Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 11

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 9, 2024 2 Mins Read
6 Comments

އޭތި ފެނުމުން އިބްރާހިމްބެ މޫނު މަށްޗަށް އެރި ކުލަވަރުންވެސް މާއިލްއާއި ވިޝާމްގެ ބިރުވެރިކަން ދެގުނަވިއެވެ. އެއީ ކިހިނެތް ލިބުނު އެއްޗެއްކަން މާއިލް ކިޔައިދިނެވެ. އިބްރާހިމްބެ ދޫކޮށްލީ ފިނި ނޭވާއެކެވެ. މިއީ ބޮޑު ވާހަކައެކެވެ. މިވާހަކަ މާއިލް ގާތުގައި ބުނާނީވެސް ވަކި ކިހިނެތް ހެއްޔެވެ؟ ނަމަވެސް ބުނުން ވަރަށް މުހިއްމެވެ.

[މާއިލް.. މިއީ ދެމަފިރިން ދުރުކުރުމަށް ސިހުރު ހެދުމުގައި ގެންގުޅޭ ބާވަތެއް….] އިބްރާހިމްބެގެ އަޑު ކިތަންމެ މަޑުވިޔަސް މާއިލްއަށާއި ވިޝާމްއަށް އެއަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިނެވެ.

[ވަޓް ދަ ހެލް؟؟!!] ކުއްލިއަކަށް އިންތަނުން ތެދުވެ ވިޝާމް އަޑުގެ ނެއްތަނަށް ފެލިގަތެވެ. [ލައްބަ.. މިއީ އޮޅުމެއްކަމެއް އިންޒާރެއްކަމެއް ނޭނގެ. މިއީ ދެމަފިރިން ދުރުކުރުމަށް ހަދާ ސިހުރު ހުންނަގޮތް.. ނަމަވެސް މިއަށް ހުރީ ސިހުރު ހަދާފައެއް ނޫން…] އިބްރާހިމްބެ ބުނެލިއެވެ.

[ޔަގީންތަ؟] ޔަގީން ކޮއްލުމުގެ ގޮތުން މާއިލްއަށް އަހާލެވުނެވެ. އިބްރާހިމްބެ ބޯޖަހާލިއެވެ.

*********

[ކޮބާ ކިހިނެތް ވަނީ؟] ގެއަށް ވަދެގެންއައި ވިޝާމްއާއި މާއިލް ފެނި އީން އަހާލިއެވެ. ރޮއެ ރޮއެ ދުޅަވެފައިވީ ލާރާގެ ދެލޯވެސް އެދިމާލަށް ދައުރުކޮއްލިއެވެ. އެހާލުގައި އަނބިމީހާ ވާތަން ފެނި މާއިލްގެ މެއަށް ހީވީ މީހަކު ވަޅި ހަރާ ޗިސް ކޮއްލިހެންނެވެ.

[އަލްހަމްދުލިއްލާހް.. ހުރިހާ ކަމެއްވެސް ރަނގަޅު..]ހިނިތުން ވެލުމަށް ފަހު ވިޝާމް ބުނެލިއެވެ. މާއިލް މަޑު ހިނގުމެއްގައި ގޮސް އީންގެ އުނގުގައި އޮތް ލާރާއަށް މާއިލް ގޮވާލިއެވެ. “ލާރާ؟] މާއިލްއަށް ހިނިތުންވުމެއް ރައްދު ކޮއްލަމުން ލާރާ މާއިލް ގައިގައި ބައްދާލިއެވެ.

********

ފެންވަރާލައިގެން އީން ނުކުން އިރު ވިޝާމް އެނދުގައި އޮށޯވެލައިގެން އޮތެވެ. ނިއްކުރި މަތީގައި އަތް ބާއްވާލައިގެން އޮތް ގޮތުންވެސް ވިޝާމް އޮތީ ފުން ވިސްނުމެއްގައިކަން ދޭހަ ވެއެވެ. ތުވާލި ހަރުގަނޑުގައި އަޅުވާލަމުން ކުޑަ ވޫލުކޮޅެއް އީންގެ އިސްތަށިގަނޑުގައި އައްސާލަމުން އީންގޮސް ވިޝާމްގެ މަގަތުގައި އޮށޯވެލިއެވެ. ފިކުރު ތަކުގައި ޢަރަގު ވަމުން ދިޔަ ވިޝާމްއަށް އީން އައި ކަމެއްވެސް ނޭނގުނެވެ.

[ވިޝާމް؟] އީން ގޮވާލުމާއި އެކު ވިޝާމް ސިހުނެވެ. ހިނިތުން ވެލަމުން އީން ގަޔާއި ކައިރި ކޮއްލަމުން ވަރަށް ބާރަށް އީން ގައިގައި ވިޝާމް ބައްދާލިއެވެ. [އިސް އެވްރީތިންގް ރިއަލީ ފައިން؟] ވިޝާމްގެ ހަރަކާއިތަށް ހުރި ގޮތުންވެސް ގޮންމެސް ގޯހެއް އުޅޭކަން ޝައްކެއް ނެތް މިންވަރަށް އީންއަށް ޔަގީންވިއެވެ. [އިއްނޫ… އިބްރާހިމްބެ ބުނީ… އެއަށް ހުރީ ސިހުރު ހަދާފައެއް ނޫނޭ.. ނަމަވެސް އެއީ ސިހުރު ހަދަން ބޭނުން ކުރާ ބާވަތެއްގެ އެއްޗެކޭ… ދެމަފިރިން ދުރުކުރުމަށް ހަދާ ސިހުރު….] ފުން ނޭވާއެއް ދޫކޮއްލަމުން ވިޝާމް ބުނެލިއެވެ. [ވަޓް؟؟؟ ދެން ވަޓް ޑަސް ދެޓް ސަޕޯސްޓް ޓު މީން؟] ހައިރާން ކަމާއިއެކު އީން އަހާލިއެވެ. [ޔާ… ހީ ސެއިޑް ވެދާނޭ އިންޒާރަކަށްވެސް.. ނޫނީ މިސްޓޭކްއަކަށްވެސް. އެކަމް އިއްނޫ ޕްލީޒް މިވާހަކަ ލާރާ ގާތު ނުބުނަށްޗޭ.. މާއިލް ސެއިޑް އޭނަ މިކަން ބަލާނަމޭ.. ސޯ ޔާ..] ވިޝާމް ބުނެލިއެވެ. އީން ބޯ ޖަހާލިއެވެ. އެކުވެރިޔާ ހާސް ކުރާކަށް ވަކި އީން ވެސް ބޭނުމެއް ނުވާނެއްނޫން ހެއްޔެވެ؟ [ސޯ ލެޓްސް ސްލީޕް ދޯދެން؟] ކައިރީގައި އިން ނައިޓް ލައިޓް ނިއްވާލުމަށް އީން ދިއްކޮއްލި އަތުގައި ވިޝާމް ހިފިއެވެ. [ކައިވެނީގެ ދެވަނަ ރެޔޭމީ އަޅެ ދެން ކިހިނެތްތަ ނިދާނީވެސް؟] އީންގެ ގައިމައްޗައް އަރާ އީންގެ ކަރުގައި ބޮސް ދެމުން ވިޝާމް ބުނެލިއެވެ.

*********

ލާރާ ގޮވައިގެން މާއިލް އަހިސް މަޑު ކޮއްލީ އަތިރި މަތީގައެވެ. ލާރާ އަތުގައި ހިފައިގެން މާއިލް ހިނގައިގަތެވެ. ވެލިގަނޑު މަތީގައި މާއިލް އިށީންދެލައިގެން އިން އިރު ލާރާ އޮތީ މާއިލް އުނގުގައެވެ. [އައިމް އޯކޭއޭ ނައޫ.. ދެން ޑޯންޓް ވޮރީ ލަވް] މާއިލް ލާރާ ގާތު މާފަށް އެދުމުން ލާރާ ބުނެލިއެވެ. މާއިލް ހިނިތުން ވެލަމުން ލާރާ އަތުގައި ބޮސް ދިނެވެ. [ލޫކް.. ޝޫޓިންގް ސްޓާރ އެއް.] ކުއްލިއަކަށް ތެދުވެ އިށީންނަމުން ލާރާ ބުނެލިއެވެ. [އަވަސް ވިޝްއެއް ކޮއްބަ؟] ލާރާ އުޅެމުން ދިޔަ ގޮތުން މާއިލްއަށް ހިނިތުންވެލެވުނެވެ. [ވިޝް ކޮއްފިންތަ؟ ކޮންކަމަކަށް ވިޝް ކުރީ؟] އަވަސް އަވަހަށް ލާރާ އަހައިލިއެވެ. [ހެހެ މާއިލްގެ ވިޝް ޓްރޫ ވިއްޔާ ބުނާނީ.. އޭގެ ކުރިން ނޯ. ހެހެ] ލާރާ ނޭފަތާ ކުޅިލަމުން މާއިލް ބުނެލިއެވެ. [އެހެންވިއްޔާ ލާރާވެސް އޭރުން ބުނާނީ] ހިނިތުންވެލަމުން ލާރާ ބުނެލިއެވެ. ދެމަފިރިން ލޯބި ކުރަމުން ދިޔައިރު ފަހަތުގައި މަންޒަރު ބަލަން 3 ވަނަ މީހަކުވެސް ހުއްޓެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަންސަވީސްވަނަ ބައި)

Next

ގާތުގައިވި އަނދިރިކަން، 9

Next
May 12, 2024

ގާތުގައިވި އަނދިރިކަން، 9

Previews
May 9, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ފަންސަވީސްވަނަ ބައި)

6 Comments!

  1. ސްލީޕިން ބިއުޓީ says:
    May 9, 2024 at 2:16 pm

    Mi part ves vrh reethi but vrh short next part dhigu kon liyeladhehchey
    Curiously waiting
    When is the next part
    Lysm

  2. Maash Butterflyyyyy says:
    May 9, 2024 at 4:19 pm

    Hey shiherrr
    dhuvas thakehge inthizaarah fau mi part vx kiyaalan libuneymi… vrh vrh vrh reethi mi part vx maasha allah
    how was your O’levels??
    And blood vx vrh vrh reethi.. vrh curious kohlaafa nimmaali thi..
    waiting curiously for the next part..
    love you girlyy
    💜🦋

  3. shihaamaa ali shihaamaa ali says:
    May 9, 2024 at 7:46 pm

    @ސްލީޕިން ބިއުޓީ jazaakallah <3
    yes, shihaa vess gaboolu kuran mi prt fudhey vrkh kurukan. aslu O lvl dhuvass kolhu v ma ehaa kuru koh liyevifa einy.. in sha allah maadhamaa submit kollaanan prt 12 🙂
    Lym hope to see ur comment in the next episode too<3

  4. shihaamaa ali shihaamaa ali says:
    May 9, 2024 at 7:49 pm

    @Butterflyyyyy jazaakallah <3
    alhamdhulihllah O lvl's rangalhu.. hehe yeah hama curios koh dhw minifa miiny hehe.. in sha allah maadhamaa prt 12 submit kollaanan.
    Love you more gurlyyyy hope to see ur comment in the next episode too<3

  5. LIM🖤 says:
    May 11, 2024 at 10:25 pm

    Vv reethi 😍

    1. shihaamaa ali shihaamaa ali says:
      May 13, 2024 at 1:47 pm

      jazaakallah <3

Comments are closed.

Next Episodeމަގޭ މާއިލް 12←


All Right Reserved!