ލޯގަނޑު ކުރި މަތީ ހުއްޓި ޔޫރާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެވަގުތު މޫސަގެ އެ ހަޑި މުޑުދާރު އަމަލުތަށް ޔޫރާއަށް ސިފަވެގެން ދިޔައެވެ. އެވަގުތު ޔޫރާ ލޮލުގައި އަޅައިގަތީ މާދުރު ނޫން ހިސާބެއްގައި އޮތް ބޮޑު ކަތުރެވެ.
********
ޔޫރާ ބަލާކަށް ނުހުރެ ގޮސް ކަތުރު ނެގިއެވެ. އަވަސް ހިނގުމެއްގައި ހިނގާފައި އަހިސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ޔޫރާގެ އަމަލުތަށް އަވަސް ވެފައި ހުރުމުން ޔޫރާގެ ދެއަތް ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ބޮޑު ކަތުރު އަތަށް ހެޔޮވަރު ކޮށްލަމުން ޔޫރާ އޭނާގެ މަސައްކަތް ފެށިއެވެ.
***********
ނިދިފައި އޮތް ރުވާންއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާމު ވާންފެށުމުންނެވެ. ކަންނެތް ކަމާއިއެކު ރުވާން ތެދުވިއެވެ. ކޮލެޖަށް ދާކަށް އެއްގޮތަކަށްވެސް ރުވާން ބޭނުމެއްނޫނެވެ. ޔޫރާ ކުރިމައްޗައް އަރާނެހާ ހިތްވަރެއް ރުވާންގެ ނެތެވެ. ނަމަވެސް ހިތް ވަރު ކޮއްލާފައި ތެދުވެގެން ކޮލެޖަށް ދާން ރެޑީ ވެލިއެވެ.
ބޭނުން ނުވިނަމަވެސް ކޮލެޖަށް ވަދެވުމާއިއެކު ރުވާންގެ ދެލޯ ފުރަތަމަވެސް ހޯދާލީ ޔޫރާއެވެ. ހޯދާހޯދާވެސް ޔޫރާ ނުފެނުމުން ރުވާންގެ ހިތް މަރުވިއެވެ. ނަމަވެސް ފުންނޭވާއެއް ދޫކޮއްލާފައި ބޭނުންވާ ފޮތްތަށް ނެގުމަށް ލޮކާރ ކުރިމަތީގައި ހުއްޓުނެވެ. [ރުވާން…] ކުރަކި ވެފައިވީނަމަވެސް ފަހަތުން އެއިވުނީ ޔޫރާގެ އަޑުކަން ރުވާންއަށް ޝައްކެއްވެސް ނެތެވެ. ފަސް އެނބުރި ބަލާލި ރުވާންއަށް ފެނުން މަންޒަރުން ރުވާންގެ ދެލޯ ބޮޑުވިއެވެ. ޔޫރާގެ ބުޅި ދިގު ރީތި އިސްތަށިގަނޑުވަނީ ކޮނޑާހަމައަށް ކޮށާލެވިފައެވެ. މޫނު މަތީގައި އެއްވިސް މޭކަޕެއްނެތް އިރު ދެލޯ ވަނީ ވަޅުވަދެފައެވެ. ރުވާންގެ ހިތުގައި ރިއްސައިގަތެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އަވަސް އަވަހަށް އެސްފިޔަ ޖަހާލާހަމައަކަށް އެޅުނެވެ. [އަހަރެން ބޭނުން ވާހަކައެއް ދައްކާލަން… ކޭންވީ މީޓް ޕްލީޒް؟] ޔޫރާއަހައިލިއެވެ. ދެކޮޅުހަދާކަށް ރުވާންއަކަށް ނުކެރުނެވެ. [ޝުއާރ….] މިހެން ބުނެ ރުވާންއަވަސް ހިނގުމެއްގައި ހިނގައިގަތެވެ.
ކިލާހުގައި އިން އިރުވެސް ރުވާންއަށް އިރު އިރުކޮޅުން ޔޫރާއާއި ދިމާލަށް ބަލައިލެވެއެވެ.އިސް ޖަހާލައިގެން އިން އިރު ޔޫރާ ހީވަނީ މަރު މައްޔިތެއް ހެންނެވެ.
ކިލާސް ނިންމުމަށް ފަހު ރުވާން ޔޫރާ ބުނި ސަރަހައްދަށް ދިޔައެވެ. ރުވާންއަށް ފަސްދީގެން ހުރި ޔޫރާ ފެނުމުން ކުއްވެރިއެއްގެ އިހުސާސް ރުވާންއަށް ކުރެވުނެވެ. މަޑު ހިނގުމެއްގައި ރުވާން ގޮސް ޔޫރާ ކައިރީ ހުއްޓުނެވެ. [ހެއި..] ރުވާން ގޮވާލިއެވެ. [އަހަރެން މިއުޅެނީ މިރަށު މޫސައާއި އިންނަން..] ޔޫރާ ބުނެލިއެވެ. ރުވާންއަށް ހީވީ މީހަކު ރުވާން މޫނު މަތީގައި ޖެހި ހެންނެވެ. [ވަޓް ދި ހެލް؟؟؟؟ ޔޫރާ ޔުއާރ އޮންލީ 18 ދެން ކީއްކުރަން؟؟؟؟ ނޫން.. ޔޫ ޖަސްޓް ޓާރންޑް 18 ނޯ ޑޯންޓް ގެޓް މެރިޑް.. ޔޫ ކާންޓް ޖަސްޓް ރޫއިން ޔުއާރ ލައިފް ލައިކް ދިސް.. އަދި އެވެސް މުސްކުޅިއަކަށް؟ ޔޫރާ ހީ އިސް 55 ހައު ކޭން ޔޫ؟؟؟] ރުވާން އަވަސް އަވަހަށް ބުނެލިއެވެ. [ރުވާން، ވައި ދި ހެލް ޑޫ ޔޫ ކެއާރ؟؟ ޔޫ ރިޖެކްޓެޑް މީ އާފްޓާ ގިވިންގް ސޯ މެނީ ހޯޕްސް… ސޯ ހޫއާރ ޔޫ ޓު ޓެލް މީ ވަޓް ޓު ޑޫ އެންޑް ވަޓް ނޮޓް ޓު ޑޫ؟ ބުނެބަލަ އަޅެ؟ ރުވާން ތިހުރީ މަގޭ ދިރިހުއްޓާ މަރާލާފަ.. މަމީ ރުވާން ދަންނަ ޔޫރާއެއް ނޫން… މާރކް މައި ވޯރޑްސް… ޝީ އިސް ޑެޑް….] އެހެން ބުނެ ޔޫރާ އަވަސް އަވަހަށް ހިނގައިގަތެވެ. ޔޫރާގެ މަޖުބޫރު ހާލަތު ރުވާންއަށް އަންގާކަށް ޔޫރާ ބޭނުމެއް ނޫނެވެ. ނަމަވެސް ރުވާން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ރުވާންގޮސް ޔޫރާއަތުގައި ހިފާ ހުއްޓުވިއެވެ. [ހެޔޮ.. މަ ޔޫރާ އަމިއްލަ ދިރިއުޅުން ތިހެން ހަލާކު ކުރިޔަކަ ނުދޭނަން!!!!!! ބުނޭ.. އެއްވިސް މަޖުބޫރީއެއްނެތި ޔޫރާ ތިހެން ނަހަދާނެ.. ބުނޭ!!!!!] ޔޫރާއަށް ކެއްވީ އެހިސާބުންނެވެ. ރުވާންގައިގައި ބައްދާލަމުން ރޯން ފެށިއެވެ. [ރުވާން….. މަންމަ…..] އެހެން ބުނެ ޔޫރާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޔޫރާގެ ވާހަކަތަށް އަޑުއަހަން ހުރި ރުވާންގެ ރުޅި ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބޮޑު ވަމުންނެވެ. ޔޫރާއަށް ނުފެނުނު ނަމަވެސް ރުވާންގެ ދެލޯ ދިޔައީ ރަތްވަމުންނެވެ.
***********
ޖެހިގެންއައި ދުވަހު ރަށު އެންމެންގެ ދުލުކުރީގައި އޮތީ އިހާނަތި ގޮތަކަށް މަރާލާފައި އޮތް ފިރިހެނެއްގެ ވާހަކައެވެ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Dang ruwaan killed moosa? Just wow he did that for yoora omg true love😭❤
Vrh reethi mi part vx maasha allah.. When’s the next part? Curiously waiting for the next part.
Lyssm dear💜🦋
@Butterflyyyyy
hehe dhn less c dhw moosa thw maruvee..
in sha allah mirey noony maadhamaa prt 5 upload kolladheynan ingey
stay tuned love<3
love you moreee maash<3
See mi part ves vrh reethi
Ruvaan moosa Maraalee she
Curiously waiting
When is next part
Lysm dear shihaa ☺️☺️