އެކުވެރިންނާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮއްލުމަށް ފަހު ޔޫރާ މަޑު ހިނގުމެއްގައި ގެއާދިމާލަށް ހިނގައިގަތެވެ. ކިތަންމެ ހިތް ހަމަ ޖެހިފައި ހުއްޓަސް ރުވާން ނެތުމުގެ ފަޅުކަން ދިޔައީ އިންތިހާއަށް ކުރެވެމުންނެވެ. ފުން ނޭވާއެއްލާ ހަމަ ޖެހިލަމުން އަވަހަށް ހިނގައިގަތެވެ. ލަސް ހިނގުމެއްގައި ހިނގާފައި ގެއަށް ވައިން ޔޫރާއަށް މަރުހަބާކީ ހޫނު އަތް ތިލައެކެވެ.
*********
[ކަލޭ މިހާރު ކޮންތާކަށް ވަދެފަ ތިއައީ؟؟ މިދެން ކިހާ ދެރަކަމެއް؟ ރަނގަޅަށް ވާއިރު ކޮންމެސް ފިރިހެނެއްގާތުގައި އޮވެފައި އެ އަންނާނީ.. ބާލާލަ ހުރި ގޮތް ކުޑަ ކަން] ޔޫރާގެ ދޮންމަންމަ ޔުސްރާ އަޑުގެ ނެތްތަނަށް ފެލިގަތެވެ. ޔޫރާ އަދިވެސް ހުރީ ކޯތާފަތަށް އަރައިގަންތަދުން ހަލާކުވާވަރުވެފައެވެ. މަޑު މަޑުން ޔޫރާގެ ކުޑަ ކުޑަ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. [އަދި އެއްޗެކޭ ބުނާއިރަށް ރޮއިގަންނާނެ.. މަ ނުބުނަންތަ ކަލޭ ކައިރީ 6 ޖަހާއިރު ގޭގަ އޭ ހުންނަން ޖެހޭނީ؟ މިހާރު އެޔޮއް 15 6 ވިއްޔޭ!!!] އާއެކެވެ.. 6 ޖަހާއިރު ގެއަށް އައުމަށް މަންމަ ބުންޏެވެ. އެކަން ޔޫރާގެ ހަނދާނުން ކައްސާލީއެވެ. އިސްޖަހާލެވުނީ މިރޭ ދެން ރަނގަޅު ގޮތަކަށް ނުނިމޭނެ ކަން އެނގޭތީއެވެ. [ދެން އަޅާނުލާބަލަ ޔުސްރާ.. މާގިނަ އިރެއްވެސް ނުވެޔެއްނުންދޯ؟ އެކޮއެ ގޮވައިގެން އާދެބަލަ ދެން..] ސޯފާގައި އިން މޫސަ އަހިސް ޔުސްރާ ކޮނޑުގައި އަތް ބާއްވާލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ޔުސްރާ ޔޫރާއާއި ދިމާލަށް ކަޅި އަޅައިލިއެވެ. [ހޫމް އާދޭ.] ޔުސްރާ ބުނެލިއެވެ. ޔޫރާ މޫސަ އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
[މިއީ މޫސަ.. މަގޭ ރައްޓެއްސެއް.. މާދަމާނޫން އަނެއްދުހު ކަލޭ ޖެހޭނެ މޫސަ އާއި އިންނަން ރަން ކިޔަން! އެއް ހަފްތާ ފަހުން ޖެހޭނެ ކައިވެނި ކުރަން! އަޑު އިވިއްޖެ؟ ދެކޮޅު ހަދަން ހިތަށްވެސް ނާރުވާތި!!!!] ޔުސްރާ ބުނެލިއެވެ. ޔޫރާގެ ދެލޯ ބޮޑު ވިއެވެ. މޫސަ އެއީ ޔޫރާ ބައްޕަ ވަރު މީހެކެވެ. ނަމަވެސް މުޅި ރަށުގައިވެސް ހުރި އެންމެ މުއްސަނދި މީހާއެވެ. އެހެންވިސްނާލުމުން ޔުސްރާގެ ބޭނުންވަރަށް ސާފެވެ. ނަމަވެސް ޔޫރާއަށް އަދި މިވީ 18 އަހަރެވެ. 2 ދެދުވަސް ފަހުން ކައިވެނި ކުރާނީ ކިހިނަކުން ހެއްޔެވެ؟ ޔޫރާގެ މުޅި ދިރިއުޅުން މީނާއަށް ހަދިޔާ ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. ޔޫރާ ލޯބި ވަނީ ރުވާން ދެކެއެވެ. ރުވާން ޔޫރާ ދެކެ ލޯބި ނުވިޔަސް އެންމެ ފަހު ވިންދާ ޖެހެންދެންވެސް ޔޫރާ ރުވާންދެކެ ލޯބި ވާނެއެވެ. ނަމަވެސް…….
[މަންމާ… އަޅުގަނޑު ކިހިނެތް؟ މެރީ ކުރަނީ؟ އަޅުގަނޑު-] ޔޫރާގެ ވާހަކަ ހުއްޓުނީ ޔުސްރާ ވާހަކަ ދައްކަން ފެށުމުންނެވެ. [މަކީކޭ ބުނީ؟ ކަލޭ ޖެހޭނީ ހަމަ މިކައިވެނި ކުރަން.. އަޑު އިވިއްޖެ. މަމިދަނީ.. މޫސާ ދެކުދިންނަށް ވަގުތު ކޮޅެއް އިނގޭ.. ހެހެ] ޔުސްރާ އެހެން ބުނެ ހިނގައިގަތީ ގެއިން ބޭރަށެވެ. ޔޫރާ ޔުސްރާއާއި ދިމާލަށް ބަލައިލީ ކަރުނަވީ ދެލޮލުންނެވެ. ނަމަވެސް ކަރުނައިން ހިލަ ހިތެއް މަޑު ވާނެ ހެއްޔެވެ. ޔުސްރާ ނިކުމެ ދޮރު ލައްޕާލުމާއި އެކު މޫސަ ޔޫރާއާއި ކައިރިވެލިއެވެ. [މްމްމްމް.. ހާދަ މީރުވަސް ދުވައޭ….] ޔޫރާގެ އިސްތަށިގަނޑު ދުރުކޮއްލަމުން ޔޫރާގެ ދޮންކަރުގައި ބޮސްދެމުން މޫސަ ބުނެލިއެވެ. ޔޫރާ އިނީ ވަރަށް އުނދަގޫ ވެފައިކަން ޔޫރާގެ މޫނަށް ބަލައިލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ.
ދުވަމުން ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ޔޫރާ ދޮރުޖެހިއެވެ. ޔޫރާގެ ހިތަށް މިއަދު ވަރަށްވެސް ފުން އަސަރުތަކެއް ކޮއްފިއެވެ. އުމުރުން 16 އަހަރުގައި ކެންސަރު ބަލީގެ ޝިކާރައަކަށްވެ ޔޫރާގެ މަންމަ ޔައިރާ ވަނީ މަރުވެފައެވެ. އޭގެ ފަހުން ޔޫރާގެ ބައްޕަ އާމިރު ޔުސްރާއާއި ކައިވެނި ކުރީ، ހުރީ ހަމަ އެކަނި އަންހެން ކުއްޖެއްކަމުން އެކުއްޖާއަށް މަންމަގެ ލޯބި ހޯދައިދިނުމަށެވެ. ފުރަތަމަ ދުވަސް ކޮޅު ޔުސްރާ ޔޫރާއަށް ވަރަށްވެސް ރަނގަޅެވެ. ނަމަވެސް އެކައިވެންޏަށް 2 މަސް ވީތަނާ އާމިރު ވަނީ ކާރު އެކްސިޑެންޓްއެއްގައި ނިޔާވެފައެވެ. މަރުވުމުގެ ކުރިން އާމިރުގެ ހުރިހާ މުދަލަކާއި ފައިސާ އާމިރުވަނީ ޔޫރާއަށް ދީފައެވެ. ޔުސްރާގެ އަސްލު ސިފަފެނުނީ އެހިސާބުންނެވެ. ޔޫރާއާއި ދޭތެރޭގައި ޔުސްރާ ކަންތަށް ކުރީ ހިތު ހުރިހާ ގޮތަކަށެވެ.
ލޯގަނޑު ކުރި މަތީ ހުއްޓި ޔޫރާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެވަގުތު މޫސަގެ އެ ހަޑި މުޑުދާރު އަމަލުތަށް ޔޫރާއަށް ސިފަވެގެން ދިޔައެވެ. އެވަގުތު ޔޫރާ ލޮލުގައި އަޅައިގަތީ މާދުރު ނޫން ހިސާބެއްގައި އޮތް ބޮޑު ކަތުރެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Vrh vrh reethi mi part vx maasha Allah..
Alheyy yura ah ehen hadhaakah nuvaane ehnun.. Ruvaan plz come to her rescue 😭😭
Alhey yuri suicide kuriya nudhehchey shiher..
When’s the next part?
Lyssm dear💜🦋
hehe jazaakallah maashh <3
hehe dhn less c dhw what happens.. part 5 is out now go read it.. hope to see your comment in that part too <3
Waaw mi part ves vrh reethi
When is next part
Curiously waiting
Lysm dear shihaa
Good luck on exams🙂🙂
jazaakallah sleeping beauty <3
part 5 is out now go read it <3 hope to see ur comment in that episode too, lysm<3