Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 7

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 20, 2024 6 Mins Read
2 Comments

[އޯކޭ ސޯ ގާއިޒް. ވަޓްއައި ވޯންޓެޑް ޓު ޓެލް ޔޫ އިސް އައި ގޮޓް އަ 6 އިއާރ ކޯރސް ޓު ސްޓޑީ ބައޮލޮޖިސްޓް އިން ކެނެޑާ. އޯ އެމް ޖީ މައި ޑްރީމް އިސް ފައިނަލީ ކަމިން ޓްރޫ] އައި ޖަހާލަމުން އީން ބުނެލި ގޮތުން ހީވަނީ ހަމަ ކުޑަ ކުއްޖެއް ހެންނެވެ. އެންމެ ކުޑަ އިރުން ސުރެވެސް އީން ބޭނުންވަނީ ބައޮލޮޖިސްޓްއަކަށް ވާށެވެ. އީންގެ އެ އުންމީދު ފުރިހަމަ ވާތީ އުފާވި ނަމަވެސް ވިޝާމް ނުފެނި 6 އަހަރު ހޭދަވާނޭ ހިތައް އެރުމުން އެ ހިތައް ކުރީ ފުން އަސަރެކެވެ.

ވިޝާމްގެ ހާލަކީތޯއެވެ؟ ޖާނާ ފުރާނައިން ލޯބިވާ އީން ނުފެނި 6 އަހަރުވޭތު ކުރާނެ ގޮތެއް ވިޝާމްގެ ސިކުނޑިއަކަށް ނައެވެ. ވިޝާމްގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ވިޝާމްގެ ލޮލަށް ކަރުނަތައް ބޮނޑިވެ ގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.

*********

ގެއަށް އައި ގޮތައް އަހިސް ވިޝާމް އެނދަށް ވެއްޓިގަތީ އެއްޗެހި ވެސް ބަދަލު ނުކޮށެވެ. އިންތިޒާރުގައި ހުންނަ މީހަކަށް 6 އަހަރަކީ ކިހާ ދިގު މުއްދަތެއް ހެއްޔެވެ؟ އީން އާއި ދުރުގައި ވިޝާމްއަށް ކެއްވާނެ ބާއެވެ؟ އީންގެ ހިތުގައި ވިޝާމްއާއި އޮތީ ކޯއްޗެއް ކަމެއްވެސް ވިޝާމްއަކަށް ނޭންގެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރު ކޮއްލަމުން ވިޝާމްއަށް ރޮއިގަނެވުނެވެ. އަންހެން ކުއްޖަކަށްޓަކާ ވިޝާމްގެ ދެލޮލުން ކަރުނަ ވެއްޓުނު ހަމަ އެކަނި ފަހަރަކީ މިއީއެވެ. މި ކަމުންވެސް ދޭހަ ވަނީ ވިޝާމް އީންދެކެ ވާ ތެދުވެރި ހަގީގީ ލޯއިތްބެވެ. ކަރުނަ ފުހެލަމުން ވިޝާމް ގޮސް ކަލަންޑަރ ބަލައިލިއެވެ. އަދި އީން ފުރުމުގެ ކުރިން ބާކީ 2 މަސް އެބަ އޮތެވެ. [އިއްނޫ…. އަހަރެން އީން ދެކެ ވަރަށް ވަރަށް ލޯބިވޭ. އަމިއްލަ ފުރާނައަށް ވުރެ ވެސް ލޯބިވޭ. އަހަރެން ބޭނުން އިއްނު އަހަރެންގެ ހައްގަކަށް ހަދަން. މި ދެއަތުން އިއްނު އަށް އުމުރު ދުވަހު ހިމާޔަތް ދޭން. ތި ރީތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން. އައި ލަވް ޔޫ ސޯ މަޗް އިއްނޫ] ވިޝާމް ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ. ގިސްލެވެން ފެށުމުން ވިޝާމް ފާހަނައަށް ގޮސް ވުޟޫ ކޮއްލައިގެން ދެރަކުއަތުގެ ނަމާދެއް ކޮއްލިއެވެ. އެއަށް ފަހު މާތް ﷲ ގެ ހަޟްރަތައް އީން އޭނާގެ ހައްގަކަށް ވޭ ތޯ ދުޢާ ކުރިއެވެ.

*********

ކޮޓަރިއަށް ވަދެގެންއައި އީން ފުރަތަމަކަމަކަށް އަޅައިގެން ހުރި ޝޯލް ބޭލިއެވެ. އެއަށް ފަހު ކަބަޑުން ނިދަން ލާނެ އަތްދިގު ޓީޝާޓަކާއި ދޫ ހަރުވާޅެއް ނަގާ ހެދުން ބަދަލު ކޮއްލިއެވެ. އާދައިގެ މަތިން ނިދުމުގެ ކުރިން ވުޟޫކޮށް މުލްކު ސޫރަތް ކިޔަވާލިއެވެ. އެއަށް ފަހު ފޯނު ހިފައިގެން އީން އެނދުގައި ބަންޑުން އޮށޯވެލިއެވެ. ފޯނުގައި ކޯޑު ޖަހާލަމުން ގެލެރީއަށް ވަދެ ހައިޑް ކޮއްފަ ހުރި ފޯލްޑާރސް ގެ ބަޔަށް ވަދެލިއެވެ. އެތަނުގައި އިން [މައި ލަވް] ގެ ނަމުން ސޭވް ކޮއްފައިވީ ފޯލްޑާރ ހުޅުވާލުމާއިއެކު އީންގެ ލޮލަށް ކަރުނަތައް ބޮނޑިވެގައެވެ. [ވިޝާމް… އަހަރެން ވިޝާމް ދެކެ ވަރަށް ވަރަށް ލޯބިވޭ… ވިޝާމް އަހަރެންދެކެ ލޯބިވޭތަ؟] ރޮމުން ރޮމުން އީން ވާހަކަ ދެއްކީ ފޮޓޯއިން ފެންނަމުން ދިޔަ ވިޝާމްގެ ފޮޓޯއަށް ބަލަހައްޓައިގެން އިނދެ އީން ވާހަކަ ދެއްކިއެވެ. އީން ވިޝާމް ދެކެ ލޯބިވެއެވެ. އޭގެ އިންތިހާއަށެވެ. ނަމަވެސް ވިޝާމް ހިތުގައި އޮތް އެއްޗެއް ނޭންގޭތީ އީން ހުންނަނީ އެވާހަކަ ބުނަން ނުކެރިފައެވެ. އަނެއްކޮޅުން ވިޝާމްއަކީ ނަން މައްޝޫރު [ޕްލޭ ބޯއި] އެކެވެ. ވިޝާމް ލޯބިވާން އީން މި ކާކު ހެއްޔެވެ؟ ނަމަވެސް އީންއަށް ނޭނގުނު ކަމަކީ ވިޝާމްވެސް އީން ދެކެ ލޯބިވާ ކަމެވެ.

**********

[ސަނީ ކަޕް] ކެފޭގައި ވިޝާމް އިނީ މާއިލްގެ އިންތިޒާރުގައެވެ. ވަރަށް ވިސްނުމަށް ފަހު ވިޝާމް ނިންމީ އީން ހާސިލް ކުރުމުގައި އެކުވެރިޔާގެ އެހީ ހޯދުމަށެވެ. މާއިލް އައުމުން ދެމީހުންވެސް ކަޅު ކޮފީ އަކަށް އޯޑަރ ދިނެވެ. [ހޫމްމްމް ކިޔާބަ ކިހިނެތްތަ ވީ އަނެއްކާ މާ ސީރިޔަސް ވާހަކައެއް؟ އަނެއްކާ ކަލޭ ދަރިއަކަށް މަންޖެއެއް ބަލިވެ އިނީތަ؟] މާއިލް އަހާލިއެވެ. [ޕިސް ދެން މާއިލޫ.. ދެން ވަރަށް ސީރިޔަސް ވާހަކައެކޭ] ވިޝާމްގެ މޫނުމަތިން ފެނުނު ސީރިޔަސް ކަމުން މާއިލްވެސް ސީރިޔަސް ވެލިއެވެ. [މާއިލް….. މާއިލް އައި އޭމް އިން ލަވް…. އިއްނު… އައި ލަވް ހާރ ސޯ ސޯ ސޯ ސޯ މަޗް] ވިޝާމްއަށް އެހެން ބުނެވުނު އިރަށް ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ފެންނަމުން ދިޔަ މަންޒަރުން މާއިލް އިނީ ޝޮކެއްގައެވެ. ނަމަވެސް ވިޝާމްގެ ލޮލުން ނިރާލި ކަރުނަ ތިކިން ވިޝާމް ހަގީގަތުގައިވެސް އީން ދެކެ ލޯބިވާކަން މާއިލްއަށް ދެނެގަނެވުނެވެ. [ދެން އިއްނުއަށް ލޯބި ހުށައަޅަންވީނުން؟] މާއިލް އޭނާގެ ވިސްނުން ފާޅު ކޮއްލިއެވެ. [އިއްނު އަހަންނަށް އާނބަސް ދޭނެތަ؟ އައި މީން… ވަޓް ސްޕެޝިއާލިޓީ ޑޫ އައި ހޭވް ފޯރ ހާރ؟ އައި ވޯސް އަ ޕްލޭ ބޯއި އެވާރ ސިންސް އައި ކޭން ރިމެމްބާރ.. ވިލް ޝީ ޓްރަސްޓް މީ؟ އަހަރެން ކަހަލަ ދަށް ފެންވަރުގެ މީހަކާ އިއްނު ކަހަލަ ކުއްޖަކު އެކަށީގެންވެސް ނުވެއެއްނުން.. ދެން؟؟] ވިޝާމްއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. އެކުވެރިޔާގެ ހާލަތު ފެނުމުން މާއިލްގެ ހިތައް ވެސް އަސަރު ކުރިއެވެ. [ހުއްޓާލާ ވިޝާމް… މަށާ ލާރާއާ ވިޝާމްއަށް ހެލްޕްވެދޭނަން.. ޑޯންޓް ލޫޒް ހޯޕް.. އިންޝާ ﷲ އެވެރީތިންގް ވިލްބީ ފައިން] އެކުވެރިޔާ އާއި އެވާހަކަތައް ހިއްސާ ކުރެވުމުން ވިޝާމްގެ ހިތައް ކޮންމެވެސް ވަރަކަށް ނަމަވެސް ލުއި ވިއެވެ. އީން ލިބޭނެ ކަމުގެ އުންމީދުވެސް އާވިއެވެ.

*********

ގެއަށް ދިޔަގޮތައް ގޮސް މާއިލް ލާރާއާއި އެވާހަކަ ހިއްސާ ކޮއްލިއެވެ. އަދި އީންއަށް އެވާހަކަ ދެއްކުމަށްވެސް ބުނެލިއެވެ. އަސުރަށް ގޮވުމުން ލާރާ ފޯނު ކަނޑާލީ ނަމާދު ކޮއްލައިގެން އީންމެން ގެއަށް ގޮސް އީންއާއި ވާހަކަ ދައްކާނެ ކަމައް ބުނެލަމުނެނެވެ.

********

ވާހަކަ ފޮތެއް ކިޔަން އިން އީން ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. ކިޔުނު ހިސާބު ބުކް މާރކް އަކުން ފާހަގަ ކޮއްލަމުން ގޮސް ދޮރު ހުޅުވިއެވެ. ދޮރު ކުރިމަތީގައި ހުރި ލާރާ ފެނުމުނެ ހިނިތުންވެލަމުން ދޮރު ބޮޑަށް ހުޅުވާ ލާރާ ވަންނަން ތަން ދެއްކިއެވެ. [އިއްނޫ ކޮބާ ބިޒީތަ؟ ވާހަކައެއް ދައްކާލަންވެގެން.] ސޯފާގައި އިށީންދެ ދެފައި ވައްކޮއްލަމުން ލާރާ އަހައިލިއެވެ. [ނޫނޭ ކިހިނެތްވީ ކިޔާބަ؟] އީން އަވަހަށް ގޮސް އެކުވެރިޔާގެ ވާހަކަ އަޑުހެހުމަށް ތައްޔާރުވެލިއެވެ. ލާރާ ދިޔައީ ހަމަ ސީދާ މައުލޫ އަށެވެ. [އިއްނު ވިޝާމް ދެކެ ލޯބިވޭތަ؟] ސީދާ އީންގެ ލޮލަށް ބަލަހައްޓައިގެން އިނދެ ލާރާ އަހާލިއެވެ. ލާރާ އެހެން އަހާލި މަޑު މަޑުން ނަމަވެސް އެ އަޑު އީންގެ ކަންފަތާ ހަމައަށް ފޯރީ ހޮނު ގުގުރިއެއްހާ ބާރަށެވެ. ދެލޯ ބޮޑު ވެގެން ދިޔައިރު އީން އަވަހަށް އިސް ޖަހައިލީ އީންގެ ދެލޮލުން ހަގީގަތް ލާރާއަށް ފެނިދާނެތީއެވެ. ޔަގީނުންވެސް ކޮންމެވެސް ގޮތަކުން އެކަން ލާރާއަށް އިނގިއްޖެއެވެ. ވިޝާމްއަށް އެކަން އެނގުމުން ވިޝާމް އީން ދެކެ އަންނާނެ ރުޅި އަންދާޒާ ކޮއްލަންވެސް ދައްޗެވެ. އީންގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވާސް ސިކުންތެއްވެސް ނުނެގިއެވެ. [އިއްނޫ..] ލާރާ ގޮވާލިއެވެ. އީންއަށް ކެއްވީ އެހިސާބަށެވެ. ވަގުތުން އަޑުން އަޑު ނަގާ ރޮއިގަންނަމުން ލާރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. [އާން ލާރާ… އިއްނު ވަރަށް ލޯބިވެ ވިޝާމްދެކެ. އެކަމަކު… ވިޝާމް އަހަރެން ދެކެ ލޯއިތްބެއް ނުވާނެ….. ލާރާ… އިއްނު…. އިއްނު ވަރަށް ވަރަށް ލޯބިވޭ ވިޝާމްދެކެ. ކޮން އިރަކު ކިހިނެތްވީ ލޯއިތްބެއް ކަމެއްވެސް ނޭނގެ. އިނގޭހާވެސް އެއްޗަކީ އިއްނު ވިޝާމް ދެކެ ވަރަށް ލޯބިވާކަން…] ރޮމުން ރޮމުން އީން ދެއްކި ވާހަކައިން ލާރާގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ. މަޑު މަޑުން ލާރާގެ ހަށިގަނޑާ އީން ދުރުކޮއްލަމުން ލޯއިތްބާއިއެކު އީންގެ ކަރުނަތަށް ފުހެލަދިނެވެ. [ޝްޝް ހުއްޓާލާ އިއްނޫ.. ﷲ ގެ އިރާދަފުޅާއިއެކު އިއްނުއަށް ވިޝާމް ލިބޭނެ. އަހަރެން އިއްނުއަށް ދުޢާ ކޮއްދޭނަން] ލާރާ ބުނެލިއެވެ. ބޯ ޖަހާލަމުން އީން ކޮޓަރިއަށް ވަނީ މޫނު ދޮވެލައިގެން އެބަ އަންނަމޭ ބުނެލަމުންނެވެ. ލާރާއަށް ހިނިތުން ވެލެވުނު ﷲ އަށް ޝުކުރު އަދާ ކުރެވުނު އަދަދުވެސް ނޭނގެއެވެ.

*********

[ދެޓްސް ޕްރިޓީ މަޗް އިޓް… ވިޝާމް ބޭނުމެއް ނުވޭ ރައްޓެހި ވެގެން އުޅޭކަށް.. އޭނަ ބޭނުންވަނީ އިއްނު އާއި ކައިވެނި ކުރަން.. ސޯ އިފް އިއްނު ލައިކްސް ވިޝާމް.. ޓެލް މީ އޯކޭ.. ވަގުތުން ދާނަން ރިންގް ގަންނަން.. ކޮންމެވެސް ގޮތަކުން ވިޝާމް ލައްވާ އެކަން ކުރުވާނަން މިރޭ.. އެންޑް ޑޯންޓް ޓެލް އިއްނު ދެޓް ވިޝާމް ލައިކްސް ހާރ.. އައި ވޯންޓް ޓެލް ވިޝާމް އައިދާރ.. އޭރުންމާ ސަޅި ވާނެ.. ވިޝާމް ހެލްޕްޑް މީ އަ ލޮޓް ވެން އައި ޕްރޮޕޯސްޑް ޓު ޔޫ.. ސޯ އައި ވޯންޓް ޓު ޑޫ ދަ ސޭމް ފޯރ ހިމް ޓޫ] ގެއަށް އައި ގޮތަށް އަހިސް ހުރިހާ ވާހަކައެއް އެއް ނޭވާއިން މާއިލް ކިޔާލިއެވެ. [ޔާ ޝުއާރ އޯކޭ އައިލް ޓެކްސްޓް ޔޫ.. އައި ރިއަލީ ތިންކް ޝީ ލައިކްސް ހިމްޓޫ] ލާރާ ބުނެލިއެވެ. ދެލޯބިވެރިން އެވާހަކައިގައި ތިބެފައި އަސުރަށް ގޮވުމުން ލާރާ ފޯނު ކަނޑާލީ ނަމާދު ކޮއްލައިގެން އީންމެން ގެއަށް ގޮސް އީންއާއި ވާހަކަ ދައްކާނެ ކަމައް ބުނެލަމުނެނެވެ.

*********

ރޭގަނޑު 8 ޖެހި އިރު ލާރާ އީން ގޮވައިގެން ނިކުތީ ހިނގާލަން ދާން ކިޔާފައެވެ. މާއިލްގެ އިރުޝާދާ އެއްގޮތައް އީން ގޮވައިގެން ލާރާ ދިޔައީ ރަށު ތުނޑިއަށެވެ. ވަކި ހިސާބަކަށް ދަނިކޮށް ދެން އިވުނީ ލާރާގެ ފޯނު ރަނގަބީލުވި އަޑެވެ. [އޭ އިއްނު ވެއިޓް. މާއިލް އެ ގުޅަނީ.. ގިވް މީ 2 މިނިޓްސް.. މިދަނީ.. ދޭބާ މިތާ ކައިރީ އިންނާނެ ނައު ކޮޓަން ކޭންޑީ ދޭ ސްޓޯލްއެއް.. ދޭބަ 2 އެތި ގަންނަން އޯކޭ..] އީން ބޯ ޖަހަމުން ހިނގަތެވެ. [ޔެސް މާއީ ޝީ ލެފްޓް.. ކަމް ހިއަރ ނައު] ހަގީގަތުގައި އެއީ އީން އެކަނި ފޮނުވާލުމުގެ ނިޔަތުގައި ލާރާއާއި މާއިލް ބޭނުން ކުރި އުކުޅެކެވެ.

ވަކި ހިސާބަކަށް ދެވުމުން ފެނުނީ ބިންމަތީގައި އަތުރާފައި ހުރި ފިނިފެންމާ ފިޔަތަކެކެވެ. ހިނިތުން ވެލަމުން އެ މަގުން އީން ހިނގައިގަތެވެ. ކުރިއަށް ދިޔަ ވަރަކަށް އީންގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ކޭންޑަލްސް އާއި ފެއަރީ ލައިޓްސް އިން މުޅި ތަން އުޖާލާކޮއްލާފައިވީލެއް ކިތަންމެހާވެސް ފުރިހަމައެވެ. ދެން އީންއަށް ފެނުނީ ހިތެއްގެ ބައްޓަމަށް ފިނިފެންމަލުން ހަދާފައިވާތަނެކެވެ. އެ ހިތު ތެރޭގައި ފުރަގަސް ދީގެން ޒުވާނަކު ހުއްޓެވެ. އެހިސާބުންވެސް އެއީ ވިޝާމްކަން ދެނެގަންނާކަށް އީން އަކަށް އުނދަގުލެއް ނުވިއެވެ. [ވިޝާމް؟] އީންގެ އެ ލުއި މިއުޒިކެއްފަދަ އަޑު ކަންފަތުގައި ޖެހުމުން ވިޝާމްއަށް ދެލޯ މަރާލެވުނެވެ. އެވަގުތު ދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އެކި އެކައްޗަކަށް ފައިބައި ގަތެވެ. މިފަހަރު ކަރުނަތަށް ފުހޭކަށްވެސް ވިޝާމް ނޫޅެއެވެ އެ ހުރި ގޮތަށް ފަހަތައް އެނބުރުނެވެ. ވިޝާމްގެ ކަރުނަވީ ދެލޯ ފެނުމުން އީންގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ދެތިން ފިޔަވަޅު ކުރިޔަށް އަޅާލަމުން ވިޝާމް އީންގެ ފިނިވެފައިވާ ދެއަތުގައި ހިފާލިއެވެ.

[އިއްނޫ.. އަހަރެން.. އަހަރެން އިއްނު ދެކެ ވަރަށް ލޯބިވޭ…. ވަރަށް ވަރަށް ލޯބިވޭ.. އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވޭ.. މުޅި އުމުރު ދުވަހު މި ދެއަތުން އިއްނު އަށް ހިމާޔަތް ދޭން ބޭނުން. އިއްނު އަށް ހީވެދާނެ މީދޮގޭ.. އައި މީން.. އައި ވޯސް [ދި އިންޓާރނޭޝަނަލް ޕްލޭބޯއި] އެކަމް… އިއްނު ދެކެ އަހަރެން މިވަނީ ސާފު ތެދުވެރި ހަގީގީ ލޯބި.. އިއްނު ދެކެ ލޯބި ވީ ފަހުން އަހަރެން އިއްނު ނޫން ހުރިހާ އަންހެން ކުދިން ދެކެ ފޫހިވީ.. ކުރީގެ އުޅުން ދޫކޮށްލާ ތައުބާވީ.. އިއްނޫ… އަހަރެން އިއްނު ދެކެ ވަރަށް ލޯބިވޭ.. އިއްނުއާއި ނުލާ އުޅޭކަށް އަހަންނަކަށް ނޭނގޭނެ.. އުޅޭކަށް ބޭނުމެއްވެސް ނޫން… ސޯ….] ވާހަކަ އެހާ ހިސާބުން ކުރުކޮއްލަމުން ވިޝާމް އެއްފައި މައްޗައް ތިރިވެލިއެވެ. ހައިރާންވެ ހުރެ އީންއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ހިތުގެ ތެޅުން އެތަށް ގުނައަކަށް އިތުރުވިއެވެ. [ވިލް ޔޫ މެރީ މީ އިއްނޫ؟] އަތުގައި އޮތް ރިހި ކުލައިގެ އަނގޮއްޓި ދިއްކޮއްލަމުން ވިޝާމް އަހައިލިއެވެ. އީންގެ ހިތް އުފަލުން ނަށައިގަތެވެ. އުފަލުން ގޮސް އެދެލޮލުން ކަރުނަ ފޭދިގަތެވެ. [ޔޭސް ވިޝާމް، ޔޭސް… އަ މިލިއަން ޓައިމްސް ޔޭސް..] ވާއަތް ދިއްކޮއްލަމުން  އީން ބުނެލިއެވެ. ވިޝާމްއަށް ވީގޮތްވެސް ނޭންގުނެވެ. އީން އަތުގައި އަނގޮއްޓި އަޅުވާލުމައްފަހު އީން ގައިގައި ބައްދާލީ ދުހާކުވެސް ދޫކޮށް ނުލާނަމޭ ބުނާފަދައިނެވެ. [އައި ލަވް ޔޫ އިއްނޫ] ވިޝާމް ކަރުނައިގެ ތެރެއިން ބުނެލިއެވެ. [އައި ލަވް ޔޫ މޯރ ވިޝާމް] ވިޝާމްގެ މޭމަތީގައި ބޮނޑިވެގަންނަމުން އީން ބުނެލިއެވެ.

[ވާވާ މަރުހަބާ ދެކުދިން.. އަވަސް ކުރޭ ސައިގެނޭ..] މާއިލް އެހެން ބުނެލި ރާގުން 4 މީހުނަށްވެސް ހެވުނެވެ. [ގާއިޒް ޔޫ ބޯރތް ހޭވް ޓުގެޓް މެރިޑް ވިތް އަސް އިނގޭ.. އޭރުން އިއްނު ކިޔަވަން ދިޔުމުގެ ކުރިން އެކަންވެސް ވީނުން..] ލާރާ ދިން ހިޔާލު އެންމެނަށްވެސް ކަމުދިޔައެވެ.

****

[އޯހް ވާއު… ސޯ ދޭ ގެޓިން މެރިޑް އެޓް ދަ ސޭމް ޑޭ؟ ހެހެހެ އަވަރ ޕްލޭން ޖަސްޓް ގޮޓް އީޒިއާރ..] މަންޒަރު ބަލަން ހުރެފައި، ކައިރީގައި ހުރި ނޫރާ ގާތުގައި ޔާއިދު ބުނެލިއެވެ. ދެމީހުން އެކީ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. މަކަރުން ފުރިފައިވާ މި ދެމީހުންގެ ސަބަބުން ދެން މި ދެ ޖޯޑަށް ވާނީ ކިހިނެތްބާއެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މަގޭ މާއިލް 6

Next

ބްލަޑް ޓްރެއިލާރ

Next
March 21, 2024

ބްލަޑް ޓްރެއިލާރ

Previews
March 19, 2024

މަގޭ މާއިލް 6

2 Comments!

  1. Savage lover says:
    March 20, 2024 at 4:08 pm

    Nice job
    Waiting for the other episode
    😀😀😊😊☺️☺️

  2. Ekujja says:
    March 21, 2024 at 10:10 am

    Mi part vess vrh vrh vrh reethi maasha allah😍❤️
    Curiously waiting for the next part👀❤️

Comments are closed.

Next Episodeމަގޭ މާއިލް 8←


All Right Reserved!