ހަފްތާއެއް ފަސް _______________ ޒިވްޔާ އިނީ ކޮލެޖް ބާސްކެޓް ބޯލް ފީލްޑް ކާރީ އޭނާގެ އެކުރިންނާއެކު އިށީންދެއެވެ. “ޒިވީ. ޑައިރީ އަދިވެސް ނުފެނޭތަ؟” ހަޔާލް އެހެން އަހާލީ ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސް ކަމުގެ ސަބަބުނެވެ. “ހުމް. ނުފެނުން. ޒިވީ ހިތަށް އެރި އެއްކަލަ ދުވަހު ބުކްސް ވެއްޓުން ގަނޑީ އެ ނުނަގަ ދެވުނީބާވައޭ.. ބަޓް ދެން އައި އާސްކްޑް އެރައުންޑް.. ބަޓް ނޯވަން ސޯ އިޓް. ސްޓޫޑެންޓް ސެންޓާ އަށް ވެސް ދިޔައިން.. އެކަމު […]
އައްސަލާމް އަލައިކުމް. މިވާހަކައިގެ ޓްރެއިލާއަށް ލެވިފަ އިން ފޮޓޯގަ އަޅުގަނޑަށް ޖެހިފައި އިނީ ނުބައި ނަމެއްކަން އަޅުގަނޑަށް އެނގުނީ ވަރަށް ފަހުންނެވެ. މިވާހަކައިގެ އަސްލު ނަމަކީ ‘ހިތް ދެވިއްޖޭ ކަލާއަށް ޓަކައިއެވެ’. އަދި ‘ހިތް މަގޭ ކަޅިވެފައި’ އެއީ އަޅުގަނޑު ވަރަށް ކުރިން ލިޔަން ފަށާފައި ހުއްޓާލާފައިވާ ވާހަކައެއްގެ ނަމެކެވެ. އެހެންކަމުން އެއްވެސް އޮޅުމެއް އަރާފާނެތީވެ މިކަން ކިޔުންތެރިންނާއި ހިއްސާކޮށްލީމެވެ. — ====== ޒިވްޔާއަށް އަނބުރާ ކޮލެޖަށް އާދެވުނީ ވަރަށް ލަސްވީ ފަހުންނެވެ. އޭރު އޭނާގެ ރަހުމަތްތެރިން […]
ކަނޑުގެ ލޮނުގަނޑުގެ ތެރެއިން އިރުގެ ރަން ދޯދިތައް ތޮޅެލުމާއެކު ރަށުތެރެއިން ހާ ގޮވާ އަޑު އިވެން ފެށިއެވެ. އިސާހިތަކު އެ ދޯދިތައް ރަށުތެރެއަށް ފެތުރި، ރަސްކަން ކުރަން ފަށައިފިއެވެ. މާ ގިނަ އިރެއް ނުވެ، ދޫނި ސޫފާސޫފިތައް ވެސް އެސޮރުމެންގެ ހާލިތައް ދޫކޮށް އެދުވަހުގެ މަސައްކަތް ފަށައިފިއެވެ. އެހެންކަމުން މުޅި ޖައްވު ތެރޭގައި ގުގުމާމުން ދިޔައީ އެސޮރުމެންގެ މިއުޒިކެއްފަދަ ނަލަނަލަ އަޑުތަކެވެ. އިރުގެ ދޯދިތައް ގަސްތަކުގެ ފަތްފަކުގެ ތެރެއިން ފޭދެމުން ގޮސް ގޭތަކަށް ވެސް އަލިކަން ގެނެސްދޭންފެށިއެވެ. […]
ހިތް ދެވިއްޖޭ ކަލާއަށްޓަކައި __________________ 17 އަހަރުގެ ޒިވްޔާއަކީ އެސްފިޔަ ވެބްސައިޓުގައި ‘އޭރިއެލް’ ނަމުގެ ފަރުދާގައި ވާހަކަ ލިޔާ ކުޅަދާނެ ލިޔުންތެރިއެކެވެ. އޭނާ ލިޔާ ލޯބީގެ ވާހަކަތަކުން ކިޔުންތެރިންގެ ފަރާތުން އެތަކެއް ތަރުހީބެއް ލިބެއެވެ. އެހެންނަމަވެސް އޭނާއަށް ލޯތްބަކީ ކިހާވަރެއްގެ އެއްޗެއް ކަމެއް އޭރަކު ނޭނގެއެވެ. …… ޒިވްޔާގެ ނަޒަރު ހުއްޓިފައި ވަނީ ކެފޭގެ އެންމެ ދުރު ކަނުގައި އިން މޭޒުދޮށުގައި އިން އައިކަން އަށެވެ. އައިކަން އަކީ ކުރެހުންތެރިއެކެވެ. އޭނާގެ ކުރެހުންތައް ކިތަންމެ ފުރިހަމަ ނަމަވެސް […]
Hi guys. First of all.. I’m really really sorry. I haven’t been in touch for quite a long time even after the olevel exam. But kinda did need a break back then. But now I’m back. Kind of. Secondly, I’m gonna say sorry yet again. Cuz this isn’t a chapter. But this is a really […]
Hii.. I’m the author of both ‘Annandhen hunnaanan loabin’ and ‘loabi eyge aslugai’. I’ve decided to write a dhivehi story on wattpad. Well actually I’ve already started writing it n have already uploaded the first chapter. Storyge name aky ‘Hiy Magey Kalhivefai’. Here’s the description: އެންމެ ފުރަތަަމަ ދުވަހުއްސުރެ ވެސް މިލާން ބޭނުންވީ އޭނާގެ ދިރިއުޅުމަށް އަސަރު ކުރާނެ […]
“ވަޓްސް ރޯންގް ވިތު ޔޫ؟” އާލިޔާ ހަޅޭއްލަވައި ގަތް އަޑު ސްކޫލް ހޯލް ތެރޭގައި ގުގުމާލިއެވެ. އެއާއެކު ސިހިފައި އެންމެން އަޑު އައި ދިމާއަށް ބަލައިލިއެވެ. އެވަގުތު ބިންމަތީގައި އޮތް އާލިޔާގެ ދަބަސް އެމީހުނަށް ފެނުނެވެ. އޭގެ ތެރެއިން ސިގިރޭޓް ފޮށްޓެއް ވެއްޓިފައި އޮތެވެ. ކައިރީގައި ޔަކްޒަލް ހުއްޓެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ބަލަހައްޓައިގެން ހުރީ އެ ސިގިރޭޓް ފޮށްޓާއި ދިމާއަށެވެ. “ޔޫ ސްމޯކް؟” އޭނާއަށް އަހާލެވުނީ ގަބޫލު ނުކުރެވިފައެވެ. “އިޓްސް ނަން އޮފް […]
“ލިޔާ. އައިމް ސޮރީ.” އާލިކްގެ އަޑު އާލިޔާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ވަގުތުން އޭނާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ފަސް އެނބުރި އާލިކް އާއި ދިމާއަށް ބަލައެއް ނުލައެވެ. “އައި ރިއަލީ އޭމް ސޮރީ، ލިޔާ.” ދެވަނަ ފަހަރަށް އާލިކް ބުނި އަޑު އިވުނެވެ. ދެން ވެސް އާލިޔާއަށް ހަމަ ހުރެވުނީއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އާލިޔާ އަކަށް ނޭނގުނެވެ. ދެން ހިތްހަމަޖައްސާލަންވީ ކަމެއް ރުޅިއަންނަން ވީ ކަމެއް ވެސް ނޭނގުނެވެ. މަޢާފު […]
އާލިކް އަކީ އާލިޔާގެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. އާލިކް އާއި އާލިޔާ އަކީ ދުޝްމިނުން ދެ އާއިލާގެ ކުދިން ކަމުގައި ވީ ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ހަސަދައެއް ނުލައެވެ. ދެކުދިންގެ އާއިލާ އެކަމާ ކިތަންމެ ނުރުހުންވިއެވެ. ނަމަވެސް އެއަށްވުރެ އެކުދިންގެ އެކުވެރިކަން މާ ބޮޑަށް ވެސް ވަރުގަދައެވެ. އޭރު އާލިކް އަކީ ސްކޫލްގެ އެންމެންގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ކިޔަވަން މޮޅުވެފައި، އެންމެންނާ ވެސް ގުޅިގެން އުޅޭތީއެވެ. ހިތްހެޔޮ ކަމުންނެވެ. އެންމެ ދަށްފަންތީގެ މީހާއަށް […]