Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 23

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 7, 2026 3 Mins Read
4 Comments

އައިސީޔޫގައި އޮތް ލީރާ ކައިރީގައިވީ މެޝިން ތަކުގެ އަޑުން މުޅި ކޮޓަރިވަނީ އެއްއަޑު ކޮށްލާފައެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޮތް ލީރާގެ އަތުގެ އިނގިލި ތަޅުވާލިއެވެ. ދެލޯ މެރިފައި އޮތް އިރު އޭނާގެ ހިތި މާޒީ ފިލްމެއްގެ ސިފައިގައި އޭނާއަށް ފެންނަމުން ދިޔައެވެ. ދެލޯ މެރިފައިވީ ނަމަވެސް ލޮލުގެ ކަނަކުން ކަރުނަ އަންނަމުން ދިޔައެވެ.

***13 އަހަރު ކުރިން***

(23 ވަނަ ބައި)

ފާހާނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލީރާ ދިޔައީ ލޯގަނޑު ކުރިމަތީގައި އޮތް ބަނޑުބޮޑުތޯ ބަލާ ޓެސްޓު ކިޓުގެ ނަތީޖާ ލިބޭނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ކުޑަ ހިނދުކޮޅެއް ފަހުން ލީރާ ގޮސް ކިޓަށް ބަލައިލިއެވެ. އެވަގުތު ފެނިގެން ދިޔަ މަންޒަރުން އަނގަމަތީގައި އަތް އެޅުނެވެ. އަދި އަވަސް އަވަހަށް ކިޓު ހިފައިގެން ލީރާ ފާހާނާއިން ނިކުތެވެ.

ލީރާ ދުވެފައި ސިޓިންގ ރޫމަށް ދިޔަ އިރު އުމުރުން 5 އަހަރުގެ ކުޑަ ކުޑަ ލަޝްކާއާއި އެކު ކުޅެން އިމްރާން އިނެވެ. “އިމްރާން… އަހަރެން ބަނޑުބޮޑު” އުފަލުން ދެލޮލުން ކަރުނަ އަންނަ ހާލުގައި ލީރާ ބުނެލިއެވެ.

“ދޮގު ނުހަދާ” އިމްރާންގެ ދެލޯ ވެސް އުފަލުން ވިދާލިއެވެ. ލީރާ ދައްކާލީ އޭނާގެ އަތުގައި އޮތް ޓެސްޓު ކިޓެވެ. އިމްރާން އުފާވެލާފައި ލަޝްކާ އުރާލިއެވެ. “ޔޭ ދަރިފުޅު ކޮއްކޮއަކަށް ވަނީ އޯ. އަލްހަމްދުލިއްލާހި” ލަޝްކާ ގޮވައިގެން އެނބުރިލި އިމްރާން ހުރީ އުފަލުން ފޮޅިފައެވެ.

“ލަޝްއަށް ކޮއްކިއެއް ލިބެނީތަ؟” މައުސޫމް ކަމުން ފުރިގެންވީ ރާގަކުން ލަޝްކާ އަހައިލިއެވެ. “ޔެސް ދަރިފުޅޫ. އަލްހަމްދުލިއްލާހި” ލަޝްކާގެ ނިތުގައި ނިއް ޖައްސާލަމުން ލީރާ ބުނެލިއެވެ.

އެދުވަސް ވެގެން ދިޔައީ އެއާއިލާއަށް ވަރަށް އުފާވެރި ދުވަހަކަށެވެ. އެއާއިލާއަށް އައުމަށް ތައްޔާރު ވަމުން ދިޔަ މެހެމާނަށްޓަކައި އެއާއިލާ އެކުގައި އިންތިޒާރު ކުރިއެވެ. އެދަރިފުޅަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ. އެދަރިފުޅު ފެންނާނެ ދުވަހަށް އެ އާއިލާ އިންތިޒާރު ކުރަމުން ދިޔައީ ހަޔާތައް އަންނަން ތައްޔާރު ވަމުން ދިޔަ ކޮޅިގަނޑުގެ ހިލަމެއް ނުވާ ހާލުގައެވެ.

އެގޮތުގައި ދުވަސްތައް ފާއިތު ވަމުން ގޮސް ލީރާގެ ބަނޑަށް 2 މަސް ވެއްޖެއެވެ. އޭރު ލީރާ ކުޑަ ކުޑަ ބަނޑުކޮޅެއްވެސް ލައިފިއެވެ. އެއީވެސް އާދައިގެ ދުވަހެކެވެ. އިމްރާން އޭރުވީ ޑިއުޓީގައެވެ. ލަޝްކާ ސުކޫލަށް ލާފައި ލީރާ ވެސް ދިޔައީ ޑިއުޓީއަށެވެ. ލީރާ އޭރު މަސައްކަތް ކުރީ ރަށު ކައުންސިލުގައެވެ.

“ލީރާ” ލީރާ އެތެރެއަށް ވައިންތަނާހެން ލީރާއާއި އެކު މަސައްކަތް ކުރާ ފަރާތެއް ކަމުގައި ވާ ޝީޒާ ގޮވައިލިއެވެ. “ކިހިނެތްވީ ޝީޒާ؟” ލީރާ ގޮސް އޭނާ ކުރިމަތީގައި ހުއްޓުނެވެ. “އާދެބަލަ އަހަރެންނަށް ކަމެއް ކޮށްދެން. ކެބިން ތެރޭގައި ހުރި ބޭކާރު ގަނޑުތަކެއް އުކާލަނީ. ފޮށި ތަކަށް އަޅާފަ ހުންނާނީ” ޝީޒާ އެދުނެވެ. ލީރާ ހިނިތުންވެލަމުން އެއްބަސް ވިއެވެ.

ފަހަރަކު ފޮއްޓެއް ޝީޒާއާއި އެކު ލީރާ ނެރުނެވެ. އެ ގޮތުގައި ގޮސް އެންމެ ފަހު ފޮށި ލީރާ އުފުލައިލިއެވެ. އެފޮށި އެހެން ފޮށިތަކާ އަޅާ ކިޔަންޔާ މާ ބޮޑަށް ވެސް ބަރެވެ. ނަމަވެސް ދެން އަލުން އެ ފޮށި ބައިންދާކަށް ލީރާ އަކަށް ނުކެރުނެވެ. އެފޮށި ހިފައިގެން ލީރާ އަށް ދެވުނީ ތަންކޮޅަކަށެވެ. ކައްސާލައިގެން ލީރާ ބަނޑުވަތަށް ވެއްޓުނެވެ. ފޮށިވީ ބަނޑުދަށެވެ. ވަގުތުން ލީރާއަށް ބާރަކަށް ހަޅޭ ލަވައިގަނެވުނެވެ.

“ލީރާ؟ ކިހިނެތްވީ؟” ފޮށި ބަހައްޓާފައި ޝީޒާ ގޮސް އޭނާ ކައިރީގައި އިށީނެވެ. ހަމަ ޖެހުން ވަގުތުގައި ދެފައި ދެގޯޅި ތެމުން ކަހަލަ އިހުސާސެއް ލީރާއަށް ކުރެވުނެވެ. އެހެންކަމުން އޭނާއަށް ދިޔައީ ހުއްޓި ނުހުރެ ރޮވެމުންނެވެ. “ޝީޒާ… އެންބިއުލާންސަށް ގުޅާބަލަ. އިމްރާން… އިމްރާންއަށް ގުޅާދީ ހެޔޮނުވާނެ” ލީރާގެ އާދޭސްތައް އިވި ވާނުވާގައި ހުރި ޝީޒާ އަވަހަށް އެންބިއުލާންސަށް ގުޅިއެވެ.

ހަބަރު ލިބުމާއި އެކު އިމްރާން ދުވަމުން އައިސް ހޮސްޕިޓަލަށް ވަނެވެ. އިމްރާންއަށް އެތަނަށް ވަދެވުނު ވަގުތު ވެގެން ދިޔައީ ޑަކްޓަރު ކޮޓަރިން ނިކުން ވަގުތަށެވެ. “ޑަކްޓަރު. އަޅުގަނޑުގެ އަންހެނުން ލީރާ ކިހިނެތް ތޯ؟” އިމްރާން ހާސްވެފައި އަހައިލިއެވެ. “ބަނޑުބޮޑު މީހަކު ބަރު އެއްޗެހި އުފުލުން އެއީ ރަނގަޅު ކަމެއް ނޫންކަން ތި ބޭފުޅާއަށް ވެސް އިނގޭނެ ކަންނޭނގެ” ޑަކްޓަރު ހުރީ ހިތްހަމަ ނުޖެހިފައެވެ.

“ލީރާގެ ހާލަތު މިހާރު ރަނގަޅު. އެކަމަކު ލީރާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތެއް ނުކުރެވުން. ދެން ދުވަހަކުވެސް ލީރާއަށް ދަރިން ލިބުން އެއީ ނާދިރު ކަމެއް” ޑަކްޓަރުގެ ޖަވާބާއި އެކު އިމްރާން ދިޔައީ އެލިގެންނެވެ. ހުރިތަނަށް ތިރިވެވުން އިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.

އެހެނަސް ލީރާ ބާއްވާފައި އޮތް ވޯޑަށް ވަދެވުމުން ހިތަށް ވީ ތަދު މާ ބޮޑެވެ. ގަބުވެފައި އިން ލީރާ ފެނި ހިތެއް އޮތް ކޮންމެ މީހެއްގެވެސް ހިތް ހަލާކު ވާނޭކަން ކަށަވަރެވެ. “އަހަ… އަހަރެންގެ ދަރިފުޅު… އަހަރެންގެ ދަރިފުޅު މަރުވީ… އަހަންނާ ހުރެ… މިއީ… އަހަރެންގެ އިހުމާލުން ވީ ކަމެއް…” މިހެން ބުނެ ލީރާ ބާރަކަށް ހަޅޭ ލަވައިގަތެވެ. އަތަށް ގުޅުވާފައި އިން ކަށި ނައްޓާ ހޫރާލިއެވެ. ލީރާ މަތަ ކުރެވުނީ ނިދާ އިންޖެކްޝަނެއްގެ އެހީގައެވެ.

އެދުވަހަށް ފަހު އެ އުފާވެރި އާއިލާއަކަށް އަލުން އިރެއް ނޭރިއެވެ. އެ ތިން ހަޔާތް ފުރިގެން ދިޔައީ ކަޅުފޮއެ އަނދިރި ކަމުންނެވެ. ލީރާގެ ހަޔާތައް އައި ބަދަލު ތަކުން އިމްރާން ނިންމީ ލޯބިވާ އަންހެނުން ސައިކޭޓްރިސްޓަކަށް ދައްކާށެވެ. ދެން އިމްރާންއަށް ލިބުން ޖަވާބާއި އެކު ވަކިން ހިތް ފުނޑުފުނޑު ވިއެވެ. ލީރާ އަށް މޭޖާރ ޑިޕްރެސިވް ޑިސްއޯރޑާރ ޖެހިފައިވީ ހަބަރު ވެގެން ދިޔައީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލަ ކަމަކަށެވެ.

(ނުނިމޭ)

ސައްވިސްވަނަބައިގެ ތެރެއިން:

ލީރާއަށް އަތް މުއްކަވާލެވުނެވެ. އޭނާގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިން ތަކުގެ އަޑުވެސް ބާރު ވެލިއެވެ. އަވަސް ކަމާއި އެކު ނަރުހުންތައް އެތަނަށް ވަނެވެ. ޑަކްޓަރު ލީރާގެ ހާލު ބަލަން ފެށުމުން ޒާލާ ނިކުމެ ފުލުހުންނަށް ގުޅިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…9

Next

ދުރުވާން ޖެހުނަސް 01

Next
April 7, 2026

ދުރުވާން ޖެހުނަސް 01

Previews
April 7, 2026

ހަގީގަތަކީ ކޮބައިހޭ؟…9

4 Comments!

  1. Jung_su_99 says:
    April 7, 2026 at 7:29 pm

    Maasha allah .
    Mi prt vs vrh reerhi.
    When next?
    Lyssssmm

    1. shihaamaa ali shihaamaa ali says:
      April 8, 2026 at 3:46 pm

      Jazaakallah khairan 🩶🫶🏻
      Next in sha allah tn
      Ilyt

  2. Sheex says:
    April 7, 2026 at 7:43 pm

    Omg v reethi MA
    Sheexa ey omg sheex ves kuliakah story thereafter vadhunee tha?
    Omg!!! wowwwwww
    Omg I just imagined how leeraa fell omg
    I’m so curious next part ah
    CW4THENEXTP
    Tc

    1. shihaamaa ali shihaamaa ali says:
      April 8, 2026 at 3:46 pm

      Jazaakallah khairan 🫶🏻🩶
      Awwhhhhh 🥺 in sha allah next tn.. tc

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 24←


All Right Reserved!