3 ހަފްތާ ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. އެގޮތުން މިއަދު މިއީ ލާރާ އަދި މާއިލް، އީން އަދި ވިޝާމްގެ ކައިވެނި ކުރެވޭނެ ދުވަހެވެ. ޔަގީނުންވެސް އެހަތަރު މީހުންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. ނަމަވެސް އުސްގަނޑަކަށް ފަހު އަޑިގަނޑަކާވެސް ކުރިމަތި ލާން ޖެހެއެއްނޫން ހެއްޔެވެ؟ ކައިވެނީގެ ބޮޑު ހެދުމުގައި ތައްޔާރުވަމުން ދިޔަ ލާރާއާއި އީން އާއި އެއްފަދައިން ކޯޓު ފަޓުލޫނުގައި ތައްޔާރުވަމުން ދިޔަ މާއިލްއާއި ވިޝާމް އެކޭ އެއްފަދައިން އެ ކައިވެންޔަށް ނޫރާއާއި ޔާއިދު ވެސް ތައްޔާރު ވަމުން ދިޔައީ ވިހަ ލާން ތައްޔާރުވަމުންދާ ހަރުފައެއް ފަދައިންނެވެ.
*******
ފުރަތަމަ ކައިވެނިކުރުން އޮތީ މާއިލްއާއި ލާރާގެއެވެ. މާއިލްއަށް ހަމަ ޖެހިފައިވީ ގޮނޑީގައި އިށީންދެގެން މާއިލް އިންތިޒާރު ކުރަމުން ދިޔައީ އެހިތުގެ ރާނީ އަންނާނެ ވަގުތަކަށެވެ. ކެއްތެރިކަމާއިއެކު އިން މާއިލްއަށް ދޮރާދިމާލަށް ބަލައިލެވުނީ ދޮރުހުޅުވާލާފައި ބަޔަކު ވަންނަ އަޑު އިވުމުންނެވެ. ކަޅު ކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ލާރާ ހީވަނީ އަނދިރި ރެޔެއްގައި ވިދާލަ ވިދާލަ އިން ހަނދެއް ހެންނެވެ. ލާރާގެ ދެފަރާތުގައި ޒާރާއާއި އަލައިކާ ބްރައިޑްސް މެއިޑްގެ ހެދުން ލައިގެން ލާރާ އަތުގައި ހިފާލައިގެން އައި އިރު މަންޒަރު ވަރަށްވެސް ހިތަގައިމެވެ. މާއިލްގެ ތޫނު ނަޒަރު ލާރާއަށް ހުއްޓިފައި ވުމުން ލާރާއަށް ލަދުން އިސްޖަހާލެވުނެވެ. އެމޫނުމައްޗައް ޖަންބު ކުލަވެރިވީ އިސާހިތަކުއެވެ. ލާރާގެނެސް ލާރާއަށް ހަމަޖެހިފައިވާ ގޮނޑީގައި ލާރާ ބޭންދުމަށްފަހު ޒާރާއާއި އަލައިކާ ދުރަށް ދިޔައެވެ. ފިނިވެފައިވާ ލާރާގެ އަތުގައި މާއިލް ހިފާލިއެވެ. ގާޒީ ވާހަކަ ދައްކަންފެށުމުން ހުރިހާ އެންމެންވެސް ހިމޭންވެލިއެވެ. [އަނބިގަބޫލު ކޮއްފިންތޯ؟] ގާޒީ އަހާލުމުން ލާރާއަށް މާއިލްގެ އަތަށް ބާރު ކޮއްލެވުނެވެ. [އަނބިގަބޫލުކޮށްފިން] ލާރާގެ އަތަށް ބާރުކޮށްލަމުން މާއިލް ބުނެލިއެވެ. ލާރާގެ ލޮލުން ނިރާލީ އުފާވެރިކަމުގެ ކަރުނައެވެ. އެންމެނާ ސަލާމް ކޮށްލާފައި މާއިލްއާއި ލާރާ ދިޔައީ އެމީހުންނަށް ހަމަޖެހިފައިވާ ދިމާލަށެވެ. ވިޝާމްއާއި އީންގެ ކައިވެނިވެސް ކުރެވުނެވެ.
ޕާޓީއަށް އަންނަމުންދިޔަ ކޮންމެ ބަޔަކުވެސް ދިޔައީ މިދެ ޖޯޑަށް މަރުހަބާ ކިޔަމުންނެވެ. 4 މީހުންގެ މޫނު މަތީގައިވެސް ނުފިލާ ހިނިތުން ވުމެއްވިއެވެ.
[ހެލޯ… ކޮންގްރޭޓްސް އިނގޭ ޔާލް] ލާރާ އަދި އީން ގައިގައި މަޑު މަޑުން ބައްދާލަމުން ނޫރާ ބުނެލިއެވެ. [ހެހެ ތެންކިޔޫ.. ދެން ނޫރާ ކޮން އިރަކުންތަ މެރީ ކުރަނީ؟] އީން އަހާލިއެވެ. [ހެހެ އެދުވަސް އޮތީ ދެންމާދުރަކު ނޫން…] ހިނިތުން ވެލަމުން އެހެން ބުނެ ހަދިޔާ ދީފައި ޔާއިދު އާއި ދެމީހުން ހިނގައިގަތެވެ. އެވަގުތު ލާރާގެ ހިތް ތެޅިލީ ނުބައި ގޮތަކަށެވެ. ކީއްވެކަމެއް ނޭނގެއެވެ. މޫނު މަތިންވެސް ލާރާ ހުރީ ގޮތެއްވެފައިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެވެ. މަންޒަރު ބަލަން ހުރި ނޫރާ ވިހަ ހިނިތުންވުމެއް ދެމުން ރަތް ކުލައިގެ ކުޑަ ކުޑަ ފޮއްޓެއް، ހަދިޔާ ބަހަށްޓާ މޭޒު މަތީ ބާއްވާފައި އެތަނުން ނިކުމެގެން ދިޔައެވެ. [ހޭ ލާރާ އޯކޭ؟] ލާރާއަށް އައި ބަދަލު ފެނި މާއިލް އަހާލިއެވެ. ބޯޖަހާލަމުން ލާރާ ހިނިތުންވެލިއެވެ.
*******
ޕާރޓީ ނިންމާފައި ގެއަށް އާދެވުނު އިރު 11 ޖަހަން އުޅެއެވެ. ކާރުގައި ލާރާއައީ މާއިލްއާއިއެކީ މާއިލް މެންގެ ގެއަށެވެ. ކޮޓަރިއަށް ވަދެވުނު އިރަށް ފެނުނު މަންޒަރުން ލާރާ އަށް ހިނިތުންވެވުނެވެ. ނޭފަތް ދަމާލަމުން ލާރާ ފުމެންފެށީ ކުޑަ ކުއްޖެއްފަދައިންނެވެ. ބިންމަތީގައާއި އެނދުމަތީގައި ރަތް ކުލައިގެ ފިނިފެންމަލުގް ފިޔަ ހުރި އިރު ފާރުގައި ފެއަރީ ލައިޓްސް ވެސް ހުއްޓެވެ. ބިންމަތީގައި ހިތުގެ ބައްޓަމަށް ހުރި ފުއްޕާހަންވެސް ހުއްޓެވެ. ލާރާގެ ލޮބުވެތި ހަރަކާތްތަކަށް ގެއްލިފައި ހުރި މާއިލް ސިހުނީ ފުންޕާހަމެއް ލާރާ މާއިލްއާއި ދިމާލަށް އެއްލުމުންނެވެ. [ހެހެ އެއްލަބަލާ] ހެމުން ހެމުން ލާރާ ބުނެލިއެވެ. ދެމަފިރިން އެހަން ހިފައިގެން ކުޅެން އުޅުނު އިރު ހީވަނީ ހަމަ ކުޑަ ދެކުދިންހެންނެވެ. 15 ވަރަކަށް މިނިޓް ފަހުން ދެމަފިރިން އެކުގައި ފެންވަރާލައިގެން ދެމަފިރިން ކުރުން ސުންނަތް ނަމާދުކޮށްލިއެވެ. ސަލާމް ދިނުމަށް ފަހު މާއިލް ލާރާގެ ބޮލުގައި އަތްބާއްވާލަމުން ދުޢާ ކޮށްލާފައި، ލާރާގެ ނިތުގައި ބޮސް ދިނެވެ. މުސައްލަ ބޭއްވުމާއި އެކު މާއިލް ލާރާ އުރާލައިގެން ގޮސް އެނދުމަތީގައި ބާއްވާލިއެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ފޮނި މީރުކަން ދެމީހުންވެސް ދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަމުންނެވެ.
*********
ވިޝާމްއާއި އެކު ވިޝާމްގެ ގެއަށް ވަދެގެން އައި އީން ދިޔައީ މުޅި ގޭތެރެއަށް ބަލަމުނެވެ. [ހެހެ ކައިވެނީގެ ފުރަތަމަރޭ ދޯ މިގެއަށް ތިއައީވެސް އެންމެ ފުރަތަމަ؟] ވިޝާމް ބުނެލިއެވެ. ހީލާފައި އީން ބޯ ޖަހާލިއެވެ. ކޮޓަރިއަށް ވަދެވުން އިރަށް އީންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ބިންމަތީގައާއި އެނދުމަތީގައި ރަތް ކުލައިގެ ފިނިފެންމަލުގް ފިޔަ ހުރި އިރު ފާރުގައި ފެއަރީ ލައިޓްސް ވެސް ހުއްޓެވެ. ބިންމަތީގައި ހިތުގެ ބައްޓަމަށް ހުރި ފުއްޕާހަންވެސް ހުއްޓެވެ. މަންޒަރު ކިތަންމެހާވެސް ހިއްގައިމެވެ. އެމަންޒަރު އީން އޭނާގެ ފޯނުގައި ރައްކާކޮށްލިއެވެ. އެއަށް ފަހު އީން ގޮސް ހުއްޓުނީ އީންގެ ޝޯލް ބޭލުމަށެވެ. ވިޝާމް ގޮސް އީންއަށް އެހީތެރިވެދިނެވެ. [އިއްނު އެބަ އަންނަން އިނގޭ ފެންވަރާލައިގެން] ތުވާލި ނަގަމުން އީން ބުނެލިއެވެ. [ހިނގާ އަހަރެންވެސް ގޮވައިގެން] އެއްލޯ މަރާލަމުން ވިޝާމް ބުނެލިއެވެ. ވަގުތުން އީންގެ މޫނު މަތި ރަތްވިއެވެ. [ދޭން ވިޝާމޫ] ވިޝާމް މޭމަތީގައި ތަޅައިގަންނަމުން އީން ބުނެލިއެވެ. [ހަހަ ކިހިނެތްތަ ވީ؟ ވައިފްއާއި އެކީ ފެންވެރުމަކީ ސުންނަތެކޭ..އާއީ] މޫނު މަތީގައި އަތް އަޅަމުން ރަނޑު ގޮތަކަށް ވިޝާމް ބުނެލިއެވެ. ދެމަފިރިން އެކުގައި ފެންވަރާލައިގެން، ދެމަފިރިން ކުރުން ސުންނަތް ނަމާދުކޮށްލިއެވެ. ސަލާމް ދިނުމަށް ފަހު ވިޝާމް އީންގެ ބޮލުގައި އަތްބާއްވާލަމުން ދުޢާ ކޮށްލާފައި، އީންގެ ނިތުގައި ބޮސް ދިނެވެ. މުސައްލަ ބޭއްވުމާއި އެކު ވީޝާމް އީން އުރާލައިގެން ގޮސް އެނދުމަތީގައި ބާއްވާލީ އައު ދިރިއުޅުމަކަށް މަރުހަބާ ކިޔަމުންނެވެ.
**********
ހަމައެވަގުތެވެ. ތުނޑި މަތީގައި ނޫރާއާއި ޔާއިދު އިނީ ސިނގިރޭޓު ބޯށެވެ. [ހޫމް ކޮން އިރަކުންތަ ފަށާނީ؟] ޔާއިދު އަހާލިއެވެ. [ފަށާނީދޯ.. ފަށާނީ އެ އީން ކިޔަވަންފުރީމަ.. އޭރުން ފަސޭހަ ވާނެ. ދުވަސްކޮޅަކު ވާނެތާދޯ އުފަލުގައުޅުނަ ދޭން.. އެކަމަކު ކުދި ކުދި ޖެއްސުން ކުރަންވާނެ.. އާހް އޯ މައި ގޯ.. މަގޭ މާއިލް ފައިންލީ ގޮނަ ބީ މައިން ދޯ] ނޫރާ ބުނެލިއެވެ. [ހަހަ އެކަމް އޭރުން މައި ފޭވަރެޓް ފްލާވާރ ގެއްލުނީ ދޯ؟] ދެރަވާކަމަށް ހެދެމުން ޔާއިދު ބުނެލިއެވެ. [ހެހެ ނޫނޭ ނޫނޭ ހަމަ އާދު ކުރަން ބޭނުން ވީމަ ކޯލް.. ހެހެ] ނޫރާ އެހެން ބުނުމުން ޔާއިދު ގަޔާ ކައިރި ކޮއްލަމުން ޔާއިދު ނޫރާ ތުންފަތަށް ބޮސް ދިނެވެ.
**********
އިރުގެ ރަންދޯދި ތަކުން މުޅި ދުނިޔެ އަލިކޮށްލިއެވެ. ލަހުން ނިދުމުގެ ސަބަބުން ލާރާއަށް ހޭލެވުނު އިރު 7 ޖަހައިފިއެވެ. ފުރަތަމަވެސް ލާރާގެ ލޮލުގައި އަޅައިގަތީ ލާރާ ގައިގައި ބައްދާލައިގެން ލޯބިކޮށް ނިދާލާފައި އޮތް މާއިލްއެވެ. [ވަރަށް ލޯބިވޭ] ނިދާފައި އޮތް މާއިލްގެ ނިތުގައި ބޮސް ދެމުން ލާރާ ބުނެލިއެވެ. މާއިލް ލާރާއާއި ދުރުކޮށްލަމުން ލާރާ ތެދުވެ ފެންވަރާލިއެވެ.
ކޮޓަރިން ނިކުމެ ބަދިގެއަށް ވައިން އިރު ޙަދީޖާ ސައިހަދަން ހުއްޓެވެ. [އަނހާ ދަރިފުޅާ ހާދަ އަވަހަކަށް ތިހޭލީ؟ އިއްޔެ ހަތަރު ދަމު ހަމަ އެއްތާކު ދެފައި ނުޖަހަ އުޅުނީ ވިއްޔާ ދޭބަލަ އަދި ނިދާލަން މަންމަ ސައި ހަދާލަފާނަމޭ] ލާރާ އެހާ އަވަހަށް ނިކުތުމުން ޙަދީޖާ ބުނެލިއެވެ. [ހެހެ ދެން ނޫން މަންމާ.. މާއި އަބަދުވެސް ކިޔާ މަންމަ މާ ބުރަކޮށޭ އުޅެނީ މަންމައަށް މަސައްކަތް ލުއި ކޮއްދޭށެއްނުން ލާރާ މިއައީ] ހިނިތުން ވެލަމުން ލާރާ ބުނެލިއެވެ. ކޮފީ ތައްޓެއް ބޯލައިގެން ލާރާ ސައި ހެދުމައިގެން އަވަސްވެގަތެވެ. ސައި ހެދުމުން ލާރާ ދިޔައީ މާއިލްއަށް ގޮވާށެވެ. ކޮޓަރިއަށް ވައިން އިރު މާއިލް ހުރީ ފުނާއަޅަންށެވެ. [އަވަހަށް އާދޭ ސައިބޯން] ފަހަތުން ގޮސް މާއިލް ގައިގައި ބައްދާލަމުން ލާރާ ބުނެލިއެވެ. މާއިލްއާއި އެކު ދިޔައިރު މައިރީންއާއި މާހިލްވެސް ސައިބޯން ތިއްބެވެ. ލާރާއާއި މާއިލްވެސް އަވަސްވެގަތީ ހެނދުނުގެ ނާސްތާ ނެގުމަށެވެ.
[ދޮންބެދައްތާ ކޮންއިރަކުންތަ ޕްރެޒެންޓްސް ކަނޑަނީ؟] މައިރީން އަހާލިއެވެ. ކައި ނިމިގެން އެންމެންވެސް ތިބީ ސޯފާގައި ވާހަކަ ދައްކާލަންށެވެ. [ކަނޑަންވީތަ؟ މާއި އުޅޭ ދޯ ކަނޑަން؟] ލާރާ އެހެން ބުނެލުމުން ލާރާ އާއި މާއިލްއާއި އެކު މާހިލް، މައިރީން އަދި ޙަދީޖާވެސް މާއިލްގެ ކޮޓަރިއަށްވަނެވެ.
ލާރާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރަތް ކުލައިގެ ކަރުދާސް ލާފައި އިން ކުޑަ ކުޑަ ފޮށީގައެވެ. ވިސްނާ ވިސްނާވެސް އެހަދިޔާ ދިންމީހެއް ލާރާގެ ހަނދާނަކަށް ނައެވެ. ލާރާ ފޮށި ނަގާ ބަލައިލި އިރު [ފޯރ މައި ޑިއަރ މާއިލް އެންޑް ލާރާ] ޖަހާފައި އިނެވެ. އެހެންކަމުން އެއީ ލާރާމެނަށް ލިބުނު ހަދިޔާއެއްކަން ލާރާއަށް އެނގުނެވެ. ހަނދާން ނެތުނީ ކަމަށް ބަލާ ލާރާ ފޮށި ހުޅުވާލިއެވެ. ފޮށިތެރޭގައި އޮތް އެތި ފެނިފައި ލާރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ލާރާގެ މުޅި ހަށިގަނޑު ރޫރޫ އަޅަން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Whennnn nextttt?..soo cooool..wrhhh excitedd….nd anehh two couples ge stuff wrhh ehgoiy but different khliima sifa kurumuga alhaigannaane plus hiy jeheyne kanne..in my opinion..love itt<333
Jazaakallah, thankiuu yann
Insha allah maadhamaa kiyaalan libeyne, hope to see ur comment there too 🙂
Kon irakun next part lany?
Anonymous, alhugandu balive ulheytheeve midhuvass kolhu vhk nuliyeveni 🙁