Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހީވޭ ގާތުގާއި ވާހެން ކަލާ 3

Star Fire Level 310 Stories
October 3, 2021 4 Mins Read
0 Comments

“ހާހް އޯލް ޑަން ” ސާރާ ހެދުން ފަހާނިން މާލަމުން ބުނެލިއެވެ. އަސްލު ހެދުމޭ ބުނުމަށް ވުރެ ހެދުން ތަކޭ ބުންޏަސް ރަނގަޅު ވާނެއެވެ. ސާރާ އަހަރެންނަށް ފަހައި ދިނީ  އެންމެ ހެދުމެއް ނޫނެވެ. އެކި ކުލަކުލައިގެ ހެދުމެވެ. ހުރިހާ ހެދުމެއް ވެސް އެއްފަރާތަކަށް ބަންދު ލާފައި ހުރި އިރު ހެދުމުގެ އަތްކުރި އޮތީ ފުޅާކޮށްށެވެ. ” އެހާ ބައިއްވަރު ހެދުން ތި ފެހީ ކީއްކުރަން އެންމެ ހެދުމަކުން ވެސް ފުދިދާނެއޭ…… އެހެން ނޫނަސް އަހަރެން މީ ވަރަށް މީހުންދޭ އެއްޗެހިން ހިފާމީހެއްނޫން” އަހަރެއް އެ ހެން ބުނުމުން ސާރާ ޖަހާލީ ބޮޑު ހިނިގަންޑެކެވެ. ” މައިރާ ހާސް ނުވޭ މީ މައިރާ ގެ މަންމަ މައިރާ އަށް ގެންނި ފޮތި…. އަހަރެން އަތަށް ދީފަ ބުނީ ފަހާލާށޭ” ސާރާ އެހެން ބުނުމުން އަހަރެން ކުޑަކޮށް ކަޑަ ވިއެވެ. މި މަންމަ ވެސް އަހަރެންނަށް އަންގާލަފަ ކަންކަން ކުރާ ނަމަ އަހަރެން މިހެން ލަދު ގަންނަން ނުޖެހުނީސް. އަހަރެންނަން ހިތާއި ހިތުން މަންމަ އަށް ކުދި ކިޔާލީމެވެ. ” މައިރާ އާދެބަ އަހަރެންނާއެކު” ސާރާ އަހަރެން ގެ އަތުގައި ހިފާ ދަމާފައި ގެންދިޔައީ ސާރާ ގެ ކޮޓަރި އަށްށެވެ. އަދި އެއަށްފަހު ކޮޓަރީގައި ހުރި ކްލޯސެޓް ހުޅުވާލަމުން އެތެރޭގައި ހުރި ދަންބު ކުލައިގެ ފޮއްޓެއް ނެގެއެވެ. އޭގެ ތެރޭގައި ހުރީ ސްކްނީ އާއި، ޖިންސާއި ، ހައި ހީލްސް އާއި ބޫޓުގެ އިތުރުން އެކި ކުލަކުލައިގެ އަތްދަބަހެވެ. ” ސާރާ މީ ކޯޗެއްތަ” އަހަރެން އަހާލީމެވެ. ” މީ އަހަރެންގެ ދޮންބެ ޕެރިސް އިން ގެނައި ހާސާމާނު……. އެކަމް އަހަރެންނަށް މި އެއްޗެހިން މާ ކުޑަ އަދި އަހަރެން އަތުގައި އެހާ ބައިވަރު ހޭންޑް ބޭގް އެބަ ހުރި…… ސޯ މިހުރިހާ އެއްޗެހިން މީ މައިރާ އަށް”  ސާރާ އެހެން ބުނުމުން އަހަރެން އެއަށް  ބަލައިލީމެވެ. ” ތޭންކްސް އެކަމް” އަހަރެން ޖުމްލަ ފުރިހަމަ ނުހުރެވިގެން އުޅެނިކޮށް ސާރާ ވާހަކަދައްކަން ފެށިއެވެ. ” ނޯ އެކްސްކިޔޫސެސް މިހިފައިގެން ދޭ” ސާރާ އަހަރެންނަށް އަމުރު ކޮއްލިއެވެ.  އިތުރު ގޮތެއް ނެތުމުން އަހަރެން އެ ފޮށީގައި ހުރި އެއްޗެހިން ނެގީމެވެ. ސާރާ ވެސް އަހަރެންނަށް އެހީތެރި ވެދިނެވެ. ” ހިންގާ ފެހިހެދުންތަށް ދޮވެލަން” ސާރާ އެހެން ބުނުމުން އަހަރެން ކަންނެއް ގޮތަކަށް ދެން އޭ ބުނެލީމެވެ. އަހަރެން ހުރީ އެހާ ދިގު ދަތުރަކަށްފަހު ވަރުބަލި ވެފައެވެ. އަނެއްކޮޅު މި ސާރާ ހާހް. އަހަރެން ހިތާއި ހިތުން ކިޔާލީމެވެ. ” ގެނެސް އަހަރެން އަތަށް….. އަލް ވޮށް އިޓް” ސާރާ އެހެން ބުނުމުން އަހަރެން ވީ އުފަލެއް ގެ ބޮޑުކަމުން ދުވެފައިގޮސް ހުރިހާ ހެދުންތަކެއް ހިފައިގެން އައިސް ސާރާ ގެ ބޯ މައްޗަށް އޮއްސާލީމެވެ. އަހަރެން ގެ މަންމަ ބުނާނީ ތެދެކެވެ. އަހަރެން މީ ލޮޑުކަމުންގޮސް އަނެއްކޮޅަށް ލާފައިވާ މީހެކެވެ. ސާރާ އެހެދުންތަށް ހިފައިގެން ދިޔުމުން އަހަރެން ކޮޓަރިއަށް ވަދެ އެނދުގައި އޮށޮއްވެލީމެވެ. އޮށޮންނިތާ ދެ ސިކުންތު ވެސް ނުވެ އަހަރެންނަށް ނިދުނެވެ. މަންމަ ބުނީ ދޮރެއް ނޫނޭ އަހަރެން ހުންނާނީ އެނދު ނުފެނީފައެވެ. އެނދު ފެންނައިރަށް އަހަރެން ނިދަން މިއަރަކަށް ވާނެއެވެ.

 

“މައިރާ….. މައިރާ ” އަނެކާ ވެސް ދެން މީ ކިހާ ބޮޑު ކަމެއް ހެއްޔެވެ. އަހަރެން ހުރީ ވަރަށް ގަދައަށް ރުޅި އައިސްފަ އެވެ. މި މީހުންނާ ހެދި އަހަރެންނަށް ނުވެސް ނިދޭނެއެވެ. ބަލަ އަހަރެންވެސް މީ އިންސާނެކޭ. އަހަރެން ވަރަށް ބާރަށް އެހެން ބުނަމުން އެނދުން ތެދުވީމެވެ. އަހަރެންނަށް ގޮވަން ހުރި ސާރާ ސިއްސައިގެން ދިޔަ ވަރުން މާބަލްސް މައްޗަށް ވެއްޓުނެވެ. ސާރާ ވެއްޓުނު ތަން ފެނުމުން އަހަރެން ގެ ރުޅި ހަވައަށް އަރައިގެންގޮސް އަހަރެންގެ އަނގައަށް ހިނިވަނެވެ. މިބުނީ އަހަރެންގެ ހިނިގަންޑު ފަޅައިގެން ދިޔަ ވާހަކައެވެ. އަހަރެން އެނދު މަތީގައި އިންދެ ހީހީ އެންމެ ފަހުން އަހަރެންގެ ކޮލަށް ތަދުވަން ފެށިއެވެ. ސާރާ އިނީ މާބަލްސް މަތީގަ ރުޅިމޫނު ހަދައިގެންނެވެ. އަހަރެން ހެމުން ހެމުން ތެދުވެގެންގޮސް ސާރާ ނޭގޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ސާރާ މާކު ބާރެވެ.” މި ސާރާ ކަނީ ކޯޗެއްހެއްޔެވެ. ހާދަ ބަރޭ ” އަހަރެން އެހެން ބުނުމުން ސާރާ އަމިއްލަ އަކަށް ކޮޅަށް ތެދުވެ އެވެ.  ދެން ހެވޭ ތިވަރަށް މަލާމާތް ނުކުރިއަސް…….. ހިންގާލަން ދަންޏާ އަވަހަށް ރެޑީ ވަން ފަށާ” ސާރާ އެހެން ބުނުމަށް ފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ކްލޯސެޓް ހުޅުވާލީމެވެ. އަދި އެއަށްފަހު ލާން ކަމުދާ ކަހަލަ ހެދުމެއް ފެނޭތޯ ހޯދަންފެށީމެވެ.  ފަސް މިނެޓު ފަހުން އަހަރެންނަށް ކަމުދާ ކަހަލަ ގެ ހެދުމެއް ފެނުމުން އަހަރެން ފާހާނާއަށް ފެންވަރަން ވަނީމެވެ. ފާހާނާއަށް ވަނުމަށް ފަހު އަހަރެން ށަވާ އޮން ކޮއްލީމެވެ. ށަވާ އިން ނިކުތް ހޫނު ފެނުގެ ތެރޭގައި ހުރުމަށްފަހު އަހަރެން ށަވާ ޖެލް ކޮޅެއް ހަށިގަނޑުގައި އުނގުޅާލީމެވެ. އެއަށްފަހު އަނެއްކާވެސް ށަވާ އޮންކޮށްލީމެވެ. ފަސްމިނެޓް ވަންދެން ށަވާ ދަށުގައި ހުރުމަށްފަހު އަހަރެން ފާހާނާއިން ނިކުތީމައެވެ. އަދި ލާން ނަގާފައި އޮތް ކަޅުކުލައިގެ ޖިންސު ލީމެވެ. ސާރާ ބުނީ ހަމަ ތެދެކެވެ. އަހަރެންނަށް އެ ޖިންސް ފިޓެވެ.  އެ ޖިންސް ގައި ގޮއް ބަރިއެއްހެން ހަ ގޮށް ލާފައި އިންނައިރު ވަރަށް ރީއްޗެވެ. ދެން އަހަރެން ލާން ނަގާފައި އޮތް ރަތް ކުލައިގެ އަތް ދިގު ޓީށާޓު ލީމެވެ. އަދި އެއަށްފަހު އަހަރެން ލޯގަނޑު ކުރިމައްޗަށް އެރީމެއެވެ.  ” ވާވް” އަހަރެންނަށް އެއްވެސް އިޚްތިޔާރަކާ ނުލާ ބުނެވުނެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރުމަށް ފަހު އަހަރެން ރީތިވާ މޭޒު ކައިރިއަށް ގޮސް މޫނާ، އަތާ، ފައިތިލައިގައި  ވެސްލީން ކޮކޯ ބަޓާ ލޯށަން ކޮޅެއް ހާކައިލީމެވެ. މޫނުގައި ކުޑަފުއްކޮޅެއް ޖަހާލުމަށްފަހު މޭޒު މަތީގައި އޮތް ކަޅުކުލައިގެ މާސްކުން އަނގަ މަތިނިވާ ކޮއްލީމެވެ. މި ކޮވިޑް 19 އަކާއި ހެދި ބޮޑު އުންދަގުލެކެވެ. މިހާރު އަބަދު ޖެހޭނީ ބޭރަށް ނިކުންނަޏާ މާސްކު އަޅައިގެން ނިކުނަންށެވެ. އައި ހޭޓް ކޮވިޑް 19. އަހަރެން ކޮވިޑް  19 އަށް އަށް ކުދި ކިޔަމުން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ކަޅުކުލައިގެ ސޯލް އެއްއަޅަންފެށީމެވެ.  ފަނަރަވަނަ ކަށް މިނެޓު ހޭދަކުރުމަށް ފަހު އަހަރެން ކަމުދާ ގޮތަކަށް ސޯލް އަޅާނިމުނެވެ. އަނގަ މަތީގައި އަޅާފައި އިން މާސްކު ތިރިކޮށްލުމަށްފަހު އަހަރެން ވެސްލީން ކޮޅެއް ތުންފަތުގައި ހާކާލީމެވެ. ބޫޓު ހަރުގަނޑުން ކަޅުކުލައިގެ ހީލް އެއް ލަމުން އަހަރެން ކަޅުކުލައިގެ ހޭންޑް ބޭގް ނެގީމެވެ. އަދި އެންމެ ފަހު ކަމަކަށް ކޮޓްލިން ކަޕީ ކޭކް ސޭންޓު ފުޅުން ހެދުމަށް ށާއި ސޯލް އަށް ސެންޓް ކޮޅެއް ޖަހާލީމެވެ. އަދި އެއަށް ފަހު ކޮޓަރިން ނިކުމެގެން ގޮސް މަންމަ ގާތުގައި ދިހަ ރުފިޔާ ދިނުމަށް ބުނެލީމެވެ. އަހަރެން ރުފިޔާއެއްދޭށޭ ބުނުމުން މަންމަ އާމުކޮށް ދޭ ޖަވާބު ދިނެވެ. ކީއްކުރަންހޭ ކޮންބޭނުމަކުހޭ ކޯޗެއް ގަންނަން ހެއްޔެވެ. އަހަރެން ވެސް ހަމަ އާމުކޮށް ދޭ ޖަވާބު ދިނީމެވެ. ފިހާރާގައި ހުރި ކޮންމެވެސް ކޫސަނި އެއްޗެއް ގަންނަންށެވެ. އެހެން ބުނުމުން މަންމަ މޭޒުމަތީގައި އޮތް ވޮލެޓުން ދިހަރުފިޔާ ނެގުމަށް ފަހު ދިނެވެ.  އަހަރެން އެ ރުފިޔާ ހޭންޑް ބޭގް އަށް ލަމުން ކޮޓަރިން ނިކުތީމައެވެ. އެންމެ ތިރީ ފަލޯ އަށް ފޭބި އިރު ސާރާ އާއި ކޮންމެވެސް އެހެން ފިރިހެނެއް ހުއްޓެވެ. އަހަރެން ސާރާ ކައިރީ ގޮސް ހުއްޓުމުން ސާރާ އަހަރެން ނަށް އެ ފިރިހެން ކުއްޖާ ތަޢާރަފު ކޮއްދިނެވެ. އެއީ ސާރާ ގެ ދޮންބެ އެވެ. އުމުރު 17 އަހަރެވެ. މިދިޔަ އަހަރު ގައި ދިހައަކުން ގްރޭޖުވެޓް ވުމަށް ފަހު ޕެރިސް އަށް ދިޔަ ގޮތަށް އަދި އެ އައީ އެވެ. އަހަރެން ސާރާ ގެ ދޮންބެ އަށް ބަލާލީމެވެ. އަހަރެން ބަލާލުމާއެކު ސާރާ ގެ ދޮންބެ ސަލާމް ކުރަން އަތް ދިއްކޮއްލަމުން ނަން ބުނެލިއެވެ. ” ރިޒްވާން” އަހަރެންވެސް ރިޒްވާން އާއި ސަލާމް ކޮއްލަމުން ތަޢާރަފު ވެލީމެވެ. ” މައިރާ” އަހަރެން ނަން ބުނުމުން ވެސް ރިޒްވާން އަހަރެންގެ އަތަކުން ދުލެއް ނުކުރެއެވެ. އަހަރެން ރިޒްވާން އާއި ދިމާލަށް ދޫކުރާށޭ ބުނާ ފަދަ ގޮތަކަށް ބަލައިލީމެވެ. ނަމަވެސް ރިޒްވާން އަހަރެންގެ އަތަކުން ދުލެއް ނުކުރެއެވެ. އަހަރެން އެންމެފަހު ގައި ހުރި ބާރެއް ލާފައި އަހަރެންގެ އަތް ދަމައިގަތީމެވެ. ސާރާ ހެވިފަ ބަލަން ހުރި އިރު ރިޒްވާން ހަމަ އެހުރިގޮތަށް ކަޅި ޖަހާ ނުލާ އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ. 

 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހީވޭ ކަލާވާހެން-15

Next

އަބަދުވެސް ހިތުގައި (10)

Next
October 3, 2021

އަބަދުވެސް ހިތުގައި (10)

Previews
October 2, 2021

ހީވޭ ކަލާވާހެން-15



All Right Reserved!