ޝިވާން އެރޮނީ ނިޔާލް ކޮޓަރީގައި އިނީމާކަން ޝިވާއަށް އެނގެޔެވެ. ޝިވާންއަށް ވެސް ނިޔާލް މިހާރު އެހާ އަނިޔާ ކުރެޔެވެ. އެކަމުގެ ސަބަބުން ނިޔާލް ފެންނަން ހުއްޓަސް ޝިވާން ބިރުން ރޮއެއެވެ. “ނިޔާ އިނީމަ… ބިރުން…” ޝިވާ އަށް ބުނެވުނެވެ. ނިޔާލް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އަހަރެން މިއީ އަޅެ ބިރުވެރި ފުރޭތައެއްތަ؟ އަހަރެން ފެނިގެން ބިރުން އުޅެން” ނިޔާލް ބުނެލިއެވެ. އަދި ފޮތާއި ގަލަން ބާއްވާލަމުން ރަބަރު އަންގި އަތަށް ލައްވާލިއެވެ. އެއާއި އެކު ތެޅި ގަތީ […]
“ވެލް… ވޯޒް… ނޮޓް އެނީ މޯރ” މެސެޖު ކޮއްލާފައި އަކްޔަލް އުޔައިނާ ހުރިހާ ތަނަކުން ބްލޮކް ކޮއްލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މޫނުގައި އަތް ހާކައިލިއެވެ. އުޔައިނާ އާއި ނިޝްވާ ގެ ތަފާތު މިއަދު އޭނާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އުޔައިނާ އަކްޔަލް ބޭނުން ވަނީ އޭނާގެ ވަހުޝީ އެދުންތައް ފުއްދުމަށެވެ. ނަމަވެސް ނިޝްވާ ތަފާތެވެ. އޭނާ ބޭނުން ވީ އަކްޔަލްގެ ފަރާތުން ލޯތްބެވެ. އެހެން އެއްވެސް އެއްޗެއް އޭނާ ބޭނުމެއް ނުވިއެވެ. ރަން ލިބިފައި ހުއްޓައި […]
ނިޝްވާގެ އަތުގައި ހިފައިލައިގެން އިން ޔީޝާއަށް އޮތީ ނިދިފައެވެ. އެހެން ކަމުން ނިޝްވާގެ ކަށި އިނގިލި ތަޅުވާލި ތަނެއް ޔީޝާއަކަށް ނުފެނުނެވެ. މަޑުމަޑުން ބަރުވެފައިވީ ދެލޯ އޭނާ ހުޅުވައިލިއެވެ. މަޑުމަޑުން އެސްފިޔަ ޖަހައިލަމުން ކައިރީގައި އޮތް ޔީޝާއާއި ދިމާލަށް ނިޝްވާ ބަލައިލިއެވެ. އެއާއި އެކު އެދުވަހުގެ ހާދިސާ އޭނާގެ ސިކުނޑީގައި ކުރެހުނެވެ. “މަން… މަންމާ…؟” ނިޝްވާ މަޑުމަޑުން ގޮވައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިޝްވާގެ ހަށިގަނޑަށް ގުޅުވާފއި ހުރި މެޝިން ތަކުގެ އަޑު ބާރު ވެލިއެވެ. (23 ވަނަ […]
ބޭރަށް ނިކުމެވެން ކައިރިވީ ވަރަކަށް ޒައިނީއަށް ރޮވެމުން ދިޔައެވެ. ފުރާނަ ސަލާމަތްވީތީ އުފަލުންނެވެ. ނަމަވެސް އެ އުފާވެރިކަން ފިލައި ދިޔައީ އެތަނަށް ދުވެފައި އަންނަ އެޒުވާނާ ފެނިފައެވެ. ޒައިނީއަށް ރޮވެން އުޅުނެވެ. ނަމަވެސް އެއްވެސް އަޑެއް ނުނިކުތެވެ. އެސްފިޔަ ޖަހާލާހާ އަވަހަށް އޭނާ އައިސް ޒައިނީ އަތުލަފި ކޮއްލިއެވެ. ޒައިނީގެ ހަށިގަނޑު އުފުލައިލަމުން ދުރަށް ގޮސް ބިންމައްޗައް ވައްޓާލިއެވެ. ބިންމަތީގައި އޮތް ފިލާ ގަނޑުގައި ޖެހި ބޯފެޅީ ލޭއަންނަން ފެށިއެވެ. ޒައިނީ ގައި މައްޗަށް އަރާ ކަރުގައި […]
ހިނދުކޮޅެއް ފަހުން ލަކުޑިބުރި ހަލާކު ވިއެވެ. ވަގުތުން ޒައިނީގެ ލޮލުގައި ކަރުނައިގެ އަސަރު އުފެދުނެވެ. ހިތްވަރު އެލުނެވެ. ނަމަވެސް ދެފަރާތް ބަލައިލީ އެހެން އެއްޗެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. އޭނާގެ ނަސީބުވެސް ރަނގަޅީއެވެ. ދަގަނޑު ގަނޑެއް ފެނުނެވެ. އޭތި ނަގާ އަނެއްކާވެސް ތަޅުގައި ޖަހަން ފެށިއެވެ. ތިރީސް ވަރަކަށް މިނިޓް ފަހުން ތަޅު ހަލާކުވިއެވެ. އޭރު އޭނާގެ އަތު މުށުގައި ވެސް ލޭގެ އަސަރު ހުއްޓެވެ. ތުރުތުރުލަމުން ދިޔަ އަތް ހަމައަކަށް އަޅުވަމުން އޭނާ ދޮރު ހުޅުވާލިއެވެ. […]
އައްސަލާމު އަލައިކުމް ކިޔުންތެރިން… ކިޔުންތެރިންގެ ހާލު ރަނގަޅުވާނޭ ކަމަށް އުންމީދު ކުރަން. ޖެނުއަރީ 15 ވަނަ ދުވަހުގައި އަޅުގަނޑު ބަލިވެގެން މިދުވަސްކޮޅު ވާހަކަ ނުލިޔެވޭނެ ވާހަކަ އަޅުގަނޑު ވާނީ ކިޔުންތެރިންނަށް ހިއްސާ ކޮއްދީފައި. އަދި ހަމަ އެހެންމެ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގައި އަޅުގަނޑު މި ހަފްތާގައި “ވާތީ ހިތަކު ލޯބި މަންމަންވެފާ” އަލުން ގެނެސްދޭން ފަށާނެ ވާހަކަ އަޅުގަނޑު އިންސްޓަގްރާމްގައި ބުނެލާފައިވާނެ. ނަމަވެސް ހިތާމައާއި އެކު ބުނެލަން އޮތީ އަނެއްކާ ވެސް ވާހަކަ ލަސް ވާނެވާހަކަ […]
“ކާކު؟ ނުވޭ އެކަކުވެސް ލޯތްބެއް!” އެލްވީން އަނެއްކާވެސް ބުނެލިއެވެ. ބާރު ބާރަށެވެ. އެ އަޑުގައިވީ ވޭނުގެ އަޑު އިވި ހުޒާންގެ ހިތް ފިސް ފިސް ވިއެވެ. “އަހަރެން މިއީ ހަމަ އެހާ ބޭކާރު މީހަކީތަ؟” ހުޒާންގެ އަޑު އިވުނީ ކެނޑި ކެނޑިގެންނެވެ. “އަހަރެން ވީންދެކެ ވަރަށް ލޯބިވޭ…” ހުޒާން މަޑު މަޑުން ބުނެލިއެވެ. މަޑު މަޑުން އިން އެލްވީން ކުއްލިއަކަށް ހުޒާން ކޮއްޕައިލިއެވެ. “ހަހަ އެހެންތަ؟ ‘ވަރަށް ލޯބިވޭ’ ތިއީ އެއްވެސް އިތުބާރެއް ހިފާ ޖުމުލައެއް ނޫން. މަށަކީ […]
“ސޮރީ… އެކަމަކު… ވާންގެ ހިތުގައި ނިޝްއަށްޓަކާ ސާފު ލޯބި ނޫން އެހެން އެއްވެސް އެއްޗެއް ނެތް ނިޝްދެކެ ވާން ވަރަށް ވަރަށް ލޯބިވޭ” ނަވާންގެ އަޑު ކުރެހުނެވެ. ހަގީގަތުގައިވެސް ނަވާން ވާހަކަ ދެއްކި ގޮތުންވެސް އެހިތުގައި ނިޝްވާއަށް ޓަކައި ވީ ލޯބި ވަރަށް ރަނގަޅަށްވެސް އެނގެޔެވެ. ނަމަވެސް… “ވާން… ވާން ތިއީ ނިޝްގެ ބެސްޓް ފްރެންޑޭ. އެއް ފަހަރާ ދެ ފްރެންޑް ގެ ދޯކާ ނިޝްއަށް މިލިބުނީ. ދެން ނިޝް ކިހިނެތްތަ ހަދަންވީ؟ އޭނ؟ ނިޝް ބޭނުމެއް […]
އެއީ ޔީޝާގެ ބިޓުތަ؟ ތިހާ ހާޑު ވަނީތި؟” ނިޔާލް އެއްބުމަ އަރުވާލަމުން ސުވާލު ކުރިއެވެ. “އެއީވެސް މައުސޫމް ފުރާނައެކޭ… ނިޔާލް… ހައު ކުޑް ޔޫ…” ޔީޝާއަށް ރޮވޭ ގޮތް ވިޔެވެ. ދެން އެވާހަކަ ނުދެއްކޭނެ ކަން އެނގުމުން ފޯނު ބާއްވާފައި އެތަނުން ނިކުމެގެން ދިޔައެވެ. އަނދިރި ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައިވީ ފާރުގައި އިން “އޮބްސެސް ވޯލް” ގެ ވަށައިގެން އިން “ލެޑް ލައިޓްސް” ގެ އަލިކަން އެކަންޏެވެ. އެއަލިން އެތަނުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒުވާނާ […]