“ވަޓްސް ރޯންގް ވިތު ޔޫ؟” އާލިޔާ ހަޅޭއްލަވައި ގަތް އަޑު ސްކޫލް ހޯލް ތެރޭގައި ގުގުމާލިއެވެ. އެއާއެކު ސިހިފައި އެންމެން އަޑު އައި ދިމާއަށް ބަލައިލިއެވެ. އެވަގުތު ބިންމަތީގައި އޮތް އާލިޔާގެ ދަބަސް އެމީހުނަށް ފެނުނެވެ. އޭގެ ތެރެއިން ސިގިރޭޓް ފޮށްޓެއް ވެއްޓިފައި އޮތެވެ.
ކައިރީގައި ޔަކްޒަލް ހުއްޓެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ބަލަހައްޓައިގެން ހުރީ އެ ސިގިރޭޓް ފޮށްޓާއި ދިމާއަށެވެ. “ޔޫ ސްމޯކް؟” އޭނާއަށް އަހާލެވުނީ ގަބޫލު ނުކުރެވިފައެވެ. “އިޓްސް ނަން އޮފް ޔުއާ ބިޒްނަސް.” އާލިޔާ އެހެން ބުނުމަށްފަހު އެ ސިގިރޭޓް ފޮށި ނަގައި އަވަސް އަވަހަށް ދަބަހަށް ލައިގެން ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ޔަކްޒަލް އޭނާގެ އަތުގައި ހިފަހައްޓައި އެހެން ދިމާއަކަށް ހިނގައި ގަތެވެ.
“ޔަކްޒަލް، މޮޔަވީތަ؟ ދޫކޮށްބަލަ! ކިހިނެއްތަ ވެގެން ތިއުޅެނީ؟” އާލިޔާ ހަޅޭއްލަވައި ގަތެވެ. ނަމަވެސް ޔަކްޒަލް ކުރިއަށް ދިޔައެވެ. އެންމެފަހުން އޭނާ އާލިޔާ ގޮވައިގެން ދިޔައީ ފުޓްބޯޅަ ދަނޑަށެވެ. އަދި އާލިޔާ އާއި ދިމާއަށް އެނބުރުނެވެ.
އޭރު އާލިޔާ ހުރީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ނަމަވެސް ޔަކްޒަލްގެ މޫނުމަތީގެ ކުލަވަރު ފެނިފައި އާލިޔާގެ ހިތަށް ނުތަނަވަސްކަން ވަނެވެ.
ޔަކްޒަލްގެ ދެލޯ އަމާޒު ވެފައި ހުރީ ސީދާ އާލިޔާގެ މޫނުމައްޗަށެވެ. އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ ދެނެގަންނަން ނޭނގޭ އެތަކެއް ޖަޒުބާތެކެވެ. އޭރު އޭނާގެ އަތްފައި ވެސް ތުރުތުރު އަޅައެވެ. ޔަކްޒަލް އާލިޔާގެ އަތުގައި ހިފާ ދަމާލީ އޭނާ އާއި ގާތަށެވެ.
“ޔަ.. ޔަކް..ޒަލް.” އާލިޔާއަށް ބުނެވުނެވެ. ޔަކްޒަލް ހިފަހައްޓާފަ ހުރިލެއް ބާރުކަމުން އާލިޔާއަށް ދިޔައީ ތަދުވަމުންނެވެ. ނަމަވެސް އޭނާ ދިޔައީ އެކޒން މޫނުމަތިން ނުދެއްކޭތޯ މަސައްކަތް ކުރަމުންނެވެ.
“ކީއްވެ؟” ޔަކްޒަލް އެހީ ވަރަށް މަޑުން ނަމަވެސް އޭނާގެ ހިތުގައި ވާ ހައިޖާނުގަނޑުގެ އޮއިވަރު އިންތިހާއެވެ. “ޔަކް.. ޒަލް.. ދޫކޮށްބަ އަތުން.” އާލިޔާ އޭނާގެ އަތް ޔަކްޒަލްގެ އަތުގެ ތެރެއިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.
“ސުވާލަށް ޖަވާބު ދީބަލަ އާލިޔާ. ވައި ޑޫ ޔޫ ސްމޯކް؟ ޑޯންޓް ޔޫ ނޯ ދެޓް އިޓް ކޭން ޑިސްޓްރޯއި ޔޫ؟” ޔަކްޒަލް ދެން ވެސް ސުވާލު ކުރިއެވެ. “ޔޫ ޑޯންޓް ނޯ އެނީތިން ނޯރް ވިލް ޔޫ އެވާ އަންޑާސްޓޭންޑް. ސޯ ލެޓް ގޯ.” އާލިޔާ ބުންޏެވެ. “ދެން ހެލްޕް މީ އަންޑާސްޓޭންޑް!” ޔަކްޒަލް ދެންވެސް ގޮތެއް ދުލެއް ނުކުރިއެވެ.
“އައި ހޭވް އޯލްވޭސް ވޮންޑާރްޑް ވައި ޔޫ ޗޭންޖްޑް ސޯ މަޗް އާފްޓާ ޔޫ ކޭމް ބެކް ފްރޮމް އެބްރޯޑް. އައި މީން ޝުއާ.. ޔޫ ޗޭންޖްޑް އެ ލޮޓް ވެން އާލް ލެފްޓް. ބަޓް ދެން ޔޫ ވެންޓް ސްޓަޑީ އެބްރޯޑް.. އެންޑް ދެން ވެން ޔޫ ކޭމް ބެކް.. ޔޫ ވާ ލައިކް އެ ނިއު ޕާސަން. އެ ހޯލް ޑިފެރެންޓް ޕާސަން. އައި އޯލްމޮސްޓް ޑިޑްންޓް ރިކޮގްނައިޒް ޔޫ.. ބަޓް އައި ޑިޑްންޓް އެކްސްޕެކްޓް ޔޫ ހޭވް ޗޭންޖްޑް ދިސް މަޗް. ޔޫ ފަކިން ސްމޯކްކް! ގޯޝް! ވަޓްސް ރޯންގް ވިތު ޔޫ؟!” ޔަކްޒަލްގެ ރުޅިގަނޑު ދިޔައީ ގަދަ ވަމުންނެވެ.
“އިޓްސް ނަން އޮފް ޔުއާ ބިޒްނަސް. އައިމް ވޯސް ދޭން ދި ޕާސަން ޔޫ ތިންކް އައި އޭމް. ބެޓާ ސްޓޭ އަވޭ ފްރޮމް މީ. އޮރް އައި މައިޓް އޭޒްވެލް ޑިސްޓްރޯއި ޔުއާ ލައިފް.” އާލިޔާ ރައްދު ދިނެވެ.
“ވައި އާ ޔޫ ލައިކް ދިސް؟ ވައި ކާންޓް ޔޫ ބީ ދެޓް ވިޓީ ނާޑް އައި ޔޫޒްޑް ޓު ނޯ؟ ވައި ޑިޑް ޔޫ ބިކަމް ސޯ ޑަރކް؟”
“ސްޓޮޕް ޓްރައިން ޓު އިންޓާފެއާ! ދިސް އިޒް މައި ލައިފް! އަިއލް ލިވް ހައު އައި ވޯންޓް!” އާލިޔާ ހަޅޭއްލަވައި ގަތެވެ. “އައި ވޯންޓް ސްޓޮޕް! އައި ކެއާ އެބައުޓް ޔޫ!” ޔަކްޒަލް ބުންޏެވެ.
“ސްޓޮޕް ކެއަރިން އެބައުޓް މީ ދެން!” އާލިޔާ ލޯ އަޅާލިއެވެ.
“އައި ކާންޓް.”
“ވައި؟”
“ޑެމިޓް އާލިޔާ! ޑޯންޓް ޔޫ ގެޓް އިޓް؟ އާރ ޔޫ އޯލްވޭސް ދިސް ކްލޫލެސް އޮރް އާ ޔޫ ޕްލެއިން ހާޑް ޓު ގެޓް؟!” ޔަކްޒަލްގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.
“ސްޓޮޕް ޓޯކިން ނޮންސެންސް! އެންޑް ސްޓޮޕް ކެއަރިން އެބައުޓް މީ. އިޓްސް ނޮޓް ލައިކް އައިމް ޔުއާ ބެސްޓީ އެނީވޭ.”
“ޑެމިޓް! އައި ކެއާ އެބައުޓް ޔޫ ބިކޯޒް އައި ލައިކް ޔޫ، އާލިޔާ! ޑޯންޓް ޔޫ ގެޓް އިޓް؟ އައި ހޭވް އޯލްވޭސް ލައިކްޑް ޔޫ! ބަޓް ޔޫ އޯލްވޭޒް އެކްޓް ކްލޫލެސް!” އެންމެފަހުން ޔަކްޒަލް ބާރަށް ބުންޏެވެ. އާލިޔާގެ ދެލޯ ބޮޑުވިއެވެ.
“ވަޓް؟”
“އައި ލައިކް ޔޫ.”
“އައި.. ވެލް.. ޖަސްޓް ގްރޭޓް.. އައި ޑޯންޓް ލައިކް ޔޫ.” އާލިޔާ ބަލައިލީ ސީދާ ޔަކްޒަލްގެ ދެލޮލަށެވެ. ޔަކްޒަލްގެ އަތް އާލިޔާގެ އަތުން ދޫވިއެވެ. “ޑޯންޓް ލައި.” އޭނާއަށް ބުނެވުނެވެ. އޭރު އޭނާގެ މެޔަށް ދިޔައީ ތަދުވަމުންނެވެ.
“އައިމް ބީއިން އޮނެސްޓް. އައި ޑޯންޓް ލައިކް ޔޫ ބެކް. އިން ފެކްޓް.. އައި ޑޯންޓް ލައިކް އެނީވަން.. އައި ޑޯންޓް ވޯންޓް ޓު ގެޓް އިންވޯލްވްޑް އިން އެނީތިން ލައިކް ދެޓް. ބިސައިޑްސް.. ޑޯންޓް ފޯގެޓް ދެޓް އައިމް ޔުއާ އެނެމީ. އައިމް އޭން އީވާންސް. ޔޫ އާ އެ ކްރޯވެލް.. ވީ ޑޯންޓް ސްޓޭންޑް އިން ދި ސޭމް ލައިން. އިޓްސް އިމްޕޮޒިބަލް ފޯ އަސް.” އެހެން ބުނެފައި އަތް ފޮޅުވާލާފައި އާލިޔާ ހިނގައިގަތެވެ.
ޔަކްޒަލް ހުރި ތަނަށް ތިރިވިއެވެ. އަދި މޭގައި އެއް އަތް އަޅާލިއެވެ. އޭނާގެ ހިތް ހީވަނީ ވީދާ ކުދިކުދި ކޮށް ލިހެނެވެ. ދެލޮލަށް ކަރުނަ އެއްވީ އޭނާއަށް އަބަދުވެސް އެންމެ ކަމުދިޔަ ކުއްޖާގެ ހިތުގައި އޭނާއާއި މެދު އެފަދަ އިހުސާސެއް ނުހުންނަކަން އެނގުނީމައެވެ. މިއޮއް ހުރިހާ ދުވަހު އޭނާ ހީކޮށްގެން ހުރީ އާލިޔާއަށް ވެސް އޭނާ ކަމުދާ ކަމަށެވެ. ނަމަވެސް ކަން މިވީ މުޅިން އެހެން ގޮތަކަށެވެ.
“ޝުޑް އައި ގިވް އަޕް؟ އޮރް ޝުޑް އައި ޓްރައި ޓު ގެޓް ހާ ޓު ލައިކް މީ ބެކް؟” ޔަކްޒަލް އަމިއްލަ ނަފްސާއި ސުވާލު ކޮށްލިއެވެ.
………..
“އާލިޔާ! ހޭ! ވެއިޓް! ސްކޭރީ! މަޑުކޮށްބަލަ!” ބާރު ބާރަށް ހިނގާފައި ދިޔަ އާލިޔާ ފެނިފައި ޔާޒަން ގޮވިއެވެ. އާލިޔާ ނުހުއްޓުމުން އޭނާ ވެސް އާލިޔާ ފަހަތުން ދުވެފައި ދިޔައެވެ.
“ވަޓް ނައު؟ ދާ ކޮންމެ ދިމާއަކުން ކްރޯވެލް އަކާ ދިމާވާން ޖެހޭތަ؟” ޔާޒަން އައިސް އާލިޔާގެ ކުރިމައްޗަށް އަރައި މަގު ބަންދު ކުރުމުން އާލިޔާ ރުޅިއައެވެ. “ފުރަތަމަ އެ ޔަކްޒަލޭ ކިޔާ ފުރޭތަގަނޑު. ދެން ޔާޒަނޭ ކިޔާ ހާމުންޑިގަނޑު. ބައްޔެއް ހުވާ.” އާލިޔާ ދެން ވެސް ދާން އުޅުމުން ޔާޒަން އާލިޔާގެ އަތުގައި ހިފެހެއްޓިއެވެ.
“ރިމެމްބާ އަވާ ޑީލް؟ އިޓްސް އިން އެކްޝަން ނައު. ވީ އާ ގޮއިން ޓު އޭން އޯފަނޭޖް ޓުޑޭ.” ޔާޒަން ބުނެލިއެވެ.
“ދެއާ އިޒް ނޯ ވީ. އޮންލީ ޔޫ އާ ގޮއިން. އައިމް ނޮޓް.” އާލިޔާ ފޫހި ރާގަކަށް ބުންޏެވެ. “އޮފްކޯޒް ޔޫ އާ ކަމިން ވިތު މީ. އެހެންނޫނީ ކިހިނަކުން ސްކޭރީއަށް ޝޯ ކުރާނީ ދެޓް ލަވް ޑަޒް އެގްޒިސްޓް؟” ޔާޒަން ސުވާލު ކުރިއެވެ.
“އެގްޒެކްޓްލީ. ޔޫ ކާންޓް. ކަޒް އިޓް ޑަޒްންޓް އެގްޒިސްޓް އިން ދި ފަސްޓް ޕްލޭސް.” އާލިޔާ މަސްނޫޢީ ހިނިތުންވުމެއް ވިއެވެ.
“ކަމޯން ސްކޭރީ! ދެން އެއްބަސްވެބަ. ޕްލީޒް.”
“އަފް.ވަޓެވާ. ފައިން.. ނައު ގެޓް ލޯސްޓް އޯލްރެޑީ!” އެހެން ބުނެފައި އާލިޔާ ދުރަށް ހިނގައިގަތެވެ.
“އެލީ!!! ބޭބް!” އާލިޔާ ގޮސް ލަންޗް ރޫމަށް ވަންއިރު އަޒާނާއި، ހައިނާ އާއި މަލްދާގެ އިތުރުން ޝަނާހް ވެސް އިނެވެ. “ހޭ ބަޑްސް.” އާލިޔާ ހައިނާ އާއި މަލްދާ އާއި ދެމެދު އިން ގޮނޑީގައި އިށީނެވެ. “ހުމްމްމް.. ޔުއާ ފުޑް ލުކްސް ޑެލިޝިއަސް.. ކޭން އައި ޓްރައި އިޓް؟ ޖަސްޓް ވަން ބައިޓް.” އާލިޔާ ހައިނާ އާއި ދިމާއަށް ބަލާލިއެވެ.
“ޝުއާ.” ހައިނާ އޭނާ ގެއިން ގެނައި ލަންޗް ބޮކްސްގައި ހުރި ފިހުނުމަސް ކޮޅުން ފިހުނުމަސް ކޮޅެއް އާލިޔާ އަށް ދިނެވެ. އާލިޔާ އަވަހަށް ހައިނާގެ ތަށިން ރޮށިކޮޅެއް ނަގައި އޭގައި ޖައްސައިގެން ކާލިއެވެ.
އާލިޔާއަށް ވީގޮތް ފެނިފައި ހައިނާ ބަލާލިއެވެ. “ނުބައީތަ؟”
ހުއްޓުން އަރާފައި އިން އާލިޔާ ހައިނާ އާއި ދިމާއަށް ބަލާލިއެވެ. “އަހަހަ. ނޫނޭ.. ވަރަށް މީރު. އިޓް ޖަސްޓް ފީލްސް ލައިކް އައި ހޭވް އީޓެން ދިސް ސަމްވެއާ.. އައި މީން އައި ނޯ ދިސް ޓޭސްޓް.. ބަޓް އައި ޑޯންޓް ރިމެމްބާ..” އާލިޔާއަށް ބުނެވުނެވެ.
“އަހަހަ.. އައި ޑޯންޓް ވަޓް ޔޫ އާ ސެޔިން.. ބަޓް ދިސް އިޒް މައި މަމްސް ސްޕެޝިއަލް ރެސިޕީ. އޮންލީ މަމް، މީ އެން މައި އާންޓް ނޯސް ދިސް.” ހައިނާ ކުޑަކޮށް ހައިރާންވިއެވެ.
ނަމަވެސް އާލިޔާ އެއްޗެކޭ ނުބުނެއެވެ. އޭނާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ދެން ފެނުނީ ކުއްލިއަކަށް އޭނާ ތެދުވި މަންޒަރެވެ. “އެކްސްކިއުޒް މީ.” އެހެން ބުނެފައި އާލިޔާ ތެދުވެގެން ދިޔައެވެ. ކެންޓީނުން އާލިޔާ ނިކުތް އިރު އޭނާގެ މޫނުމަތީގައި ދާތިކިތައް ބަބުޅަން ފަށައިފިއެވެ.
އާލިޔާ ދުވެފައި ދިޔައީ އަންހެން ކުދިންގެ ފާޚާނާއަށެވެ. އޭނާ ވަން ގޮތަށް ދޮރު ތަންޑު އެޅުވިއެވެ. އަދި ދޮރުގައި ލެނގިލައިގެން ހުރެ އުޑުފައިން އިންނަ ގޮތަށް ބިންމައްޗަށް ތިރިވެވުނެވެ. އޭނާ އަމިއްލަ ބޮލުގައި ހިފަހައްޓާލައި ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އެއާއެކު އޭނާގެ ދެލޮލުން ކަރުނަގަނޑު ފައިބައިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އިސާހިތަކު އެތަނުން އިވެންފެށީ އާލިޔާގެ ވޭން ގަދަ ގިސްލުމުގެ އަޑެވެ.
އެ ރަހަ އަކީ އޭނާ މީގެ ކުރިން ކެއި އެއްޗެއްގެ ރަހައެވެ. ނަމަވެސް ވިސްނާ ވިސްނާ ވެސް އެއީ ކޮން އިރަކު ކެއި ކޮން އެއްޗެއް ކަމެއް އޭނާގެ ސިކުނޑިއަކަށް ހަމަ ހިލާ ނައެވެ. ވިސްނިވަރަކަށް އޭނާގެ ބޮލުގައި ވި ރިހުން ދިޔައީ ގަދަވަމުންނެވެ. އެއްވެސް އެއްޗެއް ސިކުނޑިއަށް ނައުމުން ރުޅި އަންނަގޮތް ވިއެވެ. ރުޅި އައި ވަރަކަށް އޭނާއަށް ދިޔައީ އިތުރަށް ރޮވެމުންނެވެ.
ރޮއެ ރޮއެ ގޮސް އާލިޔާގެ ގައިން ވަރުދޫވި އިރު ވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާއަށް އިޙްސާސް ވަމުން ދިޔައީ އޭނާގެ ހަށިގަނޑުން ބައެއް މަދުވާ ފަދަ އިޙްސާސެކެވެ. ވަރަށް މުހިންމު އެއްޗެއް ހަނދާންނެތިފައިވާ ފަދަ އިޙްސާސެކެވެ.
އެންމެފަހުން އާލިޔާ އިންތަނުން ތެދުވިއެވެ. އަދި ލޯގަނޑު ކައިރީގައި ހުއްޓިލައި މޫނުދޮވެލިއެވެ. އެއަށްފަހު އޭނާގެ ހުޑީގެ ހޫޑް މޫނު ނިވާވާނޭހެން ބޮލުގައި އަޅައިގެން އޭނާ ފާޚާނާއިން ނިކުތެވެ. އަދި އަވަސްއަވަހަށް ދާން ހިނގައި ގަތެވެ. އޭނާ ގޮސް ހުއްޓުނީ އޭނާގެ ލޮކަރު ކައިރީގައެވެ. އެއަށްފަހު މީހަކު ނެތްކަން ޔަޤީން ކުރުމަށްފަހު ލޮކަރު ހުޅުވައި ފުޅިއެއް ނެގިއެވެ. އެ ފުޅިން އޭނާ ބޭސް ގުޅައެއް ނަގައި އަވަސްއަވަހަށް ފެން ފުދަކާއެކު ކާލުމަށްފަހު އޭނާގެ ދަބަސް ތެރެއަށް ފުޅިލިއެވެ.
އަދި ދުވެފައި އެތަނުން ދިޔައެވެ. އޭނާ ދިޔައީ ފުޓްބޯޅަ ގްރައުންޑަށެވެ. އެއީ އެތަނަކީ އޭނާއަށް ހަމަޖެހިލެވޭނެ ހަމައެކަނި ތަނަށް ވާތީއެވެ. ނަމަވެސް ކަންދިމާވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ.
އެތާގައި އެކަނިމާއެކަނި ފުޓްބޯޅައެއް ހިފައިގެން ކުޅެން ހުރި ޔަކްޒަލް އޭނާއަށް ފެނުނެވެ. އެހެންކަމުން ޔަކްޒަލަށް އޭނާ ފެނުމުގެ ކުރިން ދާން ހިނގައި ގަތެވެ. ނަމަވެސް އޭނާ ފައި ބެންޗުގައި އަޅައިގެންފައި އަނގަވަތަށް ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އޭނާގެ އަނގައިން ތޫލި ހަޅޭކެއް ވެސް ބޭރުވިއެވެ.
އާލިޔާގެ ހަޅޭކުގެ އަޑު އިވިފައި ސިހިފައި ޔަކްޒަލަށް ބަލައިލެވުނެވެ. އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް އާލިޔާ ފެނިފައި އޭނާގެ ދެލޯ ބޮޑުވިއެވެ.
އާލިޔާ ޔަކްޒަލާއި ދިމާއަށް ބަލައިލީ އޭނާއަށް ފިލައިގެން ދެން ނުދެވޭނެ ކަން އެނގުމުންނެވެ. އޭރު ޔަކްޒަލް ބަލަހައްޓައިގެން ހުރިތަން ފެނުމުން އަމިއްލަ ނަފްސާއި ދިމާއަށް ކުދިކިޔައިގަތެވެ. އަދި ކަޑަވީ ވަރުން ބޮލުން ބިންމަތީގައި ދެތިން ފަހަރު ޖެއްސެވެ. އޭނާގެ ހިތަށް އެވަގުތު އެރީ ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭއެވެ.
އާލިޔާ އޭނާގެ ބޯ ބިންމަތީގައި ޖެހި މަންޒަރު ފެނުމުން ނުހޭން ހުރި ޔަކްޒަލް ގާތަށް ވެސް ހިނިއައެވެ. އެ އަޑު އިވިފައި އާލިޔާ ޔަކްޒަލާއި ދިމާއަށް ބަލައިލާ ލޯ އަޅާލިއެވެ. ޔަކްޒަލް ވެސް އަވަހަށް ހިނިގަނޑު މަތަކޮށްލީ މިއަދު ހެނދުނު ދިމާވި ހާދިސާ ހަނދާންވެފައެވެ. ވަގުތުން އޭނާގެ މޭގައި ރިއްސާލިއެވެ. އެހެންކަމުން އަވަހަށް އާލިޔާ އާއި ދުރަށް ބަލައިލައި ބޯޅަ ކުޅެން ފެށިއެވެ. އާލިޔާ ވެސް އަވަހަށް ތެދުވެ އެތަނުން ދާން ހިނގައިގަތެވެ.
………………
މަގުމަތީގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރު ދިޔައީ އަމާޒު ވަމުންނެވެ. ރީތި ކަން ހުސްކޮށްލައިގެން އެ ހުރި އަންހެން ކުއްޖާ ފެނިފައި ވެސް ފިރިހެންކުދިންގެ ހިތްތައް ތެޅިލައިފި ކަން ޔަގީނެވެ. އެންމެފަހަރަކު އެ ދިމާއަށް ބަލައިލާ މީހާއަށް ދެވަނަ ފަހަރަށް ވެސް ބަލައިލަން މަޖުބޫރު ކުރުވައެވެ. ނޫނީ ފުރަތަމަ ފަހަރުއްސުރެ ހުރެވެނީ ކަޅި ޖަހާނުލައި ހަމަ އެދިމާއަށް ބަލަހައްޓައިގެނެވެ.
މިއިން އެއްވެސް ކަމަކަށް އެ ކުއްޖާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އޭނާ ލައިގެން ހުރީ ކަޅުދަނބު ކުލައިގެ މަހުމާ ފޮތީގެ ކްރޮޕް ޓޮޕަކާއި އެކު އެންމެ އަގުބޮޑު ލިމިޓެޑް އެޑިޝަންގެ ހުދު ކުލައިގެ ލެދާ ޖެކެޓެކެވެ. އެއާއެކު ދެން ލައިގެން ހުރީ ހައި ވެއިސްޓެޑް ޑިޒައިނާ ޖިންސެކެވެ. އަރާފައި ހުރީ ކަޅު ކުލައިގެ ‘ޑްރީމް ޕެއާސް’ ބްރޭންޑްގެ ހައި ހީލްސް އަކަށް ވީއިރު އަތުގައި ގުކީ ދަބަހެއް އޮތެވެ.
އިސްތަށިގަނޑު ދޫކޮށް އައްސާލާފައި ހުރުމުގެ ސަބަބުން މޫނުމައްޗަށް އޭނާގެ ބުޅި އިސްތަށިކޮޅުތައް އެޅިފައި ހުއްޓެވެ. ލޮލުގައި ގަދަކޮށް އައިލައިނާ އަޅައި ދިގު އެސްފިޔަތަކުގައި މަސްކަރަ އަޅާފައި ވީ ނަމަވެސް ހެޒެލް ކުލައިގެ އެ ރީތި ދެލޯ ފޮރުވާލައިފައިވަނީ ޒަމާނީ އަވި އައިނަކުންނެވެ. އެ ކުއްޖާގެ އަތުގައި އަސްލު ރިހި ގަޑިއެއް އަޅާފައި އޮތް އިރު ކަރުގައި ކަޅުކުލައިގެ ޗޮކާ އެއް އަޅާފައި އޮތެވެ. ގަޑި އޮތް ނޫން އަނެއް އަތުގައި ރިހި ކުލައިގެ ކެވެލިގަނޑެއް ވެސް އޮތެވެ.
މާގިނަ އިރެއް ނުވަނީސް އެ ކުއްޖާ ކައިރިއަށް ބުގަޓީ ކާރެއް އައިސް މަޑު ކޮށްލިއެވެ. ކާރު ދުއްވަން އިން މީހާ ދޮރު ހުޅުވާލިއެވެ.
“ހޭ ސްކޭރީ.”
“ހޭ ނިއު ބޯއި.”
ޔާޒަން އާލިޔާއަށް ހީލިއެވެ. “އަރާ އަވަހަށް ދެން.” ޔާޒަން އެހެން ބުނެލިއެވެ. އާލިޔާ ޔާޒަންގެ ކާރަށް އެރި މަންޒަރު ވަރަށް ގިނަ މީހުނަށް ފެނުނެވެ. ‘ކޮލިންސް’ ކުންފުނީގެ އިންހެރިޓާ ގެ ކާރަށް އާލިޔާ އެރި އެރުން ވެގެން ދިޔައީ ގިނަ ބަޔަކުގެ ޝައުގު އަތުލި ކަމެކެވެ. އިސާހިތަކު އެދިމާގައި އުޅުން ޕަޕަރަޒީންތަކެއް އައިސް ފޮޓޯ ނަގަން ފެށިއެވެ. ނަމަވެސް މިކަމުގެ ހިލަމެއް އާލިޔާ އަދި ޔާޒަނަކަށް ނުވެއެވެ.
…………….
‘ބްލޫމްސް އޯރފަނޭޖް’ ކައިރިއަށް ޔާޒަން ކާރު މަޑުކުރިއެވެ. އަދި ދެމީހުން ކާރުން ފައިބައި އެތަނަށް ވަނެވެ. ކައުންޓަރު ކައިރިއަށް ގޮސް ޔާޒަން ހުއްޓިލުމާއެކު ކައުންޓަރުގައި އިން އަންހެންކުއްޖާ ހިނިތުންވިއެވެ. ‘މިސްޓާ ކޮލިންސް. ވެލްކަމް.” އަދި އަދަބުވެރިކަމާއެކު މަރުހަބާ ކިއެވެ.
“ޔޫ މަސްޓް ބީއާލިޔާ އީވާންސް.. ވެލްކަމް ޔަންގް މިސް އީވަންސް. ވަން އޮފް އަވާ ސްޓާފްސް ވިލް އެސިސްޓް ޔޫ އިން އެ ވައިލް.” އެކުއްޖާ އާލިޔާއަށް ވެސް ހިނިތުންވެލިއެވެ.
“ޔާޒަން! އޮހް ޑިއާ! އައި ހާޑް ޔޫ ވާ ކަމިން! އޯހް މައި ގޯޑް.. ލުކް އެޓް ޔޫ. ޔޫ ލުކްސް ސޯ ހެންޑްސަމް ނައު.” އިރުކޮޅެއް ނުވެ 50 ވަރަކަށް އަހަރުގެ ރީތި އަންހެނެއް ވަދެގެން އައެވެ.
އެ އަންހެން މީހާ ލައިގެން ހުރީ ކަކުލާއި ހިސާބަށް އަރާވަރުގެ ކަޅު ރަތް ކުލައިގެ ޑްރެސް ސޫޓެކެވެ. އަދި އޭގެ ތިރިން ކަޅު އޮފިސް ހަރުވާޅެއް ލާފައި އަރާފައި ހުރީ ކަޅު ކުލައިގެ ހީލްސަށް އަރާފައެވެ. ރަން ކުލައިގެ އިސްތަށިގަނޑު ހުޅި އަކަށް ޖަހާފައި ހުރިއިރު އަތް ފައިގައި ހުރީ ޖަވާހިރުގެ ގަހަނާ އަޅާފައެވެ. ގައިމުވެސް އެމީހާގެ ކިބައިގައި ރާއްޖެ މީހެއްގެ ސިފައެއް ނުޖަހައެވެ.
“ހޭ ގްރޭން. އިޓް ހޭޒް ބީން އެ ވައިލް. އައި ހޭވް މިސްޑް ޔޫ ސޯ މަޗް.” ޔާޒަން ގޮސް އެ އަންހެން މީހާގެ ގައިގައި ބައްދާލިއެވެ. “އައި މިސްޑް ޔޫ ޓޫ، ސަން.. އޯހް މައި ގޯޑް! ޔޫ ބްރައުޓް އެ ގާލް؟” އެހެން ބުނެފައި އެ އަންހެންމީހާ ޔާޒަނާއި ދުރުވެލިއެވެ. އަދި އާލިޔާއަށް ބަލައިލިއެވެ.
“އައިމް ސޯ ސޮރީ.. ވެއާ އާ މައި މެނާސް؟ އައިމް ޔާޒަން’ސް ޕެޓާނަލް ގްރޭންޑްމަދާ. އެން ޔޫ މަސްޓް ބީ…؟”
“އަހް.. އަމް.. އާލިޔާ.”
“އާލިޔާ…؟”
“އާލިޔާ އީވާންސް.” އާލިޔާ ބުނެލިއެވެ. އެ އަންހެންމީހާ އާލިޔާއަށް ރަނގަޅަށް ބަލައިލިއެވެ. “އޮހް ރިއަލީ؟ އިޓްސް ނައިސް ޓު މީޓް ޔޫ ޔަންގް މިސް އީވާންސް. އައިމް އެ ވެރީ ކްލޯޒް ފްރެންޑް އޮފް ޔުއާ މަދާ، އަނީސާ.” އެ އަންހެންމީހާ ސަލާމަށް އަތް ދިއްކޮށްލިއެވެ. “އައިމް އެވެއާ އޮފް ޔުއާ ރިލޭޝަންޝިޕް ވިތު މައި މަދާ. ޕްލީޒް ކޯލް މީ އާލިޔާ، މިސިސް ބްލޫމްސް. އައި ޑިޑްންޓް ނޯ ޔޫ އާ ހިޒް ގްރޭމްޑްމާ. އައިމް ސަޕްރައިޒްޑް.” އާލިޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.
“އޮހް ޑިއާ. ޖަސްޓް ކޯލް މީ ލިލާ. އައި ހޭވް އޯލްވޭސް ނޯޓިސްޑް ދެޓް ޔޫ އާ ދި ޔުނީކް ވަން އިން ޔުއާ ފެމިލީ. ޔޫ ލުކް ޑިފެރެންޓް ފްރޮމް ދެމް އީވެން ދެން އެން ނައު. ޔޫ އާ ސަޗް އެ ބިއުޓްފުލް ގާލް.” ލިލާ ބުނެލިއެވެ.
‘އިފް އޮންލީ ޔޫ ނިއު ވައި އައިމް ސޯ ޑިފެރެންޓް ފްރޮމް ދެމް.’ އާލިޔާގެ ހިތަށް އެރިއެވެ.
“އެނީވޭސް ވައި ޑިޑް ޔޫ ކަމް ހިޔާ؟” ލިލާ ޔާޒަން ގާތު އެއްސެވެ. “ވެލް.. ވީ އާ ގޮނާ އިންޓާވިއު ދި ކިޑްސް ފްރޮމް ހިޔާ. އިޓްސް ފޯ އެ ސްކޫލް ޕްރޮޖެކްޓް.” ޔާޒަން ދޮގެއް ހަދާލިއެވެ. “އޮހް. އޯލްރައިޓް. ހިޔާ އިޒް މައި ކާޑް. ޔޫ ކޭން ޕާސް ތުރޫ ދި ގާޑްސް ވިތު ނޯ ޓްރަބަލް ވިތު ދިސް. އިފް ދޭ އާސްކް އެނީތިން، ޖަސްޓް ސޭ ޔޫ އާ ދި ސީއީއޯ’ސް ގްރޭންޑްސަން. އެން ދޭ ވިލް ލެޓް ޔޫ އޮފް. ނައު އައި ހޭވް ސަމް ވޯކް ޓު ޑޫ. އިޓްސް ނައިސް މީޓިން ޔޫ ބޯތު. ބާއި! ހޭވް އެ ގްރޭޓް ޑޭ!”
“ޔާ ރައިޓް. ފޯ ސްކޫލް ޕްރޮޖެކްޓް. މޯ ލައިކް ޓު ޓޯޗާ މީ.” ލިލާ ދިޔުމުން އާލިޔާ ޔާޒަނާއި ދިމާއަށް ލޯ އަޅާލިއެވެ. “ކަމޯން ސްޓޮޕް ބީއިން މިސް.ގްރަމްޕީ-އޯލްޑް-ލޭޑީ. ޔޫ އާ ގޮނާ ހޭވް ފަން ހިޔާ.” ޔާޒަން ހިނިގަނޑެއް ޖަހާލިއެވެ.
“ހާރް ހާރް ހާރް. ސޯ ފަނީ. އައި ހޭޓް ކިޑްސް. ދޭ އާ އެނޯއިން ބްރޭޓްސް ހޫ އޮންލީ ނޯސް ހައު ޓު ވައިން އެބައުޓް އެވްރީތިން ލައިކް އެ ނިއު ބޯން ބޭބީ. އައި ސޯ ވިލް ނޮޓް އެންޖޯއި ދިސް ސޯ ކޯލްޑް ވިޒިޓް.” އާލިޔާ ރުޅިމޫނު ހަދާލިއެވެ.
“ވީ ވިލް ސީ އެބައުޓް ދެޓް.” ޔާޒަން އެއްމިޔަކަނުން ހީލިއެވެ.
Guysssss… I’m so sorry for not updating all this time. But Shai varah busy koh ulhuny studies ge kankamuge. I’m really sorry. Hope you guys understand. ☺️
Well.. Hope you like this part too. Don’t forget to vote.. And give me some comments plzz..
Love you loads.
Quinn?
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





I was waiting for this omg I really enjoyed reading it … your one of my favv author tvvvvvvvvvvvvvvgc ss ?????