Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 22

Listen to this story Audio · 6:00 Powered by Esfiya Voice
0:00 6:00

ރަޝާ އަނެއް ގޯޅި އަޅަންދެން މީރު ކާއެއްޗެއް ފެނިގެން ކުޅު ދިޔާވެފައި ހުންނަ ބީދައިން ‘ދަހި’ ވެފައި ދިޔާން ބަލަން ހުއްޓެވެ. “އެހާ ލޯބި ކުއްޖެއް ދާއިޔަލް ކީއްވެތަ އެ ދޫކޮށްލީ؟ ޕިސް ޕިސް. މިވީ ދެން މުޅި ރަށް ހޯދާކައްނުން؟” ފޯނު ނަގާ ކޮންމެވެސް ނަންބަރަކަށް ގުޅައިލަމުން ދިޔާން ބުންޏެވެ.

(25 ވަނަ ބައި)

ލަސް ހިނގުމުގައި ހިނގާފައި ދިޔަ ރަޝާ ގޮސް ވަނީ ހަސްފަތާލަށެވެ. ބުޅާ ހިނގުމުގައި ހިނގާފައި ދިޔަ އިރު އޭނާއާއި ދިމާލަށް ހަސްފަތާލުގައި ތިބި ގިނަ ބައެއްގެ ލޯތައް ހުއްޓެމުން ދިޔައެވެ. އެކަން އިނގި ހުދު އޭނާވެސް ހުރީ ފޮނިވެފައެވެ. އިސްތަށިގަނޑަށް ގޮތް ގޮތް ހަދަމުން ފިރިހެނުންނަށް ތުއި ދެއްކެމުން ދިޔަ ރަޝާ ދިޔައީ ލެބޯޓަރީއަށެވެ.

“ރީޝާގެ ބެލެނިވެރިޔާ ދެއްތޮ؟” ރަޝާ އެތެރެއަށް ވަނުމުން އެތަނުގައި އިން ކުއްޖާ އަހައިލިއެވެ. ރަޝާ ބޯޖަހައިލިއެވެ. “ރީޝާގެ ޓެސްޓު ތަކުގައި އެއްވެސް މައްސަލައެއް ނެތް” ހިނިތުންވުމަކާއި އެކު އެކުއްޖާ ބުނެލިއެވެ. އެގަނޑު ޖަހައިގަންނަމުން އޭނާ އެތަނުން ނިކުމެގެން ދިޔައެވެ.

އަނބުރާ ގެޔަށް ދިޔުމަށް ނިކުން ރަޝާއަށް ވޯޑަށް ވައިން އިމްރާން ފެނުނެވެ. “އަދިވެސް އެ ލީރާ ހޮސްޕިޓަލުގަތާ ދޯ؟” ހިތާހިތުން އޭނާއަށް ބުނެވުނެވެ. އަތުގައި އޮތް ލެބޯޓަރީގެ ނަތީޖާ ވީދާލާފައި ޑަސްބިނަށް ލަމުން ދެން އޭނާ ވަނީ ވޯޑަށެވެ.

ހަމަ ހިމޭންކަމުން ފުރިފައިވީ ވާޑަށް ދިރުން ގެނުވީ ރަޝާގެ އުސްކުރި ބޫޓުގެ އަޑެވެ. ކަންދިމާ ކުރި ގޮތުން އެވަގުތު ވޯޑުގައި އޮތީ ވެސް ލީރާ އެކަންޏެވެ.

“މިހާރު ވާޑަށް ބަދަލު ކޮށްފި. ނިދިފަ އޮތީ މިހާރު. ޑަކްޓަރުން އަންގަވައިފި ސުވާލު ކުރަން އަޔަސް އެންމެ ރަނގަޅު ކަމަށް” އިމްރާން ވާހަކަ ދައްކަމުން ދިޔައީ ޔައުލާންއަށެވެ. “ލައްބަ. މިރޭ 30 8 އަޅުގަނޑުމެން ތިކޮޅަށް ދުރުވާނަން” ޔައުލާން ބުނެލިއެވެ. “ލައްބަ” މިހެން ބުނެ އިމްރާން ފޯނު ބޭއްވިއެވެ. ހަމަ އެވަގުތު ވެގެން ދިޔައީ ރަޝާ އެނދު ކައިރީ އިން ފޮތިގަނޑު ކަހާލި ވަގުތަށެވެ.

“އެންމެ ފަހުން ލީރާއާއި އެކު ވެސް އުފަލަކު ނޫޅެވުންތާ” ހަރަމްބަނދެލަމުން، ރަޝާ އެއްމިޔަކަނުން ހީލިއެވެ. “ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟” އެއްފަހަރު ރަޝާގެ މޫނަށް، އަނެއް ފަހަރު ލީރާގެ މޫނަށް ބަލައިލި އިމްރާން ހުރީ ހާސްވެފައެވެ. “ކިހިނެތްވީ؟ ހާސްވީތަ؟؟” އިމްރާންގެ މޫނަށް އައި ކުލަވަރުން ރަޝާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.

“ހާސްނުވޭ. ލީރާ އެއޮތީ ނިދާފައެއްނުން؟ ލީރާއަކަށް ނޭނގޭނެ މަށެއް. ކަލެއަށާ ލަޝްކާއަށް ދޯ މަ އެނގޭނީ؟” ރަޝާ ފޮނިވެލިއެވެ. “ވާޙަކަ ނުދައްކާ! ރައްކާވޭ މިތަނުން. މަށެއް ނުދަންނަން ކަލެޔެއް. މިހާރު ނޭނގެ ލަޝްކާ ދުނިޔޭގަ ވެސް ހުރި ކަމެއް. އެކަން އެ ނިމުނީ. ދެން ކަލޭ ދަންނަ އެކަކުވެސް ނުހުންނާނެ.” ދަތްކުނޑިވިކައިލަމުން އިމްރާން ބުނެލިއެވެ. އަދި ރަޝާގެ އަތުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ.

ބަދިގެ ތެރޭގައި ކައްކަން ހުރި ލަޝްކާގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. މިހާރު އެއީ އާންމު ކަމެކެވެ. އާއެކެވެ. މިއަދު ލަޝްކާ އެހުރީ ވަރަށް އުފަލުންނެވެ. ދާއިޔަލް އޭނާގެ ހިތް ލޯބިން ފުރާލަ ދެނީ އެއްވެސް އެދުންވެރި ކަމެއް ނެތިއެވެ. މިއަދު ދާއިޔަލްއާއި ލަޝްކާ އުޅެމުން އެ ދަނީ އުފާވެރި ދިރިއުޅުމެކެވެ.

“ކޮބާ ކޯއްޗެއް ތި ކައްކާލަނީ؟” ނަމާދުކޮށް އަވަދި ވެގެން ކާގެއަށް ވައިން ދާއިޔަލް އަހައިލިއެވެ. “މިއޮށް ހާ ދުވަހު ދާއި އެއްނުން ލަޝްއަށް ކާން ހެދީ؟ ދެން ލަޝް ކާން ހަދާނީ. ލަޝްގެ ލޯބި ލޯބި ދާއިއަށް ހަމަ ލަޝްއެއްނުން ކާން ދޭން ވާނީ؟” ދާއިޔަލްގެ ކޮލުގައި ހިފައިލަމުން ލަޝްކާ ބުނެލިއެވެ.

“ހެހެ އެހެންތަ؟” ލަޝްކާގެ އުނަގަނޑުގައި ހިފާ ގަޔާއި ކައިރި ކޮށްލަމުން ދާއިޔަލް އޭނާގެ ނިތަށް ބޮސް ދިނެވެ. ވަގުތުން ލަޝްކާގެ ދޮން މޫނު އެކީގައި ރަތްވެލިއެވެ. “ދެން ދާއި އަބަދު ލަޝް ލަދުގަންނުވަނީ” މޫނުގައި އަތް އަޅަމުން ލަޝްކާ ބުނެލިއެވެ.

“ހެހެ އޯކޭ އޭ. ލަދުވެތި ކަމަކީ ހާދަ ލޯބި ސިފައެކޭ. ހޫމް. ދެން ކޯއްޗެއްތަ ތި ހަދަނީ؟” ފަހަތުން ލަޝްކާގެ ހަށިގަނޑުގައި ބައްދާލަމުން ދާއިޔަލް އަހައިލިއެވެ. “މިއުޅެނީ އަލުވި ބަތް ކޮޅެއް ހަދާލަން. މިއީ ލަޝްގެ ސްޕެޝިއެލް. ވަރަށް މީރު ވާނެ. ކެއިންތަ ކުރިން މީތި؟” ލަޝްކާ އަހައިލިއެވެ.

“ނޫން. ނުކަން. އެކަމް ލަޝް ހެދިއްޔާ ގައިމުވެސް މީރުވާނެ. މިހާރުވެސް ބަނޑު ފުރި އަރައިފި” ނޭފަތް ދަމައިލަމުން ދާއިޔަލް ބުންޏެވެ. “ހޫންން. މި ފިރިހެނުން ހަމަ ބަހަށް މޮޅުވާނީ. އަދި މިއުޅެނީ ފިޔާ ވަނގާރުކޮށް ނުނިމިގެން. އެހެން އެއްޗެހީގަ ވެސް ދުވާ ވަސް ދޯ އަދި ދުވާނީ؟” ދާއިޔަލްގެ ނޭފަތަށް ފިތާލަމުން ލަޝްކާ ބުންޏެވެ.

“އައްދޯތް. އައްދޮ ކޮށްލީތި. ދެރަވެއްޖެ” ތުންކޮޅު އޮޅާލަމުން ދާއިޔަލް ހަރަމްބަނދެ، ލަޝްކާއަށް ފުރަގަސް ދިނެވެ. އުނދުން ނިއްވާލާފައި ގޮސް ލަޝްކާ ދާއިޔަލް ކުރިމަތީގައި ހުއްޓުނެވެ. “ސޮރީ ލޯބީ. ގަސްތަކު ނޫން” ލަޝްކާ ދެރަވެލާފައި މަޢާފަށް އެދުނެވެ.

“ސޮރީ ގަބޫލު ކުރެވެނީ ކިސްއެއް ދިނީމަ” މައުސޫމް ގޮތަކަށް ލަޝްކާއާއި ދިމާލަށް ބަލައިލަމުން ދާއިޔަލް ބުންޏެވެ. ތުންކޮޅު ފިތާލަމުން ލަޝްކާ ދާއިޔަލްގެ ކޮލަށް ދޮނެއް ދިނެވެ. “ދޭންންންންން ކޮލަކަށް ނޫން ވިއްޔާ” މިހެން ބުނެ ދާއިޔަލް ދެލޯ މަރާލަމުން ތުންކޮޅު އޫކޮށްލިއެވެ. “ދެންންން ޔޫ ޑާޓީ ބޯއި” ދާއިޔަލްގެ ނިތުގައި ފުއްޓައްކެއް ޖަހަމުން ލަޝްކާ ހިނގައިގަތީ ލަދުންނެވެ.

ނަމަވެސް ދާއިޔަލް މާ ހުޝިޔާރެވެ. އޭނާ ހުރީ ލަޝްކާގެ އެ އަމަލަށް ތައްޔާރު ވެގެންނެވެ. ލަޝްކާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް ގެނެސް ދުރަށް ނުދެވޭ ވަރަށް ބައްދާލިއެވެ. އަދި ލަޝްކާއާއި އެއްވަރަށް ތިރިވެލަމުން ލަޝްކާގެ ތުންފަތައް ބޮސް ދިނެވެ.

(ނުނިމޭ)

ސައްބިސްވަނަބައިގެ ތެރެއިން:

ލާންޗުން ފޭބި ޒުވާން އަންހެން ކުއްޖާއާއި ދިމާލަށް މީހުންގެ ލޯތައް ހުއްޓެން ފެށިއެވެ. ފިޔާތޮށި ކުލައިގެ ޝޯލްއަކާއި އެކު ހުދު ކުލައިގެ އަބާޔާއެއް ލައިގެން ހުރި އަންހެން ކުއްޖާއަކީ ބަލާލަން ރީތި ކުއްޖެކެވެ. ކުޑަ ކުޑަ ދެލޮލެވެ. ބޮޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. ދިގު އެސްފިޔައެވެ. ހިތިފަތު ބުމައެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ނެތުމުން ވަކިން ރީތި ކަމަށް ދައްކައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Shaba_73

    Mi part ves vrh Reethi MA! 😍
    Awwn Lash and dhaai so cute 💗
    I hate you you rashaaaaaaaaa 😡
    Dhaai vrh romantic eyy dhw Hehehe 😅
    Comment eh nukuriyas hurihaa ep eh kiyan ingey!
    Curiously waiting for the next part When’s next?
    Lysm & Tc 💗

    1. shihaamaa ali
      Shaba_73

      Jazaakallah khairan dearrr 🩶🫶🏻
      Dhwww dhaai is adorable 🥹
      Hehe yess its alright.. yeaaa rasha dhw😭😭 happy your enjoying the story.. in sha allah next tmrw nyt ga.. tc lyt🫶🏻

  2. Sheex

    Wow mi part haadha romantic ey
    V v V reethi MA
    WHAT IS WRONG WITH RASHAA
    Omg I should send someone do learn the small tricks fromm dhaiyal
    Wow new character eh dhw
    V CURIOUS vejje
    CW4THENEXTP
    Tc

    1. shihaamaa ali
      Sheex

      Heheh🙈🤭👀
      Jazaakallah khairan dearrr 🩶🫶🏻
      Rashaa dhww.. lets see keke..
      Haha😭😭😭
      Yesssssss newwwwww..
      Stay tuned for tmrw ge episode
      Tc

  3. Jung_su_99

    Maasha allah!
    Mi prt vs vrh reethi.
    Vrh bodah sorry lahun comment kollevuneema.
    Vrh busy mi dhuvaskolhu.
    Lysm n tc♡♡♡♡

    1. shihaamaa ali
      Jung_su_99

      Jazaakallah khairan 🩶🫶🏻hehe its alright.. next episode is out now.. tc and lyt🩶🫶🏻

Comments are closed.