އިޝާން މާލެދިޔަތާ ދެވަނައަށް ވީދުވަހު އަނިލްއަށް ނީލާގެ އީމެއިލްއެއް ލިބުނެވެ. އޭގައިވަނީ މާލޭ ސުކޫލަކަށް ބަދަލުވާން އެދޭތީ އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ދިނުމަށް އެދިފައެވެ. ކުއްލިއަކަށް ނީލާ އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުން އަނިލް ހައިރާންވެ ރުޅިވެސް އައެވެ. ނީލާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން ދެފަރާތުގެ ރުހުމާއެކު ދެމީހުންގެ ކައިވެނިވަނީ ހަމަޖެހިފައެވެ. އަނިލްވަނީ ކައިވެނި ކުރާނެ ތާރީޚަކާއި ކައިވެނީގެ ކާޑު ތައްޔާރުކުރާނެ ގޮތްވެސް ކަނޑައަޅައި ނިންމާފައެވެ. ހަމައެކަނި ނީލާގެ ޚިޔާލެއް ބޭނުންވާތީ އެކަންތައްތައް މަޑުޖެހިފައި […]
އެންމެންގެ މެދުގައި ހުއްޓިލައިގެން އޮޓޮގުރާފް ލިޔެދޭންހުރި ޒުވާނާއަށް އަހަރެން ބަލާލީމެވެ. އެއީ އަހަރެން ދަންނަމޫނެކެވެ. ލީމިންހޯއެކީ “ބޯއީޒް އޯވަރ ފުލާވާރ” ގައި މަސައްކަތް ކޮށްފައިވާ ކިމް ޔޫން ޖޫންގް އެވެ. އެރީތި ހިތްހައިމު ހިނިތުންވުން މީހުނަށް ހަދިޔާކުރަމުން އޮޓޯގްރާފް ލިޔަމުން ދިޔައެވެ. އެތައް ބަޔަކަށް އޮޓޯގްރާފް ދިނުމަށްފަހު، ޓާ ޓާކިޔަމުން އޭނާ ސިޑިން މައްޗަށް ދިޔައިރުވެސް ގުޑާލަން ނޭގިފައި އަހަރެންނަށް ހުރެވުނީއެވެ. އިރުކޮޅެއްފަހުން ހަމަހޭވެރިކަން ވެގެން އެދިމާއަށް ދުއްވައިގަތީމެވެ. ގާޑުންތައް ހުޝިޔާރުކަމާއެކީ އަހަރެން ހިފެހެއްޓިއެވެ. އަހަރެންގެ ގައިގާ […]
” ޕޮޒިޓިވް” އެލަފްޒު ފެނުމާއެކު އަތުތެރޭގައި އޮތް ރިޕޯޓް އޭނާއަށް ބޮނޑިކޮށްލެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ފާޚާނާ ތެރޭގައި އިނދެގެން ނީލާ ހިތްފުރޭންދެން ރުޔެވެ. އެރީތި ދެލޯރަތްވެ ދުޅަވީއިރުވެސް ލޮލުން ކަރުނައެއް ނުހިކުނެވެ. ވާނީވެސް އެހެންނެވެ. އެއްވެސް ކުށެއްނެތި އެވަރުގެ ބަދުނާމަކާއި ކުރިމަތިލާންޖެހުމުން ދެރަނުވާނީވެސް ކާކުހެއްޔެވެ؟ އެންމެންގެ ލޯތްބާއި ގަދަރުލިބިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދަނިކޮށް ކުއްލިއަކަށް މިކުރިމަތިވީ ކޮންފަދަބޮޑު ތޫފާނަކާ ހެއްޔެވެ؟ އޭނާއަށްވެސް އެނގުމަކާވެސް ނުލައި އޭނާގެ ޒުވާންކަން ފޭރިގަތީ ކޮންފަދަ ނުލަފާ […]
ލީމިންހޯ ފެނުނުކަމަށް ޓުއަގައިޑް ބުނި ސަރަހައްދަށް އަހަރެމެން ދިޔައީމެވެ. ޓުއާގައިޑް އަހަރެންނާއެކު ދާންވަރަށް ދެކޮޅުވެސް ހެދިއެވެ. މާދުރަށްދާންޖެހޭތީއެވެ. އެނޫނަސް އޭނައަކީ އިތުރު ވަޒީފާތަށް އަދާކުރާމީހެއްކަމަށް ބުނެ ބަހަނާވެސް ދެއްކިއެވެ. ނަމަވެސް ފަސްސަތޭކަ ޑޮލަރުދޭން ބުނުމުން ވަގުތުން އެއްބަސްވިއެވެ. ދަހިވެތި އަންހެނެކޭ ހިތަށް އެރިއެވެ. އަހަރެމެން ދިޔަ ސަރަހައްދަކީ ފަރުބަދަމަތީ ހިސާބެކެވެ. ޓުއަރިސްޓުންގެ މައިމަރުކަޒެކެވެ. ގޮނޑުދޮށް އޮންނަނީ ވަރަށްތިރީގައެވެ. ރާއްޖޭގައި އޮންނަފަދަ ރީތި ގޮނޑުދޮށެއް ނޯވެއެވެ. ނަމަވެސް ބައެއްދިމަދިމާލުގައި ދޮންވެލިއޮވެއެވެ. ރަށުގެ ވަށައިގެން ހިނގޭގޮތަށް އުސްމަގުން އަހަރެމެން ކުރިޔަށްދިޔައީމެވެ. […]
” އިޝާން….އަޅުގަނޑަށް އެނގޭ އިޝާން ތިޔަސުވާލު ކުރީ ކީއްވެގެންކަން…..އެކަމަކު އިޝާން ގޯސްގޮތަކަށް އަޅުގަނޑާމެދު ވިސްނުމުގެ ކުރިން ވަރަށް މުހިއްމު ވާހަކައެއް އަޅުގަނޑު ބުނެލަން ބޭނުން….އެއީ އަދި އިތުރުމީހަކަށް ނޭނގޭ ސިއްރެއް….އަޅުގަނޑާ ނީލާގެ ކައިވެނިވަނީ ހަމަޖެހިފަ…..އިރާދަކުރެއްވިއްޔާ…މާގިނަދުވަހެއްނުވެ އަޅުގަނޑުމެން ކައިވެނިކުރާނަން….” އަނިލްގެ ވާހަކަ އަޑުއަހާފައި އިޝާންއަށް ލިބުނު ހައިރާންކަމުން ބަސްހުއްޓުނެވެ. އެއީ ތެދެއްކަން އޭނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނީލާ ލޯބިވަނީ އިޝާންދެކެއެވެ. ނީލާގެ ލޯތްބާއި އޭނާގެ ހަށިގަނޑުވެސް ވަނީ އިޝާންއަށް ހިބައިން ދީފައެވެ. ވީއިރު ނީލާ އަނިލްއާ ކައިވެނިކުރާނީ […]
ފިލްމުބެލުމާއި ސީރީޒް ބެލުމަކީ އަހަރެންގެ ހުސްވަގުތު ފުރާލުމަށް އެންމެ ކުރާހިތްވާ ކަންތަކެވެ. ހުސްވަގުތު ނުލިބިއްޖެއްޔާ ވަގުތު ހޯދައިގެންވެސް އެކަންތައް ކުރެވޭތޯ އަހަރެން ބަލަމެވެ. އެހާވެސް ބޮޑަށް އަހަރެންހުރީ އެކަމަށް ދެވިހިފާފައެވެ. ހިންދީ ސީރީޒުން ފެށިގެން އިނގިރޭސި، ކޮރެއާ، ޖަޕާން، ޓައިވާން ނުވިތާކަށް ޗައިނާ ސީރީޒްތައްވެސް އަހަރެން ބަލަމެވެ. ޚާއްސަކޮށް ކޮރެއާ ސީރީޒްތައް އަހަރެންނަށް ވަރަށްކަމުދެއެވެ. އެސީރީޒްތަކުގައި އުޅޭކުދިންގެ ރީތިކަމުންނެވެ. ޚާއްސަކޮށް ލީމިންހޯއެވެ. އެއީ ކޮރެއާ ތަރިންގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދާތަރިއެވެ. ސަހަރޯއެވެ. އޭނަގެ އެހުންނަ ފިރިހެންވަންތަކަމެއްތާއެވެ. […]
” މިގަޑީގަ ކާކުބާ؟” އިޝާން ޖެހިލުންވެ ހުރެވެސް ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ގޮސް ކުޑަދޮރުގެ ދޮރުފޮތި ހިއްލާލުމަށްފަހު ސިއްރުސިއްރުން ބޭރުބަލާލިއެވެ. ކޮންމެވެސް މީހަކު ދޮރުމަތީ އެބަހުއްޓެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ހެޔޮކަމަށް އިޝާން ދޮރުހުޅުވަން ނިންމިއެވެ. އިޝާން މަޑުމަޑުން ތަޅުހުޅުވުމަށްފަހު ކުޑަކުޑަކޮށް ދޮރުހުޅުވާފައި ބަލާލިއެވެ. ކުރިމަތީހުރި އަންހެން ކުއްޖާފެނުމުން އިޝާންގެ ފައިކޮޅުން ވާގިދޫވެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމުން ހުރިގޮތަށް ހުއްޓުން އަރާފައި އިޝާންއަށް ހުރެވުނީއެވެ. ލަދުރަކި ގޮތަކަށް ހިނިތުންވެގެން އިޝާންގެ މޫނަށް ބަލަހައްޓައިގެން […]
ޒިޔާން އޭނާގެ އަތް އަރޫނާގެ ހެދުން ތެރެއަށް ކޮށްޕާލުމުން އިޝާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. ދޮރުގައި ފައިންޖެހިޖެހީނުން ތަންމިނަށް ދޮރުހުޅުވާލިއެވެ. ޒިޔާންއަށް ލިބުނު ސިހުމާއެކު ދެލޯބޮޑުކޮށްފައި ދޮރާދިމާ ބަލާލެވުނެވެ. ދޮރުމަތީ ރުޅިއައިސް ރަތްވެފައިހުރި އިޝާންފެނި ޒިޔާންއަށް ހަދާނެ ގޮތް ހުސްވިއެވެ. އަރޫނާ ޒިޔާންގެ އަތްދަށުން ދެމިގަނެގެން އައިސް އިޝާންގެ ގައިގާ އޮޅުލައިގަތެވެ. އިޝާން އައި ރުޅިން މުޅިމީހާ ތުރުތުރު އަޅައެވެ. ޒިޔާންއަށް ލިބުނު ސިހުމުން ކަންބޮޑުވެގެން އިރުކޮޅެއް ވާންދެން ހުރިފިޔަވަޅުމަތިން ގުޑާލަންވެސް ނޭނގިފައި ހުރެވުނެވެ. ހަމަކުއްލިއަކަށް […]
ފެންމާގަނޑުދަށުގައި އިނދެގެން އިޝާން ވިސްނަމުންދިޔައެވެ. މިހުރިހާ ދުވަހު އޭނާއަށް ނަފުރަތު ކުރި މަންމަ ކުއްލިއަކަށް އެހާލޯތްބެއްވީ ސަބަބަކީ މިއީ ހެއްޔެވެ؟ ކުޑައިރު މަންމަގެ ލޯތްބަށް ފެންބޮވައިގެންފައި ހުއްޓާ އޭނާ އެއްލާލާފައި ބޮޑުވެފައި ހުއްޓާ އޭނާ ފެނުމުން މަންމަ ފެންބޮވައިގަތީ އޭނާގެ ހަށިގަނޑަށް ހެއްޔެވެ؟ މިއީ ފެނުނު ބިރުވެރި ހުވަފެނަކަށްވީނަމައޭ އިޝާންގެ ހިތަށް އަރަމުންދިޔައެވެ. އެފަދަ މަންމައެއްގެ ލޯބީ އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގައި މަންމައާއިމެދު އޮތް ލޯތްބާއި ޤަދަރު ވަގުތުން ނެތިގެން ގޮސް އެހިތުގައި […]