” އަހަރެން ހިޔެއްނުކުރަން އަންނާނެކަމަކަށްވެސް….” ނީލާ އިސްޖަހާލައިގެން އިންދާ އަނިލްގެ އަޑުއިވުމުން ހައިރާންވެފައި އިސްއުފުލާލިއެވެ. ނީލާގެ ކެބިންގެ ދޮރުމަތީ ހިނިތުންވެލައިގެން ނީލާއަށް ބަލަންހުރި އަނިލް ފެނުމުން އޭނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ” ކިހިނެއްވީ ހާދަ ހައިރާންވީ؟ އަހަރެންހީކުރީ މަލުގަ އޮތްލިޔުންކޮޅު ކިޔާފަކަމަށް ތިއައީ……” ” އެއީ ސަރ ބޭއްވި މަލެއްތަ؟” ހައިރާންވެ ގަބޫލުނުކުރެވިފައި އިނދެގެން ނީލާ ސުވާލުކޮށްލިއެވެ. ” އާނ! އަނެއްކާ އެހެންމީހަކަށް އެކްސްޕެކްޓްކޮށްގެންތަ ތިއައީ…….އަހަރެންހީކުރީ އެމާދިނުމުގެ ކުރިންވެސް އެނގޭނެކަމަށް……ވަރަށްގިނަ ހަދިޔާވެސް ދިނިންވިއްޔަ…” އަނިލް ހިނިތުންވެލަމުން […]
” އަރޫ ނިދީތަ ފާޚާނާގަ އިނދެގެން” ދޮރު ހުޅުވާލުމާއެކީ ކުރިމަތީހުރި ނީނާ އަހާލިއެވެ. އަރޫނާ އެއްވެސް ޖަވާބެއްނުދީ ފާޚާނާއިން ނުކުމެގެން ހިނގައްޖެއެވެ. ނީނާ ކުޑަކޮށް ހައިރާންވެފައިހުރެ ފާޚާނާއަށް ވަދެއްޖެއެވެ. ނީލާ އައިސް އޭނާގެ ކެބިންއަށް ވަނުމާއެކީ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ފިޔާތޮށި ކުލައިގެ ފިނިފެންމަލެވެ. ހިނިތުންވެހުރެ މާނަގައި ކަރުދާސްކޮޅުގައިވާ ލިޔުންކޮޅު ކިޔާލިއެވެ. “އަދި ކިރިޔާތަ މޯރނިންގް އެވީ މިމީހަކަށް…..ކާކުބާ އެއީ…..އުމްމް…ޝާން ނޫން ދެވަނަ މީހަކަށް ނުވާނެ…” ނީލާ ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. އެއީ އިޝާން ދިން […]
މާތްﷲ އިންސާނާ ޚަލްޤު ކުރެއްވީ ބޭކާރުގޮތެއްގައެއް ނޫނެވެ. އަދި ކުޅިވަރެއްގެ ގޮތުގައެއްވެސް ނޫނެވެ. ވަރަށް މާތް މަޤުޞަދެއްގައެވެ. ނަމަވެސް އެކަން އެނގެނީ ކިތައް އިންސާނުންނަށް ބާއެވެ. އާނއެކެވެ. ކޮންމެ މުސްލިމަކު ގާތު އަހާލިޔަސް ތިމަންނައަށްވެސް ތިކަން އެނގެޔޭ ބުނާނެއެވެ. ނަމަވެސް ހަޤީޤީ މާނައިގައި ދިރިއުޅުމުގެ މަޤުސަދު އެނގެނީ ވަރަށްވެސް މަދުބަޔަކަށެވެ. އެވެސް އުމުރުގެ ބޮޑުބައި ބޭކާރުވާފަހުންނެވެ. އަހަރެންނަކީ އެމަދުމީހުންގެ ތެރެއިން އެކަކީމެވެ. މީގެ އަހަރުތަކެއްކުރިން އަހަރެންހީކުރީ ދުނިޔޭގައި އެންމެ އުފަލުގައި އުޅޭމީހުންނަކީ މުއްސަނދީން ކަމުގައެވެ. ސަބަބަކީ އަހަރެންނަށް […]
ހަވީރުގެ ހިތަފަސޭހަ ވަގުތެވެ. އިޝާންގެ ހުރީ އޭނާ އުޅޭގޭގެ ދޮރާށި ދޮށަށް ނުކުމެ، ކުރިމަތީގައި އޮތް ފުޓްބޯޅަދަނޑުގައި ޒުވާނުން ކުޅޭ މަންޒަރު ބަލާށެވެ. އެގެއަކީ މީހުންދިރިއުޅޭ ސަރަހައްދާއި ދުރުން އަލަށްދީފައިވާ ގޯތިތަކުން ގޯއްޗެއްގައި އިމާރާޔަތް ކޮށްފައިވާ ގެއެކެވެ. އެހެންކަމުން އެގެ ފިޔަވައި އެހިސާބުގައި މީހުން އުޅޭ އިތުރު ގެއެއް ނުހުރެއެވެ. ދެންއޮތީ ހައްތަހާވެސް ފަޅުގޯތިތަކެވެ. ކުރިމަތީގައިވާ ފުޓްބޯޅަ ދަނޑުގައި ކުޅޭ ކުދިންގެ ސަބަބުން ދުވާލުގަޑީގައި އެހިސާބަށް ދިރުން ގެނެސްދެއެވެ. އިޝާން އާއި ނައީޝް ފިޔަވައި އެގުރޫޕްގެ ހުރިހާ […]
* މިއީ ކުރިންވެސް ޝައިން މިސައިޓްގައި ޕޯސްޓް ކުރި ވާހަކައެކެވެ. އެޑްމިންގެ އެދުމުގެ މަތިން އަނެއްކާވެސް ޕޯސްޓްކުރަން ފެށީއެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ރަށުގެ ދެކުނުކޮޅުގައި އޮންނަ ކުޅީގެ އައްސޭރިފަށުގައި ރުކެއްގައި ލައްވެގެން ނީލާހުރީ ފެންނަންމުންދާ ގުދުރަތީ މަންޒަރުތަކަށް ހިތްދޫކޮށްލައިގެންނެވެ. ގަސްތަކުގެ ފެހިކުލައިގެ ހިޔަނީގެ ސަބަބުން ކުޅީގެ ފެންގަނޑަށް ވެރިވެފައިވަނީ ހިތްގައިމު ފެހިކުލައެކެވެ. އޮއްސެމުންދާ އިރުގެ ރަންދޯދިތައް ފެންގަނޑަށް އެޅުމުން އިތުރު ހިތްގައިމުކަމެއް ގެނެސްދީފައިވެއެވެ. ގަސްތަކުގައި ދޮންވެ، ވެއްޓެން ތައްޔާރުވަފައިވާ ފަތްތަކުގައި ވައިރޯޅި ބީހިލުމުން ކެތްނުކުރެވިގެން ފަތްތައް […]