Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 21

Listen to this story Audio · 5:16 Powered by Esfiya Voice
0:00 5:16

އެދުވަހަށް ފަހު އެ އުފާވެރި އާއިލާއަކަށް އަލުން އިރެއް ނޭރިއެވެ. އެ ތިން ހަޔާތް ފުރިގެން ދިޔައީ ކަޅުފޮއެ އަނދިރި ކަމުންނެވެ. ލީރާގެ ހަޔާތައް އައި ބަދަލު ތަކުން އިމްރާން ނިންމީ ލީރާ ސައިކޭޓްރިސްޓަކަށް ދައްކާށެވެ. ދެން އިމްރާންއަށް ލިބުން ޖަވާބާއި އެކު ވަކިން ހިތް ފުނޑުފުނޑު ވިއެވެ. ލީރާ އަށް މޭޖާރ ޑިޕްރެސިވް ޑިސްއޯރޑާރ ޖެހިފައިވީ ހަބަރު ވެގެން ދިޔައީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލަ ކަމަކަށެވެ.

(24 ވަނަ ބައި)

***މިހާރު***

ލީރާއަށް އަތް މުއްކަވާލެވުނެވެ. ލީރާގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިން ތަކުގެ އަޑުވެސް ބާރު ވެލިއެވެ. އަވަސް ކަމާއި އެކު ނަރުހުންތައް އެތަނަށް ވަނެވެ. ޑަކްޓަރު ލީރާގެ ހާލު ބަލަން ފެށުމުން ޒާލާ ނިކުމެ ފުލުހުންނަށް ގުޅިއެވެ.

ޑަކްޓަރުން ލީރާގެ ހާލު ބަލާފައި ނިކުން އިރު އެލާރާ، އެޒިކިއެލް އަދި ޔައުލާން އައި ސީ ޔޫ ކުރިމަތީގައި ހުއްޓެވެ. “ޝޮކްއަކަށް ދިޔައީ. މިވަގުތު ވާހަކަ ދެއްކުން އެހާ ރަނގަޅެއްނޫން” ޒާލާ ބުނެލިއެވެ.

ދެން ޑަކްޓަރު ކީ އެއްވެސް އެއްޗެއް އެޒިކިއެލްއަކަށް ނީވުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އިށީނދެލައިގެން އިން މިކްޔާއެވެ. ފޯނަށް ގެއްލިފައި އިން އިރު ތުންކޮޅަށް ޖައްސާލާ ލޯބި ގޮތް ތަކުން އާޝޯހުވެފައި ބަލަން އެޒިކިއެލްއަށް ހުރެވުނެވެ. މައުސޫމް ކަމުގެ އިންތިހާއެވެ. “ތިމީހުން ދޭ. ދޮންބެ ދާނަން ފަހުން” ޑަކްޓަރު ދިޔުމުން އެލާރާ ކައިރީ އެހެން ބުނެ އެޒިކިއެލް ހިނގައިގަތީ މިކްޔާ ގާތަށެވެ.

“ހާދަ ވަރަކަށް ސީރިޔަސް ވެލައިގެން ކޯއްޗެއްތަ ތިކުޅެނީ؟” މިކްޔާ ކައިރިއަށް ގޮސް އިށީންނަމުން އެޒިކިއެލް އަހައިލިއެވެ. “ޕަބްޖީ ކުޅެނީ. ހޫން ދެން މަލާމަތް ނުކުރާތި. މިއީ އަންހެނުން ވެސް ކުޅޭ އެއްޗެކޭ” ހީލަމުން މިކްޔާ ބުންޏެވެ. “ހަހަ. އޯކޭ އޯކޭ. އެކަމަކު މަލާމަތް ނުކުރާނީ ޝަރުތެއްގެ މަތިން” ހަރަމް ބަނދެލަމުން އެޒިކިއެލް ބުންޏެވެ. “ހޫމް؟ ބުނެބަލަ؟”

“ގެނޭ އައިޑީ. މަށާ އެކީ ގަނޑަކަށް އެރިއްޔާ ނުކުރާނަން މަލާމާތެއް” އެއްލޯ މަރާލަމުން އެޒިކިއެލް ބުނެލިއެވެ. “އޯހްހްހ ޕަބްޖީ ފްލާޓް ދޯ؟ ހަހަ އޯކޭ. މިކީ އިންނާނީ. ގެނޭ ނަންބަރު. އޭރަށް ވައިބާރ ކޮށްލާނަން” މިކްޔާ ވެސް ފުރުސަތުގެ ބޭނުން ހިފާ އެޒިކިއެލްގެ ނަންބަރު ހޯދާލިއެވެ.

“ތިޔަ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ-” މިފަހަރުވެސް ދާއިޔަލްއަށް ގުޅުމުން ދިޔާންއަށް ލިބުނީ ހަމަ އެޖަވާބެވެ. “އަޅެ ދާއިޔަލް ކޮންތާކައްތަ ވަދެ އެއުޅެނީ؟” ފޯނު މޭޒު މަތީގައި ބާރަކަށް ބޭއްވި ދިޔާން ހުރީ ހިތްހަމަ ނުޖެހިފައެވެ.

“އަނެއްކާ ދެބެން އަރާރުންވީތަ؟ މިހާރު ދާއިޔަލް ނުފެންނަތާ 7 މަސް ވީ” ބޯތައްޓަކަށް ރިހަ އަޅައިގެން އައި ޔޫޒާ އަހައިލިއެވެ. ދިޔާންއާއި ކައިވެނި ކޮށްގެން މިވީ 8 އަހަރު ތެރޭގައި ދެބެން ޒުވާބުކޮށް ދާއިޔަލް އެންމެނާއި ފިލައިގެން އުޅުން އެއީ މިހާރު ޔޫޒާއަށް އާންމު ކަމެކެވެ.

“ދާއިޔަލްއާއި މަށަށް އެންމެ ފަހުން ދިމާވި ދުވަހު ޔޫޒާ ވެސް ހުރި ދޯ އެތާގަ؟ އެދުވަހު އަހަރެމެން ޒުވާބު ކުރި ނަމަ ޔޫޒާއަށް ވެސް އިނގުނީހެއްނުން؟” ދިޔާން ބުނެލިއެވެ.

“ބައްޕީ” އެވަގުތު “ސިނަމަންރޯލް” ދަބަހެއް ހިފައިގެން ޕްރީސް ސުކޫލް ޔުނީފޯމުގައި ހުރި އުމުރުން 5 އަހަރުގެ ޔަޢަލާ އެތަނަށް އައެވެ. “ޔެސް ދަރިފުޅޫ. ކޮބާ ދާން ވީތަ؟” ޔަޢަލާގެ ކޮލަށް ލޯބި ކޮށްލަމުން ދިޔާން ބުނެލިއެވެ. ޔަޢަލާ މައުސޫމް ގޮތަކަށް ބޯ ޖަހައިލިއެވެ. “މިދަނީ ދެން. ސައި ބޯހިތްވެސް ކެނޑިއްޖެ. ދެން އަންނާނީ ހަވީރު. އަލާ ބަލައިދާތި” ޔަޢަލާ އުރާލަމުން ދިޔާން ގެއިން ނިކުމެގެން ދިޔައެވެ.

ޔަޢަލާ ސުކޫލަށް ލާފައި އޮފީހާއި ދިމާލަށް ދިޔަ ދިޔާންއަށް ރަޝާ ފެނުނެވެ. “ރަޝާ؟ ރަޝާއަށް އިނގޭނެ ދާއިޔަލް ވީތަން. ޔަގީން. ރަޝާ ކައިރީ އަހައިލަންވީ؟” ހިތާހިތުން މިހެން ބުނަމުން ދިޔާން ގޮސް އޭނާ ކުރިމަތީގައި ސައިކަލު މަޑުކޮށްލިއެވެ. “ކަލޭ މޮޔަވީތަ؟” ފޯނަށް ބަލަމުން ދިޔަ ރަޝާއަށް ކުއްލިއަކަށް ދިޔާން ފެނުމުން ރުޅި އާދެވުނެވެ.

ދިޔާން ރަޝާގެ ބޮލުން ފެށިގެން ފަައިގެ ބޮޑުވައިން އިނގިއްޔާ ހަމައަށް ބަލައިލިއެވެ. ހީވީ ސްކޭނެއް ކޮށްލި ހެންނެވެ. މެރޫން ކުލައިގެ ގަޔަށް ބާރު ޓޮޕެއް ލައިގެން ހުރި އިރު، މޭމައްޗާއި ބަނޑުގެ ބަޔެއް ފެންނަމުން ދިޔައެވެ. ލައިގެން ހުރި އައިސް ބްލޫ ކުލައިގެ ކުރު ސޯޓު ކޮޅުން ފަލަމަސްގަނޑު ހާއްޔަށް އޮތް އިރު ކިރިޔާ ބުޑު ނިވާވާ ކަމެވެ. ރަޝާގެ ރީތިކަން ފެނި ދިޔާންއަށް ހިންދިރުވާލެވުނެވެ.

“ކޯއްޗެއްތަ ތި ބަލަނީ؟” ހަރަމް ބަނދެލަމުން ރަޝާ އަހައިލިއެވެ. “އަހެމް… މީ… ދާއިޔަލް ވީ ތަނެއް އިނގޭތަ؟ ތީ ރަޝާ ނުން؟ ދާއިޔަލްގެ ބިޓު” ކަރުކެހިލަމުން ދިޔާން އަހައިލިއެވެ. “އޯހްހްހް. ދާއިޔަލް ވީ ތަނެއް އަސްލުވެސް ނޭނގިގެން ދޯ ތިއުޅެނީ؟ 7 މަސް ވެއްޖެ އޭނަ މަށާ ރުޅިވީ ފަހުން. މަށެއް ނުދެކެން އޭގެ ފަހުން އޭނައެއް” ރަޝާ ބުނެލިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ.

ރަޝާ އަނެއް ގޯޅި އަޅަންދެން މީރު ކާއެއްޗެއް ފެނިގެން ކުޅު ދިޔާވެފައި ހުންނަ ބީދައިން ‘ދަހި’ ވެފައި ދިޔާން ބަލަން ހުއްޓެވެ. “އެހާ ލޯބި ކުއްޖެއް ދާއިޔަލް ކީއްވެތަ އެ ދޫކޮށްލީ؟ ޕިސް ޕިސް. މިވީ ދެން މުޅި ރަށް ހޯދާކައްނުން؟” ފޯނު ނަގާ ކޮންމެވެސް ނަންބަރަކަށް ގުޅައިލަމުން ދިޔާން ބުންޏެވެ.

(ނުނިމޭ)

ފަންސަވީސްވަނަބައިގެ ތެރެއިން:

“ހެހެ އެހެންތަ؟” ލަޝްކާގެ އުނަގަނޑުގައި ހިފާ ގަޔާއި ކައިރި ކޮށްލަމުން ދާއިޔަލް އޭނާގެ ނިތަށް ބޮސް ދިނެވެ. ވަގުތުން ލަޝްކާގެ ދޮން މޫނު އެކީގައި ރަތްވެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Jung_su_99

    Mi prt vs vrh reerhi.
    Is dhiyaan bad?????
    So curious.
    When next???????
    Tc♡

    1. shihaamaa ali
      Jung_su_99

      Jazaakallah khairan dear 🩶🫶🏻
      Mmm? Maybe??.. haha lets see dhww.. in sha allah next ves tmrw nyt 7 ga will upload in sha allah.. tc 🫶🏻

  2. Miss rose

    Mi part ves varah reethi. Dhiyaan dont u dare think abt like that rashaa ah. U have a beautiful wife yoozaa And a kid yaalaa. Hihihi ezikiyal and mikya is falling . leeraa ge maazee nimunee ? Curiously waiting for next part?

    1. shihaamaa ali
      Miss rose

      Jazaakallah khairan dear 🩶🫶🏻
      Yesyes i should give dhiyaan a slap of reality 😭
      Ikrr🤭 pubg couplee🥹 more funny scenes on the wayyyyyyyyy.. ya leera ge part e nimuni.. dhn ingeynee how imraan changed after that.. in sha allah next part vess hama tmrw nyt 7 ga will upload 🫶🏻

Comments are closed.