގޮތަށް އިނދެ އަނެއް ސުވާލު ކޮއްލީމެވެ. ” ކިހިނެއް ޔަނާ ގެ މަންމަ އާއި ބައްޕަ މަރުވީ” ” ކޮވިޑް ގެހިގެން……. އަސްލު އެނގޭތަ މިހުރިހާ ކަމެއްވެސް ދިމާވީ މަންމަމެން އެންމެ ފަހުން މާލެ ދިޔަ ފަހަރު އެފަހަރު މާލެ ދިޔައީ ޔާޝް ދޮންބެ ބަލާ ……………..އަސްލު ޔާނިއު ދޮންބެ ޔާޝް ދޮންބެ ދެކެ އެހާ ރުޅި އަންނަނީ އެހެންވެ ޔާނިއު ދޮންބެ ބުނާގޮތުން ނަމަ ޔާޝް ދޮންބެ މާލެ ނުދިޔަނަމަކު މަންމަ އާއި ބައްޕަ ޔާޝް ދޮންބެ ބަލާނުދިޔައީސް އަދި ކޮވިޑް އަށް ޕޮޒިޓްވެސް ނުވީސް ” ޔަނާ އެހެން ބުނުމަށް ފަހު ފުންނޭވައެއް ދޫކޮއްލިއެވެ.” އެހެންވެ ޔާޝް މިގޭގައި އުޅެނީ ” އަހަރެން އަނެއްކައިވެސް އަހައިލީމެވެ.” ހޫމް އެހެންވެ…. އަދި އެނގޭތަ ބައްޕަ ހުރޭ ދެ ރިސޯޓް އާއި އެއް ގެސްޓް ހައުސް…… ދެ ރިސޯޓް ތެރެއިން އެއްރިސޯޓް ވަނީ ޔާޝް ދޮންބެ ނަންމަތީގަ އަނެއް ރިސޯޓް ޔާނިއު ދޮންބެ ގެ ނަން މަތީގަ… ދެން ގެސްޓް ހައުސް އެއީ އަހަރެންގެ ތަނެއް… އެކަމް ޔާނިއު ދޮންބެ މިހުރިހާ ތަނެއް ބަލަހައްޓަނީ އެއީ އަދި އަހަރުމެން ކިޔަވާ ނުނިމޭ ތީ….. ޔާނިއު ދޮންބެ ބުނާގޮތުން ނަމަ ޔާޝް ދޮންބެ އަކަށް އެއްވެސް ޙައްޤެއް ނެތް ބައްޕަގެ މުދަލަކުން އެކަމް ބައްޕަ މަރުވުމުގެ ކުރިން ވަނީ ޔާނިއު ދޮންބެ އަށް ވަޞިއްޔަތް ކޮއްފަ އަހަރެމެން ކިޔަވާނީ ނިމެންދެން  ބިޒްނަސް ބަލަހައްޓައި ދިނުމަށް ” ޔަނާ އެހެން ބުނުމުން އަހަރެން ބުނެލީމެވެ.” ދެން … ޔާޝް ކީއްވެ ޒޯނބީ އަކާއި ވައްތަރީ “” އަސްލު މަންމަ އާއި ބައްޕަ ދުނިޔެ ދޫކޮށްފައި ދިޔުމުން ޔާޝް ދޮންބެ އަށް ވަރަށް ބޮޑަށް އަސަރު ކުރި އަނެއްކޮޅުން ޔާނިއު ދޮންބެ ވެސް ޔާޝް ދޮންބެ އާއި ދިމާއަށް ވަރަށް އެއްޗެހިން ކީ ޔާޝް ދޮންބެ ވަރަށް ހިތާމަ ކުރި….. ދެން އެއްދުވަހަކު ކުލާހުގައި އިންދާ ޕެނިކް އެޓެކް އެއް ޖެހުނީ  ކުލާހުގައި އެންމެން ބުނީ ޔާޝް ދޮންބެ ޖިންނި އަވަލީއޭ އެހެން ކިޔާފަ ހަނގާ ކުރީ  އެންމެން ހަނގާ ކުރި އިރުވެސް ދެ ގޮތެއްނުވެ ޔާޝް ދޮންބެ އާއެކި އީމާން އާއި ރިޒްވާން ތިބި ” ޔަނާ ރިޒްވާން ގެ ނަން ބުނުމުން އަހަރެން ހައިރާން ވީ ވަރުން ބުނެލީމެވެ.” ރިޒްވާން އޭ ” އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށް ށެވެ.

 

(ޔާޝްގެ ނަޒަރުން) 

އަހަރެން ދެވަނަ ފަންގިފިލާ އަށް ފޭބި އިރު ގައި ބެލްކަނީ ގައި ބަޔަކު ތިބެ ވާހަކަ ދައްކާ އަޑު އިވުނެވެ. އެތަނުން އެކަކު ވަރަށް ބާރާށް ” ރިޒްވާން އޭ” ބުނީ އަޑު އަހަރެންނަށް އިވުނެވެ. އެއީ އަންހެން ކުއްޖެއްގެ އަޑެވެ. އަހަރެން ގޮސް ބެލްކަންޏަށް ވަނީމެވެ. ބެލްކަނީ ގައި ތިބީ ޔަނާ އާއި މައިރާ އެވެ. މައިރާ ފެނުމުން އަހަރެންގެ ފިޔަވަޅު ހުއްޓުނެވެ. ޔަނާ އާއި މައިރާ އަހަރެންނަށް ބަލައިލިއެވެ. ޔަނާ އާދައިގެ ގޮތަކަށް ދޮންބޭ އޭ ކިޔާފައި ގޮވައިލިއެވެ. ޔަނާ އާއި ހިލާފަށް މައިރާ ވަރަށް މަޑުމަޑު  “ހާއި” އޭ ބުނެލިއެވެ. މައިރާ އެހެން ބުނުމުން އަހަރެންގެ އަތްފާ ފިނިވިއެވެ. އަހަރެންގެ ހިތް އަވަސް ވާންފެށިއެވެ. ކުރުކޮށް ބުނާ ނަމަ އަހަރެން ނާވަސް ވާން ފެށިއެވެ. އަހަރެން އެކަން މޫނުމަތިން ނު ދެއްކޭތޯ މަސައްކަތް ކުރީމެވެ. ” ދޮންބެ ހާދަ ވަރަކަށް ތި ދާހިއްލަނީ އަދި ބަލާބަލަ އެއޮއް ކޮލަކަށް އެ އޮތީ ރަތް ވެފައެއްނު … ދޮންބެ ބަލިތަ އަނެއްކާ ” ޔަނާ އެހެން ބުނުމުން އަހަރެން އަވަހަށް ބެލްކަނިން ނިކުމެގެން ގޮސް ކުރިމަތީގައި ހުރި ކޮޓަރިއަށް ވަނީ މެވެ. ” އަހަރެން ނަށް ކީއް މިވަނީ؟ ” އަހަރެން ފުންކޮށް ނޭވާ ލަމުން އަމިއްލަ  ނަފްސާ ސުވާލު ކޮއްލީމެވެ. 

( ނުނިމޭ )

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!