Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 3

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
April 16, 2026 5 Mins Read
5 Comments

ހަފްތާއެއް ފަސް

_______________

ޒިވްޔާ އިނީ ކޮލެޖް ބާސްކެޓް ބޯލް ފީލްޑް ކާރީ އޭނާގެ އެކުރިންނާއެކު އިށީންދެއެވެ. “ޒިވީ. ޑައިރީ އަދިވެސް ނުފެނޭތަ؟” ހަޔާލް އެހެން އަހާލީ ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސް ކަމުގެ ސަބަބުނެވެ. “ހުމް. ނުފެނުން. ޒިވީ ހިތަށް އެރި އެއްކަލަ ދުވަހު ބުކްސް ވެއްޓުން ގަނޑީ އެ ނުނަގަ ދެވުނީބާވައޭ.. ބަޓް ދެން އައި އާސްކްޑް އެރައުންޑް.. ބަޓް ނޯވަން ސޯ އިޓް. ސްޓޫޑެންޓް ސެންޓާ އަށް ވެސް ދިޔައިން.. އެކަމު ވެސް ފެންނަ ގޮތެއް ނުވި..” “ދެން ކިހިނެއް ހަދާނީ؟ އަޅޭ.” ޔަޝްމީ ވެސް ވަރަށް ދެރަވިއެވެ. “ޒިވީ.. ނިއު ޑައިރީ އެއް ގަންނަން ވީނު ދޯ ދެން.” ހަޔާލް ހިޔާލެއް ދިނެވެ. “ޒިވީ ޑައިރީ ލިޔާތީވެ ޒިވީގެ މާމަ ދިން ބުކް އެކޭ އެއީ. އިޓްސް ވަރަށް ސްޕެޝިއަލް ޓު މީ.” ޒިވްޔާ ހުރީ ވަރަށް ވެސް ދެރަވެފައެވެ. “އޯވް. އަޅޭ.. ވެލް ޒިވީ.. މިހެން ހަދަމާ.. ޔޫ ކޭން ޔޫޒް އެ ޓެމްޕޮރަރީ ޑައިރީ ފޯ ނައު.. އެހެން ހަދަމާ ފޯ ނައު ދޯ؟ ޒިވީ ތިހާ ދެރަވެފަ އިނީމަ އައިމް އޯލްސޯ ސޭޑް.” ޔަޝްމީ ޒިވްޔާ ގައިގައި މަޑުމަޑުން ބައްދާލިއެވެ.

“ހެއި. ހަޔާ.” ބާސްކެޓް ކުޅެން ހުރި ޔަޝްމީގެ ކަޒިން، ވިޝާލް އައިސް ހަޔާލަށް ގޮވާލިއެވެ. “ހެއި.” ހަޔާލް ޖަވާބު ދިނެވެ. އެއާއެކު ޔަޝްމީ އާއި ޒިވްޔާ ގާތަށް ހިނިއައެވެ. “ހަޔާ އެކަނިތަ ފެންނަނީ ވިޝާލް؟ މަވެސް އެބަހުރީމޭ.” ޔަޝްމީ ޖެއްސުމަށް ބުނެލިއެވެ. އެއާއެކު ވިޝާލް ރަކިވިއެވެ. އޭނާއަށް ހަޔާލް ކަމުދާކަން އެކުދިނަށް އެނގޭތީއެވެ. ހަޔާލް ވަގުތުން ޔަޝްމީ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ޒިވީ. ހެއި. ކޮބާ ބުކް ފެނިއްޖެ؟” ވިޝާލް ބެލީ މައުލޫ ބަދަލު ކުރެވޭތޯއެވެ. “ނުފެނޭ އަދިވެސް.” ޒިވްޔާ ޖަވާބު ދިނެވެ.

“ހިނގާ ކްލާސް ނިންމާފަ ޔުއާ ފޭވް ޕިއްޒާ ޕްލޭސް އަށް ދާން ދޯ؟” ވިޝާލް އެހެން ބުނީ ޒިވްޔާ ހިތްހަމަ ޖައްސާދޭށެވެ. “ޔެއާ. ހިނގާބަ ދާން ޒިވީ.” ޔަޝްމީ ވެސް އެއްބަސް ވެލިއެވެ. ވިޝާލަށް ޒިވްޔާ އަކީ ޔަޝްމީ ފަދައިން ކޮއްކޮއެކެވެ.

އެންމެފަހުން އެންމެން ޕިއްޒާ ކާން ބުނަން ފެށުމުން ޒިވްޔާ އެއްބަސް ވިއެވެ.

 

………..

4 މީހުން ޕިއްޒާއަށް އީޑަރު ދީފައި މޭޒުދޮށުގައި އިށީނެވެ. ވާހަކައިގައި ހުއްޓާ ދޮރުހުޅުވުނެވެ. އެވަގުތު ޒިވްޔާއަށް އިނދެވުނީ އެދިމާއަށް ބަލަހައްޓައިގެނެވެ. އޭނާ ސިހުނީ ވަދެގެން އައި މީހާ ފެނިފައެވެ. އެއީ އެއްކަލަ ޒުވާނާއެވެ. އެއާއެކު ޒިވްޔާ މޫނު ކުނިކޮށްލިއެވެ.

އައިކަން ވަދެގެން ގޮސް ކައުންޓާ ކާރިއަށް ހުއްޓެލިއެވެ. އަދި ވަށައިގެން ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޒިވްޔާއެވެ. އޭރު މޫނަށް ގޮތެއް ހަދައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިން ޒިވްޔާ އޭނާއަށް ފެނުނެވެ. އެއާއެކު އޭނާއަށް އެއްމިޔަކަނުން ހީލެވުނެވެ. އަދި ޒިވްޔާ އާއި ދިމާއަށް އެއް ލޯ މަރާލިއެވެ.

ޒިވްޔާ ދިޔައީ އެއްލިގެނެވެ. “ވަޓް ދި ހެލް؟” އޭނާއަށް ބުނެވުނެވެ. އެއަޑު އިވިފައި ޔަޝްމީ އޭނައަށް ބަލާލިއެވެ. “ވަޓް ހެޕެންޑް؟”

“ނަތިން.” ޒިވްޔާ އަވަސް އަވަހަށް ބުނެލިއެވެ. ‘ވައި ވޯޒް އައި އީވެން ސްޓޭރިން އެޓް ހިމް؟؟ އައިމް ސޯ އެމްބެރޭސްޑް!’ ޒިވްޔާ އަމިއްލަ މީހާއަށް ކުދިކިޔަންފެށިއެވެ. އަދި އެއްފަހަރު އެ ޒުވާނާ އާއި ދިމާއަށް ބަލާލިއެވެ. އޭރު އެޒުވާނާ ހުރީ ކައުންޓާގައި ހުރި ކުއްޖާ އާއި ވާހަކަ ދައްކާށެވެ.

“ހެއި. ލުކް. ވަރަށް ހޮޓް ގާއި އެއް އެހެރީ.. އޯ އެމް ޖީ.” ޔަޝްމީ ޒިވްޔާ ގައިގައި ކޮށްޓާލާފައި ދެއްކީ އައިކަނެވެ. “ވަޓް؟” ޒިވްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެވަގުތު އެ އައިކަން އެދިމާއަށް އެނބުރުނެވެ. ޒިވްޔާ ވަގުތުން މޫނު އަނބުރާލިއެވެ. ‘ސްޓޮޕް ލުކިން އެޓް ހިމް ވުމަން!’ އަނެއްކާވެސް ޒިވްޔާ އަމިއްލަ މީހާއަށް ކުދިކިޔަންފެށިއެވެ.

“ހީ އިޒް ލުކިން އެޓް އަސް! ޒިވީ.. އޮހް.. ހީ.. ހީ އިޒް ކަމިން ދިސް ވޭ!” ޔަޝްމީ ޒިވްޔާގެ ގައިގައި ވިކާލިއެވެ. ވީތަދުނެ ޒިވްޔާ ހަޅޭލަވައިގަތެވެ. އަދި އެނބުރި އެޒުވާނާއާއި ދިމާއަށް ބަލާލިއެވެ. އޭރު އެޒުވާނާ ޒިވްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ އެދިމާއަށް އަންނަނީއެވެ. ޒިވްޔާގެ ދެލޯ ބޮޑުވިއެވެ. އަދި އަނެއްކާވެސް އެނބުރުނެވެ. ‘ވައި އިޒް ހީ ކަމިން ދިސް ވޭ؟ އޮހް ނޮ..’ ޒިވްޔާ ހުރީ ވާނުވާގައެވެ. ‘ނަހް. މިދިމާއަކަށް ނޫން އެއަންނަނީ.. އެހެން މޭޒެއް ކާރިއަށް… ޕިސްޕިސް. މި ޔަޝްމީއަށް ހީވާ އެއްޗެއް އެއީ.’ ޒިވްޔާ ހިތާހިތުން އެހެން ބުނި ނަމަވެސް ހުދު އޭނާއަށް ވެސް ހުރީ އަމިއްލަ ބަސްތައް ގަބޫލު ނުކުރެވިފައެވެ.

“ހެއި.” ދެން އިވުނީ އެ ޒުވާނާގެ އަޑެވެ. ޒިވްޔާ އާއި ޖެހިގެނެވެ. ޒިވްޔާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އޭނާ އަވަސް އަވަހަށް އެ ޒުވާނާއާއި ދިމާއަށް ބަލާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ޒުވާނާގެ ލޮލާއި ލޯ ދިމާވުމުން ޒިވްޔާގެ އަތް ފައި ފިނިވެގެން ދިޔައެވެ. ‘އޯހް ގޯޑް.’ ޒިވްޔާއަށް ހިތާހިތުން ބުނެވުނެވެ.

 

އައިކަނަށް ޒިވްޔާގެ ދެލޯ ބޮޑުވެގެން ދިޔަތަން ފެނުމުން ހިނިއައެވެ. އެހެންނަމަވެސް އޭނާ ދެން ބަލާލީ ޒިވްޔާމެން މޭޒު ދޮށުގައި އިން ވިޝާލަށެވެ. “ހެއި މޭން.” ވިޝާލް ތެދުވެފައި އައިކަނާއި ސަލާމް ކޮށްލިއެވެ. “މިތާ ކީއްކުރަނީ؟”

ޔަޝްމީ ޒިވްޔާ ގައިގައި އަނެއްކާވެސް ވިކާލިއެވެ. “ޔަޝް!!” ޒިވްޔާއަށް ތަދުވިއެވެ. އޭރު ޔަޝްމީ ހުރީ ހެވިދިލިފައި އެޒުވާނާއަށް ބަލަހައްޓައިގެނެވެ.

“މިއައީ ލީން އަށް ޕިއްޒާއެއް ގެންދަން އޯޑާ ދޭން. ޑޫ ޔޫ މައިންޑް އިފް އައި ސިޓް ވިތު ޔޫ ގައިސް؟” އައިކަން ޒިވްޔާ އާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. ހީވާ ކަހަލައެވެ. އެ ސުވާލު އެއީ ޒިވްޔާއަށް އެހި ސުވާލެކެވެ. “އޮފްކޯޒް މޭން. އިށީނދެލާ.” ގޮނޑިއެއް ކާރި ކޮށްލަމުން ވިޝާލް ބުނެލިއެވެ. އެއާއެކު އައިކަން އިށީނދެލިއެވެ. “ހާދަ ބައިވަރު ބިޓުންނެކޭ ގޮވައިގެން ކަލޭ ތީނީ؟” އޭރުވެސް އޭނާގެ ދެލޯ ހުރީ ޒިވްޔާއަށް އަމާޒުވެފައެވެ. ޒިވްޔާގެ ދެލޯ އިތުރަށް ބޮޑުވި ކަހަލައެވެ. ‘ދިސް ފިރިހެނާ!’ ޒިވްޔާގެ ދަތް ކުނޑި ވިކިގެން ދިޔައެވެ.

“ސާބަސް އައިކު! ލެޓް މީ އިންޓްރޮޑިއުސް ޔޫ އޯލް. ދިސް އިޒް އައިކަން. މައި ސުޕާ ކްލޯޒް ފްރެންޑެއް. އެން ދިސް އިޒް މައި ކަޒިން ކޮއްކޮ، ޔަޝްމީ. ދެން ހާ ފްރެންޑްސް.. ހަޔާލް އެން ޒިވްޔާ.” ވިޝާލް އެންމެން ތައާރަފު ކޮށްދިނެވެ.

 

“ޒިވްޔާ ހަހް؟” އައިކަން ބުނެލިއެވެ. “ހުމް.” ޒިވްޔާ ލޯ އަޅާލިއެވެ. “އައިމް އައިކަން. ހައު އާ ޔޫ؟” އައިކަން ޒިވްޔާއަށް ބުނެލިއެވެ. “ވަޓް؟” ޒިވްޔާއަށް ބުނެވުނެވެ.

“ވެއިޓް. ހޯލްޑް އޮން.. ޔޫ ނޯ އީޗް އަދާ؟” ޔަޝްމީ އިތުރަށް ނުހުރެވިގެން އަހާލިއެވެ. “ޕެއިންޓް ގާއި.” ޒިވްޔާ މޫނުމައްޗަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ވާޓްޓްޓް؟!” ޔަޝްމީ އަށް ވަރަށް ބާރަށް ބުނެވުނެވެ. އައިކަން ހޭން ފެށިއެވެ. “ސީމްސް ލައިކް ޔޫ ނޯ މީ. ނައިސް ޓު މީޓް ޔޫ. އައިމް ދި ޕެއިންޓް ގާއި.”

ވިޝާލް ގާތަށް ވެސް ހިނިއައެވެ. ޒިވްޔާގެ ފޯނަށް ނޮޓިފިކޭޝަނެއް އައުމުން ޒިވްޔާ ފޯނު ބަލާލިއެވެ. އެއީ ޔަޝްމީ އާއި ހަޔާލާއި އެއްކޮށް ހަދާފައި އިން ގްރޫޕް އިނެވެ. ޒިވްޔާ ޔަޝްމީއަށް ބަލާލިއެވެ. އެއާއެކު ޔަޝްމީ ލޮލުން އިޝާރާތް ކޮށްލީ ފޯނަށް ބެލުމަށެވެ. ޒިވްޔާ އެ ޗެޓް ހުޅުވާލިއެވެ.

 

‘ގާލްލްލް! ސީރިއަސްލީ؟ ޔޫ ސެއިޑް ޕެއިންޓް ގާއި ރީއްޗެއް ނޫނޭ!!!’ ޔަޝްމީ ޖަހާފައި އިނެވެ. ޒިވްޔާ ބޯ ހޫރާލުމަށްފަހު މެސެޖެއް ފޮނުވާލިއެވެ.

‘ކޮން ގޮތަކުންތަ އޭނަ ރީތީ؟’ އޭނާ ދޮގު ހަދާލިއެވެ. ހަގީގަތުގައި ޒިވްޔާއަށްވެސް އައިކަން ކިތަންމެހާވެސް ރީއްޗެވެ. އެހެންނަމަވެސް އޭނާއަކީ އީގޯ ބޮޑު މީހުންދެކެ ވަރަށް ފޫހިވާ ކުއްޖެކެވެ.

ޒިވްޔާގެ އެމެސެޖު ލިބުމާއެކު ޔަޝްމީ ޒިވްޔާއާއި ދިމާއަށް ބަލާލިއެވެ. އޭނާ ހުރީ އަނގަހުޅުވައިގެން ބަލައިގެނެވެ. “ކްލޯޒް ޔުއާ މައުތު.” ހަޔާލް ހެމުން ބުނެލިއެވެ.

‘ގާލް. އާ ޔޫ ބްލައިންޑް؟ ލުވް އެޓް ހިމް!!! ހީ ލުކްސް ބްރެތު ޓޭކިން!!’ ޔަޝްމީ އަނެއްކާވެސް މެސެޖެއް ފޮނުވާލިއެވެ. ޒިވްޔާ އައި ރޯލް ކޮށްލިއެވެ.

‘ޔޫ ޝުޑް ގެޓް ޔުއާ އައިޒް ފިކްސްޑް.’ ޒިވްޔާ ރައްދުގައި މެސެޖު ކުރިއެވެ.

‘ސޮރީ ޒިވީ. ދިސް ޓައިމް އައި ހޭވް ޓު އެގްރީ ވިތު ޔަޝް. ހީ އިޒް އެބްޒޮލިއުޓްލީ ހޭންޑްސަމް.’ ހަޔާލް ވެސް ގްރޫޕުގައި މެސެޖު ކޮށްލިއެވެ.

‘މައި ގޯޑް.’ ޒިވްޔާ އެހެން ލިޔެލިއެވެ.

 

އައިކަން އިނީ ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެނެވެ. ދޭތެރެ އަކުން ވިޝާލަށް ބަލާލައެވެ. ޒިވްޔާ މީ ހާދަ މަޖާ ކުއްޖެކެވެ. އޭނާގެ ޑައިރީ އައިކަން އަތުގަ އޮތްކަން ހަމަ ނޭނގެނީ ބާވައެވެ. “ސޯ ޒިވްޔާ.. ވަޓް އާ ޔޫ ސްޓަޑިޔިން؟” އައިކަން އަހާލިއެވެ.

“ވަޓް؟ ޑޫ އައި ހޭވް ޓު ޓެލް ޔޫ؟” ޒިވްޔާ އައިކަނަށް ބުމަ އަރުވާލިއެވެ. “ނޮޓް ނެސެސަރިލީ. ބަޓް އައި އޭމް ވެރީ ކިއުރިއަސް.” އައިކަން ޖަވާބުގައި ބުނެލިއެވެ. “ދެން ޔޫ ޑޯންޓް ނީޑް ޓު ނޯ.” ޒިވްޔާ ރައްދު ދިނެވެ. “ޝީ އިޒް ޑުއިން ބެޗެލާސް އިން އިންގްލިޝް ލިޓެރޭޗާ އެން ކްރިއޭޓިވް ރައިޓިން.” ޔަޝްމީ ޒިވްޔާގެ ބަދަލުގައި ޖަވާބު ދިނެވެ. އެއާއެކު ޒިވްޔާ ޔަޝްމީއަށް ލޯ އަޅާލިއެވެ.

‘ވަޓް؟ ހީ އިޒް ކްލެއާލީ އިންޓެރެސްޓެޑް އިން ޔޫ ގާލް! ޔޫ ޝުޑް ޓޭކް ދިސް ޗާންސް.’ ޔަޝްމީ މެސެޖެއް ފޮނުވާލިއެވެ.

‘އައި ޑޯންޓް ލައިކް ހިމް!’ ޒިވްޔާ ރައްދު ދިނެވެ.

 

“އިންގްލިޝް ލިޓެރޭޗާ އެން ކްރިއޭޓިވް ރައިޓިން ހަހް؟ ދެޓްސް ސޯ ޔޫ.” އައިކަން ބުނެލިއެވެ. “ވަޓް؟” ޒިވްޔާއަށް އަހާލެވުނެވެ. “އައި މީން އިޓް ސޫޓްސް ޔޫ.” އައިކަން އެއްމިޔަކަނުން ހީލިއެވެ. “ހައު ވުޑް ޔޫ ނޯ، މިސްޓާ ޕެއިންޓް؟” ޒިވްޔާ މަސްނޫޢީ ހިނިތުންވުމެއް ވެލަމުން ބުނެލިއެވެ. އެއާއެކު އޭނާގެ ދެކޮލަށް އަނޑިވެގެން ދިޔައެވެ.

‘އެން ހިޔާ އައި ތޯޓް ޝީ ކުޑްންޓް ގެޓް މޯ ކިއުޓް. ހައު ރޯންގް އައި ވޯޒް.’ އައިކަން ހިތާހިތުން ބުނެލިއެވެ. އަސްލުވެސް ޒިވްޔާ ހާދަހާ ރީއްޗެވެ. އެހެންނަމަވެސް އައިކަން ޒިވްޔާ އާއި ވާހަކަ ދައްކަނީ އެއްވެސް ހިނދެއްގައި އޭނާގެ ރީތި ކަމާ ހެދިއެއް ނޫނެވެ. އޭނާގެ ޑައިރީ ކިޔުމަށްފަހު ޒިވްޔާ އައިކަނަށް ވަރަށް މަޖާވީމައެވެ.

“އޮހް އައި ނޯ އަ ލޮޓް.” އައިކަން އެއްލޯ މަރާލިއެވެ. އެއާއެކު ޒިވްޔާ އަނެއްކާވެސް ކުނި މޫނު ހަދާލިއެވެ. ‘ޔޫ ހޭވް ގޮޓް ޓު ބީ ކިޑިން މީ.’ އޭނާ ހިތާ ހިތުން ބުނެލިއެވެ. ‘ހޫ ޑަޒް ހީ ތިންކް ހީ އިޒް؟’

 

އެވަގުތު އައިކަންގެ ނަން ކައުންޓަރުން ގޮވާލިއެވެ. “ގޮޓާ ގޯ މޭން.” އޭނާ ވިޝާލަށް ބުނެލިއެވެ. “ސީ ޔޫ ލޭޓާ، ޒިވްޔާ.” އޭނާ ޒިވްޔާއަށް ބަލާލިއެވެ. “ވަޓެވާ.” ޒިވްޔާ ދެބުމަ ގޮށްޖަހާލިއެވެ. ‘ހާދަ ފޮންނޭ ދޯ މީނަ.’

އައިކަން އެހެން ބުނެފައި ކައުންޓަރަށް ގޮސް އޭނާ އޯޑަރު ކުރި ޕިއްޒާ އާއި ހަވާލުވިއެވެ. ޒިވްޔާ މެން ގެ ޕިއްޒާ ވެސް ލިބުނީ އެވަގުތެވެ.

“ގާލް. ވަޓް ވޯޒް ދެޓް؟” ޔަޝްމީ ޒިވްޔާގެ ގައިގައި އޮޅުލައިގަތެވެ. “ސީ ޔޫ ލޭޓާ، ޒިވްޔާ… ވަޓެވާ.” ޔަޝްމީ އެހެން ބުނެލީ ޒިވްޔާ އާއި އައިކަން ހަމަ ބުނިގޮތަށެވެ. “ދަ ކެމިސްޓްރީ!!! އައި ސީ އިޓް!!!” ޔަޝްމީއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެނެވެ.

“ވާވް.” ވިޝާލް ބުނެލިއެވެ. “އައި ހޭވް ނެވާ ސީން ހިމް ޓޯކް ޓު އަ ގާލް ލައިކް ދެޓް. ސީރިއަސްލީ.”

“ހާހާހާ.. ސޯ ފަނީ.. ޔޫ އޯލް ކޭން ކީޕް ޓޯކިން.. ޒިވީ މި ޕިއްޒާ އެއްކޮށް ހުސްކޮށްލަފާނަން އެކަނި.” ޒިވްޔާ ދެވަނަ ސްލައިސް ނަގަމުން ބުނެލިއެވެ. ދެން ތިބި އެންމެނަށް ޕިއްޒާ މަތިން ހަނދާންވީ ވެސް ދެނެވެ. “ނޫ!! މައި ޕިއްޒާ!!”

 

========

މި އެޕިސޯޑް ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.

ޝައީ.

Hello. I have made an Instagram account for story updates. Please follow if you can.

Username: shyyyms_writes

🩷

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް 18

Next

ހަގީގަތަކީ ކޮބައިހޭ؟…17

Next
April 16, 2026

ހަގީގަތަކީ ކޮބައިހޭ؟…17

Previews
April 15, 2026

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް 18

5 Comments!

  1. Its just me says:
    April 16, 2026 at 2:48 pm

    Wow mi part vx v reethi Ma Sha Allah 😍zivya and aikan haadha cute eyh 😭😭 i want ekahala meeheh 🤭🤭 waiting for for next partt… When next… 🖤

    1. Shyyyms Shyyyms says:
      April 16, 2026 at 4:25 pm

      Thank uuu🩷
      Soon insha’Allah 🫶🏻

  2. Shaba_17 says:
    April 16, 2026 at 3:34 pm

    Mi part ves vrh Reethi MA! 😍
    Awwn zivya & Aikan so cutee 💗…
    Hayaal dhenn vishaal aa rahtis veyy avahah Hehe 😅…
    Yashmee ah Aikan vrh Reethi veje dhw 😅……
    Curiously waiting for the next part When’s next?
    Lysm & Tc my shyyyms 🙈🖤

    1. Shyyyms Shyyyms says:
      April 16, 2026 at 4:26 pm

      Hehe
      Thank u sooo muchhh🩷
      Lysm more
      Tc Shaba🫶🏻

  3. Oppa says:
    April 17, 2026 at 3:09 pm

    Please don’t take this negatively, I think the story will be better if you don’t include too much English dialogues. I’m not telling to stop using English dialogues completely. But to use bit more dhivehi. The story is nice, luv the plot 🥰🥰

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 4←


All Right Reserved!