6 މަސް ފަސް…… އަހަރުގެ ފުރަތަމަ ސެމެސްޓަރގެ ކިޔެވުންނިމި ޗުއްޓީ ވެއްޖެއެވެ. އަހުސަންއާއި އަހުނަފްއާ ދެމީހުން މާލެ ނުދެވިގެން ތެޅިފޮޅެނީއެވެ. އަހުސަންގެ ކަންތައް ވަކީންބޮޑެވެ. އޭނާގެ ހަރަކާތްތައްހުރިގޮތުން އިޝާންހުރީ ހައިރާންވެފައެވެ. ހަމަގައިމުވެސް މަންމައާއި ބައްޕަ ދެކޭހިތުންނެއް އަހުސަންއަކަށް އެވަރެއް ނުވާނެކަން އިޝާންއަށް އެނގެއެވެ. ކޮންމެވެސް އެހެންކަމެއް އެބައުޅެއޭ އިޝާންގެ ހިތަށް އެރިއެވެ. ” ހޭ ބުރޯ! ހާދަކެތްމަދުވެގެން ތިއުޅެނީ…އަނެއްކާ އެކޮޅުގަ މީހަކު އިންތިޒާރުކުރަނީތަ؟…” ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޝާން ކޮށްލިސުވާލުން އަހުސަން ކަންބޮޑުވެފައި އިޝާންގެ މޫނަށް ބަލާލިއެވެ. […]
ޖެހިގެންއައި ދުވަހު ހެނދު ހެނދުނާ އިމާދު އާއި އިޝާން އަނިލްމެން ގެޔަށް ދިޔައެވެ. ކާފައާއި މާމައާއި އެންމެންގެ ހާޒިރުގައި އިމާދު ނިންމާފައިވާގޮތް ހާމަކުރިއެވެ. ” އަނިލް ދަރިފުޅާ….ދަރިފުޅު ކީކޭބުނަނީ މިކަމާ….ބައްޕަހީކުރަން ދަރިފުޅު ބައްޕައާމެދު ދުރުގޮތަކަށް ނުދެކޭނެކަމަށް……އިރާދަކުރެއްވިތީ ބައްޕައަށް ތަނަވަސްކަން ލިބިފައެބަހުރި….މިހާރު ބައްޕަ ދެކެނީ އިޝާންއެކޭ އެއްފަދައިން އަނިލްއަކީވެސް ބައްޕަގެ ދަރިއެއްގެ ގޮތުގަ….ތިދެބޭން ގުޅިގެން އެކީ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުން އެއީ ބައްޕަގެ އުއްމީދަކީ….ބައްޕައަށް އެނގޭ މަންމައާ ވަކީން އަނިލްއަކަށް ނޫޅެވޭނެކަން….ތިދެމައިން ވަކިކޮށްގެން މާޒީގާ ހެދިކަހަލަ ގޯހެއްހަދާކަށް […]
އަހުނަފް އައުމާއެކީ ގޭތެރޭގެ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. އިޝާންއާއި އަހުސަންއަށްވުރެ ދެއަހަރު ދުވަސް ހަގުކަމުގައިވިޔަސް ފެންނަފެނުމަށް އަހުނަފް އެމީހުނާ ދާދި އެއްވަރެވެ. މިޖާޒުގައި ހަލަބޮލިކަން ހަރުލާފައިވާ އަހުނަފްގެ ސަބަބުން އޭނާއާއެކުގައި އުޅޭއެހެންމީހުންނަށްވެސް މަޑުންތިބުމަކީ އުނދަގޫކަމެކެވެ. ހުރިހާ އެންމެންވެގެން ފޯރީގައި ސަކަރާތް ޖަހަޖަހާފައި އުޅުނުނަމަވެސް އިޝާންގެ ހިތުގެ އެއްކަނެއްގައި ނުފިލާރިހުމެއްވަނީ އުފެދިފައެވެ. އެއީ އޭނާ އެންމެލޯބިވާ މީހުންނާ ވަކިވާން ޖެހޭތީ ރިހޭރިހުމެވެ. މިފަސްގަނޑު ދޫކޮށް ދާންޖެހުމުން ހިތަށް ކުރާއަސަރެވެ. އޭނާ މިރަށަށް އައީ ކިހާފޮނި އުއްމީދަކާއެކީ ހެއްޔެވެ؟ އޭނާގެ […]
ފަތިސްނަމާދުގެ ބަންގިޔާއެކީ އަނިލް ހޭލިއެވެ. ނަމާދުކޮށްގެން އައިސް ސިޓިންރޫމުގައި ކޮފީއެއް ހިފައިގެން ޖައްސާލިއެވެ. އިރުކޮޅެއްފަހުން މާމައާއި ކާފަ ދަނޑަށް ހިނގައްޖެއެވެ. ނަރުގިސްވެސް ސައިހެދުމަށްފަހު ދަނޑަށްދިޔައެވެ. އަނިލް ކޮޓަރިއަށްވަދެ ބަލާލިއިރު ނީލާމެންގެ ދެމައިން އަދިވެސް ތިބީ ނިދާފައެވެ. އަނިލް ނީލާގެ ފޯނުހިފައިގެން މަޑުމަޑުން ނުކުތެވެ. އިންތިޒާރުގެ ވަގުތުތަކަކަށްފަހު ނީލާގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. އަނިލް ބަލާލިއިރު އެއްކަލަ މީހާގެ މެސެޖެކެވެ. ” އަހަރެން މިހުރީ އައިސް…..ކިހިނެއް ހަދަންވީ؟” އަނިލް މެސެޖް ކިޔާލުމަށްފަހު ޖަވާބު ލިޔެލިއެވެ. ” ޖޯލީގަ މަޑުކޮށްލާ….މައެބަދާން…” […]
ދުވަހަކީ ހޮނިހިރު ދުވަސްކަމަށް ވުމުން އިޝާން ފަތިހު ހޭލާފައިވެސް ނަމާދުކޮށްގެން އަނެއްކާވެސް ނިދީއެވެ. ދަމަކަށް އިރުއެރިފަހުން އަހުސަންއަށް ހޭލެވުނެވެ. އިޝާންއާއި ޒިހާންއޮތީ އަދިވެސް ގަދަނިދީގައެވެ. އަހުސަން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ފެންވަރައިގެން ނުކުމެ ސޯޓެއްލައިގެން ލޯގަނޑުކުރިމަތީގައި ހުރެ، ތުވާލިން ބޯހިއްކަމުން ދަނިކޮށް ކުއްލިއަކަށް ބޭރުދޮރުގައި މީހަކު ޓަކިދޭ އަޑުއިވިއްޖެއެވެ. އަހުސަން ހުސްގަޔާހުރެ ބޯހިއްކަމުން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު ބޮލާދިމާއަށް ފަޅައިގެންދިޔައީ ފުއްޕާހަމެކެވެ. އެއާއެކު އޭގެތެރެއިން އޭނާގެ ބޮލަށް ފައިބައިގަތީ ކުދިކުދި ކުލަ ކަރުދާސްކޮޅުތަކެކެވެ. […]
އެނދުގައި ފުރޮޅި ފުރޮޅި ބަނޑުހައިވުމުން އިޝާން ތެދުވެގެން ސިޓިންރޫމަށް ނުކުމެ ކޮފީއެއް ގިރާލިއެވެ. ކޮފީޖޯޑު ހިފައިގެން އައިސް ސޯފާގައި އިންދައި ބޭރު ގޯތިތެރެއަށް ބަޔަކު ފުންމާލި އަޑު ކަހަލަ އަޑެއް އިވިއްޖެއެވެ. ނަމަވެސް އެއީ އޭނާއަށް ހީވިގޮތެކޭ ހިތައި އަޅާނުލައި އިންދައި ދެމީހެއްގެ ވާހަކަ ދެއްކުމުގެ އަޑުވެސް އިވިއްޖެއެވެ. އިޝާން މަޑުމަޑުން ސޯފާއިން ތެދުވެ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރުފޮތިގަނޑު ހިއްލައި ބޭރުބަލާލިއިރު މިލަހަނދުވަރުގެ ތެރެއިން ދެމީހެއްގެ ހިޔަނި އިޝާންއަށް ފެނުނެވެ. ދެމީހުން ވައިއަޑުން ވާހަކަދައްކަމުން ދޮރާދިމާއަށް […]
ލެޕްޓޮޕްގެ ސްކްރީން ސޭވަރގެ ގޮތުގައި ދުވެލަދުވެލާ ހުރީ ނީލާގެ ފޮޓޯތަކެކެވެ. ދަތުރުދިޔަ ދުވަހުގެ ފޮޓޯއާއި އަދި އެހެންބައެއް ފޮޓޯވެސް ހުއްޓެވެ. އިޝާންގެ ލެޕްޓޮޕްގައި ނީލާގެ ފޮޓޯ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ނީލާގެ ފޮޓޯ އިޝާން ފޮރުވައިގެން ގެންގުޅުމުންވެސް ދޭހަވަނީ އިޝާންގެ ނިޔަތް ނީލާއާމެދު ރަނގަޅު ނޫންކަމެވެ. އަނިލްގެ އަންބެއްގެ ގޮތުގައި ނީލާހުރިއިރު އިޝާން ނީލާއާމެދު އެފަދަ ނަޒަރަކުން ބަލަންވީވެސް ކީއްކުރަން ހެއްޔެވެ؟ އިޝާން އަކީ ހަމަ ހަގީގަތުގައިވެސް ނީލާއާ ހިތާވެގެން އެއުޅޭ މީހާކަން އަނިލްއަށް ޔަގީން […]
” ނޫން….އަހަރެންނަށް މިވިސްނެނީ އަދި ރަނގަޅަކަށްނޫން….ނީލާ އިޝާންއަށް އަޅާލަނީ މިވަގުތު އިޝާންގެ ހާލަތުހުރިގޮތުން…..އިޝާންއަށް އަމިއްލައަށް ކަންތައްތައް ނުކުރެވޭތީ، ހަމައެކަނި އިންސާނިއްތަށްޓަކާ ކޮށްދޭކަންތައް އެއީ…އަހަރެންނަށްވެސް އެފަދަގޮތަކަށް ދިމާވެއްޖެއްޔާ ނީލާ އަހަރެންނާމެދުވެސް ހަމައެގޮތަށް ކަންތައް ކުރާނެކަން ޔަޤީން…….” ނީލާއާމެދު ކުށްހީއެއް ކުރާކަށް އަނިލް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާގެ ހިތަށް ވިސްނައިދިނުމަށްފަހު ހިނިތުންވެލަމުން ގެޔަށްދާން ތެދުވިއެވެ. އަނިލް ކޮޓަރިއަށް ވަތްއިރު ނީލާ އެނދުގައި އޮތެވެ. ހީވާގޮތުން ނީލާއޮތީ ނިދާފައެވެ. އަނިލް މަޑުމަޑުން ގޮސްއެނދު ކައިރިއަށް ހުއްޓި ނީލާގެ މޫނަށް ބަލާލިއެވެ. […]
ބޮލުގައި އަތްކާއްތަމުން ގޮސް އިޝާން އަނެއްކާވެސް ސޯފާގައި އިށީނެވެ. ހަމަ ހިނދުކޮޅެއް ނުވެ އަނެއްކާވެސް ތެދުވެގެން އައިސް އަނިލްގެ ކޮޓަރީ ދޮރުމަތީ ހުއްޓިއްޖެއެވެ. ހަދާނެ ގޮތެއްނޭނގި ކަންބޮޑުވެގެން އިޝާން ދެކޮޅަށް ހިނގަން ފެށިއެވެ. ” އަޅެ އަހަރެން މޮޔަވީތަ؟….ކީކޭ ހިތައްއަރައިގެންތަ ނީލްއާ ދިމާއަށް އެވަރަށް އެއްޗެތިގޮވީ…..ނީލްވެސް ވަކިބޭނުމެއްނުވާނެއްނު ވެއްޓި، ބޭބީއަށް ގެއްލުމެއްވާކަށްވެސް…..އަހަރެންގެ މޮޔަކަން….ނީލް ކިހާބިރުގެންފަހުރީ….އަނެއްކާ އެވަރަށް އެއްޗެތިކީމަ ކިހާދެރަވާނެ……އެފަކީރު މިހާރުވެސް އެއުފުލަނީ އަހަރެންގެ ބުރައެއްނު!….އެވަރު މިނުވިސްނުނީވެސް މަށަކަށްނު!…އާހް!” ނީލާގެ ހިތުގައި ޖެއްސުނީތީ އިޝާންގެ އަމިއްލަ ނަފްސަށް އޭނާ […]