Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 13

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 15, 2024 3 Mins Read
6 Comments

މަންމަ ގާތުގައި ވަރަށް އަވަހަށް ބެރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ކުޑަ ގޮތެއްހަދައިގެން ލާރާ އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ނަމަވެސް ބޭރު ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާރާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރި ގައިންހެންނެވެ. އިސާހިތަކު ލާރާގެ ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. [މާއިލް!!!!] ލާރާގެ އަޑުގައި ރުޅިވެރި ކަމާއި ހިތާމަވެރިކަންވެސް ވިއެވެ.

*********

ހެނދުނުގެ ހަމަހިމޭން މަގުތަކުގައި މާއިލް ދުވަމުން ދިޔައެވެ. ލާރާއާއި ކައިވެނި ކުރި ފަހުން ކޮންމެ ދުވަހަކުވެސް ހެނދުނު މާއިލް ދުވަންދެއެވެ. ކަކުލާ ހަމައަށް އަރާ ކުރު ޖާރޒީއަކާއި އެކު ތިރިން ކަޅުކުލައިގެ ޓައިޓެއްލައިގެން ހަމަ ކަޅުކުލައިގެ ދޫ ޓީޝާޓެއްގައި ދުވަމުން ދިޔައިރު އަންހެން ކުދިންގެ ހިތްތަށް ކެފެމުންދާނެ ކަން ގައިމެވެ. ކަޅު ކުލައިގެ އިއާރޕްޑްސް ޖަހައިގެން ދުވަމުން ދިޔަ މާއިލް އާއި ދިމާލަށް އެތަށް އަންހެން ކުދިންގެ ނަޒަރު ހުރިކަން މާއިލްއަށް އެނގެއެވެ. ނަމަވެސް އެނގޭކަމަށް ނުހަދަ މާއިލް ދުވަމުން ދިޔައެވެ.

ކަސްރަތުކޮއް ނިންމާލުމަށްފަހު މާއިލް ގެއަށް އައި އިރު ގޭގެ މައިދޮރު ކައިރީ ހުއްޓި ހުރި ނޫރާ މާއިލްގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން މޫޑު ހަރާބުވިއެވެ. ނޫރާ ފެނުނުކަމަށް ވެސް ނުހަދާ މާއިލް ހިނގައިގަތެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ ކުރިން ނޫރާ މާއިލް އަތުގައި ހިފިއެވެ. [އަޅެ މާއިލް ޕްލީޒް.. އަހަރެން ދެން ތިހެން ނުތަޅުވަބަ.. އަހަރެން ކިހިނެތްތަ މާއިލްއާއި ނުލާ އުޅޭނީ؟ މާއިލް ޕްލީޒް.. ހެޔޮނުވާނެ..] ނޫރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. [ކިހާދެރަކަމެއްމިއީ؟ ބަލަ މަގޭ މިއީ މިހެއްގެ ފިރި-] [ކޮބާތަ ދެން މައްސަލައަކީ؟ ބަލަ ފިރިހެނުންނަށް 4 ހަލާލޭ؟ މަ މިހުރީ ދެއަންބައްވެސް އިންނަން ހަމަ ތައްޔާރަށޭ މާއިލް…] މާއިލްގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ނޫރާވާހަކަ ދައްކަންފެށުމުންނެވެ. [އެކަމަކު އަހަރެން ބޭނުމީ ހަމައެކަނި އަހަރެންގެ އަންހެނުން.. އެހެން އެއްވިސް މީހަކު އަހަރެން ބޭނުމެއް ނޫން! އަޑު އިވިއްޖެ؟] މިފަހަރު މާއިލްގެ އަޑުގައި އަޑުގައި ފުދޭ ވަރަކަށް ހަރުކަށިކަންވެސް ހުއްޓެވެ. [އަޅެ މާއިލް ޕްލީޒް.. އައި ލަވް ޔޫ ސޯ މަޗް.. ތި ލޯބިންއެއްބައި މަށަށްދީ..] ނޫރާ މިހެން ބުނެ މާއިލް ބުނާނެއެއްޗަކަށް ނުބަލާ މާއިލްގެ ތުންފަތަށް ބޮސްދިނެވެ. މާއިލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މިހުރީ މަގުމަތީގައިކަންވެސް މިއަންހެނާއަށް ނޭނގެނީބާއޭ މާއިލް ހިތަށް އެރިއެވެ. މާއިލް ނޫރާ ދުރުކުރަން މަސައްކަތް ކުރާނެކަން ނޫރާގެ މޮޅު ސިކުނޑިއަށް މާ ކުރިންވެސް އެނގެއެވެ. އެހެންކަމުން ނޫރާ އޭނާގެ އަތް ދައުރު ކޮއްލީ މާއިލްގެ ހަށިގަނޑުގެ އެންމެ ނާޒުކު ހިސާބަށެވެ. ކަންވީވެސް ނޫރާބޭނުންވި ހެންނެވެ. މާއިލްގެ ސިކުނޑިއަށް ޝައިތާނާ ސަވާރުވާކަށް މާ ގިނައިރެއް ނުވިއެވެ. ނޭނގި ނަމަވެސް ނޫރާގެ އެ ފިރުމުންތަކަށް މާއިލްއަށް އިޖާބަދެވުނެވެ.

**********

މަންމަ ގާތުގައި ވަރަށް އަވަހަށް ބެރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ކުޑަ ގޮތެއްހަދައިގެން ލާރާ އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ނަމަވެސް ބޭރު ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާރާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރި ގައިންހެންނެވެ. އިސާހިތަކު ލާރާގެ ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. [މާއިލް!!!!] ލާރާގެ އަޑުގައި ރުޅިވެރި ކަމާއި ހިތާމަވެރިކަންވެސް ވިއެވެ.

ލާރާގެ އަޑު ކަންފަތުގައި ޖެހުމާއި އެކު މާއިލްއަށް ހަމަ ބިމަށް އާދެވުނެވެ. ކުރެވެން ހުރި ކަންތަށް ހިތަށް އެރާ މާއިލް ލަދުގަތެވެ. ލާރާގެ މޫނު މަތީގައިވީ ހިތާމަވެރިކަންފެނި މާއިލްގެ ހިތުގައި ރިއްސާލިއެވެ. [ލާރާ.. އިޓްސް.. އިޓްސް ނޮޓް ވަޓް އިޓް ލުކްސް ލައިކް.. ލާރާ ޕްލީޒް ލިސެ-] މާއިލް ދައްކަމުން ދިޔަ ވާހަކަ ހުއްޓުނީ ލާރާގެ މާއިލްގެ ކޯތާފަތަށް ހަދިޔާ ކުރި ހޫނު އަތްތިލައިންނެވެ. [ހަބަރުދާރު! އިތުރު ދޮގުތަކެއް ހަދަން ވިސްނާނެވެސް ކަމެއްނެއް! މާއިލް ހަމަ މިހާރު އަހަރެން ވަރި ކުރޭ!! ތިކަހަލަ ބޭވަފާތެރިޔަކާއި އެކު އުޅޭކަށް ދުހާކުވެސް، ދުވަހަކުވެސް ބޭނުމެއްނޫން.. އަޑު އިވިއްޖެ؟ ހަމަ މިހާރު އަހަރެން ވަރި ކުރާށޭ!!!] މާއިލްގެ ގިރުވާނުގައި ހިފާ ތަޅުވައިގަންނަމުން ލާރާ ބުންޏެވެ. އޭރު ހަމަ ރަނގަޅަށް ވެސް ލާރާއަށް ރޮވިއްޖެއެވެ. ކެއްވާނީ ކާކަށް ހެއްޔެވެ؟ އެހާމެ ގިނަ އުންމީދުތަކާއި އެކު ކުރި ކައިވެނީގައި ބޭވަފާތެރިކަމުގެ ރަހަ މިލީ ކައިވެނި ކުރިތާ 6 މަސް ވެސް ނުވަނީހެއްނެވެ.

[ލާރާ ޕްލީޒް ނޫން.. އަހަރެން ކިހިނެތް ލާރާއާއި ނުލާ އުޅޭނީ؟ އައި ލަވް ޔޫ ސޯ މަޗް. ދިސް އިސް އަ މިސް އަންޑާރސްޓޭންޑިންގް.. ޕްލީޒް ލެޓް މީ އެކްސްޕްލެއިން] ލާރާ ފައިބުޑަށް ވެއްޓި އޮވެ މާއިލް ރޯންފެށިއެވެ. މާއިލްގެ ކަރުނަތަށް ފެނި ހިނދުކޮޅަކަށް ނަމަވެސް ލަރާގެ ހިތް ކަފަކޮޅަކަށް ވެލިއެވެ. ނަމަވެސް އޭނާއަށް ފެނުނު މަންޒަރު ދެން އެއީ ކޯއްޗެއް ހެއްޔެވެ؟ އޭނާގެ ދެލޯ އޭނާއަށް އެހާބޮޑު ކެއްސެއް ދީފާނެހެއްޔެވެ؟ [ބޭނުމެއްނޫން..އަހަރެން މިއަދުން މިއަދަށް ކޯޓަށް ފޯމުލާނަން!] އެހެން ބުނެ އަވަސް ހިނގުމެއްގައި ލާރާ ހިނގައިގަތެވެ. ގާތުގައި މަންޒަރު ބަލަން ހުރި ނޫރާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ކަންމިވީ އޭނާ އުންމީދު ކުރިވަރަށް ވެސް ފުރިހަމަ ކޮށެވެ.

***********

ދެތިން ފަހަރު ފުން ނޭވާއެއް ދޫކޮއްލުމަށް ފަހު ލާރާ އަތުގައި އޮތް ވަރީގެ ފޯމަށް ބަލައިލިއެވެ. ރުޅިއައި ނަމަވެސް ލާރާ ހަގީގަތުގައި ހުރީ ވަރަށް ހިތުގައި ޖެހިފައެވެ. މާއިލްއަށް ލާރާ ކުރި އިތުބާރުގައި މާއިލް އެޖެހީ ކޮޅުފައިނެނެވެ. މަޑު މަޑުން ހިނގައިގަތީ ގެއަށް ގޮސް އަވަހަށް ފޯމު ފުރާ ލާށެވެ. އެކަހަލަ ބޭވަފާތެރިއެއްގެ އަންބެއްގެ ގޮތުގައި ހުންނާކަށް ލާރާ އެންމެ މިނިޓަކުވެސް ބެނުމެއް ނޫނެވެ. ނަމަވެސް ހުއްޓެން ޖެހުނީ ހޭންޑްބޭގްގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ބަލާލިއިރު އީންގެ ނަންބަރު އަރާފައި އިނުމުން އެގެއަށް ދާން ބުނި ކަން ލާރާ ހަނދާންވިއެވެ. ލައިގަން ކަންތަކާހުރެ ލާރާ ހަނދާނުން އެކަން ކައްސާލީއެވެ. މިދަނީކަމަށް ބުނެ ފޯމު ހޭންޑްބޭގް ތެރެއަށް ލަމުން ލާރާ ހިނގައިގަތެވެ.

**********

[ވިޝާމް ގޭގާ އެބަ އުޅޭތަ؟] ޓެސްޓް ކިޓް ގަނެގެން އަހިސް އީންގޭ ކައިރީ މަޑުކޮއްލުމުން ލާރާ އަހާލިއެވެ. [ޔާ އޭނަ ވެއްޖެ އޭނަ މަންމަމެންގޭގަ.. ޗުއްޓީ ދުވަސް ދުހު ދާނެ.. މިއަދު މިކަން ކުރަން ބޮލުގަ ރިއްސަނީއޭ ކިޔާފަ މަ ނުދިޔައީ ހެހެ] އީން ބުނެލިއެވެ. ކޮޓަރިއަށް ވަދެ ލާރާ އެނދުގައި އިށީނުމުން އީން ފާހަނަޔަށް ވަދެ ޓެސްޓް ހެދިއެވެ. ލާރާގެ ހިތުގައި ދިޔައީ އިންތިހާއަށް ރިއްސަމުންނެވެ. ނަމަވެސް މި އުފާވެރި ވަގުތު ކޮޅު އެކުވެރިޔާއަށް ހަރާބު ކޮއްލަން ލާރާ ބޭނުން ނުވީއެވެ. ކުޑަ އިރުކޮޅެއްފަހު އިން ދުވަމުން ނުކުމެ އަހިސް ލާރާ ގައިގައި ބައްދާލިއެވެ. [ލާރާ އައި ވޯސް ރައިޓް!! އައި އޭމް ޕްރެގްނެންޓް!!!] އުފަލުން ހުރެ އީން ބުނެލިއެވެ. [އަސްލުވެސްތަ؟ އަޅޭ އިއްނޫ އައި އޭމް ސޯ ސޯ ހެޕީ ފޯރ ޔޫ] ލާރާވެސް އެކުވެރިޔާގެ އުފަލުގައި ބައިވެރިވިއެވެ. އުފަލުން ގޮސް އީން އެނދަށް ޖެހިގަތެވެ. އެވަގުތު ކައިރީގައި އިން ލާރާގެ ދަބަސް ވެއްޓުނެވެ. ޒިބު ހުޅުވިފައި ވުމުން އޭގައި އޮތް ވަރީގެ ފޯމު ވެއްޓުނެވެ. [އޯނޯ ސޮރީ އިނގޭ.. މިއީ ކޯއްޗެއް އަނެއްކާ ލާރާ ވެސް ޕްރެގް-؟]  ލާރާގެ ދަބަހުގައި އޮތް ވަރީގެ ފޯމު ފެނި އީން ހައިރާންވިއެވެ. [ލާރާ މިއީ ކޮންކަމެއް.؟] އަވަސް އަވަހަށް އީން އަހާލިއެވެ. ލާރާއަށް ކެއްވީ އެހިސާބުންނެވެ. ރޮއިގަންނަމުން އީން ގައިގައި ލާރާ އޮޅުލައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބްލަޑް 5

Next

ބީވެދާކަށް ނޭދެން ހުވާ

Next
May 15, 2024

ބީވެދާކަށް ނޭދެން ހުވާ

Previews
May 15, 2024

ބްލަޑް 5

6 Comments!

  1. RIFSHA says:
    May 15, 2024 at 12:59 pm

    Hi shihaa
    Mi part vx vrh reethi Masha Allah.
    Kon irakun next part kiyaalan libeyni
    Noraaaaa you idiot.mihaaru kochei thi hedhy.
    alhe shihaa pls pls maail and laara dhuru nukurey.
    Kon irakun next part kiyaalan libeyni.
    Curiosly waiting for the next part
    Love you Darla 💋

  2. Anonymous says:
    May 15, 2024 at 1:40 pm

    🔥

    1. shihaamaa ali shihaamaa ali says:
      May 15, 2024 at 5:31 pm

      <3

  3. shihaamaa ali shihaamaa ali says:
    May 15, 2024 at 5:35 pm

    hehe jazaakallah rifoo<3
    in sha allah mirey noony maadhamaa upload kolladheynan.
    hehe story ga nooraa miee maail arr hure [heybali" vefa hunna kujjehnun dhw ehnve eii hehe. dhn less c dhw maail n laaraa ah vany kihineythww
    hope ur enjoying the story, love you more sis<3

  4. ސްލީޕިން ބިއުޓީ says:
    May 15, 2024 at 7:45 pm

    Op alley shihaa plxx laaraa an maail dhuru nukurey

    I hate u I wish I could kill noora right now
    Masha Allah mi part Hama superb
    Curiously waiting
    When is next part
    Lysm dear 🤗🤗

  5. LIM🖤 says:
    May 16, 2024 at 3:20 am

    Heyy story Vv nice…

Comments are closed.

Next Episodeމަގޭ މާއިލް 14←


All Right Reserved!