“ކީޕް ރައިޓިން އެބައުޓް މީ. ލެޓްސް ސީ ހައު ފާ ޔޫ ކޭން ގޯ ވިތު ދޯޒް އިންޒަލްޓްސް.” އައިކަން ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލުމަށް ފަހު ހަމަޖެހިލިއެވެ. ޒިވްޔާއަށް ކުރެވުނުހާ ވެސް ކަމަކީ ގަބު އަރާފައި އިނުމެވެ. އޭނާފެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އޭނާގެ ނޭފަތު ކުރީގައި އަދިވެސް އައިކަން ޖަހާފައި ހުރީ ސެންޓުގެ މީރުވަސް ދުވާކަހަލައެވެ. “ވެއިޓް އެން ވޮޗް އައިކަން. ޔޫ ޑޯންޓް ނޯ ހޫ ޔޫ އާ މެސިން ވިތު. އައި […]
ޒިވްޔާގެ ކަންފަތް ބުޑުގައި އެބަސްތައް ތަކުރާރު ވަމުން ދިޔަ ފަދައެވެ. އެއާއެކު ދެން ފެނުނީ ޒިވްޔާ ބާރަށް ހަޅޭލަވައިގަތް މަންޒަރެވެ. އެނދުން ތެދުވެ ޒިވްޔާ ދުއްވައިގަތެވެ. “ވަޓް ދި ހެލް، ޒިވީ؟” ވާނުވާ ނޭނގިފައި ޔަޝްމީ އަހާލިއެވެ. ޖަވާބެއް ދިނުމެއް ނެތި ޒިވްޔާ އަވަސް އަވަހަށް އެއްޗެހި ބަދަލު ކުރަން ފެށިއެވެ. ރަތް ކުލައިގެ ޓޮޕަކާއި ޖިންސެއް ލުމަށްފަހު އަވަސް އަވަހަށް އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އަދި އެއަށްފަހު ލުއި ގޮތަކަށް މޭކަޕް ކޮށްލިއެވެ. އަދި އަތް […]
ގެއަށް ދެވުން އިރު ޒިވްޔާ ހުރީ ވަރަށް ވަރުބަލިވެފައެވެ. ވަރުބަލި ނުވެއްޖެއްޔާ ވެސް ދެރަ ނޫން ހެއްޔެވެ. އެ އައިކަން އެކުއްޖާފުޅަށް އެވަރު ކޮށްލި ވިއްޔާއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ޒިވްޔާ އޮތީ ވާހަކަ ފޮތެއް ހިފައިގެން އެ ފޮތަށް ގެއްލިފައެވެ. އިރު އިރުކޮޅާ އޭނާ ހީލާތަން ފެނެއެވެ. ހީވާ ގޮތުން ނަމަ އޭނާ ކިޔަމުން އެދަނީ އޭނާއަށް ވަރަށް ވެސް ކަމުދާ ވާހަކައެކެވެ. “ޒިވީ. ދަރިފުޅާ. ޔަޝްކޮ އައިއްސި.” ދުމްޔާ ޒިވްޔާގެ ދޮރުގައި ޓަކި ޖަހާލިއެވެ. […]
ހަމަޖެހިލައިގެން ލިފްޓުން ފޭބި ޒިވްޔާއަށް އެރުނީ ވިޝާލްގެ ކުރިމައްޗަށެވެ. “ހެއި. ވިޝާލް.” “ހެއި ޒިވީ. ހާދަ ޓަޔަޑް ވެފަ. ތިއޮށް މާނޭވާ ލެވެނީނު.” ވިޝާލް އަހާލީ ޒިވްޔާ މާނޭވާ ލަމުން ދިޔައީމައެވެ. އޭރު ވެސް ޒިވްޔާއަށް ކުޑަކޮށް ހެވެނީއެވެ. “ޔެއާ! އައި މެޓް ދި ޑެވިލް!!! ހަހަހަހަ!” ޒިވްޔާ އަނެއްކާވެސް ހޭން ފެށިއެވެ. އޭރު ހީހީގޮސް އޭނާގެ ބަނޑަށް ތަދުވެއެވެ. “އޯހް މައި ގޯޑް ޒިވީ. ތިވަރަށް ނުހީ. ކެއްސާނެ އެއްނު.” އެތަނަށް އައި ޔަޝްމީ ބުނެލިއެވެ. […]
ޒިވްޔާގެ ވާހަކައިގައި އައިކަންގެ ޝަޙުސިއްޔަތަށް އެތައް މަލާމާތެއް ކުރެވެމުން ދިޔައެވެ. ____________ “އައިކަން އަކީ އޭނާގެ ސިފަތައް ފެނިފައި އެންމެންވެސް އެއްވެސް ސުވާލެއްނެތި ބަސްހުއްޓިފައި ބަލަހައްޓައިގެން ހުންނާނެފަދަ މީހެކެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑެކެވެ. ބޯ ބުމައާއި އެހާމެ ބޯ ވެފައި ދިގު އެސްފިޔަތަކެކެވެ. މޫނުމަތި އެހާ އޮމާންވެފައި ފާޅުކަންބޮޑު ކަތުރުކަށިގަނޑެއް ލިބިފައިވެއެވެ. އޭނާގެ އަޅިކުލައިގެ ދެލޮލުން ތެރޭގައި ތޫފާނެއް ދައްކާދޭ ކަހަލައެވެ. އެހާވެސް އަޅިކަން ގަދަވެފައި ދަމާ ބާރު ވަރުގަދައެވެ. ޔަގީނުން ވެސް އޭނާގެ ހަމަ އެންމެ […]
ޒިވްޔާ ދޭތެރެއަކުން އޭނާ އާއި ދިމާއަށް ބަލާކަން އައިކަނަށް އިހުސާސް ވިއެވެ. އޭނާ އެބަލަނީ ހާދަ ވަރަކަށެވެ. ޒިވްޔާ ބަލާ ވަރުން އައިކަނަށް ކުރުހަން އުނދަގޫ ވިއެވެ. މައްސަލައެއް ނޫނެވެ. ޒިވްޔާ ދިޔުމުން ވެސް އޭނާއަށް ކުރެހިދާނެއެވެ. ޒިވްޔާ އޭރު އިންގޮތް އައިކަންގެ ހަނދާނުގައި މިހާރުވެސް އެބަހުއްޓެވެ. ތެދަށް ބުނަންޏާ އެ މަންޒަރުވަނީ އައިކަންގެ ހިތުގައި ބިންވަޅު ނެގިފައެވެ. ނަމަވެސް އެކަމަށް އައިކަން އެއްބަސް ވާނެހެން ހީވޭ ހެއްޔެވެ؟ އޭނާ ބޭނުންވީ ޒިވްޔާއަށް ޖެއްސުންކޮށްލާށެވެ. އެހެންކަމުން […]
ހަފްތާއެއް ފަސް ނިމިގެން ދިޔަ ހަފްތާ އެއްކޮށް ޒިވްޔާއަށް އައިކަންގެ އުނދަގުލާއި ކުރިމަތިލާން ޖެހުނެވެ. އޭނާ ކޮލަޖަށް އަންނައިރަށް ހުންނާނީ ރެޑީ ވެގެނެވެ. ޒިވްޔާ ގޮސް ކުލާހަށް ވަންނަންދެކަށް އައިކަން ޒިވްޔާގެ ފަހަތުން އަންނާނެއެވެ. އައިކަންގެ އުޅުމުން ޒިވްޔާގެ ރައްދު ތަކުން އޭނާއަށް ހިތްހަމަ ޖެހުން ލިބޭކަން ޒިވްޔާއަށް އެނގުމުން އޭނާގެ ރުޅިގަނޑު އިތުރަށް ކެކިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ޒިވްޔާއަށް ކުލާހުން ނުކުމެވުނީ އެހެން ކުދިންނަށް ވުރެ ލަހުންނެވެ. ހަމަޖެހިގެން ކުލާހުން ނުކުތް ގޮތަށް […]
އައްސަލާމް ޢަލައިކުމް. މި ނިމިގެން ދިޔަ ހަފްތާގައި އަޅުގަނޑު މިވާހަކައިގެ 4 އެޕިސޯޑު ވާނީ އަޕްލޯޑް ކޮށްފައެވެ. އެހެންނަމަވެސް އަޅުގަނޑު އާ ވަޒީފާއެއް ފެށުމާއި ގުޅިގެން މިއަދުން ފެށިގެން ވާހަކަ އަޕްލޯޑު ކުރެވޭލެއް ލަސްވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ވީ ވަރަކުން ވީ އެންމެ އަވަހަކަށް އަޕްލޯޑް ކުރަމުން ގެންދާނަމެވެ. ވީމާ މިކަން ކިޔުންތެރީންގެ ސަމާލުކަމަށްޓަކައި ގެނައީމެވެ. މި ވާހަކައިގެ އަޕްޑޭޓްސް އަޅުގަނޑުގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެއެވެ. ޔުޒާނޭމް: shyyyms_writes Lots of […]
އާ ދުވަހަކަށް އިރު އަރައިގެން ދިޔުމާއެކު ޒިވްޔާ އަވަސް އަވަހަށް ރެޑީ ވެލައިގެން ގެއިން ނުކުތީ އޭނާގެ ރަހުމަތްތެރިން އޭނާ ބަލާ އައުމުންނެވެ. ޒިވްޔާ ކާރަށް އެރުމާއެކު ހަޔާލް ކާރު ދުއްވާލިއެވެ. ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ކޮންމެވެސް ކަމަކާ އުނދަގޫވެފައި ހުރި ކަމެވެ. “ހެއި. ޒިވީ އޯކޭތަ؟” ހަޔާލް އަހާލިއެވެ. “ޔެއަ…” ޒިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “އަސްލު ބުނަންޔާ.. އައި ޑޯންޓް ނޯ.. އިޓްސް ޖަސްޓް.. ޔޫ މެނަށް […]