“ލިޔާ. އައިމް ސޮރީ.” އާލިކްގެ އަޑު އާލިޔާގެ ކަންފަތާއި ހަމައަށް ފޯރިއެވެ. ވަގުތުން އޭނާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ފަސް އެނބުރި އާލިކް އާއި ދިމާއަށް ބަލައެއް ނުލައެވެ.

“އައި ރިއަލީ އޭމް ސޮރީ، ލިޔާ.” ދެވަނަ ފަހަރަށް އާލިކް ބުނި އަޑު އިވުނެވެ. ދެން ވެސް އާލިޔާއަށް ހަމަ ހުރެވުނީއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އާލިޔާ އަކަށް ނޭނގުނެވެ. ދެން ހިތްހަމަޖައްސާލަންވީ ކަމެއް ރުޅިއަންނަން ވީ ކަމެއް ވެސް ނޭނގުނެވެ. މަޢާފު ގަބޫލު ކުރަންވީ ހެއްޔެވެ؟ ނުވަތަ މަޢާފު ނުކޮށް އަބަދަށް ހުންނަން ވީ ހެއްޔެވެ؟

ކޮންމެއަކަސް ހަޤީގަތް އެނގެން އޭނާ ބޭނުންވެއެވެ. އާލިކް އެހާ ކުއްލިގޮތަކަށް އަންގާނުލައި ދިޔައީ ކީއްވެ ކަމެވެ. ކޮންތާކަށް ކަމެވެ. އާލިޔާއަށް ވިސްނުނީ އާލިކްގެ ޖަވާބަށް ބެލުމަށް ފަހު މަޢާފު ކުރަންވީ ކަން ނުވަތަ ނޫންކަން އާލިޔާ ނިންމާށެވެ.

މަޑުމަޑުން އާލިޔާ އާލިކާއި ދިމާއަށް އެނބުރުނެވެ. އޭނާގެ ހިތުގައި ބޮޑު ހައިޖާނުގަނޑެއް އުފެދިފައިވީ ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަން ނެތެވެ. އެ މޫނުމަތީގައި އުފާވެރިކަމެއް ވެސް އަދި ހިތާމަވެރި ކަމެއް ވެސް ފެންނާކަށް ނެތެވެ. އިނގިރޭސިން ބުނާނަމަ ‘ބްލޭންކް ފޭސް’ އެކެވެ. ނުވަތަ ‘އިމޯޝަން ލެސް ފޭސް’ އެކެވެ.

 

“ކީއްވެ؟” އާލިޔާގެ އަތްފައި ތުރުތުރު އަޅަމުން ދިޔަ ނަމަވެސް އެކަން އާލިކަކަށް އޭނާ ނުދައްކައެވެ. އޭގެ ބަދަލުގައި އޭނާގެ ރާގުން އިވިގެން ދިޔައީ ހަރުދަނާ ކަމެވެ. ކެރުމެވެ. އޭނާ ބޭނުންވީ އޭނާ އަކީ މިހާރު، ކުރިން އަބަދު ހަނގާގެ ޝިކާރައަކަށް ވެފައި ބިތް ޖެހިފައި އިންނަ އާލިޔާ ނޫންކަން ދައްކާދޭށެވެ. އޭނާ ދައްކާދޭން ބޭނުންވީ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ކެރޭ އަންހެނެއް ކުއްޖެއް ކަމެވެ.

“ކީއްވެ ދިޔައީ؟ އަހަރެން މަޢާފު ކުރާނީ ހަޤީގަތް އެނގުމަށް ފަހު.” އާލިޔާ ބަލާލީ ސީދާ އާލިކްގެ ލޮލަށެވެ. އޭނާގެ ކިބައިން ފެނިގެން ދިޔައީ ސާބިތު ކަމެވެ.

“އޭގެ ކުރިއަކުން އާލިކަށް ނުލިބޭނެ އަހަރެންގެ މަޢާފު ކީއްކުރަން ޒައްރެއްގެ މިންވަރުގެ ސިންޕަތީއެއްވެސް އަހަރެންގެ ކިބައިން ނުލިބޭނެ.” އާލިޔާ ހަރުކަށި ކަމާއެކު ބުނެލިއެވެ.

އާލިކް ދެރަވިއެވެ. އާލިޔާ އޭނާއާއި ދިމާއަށް ނަމުން ގޮވީމައެވެ. އޭނާ އުންމީދު ކޮށްގެން ހުރީ ދެންވެސް އާލިޔާ އޭނާ އާއި ވާހަކަ ދައްކާނީ ‘އާލް’ ކިޔައިގެން ކަމަށެވެ.

“އައި ކާންޓް ޓެލް ޔޫ. ލިޔާ.. އައިމް ސޮ-”

 

“ސޭވް އިޓް! ދެޓްސް އިނަފް! އާލިކް ތީ ތިހާ ފިނޑިމީހެއް ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަން. އެން ލިސެން. އާލިކް ތިއިން އެއްވެސް ޙަޤީގަތެއް ނުކިޔާދޭ ހިނދަކު އަހަރެން ވެސް ހުންނާނީ އަހަރެންގެ ގޮތުގައި. އަހަރެންގެ މަޢާފު ޙައްޤުވި ދުވަހަކުން އަހަރެން ދޭނަން. އެކަމަކު އޭގެ ކުރިން.. އެދުވަސް އައިސް ޖެހެންދެން އަހަރެންނަކީ އައިންތު އާލިޔާ ހާލިދު ކަން ހަނދާން ބަހައްޓާތި.” އެހެން ބުނެފައި އާލިޔާ އެތަނުން ދާން ހިނގައިގަތެވެ.

‘އޭނާ އަކީ އައިންތު އާލިޔާ ހާލިދެއް ނޫނެވެ. އޭނާ އަކީ އީވާންސްއެއް ނޫނެވެ.’ އާލިޔާ ހިތާ ހިތުން ބުނެލިއެވެ. ‘ނަމަވެސް އާލިކަށް އެކަން އަންގާކަށް ނުޖެހެއެވެ.’

 

އާލިކް ހުރި ގޮތަށް ހުއްޓެވެ. އޭނާގެ މޭގައި ވޭން އަޅަމުން ދިޔައެވެ. “އައިމް ސޮރީ ލިޔާ. އައި ރިއަލީ ވިޝް އައި ކުޑް ޓެލް ޔޫ.. ބަޓް އިފް އައި ޑޫ ދެޓް.. ޔޫ ވިލް ލޫޒް އެވްރީތިން ޔޫ ހޭވް ގޮޓް. ލައިކް އައި ޑިޑް.” އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާ އެންމެ ދެރަވީ އާލިޔާ އޭނާ އަކީ އަދިވެސް ހާލިދުގެ ދަރިއެއް ކަމަށް ބުނީމައެވެ. އާލިޔާ އަށް ހަޤީގަތް އެނގުނު ދުވަހަކުން އޭނާ ވެސް ހަޤީގަތް ކިޔާދޭން އަލިކް ނިންމިއެވެ. ހާލިދު މެން އެވާހަކަ އާލިޔާ ގާތު ބުނާ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ.

ނަމަވެސް އާލިކަށް ނޭނގުނު ކަމަކީ އެދުވަސް އައިސް ފަހަނަ އަޅައި ގޮސްފި ކަމެވެ. އާލިޔާ އޭނާ އަކީ ހާލިދުގެ ދަރިއެއްކަމަށް ބުނީ ހަޤީގަތް އެނގިހުރެ ކަމެވެ. މިއީ އާލިޔާއަށް އާލިކްގެ ހަޤީގަތް ކިޔާދޭން އެންމެ ރަނގަޅު ވަގުތު ކަމެވެ.

 

………….

 

އާލިޔާ ދިޔަ ގޮތަށް ދިޔައީ ކެންޓީނަށެވެ. އޭރު އެތާނގައި މަދު ކުދިންތަކެއް ތިއްބެވެ. އެއީ ލަންޗް ގަނޑިއެއް ނޫނެވެ. ނަމަވެސް ކެންޓީނުގައި އަބަދުވެސް ކޮންމެވެސް ބަޔަކު ތިބޭނެއެވެ. އެއްލި ކަޅިއަކުން އާލިޔާއަށް ފެނުނީ މޭޒެއް ދޮށުގައި އިށީނދެލައިގެން ތިބި ދެ ލޯބިވެރިންނެވެ. ދެމީހުން އަތް ގުޅުވާލައިގެން ތިބި އިރު ތިބީ އެކަކު އަނެކަކުގެ ބޮލުގައި ބޯ ޖައްސާލައިގެނެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެކެވެ.

‘ފޭކް’ އާލިޔާ ހިތާ ހިތުން ބުނެލިއެވެ.

 

“ޑޫ ޔޫ ބިލީވް އިން ލަވް؟” ފަހަތުން އަޑެއް އިވިގެން އާލިޔާ ފަސް އެނބުރި ބަލާލިއެވެ އަދި ބުމަ އަރުވާލިއެވެ. “ވަޓް އާ ޔޫ ޑުއިން ހިޔާ؟” އާލިޔާ އެއްސެވެ. ޔާޒަން އޭނާ ހިފައިގެން އައި ދެ ކޮފީ ތަށި މޭޒުމަތީ ބަހައްޓާލިއެވެ. “އާލިޔާ މިތަނަށް ވަންތަން ފެނުނީމަ އައީ. މައި ފޭވް ސްޓޫޑެންޓްގެ ހާލު ބަލައިލަން.” ޔާޒަން ޖެއްސުމަށް ބުންޏެވެ. އަދި އާލިޔާގެ ކުރިމަތިން އިށީނެވެ. “ކޮފީ ބޮން ދޯ؟”

“ޔެޕް.” އާލިޔާ އެތަނުން އެއް ކޮފީ ތަށި ނެގިއެވެ.

“ސޯ ޑޫ ޔޫ ބިލީވް އިން ލަވް؟” ޔާޒަން އަހާލިއެވެ. “އައި ތޯޓް ޔޫ އާ މައި ޓީޗާ.” އާލިޔާ ރައްދު ދިނެވެ. “އައި އޭމް. ނައު ބުނެބަ.” ޔާޒަން އަނެއްކާވެސް އެއްސެވެ.

“ޑޯންޓް ޔޫ ތިންކް އިޓްސް އިނެޕްރޮޕްރިއޭޓް ޓު ޓޯކް ޓު ޔުއާ ސްޓޫޑެންޓް އެބައުޓް އިޓް؟” އާލިޔާ އެއްމިޔަކަނުން ހީލިއެވެ. “ވެލް ބިސައިޑް ބީއިން ޔުއާ ޓިއުޝަން ޓީޗާ.. އައިމް އެ ފެލޯ ސްޓޫޑެންޓް ހިޔާ.” ޔާޒަން އޭނާގެ ކޮފީ ތަށިން ކޯވަރެއް ބޯލިއެވެ.

 

“ފަސްޓް ޔޫ އާންސާ. ޑޫ ޔޫ ބިލީވް އިން ލަވް؟” އާލިޔާ އެހީ ޔާޒަން ގާތުގައެވެ. “ޔެސް. އައި ޑޫ. ކަޒް އިޓް އިޒް ވަޓް ލައިފް އިޒް އެބައުޓް. ލަވް އެން ހެޕިނެސް.”

އާލިޔާ މޫނު މައްޗަށް ގޮތެއް ހަދާލިއެވެ.

“ޔުއާ ޓާން. އާލިޔާ. ޑޫ ޔޫ ބިލީވް އިން ލަވް؟” އަނެއްކާ ވެސް ޔާޒަން އާލިޔާ ގާތު އަހާލިއެވެ.

“ނޯ. އައި ޑޯންޓް.” މިފަހަރު ވަގުތުން އާލިޔާ ޖަވާބު ދިނެވެ.

“ވައި؟ ކީއްވެ؟” ޔާޒަން ޝައުޤުވެރިކަމާއެކު އަހާލިއެވެ.

“ބިކޯޒް ލަވް އިޒް ފޭކް. އެއީ ޙަޤީގަތެއް ނޫން. ބިލާހެއް. ވާހަކަތަކާއި ފެއާރީ ޓޭލްސްގަ ހިނގާ ކަންކަން. އެއީ ކުޑަކުދީންނަށް ކިޔާދޭ އެއްޗެއް. މުޅިން ދޮގު ވާހަކަތަކެއް! ލޯބި… އެހް. އެއީ ބޮޑު ފްލޯކް ވާހަކަ އެއް…” އާލިޔާ އެހެން ބުނުމުން ޔާޒަން ބުމަ އަރުވާލިއެވެ.

“ޔާޒަން. ލެޓް މީ ޓެލް ޔޫ ދިސް. ޔޫ ކޭމް ފްރޮމް ދި ރޯންގް ސައިޑް އޮފް ލައިފް. ޔޫ ކޭމް ފްރޮމް ދި އަންރިއަލިސްޓިކް ސައިޑް. ބަޓް އައި ކޭމް ފްރޮމް، ސްޓިލް ލިވް އެން ވިލް އޯލް ވޭސް ލިވް އެން ބިލޯންގް އިން ދިސް ސައިޑް އޮފް ލައިފް. ދި ރިއަލް ސައިޑް. މީ ހަގީގީ ދުނިޔެ އަކީ. ދިރިއުޅުމަކީ. ލޯތްބެއް ނޫން އޮންނަނީކީ. ފޭކް އެން ހޭޓް.” އާލިޔާ ބުންޏެވެ.

 

“ހުމްމްމް. އެހެން؟ އެންމެ ރަނގަޅު. ގަބޫލު ކުރަންތަ ހެޕީ އެންޑިން…” ޔާޒަންގެ ބަސް އަނގައިގައި އޮށްވައި އާލިޔާ ވާހަކަ ދައްކަން ފެއްޓިއެވެ.

“ނޫން. ނޮޕް. ނަޑަ! ތީ އަނެއް ފްލޯކު. ޔާޒަން. ލައިކް އައި ސެއިޑް ބިފޯ… ލަވް އެން ހެޕީ އެންޑިންގްސް ޑޯންޓް އެގްޒިސްޓް. އެއީ ހުވަފެނީ އާލަމްތަކުގަ ވާކަންކަން. ސްޓޯރީސް.. ފެންޓެސީސް ގަ. މީސްމީހުންގެ ދިރިއުޅުމަށް ބަލައިލާފަ ބުނެވިދާނެ ވަރަށް ހެޕީ ބައެކޭ. އެކަމް ލޯތަކަށް ފޮރުވިފައި އޮންނަ ޙަޤީގަތެއް ނޭނގޭނެ އެކަކަށް ވެސް. ހަޤީގަތް އިންނަނީ ފަސް އެޅި ވަޅުލެވިފައި. އެންމެންގެ ލޯތަކަށް ވަންހަނާ ވެފަ.

“ދި ހޭޓް.. ދި ޕެއިން.. ދި ބިޓްރޭޔަލް.. ދި ސަފަރިން.. ދި ސޭޑްނެސް.. ދި ކޯލްސް ފޯ ހެލްޕް.. އިޓްސް އޯލް ލޮކްޑް އިން ވަން ޕްލޭސް ސޯ ނޯވަން ކޭން ސީ. ދި ސްމައިލްސް.. ދި ލާފްޓާ.. ދޭ އާ އޯލް ފޯސްޑް. ދޭ އާ ފޭކް. މީހުން ހައްލަން ވެގެން އެހެން ހަދަނީ.” އާލިޔާ ޔާޒަންގެ ލޮލަށް ބަލައިލިއެވެ.

“ބިސައިޑްސް… އަހަރެމެން އެންމެން ވެސް ކޮންމެވެސް ދުވަހަކުން މަރުވާނެ. ގިނަ މީހުން އެތަކެއް ވޭނެއްގައި އުޅެފަ ސްމައިލް ވާނެ ފުރުސަތު ވެސް ނުލިބި… ޔާޒަން. ތިންކް އެބައުޓް އޯލް ދިސް. ހެޕީ އެންޑިން އިޒް ނަތިން ބަޓް އެ ޕީސް އޮފް ޝިޓީ ލައި! ދެޓްސް ދި ސޭޑް ޓްރުތް. އެކްސެޕްޓް އިޓް. ލައިފް އިޒްންޓް އޯލް ރެއިންބޯސް އެންޑް ޔުނިކޯންސް.”

 

“ޔޫ އާ ސޯ އިންޓެރެސްޓިން، އާލިޔާ. ލެޓްސް ޕްލޭ އެ ގޭމް. ޝޯލް ވީ؟” ޔާޒަން ދަތް ދޮޅީގައި އަތް ވިއްދާލަމުން އަހާލިއެވެ. “ނޮޓް އެގްޒެކްޓްލީ އެ ގޭމް. ދިސް އިޒް އެ ސީރިއަސް ވަން. ސޯ އާ ޔޫ އިން އޮރ އައުޓް؟”

“އައިމް އިން.” އާލިޔާ ވެސް ޔަޒާން އާއި ދިމާއަށް ބަލައިލިއެވެ. “އައި ނެވާ ބެކް އައުޓް އޮފް އެ ގޭމް. ސޯ ވަޓް އިޒް ދިސް އެބައުޓް؟”

“އައި ވިލް ޝޯ ޔޫ އެން މޭކް ޔޫ ބިލީވް ދެޓް ހަގީގީ ލޯތްބި އެން އުފާވެރިކަމަކީ ތެދެއްކަން. ޔޫ ވިލް ޕްރޫވް މީ ދެޓް ލަވް އެން ހެޕިނެސް އިޒް ނަތިން ބަޓް ފޭކް. ބަޓް ދެޓް ހޭޓް އިޒް ވަޓް އެގްޒިސްޓްސް. މިއަހަރު ތެރޭ އެކަން އަހަރެންނަށް ކުރެވިއްޖެއްޔާ ޖެހޭނެ އަހަރެން ބުނާ ކަމެއް ކުރަން.” ޔާޒަން އާލިޔާ އާއި ކައިރި ވެލިއެވެ.

 

“ތިކަން ކާމިޔާބު ނުވެއްޖެއްޔާ؟ ވަޓް އިފް އައި ވިން؟” އާލިޔާ ކޮފީތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު ގޮނޑިން ތެދުވަމުން ޔާޒަން އާއި ކައިރިވެލިއެވެ.

“ދެން އައި ވިލް ހޭވް ޓު ޑޫ ވަޓް ޔޫ އާސްކް މީ ޓު ޑޫ.” ޔާޒަން ޖަވާބު ދިނެވެ.

“ޑީލް؟” އާލިޔާ ސަލާމަށް އަތް ދިއްކޮށްލިއެވެ. “ޑީލް.” ޔާޒަން އޭނާގެ އަތުގައި ހިފައި ސަލާމް ކުރިއެވެ. ދެމީހުންގެ ތުންފަތްމަތީގައި ވެސް ހިނިތުންވުމެއް ވިއެވެ.

 

“ދެން ގެޓް ރެޑީ ޓު ބީ މައި ޕެޓް ޑޯގް ފޯ ދި ރެސްޓް އޮފް ދި އިޔާ، ނިއު ބޯއި!” އާލިޔާ ދުރަށް ހިނގައިގަންނަމުން ގޮވާލިއެވެ. “ޑޯންޓް ބީ ސޯ ކޮންފިޑެންޓް އާލިޔާ. ވީ ޑޯންޓް ނޯ ވަޓް ދި ފޭޓް ހޯލްޑްސް! އިޓް މައިޓް ބީ މީ ހޫ ވިންސް އެޓް ދި އެންޑް!” ޔާޒަން ވެސް ގޮވާލިއެވެ.

‘ދިސް އިޒް ގޮނާ ބީ ފަން. އައި ވިލް ޓީޗް ހިމް ހައު ފޭކް.. ލައިފް ރިއަލީ އިޒް.’ އާލިޔާގެ ހިތަށް އެރިއެވެ.

🦋🦋🦋🦋🦋🦋🦋

Hi guys I’m sorry for not writing ehaa gina dhuvas vandhen.. Iwas kinda busy.. Hope ު guys love this part.

Shyyyms🦋

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!