އާލިކް އަކީ އާލިޔާގެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. އާލިކް އާއި އާލިޔާ އަކީ ދުޝްމިނުން ދެ އާއިލާގެ ކުދިން ކަމުގައި ވީ ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ހަސަދައެއް ނުލައެވެ. ދެކުދިންގެ އާއިލާ އެކަމާ ކިތަންމެ ނުރުހުންވިއެވެ. ނަމަވެސް އެއަށްވުރެ އެކުދިންގެ އެކުވެރިކަން މާ ބޮޑަށް ވެސް ވަރުގަދައެވެ.
އޭރު އާލިކް އަކީ ސްކޫލްގެ އެންމެންގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ކިޔަވަން މޮޅުވެފައި، އެންމެންނާ ވެސް ގުޅިގެން އުޅޭތީއެވެ. ހިތްހެޔޮ ކަމުންނެވެ. އެންމެ ދަށްފަންތީގެ މީހާއަށް ވެސް އޭނާ އިޙްތިރާމް ކުރާނެއެވެ.
އާލިޔާ ވެސް އެފަދައެވެ. މުއްސަންޖެއް ފަގީރެއް އޭނާ އަކަށް ވެސް އޭރަކު ނޯންނާނެއެވެ. ކޮންމެ މީހަކަށް ވެސް އިޙްތިރާމް ކުރުމުގެ އާދަ އޭނާގެ ކަށީގައި ހުންނަނީ ހަރުލާފައެވެ. އަބަދުވެސް ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލަ ދުވެލައި އޮންނާނެއެވެ. އެ ބޮޑު ދެލޯ ވެސް އުފާވެރިކަމުން ވިދާނެއެވެ.
ނަމަވެސް އޭރު އެ ސަކަ މިޒާޖުގެ އާލިޔާއަށް ކުރިމަތިލާން ޖެހޭ ބޮޑު ގޮންޖެހުމެއް ވެސް ވިއެވެ. އެއީ ސްކޫލުގައި ހަނގާއާއި ކުރިމަތި ލުމެވެ.
އޭނާ ރޫފަ ރަނގަޅު ކޮށް ހުންނާތީއެވެ. އުމުރަށް ވުރެ ދިގުކޮށް ހުންނާތީއެވެ. މާ ދޮން ވީމައި ޖިންނި އެކޭ ވެސް ބުނެއެވެ. އޭނާ ކިޔެވުމަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ނާޑް އެއް ކަމަށް ވެސް ބުނެ މަލާމާތް ކުރާނެއެވެ.
އެ ހުރިހާ އަނިޔާ އަކާއި އޭނާ ކުރިމަތި ލަމުން ދިޔައީ ގިނިކަންޏާއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަދާ ވެސް އޭނާ އާއި ވަކިވީ އަދާ ވެސް ހަނގާ އާއި ކުރިމަތިލާން ޖެހިދާނެ ތީއެވެ. އެގޮތަށް ކަންތައްތައް ދަނިކޮށް އާލިޔާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އާލިކެވެ.
އާލިކް އާއި މެދު ފުރަތަމަ އާލިޔާ ހިތްހަމަނުޖެހުނު ނަމަވެސް ފަހުން އެކަން ވެސް ހިނދުނެވެ. ދެމީހުންގެ އެކުވެރިކަން ފެށުނީ އެހާ ހިސާބުނެވެ. އެންމެފަހުން އެ އެކުވެރިކަން ދުރުނުކުރެވޭހާ ވަރުގަދަ ވެގެން ދިޔައެވެ. އާލިކް އާލިޔާ އާއި މެދު ކޮއްކޮއެއްގެ ގޮތުގައި ދެކެން ފެށި ފަދައިން އާލިޔާ ވެސް އާލިކް އާއި މެދު ބޭބެއެއްގެ ގޮތުގައި ދެކެން ފެށިއެވެ.
އެދެކުދިންގެ އެކުވެރިކަން ގާތްގަނޑަކަށް 3 އަހަރު ވަންދެން ދެމި އޮތެވެ. އެއަށްފަހު އެއްދުވަހަކު އާލިކް ސްކޫލް އަކަށް ނާދެއެވެ. އާލިޔާ ގުޅުމުން ވެސް އޭނާ ފޯނެއް ވެސް ނުނަގައެވެ. ވީނުވީއެއް ނޭނގިފައި ހުއްޓާ އާލިޔާއަށް ލިބުނީ އާލިކް އެހެން ސްކޫލް އަކަށް ބަދަލުވި ހަބަރެވެ. އެހެންކަމުން އާލިޔާ ޔަކްޒަލް ގާތުން އާލިކަށް ކޮންޓެކްޓް ކުރެވޭނެ ގޮތެއް ހަދާ ދިނުމަށް އެދުނެވެ ނަމަވެސް ޔަކްޒަލްގެ ޖަވާބަކަށް ވީ:
“އައި ޑޯންޓް ނޯ ވެއާ ހީ ވެންޓް އީދާ. އައި ހޭވް ބީން ޓްރައިން ޓު ކޮންޓެކްޓް ހިމް ޓޫ. ހީ ޖަސްޓް ރޭން އަވޭ. ޑިޑްންޓް ޓެލްއެނީވަން. ހިޒް ކްލޯތުސް އާ ގޯން ޓޫ.”
އެއީ އޭނާގެ ދޮންތަ އަލީޝާ ވެސް ފިލި ދުވަސްކޮޅެވެ. އެއް ރިހުންގަނޑު ނުފިލަނީސް އަނެއް ރިހުންގަނޑެވެ. ރިހޭފައިމައްޗަށް ފޮއި ވެއްޓުނީއެވެ.
އާލިޔާ މިހާރު ވެސް ހަނދާން އެބަހުއްޓެވެ. އެދުވަހު ސްކޫލް ކުދިންތައް އާލިޔާއާއި ދިމާއަށް މަލާމާތް ކުރިއެވެ. އާލިކް ދިޔައީ އޭނާގެ ސުންޕާ ކަމުން ކަމަށް އެމީހުން ބުނަން ވެސް ފެށިއެވެ. އެއްޒަމާނެއްގައި އާލިޔާ އެބަޔަކަށް އެހީވެދީ އޯގާތެރިވެދިން މީހުން ވެސް އާލިޔާ ލގެ ބޮލުގައި ކޮޅު ފައިން ޖެހީ އެދުވަހެވެ. އޭނާގެ އެކުވެރިންތައް ވެސް އޭނާ ދޫކޮށްލިއެވެ.
“އަހަރެމެން އާލިޔާ އާއި އެއްކޮށް އުޅުނީ އާލިކްގެ ބެސްޓް ފްރެންޑަށް ވީމަ އެހެން ނޫންނަމަ އާލިޔާއާއި ވާހަކަ ނުދައްކާ ތާނގައި ބަލާވެސް ނުލީމުސް. މިއަދު އާލިކް ވެސް އެދިޔައީ އާލިޔާގެ ސުންޕާ ކަމުގެ ސަބަބުން. ހީ ރިއަލައިޒްޑް ކިހާ ބަލާބޮޑު މީހެއްކަން ތީ އަދިވެސް ހުރޭ މީހުނަށް ދުއްޕާންކުރަން. ބޯ ހަލާކު ސަހާދަތް މި ބުނި. ދާންހަދާ މިތަނުން..” އިމްނާ އެހެން ބުނި ހަނދާން އަދިވެސް އާލިޔާގެ ސިކުނޑީގައި އެބައިނެވެ. ރޯ ފާރުގަނޑެއް ފަދައިނެވެ. އެ ހުރިހާ އެންމެންގެ ތެރެއިން ވެސް އާލިޔާ އާއި އެކު ދެގޮތެއް ނުވެ ހުރީ މަލްދާ އެކަންޏެވެ.
އާލިޔާއަށް ބަދަލުތައް އަންނަން ފެށީ އެހިސާބުންނެވެ. އެއީ މީގެ 2 ވަރަކަށް އަހަރު ކުރިއެވެ. ސްކޫލަށް ގޮސް މަޑުނެގިފައި އިންނަން ފެށިއެވެ. ކިޔަވަން ފޫހިވާން ފެށިއެވެ. ކުލާސްތައް ސްކިޕް ކުރަން ފެށިއެވެ. ކުދިންނާ އެއްކޮށް އަރާރުން ވާން ވެސް ފެށިއެވެ. އޭނާ އާއި ދިމާއަށް އެއްޗެއް ބުނެފި ކުއްޖަކު ފަސޭހައިން ސަލާމަތެއް ނުވާނެއެވެ. ކޮންމެވެސް އަނިޔާއެއް އާލިޔާ އެކުއްޖަކަށް ދޭނެއެވެ.
އެންމެފަހުން ކަންތައްތައް މާ މައްޗަށް ދާން ފެށިއެވެ. ރޭގަނޑު ގަޑީގައި ވަގަށް ބޭރަށް ގޮސް އުޅެން ފެށިއިރު އުމުރުން ކިރިޔާ 14 އަހަރެވެ. ނުބައި އެކުވެރިން ހޯދާ އުޅެން ފެށީ އެންމެ ވިޔާނުދާ ގޮތަށެވެ.
އެވަރުން ނިމުނީކީ ނޫނެވެ. އަމިއްލަ ނަފްސަށް އަނިޔާ ކުރަން ފެށިއެވެ. ދަންވަރު މަސްތުވެގެން ގެއަށް އަންނަން ފެށިއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ހާލިދާއި އަނީސާގެ ފަރުވަލެއްނެތެވެ. ގޭގައި އުޅޭ ނޯކަރުން އާލިޔާއަށް ނަސޭހަތް ވެސް ދިން ޢަދަދު ނޭނގޭނެއެވެ. އާލިޔާގެ އުޅުމާއި ބެހޭގޮތުން ހާލިދުމެން ގާތު ވެސް އެތަކެއް ފަހަރު ދެކެވުނެވެ. އެންމެފަހުން އެމީހުންގެ ޝަކުވާ ބޮޑުވުމުންނާއި އާލިޔާގެ ސަބަބުން އާއިލާގެ ނަން ހަޑި ވެދާނެތީ ބޮލަށް އުނދަގޫވެގެން ހާލިދު އާލިޔާ 1 އަހަރުގެ ރިހަބަކަށް ފޮނުވިއެވެ.
އެހިސާބުން އަދި ކަންތައްތައް ފެށުނީއެވެ. ހާލިދު އާލިޔާ އެ ރިހަބަށް ފޮނުވާލީ ރިހަބްގެ މައުލޫމާތުތައް ހޯދުމަކާ ވެސް ނުލައެވެ. ނަމަވެސް ޙަޤީގަތުގައި އާލިޔާއަށް ގޮސް ވަދެވުނީ ބޮޑު ގޭންގެއްގެ ތެރެއަށެވެ. ހިއުމަން ޓްރެފިކިން ކުރާ ބައެއްގެ ތެރެއަށެވެ. އެމީހުންގެ އަނިޔާވެރި ކަމާއި އާލިޔާ ކުރިމަތި ލާން ޖެހުނީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.
އެމީހުން އާލިޔާ މެން ލައްވައި މަގުމައްޗަށް ސަލާން ޖަހަން ނެރެއެވެ. މީހުން އަތުން ފޭރެން ޖައްސައެވެ. މީހުންނަށް އަނިޔާ ކުރަން ޖައްސައެވެ. އިތުރަށް އެތަނަށް ކުދިން ވެއްދުމުގައި އެހީވެދެން ޖައްސައެވެ. އާލިޔާ މެނެކޭ ކުޅޭކުޅޭ ބުދު ތަކެކޭ އެއްފަދައެވެ.
ކާން ލިބެނީ ހެދުނު ޕާން ފޮއްޗެކެވެ. މެންދުރު މުށެއް ހަމަ ނުވާ ވަރުގެ ބަތް ކޮޅެކެވެ. ރޭގަނޑު ލިބޭނީ އާންމުކޮށް ސަލަޑެވެ. ނުވަތަ ބަތެވެ.
އެމީހުން ބުނާގޮތަށް ވަރަށް ރަނގަޅަށް ކަމެއް ކޮށްދީފިއްޔާ މީރުކޮށް ބޭނުން ވަރަކަށް ކާން އެކުއްޖަކަށް ލިބޭނެއެވެ. އަދި އެމީހުން ބުނާ ގޮތަށް ކަން ނުކޮށްފިއްޔާ ނުވަތަ އެމީހުން ހިތްހަމަ ނުޖެހެއްޖެއްޔާ އަނިޔާ ކޮށް އަދަބު ދޭނެއެވެ. ތަޅާނެއެވެ. ގައިގައި ވަޅިން އަޅާނެއެވެ. ބެލްޓުން ތަޅާނެއެވެ. އަމިއްލަ މީހާއަށް އަނިޔާ ކުރަން އަމުރު ކުރާނެއެވެ. ބައެއްފަހަރު ރޭޕް ފަދަ ކަންކަން ވެސް ކުރާނެއެވެ. ނުވަތަ މަރާވެސް ލާފާނެއެވެ.
އެ ބިރުވެރި ހަރުގައި އުޅެނިކޮށް އާލިޔާ އާއި ޖޯޑެނާއި ދިމާވިއެވެ. އެއީ ދެމީހުން ކުށެއް ކޮށްގެން އެކުށަށް އަދަބު ދޭން ގެންގޮސް އުޅެނިކޮށެވެ. ދެމީހުންނަށް އަދަބު ދިނުމަށް ފަހު ދެމީހުން ބައި ތިއްބާފައި ރިބީ ގެއިން ބޭރުގައެވެ. ގަދަ ފިނީގައެވެ.
ދެމީހުން ވެސް އަނެކާއާއި ވާހަކަ ނުދައްކައެވެ. އެއީ އެތަނުގައި އެއްވެސް މީހަކަށް އިތުބާރު ކޮށްގެން ނުވާނެކަން އެނގޭތީއެވެ. ތިމާގެ ރައްކާތެރިކަމާއި ސަލާމަތަށް ޓަކައި އެތާ ތިބޭ ކުދިން އަނެކާ ނުރައްކަލަށް ލާން ފަސްނުޖެހޭނެ ކަން އެނގޭތީއެވެ.
ނަމަވެސް އެންމެ ފުރަތަމަ ވާހަކަ ދެއްކީ އާލިޔާ އެވެ. ހަމަޖެހިލައިގެން މީހަކާ ވާހަކަ ދައްކާނުލެވޭތާ އެހާ ދުވަސްވުމުން އޭނާގެ ހިތުގައި އުދާސްތައް އެއްވެފައި ވާތީ ކަމަށް ވެސް ވެދާނެއެވެ.
“ހައި.” އާލިޔާ ކުރަކި އަޑަކުން ބުނެލިއެވެ.
ޖޯޑެން އާލިޔާ އާއި ދިމާއަށް ބަލައިލިއެވެ. “ޑޫ ޔޫ ނޯ ދެޓް ޔޫ އާ ނޮޓް ސަޕޯސްޑް ޓު ޓޯކް ޓު އެނީވަން؟ ދޭ ކުޑް ބީ ދި ރީޒަން ޔޫ ޑައި.” ޖޯޑެން މަޑުމަޑުން ބުނެލިއެވެ. “އައި ނޯ. ބަޓް އައި ވޯންޓް ޓު ފީލް ނޯމަލް. އީވެން އިފް އިޓްސް ފޯ އެ ސެކަންޑް.” އާލިޔާ ޖަވާބު ދިނެވެ.
“އޮހް. ބަޓް އިޓްސް ނޮޓް ސޭފް ޓު ޑޫ ސޯ.”
އެއަށްފަހު އެރެއަކު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އޭގެ ފަހުން ވެސް މަދު ފަހަރަކު ދެމީހުން ބައްދަލު ވިއެވެ. ނަމަވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.
އެދެމީހުން ދެން ވާހަކަ ދެއްކީ އޭގެ މަސްތަކެއް ފަހުންނެވެ. އެއީ އެމީހުން ސަލާމަތް ވީ ދުވަހެވެ. އެދުވަހު ވީގޮތް އާލިޔާ މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އޭނާގެ ސިކުނޑީގައި އެ ހާދިސާ ވަނީ ބިންވަޅު ނެގިފައެވެ. ދުވަހަކުވެސް ނުފިލާނެ ވަރަށެވެ. އެއީ އޭނާގެ އުމުރުގައި ވެސް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ އުފާވެރި ވެސްމެ ދުވަހެވެ.
އާލިޔާ މެން ސަލާން ޖަހަން ގޮސް އުޅެނިކޮށެވެ. އެކުދިންނާއި ހަވާލުވެ އައިސް ތިބި މީހުން ތިބީ ގަސްގަނޑެއްގެ ފަހަތަށް ވަދެ ދުރުން ބަލާށެވެ. އެމީހުންގެ އަތުގައި ބަޑި ހުއްޓެވެ. ހުރިހާ ކަމެއް ވެސް ހިނގައި ދިޔައީ ވަރަށް އަވަހަށެވެ.
އެކުދިން ތިބި ހިސާބާއި މާ ދުރު ނޫން ހިސާބަކަށް ޕޮލިސް ކާރެއް އައިސް މަޑުކުރިއެވެ. އެ މަންޒަރު ފެނިފައި އެއްކަލަ މީހުންތައް ހާސްވިއެވެ. އަދި އާލިޔާމެން ގާތު އަވަހަށް އައުމަށް އިޝާރާތް ކުރިއެވެ. ނަމަވެސް އެތަނުން އެއް ކުއްޖަކު ވެސް ގުޑިލާކަށް މަސައްކަތެއް ނުކުރިއެވެ.
ހުރިހާ ކުދިންނަށް ވެސް އެ ވަގުތު އިހުސާސް ކުރެވުނީ އެކުދިން ސަލާމަތް ވާން ހަނި ފުރުޞަތެއް ލިބުނު ކަމުގައެވެ. އެހެންކަމުން ފުލުސް މީހުންގެ ‘އެޓެންޝަން’ ހޯދުމަށް ޓަކައި އަތް ހޫރަން ފެށިއެވެ. ގޮވަންފެށިއެވެ. އެމީހުން އެކުދިންނަށް ބަލާލާފައި ވެސް އެމީހުންގެ މަސައްކަތާއި ގެން އުޅެން ފެށީ ‘ކްރައިމް ސީން’ އެއް އިންވެސްޓިގޭޓް ކުރުމުގައެވެ.
އެހެންކަމުން އެވަގުތު ކޮޅުގެ ބޭނުން ހިފައި އެއްކަލަ މީހުންތައް ފިލާ ތިބި ތަނުން ނިކުމެ، އެކުދިންނާއި ދިމާއަށް ހިނގައި ގަތެވެ. އޭރު އެމީހުންގެ މޫނުމަތިން އިންތިހާ ދަރަޖައަށް ރުޅިވެރިކަން ފެންނަން ހުއްޓެވެ.
އާލިޔާއަށް މި މަންޒަރު ފެނިފައި ތެޅި ގަނެވުނެވެ. އަދި ފުލުހުންގެ ޓީމާއި ދިމާއަށް ބަލާލިއެވެ. އޭރު އެމީހުން ކާރަށް އަރަނީއެވެ. ސަލާމަތުގެ އެ ހަނި ފުރުޞަތު ގެއްލޭކަމުގެ އިޙުސާސް ކުރެވުމުން އާލިޔާ އޭނާގެ އަތުގައި ހުރި ރުފިޔާތައް އުކާލާާފައި، އިންތަނުން ތެދުވެ ދުއްވައިގަތެވެ. ގައިގައި ވަރުނެތް ނަމަވެސް ހިތްވަރު ކޮށްފައި ދުވަމުން ދިޔައީ ކާރު ދުއްވާލަ ފާނެތީއެވެ.
އާލިޔާއަށް ކާރާއި ހަމައަށް އެރުނު ވަގުތު ކާރު ދުއްވާލިއެވެ. އެހެންކަމުން އަރިއަޅާލާފައި އާލިޔާ ވެއްޓުނެވެ. އޭނާ ވެއްޓުނީ އަނގަ ވަތަށެވެ. އެހެންކަމުން އަނގަމައްޗާއި ނިއްކުރި ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ.
މުޅިތަނުގައި އަޑުގަދަ ވީ އެހިސާބުންނެވެ. އެއްކަލަ މީހުންތައް އައި ރުޅީގައި ފަހަރަކު ކުއްޖެއްގެ ގަޔަށް ބަޑި ޖަހަން ފެށިއެވެ. އާލިޔާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އެހެންކަމުން އާލިޔާ ހިތްވަރު ކޮށްފައި، ތަދުވެފައި ގޮސް ކާރެއްގެ ފަހަތަށް ވަނެވެ. އޭނާގެ ސިކުނޑިއަށް ހިޔާލެއް އައުމުން ކާރުގެ ދޮރު ހަލާކު ކޮށްލިއެވެ. އަދި ކާރަށް އެރިއެވެ. އޭނާ ސިއްސައިގެން ދިޔައީ ކާރަށް އިތުރު މީހަކު އެރުމުންނެވެ. ސިހިފައި އާލިޔާ އެމީހާ އާއި ދިމާއަށް ބަލާލިއެވެ. އެމީހާގެ މޫނު ފެނުމުގެ ކުރިން އެމީހާ އާލިޔާގެ އަނގަމަތީގައި އަތް އެޅިއެވެ.
“ޝްޝްޝް.. ޑޯންޓް ޓޯކް.. ވަޓްސް ޔުއާ ޕްލޭން؟ އައި ކޭން ޓެލް ދެޓް ޔޫ ހޭވް ވަން.” ޖޯޑެން ސުވާލު ކުރިއެވެ. އާލިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހެންކަމުން ޖޯޑެން އާލިޔާގެ އަނގަމަތިން އަތް ނެގިއެވެ. “އިޓްސް ޔޫ. އޯހް މައި ގޯޑް. އައި ތޯޓް ޔޫ އާ ވަމް އޮފް ދެމް.”
“ޑޯންޓް ޓްރަސްޓް މީ ޖަސްޓް ޔެޓް. އިފް މައި ލައިފް ޑިޕެންޑްސް އޮން އިޓް، އައި ވޯންޓް ހެސިޓޭޓް ކިލިން ޔޫ އިން އަ ހާޓް ބީޓް.” ޖޯޑެން ޖަވާބު ދިނެވެ.
“ޑިއުލީ ނޯޓެޑް. މައި ޕްލޭން އިޒް ޓު އެސްކޭޕް އެން ފޮލޯ ދި ކޮޕް ކާ. އިޓް ކާންޓް ދެޓް ފާ ފްރޮމް ހިޔާ.”
“ކޭން ޔޫ ޑްރައިވް؟” ޖޯޑެން ދެލޯ ބޮޑުކޮށްލާފައި އާލިޔާއަށް ބަލައިލިއެވެ. “ޔެޕް. ލާންޑް ވެން އައި ވޯޒް 13.” އެހެން ބުނެފައި އާލިޔާ ކާރު ދުއްވާލިއެވެ. އޭނާ ޖެހިގެން އޮތް މަގަށް އަޅާލި އިރު ފުލުހުންގެ ކާރު ދެން އޮތް މަގަށް އަޅަނީއެވެ. އެހެން އާލިޔާ ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ގަވާއިދާ ހިލާފަށް ދުއްވުމަކީ އާލިޔާއަށް އާދަވެފައިވާ ކަމެކެވެ.
ފަހަތުން ނުބައި މީހުންތަކުގެ 2 ކާރުވެސް އެކުދިން ފަހަތުން އައެވެ.
އުޅެ އުޅެ ވެސް އާލިޔާ މެނަކާއި ފުލުހުންގެ ކާރަކާއި ހަމަ އެއް ނުކުރެވުނެވެ. ނަމަވެސް ކާރުގެ ދުވެލި މަޑުކުރާކަށް އާލިޔާގެ ވިސްނުމަކު ނެތެވެ.
“އާލިޔާ. ސްލޯ ޑައުން. ވީ ވޯންޓް ކެޗް ދެމް އެނީޓައިމް ސޫން. ވީ އާ ގޮނާ ޑައި ނައު. އީދާ ވީ ޑައި އިން އެ ކާ އެކްސިޑެންޓް އޮރް ދޭ ވިލް ކިލް އަސް. ދެޓްސް އިފް ދޭ ކެޗް އަސް އެލައިވް ވިޗް ދޭ ވުޑް.” ޖޯޑެން ބުންޏެވެ.
“ހޭވް އެ ލިޓްލް ފެއިތު އިން މީ، ޖޯޑެން. ހޭވް އެ ލިޓްލް ފެއިތު. އައިމް ނޮޓް ޑަމްބް. އައި ނޯ ވަޓް އައިމް ޑުއިން. އެން ވީ އާ ސޯ ނޮޓް ގޮނާ ޑައި އިން ދެއާ ހޭންޑްސް.” އާލިޔާ ކާރުގެ ދުވެލި އިތުރަށް ބާރުކޮށްލިއެވެ.
ކުއްލިއަކަށް ފުލުސް ކާރު ތަކުގެ ސައިރެން ގެ އަޑު އިވެން ފެށިއެވެ. އާލިޔާ ކުރީ ކީއްކަން ޖޯޑެނަށް އެނގުނީ އެހިސާބުންނެވެ. ގަވާއިދާއި ހިލާފަށް ކާރު ދުއްވުމުގެ ސަބަބުން ފުލުހުން އައީއެވެ. “ވާވް! ޔޫ އާ އެ ޖީނިއަސް!”
އެމީހުން ވަކި ހިސާބަކަށް ދިޔަ ތަނާ ފުލުސް ކާރުތައް އައިސް އެކާރު ވަށާލިއެވެ. ވަގުތުން ކާރު ހުއްޓުމަށްފަހު އާލިޔާ އާއި ޖޯޑެން ނިކުތެވެ. އެއީ ކުޑަކުދިންތަމެއްކަން ފެނުމުން ފުލުހުންގެ ދެލޯ ބޮޑުވިއެވެ.
……
=-=-=-=-=
އާލިޔާއަށް ހިޔާލު ތަކުގެ ބޭރުން ނިކުމެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބޭއްވުމުންނެވެ. އެހެންކަމުން އިސް އުފުލައި އޭނާ ބަލައިލިއެވެ. އޭނާގެ ކައިރީގައި ހުއްޓިލައިގެން ހުރި އާލިކް އޭނާއަށް ފެނުނެވެ. “ޑޯންޓް ކްރައި.”
އާލިޔާއަށް ރޮވޭކަން އެނގުނީ ވެސް އެހިސާބުންނެވެ. އެހެންކަމުން ވަގުތުން ދެލޮލުން ކަރުނަ ފޮހެލިއެވެ. އަދި އާލިކާއި ދުރަށް ބަލައިލިއެވެ.” ވަޓް އާ ޔޫ ޑުއިން ހިޔާ؟” އާލިޔާ އަހާލިއެވެ. “އައިމް އެ މިއުޒިކް ޓީޗާ. ފޯ ކީސްޓޭޖް2 ކްލާސެސް.” އޭނާ ޖަވާބު ދިނެވެ. އާލިޔާ އަމިއްލަ މޮޔަކަމޭ ހިތަށް އެރިއެވެ.
އާލިކްގެ ޑްރީމަކީ މިއުޒިކް ޓީޗަރަކަށް ވާން ކަން އާލިޔާއަށް އެންމެ ކުޑައިރުއްސުރެ އެނގެއެވެ. ހުދު އޭނާއަށް ޕިއާނޯ ކުޅެން ދަސްކޮށްދިން މީހަކީ ވެސް އާލިކެވެ. އެ ފަންނުގައި އާލިޔާ މޮޅުވުމުގެ އަސްލަކީ ވެސް އާލިކެވެ. ނަމަވެސް އާލިޔާގެ އެ ހުނަރު އެހެން މީހުންގެ ލޯތަކަށް ކަޝްފުކޮށްލައިގެން ހުންނަ ހުރުމުގެ ސަބަބަކީ ވެސް ހަމަ އާލިކެވެ.
“ހުމް..” އެހެން ބުނެފައި އާލިޔާ އިން ތަނުން ތެދުވިއެވެ. އަދި ދަބަސް ހިފައިގެން ދާން ހިނގައި ގަތެވެ. “ލިޔާ. އައިމް ސޮރީ.”
???
14 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ.?
ޝައީ?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




