Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 6

Shine
October 23, 2016
9 Mins Read
81 Views
32 Comments

ޒިޔާން އޭނާގެ އަތް އަރޫނާގެ ހެދުން ތެރެއަށް ކޮށްޕާލުމުން އިޝާންއަށް އިތުރަށް އެމަންޒަރު ބަލާކަށް ކެތެއްނުކުރެވުނެވެ. ދޮރުގައި ފައިންޖެހިޖެހީނުން ތަންމިނަށް ދޮރުހުޅުވާލިއެވެ. ޒިޔާންއަށް ލިބުނު ސިހުމާއެކު ދެލޯބޮޑުކޮށްފައި ދޮރާދިމާ ބަލާލެވުނެވެ. ދޮރުމަތީ ރުޅިއައިސް ރަތްވެފައިހުރި އިޝާންފެނި ޒިޔާންއަށް ހަދާނެ ގޮތް ހުސްވިއެވެ. އަރޫނާ ޒިޔާންގެ އަތްދަށުން ދެމިގަނެގެން އައިސް އިޝާންގެ ގައިގާ އޮޅުލައިގަތެވެ. އިޝާން އައި ރުޅިން މުޅިމީހާ ތުރުތުރު އަޅައެވެ. ޒިޔާންއަށް ލިބުނު ސިހުމުން ކަންބޮޑުވެގެން އިރުކޮޅެއް ވާންދެން ހުރިފިޔަވަޅުމަތިން ގުޑާލަންވެސް ނޭނގިފައި ހުރެވުނެވެ. ހަމަކުއްލިއަކަށް އިޝާން އައިތަނެއް ނޭނގިގެން އޭނާހުރީ ހައިރާންވެ އިންތިހާއަށް ބިރުވެސް ގަނެފައެވެ.

ޒިޔާން އަވަސް އަވަހަށް ޕްރިންޓް ރޫމްއިން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އިޝާން އޭނާގެ މަގަށް ހުރަސް އެޅިއެވެ. ޒިޔާން ނުރުހުންވެފައި އިޝާންއަށް ބަލާލިއެވެ.

” ޔޫ އާ ފިނިޝްޑް ނައު…..ޔޫ އާ ރިއަލީ ފިނިޝްޑް…..ގެޓް ދަ ހެލް އައުޓް އޮފް ހިއަރ…..ބިފޯ އައި ސުލެޕް ޔޫ” އިޝާންގެ ހަރުކަށި ބަސްތަކަށް ދޭނެ ރައްދެއް ޒިޔާންއަކަށް ނޭނގުނެވެ. އިޝާންދެކެ ކިތަންމެ ރުޅިއައި ނަމަވެސް ބުނާނެ އެންމެ ލަފްޒެއްވެސް ޒިޔާންގެ ދުލަކަށް ނައެވެ. އެއަށްވުރެ ބޮޑަށް އޭނާހުރީ ދެންވެދާނެ ގޮތަކާމެދު ކަންބޮޑުވެފައެވެ.  އިޝާން އެހާފަސޭހައިން ޒިޔާން ދޫކޮށްލީތީވެސް އޭނާ ހައިރާންވިއެވެ. ޒިޔާން ދިއުމުން އިޝާން އަރޫނާ ގޮވައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އޭރު އަރޫނާއަށް ހުރީ ގިސްލެވިފައެވެ. އިޝާން ފިނިފެންތަށްޓެއް ހިފައިގެން އައިސް އަރޫނާއަށް ދިނެވެ. ފެންބުއިމުންވެސް އަރޫނާގެ ރުއިން މައިތިރިއެއް ނުވިއެވެ. އިޝާން އަރޫނާ ގެނެސް މޭގައި ޖައްސާލުމަށްފަހު ބުރަކަށީގައި ފިރުމާލިއެވެ. އިޝާންގެ އޯގާތެރިކަންފެނި އިތުރަށް އަރޫނާގެ ހިތުގައި ޖެހުނެވެ. އެފިރުމުންތައް އުމުރަށްވެސް ލިބުމަށް އޭނާގެ ހިތްއެދުނެވެ.

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރި ޒިޔާންހުރީ ކަންބޮޑުވެގެން ހަދާނެގޮތް ހުސްވެފައެވެ. މިއަދު ކަންތައްވީގޮތުން ހާސްވެގެން އޭނާއަށް ގެޔަށް އާދެވުނީ ލެޕްޓޮޕާއި މޯބައިލް ފޯނުވެސް އޮފީހުގައި ބާއްވާފައެވެ. އެކަން އޭނާއަށް ހަނދާންވާވަރުވީވެސް އިރުއޮއްސި އަނދިރިވީފަހުންނެވެ. އޮފީހުގެ އެއްތަޅުދަނޑި އަރޫނާގެ އަތުގައި އޮތްއިރު އަނެއް ތަޅުދަނޑި އޮންނާނީ ޕްރިންސިޕަލް އަތުގައެވެ. އަރޫނާ އަދިވެސް ގެޔަށް އައީކީ ނޫނެވެ. ޕްރިންސިޕަލް ގާތަށް ގޮސް އޮފީސް ހުޅުވައިދޭށޭ ބުނާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މިއަދު މިވީ ކަންތަކަކީ އިޝާންއާ އަރޫނާއާ ދެމީހުންގެ ރޭވުމެއް ނޫންބާއޭވެސް އޭނާގެ ހިތަށް އެރިއެވެ. އާއެކެވެ. އެދެމީހުން މިހާރު އެއުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން ޔަގީނެވެ. އިޝާންއަށް ޒިޔާންގެ ހަގީގަތް އަރޫނާ ކިޔައިދިނީކަންވެސް ޒިޔާންއަށް ޔަގީން ވެއްޖެއެވެ. ދެން ކަންތައް ވެދާނެ ގޮތަކާމެދު ޒިޔާންގެ ހިތުގައި ބިރުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.

އޮފީސް ބަންދުކޮށްފައި ދިޔަގޮތަށް އަރޫނާއިނީ އިޝާން އުޅޭގޭގައެވެ. އޭނާއިނީ ގެޔަށްދާން ބޭނުން ނުވެފައެވެ. އަރޫނާ މެންދުރުވެސް ނުކައި އިނުމުން އިޝާން ރެސްޓޯރެންޓުން ކާއެއްޗެހި ގެނެސް އަރޫނާއަށް ކާންދިނެވެ. އަރޫނާގެ ހާލަތު އެނގޭތީ ހުރިހާގޮތަކުންވެސް އަރޫނާގެ ހިތްހަމަ ޖައްސައިދިނުމަށް އިޝާން މަސައްކަތް ކުރިއެވެ.

” އަރޫ ބޭނުމިއްޔާ މިރޭ މިގޭގަ މަޑުކުރެވިދާނެ…” ރޭގަނޑުގެ ކެއުމަށްފަހުވެސް އަރޫނާ ގެޔަށްދާން ނޫޅުމުން އިޝާން ބުންޏެވެ. ޒިޔާންއާ އެއްގެއަކަށް އަނެއްކާވެސް އަރޫނާ ފޮނުވާކަށް އިޝާންވެސް ބޭނުމެއް ނުވެއެވެ. އިޝާންގެ ޖުމްލައަޑު އިވުމުން އަރޫނާގެ ހިތް އުފަލުން ނަށައިގަތެވެ. އޭނާ ހިތްއެދޭ ޒުވާނާއާއެކު އެއްގޭގައި އެންމެން ރެއެއް ހޭދަކޮށްލަން ލިބުނަސް އެއީ ކިހާބޮޑު އުފަލެއް ހެއްޔެވެ؟ އަރޫނާ ޖަވާބެއްނުދީ ހިމޭނުން އިނީ އެހާފަސޭހައިން އެގޮތާއި އޭނާ އެއްބަސް ވެއްޖެނަމަ އިޝާން ހިތަށް އަރާފާނެ އެއްޗަކާމެދު އޭނާ ކަންބޮޑުވެފައެވެ.

” ކިހިނެއްވީ…އެއްޗެކޭ ނުބުނީ؟….އަނެއްކާ އަހަރެންނަށްވެސް އިތުބާރު ނުކުރެވެނީތަ؟” އިޝާން ކަންބޮޑުވެފައި އަހާލިއެވެ.

” ދުނިޔޭގަ އެހެން އެކަކަށްވެސް ނުކުރާވަރަށް އަހަރެން އިޝާންއަށް އިތުބާރުކުރަން….އެކަމު އިޝާން ބިރެއްނުގަނޭތަ އަހަރެން މިގޭގަ ބާއްވާކަށް؟” އަރޫނާގެ ސުވާލު އިވިފައި އިޝާން ބާރަކަށް ހޭންފެށިއެވެ.

” އަހަރެން އަރޫދެކެ ބިރުނުގަނޭތޯތަ ތިއެހީ؟….ނޫނޭ އަހަރެން ވަރަށް ބިރުގަނޭ އަރޫދެކެ….އެކަމަކު ޝާހިދުކަޕޫރު ބުނިހެން އަހަރެންނަށްވެސް ކަރާޓޭ އެނގެޔޭ..ބިޝޫން..ޕިޝޫން…” މަޖާވެލާފައި އިޝާން އައިސް އަރޫނާގެ ކޮނޑުގައި މަޑުމަޑުން ދެތިން ފަހަރު ޖަހާލިއެވެ. އިޝާންގެ އެސަކަރާތުން އަރޫނާގާތަށް ހިނިއައެވެ. އެންމެފަހުން އަރޫނާ ނިންމީ އެރޭ އެގޭގައި ނިދުމަށެވެ. އަރޫނާ އޭނަގެ މަންމަޔަށް ފޯނުކޮށްފައި ގެޔަށް ނިދަން ނާންނަ ވާހަކަ ބުންޏެވެ. މަންމަވެސް އިތުރު ސުވާލެއް ނުކުރީ ގިނަ ރޭރޭ އަރޫނާ އޭނަގެ ބޮޑުދައިތަ ގޭގައިވެސް ނިދާހަދާތީއެވެ.

” މިހުރީ މިގޭގެ ގެސްޓްރޫމް…..މިރޭމީ އަރޫގެ ރޫމެއް….ބޭނުންގޮތަކަށް….ބޭނުންތާކު އޮވެގެން ނިދަންވީ….އެކަމަކު ކޮޓަރި ތެރޭގަ އޮންނާނީ އިނގޭ!…ހެހެހެ….ޔަގީން އެޒިޔާންއަކަށް މިކޮޓަރިއަކަށް ނުވަދެވޭނެކަން” އިޝާން މަޖާވެލާފައި ބުންޏެވެ. އަރޫނާ އެކޮޓަރިއަށް ވަދެބަލާލިއިރު އެއީ ވަރަށް ރީތިކޮށް ސާފުކޮށް ތަރުތީބުކޮށްފައި އޮތް ކޮޓަރިއެކެވެ.

” މިތާ ކުރިން މީހަކު އުޅުނުދޯ؟” އެކޮޓަރީގައި ތަންމަތިއަޅައި ނިދޭގޮތަށް ހުރުމުން އަރޫނާ އަހާލިއެވެ.

” އާނ! އަހަރެންގެ ފުރެންޑެއް އުޅުނީ…..އޭނަ އިއްޔެ ހިނގައްޖެ…” ނައީޝް ކަންތައްކުރިގޮތް ހަނދާންވެ މޮޅިވެފައި އިޝާން ބުނެލިއެވެ.

” އޯހ…ވަރަށް އެކަނިވެފަދޯ ތިހުރީ އޭނަ ދިޔައީމަ؟…..ދެން މިރޭ އެކަންޏެއް ނުވާނެތާ..” އިޝާން ދެރަވެފައި ހުރިތަން ފެނުމުން އަރޫނާ ބުނެލިއެވެ.

” ހޫމް.” އިޝާން ހިނިތުންވެލާފައި އިޝާންގެ ކޮޓަރިއަށް ދިޔައެވެ. އަރޫނާ އެނދުގައި އޮވެގެން އިޝާންއާ މެދު ވިސްނަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް އިޝާން އޭނައާ ގާތްވަމުންދާތީ އޭނާ އުފާވެއެވެ. ދުވަހަކުވެސް ނުލިބޭވަރަށް އޭނާގެ ހިތަށް މިހާރު ހަމަޖެހުން ލިބެމުން ދެއެވެ. އެކަމަކު އިޝާން އަމިއްލައަށް ފެނިގެން އޭނާއަށް އެހީތެރިވަނީ ހަމައެކަނި އިންސާނިއްޔަތައްޓަކައި ބާއޭ އޭނާގެ ހިތަށް އަރައެވެ. އިޝާން އެއްވެސް ވަރަކަށް އޭނާއާ ގަޔާނުވޭބާއެވެ. ނޫނެކެވެ. އެހެން އެކަކަށްވެސް އޭނާގެ ހާލަތު ނުވިސްނުނުއިރު އިޝާންއަށް ވިސްނުނީ އިޝާން އޭނާމެދު ވިސްނާތީއެވެ. އިޝާންގެ ހިތުގައި އޭނާއަށް ޖާގައަށް ނެތްނަމަ ބޭޒާރު ވެދާނެތީވެސް ޖެހިލުމެއްނެތި އޭނާ މިގޭގައިވެސް ނުބެއްވީހެވެ. އިޝާން ދެލޯމަރާލައިގެން އޮއްވައި އޭނާގެ ފޯނަށް މެސެޖެއް އައެވެ.

” އިޝާން ނިދީތަ؟…..މިއުޅެނީ ނުނިދިގެން..” އަރޫނާގެ މެސެޖު ކިޔާލުމަށްފަހު އިޝާން ހިނިތުންވެލިއެވެ. އަރޫނާ އެއުޅެނީ އާތަނެއްވީމަ ބިރުންކަން އޭނާއަށް ޔަގީންވިއެވެ.

” ބިރުގަންނަންޏާ އާދޭ މިކޮޓަރިޔަށް” އިޝާން މެސެޖުކޮށްލިއެވެ. އިޝާންގެ މެސެޖުފެނުމުން އަރޫނާ ހައިރާންވެގެން ދެލޯބޮޑުވިއެވެ.

” ހީވަނީ އަހަރެން މެސެޖު ނުކޮށްގެން އޮތްހެން” ހިތަށް އެރި އެއްޗަކުން އަރޫނާގެ ތުންފަތަށް ރަކިހިނިތުންވުމެއް ވެރިވިއެވެ. އަރޫނާ މަޑުމަޑުން ތެދުވެގެން ގޮސް އިޝާންގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. އިޝާން ކަންނެތްކަމާއެކީ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

” ޒިޔާން މަތިން ހަނދާންވާވަރުން ނުނިދިގެންތަ ތިއުޅެނީ؟” އަރޫނާ ވަނުމާއެކީ އިޝާން އަރޫނާއަށް ޖެއްސުންކޮށްލިއެވެ. އިޝާން އެހެން ބުނުމުން އަރޫނާ ލޯއަޅާލާފައި ތުންއޫކޮށްލިއެވެ. އިޝާން ހެވިފައި އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަރޫނާވެސް ޖެހިލުންވެހުރެ އައިސް އެނދުގެ އެއްއަރިމަތީގައި އިށީނެވެ.

” ހާދަ ބިރުންއިންހެން ހީވެޔޭ……ހޫމް ދެންބުނެބަލަ މިރޭ މަކަމެއްކޮށްފިއްޔާ ކޮންތާކަށް ވަދެފިލާނީ؟…” އަރޫނާ އަނގައިން ނުބުނެ އިންނަން ފެށުމުން އިޝާން ޖެއްސުންކޮށްލިއެވެ. އެވަގުތު އަރޫނާގެ ހިތްތެޅިގަތީ ބިރުންނެއް ނޫނެވެ. އިޝާންގެ އެސަމާސާގެ ސަބަބުން ހިތަށްވެރިވި ފޮނިފޮނި ޚިޔާލަކުންނެވެ.

” އޯކޭ…..އިޝާންއަށް ކެރެންޏާ ކޮށްބަލަ….ކުރަންބޭނުންކަމެއް…..އަހަރެން ނޫޅެން ދުވެފިލާކަށްވެސް..” އަރޫނާ އެއްވެސް ވަރަކަށް އިޝާންދެކެ ޖެހިލުން ނުވާކަން ހާމަކޮށްލިއެވެ.

” އައްދެ! ހާދަ ގަޓް އެބަހުއްޓޭދޯ…..ދެން ތިހާ ގަޓެއްހުރިއްޔާ….މަށާ ޗެލެންޖްކޮށްބަލަ!…..ރެޑީތަ؟” އިޝާން ލައިގެންހުރި ގަމީސް ބާލަމުން ބުނެލި ޖުމްލައިން އަރޫނާ ހިތް ރޫރޫ އަޅައިގެންފިއެވެ. އަނެއްކާ ހަމަ އަސްލުވެސް އިޝާން އެއުޅެނީ އޭނާއަށް ކަމެއްކުރަންބާއެވެ. އަރޫނާ އަވަސް އަވަހަށް ލޯމަރާލިއެވެ. އަރޫނާއަށް ވީގޮތްފެނިފައި އިޝާންގެ ގާތަށް ހިނިއައެވެ. އިޝާން އަލަމާރިކައިރިއަށް ގޮސް އަތްކެނޑި ޓީޝާޓެއް ނަގައި ބޮލަށްމަހާލިއެވެ. އޭރުވެސް އަރޫނާއިނީ ދެލޯމަރައިގެންނެވެ.

” ހެލޯ މެޑަމް….އަން މީގަހިފާ” އިޝާންގެ އަޑުއިވިފައި ސިހިފައި އަރޫނާ ލޯހުޅުވާލިއެވެ. އޭރު އިޝާންހުރީ ޕުލޭސްޓޭޝަންގެ ޖޮއިސްޓިކް އަރޫނާއަށް ދިއްކޮށްގެންނެވެ.

” މީކޯއްޗެއް؟” އަރޫނާ ހައިރާންވެފައި އަހާލިއެވެ.

” މީ ޖޮއިސްޓިކެއްނު…..އަރޫއަށް ޖެހޭނީ މަށާއެކީ މަބުނާއިރެއްވާންދެން ގޭމްކުޅެން…..ނުކުޅެވިއްޖެއްޔާ އަދަބު އޮންނާނެ…..އެނގޭތަ ކޮބާކަން އަދަބަކީ…..ޒިޔާންއާ ހަވާލުކުރާނީ ހަމަ..” ހިނިގަނޑެއް ޖަހާލަމުން އިޝާން ބުންޏެވެ. ކޮންމެ ފަހަރަކު ޒިޔާންއޭ ކިޔައިގެން ދިމާކުރާތީ އަރޫނާ ހިތްހަމަނުޖެހުނެވެ.

“ޒިޔާންއޭ ކިޔަންޔާ ދެން މިގޭގަ ނުވެސްއުޅެން އިންނާކަށް” އަރޫނާ ތެދުވެގެން ދާންއުޅުނެވެ.

” ސޮރީ އަރޫޑާރލިންގް…..ދެން ނުކިޔާނަން އެހެންނެއް….މާދަމާ އެ ޒިޔާންއަށް ކުޅިދައްކާލާނަން….ދެން ޕްލީޒް އާދޭކުޅެން” އިޝާން އަރޫނާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. އަދި ކުރިމަތީގައިހުރި ބިތުގައި ހަރުކޮށްފައިހުރި ސެމްސަންގް ފަތި ޓީވީ އޮންކޮށްލުމަށްފަހު ޕްލޭސް ސްޓޭޝަން ގުޅާލިއެވެ.

” ރެޑީ؟” އެއްޖޮއިސްޓިކް އަރޫނާއަތަށް ދެމުން ހެވިފައި އިޝާން އަހާލިއެވެ. ފޫހިވެފައި އިނދެ އަރޫނާ ބޯޖަހާލިއެވެ. އަރޫނާއަކީ ދުވަހަކުވެސް ޕްލޭސްޓޭޝަންއިން ގޭމު ކުޅުނު ކުއްޖެއް ނޫނެވެ. އިޝާން އެޅުވި ފުޓްބޯޅަ ގޭމްގެ ސަބަބުން އަރޫނާ އިތުރަށް ފޫހިވިއެވެ. އަރޫނާއަށް ގޭމްކުޅެން ނޭނގޭތީ ފޫހިވެގެން ގޮސް ނިދިއަންނަ ގޮތްވެއްޖެއެވެ. ޓީވީއަށް ބަލަން އިންދާވެސް ނިދިގެން ވެއްޓެން ފެށިއެވެ. އިޝާން އަރޫނާއާ ދިމާ ބަލާލާފައި ހިނިތުންވެލިއެވެ.

” އަރޫ ޖައްސާލަންވީނު…ތިހެން އިންދާ ވެއްޓިދާނެ…..މައެކަނި ކުޅެލަފާނަން…” އަރޫނާ އެނދުގައި ޖައްސާލުމާއެކު އިސާހިތަކު ނިދިއްޖެއެވެ. އަރޫނާ ނިދީކަން ޔަގީންވުމުން އިޝާން ޓީވީ ނިއްވާލުމަށްފަހު ތެދުވެގެން އަނެއްކޮޓަރިއަށް ދިޔައެވެ. އިޝާން އޭނާގެ ލެޕްޓޮޕް ހުޅުވާލުމަށްފަހު ކެމެރާ ނަގައި ލެޕްޓޮޕާ ގުޅާލިއެވެ. އަދި މިއަދު ރެކޯޑުކުރި ވީޑިއޯކުލިޕް ލެޕްޓޮޕަށް ކޮޕީކޮށްލިއެވެ. މާދަމާ މީ ޒިޔާންގެ ފަރުދާ އެންމެންގެ ކުރިމަތީ ކަޝްފުވާ ދުވަހޭ އޭނަގެ ހިތަށް އެރިއެވެ.

**********************

ފަތިހު ފަހެއްޖެހުމާއެކު އިޝާންއަށް ހޭލެވުނެވެ. އިޝާން އަވަސް އަވަހަށް ތެދުވެގެން ގޮސް އަރޫނާއަށް ގޮވިއެވެ. އަރޫނާއަށް ސިހިފައި ހޭލެވުނުއިރު މިއޮވެވުނީ އިޝާންގެ ކޮޓަރީގައެވެ. އަރޫނާ އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ.

” އަރޫ ފަތިސްވެއްޖެ…..އަރޫ ސުކޫލަށްވެސް ދާން ޖެހޭނެއްނު….. ކިހިނެއްތަހަދާނީ؟….ގެޔަށްދާނީތަ ނޫނީ މަޑުކުރާނީތަ؟”

” ގެޔަށްދާނީ…..ގެޔަށް ގޮސް ފެންވަރައިގެންނު ސުކޫލަށް ދެވޭނީ…..ވަރަށް ބޮޑަށް ޝުކުރިއްޔާ….އިޝާން ތިކޮށްދިން ކަންތައްތަކަށް…” އަރޫނާ ކޮޓަރިން ނުކުންނަމުން އިޝާންއަށް ޝުކުރު އަދާކުރިއެވެ.

” އަދި ނުވެޔެއްނު ޝުކުރު އަދާކުރާކަށް……މިއަދު މިޝަން ކާމިޔާބު ވެއްޖެއްޔާ ޝުކުރު އަދާކުރަންހުރޭ! އޯކޭ” އިޝާން ހިނިތުންވެލިއެވެ. އަރޫނާ ސިއްރު ސިއްރު ދެކޮޅުބަލާލުމަށްފަހު އިޝާންގެ ގެއިން ނުކުމެގެން ހަލުވި ފިޔަވަޅުތަކެއްގައި އޭނާގެ ގެޔަށް މިސްރާބުޖެހިއެވެ. މަޑުމަޑުން އެތެރެއަށް ވަނުމާއެކު އަރޫނާ ސިހުނީ ކުރިމަތީހުރި ޒިޔާން ފެނުމުންނެވެ. އެވަގުތު އޭނާގެ ފައި ތުރުތުރު އަޅައިގަތެވެ.

” އަހާނ! ދަރިފުޅުއައީތަ؟” ނަމާދަށް ދިއުމަށްޓަކައި މުސައްލަ ހިފައިގެން ނުކުތް އަރޫނާގެ މަންމަޔަށް އޭނާފެނިފައި އަހާލިއެވެ. އެވަގުތު އަރޫނާގެ ހިތަށް ހަމަޖެހިމެއް ލިބުނެވެ. އޭނާ މަންމައަށް ހިނިތުންވެލުމަށްފަހު އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލިބުނު ފުރުސަތު ބޭކާރުވުމުން ޒިޔާން ރުޅިއައިސްގެން ކައިރީހުރި މޭޒުމަތީ އަތުން ބޮނޑިއެއް އެޅުމަށްފަހު ބާރުބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

އިޝާން އޮފީހަށް އައިސް ސޮއެކުރުމަށްފަހު ހިނގައިގަތް ވަގުތު ހިނިތުންވެގެން އޭނާއަށް ބަލަންހުރި އަރޫނާ ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނީ ޒިޔާންގެ ފަރާތުން އެއްވެސް ގޯނާއެއް އަރޫނާއަށް ނުލިބޭކަން އެނގުމުންނެވެ. އިޝާންވެސް އަރޫނާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އޭނާގެ ކެބިންއަށް ވަނެވެ.

ޒިޔާން ޖެހިލުންވެހުރެވެސް އޮފީހަށް އައިސް އޭނާގެ ކެބިންއަށް ވަތްވަގުތު އެނާގެ ފޯނާއި ލެޕްޓޮޕް މޭޒުމަތީ ހުއްޓައި ފެނުމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެމީހުން އެއެއްޗެއްސަށް ކަމެއް ނުކޮށްހުރީތީ އޭނާ ހައިރާންވެސް ވިއެވެ. ޒިޔާން ގޮނޑީގައި އިށީނދެ ހަމަޖެލިލުމަށްފަހު ލެޕްޓޮޕް އޮންކޮށްލިއެވެ. ޕާސްވޯޑް ޖަހާފައި އެންޓަރ ކޮންލުމުން ޕާސްޓވޯޑް ރަނގަޅުނޫންކަމުގައި އެރިއެވެ. ހައެއްކަ ފަހަރު ޕާސްވޯޑް ޖެހުމުންވެސް ވީހަމަ އެހެންނެވެ. މިމަންޒަރު ބަލަން ތަންކޮޅެއް ދުރުގައިހުރި އިޝާން އައިސް ޒިޔާންގެ ކެބިން ކައިރިއަށް ހުއްޓި ލާނެއްގޮތަކަށް ހީލިއެވެ.

” އެނީ ޕްރޮބްލަމް ބްރޯ؟” ޒިޔާން ރުޅިއައިސް އިންތަން ފެނުމުން އިޝާން އޭނާ އިތުރަށް ރުޅިއަރުވާލިއެވެ. ޒިޔާންއަށް އެއީ އިޝާންގެ ކަމެއްކަން ވަގުތުން އެނގުނެވެ. ނަމަވެސް އޭނާ ކިތަންމެ ރުޅިއަޔަސް އިޝާންހައި މޮޅަށް ކޮމްޕިއުޓަރގެ ކަންތައްތަކެއް ނޭނގެއެވެ. މިހާރު އޭނާއަށް އެއިނީ ޚުދު އޭނާގެ ލެޕްޓޮޕް ހުޅުވަން ނޭނގިފައެވެ.

އޮފީސްތެރޭގައި ފިނި ހަނގުރާމައެއް ހިނގަމުންދާއިރުވެސް ދެންތިބި މީހުންނަށް ރޭކާ ނުލައެވެ. ނީލާގެ ސިކުނޑީގައި ހިނގަނީ ހަމަ އެންމެ ޚިޔާލެކެވެ. އެއީ އަނިލްގެ ހުޅަހެޅުމަށް ޖަވާބުދޭނެ ގޮތެކެވެ. ހަމައެގޮތަށް އަނިލްގެ އަށް ވިސްނެނީ ނީލާގެ ފަރާތުން ޖަވާބެއް ނުލިބޭތީ އެކަމާއެވެ. އިޝާން އޭނާގެ ލެޕްޓޮޕް ހުޅުވާލުމަށްފަހު އެއްކަލަ ވީޑިއޯކުލިޕް ފޭސްބުކްގެ ޒަރިއްޔާއިން އަނިލްއާ ޝެއާރ ކުރިއެވެ. އަދި އެކަންތައް ވީ އެންމެ އަވަހަކަށް ބަލައިދިނުމަށްވެސް އެދުނެވެ. އިޝާން އެކަންކުރީ އަލަން ހުޅުވި އައިޑީއެއް ބޭނުންކޮށްގެންނެވެ.

އަނިލް ފޭސްބުކުއިން ލޮގިންވުމާއެކު އެއްކަލަ ވީޑިއޯ ކުލިޕް ފެނުނެވެ. ކާކުފޮނުވި އެއްޗެއްކަން ނޭނގުނުނަމަވެސް ” މަސްޓް ވޮޗް” ޖަހާފައި އޮތުމުން ބަލާލިއެވެ. ވީޑިއޯ ކުލިޕް ބެލުމާއެކު އަނިލް ހައިރާންވެ ރުޅިވެސް ގަދަވިއެވެ. މިސުކޫލުގެ ޕްރިންޓްރޫމް ތެރޭގައި އެވަރުގެ ކަމެއް، ސުކޫލުގެ މުއައްޒަފަކު ހިންގީތީ ލަދުވެސްގަތެވެ.

” ސަރ ޒިޔާންގެ ލެޕްޓޮޕާއި ފޯން ޗެކްކުރައްވައިފިނަމަ އިތުރުހެކި ލިބިލައްވާނެ…ޕްލީޒް ޑޫއިޓް!” ވީޑިއޯގެ ތިރީގައިވާ މެސެޖު ކިޔާލުމުން އަނިލްގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މިވީޑިއޯކޮށްފައި މިހުރީ ޒިޔާންގެ ހަގީގަތް އެނގޭމީހަކުކަންވެސް ވަގުތުން އަނިލްއަށް އެނގުނެވެ. ނަމަވެސް އަނިލް ދެކޮޅަށްވެސް ވިސްނަން ޖެހުނެވެ. މިއީ ޒިޔާންއާ ދެކޮޅަށް ބަޔަކު ރޭވިރޭވުމަކަށްވެސް ވުންއެކަށީގެންވެއެވެ. އެކަމަކު ވީޑިއޯއިން އަޑާއި މަންޒަރު ސާފުކޮށް ފެންނާތީ އެއީ އެޑިޓްކޮށްފައިވާ އެއްޗެއްކަންވެސް ގަބޫލުކުރަން ދަތިވެއެވެ. އަނިލް ހަމަކުއްލިއަކަށް އެސްއެމްޓީ މީޓިންއެއް ބޭއްވިއެވެ. އަދި އެ ވީޑިއޯ އެންމެނަށް ދެއްކުމަށްފަހު އެކަމާ ފިޔަވަޅުއަޅާނެ ގޮތަކާމެދު މަޝްވަރާ ކުރެވުނެވެ.

” ތި ވީޑިއޯ ކުރިފަރާތެއްވެސް ހޯދަން ޖެހޭނެކަމަށް އަޅުގަނޑަށް ފެނޭ” ލީޑިން ޓީޗަރ ރިޝްވާން ޚިޔާލު ހުށަހެޅިއެވެ. އެހެންމީހުންވެސް އެކަމާ ތާއީދު ކުރިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް އަނިލް ވިސްނީ އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ ބެލުމަށް އަރޫނާއާ ސުވާލުކުރާށެވެ. ހުރިހާ އެންމެންގެވެސް ލަފާގެމަތިން އަރޫނާ މީޓިންރޫމަށް ހާޒިރުކުރެވުނެވެ. ސުކޫލުގެ އެންމެ އިސްވެރިންގެ ކުރިމައްޗަށް އަރޫނާ ގެނައުމުން އޭނާއިނީ ބިރުން ގޮސް އަތްފައިފިނިވެފައެވެ. އަރޫނާ މީޓިންރޫމަށް ގެންދިޔައީއްސުރެ ޒިޔާންގެ ހިތްތެޅެނީއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ ފެހި ސިގްނަލް އޭނާއަށް ލިބިއްޖެއެވެ.

އަރޫނާއަށް އެވީޑިއޯ ދައްކާފައި ސުވާލުކުރަން ފެށުމާއެކީ އެންމެންގެ ކުރިމަތީގައި ގިސްލަ ގިސްލާފައި އޭނާއަށް ރޮވިއްޖެއެވެ. އަދި ޒިޔާން އޭނާއާމެދު ކަންތައްކުރާގޮތުގެ ވާހަކަ ތެދުތެދަށް ކިޔައިދިނެވެ. އަދި ޒިޔާން ދީފައިވާ އިންޒާރުތަކުގެ ވާހަކަވެސް އެއްވެސް ފޮރުވުމެއްނެތި ކިޔައިދިނެވެ. އަރޫނާގެ ވާހަކަތައް އަޑުއެހުމަށްފަހު ޒިޔާން ހާޒިރު ކުރެވުނެވެ. ޒިޔާން ފުރަތަމަ ވަރަށް އިންކާރުކުރިއެވެ. އަދި އެއީ އިޝާންއާ އަރޫނާއާ އޭނައާ ދެކޮޅަށް ރާވައިގެން ކުރިކަމެއް ކަމުގައިވެސް ބުންޏެވެ.

” އޯކޭ…..މައްސަލައެއްނެތް…..ޒިޔާންގެ ލެޕްޓޮޕާއި ފޯން އަޅުގަނޑުމެންނަށް ދައްކާ…އޭރުން އެނގިދާނެތާ ކޮބައިކަން ހަގީގަތަކީ….” އަނިލް އެހެން ބުނުމުން ޒިޔާން ވަރަށް ކަންބޮޑުވިއެވެ. އަނިލް ނީނާއަށް ގުޅުމަށްފަހު ޒިޔާންގެ ލެޕްޓޮޕާއި މޮބައިލްފޯން ގެނުވިއެވެ.

” ޒިޔާން ޕާސްވޯޑްޖަހާ!…” އަނިލް އަމުރުވެރިރާގަކަށް ބުންޏެވެ.

” އަޅުނގަޑަށް ނޭނގެ ޕާސްވޯޑެއް…..އިޝާން ތީގެ ޕާސްވޯޑް ބަދަލުކޮށްފަހުރީ…” ޖެހިލުންވެ އިނދެފައިވެސް ވަރަށް ޔަގީންކަމާއެކު ޒިޔާންބުނެލިއެވެ.

” ތިމާގެ ކުށްފޮރުވަން އެހެންމީހުންގެ ބޮލުގަ އިލްޒާމު އެޅުވުމަކީ ވަރަށް ހުތުރުކަމެއް…..އަޅުގަނޑު އިތުރަށް ޒިޔާންއާ ބަހުސްކުރާކަށް ބޭނުމެއްނުވޭ….ޕާސްވޯޑްޖަހާ!” އަނިލް ރުޅިއައިސްފައި ހުރިވަރުން ޒިޔާން ޖެހިލުންވިއެވެ. ޒިޔާން އެތައް ފަހަރަކު ޕާސްވޯޑު ޖެހުމުންވެސް ހުޅުވޭގޮތެއް ނުވިއެވެ.

” ޒިޔާން ހީކުރީ ނުބައިކޮށް ޕާސްވޯޑުޖަހައިގެން އަޅުގަނޑުމެންނަށް އޮޅުވާލެވިދާނެކަމަށްތަ؟…..ޒިޔާން ނުހުޅުވިޔަސް ތިލެޕްޓޮޕް ހުޅުވާކަށް އުނދަގުލެއްނުވާނެ…” އަނިލް ނުރުހުންވެފައި މިހެން ބުނެލުމަށްފަހު ފޯނުނަގައި އިޝާންއަށް ގުޅާލިއެވެ. އިޝާންހުރީ އެވަގުތެއްގެ އިންތިޒާރުގައެވެ. އިޝާން މީޓިންރޫމަށްދާން ނުކުތްއިރު އިމްނާއާއި ނީނާ ވާކަހަދައްކަމުން ދިޔައީ މިއަދު ވެގެން އުޅޭގޮތެއް ނޭނގިގެންނެވެ. އިޝާން އައުމާއެކީ ޒިޔާންގެ ލެޕްޓޮޕް ހުޅުވުމަށް އަނިލް އެންގިއެވެ. ޕާސްވޯޑް އެނގިހުރެވެސް އަނެއްކާވެސް އިޝާން ޕާސްވޯޑް ކްރެކް ކޮށްލުމަށްފަހު ލެޕްޓޮޕް ހުޅުވިއެވެ. އޭރު ޒިޔާން ކަންބޮޑެވެގެން ގޮސް މުޅިމީހާވަނީ ދާހިއްލާ ފޯވެފައެވެ.

ޒިޔާންގެ ލެޕްޓޮޕުންނާއި ފޯނުންފެނުނު ހެކިތަކުގެ މައްޗަށް ބިނާކޮށް ޒިޔާންގެ މައްޗަށް ވަޒީފާގެ ވެށީގައި ޖިންސީގޯނާ ކުރުމުގެ ކުށްސާބިތުވިއެވެ. ސުކޫލުގެ އިސްވެރިއެއްގެ ހައިސިއްޔަތުން އަނިލް ޒިޔާން ކަމާބެހޭފަރާތާ ހަވާލުކުރިއެވެ.

ޒިޔާންއާމެދު ހަރުކަށި ފިޔަވަޅު އެޅި، ދުވަސްކޮޅެއްފަހުން ޒިޔާން ސުކޫލުން ކަނޑާލިއެވެ. ވަޒީފާ ގެއްލި މުޅި ރަށަށް ބަދުނާމުވުމުން ޒިޔާންގެ ހިތުގައި ކުރިޔަށްވުރެވެސް ބޮޑަށް އިޝާންއާމެދު ހަސަދައިގެ އަލިފާން ރޯވިއެވެ. އަދި އަނިލް އެމައްސަލަ ބަލައި ކަމާބެހޭ ފަރާތާ އޭނާ ހަވާލުކުރުމުން އަނިލް ދެކެވެސް އިންތިހާއަށް ރުޅިއައެވެ. ޒިޔާން ކަންތައްކުރިގޮތުން އަރޫނާގެ ދޮންތަ އަރޫޝާ އިންތިހާއަށް ދެރަވެ ލަދުގެން ނަމަވެސް އޭނާގެ ކޮއްކޮ ޒިޔާންގެ އަތްދަށުން ސަލާމަތްވީތީ އުފާކުރިއެވެ. އަރޫނާގެ މަންމަ އަށް އެހިތާމަ ބަރުދާސްތުކުރުން އެއީ ފަސޭހަކަމަށް ނުވިއެވެ. އަރޫޝާއާއި އަރޫނާގެ ބައްޕަ ނިޔާވުމުން އެކުދިންގެ މަންމަ އެކުދިންބެލީ ނުހަނު ދަތިހާލުގައެވެ. އެއާއިލާއަށް އުފާވެރިކަމެއް އައީ އަރޫޝާ ޒިޔާންއާ ކައިވެނިކުރިފަހުންނެވެ. ޒިޔާން ދެކެ ދަރިޔަކު ފަދައިން އަރޫނާގެ މަންމަ ލޯބިވިއެވެ. އެހާމެ އިތުބާރުކުރިއެވެ. ނަމަވެސް ކަންތައްވީ އެމަންމަ ދުވަހަކުވެސް ހީނުކުރާފަދަ ގޮތަކަށެވެ.

ހިތްދަތި ބިރުވެރި ދުވަސްތަކަކަށްފަހު ޒިޔާންގެ ބާބު އަރޫނާގެ ހަޔާތުން ނިމި އާބާބެއް ހުޅުވިއްޖެއެވެ. ދެން އެއްވެސް ބިރެއްނެތި އޭނާގެ އަމިއްލަ ގޭގައި ނިދާލެވިދާނެވެ. އަދި ވަޒީފާގައި ހިތްހަމަޖެހިގެން މަސައްކަތް ކުރެވިދާނެއެވެ. މިކަމުގެ ހުރިހާ ޝުކުރެއް ހައްޤުވަނީ އިޝާންއަށެވެ. ޒިޔާން ސުކޫލުން ކަނޑާލިކަން އެނގުނު ދުވަހު އަރޫނާ އުފަލުންގޮސް އިޝާންގެ ގައިގާ އޮޅުލައިގަތެވެ.

އިޝާންވެސް އެދުވަހު ވަރަށް އުފާވިއެވެ. އޭނާގެ ސަބަބުން އަންހެންކުއްޖެއްގެ ހަޔާތް ބަރުބާދު ނުވެ ސަލާމަތްވީތީއެވެ. ނަމަވެސް އޭނާ އަރޫނާގާތުން އެދުނީ އިތުރުމީހަކު އެވާހަކަ ނުބުނުމަށެވެ. އަރޫނާ އެގޮތް ބޭނުން ނުވި ނަމަވެސް އެގޮތާއި އެއްބަސްވިއެވެ.

” އަޅެ އެވަރުވީއިރުވެސް އަރޫ އަހަރެމެން ގާތުވެސް ނުބުނޭ……އަޅެ ހަޔާތްކުޑަ ފިރިހެނެއްދޯ އެއީ….ދެން ކިހިނެއްތަ އެކަން ފަޅާއެރީ….ކާކު ޕްރިންސިޕަލްއާ ހަމަޔަށް މައްސަލަ ގެންދިޔައީ…” ހުރިހާކަމެއްވެ ނިމުނުފަހުން ނީނާ އެއްދުވަހަކު އަރޫނާގާތުން ސުވާލުކުރިއެވެ.

” ދެން އެކަން އެނިމުނީނު….އަހަރެންބޭނުމެއްނޫން އެވާހަކަ ދައްކާކަށް…” އަރޫނާހުރީ އިތުރަށް އެވާހަކަ ނުދައްކަން ނިންމައިގެންނެވެ.  އެހެންކަމުން ނީނާއަށްވެސް އިތުރަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. ރަށުތެރޭގައި އެވާހަކަ ފެތުރިފައިވާލެއް ގަދަކަމުން އަރޫނާ ހުންނަނީ ގެއިން ބޭރަށްވެސް ނުކުންނަން ނުކެރިފައެވެ. ސުކޫލުން ޗުއްޓީއެއްވެސް ނަގަން އޭނާ ގަސްތުކުރިއެވެ. ނަމަވެސް އިޝާންގެ ލަފާގެމަތިން އަރޫނާ ޗުއްޓީނެގުމުގެ ޚިޔާލު ދޫކޮށްލިއެވެ. އިޝާންއާ އަރޫނާގެ މެދުގައިވަނީ މިހާރު ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އޮފީހުގައި އުޅޭ އެހެންމީހުންނަށްވެސް ވަނީ އެކަން ފާހަގަ ކުރެވިފައެވެ. ކޮންމެމީހަކަށްވެސް ހީވަނީ އެދެމީހުން ލޯބީގެގޮތުން ގުޅިގެން އުޅެނީކަމުގައެވެ. އެހެންކަމުން ބައެއްފަހަރު އެމީހުނާ ދިމާކޮށްވެސް ހަދައެވެ. އިޝާން އެއީ މާބޮޑު ކަމަކަށް ނުހެދިނަމަވެސް އަރޫނާގެ ހިތުގައި އިޝާންއަށްޓަކައި އުފެދިފައިވާ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. އިޝާންއަށް ލޯބިހުށަހަޅަންވެސް ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އަންހެން ކުއްޖަކަށްވީތީ ފަސްޖެހެވެނީއެވެ.

ސުކޫލުގައި ނިމިގެންދިޔަ މައްސަލަގަނޑަށްފަހު އަނިލްގެ ސިކުނޑިއަށް ހަމަޖެމުމެއް ލިބޭވަރުވި އަދި ކިރިޔާއެވެ. ނީލާގެ ޖަވާބެއްގެ އިންތިޒާރުގައި އެހުރިހާ ދުވަހު ހުންނަން ޖެހުމުން އޭނާ މާޔޫސްވާ ގޮތް ވިއެވެ. ނަމަވެސް މިއަދު އޭނާގެ ފޯނަށް އައި މެސެޖަށްފަހު އަނެއްކާވެސް އުއްމީދު އާލާވާ ވެއްޖެއެވެ. ނީލާ އަނިލްއާ ބައްދަލުކުރަން ބޭނުންވާ ކަމުގައި ބުނުމުން ވަރަށް އުފާވެސް ވިއެވެ. ޝެޝަން ނިމިގެން ހުރިހާ އެންމެން ގެޔަށް ދިޔައިރުވެސް އަނިލްއާއި ނީލާ އެމީހުންގެ ކެބިންގައި ވިސްނުމަކަށް ގެއްލިފައި ތިއްބެވެ. އިޝާން ދާންވެގެން ތެދުވެފައި ނީލާގެ ކެބިންއަށް ބަލާލިއިރު އިސްޖަހައިގެން ހިމޭންކަމާއެކު ނީލާއިނެވެ. އިޝާން އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ކުރިން ދުވަހު ނީލާރުޅި އައުމުން އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެންމެން ދިޔަކަން ޔަގީންވުމުން އަނިލް މަޑުމަޑުން ތެދުވެގެން ގޮސް ނީލާގެ ކެބިންގެ ދޮރުމައްޗަށް ހުއްޓުނެވެ.

” އަހަރެން އިށީނދެލަންތަ؟” މަޑުމައިތިރިކަމާއެކީ އަނިލް އަހާލިއެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ނީލާ ސިހިފަ އިސްއުފުލާލިއެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަނިލް ހިނިތުންވެލާފައި ގޮނޑީގައި އިށީނެވެ. ދެންދިޔައީ ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއްނުބުނެ ތިބީ އެކަކު އަނެކަކަށް ފުރުސަތުދޭން ކަންނޭނގެއެވެ.

” އެހެންވީމަ….ކޮބާޖަވާބަކީ؟” ތެޅިތެޅި އޮތް ހިތަކާއެކު އަނިލް އަހާލިއެވެ.

” ސަރގެ ހުށަހެޅުމަށް އަޅުގަނޑު ގަބޫލު..” ކުރެހިފައިވާ އަޑަކުން މަޑުމަޑުން ނީލާ ޖަވާބުދިނެވެ. އެބަސް ބުނުމަށްފަހު އޭނާގެ ހަޔާތް ބަދަލުވެގެން ދާނެކަން އެނގިހުރެވެސް އޭނާ އަނިލްއަށް އާއެކޭ ބުންޏެވެ.

” ވަޓް؟….ސީރިއަސްލީ؟…” އަނިލްގެ ކަންފަތަށް އިވުނުގޮތް ގަބޫލު ނުކުރެވިފައި އޭނާއަހާލިއެވެ.

” އަޅުގަނޑު ސަރ އާ މެރީކުރަން ބޭނުން..” ނީލާ އަނިލްއަށް ޔަގީންވާގޮތަށް ޖުމްލަ ސާފުކޮށްދިނެވެ. އަނިލްއަށް އުފަލުން ގޮސް ނީލާގެ އަތުގައިހިފައި ބޮސްދެވުނެވެ. ނީލާ އަވަސް އަވަހަށް އޭނާގެ އަތް ދަމައިގަތެވެ.

” ސޮރީ!” ކުރެވުނު ކަންތަކުން ރަކިވެފައި އަނިލް އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އުފަލުން ނީލާގެ ގައިގާ އޮޅުލައިގަނެވިދާނެތީ ބިރުން އަނިލް އަވަހަށް އޮފީހުންވެސް ނުކުތެވެ. އަނިލް ދިއުމާއެކީ ބޭޒުގައި ބޯއަޅައިގެން އޮވެ ނީލާ ރޯންފެށިއެވެ. އޭނާ އަނިލްދެކެ ލޯތްބެއް ނުވެއެވެ. އޭނާލޯބިވަނީ އިޝާންދެކެވެ. ވީއިރުއޭނާ މިކުރީ ކީއްހެއްޔެވެ؟ މިހާވަރަށް ހިތަށް ތަދުވާއިރު އަނިލްއަށް އާއެކޭ ބުނީ ކީއްވެގެން ހެއްޔެވެ؟ އަނިލްއާއެކު އުފަލުގައި އޭނައަށް އުޅެވިދާނެ ހެއްޔެވެ؟ ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާ ލޯބިވާ ސޫރަ ލޯމަތިން ފެނިފެނި ހުއްޓައިވެސް ފެންނަކަމަށް ނުހަދާ އޭނައަށް އުޅެވިދާނެ ހެއްޔެވެ؟ ނީލާ ރޮއެ ރޮއެފައި ވިސްނަން އެތައްއިރަކު އޮތެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އެނދުގައި އުޑުތިލަމަތިން އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިޝާން އޮތީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މިދުވަސްކޮޅު ޒިޔާންގެ ކަންތަކާއި ވިސްނަން ހަދައިގެން އެހެންކަމަކާމެދު ޚިޔާލުކޮށްލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. މިހާރަކަށް އައިސް ނީލާ އިޝާންއާ މާބޮޑަށް ދުރުވަމުން ދާކަން އޭނައަށް ފާހަގަ ކުރެވެއެވެ. ކުރީގައި އެހުންނަ އުފާވެރިކަންވެސް ނީލާގެ މޫނުމަތިން މިހާރަކު ނުފެނެއެވެ. އަބަދުވެސް ހުންނަނީ ދެރަވެ ފިކުރުބޮޑުވެފައެވެ. ނީލާ ކޮންމެވެސް ކަމަކާ ހިތާމަކުރާކަން އިޝާންއަށް ހަމަޔަގީނެވެ.

” ނީލް ހަމަގަގީގަތުގަވެސް އަހަރެންދެކެ ލޯބިވަނީބާ؟….ނޫން…އަހަރެންދެކެ ދެން ލޯބިވެދާނެތަ….އަހަރެންނާމެދު އެފަދަގޮތަކަށް ނުވެސްވިސްނާނެ ކަންޔަގީން…..އެކަމު އަހަރެންނަށް އެހެންހީވަނީ ކީއްވެ؟….ނޫން ނޫން…ކޮންމެވެސް އެހެންކަމެއް އުޅެނީކަމަށް އެވާނީ؟..މިހާރަކަށް އައިސް އަހަރެންނާ ނުރުހިފަ ހުންނަނީ މާވަރަކަށް…..އަނެއްކާ އަހަރެން މާގިނައިން ސަމާސާ ކުރާތީބާ؟….އެކަމަކު ކުރީގަ އަހަރެން ސަމާސާ ކުރިޔަސް ނުލާހިކު އުފާވޭ…އާނ! އެނގިއްޖެ…މިހާރު ފިނިފެންމާ ނުލިބޭތީ ދެރަވަނީ ކަންނޭނގެ…..އެކަމު ފިނިފެންމާ ދެނީ އަހަރެންކަމެއް ނޭނގޭނެއްނު…ދެންކީއްވެތަ އަހަރެންދެކެ ރުޅިއަންނަންވީ؟” އިޝާން ހިތާހިތާ ވިސްނަމުން ދިޔައެވެ. ވިސްނާ ވިސްނާވެސް އިޝާންގެ ސުވާލުތަކައް އެދެވޭ ޖަވާބެއް ނުލިބުނެވެ. އިޝާން ދެލޯމަރައިގެން އޮއްވައި ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކިޖަހާހެން ހީވެގެންނެވެ. އިޝާން ގަޑިބަލާލިއިރު ދަންވަރު ބާރަގަޑިބައިވީއެވެ.

” މިގަޑީގަ ކާކުބާ؟” އިޝާން ޖެހިލުންވެ ހުރެވެސް ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ގޮސް ކުޑަދޮރުގެ ދޮރުފޮތި ހިއްލާލުމަށްފަހު ސިއްރުސިއްރުން ބޭރުބަލާލިއެވެ. ކޮންމެވެސް މީހަކު ދޮރުމަތީ އެބަހުއްޓެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ހެޔޮކަމަށް އިޝާން ދޮރުހުޅުވަން ނިންމިއެވެ. އިޝާން މަޑުމަޑުން ތަޅުހުޅުވުމަށްފަހު ކުޑަކުޑަކޮށް ދޮރުހުޅުވާފައި ބަލާލިއެވެ. ކުރިމަތީހުރި އަންހެން ކުއްޖާފެނުމުން އިޝާންގެ ފައިކޮޅުން ވާގިދޫވެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. ލިބުނު ހައިރާންކަމުން ހުރިގޮތަށް ހުއްޓުން އަރާފައި އިޝާންއަށް ހުރެވުނީއެވެ.

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ލޯބިން ލޯބިވާއޭ

Next

ވަކިވީ ލޯބިން…

Next
October 23, 2016

ވަކިވީ ލޯބިން…

Previews
October 23, 2016

ލޯބިން ލޯބިވާއޭ

32 Comments

  1. Shine says:
    October 23, 2016 at 5:52 pm

    shine ge vaahakathah kiyaakudhin noolheneetha mihaaru…..haadha habareh nuveyey……mirey upnukohdhevidhaanethee avahah kuree ingey….

  2. Petite says:
    October 23, 2016 at 6:14 pm

    Nooney knmme part evves kiyan.. up veytho ehaa intizaaruves kurevey.. v v v v salhi.. love ur stories ???❤❤

  3. Naju?? says:
    October 23, 2016 at 6:16 pm

    Yayyy. Me first story hama habeys. But neel.. Ishaan should get neel..

  4. Shaa xee says:
    October 23, 2016 at 6:16 pm

    V reethi. Next part avahah up koh dhehchey.

  5. ކުލްސުމް says:
    October 23, 2016 at 6:24 pm

    އަވަހަށް އަނެއްބައި ގެނެސްދީބަލަ

  6. Shine says:
    October 23, 2016 at 6:32 pm

    aan…mihaaru eba ragalhuvey….thihen loabi lobikoh comment kuranya dho shine ves ufaavaanee….thanks hurihaa kudhin nah….

  7. Saandy says:
    October 23, 2016 at 6:42 pm

    ވަރަށް ވަރަށް ރީތި… ނީލާހެން ވަރަށް ހީވޭ އެއައީ… 7ވަނަ ބައި އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  8. Shazu says:
    October 23, 2016 at 6:42 pm

    Asluves v reethi.

  9. Aish says:
    October 23, 2016 at 6:45 pm

    Vvvvv reethi..??

  10. Naxy says:
    October 23, 2016 at 7:02 pm

    Kohme faharaku comment nukure vunas baraabarah story kiyan. Vahaka v reethi.

  11. cindrella says:
    October 23, 2016 at 7:24 pm

    V nice mi part ves avahah up kohdehchey next part ves shine????

  12. Raa says:
    October 23, 2016 at 7:37 pm

    Varah reethi

  13. Anonymous says:
    October 23, 2016 at 8:00 pm

    Nice.. keep it up shine.. can’t wait next part

  14. changed says:
    October 23, 2016 at 8:04 pm

    mioh ulheny ey hama shine.. v reethi mi part vx.. waiting fr next part

  15. xenn says:
    October 23, 2016 at 8:08 pm

    Story kiyas baeh kudhin ulheyne comment nukuraaa…varh rythi story eh mee…nxt part kiyaa hithun kehmadhu vefai

    1. Shine says:
      October 23, 2016 at 8:11 pm

      ehendho…ekam shine ah vaagothakee story upkohfa…dhaikolhu athahlaigen ufalun mi indhevenee…..kujjaku commentves kohlaane kamah….he he he…insha allah daily upkohdheynan….keep reading

  16. Appy says:
    October 23, 2016 at 8:46 pm

    Wow v v rythi shine ge storyx …..mi vaahaka up veythw v ginain beley hehhe bt dhuvaalaku 1 part thaa up vaany dhw…n v undhagoo comment kuran neynge kyve kameh

  17. Shara says:
    October 23, 2016 at 8:47 pm

    V v reethi mi stry!!? Komme dhuvahaku up kohdhey thy v happy!!!? Thnx n keep it

  18. Qeen says:
    October 23, 2016 at 9:05 pm

    Comment nukurevunas mi vaahaka kiyan v reethi

  19. Anonymous says:
    October 23, 2016 at 9:09 pm

    ????

  20. Haly says:
    October 23, 2016 at 9:36 pm

    I love this story ummma

  21. Azu says:
    October 23, 2016 at 10:55 pm

    Hehehe….shine ge dhaiyy kolhu athah laigen innahchey….konme faharaku comment nukurevunas hurihaa baeh ves kiyan…vvvv reethi vaahaka..
    Aneh bayah inthizaaru kuran…love the stry…..

  22. Yaani says:
    October 23, 2016 at 10:57 pm

    Varah varah reethi.

  23. Thaany says:
    October 23, 2016 at 11:01 pm

    V reethi shaine ge storry thah
    kiyamey komme part akah
    commet nukurevunas hurihaa part eh vx kiyan ngey v v v reethi inthixaaruga mihuree hama next partge.???

  24. Marsha says:
    October 23, 2016 at 11:10 pm

    Comment nukurevunas baraabarah mi vaahaka kiyan.. mee vvv rythi vaahaka eh.. dheewaana ves ei shine ge vaahaka eh dho? E vaahakaves vv rythi… nyla n ishaan ah kihineh baa vaany? Waiting for next ep ..

  25. Azuna says:
    October 23, 2016 at 11:25 pm

    V V V Salhi…pls avah up kohla dhehchey❤❤❤

  26. Unknown says:
    October 24, 2016 at 12:53 am

    V salhi

  27. shaai says:
    October 24, 2016 at 12:53 pm

    v nice story eh me… adhi huriha parteh ves eba kiyan. comment nukurevunas…..☺

  28. narash says:
    October 24, 2016 at 1:14 pm

    varah reethi mivaahaka. shine koba next part. cant wait. upload it soon. plis plis plees

  29. Zar says:
    October 24, 2016 at 3:06 pm

    Vv salhi

  30. gorgeous says:
    October 24, 2016 at 4:14 pm

    Salhi story eh..can’t wait for the next up

  31. yaana says:
    October 24, 2016 at 10:20 pm

    Shine kobaa vaahaka next part up kohdheeba v reethi mivaahaka

Comments are closed.

All Right Reserved!