ދުވެފައި ގޮސް އަނާގެ ކޮޓަރި ދޮރު ހުޅުވާލި އިރު ފެނުނު މަންޒަރުން އީންގެ މުޅި ދުނިޔެ ފުނޑު ފުނޑުވި ފަދައެވެ. ހިނދުކޮޅަކަށް ދުނިޔެ ހިނގުން ހުއްޓުނުހެންވެސް އީންއަށް ހީވިއެވެ. ގަބުވެފައި ހުރި އީން ފެނުމުން ވިޝާމް ވެސް ގޮސް ބަލައިލިއެވެ. ފެނުނު މަންޒަރުން ވިޝާމްވެސް ދިޔައީ ސިއްސައިގެންނެވެ. އީންގެ ހިތައް ވާނެ ތަދު ހިތައް އަރާފައި ވިޝާމްގެ ހިތައްވެސް އަސަރު ކުރިއެވެ.
[މަންމާ!!!] އިށީންދެއިން ފުރޮޅުލީ ގޮނޑިއާއި އެކު ބިންމައްޗައްވެއްޓިފައި އޮތް އަނާފެނި އީން ދުވެފައި ގޮސް އަނާ ނަގާ އުނގުމަތީގައި ބާއްވާލިއެވެ. [މަންމާ!! މަންމާ.. އަޅެ ކިހިނެތްތަވީ؟ މަންމަ އަޅެ ޕްލީޒް ލޯ ހުޅުވާލަބަ..] އީން ރޮމުން ރޮމުން ބުނެލިއެވެ. މަންޒަރު ބަލަން ހުރެފައި މަޑު މަޑުން ވިޝާމް އީންއާއި ދިމާލަށް ހިނގައިގަތެވެ. ވިޝާމް އަނާގެ ނޭފަތް ދަށުގައި އަތް ޖައްސާލާފައި އަނާ ނޭވާލައިތޯ ބަލައިލިއެވެ. ވިޝާމްގެ ގައިންދިޔައީ ހީބިހި ނަގައިގެންނެވެ. ލޮލަށް ކަރުނަތައް ޖަމާވީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. ކަރުނަވީ ލޮލަކާއި އެކު އީންއާއި ދިމާލަށް ބަލައިލަމުން އަނާ އަތްދަނޑި މައްޗައް ލައިގެން ގެންގޮސް އެނދުމަތީގައި ބާއްވާލިއެވެ. [ވިޝާ..ވިޝާމް.. މަންމަ؟ ކިހިނެތްވީ؟] އީންގެ އަޑު ހުރީ ކުރަކިވެފައެވެ. ވިޝާމްގެ މެޔަށް ހީވީ މީހަކު ފައިން އަރާ ޗިސް ކޮއްލިހެންނެވެ. އިސްދަށަށް ޖަހައިގެން ހުރެ މަންމަގެ ފުރާނަނެއް ވާހަކަ ވިޝާމް ބުނެލިއެވެ. އީން ރޮއިގަންނަމުން ވިޝާމް ގައިގައި ބައްދައިގަތެވެ.
*********
އަނާގެ ކަށު ނަމާދު ކުރުން އޮތީ އެރޭ އިޝާ ފަހުންނެވެ. ރޮއެ ރޮއެ ގަބުވެފައި އިން އީން ގޮވައިގެން މަޑު ހިނގުމެއްގައި ލާރާ ދިޔައީ މިސްކަތަށެވެ. ލާރާ އާއިއެކު އަލައިކާ އަދި ޒާރާވެސް ހުއްޓެވެ. އެކަނިމާއެކި ހިނގާލާފަ ދާނެހާވަރުވެސް އެފަކީރު ގައިގައި ނެތެވެ. އީން ފެންނަ ކޮންމެ މީހެއްގެ ހިތްވެސް ހިތާމައިން ރޮއްވާލައެވެ. އީންގެ އެ މައުސޫމް މޫނުމަތި ވަނީ މުޅިން މިލާ މޯޅިވެފައެވެ. ކަށު ނަމާދަށް ފަހު އީން ގެއަށް އައެވެ. މަޑު މަޑުން މުޅި ގޭތެރޭގައި އީން ހިނގާލިއެވެ. ކޮންމެ ދިމާލަކުން އީންއަށް ފެންނަނީ އަނާގެ ހަނދާންތަކެވެ. ޓީވީ ކައިރީއިން އަނާއާއި އީންގެ ފޮޓޯގަނޑޫ އީންގެ ލޮލުގައި އަޅައިގަތުމުން އީން އެ ފޮޓޯފްރޭމް ހިފައިގެން ގޮސް ސޯފާ ކައިރީ ބިންމަތީގައި އިށީނެވެ. [މަންމާ…. ކީއްވެ އީނު ދޫކޮއްލާފައި ތިދިޔައީ؟ އީނު ކިހިނެތް މަންމައާއި ނުލާ އުޅޭނީ؟ މަންމަ ވަޅުލިތާ އަދި 30 މިނިޓް ނުވޭ. މިހާރުވެސް މި ހިތައް ކުޅަދާނަވާވަރެއް ނޫން… މަންމާ…] ރޮމުން ރޮމުން އީން ވާހަކަދެއްކިއެވެ. ލާރާއަށް މި މަންޒަރު ބަލަން ކެއްނުވެގެން ކައިރީ ހުރި މާއިލް ގައިގައި ބައްދާލަމުން ރޯންފެށިއެވެ. މާއިލް ލާރާ ގޮވައިގެން ބޭރަށް ނިކުމެލިއެވެ. ވިޝާމްއާއި އީން އެކަނިވިއެވެ.
*********
[ލޯބީ.. ދެންއަޅެ ތިވަރަށް ރުރޮވެބަ. މާއީއަށް އިނގޭ ލޯބި ދެރަވާނެކަން. އެއީ ލޯބިގެ ބެސްޓްފްރެންޑް ކަމުން އެހާލުގައި އީން ވާތަން ބަލަން ލާރާއަށް އުނދަގޫ ވާނެކަން. އެކަމްވެސް ލާރާ.. ލާރާ ޖެހޭނެ އީންއަށްޓަކާވެސް ކެއްކުރަން. އީން ކުރިމަތީ ލާރާ ތިހެން ރޯންވީމަ އީން އަށް ހަމަ ބޮޑަށް އަސަރު ކުރާނީނުން؟ އީންއަށްޓަކާ އެންޑް އީން މަމްއަށް ޓަކާ ހެޔޮދުޢާ ކޮއްދީ.. އިންޝާ ﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ] ލާރާގެ ކަރުނަތައް ފުހެލަދެމުން މާއިލް ބުނެލިއެވެ. މަޑު މަޑުން ބޯ ޖަހާލަމުން ލާރާ މާއިލް މޭގައި ބޯއަޅާލިއެވެ.
********
[އިއްނޫ.. އަޅެ ޕްލީޒް ދެން ތިވަރަށް ނުރޮއެބަ. ޕޮސިޓިވްކޮއް ވިސްނަބަ. ބަލަ މަންމަ ދުނިޔޭގަ ހުރި ނަމަ ހަމަ ބޮޑު ވޭނެއްގަދޯ މަންމަ އުޅޭނީ؟ އިއްނު އަށްވެސް ފެނުނެއްނުން؟ ޔޫނޯ ހައު ބްރައިޓްލީ ޝީ ވޯސް ސްމައިލިންގް. އިންޝާ ﷲ ޝީ އިސް އިން އަ ބެޓާރ ޕްލޭސް.] ވިޝާމް ބުނެލިއެވެ. [ތެންކިއު ވިޝާމް.. ސޯ ސޯ މަޗް.. އެންޑް ޑިޑިންޓް ނިއު ޔޫވާރ ސޯ އިމޯޝަނަލް.. ނޮޓް ގަނަ ލައި އައިމް އަ ބިޓް ޝޮކްޑް އިނގޭ] ހިނިތުންވާން މަސައްކަތް ކުރަމުން އީން ބުނެލިއެވެ. ޙުދު ވިޝާމްވެސް ހުރީ އޭނާއަށް މި ކުރެވޭ އިހުސާސް ތަކުން ހައިރާންވެފައެވެ. އެއް އިރެއްގައިވެސް ވިޝާމް އަކީ އެހާ ހިތްބަލި މީހެއްނޫނެވެ. ނަމަވެސް އީން ރޯތަން ފެނުމުން ވިޝާމްގެ ހިތައް އަސަރު ކުރަނީ އިންތިހާއަށެވެ.
********
ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އީން ދިޔައީ މަޑު މަޑުން ހަމައަކަށް އެޅެމުންނެވެ. ކުރިއަށް ވުރެ ވިޝާމްއާއި އީންގެ ގުޅުންވެސް ވަނީ ބަދަހި ވެފައެވެ. މާއިލްއާއި ލާރާގެ ގުޅުންވެސް ދިޔައީ ބާރު ދުވެލީގައި ކުރިޔަށް ދަމުންނެވެ. ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ.
******
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ނިއްކުރި މަތީގައި އަތް ބާއްވާލައިގެން އޮތް ގޮތުންވެސް ވިޝާމް އޮތީ ބޮޑު ވިސްނުމެއްގައިކަން އިނގެއެވެ. ފުންނޭވާއެއް ދޫކޮއްލަމުން ވިޝާމް ތެދުވެ އިށީނެވެ. [އަހަރެން ޒާރާއާއި މެދު މިކުރެވޭ އިހުސާސް ތަކަކީ ކޮބާބާ؟ ކުއްލިއަކަށް ޒާރާ އަހަރެންނަށް އެހާ ހާއްސާވީ ކީއްވެބާ؟] ވިޝާމް ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ނަފްސާއެވެ. [ލޯބި؟] ހިތާ ހިތުން އެހެން ބުނެވުމުން ވިޝާމްއަށް ހިނިތުންވެވުނެވެ. [ޒާރާ…. އައި.. ލަވް…. ޔޫ…. އައި ލަވް ޔޫ ޒާރާ…] ދެލޯ މަރާލަމުން އެނދަށް ވެއްޓިގަންނަމުން ވިޝާމް ބުނެލިއެވެ.
**********
[ހައި ސެކްސީ] ނޫރާގެ ކޮޓަރިއަށް ވަދެލަމުން ޔާއިދު ބުނެލިއެވެ. [ހޫން ހޫން. ކޮބާ ފެގު؟] ނުރާ އަހާލިއެވެ. ޔާއިދު ދިން ސިނގިރޭޓުގައި ހިފަމުން ނޫރާ ޔާއިދުގެ އުނގަށް އެރިއެވެ. [ހޫމްމްމްމްމް… އަޅެ ތިޔޮއްދޮއްވާލާ ވަސް ވަސްދޯ.] ނޫރާގެ ކަރުގައި ވަސްގަންނަމުން ޔާއިދު އަހާލިއެވެ. [ހެހެ ޔާއިދު އަންނަ ވާހަކަ ބުނުމުން ހަމަ] ދޫނެރެލަމުން ނޫރާ ބުނެލިއެވެ. ޔާއިދުގެ އުނގުން ތެދުވަމުން ނޫރާ ބޯން އިން ސިނގިރޭޓުގެ އެއްލާލާފައި ލައިގެން ހުރި އަންނައުނުން މިނިވަންވެލިއެވެ. ނޫރާގޮސް އެނދަށް އަރާ އައުމަށް ޔާއިދުއަށް އިޝާރާތް ކޮއްލިއެވެ. ހައިވެފައިވާ ސިންގާއެއް ފަދައިން އާއިދު ގޮސް ނޫރާގެ ގައިމައްޗައް އެރިއެވެ.
*********
ހަވީރުގެ ވަގުތެވެ. ލާރާ ތައްޔާރުވަމުން ދިޔައީ މާއިލްއާއި އެކީ ތުނޑިއަށް ދިޔުމަށެވެ. ފެންވަރާލައިގެން ނުކުމެ ލާރާ ލޯގަނޑު ކުރިމަތީ ހުއްޓި ރެޑީ ވާން ފެށިއެވެ. ފުނާ އަޅާލާފައި އަމިއްލަ ސޫރައަށް ބަލައިލި ވަގުތު ކަރުގައި އިން ހިކީ ފެނުމުން ލާރާގެ މޫނު މައްޗައް ލުއި ހިނިތުންވުމެއްވެރި ވިއެވެ. މުޅި މޫނު މައްޗައް ޖަންބު ކުލަ އެރީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. މީހާ ހަމައަކަށް އެޅިލަމުން އަވަހަށް ޝޯލް އަޅަން ފެށިއެވެ.
[އައްސަލާމު އަލައިކުމް] ލާރާމެން ގެއަށްވަދެ މާއިލް ސަލާމް ގޮވާލިއެވެ. [ވާލައިކުމް ސަލާމް.. އަނހާ.. ދަރިފުޅު ދޯ.. އާދޭ އަވަހަށް.. ލާރާ ބަލައިދޯ. ވެއްޖެ ކޮޓަރީގަ] ޖަޒްލާ ބުނެލިއެވެ. ހިނިތުންވެލަމުން މާއިލް މަޑު ހިނގުމެއްގައި ގޮސް ލާރާ ކޮޓަރިއަށް ވަނެވެ. ޝޯލްގެ އެންމެ ފަހު ޕިން ލާރާ ޖަހާލީ އެވަގުތެވެ. ކޮޓަރިއަށް ވަދެގެން އައި މާއިލް ފެނުމުން ލާރާ ހިނިތުންވެލިއެވެ. [ތިއައީ ދޯ.. މިނިމުނީ އިނގޭ.. ޖައްސާލާ ޖައްސާލާ ސޯފާގަ.] ލާރާ ބުނެލިއެވެ. މާއިލްއަށް އިނދެވުނީ ލާރާގެ ރީތި ސޫރައަށް ގެއްލި ހުސްވެފައެވެ. ލާރާގެ ހުރި މައުސޫމް ކަމުން ލާރާގެ ރީތިކަން އެތައް ގުނައަކަށް ދިޔައީ އިތުރު ކޮއްދެމުންނެވެ. ލާރާ ފަދަ ބައިވެރިއަކު މާއިލްއަށް ދެއްވީތީ ހެއްދެވިފަރާތައް މާއިލް ޝުކުރުއަދާ ކޮއްލިއެވެ. ޝޯލްގެ އެންމެ ފަހު ޕިން ޖަހާލުމައް ފަހު ގަޔައް ސެންޓުކޮޅެއް ޖަހާލަމުން އަމިއްލަ ސޫރައަށް ލާރާ ބަލައިލިއެވެ. އަދި އެންމެ ފަހު ކަމަކަށް [ސެކްސީ ޕިންކް] ލިޕް ޕްލަމްޕްއެއް ތުންފަތުގައި ޖައްސާލިއެވެ. [ރީތިތަ؟] މާއިލްއާއި ވީ ފަރާތައް އެނބުރެމުން ލާރާ އަހާލިއެވެ. [ހެހެ އޮފްކޯރސް މައި ޕްރިންސަސް އިސް އޯލްވޭސް ޕްރިޓީ] މާއިލް ގޮސް ލާރާގެ ގައިގައި މަޑު މަޑުން ބައްދާލަމުން ބުނެލިއެވެ. ލާރާގެ މޫނަށް ޖަންބު ކުލަ އަރަން ސިކުންތެއްވެސް ނުނެގިއެވެ. މާއިލް ހުރީ އެ ރީތި ކަމުގައި އާޝޯޙުވެފައެވެ. [އޯ އެންޑް ޔާ.. ޒާރާ ބުނި މިރޭ މާއިލްއާއި ވިޝާމް ގޮވައިގެން އަންނައްޗޯ [ރެޑް ރޯސް] ރެސްޓޯރެންޓްއަށް އޮބޯތޯ ވަރަށް ބިގް ނިއުސްއެއް.] ލާރާ ބުނެލިއެވެ. މާއިލް ބޯޖަހާލަމުން ލާރާގެ އަތުގައި ހިފާލަމުން ގެއިން ނިކުމެގެން ދިޔައެވެ.
**********
ރޭގަނޑުގެ ވަގުތެވެ. 4 އެކުވެރިން ހިނގާލާފައި ދިޔައީ [ރެޑް ރޯސް] ރެސްޓޯރެންޓަށެވެ. ހުރިހާ އެންމެން ބޭނުންވާ އެތި ބުނުމުން ވިޝާމް ވެއިޓާރ އަކަށް ގޮވާލިއެވެ. [އެކްސްކިއުޒްމީ.. ކޭންވީ އޯރޑާރ 2 ފްރައިޑް ރައިސް އެންޑް ވަން ނޫޑްލްސް އެންޑް ވަން ޕާސްޓާ؟ އެންޑް ފޯރ ޑްރިންކްސް 4 ބްލޫބެރީ މިލްކްޝޭކް ޕްލީޒް] އެކުއްޖާ ލައްބައޭ ބުނެ ދިޔުމުން ޒާރާގެ ވާހަކަ ފެށިއެވެ.
[އޯކޭ ސޯ ގާއިޒް. ވަޓްއައި ވޯންޓެޑް ޓު ޓެލް ޔޫ އިސް އައި ގޮޓް އަ 6 އިއާރ ކޯރސް ޓު ސްޓޑީ ބައޮލޮޖިސްޓް އިން ކެނެޑާ. އޯ އެމް ޖީ މައި ޑްރީމް އިސް ފައިނަލީ ކަމިން ޓްރޫ] އައި ޖަހާލަމުން ޒާރާ ބުނެލި ގޮތުން ހީވަނީ ހަމަ ކުޑަ ކުއްޖެއް ހެންނެވެ. އެންމެ ކުޑަ އިރުން ސުރެވެސް ޒާރާ ބޭނުންވަނީ ބައޮލޮޖިސްޓްއަކަށް ވާށެވެ. ޒާރާގެ އެ އުންމީދު ފުރިހަމަ ވާތީ އުފާވި ނަމަވެސް ވިޝާމް ނުފެނި 6 އަހަރު ހޭދަވާނޭ ހިތައް އެރުމުން އެ ހިތައް ކުރީ ފުން އަސަރެކެވެ.
ވިޝާމްގެ ހާލަކީތޯއެވެ؟ ޖާނާ ފުރާނައިން ލޯބިވާ ޒާރާ ނުފެނި 6 އަހަރުވޭތު ކުރާނެ ގޮތެއް ވިޝާމްގެ ސިކުނޑިއަކަށް ނައެވެ. ވިޝާމްގެ ހިތުގައި ރިއްސާލީ އިންތިހާއަށެވެ. ވިޝާމްގެ ލޮލަށް ކަރުނަތައް ބޮނޑިވެ ގަތީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx vrh reethi maasha allah ❤ waiting curiously for the next part… Lysm😊❤
Jazaakallah thankiuuuu Butterflyyyyy 🙂
Insha allah mirey or maadhamaa prt 8 submit kolladheynan 🙂
Lym<3
Jazaakallah, Thankiuuu Anonymous 🙂
Ya right now prt 7 is out go read it.. Hope to see your comment on part 7 too<3
Dear readers,
dinner ahh dhaa vhk in hisaabun alhugandah jehifai iny Een ge badhalugai Zaaraa ge nameve. Olhun araidhaane kamah kiyun therin gaathugai bunelameve.. adhi alhuganduge e mistake ah kiyun therin ge kibain maafah edheme 🙁
Ok, but can u pls upload the other episode before next week.
Also , the story was really nice.
Good job
Waitt..zara nd een?.they’re both two dif ppl dhw?