ޑިއުޓީ ނިންމާފައި ގެއަށް ވައިން އަކްނާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ފޯނުން ނަހާތުއަށް މެސެޖު ކުރަމުން ދިޔަ އިރު ދެކެވެމުން ދިޔައީ ދެން ދިމާވާނީ ކޮން އިރަކާއި މެދު ކަމެވެ. ކޮޓަރިއަށް ވަނުމާއި އެކު އަކްނާންއަށް ފުރަތަމަވެސް އިވުނީ ޒާލާގެ ރުއިމުގެ އަޑެވެ. އެހެންޏާ ވިއްޔާ އެއަޑަށް ހިތް ހަލާކުވާ އަކްނާންގެ މޫނުމަތިން މިއަދު ފެނުނީ ފޫހި ކަމެވެ.
(20 ވަނަ ބައި)
ފޫހި ކަމާއި އެކު ގޮސް އަކްނާން އެނދުގައި އިށީނެވެ. ފުރަގަސް ދީގެންނެވެ. އަކްނާންގެ ފޫހިވެފައިވީ މޫނު ޒާލާއަށް ނުދައްކަންށެވެ. “ކިހިނެތް ވީ ތިރޮނީ.؟” އަކްނާން އަހައިލިއެވެ. ޒާލާ ތެދުވެ އިށީނެވެ. “މިއަދު… ޓެސްޓެއް ހެދިން…” ނޭފަތް ދަމައިލަމުން ޒާލާ ބުނެލިއެވެ.
“އަނެއްކާވެސް ނެގެޓިވް ދޯ؟” ކޮޅަށް ތެދުވަމުން އަކްނާން އަހައިލިއެވެ. އިސްޖަހާލަމުން ޒާލާ ބޯޖަހައިލިއެވެ. “އަޅެ އަހަރެމެން ހިނގާބަލަ އައި ވީ އެފް ހަދަން.. އޭރަށް…”
“އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންނަކަށް އެހާ ކަމުދާ ކަމެއް ނޫނޭ އެއީކީ؟ ދަރިން އުފެއްދެވުން ވަނީ އެނދުމަތީގަ. ހަށިގަނޑަށް އިންޖެކްޝަން ތަކެއް ޖަހާ މޮޔަ ވެގެންނެއް ނޫން. ޒާލާ މޮޔަ ނުވެ ހުރޭ. ޒާލާގެ ތި ޕީ ސީ އޯ އެސް ގެ ސަބަބުން ކުދިން ނުލިބޭނެ ވާހަކަ ޑަކްޓަރުން ބުންޏެއްނުން؟ ދެން ކީއްކުން ނެތް ނަސީބެއް ހޯދަން ތިއުޅެނީ؟” އަކްނާންގެ ރާގުގައިވީ ރުޅިވެރިކަން ޒާލާއަކަށް ސިއްރެއް ނުވިއެވެ. އިތުރަށް އެއްޗެއް ނުބުނެ އެނދުގައި އޮށޯތީ އެހެންވެގެންނެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ލީރާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އަންނަމުން ދިޔައެވެ. ސީލިންގުގައި އޮތް ފަންކާއާއި ދިމާލަށް އޭނާ ބަލަން އޭނާ އޮންނަތާ މިހާރު ތިރީހަކަށް މިނިޓް ވެދާނެއެވެ. އެހިޔާލުގައިވީ ލަޝްކާއެވެ. މިއަދު ލަޝްކާ އުޅޭނީ ކޮން ހާލެއްގަ ބާއޭ ހިތަށް އެރި އަދަދުވެސް ނޭނގެޔެވެ.
ކުއްލިއަކަށް ލީރާ ތެދުވިއެވެ. އެދުމަތީގައި އޮތް ރަޖާ ގަނޑު ނަގާ ދަންމަޅިއެއް ހަދައިލިއެވެ. ލީރާގެ ހަރަކާތްތަކުގައިވީ އަވަސްކަމާއި ހަލުވި ކަމެވެ. ހަމަ އެ އަވަސް މިނުގައި ލީރާގެ ދެލޮލުން ކަރުނަވެސް އަންނަމުން ދިޔައެވެ.
ޑިއުޓީ ނިންމާފައި ގެއަށް ވައިން އިމްރާން ހުރީ ފޫހިވެފައެވެ. ލަޝްކާ ގެއްލިގެން އެކަމުގެ ހިތާމަ އޭނާ ނުކުރިޔަސް ވެސް ލަޝްކާ ނެތުމުން އޭނާގެ “އެދުން” ތައް ނުފުއްދޭތީ އޭނާ ހުންނަނީ ވަކިން ރުޅި ގަދަވެފައެވެ. ފޫހި ކަމާއި އެކު ގޮސް ކޮޓަރި ދޮރު ހުޅުވާލި އިމްރާންއަށް ފެނުން މަންޒަރާއި އެކު ވަކިން ރުޅި ގަދަވިއެވެ.
“ލީރާ މޮޔަވީތަ؟ ކީއްކުރާނަމޭ ހިތާތަ ތިއުޅެނީ؟؟؟” ކޮޓަރިއަށް ވައިން އިމްރާންގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ފަންކާގައި ދަންޖެހިފައި އިން ލީރާގެ ހަށިގަނޑު ފަންކާއިން ނެގިއެވެ. އޭރު ލީރާގެ ހަމަހޭ ނެތެވެ. މޫނުމަތި ވަނީ ލޭ އަރާފައެވެ. ނޭފަތުންނާއި އަނގައިން ލޭވެސް އައިސްފައި ހުއްޓެވެ.
“އަނެއްކާ އަނެއް ހަކަންތައް މިޖެހުނީ. ލީރާގެ އެއަމަލުން އިމްރާން ހުރީ ވަރަށް ރުޅި ގަދަވެފައެވެ. ލަޝްކާ ގެއްލުނޭ ކިޔާފައި އެވަރު ވާން ޖެހިދާނެ ކަމަކަށް އިމްރާން ގަބޫލެއް ނުކުރެޔެވެ. ފޫހިވެފައިވާ ހާލުގައި އިމްރާން އެންބިއުލާންސަށް ގުޅިއެވެ.
ލަޝްކާގެ ވޭދަނައިގެ ފައިލްތައް ބަލަން އިން އެލާރާއާއި ދިމާލަށް ކަޅި ޖަހާ ނުލާ ބަލަން ޔައުލާން އިނެވެ. މިހާރު ޔައުލާންއަށް ގައިމުވެސް އެއްކަމެއް ޔަގީން ވެއްޖެއެވެ. ޔައުލާން ލޯބިވަނީ އެލާރާދެކެއެވެ. އެހެން އަންހެން ކުދިންނަށް ވުރެ އެލާރާ ހާއްސަ ވީ އެހެން ވެގެންނެވެ. ނަމަވެސް މިއަދު މިވަނީ ތެޔޮނާށި ކާޅު ޖަހައިގަންފައެވެ. މިހާރު އެލާރާއަކީ ޒަވުލްގެ ހައްގެކެވެ. ހަމަ އެކަނި ޒަވުލްގެ ހައްގެކެވެ. ޔައުލާން އަކީ އެލާރާގެ ކުރިމަތީގައި ހަމަ އެކަނި “ފްރެންޑް” އެކެވެ.
އެވަގުތު އެތަނަށް ދުވެފައި އެޒިކިއެލް ވަނެވެ. ބާރަކަށް އެޒިކިއެލް ދޮރު ހުޅުވާލި އަޑަށް ޔައުލާން ސިހުނެވެ. އެލާރާވެސް ސިހިފައި އެދިމާލަށް ބަލައިލިއެވެ. “ކިހިނެތްވީ އަނެއްކާ؟” އެލާރާއަށާއި ޔައުލާންއަށް އަހައިލެވުނީ އެއްފަހަރާއެވެ.
“ލަޝް… ލަޝްކާގެ މަންމަ…” އެތަނަށް ދުވެފައި އައުމުން އެޒިކިއެލް ހުރީ ނޭވާ ކުރުވެފައެވެ. “ލަޝްކާގެ މަންމައަށް ކިހިނެތްތަ ވީ؟” އެލާރާ ތެދުވެ އަހައިލިއެވެ. “ލަޝްކާގެ މަންމަ… ލަޝްކާގެ މަންމަ ދަންޖެހިފައި އިންދަ ފެނިއްޖެ…” ކަކުލުގައި އަތް ޖައްސާލަމުން އެޒިކިއެލް ބުނެލި ޖުމްލަ އާއި އެކު އެލާރާ އަދި ޔައުލާންވެސް ސިހުނެވެ.
“އޭނ؟؟؟ ކީކޭ؟؟؟ ކޮން އިރަކު؟؟؟” އެލާރާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. “ހަމަ ދެންމެ. ދެންމެ އިމްރާން ގުޅީ” އެޒިކިއެލް ހިންދިރުވާލަމުން ބަލައިލީ ލަޝްކާގެ ވޭދަނައަށް ތައްޔާރު ކޮއްފައި އިން ބޯޑަށެވެ.
ނިދިފައި އޮތް ލަޝްކާގެ މޫނަށް ބަލަން ދާއިޔަލް އިންނަތާ ކިތަންމެ އިރެކެވެ. އެމޫނުމަތީގައިވީ މައުސޫމްކަން ފެނި ދާއިޔަލް އިނީ އާޝޯޙު ވެފައެވެ. ކޮންފަދަ، މައުސޫމް، ރީތި ކަމެއް ހެއްޔެވެ؟
ދާއިޔަލްގެ ފޯނު ރިންގު ވާން ފެށުމާއި އެކު އޭނާއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ފޯނު ހިފައިގެން ނިކުތީ ލަޝްކާއަށް ހޭލެވިދާނެ ތީއެވެ. “ސާބަަސް ބްރޯއަށް. މިއީ ދެން ކޮން އިރެއްތަ ގުޅަން؟؟” ބޯހޫރުވައިލަމުން ދާއިޔަލް އަހައިލިއެވެ.
“މަ ގުޅާނެ ދޯ؟ ކަލެއަށް އިނގޭތަ މި ވެގެން އުޅޭ ގޮތް؟ ލަޝްކާގެ މަންމަ ދަން ޖެހިގެން މިއުޅެނީ” ޝަރަފް ބުނެލި ޖުމްލައާއި އެކު ދާއިޔަލްވީ ފާޑެއްގެ ފޫއްސެކެވެ. “ލަޝް ކައިރީ ހުރި އިރު ނުބެލުން މީހަކު ގެއްލުނީމަ ދެން ކޮން އެކްޓެއް ޖައްސާކައްތަ؟” ދާއިޔަލްގެ ރާގުގައިވީ ފޫހިކަން އިވި ޝަރަފްއަށް ހެވުނެވެ.
“އޭ! އެއީ މައިޓު އިނގޭ؟ ހަހަ. މި ސޮރު މިހުރީ ހަމަ ރަނގަޅަށް ވެސް މި މަންޖެއާއި ހުރެ ދީވާނާ ވެފަ ދޯ؟” ޝަރަފް ދިމާ ކުރާ ރާގެއްގައި ބުނެލިއެވެ. ދާއިޔަލް ހީލާފައި “ގެރޭ” އޭ ބުނެލިއެވެ.
(ނުނިމޭ)
އެކާވިސްވަނަބައިގެ ތެރެއިން:
ފުލުހުންނާއި އެކު އެތަނުގައި މީކައިލްވެސް ހުއްޓެވެ. މީކައިލްގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ވިއެވެ. ސަބަބަކީ އެކަން އެވީ އޭނާ ބަލިކަށިވީ ދުވަސްކޮޅަށް ވުމުންނެވެ. އެކަން ވީދުވަސްކޮޅު ކައުންސެލިންގ ނެގުން ނަމަ މިއަދު ލީރާ ދަންޖެހުމުގެ ހިޔާލު ނުގެންގުޅޭނެ ކަމަށް މީކައިލްއަށް ގަބޫލު ކުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mi part ves varah reethi. Aknaan haadha goahey. Aknaan keevve ba zaalaa ah cheat kuranee? Zaalaa ah dharin nulibeytheetha? Where is mikiya? I miss her . alhey leeraa dhan jehuneetha ? Imraanooo dhen eohfadha gadeega ves rulhi tha annanvee ? Curiously waiting for next part???
Asluves hama thedhu aknaan ehen hadhaakah nuvaane 😤
Konme anhenakuves mamma ehge lagabu beynun vaane 🥹
Playboys more like playmens 😒😒😒
I was going to say hama same as rose 🌹
Maitu veema heyo ve bala dhoonya🤭🤭pispis!🤫
Tc🤭
Asluvess dhww aknaan is just meeeaannn☹️☹️☹️ asluvess dhw🥹🥹
Its jst too common now dhw ..
😆🤭 adhi heyo vedhaanehnuuunn.. lets see the story is not even close to finish adhi hehe🤭🩶
Tc 🩶🫶🏻
Jazaakallah khairan 🩶🫶🏻
Aknaan cheat kuraa reasonn he will sayy adhi hama dhimaalah stay tuned👀 Mikya will be there in the next episode🫶🏻
Yeaaa☹️☹️ she didd….. assu vess dhww imran is just heartless.. in sha allah next episode maadhamaa rey🫶🏻🩶
Shiherr how old are you… Just asking 😊
Sorry but I do not want to tell my personal information here so publicly.. hope you understand🩶🫶🏻
Can you tell me young tha old tha
Young 🫶🏻🩶
Oh ok thx potential huri author eh veema ahaalevuny
Jazaakallah khairan 🥹🫶🏻🩶
Maasha allah.
Mi prt vs varah reethi.
Take care.
Lysm
Jazaakallah khairan 🩶🫶🏻
Tc, lyt🩶🫶🏻